ލޮބުވެތި ރަސޫލާ

ތިންވަނަ ބައި
އިސްލާމް ދީން

"އިސްލާމް ދީން ވަނީ سعادة الدّارين އެއްކޮށްފައެވެ. އެއީ، މި ދުނިޔެ އާއި، އާޚިރަތުގެ ނިޢުމަތްތަކެވެ". سيّد عبدالحكيم أرفاسي (‏رحمة الله عليه)‏

މި ބާބު އެކުލެވިގެންވަނީ، އިޚްލާޞް ވަޤްފީ ޙަޤީޤަތީ ކިތާބެވީ (‏ޕަބްލިކޭޝަން)‏ އިން ޝާއިޢުކޮށްފައިވާ Endless Bliss, Belief in Islam, Ethics of Islam, The Rising and the Heareafter, އަދި Book of Salat މި ފޮތްތަކުގެ ބައިތަކުންނެވެ. ކުރިޔަށް ދާންވީ މަގަކީ އިސްލާމް ދީނެވެ. އަދި الله تعالى، جبريل މި ނަން ކިޔޭ މަލާއިކަތާ މެދުވެރިކުރައްވާ އެންގެވި ޙުކުމްތަކުން، މީސްތަކުންނަށް މި ދުނިޔެ އާއި، ދެން އަންނަން އޮތް ދުނިޔޭގައި ހިތްހަމަޖެހުމާއި، އުފާވެރިކަން ލިއްބައިދެއެވެ. ކޮންމެ މަތިވެރިކަމަކާއި، ބޭނުންތެރި ކޮންމެ ކަމެއް ވަނީ އިސްލާމް ދީނުގައެވެ. ފާއިތުވެދިޔަ ދީންތަކުގެ ފެންނަންހުރި އަދި ނުފެންނަ ރަގަޅު ކަންތައްތައް އެ ދީނުގައި ވަނީ ޖަމާވެފައެވެ. ހުރިހާ ވައްތަރެއްގެ އުފާވެރިކަމާއި، ކާޟިޔާބު ވަނީ އެ ދީނުގެ ތެރޭގައެވެ. އެ ދީން އެކުލެވިގެންވަނީ، ކުށްނުކުރާ، ސަލާމަތުންހުރި ކޮންމެ ސިކުނޑިއަކުން ޤަބޫލުކުރާނެ އަޚްލާޤީ އަސާސްތަކުންނެވެ. ޢައިބުތަކެއް ނެތް ޠަބީޢަތެއް ލިބިގެންވާ މީހުން އެ ދީން ޤަބޫލުނުކޮށް ނުވަތަ ނަފްރަތެއް ނުކުރާނެ އެވެ. އިސްލާމް ދީނުގައި ގެއްލުމެއް ނެތެވެ. އަދި އިސްލާމް ދީނުން ބޭރުގައި އެއްވެސް ފައިދާއެއް ނެތެވެ. އަދި އެއްވެސް ފައިދާއެއް ނުވެސް ވާނެ އެވެ. އިސްލާމް ދީނުން ބޭރުގައި އެއްވެސް ފައިދާއެއް ލިބިދާނެ ކަމަށް ވިސްނުމުގެ މާނައަކީ، އަވާމެންދުރަކުން ހިތްހަޖެހުން ލިބިދާނެ ކަމަށް ދުށުމެވެ. އިސްލާމް ދީން އަހަރެމެންނަށް އަމުރުކުރަނީ، އަހަރެމެންގެ ޤައުމު ކުރިއަރުވައި، މީސްތަކުންނަށް އަޅާލައި، الله تعالى ގެ އަމުރުފުޅުތަކަށް އިޙްތިރާމްކޮށް، މަޚްލޫޤުންނަށް އޯގާތެރިވުމެވެ. ޝައްކެތް ނެތް ގޮތުގައި، ދަނޑުވެރިކަމާއި، ވިޔަފާރި އާއި، އާޓްސް އަށް އިސްލާމް ދީން ދީން އަމުރުކުރެއެވެ. އެ ދީނުން، ޢިލްމާއި، ސައިންސާއި، ޓެކްނޮލޮޖީ އާއި، އިންޑަސްޓްރީ އަށް އަހައްމިއްތަޔުކަން ދެއެވެ. އެ ދީނުން މީސްތަކުންނަށް އަމުރުކުރަނީ، އެކަކު އަނެކަކަށް އެހީތެރިވެ ޚިދުމަތްކުރުމަށެވެ. އެ ދީނުން، ފަރުދުންނާއި، ކުޑަކުދިންނާއި، ޢާއިލާތަކާއި، މީސްތަކުންގެ ޙައްޤުތައް އަހަރެމެންނަށް އުނގަންނައިދީ، ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުންނާއި، އަންނަން ތިބި ޖީލުތަކާއި؛ އެންމެންގެ ޙައްޤުތަކަށް ރިޢާޔަތްކުރެއެވެ. އިސްލާމް ދީން ވަނީ سعادة الدّارين އެއްކޮށްފައެވެ. އެއީ، މި ދުނިޔެ އާއި، އާޚިރަތުގެ ނިޢުމަތްތަކެވެ. އެ ދީނުގައި ވަނީ، މީސްތަކުންގެ އަޚްލާޤީ އަދި މާއްދީ ދުޅަހެޔޮކަން ފުރިހަމަޔަށް ފޯރުކޮށްދޭނެ އަސާސްތައް ގެނެސްދީފައެވެ. އެ ދީނުގައި ވަނީ، އިންސާނީ ޙައްޤުތަކާއި، ވާޖިބުތައް އެންމެ ފުޅާ މާނައިގައި އިންތިޒާމްކޮށްދީފައެވެ. ކުރުކޮށް ބުނާ ނަމަ، އިސްލާމް ދީނުގައި، އީމާންކަމުގެ ރުކުންތަކާއި، ޢިބާދާތާއި (‏އަޅުކަންކުރުމާއި)‏، مُناكحات (‏ކައިވެންޏާއި، ވަރިއާއި، ހޭދަކުރުން ފަދަ އިސްލާމީ މަޢްރިފާގެ އެހެން ގިނަ ބައިތައް)‏ އާއި، مُعاملات (‏ގަނެވިއްކުމާއި، ކުލިއާއި، ޖޮއިންޓް މިލްކުވެރިކަމާއި، އިންޓަރެސްޓާއި، ތަރކަ އާއި، އިޖްތިމާޢީ ދިރިއުޅުން ފަދަ އިސްލާމީ މަޢްރިފާގެ ބައިތައް)‏ އާއި، عُقوبات (‏ޖަރީމާ އާއި، އަދަބުދިނުމުގެ ޤާނޫނު)‏، ވެއެވެ.

އަޅާގެ رَبَُ އަކީ هُدَى އޭ، އަޅާގެ ނަބިއްޔާ އަކީ مُحمّد رسول الله އޭ،
އަޅާގެ ދީނަކީ އިސްލާމް ދީނޭ، އަޅާގެ ފޮތަކީ كلامُ الله އޭ،
ޢަޤީދާ ގައި އަޅާގެ މަޒްހަބަކީ أهلُ السُّنّة އޭ، الحمد لله،
ޢިބާދާތުގައި އަޅާގެ މަޒްހަބަކީ أبُو حَنيفة ގެ މަޒްހަބޭ، والله.

އިރުޝާދެއް

އޭ މިހިރަ ޒުވާން ފިރިހެނާ އޭ! މިއީ، أهل السُّنَّة ގެ ޢަޤީދާއޭ،
ލިޔެވިފައިވަނީ ޅެންބަހުން ސާފު ޢިބާރާތުންނޭ:
ތިބާ ޞައްޙަ ޢަޤީދާ ބޭނުން ނަމަ، އޭ އަހަރެންގެ އަޚާއޭ،
ބޮޑު އިހްތިމާމަކާ އެކު ރެއާއި ދުވާލު މި ފޮތް ކިޔާށޭ!
މާތް ﷲ ގެ ފުރާނައަށް ރަޙްމަތް ލައްވައި ސުވަރުގެ މިންވަރުކުރައްވާށި،
އެހެނީ، އެކަލާނގެ އަހަރެމެންނަށް قرآن ގެ ދިންނެވުމުގެ މަގު ދައްކަވައިފިއޭ!
ތިބާ ދުނިޔެއާ ނުގުޅުވާށޭ، ދިރިއުޅުމަކީ، ބާރަށް ދައުރުވާ ފެންގަނޑެކޭ؛
ދާއިމީ އުފާވެރިކަން ލިބޭނީ އިސްލާމް ދީނަށް ތަބަޢަވެގެންނޭ.
ފުރަތަމަ، ޢިލްމު ޙާޞިލުކޮށް، ތިބާގެ ދަރިންނަށް އުނގަންނައިދޭށޭ؛
އެހެން ނޫން ނަމަ، ތިބާ އަށް ކެތްނުކުރެވޭ ވަރަށް ނާއުއްމީދުވާނޭ!
ޢަދުއްވުން މަކަރުވެރިކަމާ އެކު ޙަމަލާދޭ ތަން ބަލާށޭ؛
އިސްލާމް ދީން ފެތުރުމަށް މަސައްކަތްކުރުމުގައި ވަގުރުނަގާނުލާށޭ!
ކާފަރުން، ޒުވާނުން މަގުފުރައްދަނީ އިސްލާމް ދީން ނައްތާލުމަށް ދޮގުހަދަމުންނޭ؛
ހޭއަރާށޭ، އޭ ޒުވާން ފިރިހެނާއޭ، ކަމެއް ނުކޮށް ނުހުންނާށޭ!
މުސްލިމުން ވެސް ވަނީ ޙައިރާންކަން މަތީގައޭ، އަދި އެ މީހުންގެ ގިނަ މީހުން އަނދަވަޅެއްގައޭ؛
އެ މީހުންނަކީ ފެންނަ ފެނުމުގައި ޤިބްލައިގެ އަހްލުވެރިންނޭ، އެކަމަކު ތެދުމަގުން ނުކުމެއްޖެއޭ.
ޢިލްމު އުނގެނުމަކާ ނުލައި، މީހަކަށް ރައްކަލެއް ނެތޭ.
ކުފުރާއި ގެއްލެނިވުމަކީ، أهل السُّنَّة ގެ ތެރޭގައި ނުވުމޭ!
ޞައްޙަ ޢިލްމު ފަތުރާ މީހުންނަށް އެހީތެރިވާށޭ!
ޖިހާދުކުރުމުގެ ޘަވާބު ލިބިގަންނާށޭ، އެ ކަމަށް ޓަކައި މިލްކުގައިވާ އެއްޗެއް ބޭނުންކުރާށޭ!
މާތް ﷲ ގެ ރަސޫލާ އެއްގޮތަކަށް ވެސް ހުއްޓެވިހޭ، އެކަލޭގެފާނުގެ އަޞްޙާބުން ނިދިކުރެއްވި ހޭ؟
އެއިން ކޮންމެ ބޭކަލަކީ އިސްލާމް ދީން ފެތުރުމުގައި ބަޠަލެކޭ!
ތިބާ ވެސް ގަދައަޅާ މަސައްކަތްކުރާށޭ، އެހެނީ ޢަދުއްވުން ބާރުގަދައޭ؛
އިސްލާމް ދީން ނެތިކޮށްލުމަށް ޓަކައި، އެމީހުން ހުރިހާ ދިމާލަކުން ޙަމަލާދެއޭ.
رَسُوْلُ اللهِ ﷺ ގެ އަޞްޙާބުންނަށް ބަދުބަސް ނުބުނެ، އެ ހުރިހާ ބޭކަލުންނަށް ޝުކުރުވެރިވާށޭ.
ޤުރްއާނަކީ އެބައި މީހުން އެއްބަޔަކު އަނެއް ބަޔަކަށް ވާ ލޯބީގެ ހެކިވެރިޔާއޭ!
އެންމެ މަތިވެރީ أبوبكر އޭ، ދެން عُمر؛ عُثمان، علي އޭ،
مُعاوية ދެކެ ވެސް ލޯބިވާށޭ، ކީރިތި ޤުރްއާން ފޮތެއްގެ ގޮތުގައި ލިޔުއްވީ އޭނާ އޭ!
އަހަރެމެން މާއްދީއެއް ނޫނޭ؛ އެކަލާނގެ ވުޖޫދުވެގެންވަނީ ވަކި ވަގުތެއް އަދި ތަނެއްގައެއް ނޫނޭ؛
އެކަލާނގެ ވަނީ ވަކި ޖައުހަރެއްގައެއް ނޫނޭ، މުސްލިމުން ޤަބޫލުކުރަންޖެހެއޭ!
އެކަލާނގެ މަޚްލޫޤުންނަށް ބޭނުންފުޅެއްނުވެއޭ، އަދި ވައްތަރެއް ވެސް ނޫނޭ؛
ހުރިހާ އެއްޗެއް ޚަލްޤުކުރައްވަނީ އެކަލާނގެއޭ އަދި ރައްކާތެރިކުރައްވަނީ އެކަލާނގެއޭ.
ރަނގަޅާއި ނުބައި؛ އީމާންވުމާއި، ކާފަރުވުން؛ މާއްދާ އާއި، ބާރާއި، ހަކަތައޭ؛
ހުރިހާ އެއްޗެއް ޚަލްޤުކުރައްވަނީ އެކަލާނގެއޭ؛ އިންސާނާ އުފައްދާ އެއްޗިއްސަށްވުރެ މާ ބޮޑަށޭ!
އެކަލާނގެ ކޮންމެ މީހަކަށް ވަނީ އިރާދައާއި، ޙިކްމަތާއި، އިރުޝާދު ވެސް ދެއްވާފައޭ.
ރަނގަޅު ގޮތް އެދޭ މީހާ رحمن ގެ ޚަލްޤުކުރެއްވުން ލިބިގެންފިއޭ.
ފުރަތަމަ، ތިބާގެ ޢަޤީދާ ރަނގަޅުކުރާށޭ، އަދި އަމުރުފުޅުތަކަށް ތަބާވެ، ނަހީކުރެއްވި ކަންތަކާ ދުރުވާށޭ؛
އިސްލާމް ދީން ދޫކޮށްލާ މީހާ އަށް ދިންނެވުމެއް ނުލިބޭނެއޭ!
އަބަދުވެސް ޤަވާޢިދަކީ އެއީއޭ؛ ތިބާ ގޮވާންކުރާނީ އިންދި އެއްޗަކުންނޭ؛
ގޮދަން އިންދުމަކާ ނުލައި އުއްމީދުކުރުމުން ލިބޭނީ ނާއުއްމީދޭ!
ހަތްދިހަ ތިން ގްރޫޕުގެ ތެރެއިން ދިންނެވުމާ ދިމަލަށް ދަނީ ހަމައެކަނި أهل السُّنَّة އޭ!
رَسُوْلُ اللهِ ﷺ ގެ ހިދާޔަތު ދެއްކީ އެ މީހުންނޭ.

أهل السُّنّة ގެ عقيدة

"ތިމަންކަލޭގެފާނުގެ އުއްމަތް ހަތްދިހަ ތިން ބަޔަށް ބެހޭނެއެވެ. ނަރަކައިން ސަލާމަތްވާނީ އޭގެ ތެރެއިން އެންމެ ގްރޫޕެކެވެ. އަދި އެހެން ހުރިހާ އެންމެން ގެއްލެނިވެގެންދާނެ އެވެ؛ އެ މީހުން ދާނީ ނަރަކަ އަށެވެ". الحديث الشّريف

މުސްލިމަކަށް ވުމުގެ ފުރަތަމަ ޝަރުޠަކީ އިމާންކަމެވެ. ޞައްޙަ ޢަޤީދާ ބިނާވެގެންވަނީ، أهل السُّنَّة މަޒްހަބާ އެއްގޮތަށް ޤަބޫލުކުރުމެވެ. ބުއްދި ސަލާމަތުން ތިބި ބާލިޣުވެފައިވާ ފިރިހެނުންނާއި، އަންހެނުންގެ ވާޖިބަކީ، رَسُوْلُ اللهِ ﷺ ޤަބޫލުފުޅުކުރައްވައި އެންގެވި ފަދައިން ޤަބޫލުކުރުމެވެ. އެންގެވީ ހަމައެކަނި އެއް އީމާނެކެވެ. ހުރިހާ އަޞްޙާބު ބޭކަލުން ޤަބޫކުރެއްވީ އެކަލޭގެފާނު حديث ކުރެއްވި ގޮތަށެވެ. އަދި ޢަޤީދާ ގައި ޚިލާފެއް ނެތެވެ.

رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، މީސްތަކުން އިސްލާމް ދީން އުނގެނުނީ، أصحاب الكرام ންނަށް އަޑުއަހައި، އެ ބޭކަލުންނާ ސުވާލުކޮށްގެންނެވެ. އެ ހުރިހާ ބޭކަލުން ވެސް ޚަބަރުދެއްވީ ހަމަ އެއް އީމާނެއްގެ ވާހަކައެވެ. އިންސާނާގެ މައްޗަށް އޮތް ކަމަކީ، أهل السُّنَّة ގެ ޢިލްމުވެރިންގެ ފޮތްތަކުގައި ލިޔެވިފައިވާ އީމާންކަމުގެ ޢިލްމު އުނގެނި އެއަށް އީމާންވުމެވެ. އެ ބޭކަލުން އެންގެވި ކަންތައްތައް ޤަބޫލުކުރުމަކީ، އާޚިރަތުގައި ނަރަކައިގެ ޢަޒާބުން ދިންނެވުން ލިބިގަތުމަށް ޓަކައި، ޝަރުޠެކެވެ. ނަރަކައިން ދިންނަވާނޭ މީހުންނަކީ، ހަމައެކަނި އެ ބޭކަލުން ދެއްކެވި މަގު އިޚްތިޔާރުކުރާ މީހުންނެވެ. އެ ބޭކަލުންގެ މަގު ޚިޔާރުކުރާ މީހުންނަށް ކިޔޭ ނަމަކީ ސުންނީ ނުވަތަ أهل السُّنَّة އެވެ.

رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެފައި ވެއެވެ. "ތިމަންކަލޭގެފާނުގެ އުއްމަތް ހަތްދިހަ ތިން ބަޔަށް ބެހިގެންދާނެ އެވެ. އޭގެ ތެރެއިން އެއްބައި މީހުން ނަރަކައިން މިންޖުކުރެވޭނެ އެވެ. އަދި ދެން ތިބި ގްރޫޕްތައް ގެއްލެނިވެގެންދާނެ އެވެ؛ އެ މީހުން ދާނީ ނަރަކަ އަށެވެ". މި ހަތްދިހަ ތިން ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕަކުން ވެސް ދަޢުވާކުރާނީ އިސްލާމް ދީން ޤަބޫކުކުރާ ކަމަށާއި، ނަރަކައިން މިންޖުވާނީ އެ ގްރޫޕް ކަމަށެވެ. ކީރިތި قرآن ގެ سورة المؤمنون ގެ 53 ވަނަ އާޔަތާއި، سورة الرُّوم ގެ 32 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ)‏ * المؤمنون: 53؛ الرُّوم: 32)‏ މާނައީ: "ކޮންމެ ބަޔަކުމެ އެއުރެންގެ ގާތުގައިވާ ގޮތާ މެދު އުފާކޮށްކޮށް ތިބެތެވެ". އެހެން ނަމަވެސް، އެ ތަފާތު ގްރޫޕްތަކުގެ ތެރެއިން، މިންޖުކުރައްވާނޭ ގްރޫޕްގެ ޢަލާމާތް ދެއްވާފައިވަނީ އަންނަނިވި ފަދައިން رَسُوْلُ اللهِ ﷺ އަށެވެ. "މި ގްރޫޕް ގައި ހިމެނޭ މީހުންނަކީ، ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ އަޞްޙާބުން ތަބަޢަވާ މަގަށް ތަބަޢަވާ މީހުންނެވެ". އަޞްޙާބުންގެ ތެރެއިން އެންމެ ބޭކަލަކަށް ވެސް ލޯބިނުވާ މީހަކު ނަމަ އެ އެއްކިބާ ވަނީ أهل السُّنِّة އިންނެވެ. ގެ އިޢްތިޤާދު ޤަބޫލުނުކުރާ މީހަކު ނަމަ އެ ބަދަލުވަނީ أهل بدعة އަށް ނުވަތަ މަގުގެއްލިފައިވާ މުސްލިމަކަށް ނުވަތަ ކާފިރަކަށެވެ.

އީމާންކަމުގައި، ޢަޤީދާ ގައި ވަނީ އެއް މަޒްހަބެވެ.

އީމާންކަމުގައި، ޢަޤީދާ ގައި ވަނީ ހަމައެކަނި އެންމެ މަޒްހަބެކެވެ. އެ މަޒްހަބަކީ أهل السُّنّة و الجماعة މަޒްހަބެވެ. އެހެނީ، އިސްލާމް ދީން ހުރިހާ އެންމެހާ މީސްތަކުންނަށް އަމުރުކުރައްވަނީ އެއް އީމާނެއް އަދި އެއް ޢަޤީދާއެކެވެ.

އީމާންވާންވީ ކަންތަކާ މެދު ޚިލާފެއް ނެތެވެ.

އީމާންކަމުގެ ރުކުންތަކާއި، އީމާންވާންވީ ގޮތް، ސީދާ رَسُوْلُ اللهِ ﷺ ވަނީ ނަޤްލުކުރައްވާފައެވެ. މީސްތަކުންނަށް، އެބައި މީހުންނާއި، ހުރިހާ އެއްޗެއް ޚަލްޤުކުރެއްވި الله تعالى އާ ބެހޭގޮތުން ޚަބަރުކުރެއްވި رَسُوْلُ اللهِ ﷺ ވަނީ الله تعالى އަށް އީމާންވާންވީ ގޮތާއި، އެކަލާނގެ ޚަލްޤުކުރެއްވި ތަކެއްޗާއި، އެކަލާނގެ ވާޖިބުކުރެއްވި ކަންތައްތަކާއި، ނަހީކުރެއްވި ކަންތައްތަކާ ބެހޭގޮތުން ވެސް ޚަބަރުކުރައްވާފައެވެ. އީމާންވާންވީ ކަންތައްތަކާ ބެހޭގޮތުން ހުރިހާ އަޞްޙާބު ބޭކަލުންނަށް ތަބަޢަވުމަކީ ކޮންމެހެން ޟަރޫރީ ކަމެކެވެ.

އީމާންކަމުގެ ޙަޤީޤީ ޝަރުޠަކީ؛ އާއި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް ލޯބިވުމާއި، އެކަލާނގެ ޢަދުއްވުންގެ ޢަދުއްވަކަށް ވުމެވެ. މިކަމާބެހޭގޮތުން، محمّد معصوم ވިދާޅުވެފައި ވެއެވެ. "الله تعالى ވަޙީކުރެއްވި އެވެ. 'އޭ موسى އެވެ! ތިބާ ތިމަންރަސްކަލާނގެ އަށްޓަކައި ކުރީ ކޮން ކަމެއް ހެއްޔެވެ'؟ އެކަލޭގެފާނު ޖަވާބުދެއްވި އެވެ. 'އަޅާގެ ربُّ އެވެ! އިބަރަސްކަލާނގެއަށް ޓަކައ އަޅާ ނަމާދުކޮށް، ރޯފަހިފައި، ޒަކާތްދީ، އިބަ ރަސްކަލާނގެ އިސްމުފުޅު ޒިކްރުކޮށްފީމެވެ'. الله تعالىވަޙީކުރެއްވި އެވެ. 'ނަމާދަކީ، ތިބާ އަށް ހުރި ހެއްކެކެވެ. ރޯދަހިފުމަކީ، ނަރައިން ތިބާ ޙިމާޔަތްކޮށްދޭ އައްޑަނައެކެވެ. އެންމެން ހޫނުގައި އަނދަމުން ދާއިރު، މަޙްޝަރު ދުވަހު ތިބާ އަށް ޒަކާތުން ހިޔާދޭނެ އެވެ. އެ ދުވަހުގެ އަނދިރިކަމުގައި ތިބާ އަށް އަލިކަން ދޭނީ ޒިކްރުންނެވެ. ތިބާ ތިމަންރަސްކަލާނގެ އަށް ޓަކައި ކުރީ ކޮން ކަމެއް ހެއްޔެވެ'؟ ދެން موسى (‏عليه السّلام)‏ ދުވާލު ދެންނެވި އެވެ. 'އަޅާގެ رَبَُ އެވެ! އިބަރަސްކަލާނގެ އަށް ކުރަންވީ ކޮން ކަމެއް ތޯ އެވެ'؟ الله تعالى ވަޙީކުރެއްވި އެވެ. 'ތިބާ ތިމަން ރަސްކަލާނގެ އަށް ޓަކައި، ތިމަންރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތަށް ލޯބިވިން ހެއްޔެވެ؟ އިބާ ތިމަންރަސްކަލާނގެ ޢަދާވާތްތެރިން ތިބާގެ ޢަދާވާތްތެރިންނަށް ހެދިން ހެއްޔެވެ'؟ موسى (‏عليه السّلام)‏ އަށް ވިސްނިވަޑައިގަތް ކަމަކީ، الله تعالى ލޯބިވެވޮޑިގަންނަވާ ޢަމަލަކީ، އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް ލޯބިވުމާއި، އެކަލާނގެ ޢަދަވާތްތެރިންނަށް ނަފްރަތުކުރުމެވެ. އެހެންކަމުން، އޭގެ މާނައަކީ، ލޯބިވާކަމުގެ ޢަލާމާތަކީ، ތިބާ ލޯބިވާ ފަރާތްތައް ލޯބިވާ މީހުން ދެކެ ލޯބިވުމާއި، އެ މީހުންގެ ޢަދާވާތްތެރިން ތިބާގެ ޢަދާވާތްތެރިންނަށް ހެދުމެވެ. سورة الممتحنة ގެ 4 ވަނަ އާޔަތުން ދައްކުވައިދެނީ، އީމާން ކަން ލިބިގަތުމަށް ޓަކައި، މި ޢަދާވާތްތެރިކަން ކޮންމެހެން މުހިއްމު ކަމެވެ. އަދި الله تعالى ގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަކީ، އީމާންކަން ހަލާކުކޮށްލާ ކަމެއް ކަމެވެ. سورة الممتحنة ގެ 4 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏قَدْ كَانَتْ لَكُمْ قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا ‎ أَبَدًا ﴿4﴾)‏ * الممتحنة: 4)‏ މާނައީ: "إبراهيم ގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައި މީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (‏އެއީ)‏ އެއުރެން، އެއުރެންގެ قوم އަށް ބުނި ހިނދެވެ. ހަމަކަށަވަރުން، ތިޔަބައި މީހުންނާއި، ﷲ ފިޔަވައި ތިޔަބައި މީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައި މީހުންގެ دين އަށް ތިމަންމެން إنكار ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައި މީހުންނާ ދެމެދުގައި عداواة ތެރިކަމާއި ރުޅިވެރިކަން ވަނީ އަބަދަށް ޓަކައި ފާޅުވެފައެވެ". رَسُوْلُ اللهِ ﷺ އަށް އަޑުއެހުމުގެ ޝަރަފު ލިބުނު އަޞްޙާބުން އެކަކު އަނެކަކަށް ލޯވިބިއެވެ. އެ ބޭފުޅުންނަކީ، މުޝްރިކުންގެ ޢަދާވާތްތެރިންނެވެ. އެކަކު އަނެކަކުގެ ޢަދާވާތްތެރިންނެއް ނޫނެވެ. سورة الفتح ގެ 29 ވަނަ އާޔަތަކީ، މިގެ ދަލީލެކެވެ. سورة الفتح ގެ 29 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏قَدْ كَانَتْ لَكُمْ قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ شِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ ت ﴿29﴾)‏ * الفتح: 29)‏ މާނައީ: "كافرންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރި ބަޔެކެވެ". (‏محمّد معصوم ގެ 29 ވަނަ ސިޓީ)‏

كميةُ السّعادة މި ފޮތުގެ ފަސް ވަނަ ބާބު ގައި ލިޔެވިފައިވާ ގޮތުގައި: رَسُوْلُ اللهِ ﷺ حديثކުރައްވާފައި ވެއެވެ. "އީމާންކަމުގެ އަސާސަކީ، އަދި އެންމެ ވަރުގަދަ ޢަލާމާތަކީ، މުސްލިމުން ދެކެ ލޯބިވުމާއި، މުސްލިމުންގެ ޢަދުއްވުން ދެކެ ނަފްރަތުކުރުމެވެ". މާތް ﷲ،عيسى (‏عليه السّلام)‏ އަށް އަންގާފައިވަނީ އަންނަނިވި ފަދައިންނެވެ. "ބިމާއި އުޑުތަކުގައި ވާހާ މަޚްލޫޤުތަކުން އަދާކުރިހާ އަޅުކަމަކާ އެއްވަރަށް ތިބާ އަޅުކަންކުރި ކަމުގައިވިޔަސް، ތިބާ ތިމަންރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް ލޯބިވެ، ތިމަންރަސްކަލާނގެ ޢަދުއްވުންނަށް ނަފްރަތުނުކުރާހާ ހިނދަކު އެ އަޅުކަމުގައި އަގެއް ނެތެވެ". ކޮންމެ މުސްލިމަކު ވެސް الله تعالى ގެ ޢަދުއްވުންނަށް ނަފްރަތުކުރަން ޖެހޭނެ އެވެ. އެކަން އިންސާނާ އޭނާގެ ބަހާއި، އަދި ވެއްޖެ ނަމަ ޢަމަލުން ދައްކަންޖެހޭނެ އެވެ. މަގުފުރެދިގެންވާ އަދި ފާސިޤުންނާ (‏ފާޅުގައި ފާފަތަކަށް އަރައިގަންނަ)‏ އިންސާނާ އެކުވެރިވެގެން ނުވާނެ އެވެ. އަދި ފާޅުގައި ފާފަތަކަށް އަރައިގަންނަ މީސްތަކުންނާ ދުރުހެލިވާންވާނެ އެވެ. އަނިޔާވެރި އަދި މުސްލިމުންނަށް ދުއްތުރާކުރާ މީހުންނާ އިންސާނާ ދުރުހެލިވާންވާނެ އެވެ. އެކަމަކު، ހަމައެކަނި ހާނީއްކަކުރާ މީހުންނަށް މާފުދީ، އެ އަނިޔާތައް ތަޙައްމަލުކުރަންވާނެ އެވެ؛ މިއީ ވަރަށް ބޭނުންތެރި ކަމެކެވެ. ބަޔާންކުރައްވާފައިވާ ގޮތުގައި، ޞައްޙަ މަގަކީ، أهل السُّنَّة ޚަބަރުކުރައްވާފައިވާ މަގެވެ. އެހެންކަމުން، އަހަރެމެން أهل السُّنَّة ގައި އެއްބައިވަންތަވެ، އަޚުންނަށް ވެ، އެކަކު އަނެކަކަށް ލޯބިވާންވީ އެވެ.

އަޅުކަންކުރުމުގައި، ބިދުޢަވެރި މަޒްހަބުތައް أهل السُّنَّة ގެ ހަތަރު މަޒްހަބާ އޮޅުވާލައިގެންނުވާނެ އެވެ. ހަތަރު މަޒްހަބު ގައި ބުނަނީ، އެހެން މަޒްހަބުތައް ވަނީ ޞައްޙަ މަގުގައި ކަމަށާއި، އެއް މަޒްހަބުގެ މީހުން އަނެއް މަޒްހަބުގެ މީހުންނަށް ލޯބިކުރާ ކަމަށެވެ. އަނެއްކޮޅުން ބިދުޢަވެރި މަޒްހަބުތަކުން ދަނީ މުސްލިމުން ބައިބައިކުރަމުންނެވެ.

އިސްލާމީ ޢިމްލުވެރިން ވިދާޅުވާ ގޮތުގައި، މި ހަތަރު މަޒްހަބު އެއްނުކުރެވޭނެ ކަމަށެވެ. ބޭނުންވެ ވޮޑިގަންނަވަނީ، އަޅުކަންކުރުމުގައި މަޒްހަބުތައް ވަކިން އޮތުމަށެވެ، އެއްބައިވަންތަ ނުވުމަށެވެ. މިގޮތަށް، އެކަލާނގެ އިސްލާމް ދީން ލުއިފަސޭހަކޮށްދެއްވި އެވެ. "ތިމަން ކަލޭގެފާނުގެ އުއްމަތުގެ ޢިމްލުވެރިންގެ މެދުގައި ރައުޔު ތަފާތުވުމަކީ ރަޙްމަތެކެވެ". މި ޙަދީޘުން ޚަބަރުދެއްވަނީ ވަކިވެފައި ވުމަކީ ފައިދާހުރި ކަމެއް ކަމަށެވެ.

"އީމާންކަމުގެ އަސާސަކީ، އަދި އެންމެ ވަރުގަދަ ޢަލާމާތަކީ، މުސްލިމުން ދެކެ ލޯބިވުމާއި، މުސްލިމުންގެ ޢަދުއްވުން ދެކެ ނަފްރަތުކުރުމެވެ". الإمام الغزالي (‏رحمة الله عليه)‏

އަނެއްކޮޅުން، ޢަޤީދާ ގައި އެއްބައިވަންތަވުމަށް الله تعالى ވަނީ އަމުރުކުރައްވާފައެވެ. سورة آل عمران ގެ 103 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ  ‎﴿١٠٣﴾)‏ * آل عمران: 103)‏ މާނައީ: "އަދި، ތިޔަބައި މީހުން އެންމެން ﷲ ގެ ވާފަށުގައި (‏އެބަހީ: ﷲ ގެ دين ގައި)‏ ހިފަހައްޓާށެވެ. އަދި، ވަކިވަކިވެ ނުގަންނާށެވެ". މިކަން އޮޅުންފިލުއްވާދެއްވަމުން، أبُو السُّعُودُ الأفَندِي ވިދާޅުވެފައި ވެއެވެ. "أهل كتابُ ން (‏ފޮތްތަކަށް އީމާންވާ މީހުން)‏ ފަދައިން ބައިބައިވެ ޙަޤީޤީ އީމާންކަން ދޫކޮށްނުލާށެވެ. ޖާހިލީ ޒަމާނުގައި ތިޔަބައިމީހުން ކަންތައްކުރި ފަދައިން ތިޔަބައި މީހުންގެ މެދުގައި ތަޅާފޮޅައި، ބައިބައި ނުވާށެވެ"! إبن الحجر المكّي ވިދާޅުވެފައި ވެއެވެ. "ބިދުޢަވެރިޔާ އަކީ، أهل السُّنَّة ގެ ޢަޤީދާ އާ ތަފާތު ޢަޤީދާއެއް ގެންގުޅޭ މީހުންނެވެ. އިސްލާމް ދީން ނަފްރަތުކުރާ ދޮގުވާހަކަ ފަތުރާ މީހާއަކީ ބިދުޢަވެރިއެކެވެ". (‏ފަހުގެ ފަތުވާ)‏ أهل السُّنَّة ގެ ޢަޤީދާ ޤަބޫކުރާ މީހާއަކީ، أهل السُّنَّة ގެ ތެރެއިން ވާ ކަމެކެވެ. އަދި އެ ގޮތަށް ޤަބޫލުނުކުރާ މީހުންނަކީ ބިދުޢަވެރިންނެވެ. ނުވަތަ ކާފަރުންނެވެ. أهل السُّنَّة ގެ ޢަޤީދާއާ އެއްގޮތަށް އީމާންވާ މީހުންނާ މެދު الله تعالى ރުއްސަވައެވެ. މި ގޮތަށް އީމާންވުމުގައި ބައިވަރު ފައިދާތައް ވެއެވެ.

أهل السُّنَّة ގެ ޢަޤީދާގައިވާ ބައެއް މުހިއްމު ކަންތައްތައް

އީމާން ކަމުގެ ހަ ރުކުނަށް އީމާންވުމަކީ ޟަރޫރީ ކަމެކެވެ. އެއީ، الله تعالى ވޮޑިގެންވާ ކަމަށާއި، އެކަލާނގެ އެއްކައުވަންތަކަމަށާއި، އެކަލާނގެއަށް ޝަރީކަކު ނުވާކަމަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނަށް އީމާންވުމާއި، އެކަލާނގެ ފޮތްތަކަށް އީމާންވުމާއި، އެކަލާނގެ ރަސޫލުންނަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ޤަޟާ ޤަދަރަށް އީމާންވުމެވެ.

الله تعالى އެންމެ ފަހުން ބާވައިލެއްވި ކީރިތި ޤުރްއާނަކީ الله تعالى ގެ ކަލާމްފުޅު ކަމަށް އީމާންވުމަކީ ޟަރޫރީ ކަމެކެވެ.
މުއުމިނަކު އޭނާގެ އީމާންތެރިކަމާ މެދު އެއްވެސް ޝައްކެއް އޮވެގެން ނުވާނެ އެވެ.

رَسُوْلُ اللهِ ﷺ ދުނިޔޭގައި ހުންނެވި އިރު، އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނު ފެނުމުގެ ޝަރަފު ލިބުނު އަޞްޙާބު ބޭކަލުން ދެކެ ލޯބިވުމަކީ ޟަރޫރީ ކަމެކެވެ. އެކަލޭގެފާނުގެ ހަތަރު ޚަލީފާއިންނާއި، އެކަލޭގެފާނުގެ أهل بيت ން ނުވަތަ އެކަލޭގެފާނުގެ އަނބިއަނބި ކަންބަލުންނާ މެދު ނުސިޔާނުކޮށް ވާހަކަނުދެއްކުމަކީ ޟަރޫރީ ކަމެކެވެ.

ހުރިހާ އަޞްޙާބުންނަކީ ސުވަރުގެވެރިންނެވެ. (‏رافضين ން ބުނާގޮތުގައި، އަޞްޙާބުންގެ ތެރެއިން ފަސް ބޭކަލުން ފިޔަވައި އެހެން ހުރިހާ އަޞްޙާބުންނަކީ ކާފަރުން ކަމަށެވެ. އެހެންނަމަވެސް، ކީރިތި قرآن ގައި ބަޔާންކުރައްވާފައިވާ ގޮތުގައި ހުރިހާ އަޞްޙާބުންނަކީ ނަރަކަވަންތަ ވެރިންނެވެ.)‏

أصحابُ الكِرَام ންގެ ތެރެއިން އެންމެ މަތިވެރި ބޭފުޅަކީ، أبُوبكر الصّدّيق (‏رضي الله عنه)‏ އެވެ.

އަޅުކަންތަކަކީ، އީމާންކަމުގެ ބައެއް ކަމަށް ބެލުމަކީ ޟަރޫރީ ކަމެކެވެ. ވާޖިބުކުރައްވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތަކަށް އީމާންވެ، އެކަމަކު ކަންނެތްކަމުގެ ސަބަބުން އެކަންތައްތައް ނުކުރާ މީހުންނަކީ ކާފަރުން ކަމަށް ނުބެލުމަކީ ޟަރޫރީ ކަމެކެވެ. (‏ވައްހާބީން ބުނާގޮތުގައި، عِبادة އަކީ އީމާންކަމުގެ ބައެކެވެ. އަދި ނަމާދުނުކުރާ މީހުންނާއި، ފާފަތަކަށް އަރައިގަންނަ މީހުންނަކީ ކާފަރުންނެވެ.)‏ ޙަރާމްކުރައްވާފައިވާ ކަންތައްތަކަކީ މުހިއްމު ކަންތައްތަކެއް ނޫންކަމަށް ބަލައި، އެ ކަންތައްތަކާ މެދު ފަރުވާލެއް ނެތް މީހާ ނުވަތަ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހާގެ އިމާންކަން ގެއްލޭނެ އެވެ.

ތިމާމެންނަކީ أهل قبلة ކަމަށް ބުނާ މީހުން އަދި ތިމަންމެންނަކީ، الله تعالى އާއި އެކަލާނގެ ރަސޫލާ محمّد ﷺ އަށް އީމާންވާ މީހުންނަކީ ކާފަރުން ކަމަށް ނުބުނުމަކީ ޟަރޫރީ ކަމެކެވެ. އެ މީހުންގެ ކިބައިގައި ބައެއް ގޯސް ޢަޤީދާތައް ހުއްޓަސް، أهل قبلة އިންނަކީ ކާފަރުން ކަމަށް ބުނުމަކީ ހުއްދަވެގެންނުވާ ކަމެކެވެ. (‏ވައްހާބީން، އެ މީހުން ފިޔަވާ އެހެން އެންމެންނަށް ކިޔަނީ ކާފަރުންނެވެ.)‏

ފާޅުގައި ފާފަތަކަށް އަރައިގަތް ކަން މީހަކަށް ނޭނގިހުރެ ކޮންމެ އިމާމެއްގެ ފަހަތުގައި ވެސް ނަމާދުކުރުން ހުއްދަ އެވެ. ހުކުރު ނަމާދާއި، ޢީދު ނަމާދު ކުރާ ކޮމާންޑަރުންނާއި، ގަވަރުނަރުންނާ ބެހޭގޮތުން ވެސް އޮތީ މި ޙުކުމެވެ.

މުސްލިމުން، އެ މީހުންގެ ކޮމާންޑަރުންނާއި، ސަރުކާރުތަކާ ދެކޮޅަށް ބަޣާވަތްކޮށްގެންނުވާނެ އެވެ. ބަޣާވާތްކުރުމަކީ، ފިތުނަ އުފެއްދުން ފަދަ ކަމެކެވެ. އަދި ފިތުނައިގެ ސަބަބުން ތަފާތު އެކި މުޞީބާތްތައް ކުރިމަތިކުރުވައެވެ. އެ މީހުން ރަނގަޅު ޢަމަލުތައް ކުރޭތޯ އަހަރެމެން ދުޢާކޮށް، އެ މީހުންގެ ފާސިދު އަދި ފާފަވެރި ޢަމަލުތަކުން ދުރުވުމަށް މަޑުމައިތިރި ބަސްތަކުން އަހަރެމެން އެ މީހުންނަށް އިރުޝާދުދޭންވާނެ އެވެ.

ވުޟޫ ކުރާ އިރު، އެ ކަމުގައި ބޮޑު ޢުޒުރެއް ނުވަތަ ޟަރޫރަތެއް ނެތް ނަމަވެސް، ފައިތިލަ ދޮވުމުގެ ބަދަލުގައި، ޚުއްފު ގައި ފެންފުހުން، އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ހުއްދަވެގެން ވެއެވެ. ޚުއްފު ނުލައި ހުންނަ ފައިތިލައިގައި ފެންފުހުން ހުއްދަވެގެން ނުވެއެވެ.

معراج އަކީ (‏محمّد ﷺ އުޑުތަކަށް އެރުއްވުމަކީ)‏ ހަށިކޮޅާއި ފުރާނައިން ހިނގާދިޔަ ކަމެއް ކަމަށް ޤަބޫލުކުރުމަކީ ޟަރޫރީ ކަމެކެވެ. އެހެނީ، އެކަލޭގެފާނު معراج އަރާވަޑައިގަތީ ހަށިކޮޅާއި، ފުރާނައިން ކަމަށް ވާތީއެވެ. " معراج އަކީ ހުވަފެނުގައި ހިނގާދިޔަ ކަމެއް" ކަމަށް ބުނާ ކޮންމެ މީހަކީ أهلُ السُّنَّة އިން ބޭރުވެފައިވާ މީހެކެވެ.

އީމާންތެރިކަމަކީ އިތުރު ނުވަތަ މަދުވާ އެއްޗެއް ނޫނެވެ. (‏އީމާންތެރިކަމުގެ އުޖާލާކަން އިތުރު ނުވަތަ މަދުވެއެވެ.)‏
القرآن الكريم އަކީ މަޚްލޫޤެއް ނޫނެވެ. (‏قرآن ޚަލްޤެއް ނުކުރެވެއެވެ.)‏

الله تعالى، وُجُودُ ވެ ވޮޑިގެންވަނީ ވަކިތަނެއްގައެއް ނޫނެވެ. މާނަ އަކީ، މިވެނި ތަނަކީ الله تعالى ވޮޑިގެންވާ ތަން ކަމަށް ބުނެ އެ ގޮތަށް ޤަބޫލުކުރުމަކީ ޞައްޙަ ގޮތް ނޫން ވާހަކައެވެ. (‏ވައްހާބީން ބުނާގޮތުގައި، މާތް ﷲ ވަނީ އުޑު ގައި ނުވަ العرش ގައެވެ. މިހެން ބުނުމަކީ ކުފުރުވުމެވެ.)‏

ކަށްވަޅުގައި ސުވާލުކުރެއްވުމާއި، ޢަޒާބު ދެއްވުމަކީ ތެދެކެވެ. ކަށްވަޅުގެ ޢަޒާބު ލިބޭނީ ރޫޙަށާއި، ހަށިގަނޑަށެވެ. މަޤްބަރާތަކަށް ޒިޔާރަތްކުރުމަކީ، ޖާއިޒު (‏ހުއްދަވެގެންވާ)‏ ކަމެކެވެ. إستغاثة ކުރުން، މާނައަކީ، رَسُوْلُ اللهِ ﷺ އާއި ވަލީވެރިންގެ މަޤްބަރާތަކަށް ގޮސް، އެ ބޭކަލުންގެ ލޯތްބަށް އެދި ދުޢާ ދަންނަވައި، އެ ބޭކަލުންގެ އެހީތެރިކަމަށް އެދުމަކީ ޖާއިޒު ކަމެކެވެ. (‏ވައްހާބީން މިއަށް ކިޔަނީ ޝިރުކެވެ. މާނައަކީ، މާތް ﷲ ފިޔަވައި އެހެން ފަރާތެއް ކަލަކު ކަމުގައި ބަލައިގަތުމެވެ.)‏

ޣައިބުގައިވާ ކަންތައްތައް ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފި ނަމަ، ނަބީންނާއި، ވަލީވެރިންނަށް އެކަންކަމުގެ ޚަބަރު ދެއްވައެވެ.

ވަލީވެރިންގެ ކަރާމަތަކީ، ތެދެކެވެ. ކަރާމާތްތެރިކަމަކީ، الله تعالى ގެ ލޮބުވެތި އަޅުތަކުންގެ ކިބައިން ފެންނަ އާދަޔާ ޚިލާފު ކަންތައްތަކެވެ. އެއީ އާދަވެގެން ހިނގާ ކަންތައްތަކާ ތަފާތު ކަންތައްތަކެވެ. މާނައަކީ، އެ ކަންތައްތަކަކީ، ފިޒިކަލް، ކެމިކަލް އަދި ބަޔޮލޮޖީގެ ޤާނޫނުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫނެވެ. ކާރާމާތްތައް ގުނާ ޢަދަދުނުކުރެވޭ އިރު، އެކަންތައްތަ އިންކާރެއް ނުކުރެވޭނެ އެވެ.

ޤަތުލުކުރެވޭ މީހުން ނުވަތަ އަމިއްލަ އަށް މަރުވާ މީހުން މަރުވަނީ އެ މީހުން މަރުވާނެ ކަމަށް ކުރިން ކަނޑައެޅިފައިވާ ވަގުތުގައެވެ.
ނަބީ ބޭކަލުން ފާފަ ނުކުރައްވައެވެ.
މިއަދު، ހަތަރު މަޒްހަބުން ކުރެ މަޒްހަބެއް ގައި ހުރުމަކީ، ޟަރޫރީ ކަމެކެވެ.

އެންމެ ފުރަތަމަ ނަބީ އަކީ آدم (‏عليه السّلام)‏ އެވެ. އަދި އެންމެ ފަހުގެ ނަބިއްޔާ އަކީ، محمّد ﷺ އެވެ. (‏آدم، إدريس، شيث (‏عليهم السّلام)‏ އަކީ، ރަސޫލުން ކަމަށް ވައްހާބީން އިންކާރުކުރެއެވެ. އެ މީހުން ބުނާގޮތުގައި، އެންމެ ފުރަތަމަ ރަސޫލަކީ نُوح (‏عليه السّلام)‏ އެވެ. އެ މީހުންގެ ވެރިންނަށް ރަސޫލުންނޭ ކިޔާ ބައެއް ޖަމާޢަތްތަކުން ބުނާގޮތުގައި، ނަބީންނެއް ނުފޮނުއްވާނެ އެވެ، އެކަމަކު ފޮނުއްވާނީ ރަސޫލުންނެވެ. އޭގެ ސަބަބުން، އަމިއްލަ އަށް ރަސޫލުންނޭ ކިޔާ ދަޢުވާކުރި މީހުން ކާފަރުންގެ ތެރެއިން ފާޅުވި އެވެ.)‏

ޝަފާޢަތްތެރިކަމާއި، ޞިރާޠުގެ ފާލަމާއި، ޙިސާބުބެއްލެވުމާއި، މީޒާނަށް އީމާންވުމަކީ ޟަރޫރީ ކަމެކެވެ.
ފުރާނަ އަކީ މަރުވާ އެއްޗެއް ނޫނެވެ. މަރުވެފައިވާ މުސްލިމުންނާއި، ކާފަރުންގެ ފުރާނަތަކަށް އަޑުއިވޭނެ އެވެ.

ދައްޖާލާއި، ދާއްބާ އާއި، މަހްދީގެފާނު ފޮނުއްވުމާއި، ޢީސާގެފާނު އުޑުން ބިމަށް ފޮނުއްވުމާއި، ހުޅަނގުން އިރުއެރުން ފަދަ ޤިޔާމަތްވުމުގެ ޢަލާމާތްތަކަށާއި، ޤިޔާމަތް ދުވަހުގެ އެހެން ޢަލާމާތްތަކަށް އީމާންވުމަކީ ޟަރޫރީ ކަމެކެވެ.

"މިއަދު، ހަތަރު މަޒްހަބުން ކުރެ މަޒްހަބެއް ގައި ހުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ. ހަތަރު މަޒްހަބުން ކުރެ މަޒްހަބެއް ގައި ނެތް މީހުން އެ ތިބީ أهل السُّنَّة އިން ބޭރުވެފައެވެ. އިން ބޭރުވެފައިވާ މީހުންނަކީ، މަގުގެއްލިފައިވާ ނުވަތަ ކާފަރުންނެވެ". سيّد أحمد الطحتاوي (‏رحمة الله عليه)‏

الإمام الأعظم ވިދާޅުވެފައި ވެއެވެ. "ވާރިދުވެގެން އައިސްފައިވާ ގޮތަށް އިންސާނާ ޤިޔާމަތް ވުމުގެ ޢަލާމާތްތައް ޤަބޫލުކުރަންވާނެ އެވެ". رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެފައި ވެއެވެ. "ހުޅަނގުން އިރުއަރައިފުމަށް ދާންދެން ޤިޔާމަތެއް ނުވާނެ އެވެ. ދެން، އެންމެން މުސްލިމުންނަށް ވާނެ އެވެ. އެކަމަކު، އެ މީހުންނަށް އީމާންކަމުގެ ފައިދާއެއް ނުވާނެ އެވެ". (‏بُخَارِي، مُسلِم)‏ 26

ޤިޔާމަތް ދުވަހު، الله تعالى ފެންނާނެ އެވެ.

ކާފަރުން ދާއިމަށް ނަރަކައިގައި ތިބޭނެ އެވެ. އަދި އެ މީހުންނަށް ލިބޭ ޢަޒާބު ކުޑައެއް ނުވާނެ އެވެ؛ އަދި ކީއްހެއްޔެވެ! އެ ޢަޒާބު ދާނީ ހައްތާވެސް ބޮޑުވަމުންނެވެ.

ޤިޔާމަތް ދުވަހު،ރަސޫލުންނާއި، ވަރަޢަވެރި ޞާލިޙު މުސްލިމުން ޝަފާޢަތް ދެއްވާނެ އެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޘަވާބާއި، ޞަދަޤާތް ދިނުމާއި، ހުރިހާ އަޅުކަންތަކެއް މަރުވެފައިވާ މީހުންގެ ރޫޙުތަކަށް ފޮނުވުމަކީ، އެ މީހުންނަށް ފައިދާވެ، އެ މީހުންނަށް ލިބޭ ޢަޒާބު ކުޑަވެ، ޢަޒާބު ފިލުއްވާ ކަމެކެވެ. މި ހުރިހާ ކަމެއް ޤަބޫލުކުރުމަކީ، أهل السُّنَّة މަޒްހަބު ގައި ވާ ކަމުގެ ޢަލާމާތެކެވެ. (‏މި މަޢުލޫމާތުތައް ނަގާފައިވަނީ، فقه الأكبر، نخبة اللّيالي، مكتوبات الرّبَّاني، رياض النّاصحين، فرائض الفوائد މި ފޮތްތަކުންނެވެ.)‏ އަޅުކަން ކުރުމުގައި ވަނީ ތެދުވެރި ހަތަރު މަޒްހަބެވެ. الدُّرُّ المُختَارُ ގެ الذّبايِح (‏ޤުރްބާންކުރެވޭ ޖަނަވާރު)‏ ޗެޕްޓަރ ގައި السَّيِّدُ أحمَدُ طَحتَاوِي ލިޔުއްވާފައި ވެއެވެ. "މިއަދު، ހަތަރު މަޒްހަބުން ކުރެ މަޒްހަބެއް ގައި ހުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ. ހަތަރު މަޒްހަބުން ކުރެ މަޒްހަބެއް ގައި ނެތް މީހުން އެ ތިބީ أهل السُّنَّة އިން ބޭރުވެފައެވެ. އިން ބޭރުވެފައިވާ މީހުންނަކީ، މަގުގެއްލިފައިވާ ނުވަތަ ކާފަރުންނެވެ". އާއި، އާއި، އާއި، އާއި، ފަދަ މަޒްހަބުތަކުގެ ޢަދުއްވުން ވަނީ ގިނަ މުސްލިމުންތަކެއް މަގުފުރައްދާފައެވެ. އެހެނީ، އެ މީހުން ދުށްގޮތުގައި ކޮޕީކުރުމަކީ ޙަރާމް ކަމެކެވެ. އަދި އަނެއް ބަޔަކު މުސްލިމުން މަގުފުރެއްދީ އެ މީހުން تلفيق ކުރުމުގެ (‏ހަތަރު މަޒްހަބުގެ ފަސޭހަ ބައިތައް އެއްކޮށް ގުޅުވާލުމުގެ)‏ ސަބަބުންނެވެ.

ޢަޤީދާ އާއި، ޢިބާދާތުގައި އަހަރެމެންގެ އިމާމުން

تابعين ންގެ ތެރޭގައި، އަޞްޙާބުން ގެ އަރިހުން އިސްލާމް ދީން އުނގެނުނު ބޭކަލުންނާއި، تابعين ންގެ އަރިހުން އުނގެނިވަޑައިގަތް تبعة التّابعين ން ހިމެނެއެވެ. އޭގެ ތެރޭގައި އިސްލާމް ދީނުގެ ޢިލްމު މަތީ ފެންވަރަކަށް އުނގެނިވަޑައިގަތް ޢިލްމުވެރިންނާއި، مُطلق مُجتهدُ ންނަށް ވީ ބޮޑެތި إمام ން ހިމެނެއެވެ.1 އެ ބޭކަލުން ވެގެންދިޔައީ، އެ ޢިލްމުވެރިއެއްގެ ނަންފުޅުން މަޒްހަބަށް ނަންދެވުނު އަޅުކަންކުރުމާއި، އެ ބޭކަލުންގެ އިޖްތިހާދުން އުފެދުނު އުޞޫލުތަކުގެ މަޒްހަބުތަކުގެ ވެރިންނަށެވެ. މި ޢިލްމުވެރިންގެ މަޒްހަބުތަކުގެ ގިނަ ބައިތައް ފޮތްތަކުގައި ލިޔެވިފައި ނެތުމާ އެކު، އެ ބައިތައް ވަނީ ހަނދާނުން ފޮހެވިގެންގޮސްފައެވެ. ފޮތްތަކުގެ ގޮތިގައި ލިޔެވި، އެ ބޭކަލުންގެ ދަރިވަރުންގެ ފަރާތުން ރައްކާތެރިކުރެވި، މުސްލިމުންގެ މެދުގައި ފެތުރިފައިވަނީ ހަމައެކަނި ބޮޑު ހަތަރު އިމާމުންގެ އިޖްތިހާދެވެ. މި ބިންމަތީގައިވާ ހުރިހާ މުސްލިމުންނަށް ޙައްޤު މަގު ދައްކަވައި، ބަދަލެއް ނެތި رَسُوْلُ اللهِ ﷺ ގެ މަގު އަހަރެމެންނަށް އުނގަންނަވައިދެއްވީ މި މަތިވެރި ހަތަރު އިންސާނުންނެވެ. އަހަރެމެންގެ عبادات ގެ މަޒްހަބުތަކުގެ އިމާމުންނަކީ އެއީއެވެ. އެ ބޭކަލުންގެ ތެރެއިން ފުރަތަމަ إمام އަކީ الإمام الأعظم أبو حنيفة نُعمان بن ثابت (‏رضي الله عنه)‏ އެވެ. އެކަލޭގެފާނަކީ، އިސްލާމް ދީނުގެ އެންމެ ފާހަގަކުރެވޭ އެއް ޢިލްމުވެރިޔާ އެވެ. އެކަލޭގެފާނަކީ، أهلُ السُّنَّة ގެ ލީޑަރެވެ. ދެވަނަ إمام އަކީ الإمام مالك (‏رحمة الله عليه)‏ އެވެ. ތިން ވަނަ إمام އަކީ الإمام محمّد بن إدريس الشّافعي (‏رحمة الله عليه)‏ އެވެ. ހަތަރު ވަނަ إمام އަކީ الإمام أحمد بن حنبل (‏رحمة الله عليه)‏ އެވެ.

މިއަދު، މި ހަތަރު އިމާމުން ކުރެ އިމާމަކަށް ތަބަޢަނުވާ މީހަކު ވަނީ ވަރަށް ބޮޑު ނުރައްކަލެއްގައެވެ. އެ މީހަކު އެވަނީ ޙައްޤު މަގުން ކައްސާލާފައެވެ. މި ހަތަރު އިމާމުންގެ ދެ ދަރިވަރަކު އީމާންކަމުގެ ޢިލްމުގައި މަތީ ފެންވަރަކަށް އުނގެނެނެވެ. އެހެންކަމުން، ޢަޤީދާގެ މަޒްހަބަކީ ދޭކެވެ. މި ދެ ޢިލްމުވެރިން އީމާންކަން ބަޔާންކުރެއްވީ، ކީރިތި قرآن އާއި، حديث شريفގައިވާ ގޮތަށެވެ. أهل السُّنَّة ގެ އީމާންކަމުގެ ޢިލްމު ނުވަތަ فرقة النّاجية ދުނިޔެ އަށް ފެތުރުއްވީ މި ދެ ޢިލްމުވެރިންނެވެ. މިގެތެރެއިން ފުރަތަމަ ޢިލްމުވެރިޔަކީ، أبُو منصُور الماتريدي އެވެ. އަދި ދެވަނަ ޢިލްމުވެރިޔަކީ، أبُوالحسن علي عشعري (‏رحمة الله عليهما)‏ އެވެ. މި ދެ އިމާމުން ޚަބަރުދެއްވީ އެއް އީމާނެކެވެ. އެ ދެ ބޭކަލުންގެ މެދުގައި ހުރި ކުދިކުދި ޚިލާފުތަކަކީ މައްސަލައެއް ނޫނެވެ. އެ ގެ ޖައުހަރަކީ އެކައްޗެކެވެ. އިސްލާމް ދީނުގެ ޢިލްމުވެރިންނަށް ކީރިތި قرآن އާއި، رَسُوْلُ اللهِ ﷺ ގެ ޙަދިޘްފުޅުތަކުގައި ވަނީ ތަޢުރީފުކުރައްވާފައެވެ. ކީރިތި قرآن ގެ سورة الزمر ގެ 39 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ‎﴿٩﴾‏)‏ * الزمر: 39)‏2 މާނައީ: "ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟". އަދި ހަމަ އެއާއެކު، ކީރިތި قرآن ގެ سورة الأنبياء ގެ 7 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ‎﴿٧﴾‏ )‏ * الأنبياء: 7)‏3 މާނައީ: "ފަހެ، ތިޔަބައި މީހުން ނުދަންނަކަމުގައި ވާ ނަމަ، علم ގެ أهل ވެރިންނާ ކުރާށެވެ!"

رَسُوْلُ اللهِ ﷺ ގެ އަންނަނިވި ޙަދިޘްފުޅުތަކުގައި ވާރިދުވެގެން އައިސްފައި ވެއެވެ.:
"މީސްތަކުންނަށް ރަނގަޅު ގޮތް އުނގަންނައިދޭ މުސްލިމުންގެ މައްޗަށް އާއި މަލާއިކަތުންނާއި، ކޮންމެ މަޚްލޫޤެއް ދުޢާކުރައްވައެވެ".
"ޤިޔާމަތް ދުވަހު، އެންމެ ފުރަތަމަ ރަސޫލުން، ދެން ޢިލްމުވެރިން، ދެން ޝަހީދުން ޝަފާޢަތް ދެއްވާނެ އެވެ".
"އޭ މީސްތަކުންނޭވެ! ޢިލްމު އުނގެނެވޭނީ ޢިލްމުވެރިޔަކު ދައްކާ ވާހަކަ އަށް އަޑުއަހައިގެންކަން ދަންނާށެވެ".

"ޢިލްމު އުނގެނޭށެވެ. ޢިލްމު އުނގެނުމަކީ އަޅުކަމެކެވެ. ޢިލްމު އުނގެނޭ މީހުންނަށާއި، ޢިލްމު އުނގަންނައިދޭ މީހުންނަށް ޝަހީދެއްގެ ޘަވާބު ލިބޭހުއްޓެވެ".

"ޢިލްމު އުނގަންނައިދިނުމަކީ، ޞަދަޤާތްދިނުން ފަދަ ކަމެކެވެ. ޢިލްމުވެރިޔެއްގެ ކިބައިން ޢިލްމު އުނގެނުމަކީ، تَحَجُّد ނަމާދު ކުރުން ފަދަ ކަމެކެވެ".

"އެހެން ހުރިހާ އަޅުކަމަކަށް ވުރެ ޢިލްމު އުނގެނުމުން ލިބޭ ޘަވާބު މާ ގިނަވާނެ އެވެ. އެހެނީ، އެ ޢިލްމުން އޭނާއަށާއި، އޭނާ އުނގަންނައިދޭ މީހުންނަށް ފައިދާވެއެވެ".

އެކަލޭގެފާނަކީ އަދަބާއި، ރަނގަޅު ކަންތައްތައް އެއްކޮށޭ،
އެކަލޭގެފާނުގެ ނޫރުން އަނދިރިކަން އަލިކޮށްދެއޭ،
އެ ނަބީކަމުގެ ސިއްކައަކީ،
އަހަރެންގެ ލޮބުވެތި ރަސޫލާއޭ.
ރަސޫލުކަމުގެ ފައްވާރާއޭ،
އެހީނުލިބޭ މީހުންގެ ހިޔާވަހިކަމޭ،
ރަޙްމަތުގެ މަޞްދަރަކީ،
އަހަރެންގެ ލޮބުވެތި ރަސޫލާއޭ.
އެކަލޭގެފާނުގެ ބުރަކަށިކޮޅުގައި ނަބީކަމުގެ ސިއްކައޭ،
އެކަލޭގެފާނަކީ އެންމެ އޯގާތެރި ނަބިއްޔާއޭ،
ޝަފާޢަތުގެ ސަބަބަކީ އެކަލޭގެފާނޭ،
އަހަރެންގެ ލޮބުވެތި ރަސޫލާއޭ.
ނިންމާލެވޭނެ ބާރުހުރި ހަމައެކަނި ފަރާތަކީ،
މަޙްޝަރު ބިމުގެ ސަކަރާތޭ،
ފަހަތުން ޚަބަރުދެއްވާ ފަރާތޭ،
އަހަރެންގެ ލޮބުވެތި ރަސޫލާއޭ.

"އެހެން މީހުންނަށް އުނގަންނައިދިނުމަށް އުނގެނޭ މީހާ އަށް ޞިއްދީޤުންނަށް ދެއްވާ ފަދަ ޘަވާބު ދެއްވާނެތެވެ".
"ޢިލްމަކީ ޚަޒާނާއެކެވެ. އޭގެ ތަޅުދަނޑިއަކީ ސުވާލުކުރުމެވެ".
"ޢިލްމު އުނގެނި، ޢިލްމު އުނގަންނައިދޭށެވެ".
"ޢިލްމު އުނގަންނައިދިނުމަކީ، ފާފަތަކުގެ ކައްފާރާއެކެވެ".

الأحكام الإسلاميّة (‏الأحكام الشّرعيّة)‏

"ޢިލްމު އުނގެނުން. ޢިލްމު އުނގެނުމަކީ އަޅުކަމެކެވެ. ޢިލްމު އުނގެނި، ޢިލްމު އުނގަންނައިދޭ މީހުންނަށް ޖިހާދުގެ ޘަވާބު ދެއްވާނެތެވެ". حديث الشّريف

އިސްލާމް ދީނުގެ ވާޖިބުތަކާއި، ޙަރާމްކަންތަކަށް ކިޔެނީ "الأحكام الشَّرْعِيَّة" ނުވަތަ "الأحكام الأسلاميّة" އެވެ. ހަމައެހެންމެ، އެ ކަންތައްތަކަށް "الأفعال المُكَلَّفِين" އޭ ވެސް ކިޔެއެވެ.

މުކައްލަފެކޭ ބުނެވެނީ ކާކަށް؟

ބާލިޣުވެފައިތިބޭ ބުއްދި ސަލާމަތުން ތިބޭ އަންހެނުންނާއި، ފިރިހެނުންނަށް ކިޔެނީ "مُكَلَّف" އެވެ. مُكَلَّف ންނަށް الله تعالى ގެ އަމުރުފުޅުތަކަށް ކިޔަމަންވެ، މުންކަރާތްތައް ދޫކޮށްލަން ލާޒިމުވެގެން ވެއެވެ. އަހަރެމެންގެ ދީނުގައި ގެ މައްޗަށް އެންމެ ފުރަތަމަ އަމުރުކުރެވިގެންވަނީ ފުރަތަމަ އީމާންވެ، ދެން އަޅުކަންތައް ކުރުމެވެ. ހަމައެހެންމެ ޙަރާމްކުރެއްވި ކަންތައްތަކާއި، މަކްރޫހަ ކަންތައްތަކުން ދުރުވާން ވެސް އެ މީހުންނަށް ޖެހެއެވެ. ބުއްދި އަކީ، ވިސްނައިގަތުމުގެ ބާރެކެވެ. ބުއްލި ލައްވާފައިވަނީ ރަނގަޅާއި، ނުބައި ދެނެ ވަކިކޮށްގަތުމަށް ޓަކައެވެ. ފިރިހެން ކުދިން ބާލިޣުވަނީ އެ ކުދިންގެ ޢުމުރުން 12 އަހަރު ވުމުންނެވެ. ފިރިހެން ކުއްޖަކު ބާލިޣުވީކަމުގެ ޢަލާމާތްތަކެއް ވެއެވެ. އެ ޢަލާމާތްތައް ފާޅުނުވާ ކަމުގައި ވާ ނަމަ (‏ފިރިހެން ކުއްޖާ މަނި ނުއުފައްދާ ނަމަ)‏، ދެން، އެ ކުއްޖާ ބާލިޣުވީ ކަމަށް ނިންމާނީ އޭނާގެ ޢުމުރުން ފަނަރަ އަހަރު ވުމުންނެވެ. އަންހެން ކުދިން ބާލިޣުވާން ފައްޓަނީ އެ ކުދިންގެ ޢުމުރުން ނުވަ އަހަރު ފުރުމުންނެވެ. ބާލިޣުވީ ކަމުގެ ޢަލާމާތްތައް އަންހެން ކުއްޖާގެ ކިބައިގައި ނެތް ނަމަ (‏އެ އަންހެން ކުއްޖާ ޙައިޟް ނުވާ ނަމަ)‏، ދެން، އެ ކުއްޖާ ބާލިޣުވީ ކަމަށް ނިންމާނީ އޭނާގެ ޢުމުރުން ފަނަރަ އަހަރު ވުމުންނެވެ.

أفعال المُكلَّفين

مُكَلَّف ންގެ ޢަމަލުތައް އަށެކެވެ.: އެއީ، فرض، واجِب، سُنَّة، مُستَحَبُّ، مُبَاح، حَرَام، مَكْرُوه އަދި مُفْسِد އެވެ.

فرض: އެކަމެއް ކުރުމަށް ކީރިތި قرآن ގައި الله تعالى ސާފުކޮށް އަމުރުކުރައްވާފައިވާ ކަންތައްތަކަށް ކިޔެނީ فرض އެވެ. فرض އެއް ދޫކޮށްލުމަކީ، ޙަރާމް ކަމެކެވެ. فرض ޤަބޫލުނުކޮށް އަދި فرض މުހިއްމު ކަމަށް ނުދެކޭ މީހުން ވާނީ ކާފަރުންނަށެވެ. فرض ގެ ބައެއް މިސާލުތަކަކީ، އީމާންވުމާއި، ވުޟޫކުރުމާއި، ހިނައިގަތުމާއި، ދުވާލަކު ފަސް ފަހަރު ނަމާދުކުރުމާއި، ރަމަޟާން މަހު ރޯދަހިފުމާއި، މުއްސަނދިވުމުން ޒަކާތްދީ ޙައްޖުވުމެވެ.

واجِب: واجِب އަކީ، فرض ގޮތަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެވެ. އެއީ، ވިތުރި އާއި ޢީދު ނަމާދު ކުރުމާއި، أُضحِيَة ކަތިލުމާއި، މުއްސަނދި ނަމަ، ފިޠްރު ޒަކާތް ދިނުމެވެ. واجِب ގެ ދަރަޖަ އަކީ فرض ގެ ދަރަޖަ އެވެ.

سُنَّة: އެކަމެއް ކުރުމަށް الله تعالى ސީދާ އަމުރު ނުކުރައްވާ އެކަމަކު އެކަމަކަށް ތަޢުރީފުކުރައްވާފައިވާ، ނުވަތަ رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އާދަކާދައިގެ މަތިން ކުރެއްވި ނުވަތަ އެކަމެއް ފެނިވަޑައިގަތުމުން އެކަމެއް ނުހުއްޓުވި ކަންތައްތަކަށް ކިޔެނީ سُنَّة އެވެ. سُنَّة އަށް ނުރުހުމަކީ، ކުފުރުވުމެވެ. سُنَّة އަށް ވާ ކަމެއް ނުކުރުމަކީ ފާފަވެރިވާ ވަރުގެ ކަމެއް ނޫނެވެ. އެހެން ނަމަވެސް، މަޤްބޫލު ޢުޒުރެއް ނެތި ދޫކޮށްލާ މީހާގެ ދަރުމަތަކުން މަޙްރޫމުކޮށް، ފިޔަވަޅު އަޅަންޖެހޭނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ، ބަންގި، އާއި، އިޤާމާ އާއި، ޖަމާޢަތުގައި ނަމާދުކުރުމާއި، ވުޟޫކުރާ އިރު މިސްވާކު ބޭނުންކުރުމާއި، މީހަކު ކައިވެނިކުރާ އިރު، ރޭގަނޑު ކެއުމެއް ދިނުން، މީހަކުގެ ދަރިފުޅު ޚިތާނުކުރުމެވެ.

مُستَحَبُّ: مُستَحَبُّ ކަންތައްތަކަށް مندب ނުވަތަ آداب އޭ ވެސް އެވެ. އެއީ، السُّنَّة غيرُ المُؤَكَّدَة އެވެ. އެ ކަންތައްތަކަކީ، رَسُوْلُ اللهِ ﷺ އެކަންތައްތަކެއް އެކަލޭގެފާނުގެ ޙަޔާތްޕުޅު ގައި އެންމެ ފަހަރަކު ދެ ފަހަރަކު ނަމަވެސް ކުރައްވާފައިވާ އަދި ހިތްޕުޅާވެފައިވާ ކަންތައްތަކެވެ. މިސާލަކަށް: އަލަށް އުފަންވާ ކުއްޖާ ހަތް ވަނަ ދުވަހު ނަން ދިނުމާއި، ފިރިހެން ނުވަތް އަންހެން ދަރިފުޅަށް ބަރަކާތަށް އެދި ޢަޤީޤާ ކަތިލުމާއި، ރިވެތި ހެދުންލުމާއި، މީރުވަސްދުވާ ސެންޓު ބޭނުންކުރުމެވެ. މިކަންތައްތައް ކުރާ މީހުންނަށް ގިނަގުނަ ޘަވާބު ދެއްވާނެ އެވެ. ނުކޮށް ދޫކޮށްލުމުން ފާފައެއް ނުވާނެ އެވެ.

مُبَاح: مُبَاحއަކީ، އެކަމެއް ކުރުމަށް އަމުރުކުރައްވާފައި ނުވާ އަދި ޙަރާން ވެސް ކުރައްވާފައިނުވާ ޢަމަލުތަކެވެ. مُبَاح ވާ ކަންތައްތައް ކުރާ މީހަކު ފާފަވެރިވެ، ޘަވާބު ލިބޭނީ އެ ކަމުގައި އެމީހެއްގެ ނިޔަތް އޮންނަ ގޮތަކުންނެވެ. މިސާލަށް، ނިދުމާއި، ތަފާތު އެކި ޙަލާލު ކެއުންތައް ކެއުމާއި، ތަފާތު އެކި ޙަލާލު ހެދުން ލުމަކީ مُبَاح ކަންތައްތަކެވެ. އިސްލާމް ދީނަށް ކިޔަމަންގަތުމުގެ ނިޔަތުގައި މި ކަންތައްތައް ކޮށްފި ނަމަ، އިސްލާމް ދީނުގައި އަންގަވާފައިވާ ކަންތައްތައް ކުރުމަށް ކަމުގައި ވާ ނަމަ، އެ ކަންތައްތަކުން ޘަވާބު ލިބޭނެ އެވެ. އެއީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި، އަޅުކަންތައް ކުރުމުގެ ނިޔަތުގައި ކެއުމާއި ބުއިން ފަދަ ކަންތައްތަކެވެ.

حَرَام: حَرَام ކަންތައްތަކަކީ، ކީރިތި قرآن ގައި ސާފުކޮށް الله تعالى އެކަމެއް ކުރުން ޙަރާމްކުރައްވާފައިވާ ކަންތައްތަކެވެ. ޙަރާމް ޢަމަލުތައް ކުރުމާއި، ޙަރާމް ތަކެތި ބޭނުންކުރުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. "ޙަރާމް" ކަމަކަށް "ޙަލާލު" ކަމަށް ނުވަތަ "ޙަލާލު" ކަމަކަށް "ޙަރާމް" މީހަކު ވާނީ ކާފަރަކަށެވެ. ޙަރާމް ކަންތައްތައް ދޫކޮށްލުމަކީ، فرض އަކަށް ވެފައި، އެކަމުން ގިނަގުނަ ޘަވާބު ލިބޭނެ ކަމެކެވެ. ޤަތުލުކުރުމާއި، ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ޖުވާކުޅުމާއި، ރަލާއި، މަސްތުވާ ކޮންމެ ބުއިމެއް ބުއިމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، އޫރު މަހާއި، ލެއާއި، މުޅަ މަސް ކެއުމާއި، ބޮލާއި، ދެ އަތާއި، ދެ ފައި ނިވާނުކޮށް ތިވެ އަންހެނުން ބޭރަށް ދިއުމާއި، މި ހުރިހާ ކަންތައްތަކަކީ، ޙަރާމް ވެފައި ބޮޑެތި ފާފަ ލިބޭ ކަންތައްތަކެވެ. މި ފާފަތަކަށް އަރައިގަތުމުގެ ކުރިން ބިސްމި ކިޔައި، ނުވަތަ އެ ކަންތައްތައް ޙަލާލު ކަމަށް ދެކޭ ނަމަ، ނުވަތަ އެ ކަންތައްތައް ޙަރާމްކުރައްވާފައިވާ ކަންތައްތަކެއް ކަމަށް ފަރުވާލެއް ނުބަހައްޓާ މީހާ ވާނީ ކާފަރަކަށެވެ. އެކަންތައް ކުރުމަކީ ޙަރާމް ކަމަށް ޤަބޫލުކުރާ އަދި އެކަމުން ލިބޭނެ ޢަޒާބަށް ބިރުވެތިވާ މީހަކު އެކަންތައްތައް ކުރާ ނަމަ، އެފަދަ މީހަކު ކާފަރަކަށް ނުވެއެވެ. އެހެން ނަމަވެސް، އޭނާ އަށް ނަރަކައިގެ ޢަޒާބު ޙައްޤުވެއްޖެ އެވެ. ހަރާން ކަންތައްތައް ކުރުމަށް ފައިވިއްދާފައި، ތައުބާ ނުވާ ނަމަ، އޭނާގެ ފަހު ނޭވާ ގައި އޭނާގެ އީމަންތެރިކަން ގެއްލޭނެ ސަބަބަކަށް އެކަން ވާނެ އެވެ.

مَكْرُوه: مكرُوه ކަންތައްތަކަކީ الله تعالى އާއި، رَسُوْلُ اللهِ ﷺ ނުރުއްސެވި ކަންތައްތަކެވެ. މި ކަންތައްތަކުގެ ސަބަބުން، އަޅުކަންތަކުން ލިބޭ ޘަވާބު މަދުކޮށްލައެވެ. ދެ ވައްތަރެއްގެ مكرُوه ކަންތައް ވެއެވެ. އެއީ: تحريمي مكرُوه އާއި، تنزيهي مكروه އެވެ. تحريمي مكرُوه: تحريمي مكرُوه އަކީ، ވާޖިބެއް ދޫކޮށްލުމެވެ. އެއީ، ޙަރާމްވުމާ ދާދި އެއްވަރުގެ ކަމެކެވެ. އެފަދަ ތަކަށް އަރައިގަތުމަކީ ޢަޒާބު ލިބޭ ކަންތައްތަކެވެ. އެއީ، އިރުއެރުމާއި، އިރު އޮއްސޭ ގަޑީގައި ނަމާދުކުރުން ފަދަ ކަންތައްތަކެވެ. تنزيهي مكروه: تنزيهي مكروه އަކީ، مُبَاح އާ ގާތްކުރާ ކަންތައްތަކެވެ. މާނަ އަކީ ޙަލާލު ނުވަތަ އެ ކަންތައްތަކެއް ކުރުމަށް ވުރެ ނުކުރުން އެ މީހަކަށް ރަނގަޅު ކަންތައްތަކެވެ. އެއީ، السُّنَّة الغير المُؤَكَّدَة ނުވަތަ مُبَاح ކަންތައްތައް ދޫކޮށްލުމެވެ.

مُفْسِد: އަހަރެމެންގެ ދީނުގައި مُفْسِد އަކީ،އީމާނާއި، ނަމާދާއި، ކައިވެންޏާއި، حجّ އާއި، ޒަކާތާއި، ގަނެ ވިއްކުން ފަދަ ހުއްދަ ޙަލާލު ކަމެއް ނުވަތަ ފަށާފައިވާ އަޅުކަމެއް ބާޠިލުކޮށް ފަދަ ކަންކަމެވެ. މިސާލަކަށް، މިސާލަކަށް الله تعالى އަށް ނުވަތަ ކީރިތި ޤުރްއާނަށް ފުރައްސާރަކުރުމަކީ، އީމާންކަމުން ބޭރުވާނެ ކަމެކެވެ. ނަމާދުކުރާ އިރު، ހުނުމަކީ، ކޮށްގެންހުރި وُضُوء އާއި ނަމާދު ބާޠިލުވާނޭ ކަމެކެވެ. ރޯދަ ހިފައިގެން ހުންނަ އިރު، އެއްޗެއް ކެއުމަކީ ނުވަތަ ބުއިމަކީ، އެނގިގެންވާ ހެން ރޯދަ ބާޠިލުވާނޭ ކަމެކެވެ. فرض އާއި، واجب އާއި، سُنَّة އަދާކުރާ މީހުންނާއި، حرام އަދި مكرُوه ކަންތައްތައް ކުރުމުން ދުރުހެލިވާ މީހުންނަށް أجر ނުވަތަ ثواب ދެއްވާނެ އެވެ. حرام އަދި مكرُوه ކަންތައްތައް ކުރާ މީހުންނާއި، فرض އާއި، واجب އަދާނުކުރާ މީހުން ފާފަވެރިވާނެ އެވެ. حرام ކަމެއް ނުކޮށް ދޫކޮށްލުމުން ލިބޭ ޘަވާބު، فرض އެއް އަދާކުރުމުން ލިބޭ ޘަވާބަށް ވުރެ އެތައް ގުނައެއް އިތުރުވާނެ އެވެ. فرض އެއް އަދާކުރުމުން ލިބޭ ޘަވާބު، مكرُوه ކަމެއް ދޫކޮށްލުމުން ލިބޭ ޘަވާބަށް ވުރެ އިތުރުވާނެ އެވެ. مكرُوه ކަމެއް ދޫކޮށްލުމުން ލިބޭ ޘަވާބު، ސުންނަތެއް ކުރުމުން ލިބޭ ޘަވާބަށް ވުރެ އިތުރުވާނެ އެވެ.

ޢިބާދަތަކީ (‏އަޅުކަމަކީ)‏ ކޮބައި؟

"ޢިލްމާ އެކު ކުރާ ކުޑަ އަޅުކަން، ޢިލްމަކާ ނުލައި ކުރާ ބޮޑު އަޅުކަމަށް ވުރެ މޮޅުއިތުރުވެގެން ވެއެވެ". حديث الشّريف

އަޅުކަމަކީ، އަހަރެމެންނާއި، ވުޖޫދުވާ ކޮންމެ އެއްޗެއް ހައްދަވައި، ހުރިހާ ވަގުތެއް ގައި އަހަރެމެން ވުޖޫދު ގައި ލަހައްޓަވާ، ފެންނަ އަދި ނުފެންނަ މުޞީބާތްތަކުން އަހަރެމެން ރައްކާތެރިކުރައްވާ، ކޮންމެ ވަގުތެއް ގައި އަހަރެމެންނަށް އެތަކެއް ނިޢުމަތްތަކެއް ދެއްވާ الله تعالى ގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރައްވާފައިވާ ކަންތައް ދޫކޮށްލުމެވެ. ގުނާ ޢަދަދުނުކުރެވޭހާ ގިނަ ނިޢުމަތްތައް އެބައި މީހުންނަށް ދެއްވި الله تعالى އަށް، އެ މީހުންނާ ވީ އެންމެ ގިނައިން ޝުކުރުވެރިވުމަކީ އިންސާނުންގެ ގެ މައްޗަށް ވާ ވާޖިބެކެވެ. މިއީ، ބުއްދީގެ ހަމަތަކުން ބަލާއިރު، ވާޖިބެއް އަދި ދަރަންޏެވެ. އެކަމަކު، މީސްތަކުންގެ ކިބައިގައި ވަނީ ގޯސް ސިކުނޑިތަކެކެވެ. އެ މީހުންގެ ވިސްނުން ފުރިހަމައެއް ނޫނެވެ. އެބައި މީހުންނަށް، އަށް ޝުކުރުވެރިވެ، މަތިވެރިކުރާނެ ކަންތައްތަކެއް ނުފެނެއެވެ. ޝުކުރުވެރިވެ އިޙްތިރާމް އަދާކުރުމަށް ކުރާ ކަންތައްތައް، الله تعالى ކަނޑައަޅުއްވާފައި ނުވާހާ ހިނދަކު، އެ ކަންތައްތަކަކީ އިހާނާތްތެރި ކަންތައްތަކަކަށް ވެސް ވެދާނެ އެވެ. މިހާރު، އެކަލާނގެ އަށް ޝުކުރުއަދާކުރުމަށްޓަކައި، ހިތާއި، ދުލާއި، ހަށިގަނޑުން މީސްތަކުން އަދާކުރާ ވާޖިބުތައް، ވަނީ الله تعالى އަންގަވައި، އަހަރެމެންނާ ހަމަޔަށް رَسُوْلُ اللهِ ﷺ ޚަބަރުކުރައްވާފައެވެ. އެހެންކަމުން، الله تعالى އަށް ޝުކުރުއަދާކޮށް އެކަލާނގެ އަށް އަޅުކަންކުރުމަށް ޓަކައި، ބުއްދިވެރި އިންސާނުން، رَسُوْلُ اللهِ ﷺ އަށް ތަބަޢަވާން ޖެހޭނެ އެވެ. رَسُوْلُ اللهِ ﷺ އަށް ތަބަޢަވާ މީހާ އަކީ މުސްލިމެކެވެ. عبادة އަކީ އަށް ޝުކުރު އަދާކުރުމެވެ. محمّد رَسُوْلُ اللهِ ﷺ އަށް ތަބަޢަވުމެވެ.

އިސްލާމް ކަމުގެ ބައިތައް

އިސްލާމްކަމުގެ ދެ ބައެއް ވެއެވެ.:
ހ- ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ ކަންތައްތައް.
ށ- ހިތާއި ހަށިގަނޑުން އަދާކުރަންޖެހޭ عبادة (‏އަޅުކަންތައް)‏

ހިތުން ޤަބޫލުކުރަންޖެހޭ ރުކުންތައް

އީމާން ކަމަކީ، محمّد رَسُوْلُ اللهِ ﷺ އަކީ الله تعالى ގެ ރަސޫލާ ކަމަށާއި، އެކަލޭގެފާނަކީ، އެކަލާނގެ ޚިޔާރުކުރެއްވި އެކަލާނގެ ނަބިއްޔާ ކަމަށާއި، މިހެން ހިތުގެ އަޑިން ކިޔުމާއި، އެކަލޭގެފާނު ޚުލާޞާކޮށް ތަބްލީޣުކުރެއްވި ކަންތައް ޚުލާޞާކޮށް ޤަބޫލުކުރުމާއި، الله تعالى ގެ ފަރާތްޕުޅުން އެކަލޭގެފާނު ތަފްޞީލުކޮށް ތަބްލީޣުކުރެއްވި ކަންތައް ތަފްޞީލުކޮށް ޤަބޫލުކުރުމާއި، ވަގުތުލިބޭ ކޮންމެ ފަހަރަކު ވީހާ ވެސް ގިނައިން كَلمةُ الشّهَادَة ކިޔުމެވެ. ވަރުގަދަ އީމާނަކީ، އަހަރެމެންނަށް ކަނޑައެޅިގެން އަލިފާނުން އަނދާކަން އެނގޭ ފަދައިން، ހަރުފަ ވިހަލައިގެން މަރުވާތީ އަހަރެމެން އެއާ ދުރުވާ ފަދައިން، އަހަރެމެން، الله تعالى އާއި އެކަލާނގެ ސިފަފުޅުތައް މަތިވެރިކޮށް، ހިތުގެ އަޑިން އެ ކަން ޔަޤީންކޮށް، އެކަލާނގެ ރުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތްކޮށް، އެކަލާނގެ ރިވެތިކަމުގެ ހިޔާވަހިކަން ހޯދައިގަތުމާއި، އެކަލާނގެ ކޯފާއާއި، ޢަޒާބަށް ސަމާލުވުމެވެ. އަހަރެމެން މި އީމާން ހިތުގައި ބިންވަޅުނަގަންވާނީ، މާބަލް ގައި ކަނޑާނަގާފައިވާ ލިޔުމެއް ފަދައިން ވަރުގަދަކަމާ އެކުގައެވެ. އަހަރެމެން ކޮންމެހެން ޤަބޫލުކުރަންޖެހޭ އީމާން ކަމުގެ ހަ ރުކުނެއް ވެއެވެ.

އެ ކަންތައްތަކަކީ:
މާތް ﷲ ގެ އެއްކައުވަންތަކަމަށް އީމާންވުން.
މަލާއިކަތުންނަށް އީމާންވުން.
الله تعالى ބާވައިލެއްވި ފޮތްތަކަށް އީމާންވުން.
الله تعالى ފޮނުއްވި ރަސޫލުންނަށް އީމާންވުން.
ޤިޔާމަތް ދުވަހަށް އީމާންވުން.
ޤަޟާ ޤަދަރަކަށް (‏ހެޔޮ މިންވަރާއި ނުބައި މިންވަރަށް)‏ އީމާންވުން.

ހަށިގަނޑާއި ހިތުން އަދާކުރަންޖެހޭ އަޅުކަންތައް

ކޮންމެ މުސްލިމަކު ކޮންމެހެން އަދާކުރަންޖެހޭ އަޅުކަންތަކެއް ވެއެވެ. އަދި އެ އަޅުކަންތައް އަދާކުރާ އިރު ޢަމަލުކުރަންޖެހޭ ވަކި ހަމަތަކެއް ވެއެވެ. އެ އަޅުކަންތަކަށް ކިޔެނީ އިސްލާމް ދީނުގެ ރުކުންތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ކަމެކެވެ.:

كلمةُ الشَّهَادَة ކިޔުންން.
ފަރުޟު ފަސް ނަމާދު ކަނޑައެޅިފައިވާ ވަގުތުގައި ކުރުން.
މުދަލު ޒަކާތް ދިނުން.
ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ރޯދަހިފުން.
(‏ކެރި ކުޅަދާނަވެގެންވާ މީހާ)‏ އޭނާގެ ޢުމުރުން އެއް ފަހަރު ޙައްޖުގެ އަޅުކަން އަދާކުރުން.
ތިބާ ދެކެ ލޯބިވާ މީހުންގެ ލޯތައް،
އެހެން މީހުންނަކަށް ނުބަލާނެއޭ،
ތިބާއަކީ އެބައެއްގެ އަމާޒުކަމުގައިވާ މީހުން،
ދުނިޔެ ނުވަތަ އާޚިރަތާ މެދަކު ނުވިސްނާނެއޭ.

އީމާންކަމުގެ ރުކުންތައް

"ކޮންމެ މުސްލިމަކު ވެސް (‏آمَنْتُ)‏ ހިތުދަސްކޮށް އޭގެ މާނަ ފުރިހަމަ އަށް ދަސްކުރަންޖެހޭނެ އެވެ". حُسين بن ساعد (‏رحمة الله عليه)‏

އީމާންކަމުގެ ރުކުންތައް آمَنْتُ ދުޢާ ގައި ވަނީ އޮޅުންފިލުވައިދެއްވާފައެވެ. رَسُوْلُ اللهِ ﷺ حديثކުރައްވާފައިވާ ގޮތުގައި، އީމާންގެ މާނައަކީ، ވަކި ޚާއްޞަ ހަ ކަމެއް ޤަބޫލުކުރުމެވެ. އެހެންކަމުން، ކޮންމެ މުސްލިމަކު ވެސް އޭނާގެ ދަރިންނަށް آمَنْتُ ދުޢާ ހިތުދަސްކޮށް އެ ދުޢާގެ މާނަ ދަސްކޮށްދޭންވާނެ އެވެ.

آمَنْتُ: آمنتُ باللهِ وَمَلَائِكَتِهِ وَ كُتُبِهِ وَ رَسُولِهِ وَاليّومَ الآخِرِ وَ بالقَدَرِ، خَيْرِهِ وَ شَرَِهِ من اللهِ تَعَالَى وَلبَعْثُ بَعْدَ المَوتِ حَقٌّ، أَشْهَدُ أنْ لَا إِلَهَ إَلَّا الله وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَ رَسُولُهُ.

الله تعالى ގެ ވުޖޫދުވުމާއި އެއްކައުވަންތަކަމަށް އީމާންވުން

آمَنْتُ بِاللهِ ގެ މާނައަކީ، "އަޅާ الله تعالى ގެ ވުޖޫދުވުމާއި، އެކަލާނގެ އެއްކައުވަންތަކަމަށް އީމާންވަމެވެ. އަޅާގެ ހިތުގެ އަޑިން މި ޙަޤީޤަތް ޤަބޫލުކޮށް، އަޅާގެ ދުލުން އެހެން ބުނަމެވެ". الله تعالى ވޮޑިގެންވެއެވެ. އަދި އެކަލާނގެ އަކީ އެއްކައުވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ އަށް ޝަރީކަކު އަދި އެއްފަދަ ފަރާތެއް ނުވެއެވެ. އޭގެ މާނައަކީ، އެކަލާނގެ ސިފަފުޅުތަކުގައި ނުވަތަ އެކަލާނގެ ޒާތުފުޅުގައި ޝަރީކަކު ނުވާ ވާހަކައެވެ. ހުރިހާ މަޚްލޫޤުންގެ ޒާތާއި، ސިފަތައް، އެ މީހުންގެ ޚާލިޤުގެ ޒާތުފުޅާއި، ސިފަފުޅުތަކާ އެއްގޮތް ނުވުމާ އެކު، ޚާލިޤުގެ ޒާތުފުޅާއި، ސިފަފުޅުތައް، އެކަލާނގެ މަޚްލޫޤުނގެ ޒަތާއި، ސިފަތަކާ އެއްގޮތެއް ނޫނެވެ. ހުރިހާ މަޚްލޫޤުންގެ ހުރިހާ ގުނަވަންތަކާއި، ހުރިހާ ސެލްތައް ނެތުމުގެ ތެރެއިން ޚައްޤުކުރެއްވީ ހަމައެކަނި الله تعالى އެވެ. އެއްވެސް މީހަކަށް، ގެ ޒާތުފުޅުގެ ޙަޤީޤަތް ދެނެނުގަނެވޭނެ އެވެ. ބުއްދިއަށް އަންން އެއްވެސް އެއްޗަކާ އެކަލާނގެ އެއްގޮތެއް ނޫނެވެ. އެކަލާނގެ ޒާތުފުޅާ ބެހޭގޮތުން ވިސްނުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ކީރިތި قرآن ގައި ބަޔާންވެގެންވާ އެކަލާނގެ ސިފަފުޅުތައް އަހަރެމެން ހިތުދަސްކޮށް، މި ސިފަފުތަކާ އެކު އެކަލާނގެ އުލޫހިއްޔަތުކަން އަހަރެމެން ޔަޤީންކުރަންވާނެ އެވެ. އެކަލާނގެ ހުރިހާ ސިފަފުޅުތަކާއި، އިސްމުފުޅުތަކަކީ މާޒީގައި ފެށުމެއް ނުވާ (‏ފެށުމެއް ނުވާ)‏ އަދި އަބަދަށް ދެމިހުންނަސިފަފުޅުތަކެވެ. އެކލާނގެ އަކީ މާއްދާ، އެއްޗެއް، ނުވަތަ ޙާލަތެއް ގައިވާ ކަލާނގެއެއް ނޫނެވެ. އެކަލާނގެއާ ވައްތަރު ފަރާތެއް، ޝަރީކަކު، ނުވަތަ ދިމާ އިދިކޮޅު ފަރާތެއް ނުވެއެވެ. އެކަލާނގެ އަކީ، އަހަރެމެން ދަންނަ ނުވަތަ ހިތަށް ގެނެވޭ ފަދަ ފަރާތެއް ނޫނެވެ. އެކަލާނގެ ވޮޑިގެންވަނީ ކިހިނެއްކަން ނުވިސްނޭނެ އެވެ. ނުވަތަ ހިތަށް ނުގެނެވޭނެ އެވެ. الله تعالى ވޮޑިގެންވެއެވެ. އަދި އެކަލާނގެއަކީ އެއްކައުވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ ފިޔަވައި އަޅުކަން ކުރުން ޙައްޤު އެހެން އިލާހެއް ނުވެއެވެ. الله تعالى ވޮޑިގެންވަނީ، ވަކި ވަގުތެއް، ވަކި ތަނެއް އަދި ވަކި ދިމާލަކު ނޫނެވެ. އެކަލާނގެ ވޮޑިގެންވަނީ އެއްވެސް ތަނެއް ނުވަތަ އެއްވެސް ދިމާލަކު ނޫނެވެ. ވަގުތާއި، ތަން އުފެއްދެވީ އެކަލާނގެ އެވެ. ޖާހިލުން ހީކުރާގޮތުގައި، އެކަލާނގެ ވޮޑިގެންވަނީ العرش ގައި ނުވަތަ އުޑުގައެވެ. العرش އާއި އެ عرش ގެ މަތީގައި އަދި ތިރީގައި ވާ ތަކެތި ޚަލްޤުކުރެއްވީ އެކަލާނގެ އެވެ. ފަހުން ޚަލްޤުކުރެވުނު އެއްޗަކީ، ޢަޒަލީ އަޒަލީ އިލާހު ވޮޑިގެންވާ ތަން ކަމުގައެއް ނުވާނެ އެވެ. އެހެނީ، އެކަލާނގެ ޒާތުފުޅަކީ، ތަނެއް ގައި ވޮޑިގެންވާ ފަރާތަކަށް ނުވެފައި، އެނގިގެންވާ ހަ ފަރާތުގައި ވޮޑިގެނެއް ނުވެއެވެ. ހަ ފަރާތަށް ނިސްބަތްވެ ވޮޑިގެނެއް ނުވެއެވެ. އެކަލާނގެ ވަނީ މަތީގައި، ތިރީގައި، ކުރިމަތީގައި، ފުރަގަހުގައި، ކަނާތްފަރާތުގައި، ނުވަތަ ވާތް ފަރާތަކު ނޫނެވެ. އެކަލާނގެ ވޮޑީގެންވަނީ މި ކައުނުގައި ނުވަތަ މި ކައުނުން ބޭރަކު ނޫނެވެ. އެތެރޭގައި ވުން ނުވަތަ ބޭރުގައި ވުމަކީ، ހަމައެކަނި ޚަލްޤުކުރައްވާފައިވާ ދެ އެއްޗަކަށް ޤަބޫލުކުރެވިގެންވާ ޙާލަތެކެވެ. الله تعالى ވަނީ ހުރިހާ ތަނެއްގައޭ ނުބުނެވޭނެ އެވެ. الله تعالى ތަނެއްގައި ވޮޑިގެންނުވާ އިރު، އެކަލާނގެ ވޮޑިގެންވަނީ ހުރިހާ ތަނެއްގައޭ ބުނުމަކީ، އެކަލާނގެ އަށް ތަނެއް ނިސްބަތްކުރުމެވެ. ހުރިހާ ތަނެއް، މާނައަކީ ހުރިހާ އެއްޗެއް ޚަލްޤުކުރެއްވީ الله تعالى އެވެ. ޚަލްޤުކުރެވިފައިވާ އެއްޗަކީ ޚާލިޤު ވޮޑިގެންވާ ތަނަކަށް ނުވާނެ އެވެ. މި ސަބަބާ ހުރެ، އެކަލާނގެ ހުރިހާ ތަނެއްގައި ވޮޑިގެންވެއޭ ބުނުމުގެ ބަދަލުގައި، އަހަރެމެން ބުނަންވީ، "އަކީ ތަނެއްގައި ވުޖޫދުވުމާ ދުރުވެގެން ވެއެވެ". އަންނަނިވި ފަދައިން އަހަރެމެން ބުނަނީ އެހެން ވެގެންނެވެ. "الله تعالى އަބަދު ވެސް އަދި ހުރިހާ ތަނެއް ގައި وُجُود ވެ ބައްލަވާވޮޑިގެން ވެއެވެ. حضرة عبدالحكيم أرفاسي ވިދާޅުވެފައި ވެއެވެ. "الله تعالى އަށް ޒަމާނެއް ތަނެއް ނުވާ އިރު، އެކަލާނގެ وُجُود ވެ ބައްލަވާވޮޑިގެންވެއޭ ބުނުމުގެ މާނައަކީ، އެކަލާނގެ وُجُود ވެ ބައްލަވާވޮޑިގެންވަނީ ޒަމާނާއި، ތަނަކާ ނުލައެވެ. ހަމައެހެންމެ، الله تعالى ގެ ސިފަފުޅުތަކުގެ ތެރެއިން ކޮންމެ ސިފަފުޅަކަށް ޒަމާނެއް ތަނެއް ނުވެއެވެ. އަދި ހަމަ އެހެންމެ، އެކަލާނގެ وُجُود ވެ ބައްލަވާވޮޑިގެންވަނީ ޒަމާނާއި، ތަނަކާ ނުލައެވެ". ކައުނު އުފައްދަވާފައިވަނީ، ވަހުމެއްގެ ގޮތުގައެވެ. ކައުނު ވަހުމެއްގެ ގޮތުން ސާބިތުވެފައިވާ ގޮތުގައި ފެނުން އެގޮތަށް ވެފައިވަނީ، الله تعالى ގެ ޤުދްރަތްތެރިކަމުންނެވެ. ހުރިހާ މަޚްލޫޤުތަކެއްގެ خالق އަކީ، مالك އަކީ، އަދި مُطلَق حاكم އަކީ އެކަލާނގެއެވެ. ޤަބޫލުކޮށް ދެނެގަންނަންޖެހޭ ކަމަކީ، އެކަލާނގެ މައްޗަށް ވެރިކަންކުރާނެ، އެކަލާނގެ އަށް އަމުރުކުރާނެ ނުވަތަ އެކަލާނގެ މައްޗަށް ގަދަވެވޭނެ ފަރާތެއް ނެތްކަމެވެ. ކޮންމެ ވައްތަރެއްގެ މަތިވެރިކަމަކާއި، ކޮންމެ ފުރިހަމަ ސިފައެއް ލިބިގެންވަނީ ހަމައެކަނި އެކަލާނގެ އަށެވެ. އެކަލާނގެ ކިބަފުޅުގައި އެއްވެސް ޢައިބެއް އަދި އުނިކަމެއް ނުވެއެވެ. އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ކުރެއްވުމުގެ ކުޅަދުންވަންތަކަށް އެކަލާނގެ އަށް ލިބިވޮޑިގެން ވެއެވެ. އެކަލާނގެ ކަންތައްތައް ކުރައްވަނީ އެކަލާނގެ އަށް އަދި އެހެން ފަރާތަކަށް ވާ ފައިދާއަކަށެއް ނޫނެވެ. އަދި އެ ކަންތައް ކުރައްވަނީ ޖަޒާއެއް ލިބިވަޑައިގަތުމަކަށް ނޫނެވެ. އެހެން ނަމަވެސް، އެކަލާނގެ ކުރައްވާ ކޮންމެ ކަމެއް ގައި ފޮރުވިފައިވާ ސަބަބުތަކަކާއި (‏ޙިކްމަތްތަކަކާއި)‏، ފައިދާތަކަކާއި، ބަރަކާތްތަކަކާއި، ނިޢުމަތްތަކެއް ވެއެވެ. އެކަލާނގެ މަޚްލުޤާތްތަކަށް ހެޔޮ އަދި ބޭނުންތެރި ކަމެއް ކުރެއްވުމަށާއި، ބައެއް މީސްތަކުންނަށް ޘަވާބުދެއްވައި، އަނެއް ބައި މީހުންނަށް ޢަޒާބުދެއްވުމަކީ، އެކަލާނގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ނޫނެވެ. ހުރިހާ ފާފަވެރިން جَنَّة (‏ސުވަރުގެ)‏ އަށް ވައްދަވައިފި ނަމަ، އެކަލާނގެ މަތިވެރިކަމާއި އިޙްސާންތެރިކަމާ ލާއިޤުވެގެންވާ ކަމެކެވެ. އަދި އެކަލާނގެ އަށް ކިޔަމަންތެރިވެ އެކަލާނގެ އަށް އަޅުކަންކުރާ އެންމެން حَهَنَّم (‏ނަރަކަ)‏ އަށް ވައްދަވައިފި ނަމަ، އެކަލާނގެ ޢަދުލުވެރިކަމަށް ވާނެ އެވެ. އެހެން ނަމަވެސް، އެކަލާނގެ އަށް އަޅުކަންކުރާ މުސްލިމުން ސުވަރުގެ އަށް ވައްދަވައި، ނިޢުމަތްތައް ދެއްވާނެ ކަމަށާއި، ނަރަކައިގައި ކާފަރުންނަށް އަބަދަށްޓަކައި ޢަޒާބުދެއްވާނެ ކަމަށް ވަނީ ކަނޑައަޅުއްވައި އަންގަވާފައެވެ. އެކަލާނގެ އަމުރުފުޅާ ޚިލާފުވޮޑިއެއް ނުގަންނަވާނެ އެވެ. ހުރިހާ ދިރޭ މަޚްލޫޤުން އެކަލާނގެ އަށް އީމާންވެ އަޅުކަންކުރިޔަސް އެކަލާނގެ އަށް އެއްވެސް ފައިދާއެއް ނުވާނެ އެވެ. އަދި ހަމައެއާއެކު، ހުރިހާ މަޚްލޫޤުން ކާފަރުންނަށް ވެ، ބޮޑެތި ފާފަތައްކޮށް، އުރެދުމަކުން އެކަލާނގެ އަށް ވާނެ ގެއްލުމެއް ނޯންނާނެ އެވެ. ޝިރުކާއި، ކުފްރު ފިޔަވާ އެއްވެސް ބޮޑެތި ފާފައެއް ތައުބާނުވެ މަރުވެފައިވާ މީހުންނަށް އެކަލާނގެ އިރާދަކުރައްވައިފި ނަމަ، ފާފަފުއްސަވާނެއެވެ. އެކަލާނގެ އިރާދަކުރައްވައިފި ނަމަ، ކުޑަ ފާފައެއް ކުރާ މީހަކަށް ޢަޒާބުދެއްވާނެ އެވެ. އެކަލާނގެ އަންގަވާފައިވަނީ، ކާފަރުކަމާއި، މަރުތައްދުކަން މަތީ މަރުވާ މީހުންނަށް ޢަފޫނުދެއްވާނެ ކަމަށާއި، އެ ފަދަ މީހުންނަށް އަބަދަށް ޢަޒާބުދެއްވާނެ ކަމަށެވެ. އެކަލާނގެ އަށް އަޅުކަންކޮށް، އެކަމަކު أهلُ السُّنَّة ގެ ޢަޤީދާ އާ ޚިލާފުވެ ތައުބާނުވާ މީހުންނަށް ނަރަކައިގާއި ޢަޒާބު ދެއްވާނެ އެވެ. އެއާއެކު ވެސް، ބިދުޢަވެރި މުސްލިމުން ނަރަކައިގައި އަބަދަށް ދެމިނުތިބޭނެ އެވެ. ދުނިޔޭގައި الله تعالى ހަމަ ލޮލުން ފެނުމަކީ، ޖާއިޒް ކަމެއް ކަމުގައި ވިޔަސް، ދުވަހަކު ވެސް މީހަކަށް ފެނފައެއް ނުވެއެވެ. ޤިޔާމަތް ދުވަހު، ކާފަރުންނާއި، ފާފަވެރި މުސްލިމުންނަށް، އެކަލާނގެ ކޯފާ އާއި މަތިވެރިކަން މަތީ ފެންނަ އިރު، ތަޤްވާވެރި މުސްލިމުންނަށް އެކަލާނގެ ފެންނާނީ، އޯގާވަންތަކަމާއި، ރިވެތި ކަމުގައެވެ. މަލާއިކަތުންނާއި، އަންހެނުންނަށް ވެސް ސުވަރުގޭގައި އެކަލާނގެ ފެންނާނެ އެވެ. ކާފަރުން މި ކަމުން މަޙްރޫމުވާނެ އެވެ. ވަޤުތު ފާއިތުވެގެން ދިއުމާއި، ރެޔާއި ދުވާލަކީ الله تعالى އާ ގުޅުންހުރި ކަމެއް ނޫނެވެ. އެއްވެސް ގޮތަކުން އެކަލާނގެ އަށް ބދަލެއް ނުގެނެވޭނެ އެވެ. އަދި ހަމަ އެއާ އެކު، މާޒީ ގައި އެކަލާނގެ މިވެނި ގޮތަކަށް ހުންނެވި ކަމަށް ނުވަތަ މުސްތަޤްބަލު ގައި އެކަލާނގެ މިވެނި އެގޮތަށް ހުންނަވާނެ ކަމަކަށް ނުބުނެވޭނެ އެވެ. އެކަލާނގެ އެއްވެސް އެއްޗެއްގެ ތެރޭގައި ވޮޑިގެނެއް ނުވެއެވެ. އޭގެ މާނައަކީ، އެކަލާނގެ އެއްވެސް އެއްޗަކާ އެއްބައިވަންތަ ނުވުމެވެ. އެކަލާނގެ އަށް ދުވަހަކު ވެސް އިދިކޮޅު، ވައްތަރު، ޝަރީކުވާ، އެހީތެރިވާ، އަދި ޙިމާތްކުރާ ފަރާތެއް ނުވެއެވެ.

"الله تعالى އަށް ވަގުތާއި ތަން ނިސްބަތްނުވާ އިރު، އެކަލާނގެ ވޮޑިގެންވާ ކަމަށާއި، ދެކެވޮޑިގެންވާ ކަމަށް ބުނުމަކީ މަޖާޒީ ގޮތުން ބުނެވޭ ބުނުމެކެވެ. އޭގެ މާނަ އަކީ، އެކަލާނގެ ވޮޑިގެންވަނީ އަދި ދެކެވޮޑިގެންވަނީ، ވަގުތާއި ތަނަށް ނިސްބަތްނުވާ ގޮތަށެވެ". سيّد عبد الحكيم أرواسي (‏رحمة الله عليه)‏

އެކަލާނގެ އަށް ބަފައިކަލެއް، މަންމާފުޅެއެއް، ފިރިހެން ދަރިކަލެއެއް، އަންހެން ދަރިކަނބަލެއެއް ނުވަތަ އަނބިކަނބަލެއް ނުވެއެވެ. އެކަލާނގެ އަބަދުވެސް ހުރިހާ ތަނެއް ގައި ވޮޑިގެންވަނީ، ހުރިހާ އެއްޗެއް ވަށާލައިގެން އަދި ހުރިހާ އެއްޗެއް ދެކެވޮޑިގެންވާ ގޮތުގައެވެ. އެންމެހާ މީސްތަކުންގެ ކަރުގެ މައި ނާރަށް ވުރެ ވެސް އެކަލާނގެ އެންމެންނާ ކައިރި އެވެ. އެހެން ނަމަވެސް، އެކަލާނގެ އަހަރެމެން ވަށާލައިފައިވުމާއި، އެކަލާނގެ وُجُودُ ވުން، އެކީގައި ވުން، ނުވަތަ ކައިރިވުން ވަނީ، އަހަރެމެންނަށް މި ބަސްތަކުން ވިސްނޭ ފަދައަކުންނެއް ނޫނެވެ. އެކަލާނގެ ކުށްތަންވުން، ޢިލްމުވެރިންގެ ޢިލްމަކުން، ސައިންޓިސްޓުންގެ ބުއްދިއަކުން، ނުވަތަ ވަލީވެރިންގެ كَشْف ނުވަތަ شُهُود އަކުން ނުވިސްނޭނެ އެވެ. އިންސާނުންގެ ބުއްދިއަކުން، އެ ބަސްތަކުގެ ފޮރުވިފައިވާ މާނައެއް ދެނެއެއް ނުގަނެވޭނެ އެވެ. الله تعالى، އެކަލާނގެ ޒާތުފުޅާއި، ސިފަފުޅުތަކުގައި ޚާއްޞަ އެވެ. އެ ކަންތައްތަކުގައި އެއްވެސް ތަފާތެއް ނާދެއެވެ. الله تعالى ގެ އިސްމުފުޅުތައް ގުނާ ޢަދަދުނުކުރެވެއެވެ. އެކަލާނގެ އިސްމުފުޅުތަކުގެ ޢަދަދަކީ އެއްހާސް އެއް ނަންފުޅު ކަމަށް އެނގިގެންވެއެވެ. އޭގެ މާނައަކީ، އެކަލާނގެ ވަނީ އެކަލާނގެ އިސްމުފުޅުތަކުގެ ތެރެއިން އެއްހާސް އެއް ނަންފުޅު އިންސާނުންގެ މައްޗަށް ބާވައިލައްވާފައެވެ. އަދި الله تعالى ގެ ދީނުގައި، "الأسماء الحُسنى" ގެ ނަމުން ނަން ދެވިގެންވާ ނުވަދިހަ ނުވަ ނަން ބާވައިލައްވާފައެވެ.

الله تعالى ގެ ذاتي އަދި ثُبُوتِي ސިފަފުޅުތައް

الله تعالى ގެ ކިބަފުޅު ގައި الصّفاتُ الذّاتيّة ގެ ނަންދެވިފައިވާ ހަ ސިފަފުޅެއް ވެއެވެ. އެއީ:

الوُجُودُ: الله تعالى ވޮޑިގެން ވެއެވެ. އެކަލާނގެ ވޮޑިގެންވުން މާޟީ ގައި އަބަދީއެވެ. އެކަލާނގެއީ واجب الوُجُودُ؛ އޭގެ މާނައަކީ، އެކަލާނގެ ވޮޑިގެންވުން ކޮންމެހެން ޟަރޫރީ އެވެ.

القِدَم: الله تعالى ގެ ވޮޑިގެންވުން ވަނީ ފެށުމެއް ނެތި އެވެ.

البقاء: الله تعالى ގެ ވޮޑިގެންވުމަކަށް ނިމުމެއް ނެތެވެ. އެކަލާނގެ އަށް ޝަރީކަކުވުމަކީ މުސްތަޙީލު ކަމަކަށް ވާ ފަދައިން، އެކަލާނގެ ޒާތުފުޅާއި، ސިފަފުޅުތައް ވުޖޫދުނުވުމަކީ ވެސް މުސްތަޙީލު ކަމެކެވެ.

الوحدانيّة: الله تعالى އަށް ޝަރީކަކު ނުވަތަ އެކަލާނގެ ޒާތުފުޅާއި، ސިފަފުޅުތަކާއި، ޢަމަލުތަކާ އެއްފަދަ އެހެން ފަރާތެއް ނުވެއެވެ.
المُخلّفةٌ للحوادث: الله تعالى ގެ ޒާތުފުޅާއި، ސިފަފުޅުތައް، އެކަލާނގެ އެއްވެސް މަޚްލޫޤެއްގެ ޒާތާއި، ސިފަތަކާ އެއްގޮތެއް ނޫނެވެ.

القيم بنفسه: الله تعالى ވޮޑިގެންވަނީ އެކަލާނގެ ޒާތުފުޅުގައެވެ. މާއްދާއެއް ނުވަތަ ތަނެއް ނުވި އިރު، އެކަލާނގެ ވޮޑިގެންވި އެވެ. އެހެނީ، އެކަލާނގެ އަށް އެއްވެސް އެއްޗެއް ބޭނުންވވޮޑިގެނެއް ނުވެއެވެ. މި ކައުނު ނެތުމުގެ ތެރެއިން ޚަލްޤުކުރެއްވުމުގެ ކުރިން ވޮޑިގެންވީ ފަދައިން ނިމުމެއް ނުވާ ކުރިމަގުގައި އެކަލާނގެ ވޮޑިގެންވާނީ ހަމައެއް ގޮތަކަށެވެ.

الله تعالى ގެ ކިބަފުޅު ގައި ހަ الصفاتُ الثُّبُوتِيَّة ވެއެވެ. އެއީ:

الحياة: الله تعالى ވަނީ ދިރިވޮޑިގެންނެވެ. އެކަލާނގެ ޙަޔާތްޕުޅު، އެކަލާނގެ މަޚްލޫޤުންގެ ޙަޔާތާ އެއްގޮތެއް ނޫނެވެ. އެކަލާނގެ ޒާތުފުޅާ އެއްފަދައިން، އެކަލާނގެ ޙަޔާތްޕުޅު މާޒީ ގައި މުސްތަޤްބަލުގައި ދާއިމީ އެވެ.

العلم: الله تعالى ހުރިހާ ކަމެއް ދެނެވޮޑިގެން ވެއެވެ. އެކަލާނގެ مَعْرِفَة، އެކަލާނގެ މަޚްލޫޤުންގެ مَعْرِفَة އާ އެއްގޮތެއް ނޫނެވެ. ހިންޏެއް ކަޅުފޮއެ ރެއެއް ގައި ކަޅު ހިލައެއްގެ މަތީގައި ހިނގާފައި ދާ ނަމަ އެކަލާނގެ ދެކެ ދެނެވޮޑިގެންވެއެވެ. މީސްތަކުންގެ ހިތުގައިވާ އެ މީހުންގެ ވިސްނުމާއި، ނިޔަތް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އެކަލާނގެ ޢިލްމަށް ބަދަލެއް ނާދެއެވެ. އެކަލާނގެ ޢީލްމު މާޒީ އާއި މުސްތަޤްބަލުގައި ދާއިމީ އެވެ.

السّمع: الله تعالى އައްސަވާ ވޮޑިގެން ވެއެވެ. އެއްވެސް ވަސީލަތެއް އަދި ދިމާލެއް ނެތި އެކަލާނގެ އައްސަވާވޮޑިގެން ވެއެވެ. އެކަލާނގެ އައްސަވާވޮޑިގަތުން އެކަލާނގެ މަޚްލޫޤުންގެ އަޑުއިވުމާ ތަފާތެވެ. އެކަލާނގެ އެހެން ސިފަފުޅުތައް ފަދައިން، މި ސިފަފުޅު، މާޒީ އާއި މުސްތަޤްބަލުގައި ދާއިމީ އެވެ.

البصر: الله تعالى ބައްލަވާ ވޮޑިގެން ވެއެވެ. އެކަލާނގެ ދެކެވަޑައިގަންނަވަނީ، އާލާތްތަކެއް އަދި ޝަރުޠުތަކަކާ ނުލައެވެ. އެކަލާނގެ ދެކެވަޑައިގަންނަވަނީ ލޮލަކުނެއް ނޫނެވެ.

الإرادة: الله تعالى އިރާދަކުރައްވަ އެވެ. އެކަލާނގެ އިރާދަކުރައްވާ ކަމެއް އެކަލާނގެ ޚަލްޤުކުރައްވައެވެ. ކޮންމެ ކަމެއް ވުޖޫދަށް އަންނަނީ އެކަލާނގެ އިރާދަފުޅުންނެވެ. އެކަލާނގެ އިރާދަކުރެއްވުން ހުއްޓުވޭނެ އެއްވެސް ބާރެއް ނުވެއެވެ.

القُدرة: الله تعالى އަކީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ އުނދަގޫފުޅު އެއްވެސް ކަމެއް ނުވެއެވެ.

الكلام: ބަސް ވަޙީކުރެއްވުމުގެ ސިފަފުޅު الله تعالى ގެ ކިބަފުޅުގައި ވެއެވެ. އެކަލާނގެ ބަސް ވަޙީކުރައްވަނީ، އާލާތްތަކެއް، އަކުރުތަކެއް، އަޑުތަކެއް، ނުވަތަ ދޫފުޅެއް މެދުވެރިކޮށެއް ނޫނެވެ.

التكوين: خالق އަކީ الله تعالى އެވެ. الله تعالى ފިޔަވައި އެހެން خالق އަކު ނުވެއެވެ. ކޮންމެ އެއްޗެއް ހައްދަވާފައި ވަނީ އެކަލާނގެ އެވެ. الله تعالى ފިޔަވައި އެހެން އެއްވެސް ފަރާތަކަށް خالق ގެ ގޮތުގައި އަހަރެމެން ނިސްބަތްކޮށްގެން ނުވާނެ އެވެ. އިންސާނުންނާއި، ޖަނަވާރުތަކުގެ ޢަމަލުތަކާއި، ހުއްޓުންތަކާއި، ފިކުރުތަކާއި، ބަލިތަކާއި، ޝިފާލިބުމާއި، ހެޔޮ ޢަމަލުތަކާއި، ނުބައި ޢަމަލުތަކާއި، ފައިދާތަކާއި، ގެއްލުންތައް ޚަލްޤުކުރައްވަނީ ހަމައެކަނި އެކަލާނގެ އެވެ. މީސްތަކުންނަށް އެބައި މީހުންގެ އަމިއްލަ ޢަމަލުތައް، ނުވަތަ ވިސްނުންތައް، ނުވަތަ އެހެން އެއްވެސް އެއްޗެއް ޚަލްޤެއް ނުކުރެވޭނެ އެވެ. އަބަދު ވެސް މީސްތަކުންގެ ވިސްނުންތަކާއި، ޢަމަލުތަކާއި، ހޯދުންތައް އުފައްދަވައި ޚަލްޤުކުރައްވަނީ އެކަލާނގެ އެވެ. އެކަލާނގެ ފިޔަވައި، އެހެން އެއްވެސް މީހަކަށް ނިސްބަތްކޮށް "الخالق" މި ކަލިމަ ބޭނުންކުރުމަކީ ޖާހިލުކަމާއި، މުރުތައްދުވުމުގެ ޢަމަލެކެވެ. الله تعالى ގެ الصفاتُ الثُّبُوتِيَّة އަދި الصّفاتُ الذّاتيّة ވެސް އަޒަލީ އެވެ. މި ސިފަތައް ވެސް އެކަލާނގެ ޒާތުފުޅާ ވަކިވެގެނެއް ނުވެއެވެ. މާނައަކީ، އެކަލާނގެ ސިފަފުޅުތައް އެކަލާނގެ ޒާތުފުޅާ އެއްގޮތްވެގެނެއް ނުވަތަ ޒާތުފުޅާ ވަކިވެގެނެއް ވެސް ނުވެއެވެ. އެއްވެސް މީހަކު އަދި އެއްވެސް އެއްޗެއް އެކަލާނގެ ޝަރީކަކަށް ނުވަތަ އެކަލާނގެ ސިފަފުޅުތަކާ އެއްފަދަވެގެނެއް ނުވެއެވެ.

އެކަލާނގެ الصّفاتُ الذّاتيّة އަކީ، އެކަލާނގެ ޒާތުފުޅަށް ޚާއްޞަ ސިފަފުޅުތަކެވެ. މި ސިފަފުޅުތައް، އެއްވެސް މަޚްލޫޤެއްގެ ކިބައިގައި ނެތެވެ. ހަމައެހެންމެ، އެ ސިފަފުޅުތަކާ މަޚްލޫޤުންނާ އެއްވެސް ގުޅުމެއް ނުވެއެވެ.

އެކަލާނގެ الصفاتُ الثُّبُوتِيَّة އަކީ، މަޚްލޫޤޫންނާ ގުޅުމެއް ހުރި ސިފަފުޅުތަކެވެ. ކުރެއްވުމުގެ ސިފަފުޅު ފިޔަވައި، އެކަލާނގެ ވަނީ ވަކި ހުދޫދެއްގެ ތެރެއިން އެ ސިފަތައް އެކަލާނގެ މަޚްލޫޤުންނަށް ދެއްވާފައެވެ. މި ސިފަފުޅުތަކަށް ބަދަލެއް ނާދެއެވެ. الصّفاتُ الذّاتيّة ތައް ފަދައިން، މި ސިފަފުޅުތަކަކީ ވެސް އަޒަލީ (‏ފެށުމެއް އަދި ނިމުމެއް ނުވާ އަބަދީ)‏ ސިފަފުޅުތަކެވެ. އެކަލާނގެ މަޚްލޫޤުން ޚަލްޤުކުރައްވާފައިވަނީ ފަހުން ކަމަށް ވާއިރު، އެ މީހުންނާ ގުޅިފައިވާ ސިފަތައް ވެސް ޚަލްޤުކުރައްވާފައިވަނީ ފަހުންނެވެ؛ އެއީ އަޒަލީ ސިފަތަކެއް ނޫނެވެ. އެކަލާނގެ މި ސިފަފުޅުތައް ކަމަށްވާ، އެކަލާނގެ ދިރިވޮޑިގެންވުމާއި، އެކަލާނގެ ދެނެވޮޑިގެންވުމާއި، އެކަލާނގެ އައްސަވާވޮޑިގެންވުމާއި، އެކަލާނގެ ކުޅަދުންވަންތަކަމާއި، އެކަލާނގެ އިރާދަކުރެއްވުމާއި، އެކަލާނގެ ބަސް ވަޙީކުރެއްވުމަކީ، އެކަލާނގެ އަޅުތަކުންގެ ސިފަތަކާ އެއްގޮތް ސިފަފުޅުތަކެއް ނޫނެވެ. ވައްތަރީ ހަމައެކަނި ސިފަތަކުގެ ނަންތަކެވެ. އެކަލާނގެ ޒާތުފުޅާއި، ސިފަފުޅުތަކުގެ ޖައުހަރު ދެނެގަތުމަކީ، މުސްތަޙީލު ކަމެކެވެ. އެއްވެސް مخلُوق އަކަށް އެ مخلُوق އެއްގެ خالق ދެނެނުގަނެވޭނެ އެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ.: "الله تعالى خلق ކުރައްވާފައިވާ مخلُوق ންނާ މެދު ވިސްނާށެވެ. އަދި އެކަލާނގެ ޒާތުފުޅާ މެދު ނުވިސްނާށެވެ. ފަހެ، ތިޔަބައި މީހުންނަށް އެކަލާނގެ މަތިވެރިކަން ވިސްނައިނުގަނެވޭނެ އެވެ". رَسُوْلُ اللهِ ﷺ ގެ އެހެން ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "އިންސާނާގެ ސިކުނޑި އަށް އަންނަ ކޮންމެ ވިސްނުމަކާ الله تعالى ދުރުވެ ވޮޑިގެން ވެއެވެ".4

مَلَائِكَة ންނަށް އީމާންވުން

وَ مَلَائِكَتِهِ ގެ މާނައަކީ، "الله تعالى ގެ مَلَائِكَة ންނަށް އަޅާ އީމާންވަމެވެ". މަލާއިކަތުންނަނކީ މާއްދީ އެކަމަކު ނާޒުކު ބައެކެވެ؛ ގޭހުގެ މާއްދާ އަށް ވުރެ ވެސް ނާޒުކެވެ. އެ ބޭކަލުންނަކީ، ނޫރާނީ ބައެކެވެ. އެ ބޭކަލުން ތިއްބެވީ ދިރި އެވެ. އެ ބޭކަލުންގެ ބުއްދި ވެއެވެ. އިންސާނުންގެ ކިބައިގައި ވާ ނުބައިކަން މަލާއިކަތުންގެ ކިބައިގައި ނުހުރެއެވެ. މަލާއިކަތުންނަށް ކޮންމެ ބައްޓަމަކަށް ވެސް ތިއްބެވޭނެ އެވެ. ގޭސްތައް ދިޔާއެއްޗަކަށް ވާ ފަދައިން، އަދި ހަރުވުމުން ކޮންމެ ބައްޓަމަކަށް ވެސް ބަދަލުވާ ފަދައިން، މަލާއިކަތުންނަށް ވެސް ރިވެތި ބައްޓަންތަކަށް ބަދަލުވެވޭނެ އެވެ. މަލާއިކަތުންނަކީ، މަތިވެރި ބޭބޭކަލުންގެ ހަށިތަކުން ވަކިވެގެންގޮސްފައިވާ ރޫޙުތަކެއް ނޫނެވެ. ކްރިސްޓިއަނުން ޤަބޫލުކުރާގޮތުގައި، މަލާއިކަތުންނަކީ، އެފަދަ ރޫޙުތަކެކެވެ. ހަކަތަ އާއި ބާރާ ޚިލާފަށް އެ ބޭކަލުންނަކީ މާއްދާއެއް ނެތް ބައެއް ނޫނެވެ. ޤަދީމީ ބައެއް ފައިލަސޫފުން ޤަބޫލުކުރީ އެ ގޮތަށެވެ. مَلَك (‏މަލާއިކަތާ)‏ ގެ މާނަ އަކީ، މަންދޫބު، މެސެންޖަރ އެވެ. مَلَك ގެ ގިނަ ނަމަކީ ملائكة އެވެ. މަލާއިކަތުން ޚަލްޤުކުރައްވާފައިވަނީ އެހެން ހުރިހާ މަޚްލޫޤުންނަށް ވުރެ ކުރިންނެވެ. އެހެންކަމުން، ރަސޫލުންނަށް އީމާންވުމުގެ ކުރިން އީމާންވާންޖެހޭ މުޤައްދަސް ފޮތްތަކަށް އީމާންވުމުގެ ކުރިން މަލާއިކަތުންނަށް އީމާންވުމަށް އަހަރެމެންނަށް ވަނީ އަމުރުކުރެވިގެންނެވެ. ކީރިތި قرآن ގައި މި إعتقاد ތައް ބަޔާންކުރައްވާފައިވަނީ މި ތަރުތީބުންނެވެ. މަލާއިކަތުންނަށް އީމާންވާންޖެހޭނީ އަންނަނިވި ފަދައިންނެވެ.: މަލާއިކަތުންނަކީ الله تعالى ގެ އަޅުތަކުންނެވެ. އެކަލާނގެ ޝަރީކުނެއް ނޫނެވެ. އަދި ކާފަރުންނާއި މުޝްރިކުން ހީކުރާ ގޮތަށް އެކަލާނގެ އަންހެން ދަރިންނެއް ވެސް ނޫނެވެ. ހުރިހާ މަލާއިކަތުންނާ މެދު الله تعالى ރުހިވޮޑިގަންނަވައެވެ. އެ ބޭކަލުން އެކަލާނގެ އަމުރުފުޅުތަޖަށް ކިޔަމަންވެ، ފާފަތަކަށް އަރައިނުގަނެ އެވެ. ނުވަތަ އެކަލާނގެ އަމުރުފުޅުތަކަށް ނުއުރެދެއެވެ. އެބޭކަލުންނަކީ، ފިރިހެން އަދި އަންހެން ޖިންސެއް ވެސް ނޫނެވެ. އެ ބޭކަލުން ކައިވެނި ނުކުރައްވައެވެ. އެ ބޭކަލުންގެ ދަރިން ނުތިބެއެވެ. އެބޭކަލުންގެ ފުރާނަ ހުރެއެވެ؛ މާނައަކީ، އެ ބޭކަލުން ތިއްބެވީ ދިރިއެވެ. އިންސާނުން ޚަލްޤުކުރައްވާނެ ކަމަށް الله تعالى އިޢުލާންކުރެއްވުމުން، މަލާއިކަތުން އެއްސެވި އެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! ދުނިޔެ ފަސާދަކޮށް، ލޭއޮހޮރުވާނެ ބަޔަކު އިބަރަސްކަލާނގެ ޚަލްޤުކުރައްވަނީ ތޯއެވެ"؟ މަލާއިކަތުންގެ ފަރާތުން ކުރެއްވި ذَلَّة ގެ ނަންދެވިގެންވާ މި ފަދަ ސުވާލުތައް ކުރެއްވުމަކުން، އެ ބޭކަލުންނަކީ، ކުށެއްނެތް ފާފަވެރި ނޫން ބޭކަލުން ކަމުގެ ޙަޤީޤަތް ބަދަލެއް ނުކުރެއެވެ. ހުރިހާ މަޚްލޫޤުންގެ ތެރެއިން މަލާއިކަތުންނަކީ، އެންމެ ޢަދަދު ގިނަ މަޚްލޫޤުންނެވެ. އެ ބޭކަލުންގެ ޢަދަދު الله تعالى ފިޔަވާ އެހެން ފަރާތަކަށް އެނގިގެނެއް ނުވެއެވެ. މަލާއިކަތުން އެ ތަނެއް ގައި އަޅުކަން ނުކުރައްވާ ހުސް ތަނެއް އުޑު ގައި ނުވެއެވެ. އުޑުގައި ވާ ކޮންމެ ތަނެއް ގައި ވަނީ رُكُوع ނުވަތަ سَجِدَة ގައި ތިއްބަވާ މަލާއިކަތުންނެވެ. އުޑުގައި، ބިމުގައި، ވިނަގަނޑުގައި، ތަރިތަކުގައި، ދިރިހުރި އަދި މަރުވެފައިވާ ކޮންމެ ކާއިނެއް ގައި، ކޮންމެ ފެންތިއްކެއް ގައި، ގަހުގެ ފަތުގައި، ޒައްރާ ގައި،

“الله تعالى خلق ކުރައްވާފައިވާ مخلُوق ންނާ މެދު ވިސްނާށެވެ. އަދި އެކަލާނގެ ޒާތުފުޅާ މެދު ނުވިސްނާށެވެ. ފަހެ، ތިޔަބައި މީހުންނަށް އެކަލާނގެ މަތިވެރިކަން ވިސްނައިނުގަނެވޭނެ އެވެ". حديث الشّريف

ކޮންމެ މޮލެކިއުލްއެއްގައި، ކޮންމެ ޢަމަލެއް ގައި، ކޮންމެ ޙަރަކާތެއް ގައި، އަދި ކޮންމެ އެއްޗެއް ގައި، މަލާއިކަތުންނަށް ވާޖިބެއް ވެއެވެ. އެ ބޭކަލުން، الله تعالى ގެ އަމުރުފުޅުތައް، ކޮންމެ ތަނެއް ގައި ތަންފީޒު

ކުރައްވަމުން ގެންދަވައެވެ. އެ ބޭކަލުންނަކީ، الله تعالى އާއި މަޚްލޫޤުންނާ ދެމެދުގައިވާ ވާސިޠާ އެވެ. އެ ބޭކަލުންގެ ތެރޭގައި، އެހެން މަލާއިކަތުންގެ އިސްވެރިން ހިމެނެއެވެ. މަލާއިކަތުންގެ ބައެއް ބޭކަލުންނަކީ، އިންސާނުންގެ ތެރެއިން ވާ ރަސޫލުންނަށް ރިސާލަތު ގެނެސްދެއްވި ބޭކަލުންނެވެ. ބައެއް މަލާއިކަތުންނަކީ، إلهام އޭ ކިޔުނު ފިކުރުތައް އިންސާނާގެ ހިތަށް ގެނެސްދެއްވާ މަލާއިކަތުންނެވެ. ބައެއް އެހެން މަލާއިކަތުންނަށް ހުރިހާ އިންސާނުންނާއި، މަޚްލޫޤުން ނޭނގޭ ޙާލު، ތިއްބަވަނީ الله تعالى ގެ ރިވެތިކަމަށް ގެއްލިފައެވެ. މިފަދަ ކޮންމެ މަލާއިކަތަކު ކަނޑައެޅިފައިވާ ވަކި ތަނެއް ގައި ތިއްބަވާ އިރު، އެ ތަން ދޫކޮށް ނުދެވެއެވެ. ސުވަރުގެ އަށް ނިސްބަތްވާ މަލާއިކަތުން ތިއްބަވާނީ އަބަދު ވެސް ސުވަރުގޭގައެވެ. އެ ބޭކަލުންގެ ރައީސަކީ، رِضْوَان އެވެ. ނަރަކައިގެ މަލާއިކަތުން، الزّبَانِيُّون ނަރަކައިގައި އެ ބޭކަލުންނަށް އަމުރުކުރެއްވޭ ކަންތައްތައް ތަންފީޒުކުރެއްވުމުގައި ތިއްބަވައެވެ. މަސްތަކަށް ކަނޑުން ގެއްލުމެއް ނުވާ ފަދައިން، އެ ބޭކަލުންނަށް ނަރަކައިގެ އަލިފާނުން ގެއްލުމެއް ނުވާނެ އެވެ. الزّبَانِيُّون ންގެ ތެރޭގައި އިސް ނަވާރަ މަލާއިކަތުން ތިއްބަވައެވެ. އެ ބޭކަލުންގެ ރައިސަކީ، مالك އެވެ. ކޮންމެ އިންސާނަކަށް، އޭނާގެ ޞާލިޙު ޢަމަލުތަކާއި، ނުބައި ޢަމަލުތައް ލިޔުއްވުމަށް ހަތަރު މަލާއިކަތަކު ތިއްބަވައެވެ. އޭގެ ތެރެއިން ދެ ބޭކަލުން ވަޑައިގަންނަވާނީ ރޭގަނޑު އެވެ. އަނެއް ދެ ބޭކަލުން ވަޑައިގަންނަވާނީ ދުވާލު އެވެ. އެ ދެ ބޭކަލުންގެ ނަމަކީ، كِراما كاتبين އެވެ. ނުވަތަ حَفَظَة ގެ މަލާއިކަތުންނެވެ. އަދި ބުނެވޭގޮތުގައި، އަދި كِراما كاتبين އާ حَفَظَة ކަމަށް ވެސް ބުނެވެއެވެ. އިންސާނާގެ ކަނާތް ފަރާތުގައި ހުންނަވާ މަލާއިކަތާ، އޭނާގެ ވާތް ފަރާތުގައި ހުންނަވާ މަލާއިކަތާ އަށް ވުރެ އިސްވެފައި، ލިޔުއްވާނީ ރަނގަޅު ކަންތައްތަކެވެ. ވާތް ފަރާތުގައި ހުންނަވާ މަލާއިކަތާ ލިޔުއްވާނީ ނުބައި ކަންތައްތަކެވެ. ކާފަރުންނާއި، ނުކިޔަމަންތެރި މުސްލިމުންނަށް ކަށްވަޅުގައި ޢަޒާބުދެއްވާ މަލާއިކަތުން ތިއްބަވައެވެ. އަދި ކަށްވަޅުގައި ސުވާލުކުރާ މަލާއިކަތުން ތިއްބަވައެވެ. ސުވާލުކުރައްވާ މަލާއިކަތުންނަށް ކިޔޭ ނަމަކީ، "مُنكر އަދި نَكِير" އެވެ. އަދި މުސްލިމުންނާ ސުވާކުރައްވާ މަލާއިކަތުންނަށް ކިޔޭ ނަމަކީ، "مُبَشِّرُ އަދި بَشِيرُ" އެވެ.

މަލާއިކަތުން އެއް ބޭކަލަކު އަނެއް ބޭކަލެއްގެ މައްޗަށް އިސްވެގެން ވެއެވެ. އެންމެ މަތިވެރި މަލާއިކަތުންނަކީ، މަލާއިކަތންގެ ހަތަރު ރައީސުންނެވެ. އެއީ:

جبريل (‏عليه السّلام)‏. جبريل ގެފާނުގެ ވާޖިބަކީ، ރަސޫލުންނަށް ވަޙީ ގެންގޮސްދެއްވައި، އަމުރުކުރެއްވި ކަންތައްތަކާއި، ނަހީކުރެއްވި ކަންތައްތަކުގެ ޚަބަރު ދެއްވުމެވެ.

إسرافيل (‏عليه السّلام)‏. السُّورُ ގެ ނަމުން ނަންދެވިގެންވާ ތާޅަފިލި ފުމެލައްވާނީ އިސްރާފީލުގެފާނެވެ. އެކަލޭގެފާނު ތާޅަފިލި ފުމެލައްވާނީ ދެ ފަހަރު އެވެ. ފުރަތަމަ ފުމެލައްވާއިރު، الله تعالى ފިޔަވާ އެހެން ހުރިހާ ދިރުންހުރި އެއްޗެއް މަރުވާނެ އެވެ. ތާޅަފިލި ދެވަނަ ފަހަރު ފުމެލެއްވުމާ އެކު، މަޚްލޫޤުންތައް އަލުން ދިރުއްވޭނެ އެވެ.

ميكائيل (‏عليه السّلام)‏. މީކާއީލުގެފާނުގެ ވާޖިބަކީ، އަގުހެޔޮކަމާއި، އަގުބޮޑުވުމާއި، ތަދުކަމާއި، ތިޔާގިކަން މެދުވެރިކޮށް، ކޮންމެ އެއްޗެއް ޙަރަކާތް ކުރުމެވެ.

عزرائيل (‏عليه السّلام)‏. ޖޢީޒްރާއީލުގެފާނުގެ ވާޖިބަކީ އިންސާނުންގެ ފުރާނަ ހިތްޕެވުމެވެ.

މި ހަތަރު މަލާއިކަތުންނަކީ، ހުރިހާ މަލާއިކަތުންގެ ނަބިއްޔުންނެވެ. މި ހަތަރު މަލާއިކަތުންގެ ފަހުން، އިސްކަމަށް ބަލާއިރު، ހަތަރު ދަރަޖައެއްގެ މަލާއިތަކުން ވެއެވެ. އެއީ: حملةُ العَرْشِ ގެ ހަތަރު މަލާއިކަތުން، ޤިޔާމަތް ދުވަހު އަށެއް؛ المُقَرَّبين ގެ ނަން ދެވިފައިވާ އުލޫހީ ޙަޟްރަތު ގައިވާ ވާ މަލާއިކަތުން؛ الكَرويبيُّون ގެ ނަން ދެވިފައިވާ ޢަޒާބުދެއްވާ މަލާއިކަތުންގެ އިސްވެރިން؛ الرُّوحانيُّون ގެ ނަން ދެވިފައިވާ رحمة ގެ މަލާއިކަތުންނެވެ. މި ހުރިހާ މަލާއިކަތުންނަކީ، މަލާއިކަތުންގެ މަތީ ދަރަޖަތަކެވެ. ނަބީން ފިޔަވާ ހުރިހާ އިންސާނުންނަށް ވުރެ މަތިވެރި އެވެ. މުސްލިމުންގެ މެދުގައިވާ صُلاحة އާއި، أولياء ންނަކީ އާދައިގެ މަލާއިކަތުންނަށް ވުރެ މަތިވެރިންނެވެ. އާދައިގެ މަލާއިކަތުން، މާނައަކީ، ނުކިޔަމަންތެރި، އަދި ފާފަވެރި މުސްލިމުން ނަށް ވުރެ މަތިވެރި ވެގެން ވެއެވެ.

ފޮތްތަކަށް އީމާންވުން

وَ كُتبهِ ގެ މާނައަކީ، "الله تعالى ބާވައިލެއްވި ފޮތްތަކަށް އަޅާ އީމާންވަމެވެ". އެކަލާނގެ މި ފޮތްތައް ބައެއް ނަބީނޭކަލުންނަށް ބާވައިލެއްވީ، جبريل ގެފާނު އެ ބޭކަލުންނަށް ކިޔުއްވައި ދެއްވައިގެންނެވެ. އަނެއް ބައި ނަބީ ބޭކަލުންގެ މައްޗަށް ފޮތް ބާވައިލެއްވީ ފިލާތަކުގައި ލިޔެވިގެންވާ ފޮތްތަކުގެ ގޮތުގައެވެ. އަދި ބައެއް އެހެން ބޭކަލުންގެ މައްޗަށް ބާވައިލެއްވީ، މަލާއިކަތަކާ ނުލައި، އެ މީހުންނަށް އިއްވަވައިގެންނެވެ. މި ހުރިހާ ފޮތްތަކަކީ، الله تعالى ގެ ކަލާމްފުޅެވެ. އެ ފޮތްތައް މާޒީ ގައި އަޒަލީ އެވެ. އަދި ކުރިމަގުގައި އަބަދީ އެވެ. އެ ފޮތްތަކަކީ މަޚްލޫޤާތްތަކެއް ނޫނެވެ. އަދި ހަމައެއާއެކު މަލާއިކަތުން އެކަށައަޅުއްވާފައިވާ ބަސްތަކެއް ވެސް ނޫނެވެ. އަދި ނަބީ ބޭކަލުންގެ ބަސްތަކެއް ވެސް ނުމެ ނޫންމެ އެވެ. ބާވައިލެއްވި ހުރިހާ ފޮތްތަކަކީ ޙައްޤު ތެދެވެ. އެނގިފައިވާ ގޮތުގައި ސަތޭކަ ހަތަރު ފޮތް ބާވައިލެއްވި އެވެ. އެ ފޮތްތަކުގެ ތެރެއިން ދިހަ ފޮތް ބާވައިލެއްވުނީ آدم (‏عليه السّلام)‏ ގެ މައްޗަށެވެ. ފަންސާސް ފޮތް شيث (‏عليه السّلام)‏ ގެ މައްޗަށް ބާވައިލެއްވި އެވެ. ތިރީސް ފޮތް إدريس (‏عليه السّلام)‏ ގެ މައްޗަށް ބަވައިލެއްވި އެވެ. إبراهيم (‏عليه السّلام)‏ ގެ މައްޗަށް ދިހަ ފޮތް ބާވައިލެއްވި އެވެ. ބާވައިލެއްވީ ގެ މައްޗަށެވެ. ބާވައިލެއްވީ ގެ މައްޗަށެވެ. ބާވައިލެއްވީ ގެ މައްޗަށެވެ. ބާވައިލެއްވީ ގެ މައްޗަށެވެ. ހުރިހާ ފޮތްތަކުގެ ބަދަލުގައި ކީރިތި ޤުރްއާން ބާވައިލެއްވުމަށް ފަހު އެ ފޮތްތަކުގެ ޙުކުމްތައް މަންސޫޚު ކުރެވުނެވެ. ދުނިޔެ ޤިޔާމަތް ވަންދެން، ކީރިތި قرآن ގައި އެއްވެސް ކުށެއް، ނުވަތަ އިތުރުކުރުމެއް އަދި ހަނދާންނެތިފައިވާ ނުވަތަ ގެއްލިފައިވާ ނުކުތާތަކެއް ނުހުންނާނެ އެވެ. މާޟީ އާއި މުސްތަޤްބަލުގެ ހުރިހާ ޢިލްމެއް ކީރިތި قرآن ގައި ވެއެވެ. އެހެންކަމުން އެހެން ހުރިހާ ފޮތްތަކަށް ވުރެ ކީރިތި ޤުރްއާން މަތިވެރިވެފައި އަގު ބޮޑެވެ. رَسُوْلُ اللهِ ﷺ ގެ އެންމެ ބޮޑުވެގެންވާ މުޢުޖިޒާތަކީ ކީރިތި ޤުރްއާނެވެ. ހުރިހާ އިންސީންނާއި، ޖިންނީން އެއްވެ ކީރިތި قرآن ގެ އެންމެ ކުރު ސޫރަތް ވަރުގެ އެފަދަ އެއްޗެއް ބުނަންއުޅުނަސް އެކަމަށް ކުޅަދާނަވެގެން ނުވީހެވެ. މިއަދު، އެންމެންގެ މައްޗަށް ވެސް ލާޒިމުވެގެންވަނީ ކީރިތި ޤުރްއާނަށް ތަބަޢަވުމަށެވެ. މިއަދު، އެއްވެސް ތަނެއް ގައި އަޞްލު توراة ނުވަތަ إنجيل ނެތެވެ. ބަދަލުކޮށްފައިވާ إنجيلތައް ވެއެވެ. އެ ފޮތްތައް ވަނީ އޮޅުވާލައި، މީސްތަކުން ބަދަލުކޮށްފައެވެ. އެ ފޮތްތައް ބަދަލުނުކުރެވުނަސް، އެ ފޮތްތައް ވަނީ ބާޠިލުވެފައެވެ؛ އެ ފޮތްތައް ބާޠިލުކުރައްވާފައިވަނީ الله تعالى އެވެ.

ކީރިތި ޤުރްއާން ބާވައިލެއްވީ އާޔަތަކުން އާޔަތަކުންނެވެ. އަދި ބާވާލައްވައި ފުރިހަމަކުރެއްވީ ތޭވީސް އަހަރުންނެވެ. ކީރިތި ޤުރްއާން ޤިޔާމަތަށް ދާންދެން ޞައްޙަ ގޮތުގައި ދެމިއޮންނާނެ އެވެ. ކީރިތި ޤުރްއާން ވަނީ، ބާޠިލުވުމުންނާއި، މީސްތަކުން އެ ފޮތަށް ބަދަލުގެނައުމުން ރައްކާތެރިވެގެންނެވެ. އެ ފޮތުގައި އުނިވުމެއް ނުވަތަ އިތުރުވުމެއް ވާ ކަމަށް އިންސާނަކު ޤަބޫލުކޮށްފިނަމަ، އެ މީހަކު މާތް ﷲ އަށް އީމާންނުވަނީ އެވެ.

ކީރިތި قرآن ގެ سورة الحجر ގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ‎﴿٩﴾)‏* الحجر: 9)‏ މާނައީ: "ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާ ހުށީމެވެ".

ކީރިތި قرآن ގެ سورة فصلت ގެ 41-42 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ ۖ وَإِنَّهُ لَكِتَابٌ عَزِيزٌ ‎﴿٤١﴾‏ لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ‎﴿٤٢﴾)‏* فصلت: 41-42)‏ މާނައީ: "ހަމަކަށަވަރުން، އެއުރެންގެ ގާތަށް قرآن އައި ހިނދު، އެ قرآن އަށް كافر ވި މީހުންނަށް (‏ގަދަވެގެންވާ عذاب ހުށްޓެވެ.)‏ ހަމަކަށަވަރުން، އެއީ، ބާރުގަދަ ފޮތެއްކަން ކަށަވަރެވެ. އެ ފޮތުގެ ކުރިމައްޗަކުން ވެސް، އަދި އޭގެ ފަހަތަކުން ވެސް އެ ފޮތަކަށް باطل ކަމެއް ނާންނާނެތެވެ. (‏އެއީ)‏ حمد ލިބިވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ".

ކީރިތި قرآن ގެ حجر سورة ގެ 9 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ‎﴿٩﴾‏)‏ * الحجر: 9)‏ މާނައީ: "ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެ އެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ".

ކީރިތި قرآن ގައި މާޟީ ގައި ވެގެން ގޮސްފައިވާ އަދި ކުރިޔަށް އޮތް ތަނުގައި ހިނގާނެ ވަރަށް ގިނަ ކަންތައްތަކުގެ ޚަބަރު ދެއްވާފައި ވެއެވެ. ޤުރްއާން ކިޔެވި ވަރަކަށް، އިތުރަށް އެ ޤުރްއާން ކިޔެވުމަށް ޝައުޤުވެރިވާނެ އެވެ. ޤުރްއާން ކިޔަވާ އިރު، ޖިސްމާނީގޮތުން ވަރުބަލިވިޔަސް، ފޫއްސެއް ނުވާނެ އެވެ. ޤުރްއާން ކިޔެވުމުން، ނުވަތަ އަޑުއެހުމުން ބަލިތަކުން ޝިފާލިބުމަކީ، ގުނާ ޢަދަދުނުކުރެވޭ ވަރުގެ ތަޖްރިބާތަކުން ޘާބިތުވެފައިވާ ޙަޤީޤަތެކެވެ. ޤުރްއާން ކިޔަވާ އިރު އަޑުއެހުމުން އިންސާނާ އަށް ބިރުވެރިކަން ނުވަތަ ކުއްލިއަކަށް ބިރުގަތުމަކީ، ނާދިރު ކަންތައްތަކެއް ނޫނެވެ. އަދި ބައެއް މީހުން ޤުރްއާނުން އަސަރުކޮށްގެން މަރުވެފައި ވެއެވެ. ކީރިތި ޤުރްއާން އަޑުއިވުމުން އިސްލާމް ދީނުގެ ޢަދުއްވުންގެ ތެރެއިން ގިނަ ބަޔެއްގެ ހިތްތައް މަޑުވެ އެ މިސްމީހުން މުއުމިނުންނަށް ވެފައި ވެއެވެ. ކީރިތި ޤުރްއާން ބާވައިލެއްވުމަށް ފަހު ބަދަލުވެފައެއް ނުވެއެވެ. އަދި އަބަދަށް ޓަކައި ވެސް ބަދަލެއް ނުވާނެ އެވެ. ކީރިތި ޤުރްއާނަކީ الله تعالى ގެ ކަލާމްފުޅެވެ. މިފަދަ ފޮތެއް އެކުލަވާލުމަކީ، އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ ފޮތުގެ އެންމެ އާޔަތަކާ އެއްފަދަ ބަހެއް ވެސް ނުބުނެވޭނެ އެވެ. ސާދަ ޤަރުނު ވަންދެން، ޅެންވެރިންނާއި، އަދީބުން ވަނީ، ކީރިތި ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް ނުކުޅެދި، ކީރިތި قرآن ގައި ވާ ޅެންވެރި އުސްލޫބާއި، މާނައާ މެދު ޙައިރާންވެފައެވެ. رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، އެކަލޭގެފާނުގެ ފުރަތަމަ ޚަލީފާ أبو بكر الصدَيق (‏رضي الله عنه)‏ ވަނީ ކީރިތި ޤުރްއާން އެއްކޮށް ކަރުދާހުގައި ލިޔުއްވާފައެވެ. مُصحَف ގެ ނަމުން ނަންދެވިގެން ފޮތެއް ލިޔެވިގެންދިޔަ ގޮތަކީ އެއީ އެވެ. ހުރިހާ އަޞްޙާބުން އިއްތިފާޤުން ނިންމެވީ، އެ ލިޔެވުނު މުޞްޙަފަކީ الله تعالى ގެ ކަލާމްފުޅު ކަމަށެވެ. عُثمان ގެފާނު އިތުރު ހަ މުޞްޙަފު ލިޔުއްވުމަށް ފަހު، ބައެއް ޕްރޮވިސްތަކަށް ފޮނުއްވި އެވެ. ކީރިތި ޤުރްއާން ކިޔަވަންޖެހޭނީ، އެ ފޮތުގެ އަޞްލު ޢަބި ކޮޕީ އިންނެވެ. އެހެން ބަސްތަކަކުން ލިޔެފައިވާ ލިޔުމަށް ކީރިތި ޤުރްއާން އޭ ނުކިޔޭނެ އެވެ. ކިރިތި ޤުރްއާން ކިޔެވުމުގެ ކުރިން ވުޟޫކުރުމާއި، ޤިބްލަޔަށް ކުރިމަތިލައިގެން ހުރެ ޚުޝޫޢަތްތެރިކަމާ އެކު ކިޔެވުން ވާޖިބުވެގެން ވެއެވެ. ކީރިތި ޤުރްއާން ކިޔަވަންޖެހޭނީ ލަސްލަހުން މަޑުމައިތިރިކަމާ އެކު މުޞްޙަފަށް ބަލަހައްޓައިގެން ހުރެ ކޮންމެ އާޔަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކިޔައި، ތަޖްވީދަށެވެ. ކިޔަވަމުންދަނީ ގެ ކަލާމްފުޅުކަމާއި، ހިތަށް ގެނެސް، ކިރިތި قرآن ގައި ވާ ކުރުމަށް އަންގަވާފައިވާ ވާޖިބުތައް އަދާކޮށް، ނަހީކުރައްވާފައިވާ ކަންތައްތަކާ ނުކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ.

رَسُول ންނަށް އީމާންވުން

وَ رُسُلِهِ ގެ މާނައަކީ، "الله تعالى ރަސޫލުންނަށް އީމާންވަމެވެ". ރަސޫލުން ފޮނުއްވުނީ، ލޯބިބެވޮޑިގަންނަވާ ގޮތް ތަބްލީޣުކުރައްވައި، ތެދުމަގަށް ހިދާޔަތް ދެއްވުމަށެވެ. އެ ބޭކަލުންނަކީ، އެ ބޭކަލުންގެ ޠަބީޢަތާއި، އަޚްލާޤާއި، ޢިލްމާއި، ބުއްދި، އެ ބޭކަލުން އުޅުއްވި ޒަމާނުގެ އެންމެންނަށް ވުރެ މަތިވެރި ޝަރަފުވެރި އިންސާނުންނެވެ. އެ ބޭކަލުންގެ އަޚްލާޤު ގައި ހުތުރު ސިފައެއް އަދި ނުރުހެވިގެންވާ އާދައެއް ވެސް ނެތެވެ. ރަސޫލުންގެ ކިބައިގައި عِصمة ތެރިކަމުގެ ސިފަ ވެއެވެ. މާނައަކީ، އެ ބޭކަލުން، ކުޑަ އަދި ބޮޑު އެއްވެސް ފާފައެއް، އެ ބޭކަލުން ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ކުރައްވާފައި ނުވެއެވެ. އެ ބޭކަލުންގެ ނަބީކަން ތަބްލީޣުކުރެއްވުމަށް ފަހު އަދި އެ ބޭކަލުންގެ ނަބީކަން އެނގި ފެތުރުމަށް ފަހު ވެސް، އެ ބޭކަލުންގެ ކިބައިގައި ލޯކަނުވުން، ނުވަތަ މަންމަންވުން ނުވަތަ އެފަދަ ޢައިބެއް ނެތެވެ. ނަބިއްޔުންގެ ތެރެއިން އާ ދީނެއް ގެނެސްދެއްވި ނަބީއަކަށް ކިޔެނީ رسول އެވެ. އާ ދީނެއް ގެނެސްނުދެއްވާ ނަބިއްޔަކު އިސްވެދިޔަ ދީނަށް ގޮވާލައްވާ ނަމަ ކިޔެނީ نبي އެވެ. އެކަލާނގެ އަމުރުފުޅުތައް ތަބްލީޣުކުރުމުގަޔާއި، الله تعالى ގެ ދީނަށް ގޮވާލެއްވުމުގައި ރަސޫލުންނާއި ނަބީންގެ ތަފާތެއް ނެތެވެ. އިސްތިސްނާއެއް ނެތި ހުރިހާ ނަބީންނަކީ ތެދުވެރިން ކަމަށް އަހަރެމެން އީމާންވާން ޖެހެއެވެ. އެއިން އެންމެ ނަބީއަކަށް އީމާންނުވާ މީހަކު ބެލެވޭނީ އެންމެ ނަބީއަކަށް ވެސް އީމާންނުވާ މީހަކަށެވެ. އެ ބޭކަލުންގެ ޢަދުއްވުން ގިނަވެފައި، އެމީހުން ކުރި ފުރައްސާރައާއި، ގޯސް މުޢާމަލާތާ އެކު ވެސް، ޢަދުއްވުން ދެކެ ނަބީން ބިރުފުޅުގަނެ، الله تعالى ގެ އަމުރުފުޅުރައް މީސްތަކުންނަށް ތަބްލީޣުކުރެއްވުމުގައި ފަސްޖެހިވަޑައެއް ނުގެންނެވި އެވެ. الله تعالى ނަބީންނަށް މުޢުޖިޒާތް ދެއްވީ، އެ ބޭކަލުންނަކީ ތެދުވެރިންކަން ދެއްކެވުމަށް ޓަކައެވެ. އެ ބޭކަލުންގެ މުޢުޖިޒާތްތަކާ ދެކޮޅަށް ތެދުވުމަކީ އެއްވެސް މީހަކަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް ނޫނެވެ. ނަބީއަކު ޤަބޫލުކޮށް، އެ ނަބީއަކަށް އީމާންވާ މީހުންނަށް ކިޔެނީ އެ ބޭކަލެއްގެ أمَّة އެވެ. ޤިޔާމަތް ދުވަހު، އެ ނަބީއެއްގެ އުއްމަތުގެ މީހުންގެ ތެރެއިން ގިނައިން ފާފަކުރި މީހުންނަށް ޝަފާޢަތް ދެއްވުމުގެ އިޒުނަ ނަބީ ބޭކަލުންނަށް ދެއްވައި، އެ ޝަފާޤަތް ޤަބޫކުރައްވާނެ އެވެ. ހަމަ އެހެންމެ، އެ ބޭކަލެއްގެ އުއްމަތުގެ ޢިލްމުވެރިންނާއި، ޞާލިޙު ބޭކަލުންނާއި، ވަލީވެރިންނަށް ވެސް، ޝަފާޢަތް ދެއްވުމުގެ އިޒުނަ ދެއްވައި، އެ ޝަފާޢަތް ޤަބޫލުކުރައްވާނެ އެވެ. ނަބީ ބޭކަލުން (‏عليهم الصلوات والتّسليمات)‏ އެ ބޭކަލުންގެ ކަށްވަޅު ގައި ދިރިތިއްބަވަނީ އަހަރެމެންނަށް ނޭނގޭ ފަދަ ދިރިހުރުމަކުންނެވެ؛ އަދި ބިންގަނޑު އެ ބޭކަލުންގެ ހަށިތައް ފާނުކުރާނެ އެވެ. މި ސަބަބަށް ޓަކައި، ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ނަބީ ބޭކަލުން އެ ބޭކަލުންގެ ކަށްވަޅު ގައި ނަމާދުކުރައްވާނެ އެވެ". ނަބީ ބޭކަލެއްގެ ބަރަކާތްތެރި ދެ ލޯފުޅު ނިދިކުރެއްވިޔަސް، އެ ބޭކަލެއްގެ ހިތްޕުޅުގެ ލޯފުޅު ނިދިނުކުރައްވައެވެ. އެ ބޭކަލުންގެ ނަބީކަމުގެ ވާޖިބުތައް އަދާކުރެއްވުގަޔާއި، ނަބީކަމުގެ މަތިވެރި ނިޢުމަތްތައް ލިބިގަތުމުގައި ހުރިހާ ނަބީން ވެސް ހަމަހަމައެވެ. ނަބީންނަކީ (‏عليهم الصلوات والتّسليمات)‏ އިންސާނުންނެވެ. ޖިންނީންނާއި، މަލާއިކަތުންނާއި، އަންހެނުންނަށް އިންސާނުންގެ ނަބީންނަކަށް ނުވެވޭނެ އެވެ. ޖިންނީންނާއި، މަލާއިކަތުންނަށް ނަބީކަމުގެ ދަރަޖައަކަށް ނުދެވޭނެ އެވެ. ނަބީ ބޭކަލުން އެއް ބޭކަލަކު އަނެއް ބޭކަލަކަށް ވުރެ މަތިވެރިވެފައި ޝަރަފުވެރި އެވެ. މިސާލަކަށް، އެ ބޭކަލެއްގެ އުއްމަތުގެ މީހުންގެ ޢަދަދު ގިނަކަމުން، އެ ބޭކަލަކު ފޮނުއްވުނު ޤައުމުތަކުގެ ބޮޑުކަމުން، އެ ބޭކަލެއްގެ ޢިލްމާއި، މަޢްރިފާ ފުޅާ ދާއިރާއެއް ގައި ފެތުރުން، އެ ބޭކަލެއްގެ މުޢުޖިޒާތްތަކުގެ ގިނަކަމާއި، އިސްތިމްރާރުވުން، އަދި އެ ބޭކަލުންނަށް ޚާއްޞަ ނިޢުމަތްތަކާއި، މަތިވެރިކަން ދެއްވުމުގެ ސަބަބުންނެވެ. މި ސަބަބަށް ޓަކައި، ފަހު ޒަމާނުގެ ނަބިއްޔާ مُحَمَّدٌ ﷺ، ހުރިހާ ނަބިއްޔުންނަށް ވުރެ މަތިވެރި އެވެ. أُولو العظم ގެ ނަމުން ނަންދެވިގެންވާ ރަސޫލުން އެހެން ރަސޫލުންނަށް ވުރެ މަތިވެރިވެގެން ވެއެވެ. رسُول ން، ރަސޫލުންނަށް ނުވާ نبي ންނަށް ވުރެ މަތިވެރިވެގެން ވެއެވެ. آدم (‏عليه السّلام)‏ އަކީ صَفِيُّ الله އެވެ. އެކަލޭގެފާނަކީ، الله تعالى ގެ އޯގާވަންތަކަމުން، ޝަރަފުވެރި ބޭކަލެއްގެ ގޮތުގައި ޚަލްޤުކުރެއްވި ޠާހިރު ބޭފުޅާ އެވެ. نُوح (‏عليه السّلام)‏ އަކީ نجِيُّ الله އެވެ. އެކަލޭގެފާނަކީ، އަބަދު ވެސް الله تعالى އަށް ގޮސްހުސްވެފައިވާ، އެކަލާނގެ ނިޢުމަތްތަކާ މެދު އުފަލުން ހުންނަވާ ބޭފުޅާ އެވެ. إبراهيم (‏عليه السّلام)‏ އަކީ خليلُ الله އެވެ. އެހެނީ، އެކަލޭގެފާނުގެ ހިތްޕުޅުގައި މަޚްލޫޤުންނަށް ލޯތްބެއް ނެތިފައި، އެކަލޭގެފާނުގެ ހިތްޕުޅުގައި ލޯބި އޮތީ ހަމައެކަނި الله تعالى އަށެވެ. موسى (‏عليه السّلام)‏ އަކީ كَلِيمُ الله އެވެ. އެހެނީ، އެކަލޭގެފާނު الله تعالى އާ ވާހަކަފުޅު ދެއްކެވި އެވެ. عيسى (‏عليه السّلام)‏ އަކީ رُوحُ الله އަދި كَلِمَةُ الله އެވެ. އެހެނީ، އެކަލޭގެފާނުގެ ބައްޕައެއް ނެތިފައި، އުފަންވެވަޑައިގަތީ، އިލާހީ ކަލިމަފުޅު ކަމުގައިވާ "كُنْ" (‏ވާށޭ)‏ އޭ ވަޙީކުރެއްވުމުންނެވެ. އޭގެ އިތުރަށް، އެކަލޭގެފާނު، އިލާހީ ޙިކްމަތުން ފުރިގެންވާ الله تعالى ގެ ބަސްފުޅުތަކުން މީސްތަކުންނަށް ނަސޭޙަތްދެއްވައި، މީސްތަކުންގެ ކަންފަތްތަކާ ހަމަޔަށް ފޯރުކޮށްދެއްވި އެވެ.

ހުރިހާ މަޚްލޫޤުން ޚަލްޤުކުރެއްވުމުގެ ސަބަބު ކަމުގައިވާ އަދި އިންސާނުންގެ ތެރެއިން އެންމެ މަތިވެރިވެގެންވާ، އެންމެ މަޝްހޫރު، އެންމެ ޝަރަފުވެރި مُحَمَّدٌ (‏عليه السّلام)‏ އަކީ حَبِيبُ الله އެވެ. އެކަލޭގެފާނުގެ މަތިވެރިކަމާއި، އެކަލޭގެފާނަކީ حَبِيبُ الله ކަން އަންގައިދޭ ގިނަގުނަ ދަލީލުތައް ވެއެވެ. މި ސަބަބަށް ޓަކައި، އެކަލޭގެފާނަށް ނިސްބަތްކޮށް، "ބަލިކުރެވުނު" ފަދަ ބަސްތައް ނުބުނެވޭނެ އެވެ. ޤިޔާމަތް ދުވަހު، އެހެން އެންމެންގެ ކުރިން، އެކަލޭގެފާނު ކަށްވަޅުން ތެދުވެވަޑައިގަންނަވާނެ އެވެ. އެހެން އެންމެންގެ ކުރިން އެކަލޭގެފާނު މަޙްޝަރު ބިމަށް ވަޑައިގަންނަވާނެ އެވެ. އެހެން އެންމެންގެ ކުރިން އެކަލޭގެފާނު ސުވަރުގެ ވަންނަވާނެ އެވެ. އެކަލޭގެފާނުގެ އަޚްލާޤު ގެ ރިވެތިކަމުގެ މިންވަރު އަންދާޒާ ނުކުރެވޭނެ އެވެ. އެކަން ކުރުމަށް އިންސާނުންގެ ކުޅެދުންތެރިކަން ނުފުދެއެވެ. ޤިޔާމަތް ދުވަހު، ހުރިހާ ނަބީން ހިޔާވަހިކަން ހޯއްދަވާނީ އެ ބޭކަލެއްގެ ދިދައިގެ ހިޔަލުންނެވެ. الله تعالى ހުރިހާ ނަބީންނަށް އަމުރުކުރައްވާފައިވަނީ، އެބޭކަލުން، މަޚްލޫޤުންގެ ތެރެއިން އެކަލާނގެ حبيبُ ކަމުގައިވާ مُحَمَّدٌ ﷺ ގެ ޒަމާނާ ހަމަޔަށް ދިރިތިއްބެވި ނަމަ އެކަލޭގެފާނަށް އީމާންވެ ނަޞްރު ދެއްވުމަށެވެ. އެއާއެކު، ހުރިހާ ނަބިއްޔުން އެ ބޭފުޅުންގެ އެންމެ ފަހު ވަޞިއްޔަތެއްގެ ގޮތުން އެ ބޭފުޅުންގެ އުއްމަތްތަކަށް އަންގަވާފައިވަނީ ވަނީ ވެސް އެ ގޮތަށެވެ.

"ރަސޫލުން އެ ބޭކަލުންގެ ކަށްވަޅުގައި ނަމާދުކުރައްވައެވެ". الحديث الشّريف

مُحَمَّدٌ ﷺ އަކީ خاتم الأنبياء (‏އެންމެ ފަހު ނަބިއްޔާ)‏ އެވެ. މާނަ އަކީ، އެކަލޭގެފާނަށް ފަހު އެހެން ނަބީޔަކު ވަޑައިނުގަންނަވާނެ އެވެ.

ރަސޫލުންގެ ސިފަފުޅުތައް

ކޮންމެ ރަސޫލު ބޭކަލެއްގެ ކިބައިގައި ވެސް ހަތް ސިފައެއް ވާ ކަމަށް އީމާންވާން ޖެހެއެވެ. އެއީ:

العِصْمَة: އެ ބޭކަލުން އެއްގޮތަކަށް ވެސް ފާފަނުކުރައްވައެވެ. ނަބީ ބޭކަލުން، ބޮޑު ނުވަތަ ކުޑަ ފާފަޔަކަށް ވިޔަސް، ޞައްޙަ އެއްވެސް ދީނެއް ގައި ޙަރާމް ވެފައިވާ ނުވަތަ ޙަރާމްވާނެ އެއްގޮތަކަށް ވެސް ފާފަ ނުކުރައްވައެވެ.

الأَمَانَة (‏އަމާނާތްތެރިކަން)‏: ރަސޫލުންނަކީ ހުރިހާ ކަމެއް ގައި ވެސް އަމާނާތްތެރި ބޭކަލުންނެވެ. އެ ބޭކަލުން އަމާނާތަށް އެއްގޮތަކަށް ވެސް ޚިޔާނާތްތެރިއެއް ނުވާނެ އެވެ.

الصِدْق: ރަސޫލުންނަކީ، އެ ބޭކަލުން ވިދާޅުވާ ކޮންމެ ބަސްފުޅަކާއި، ޢަމަލަކާއި، ސުލޫކެއް ގައި ތެދުވެރި ބޭކަލުންނެވެ. އެ ބޭކަލުން އެއްގޮތަކަށް ވެސް ގޮދެއް ނަހައްދަވައެވެ.

الفَطَانَة: ރަސޫލުންނަކީ، އާދަޔާ ޚިލާފަށް ވިސްނުންތޫނު ބޭކަލުންނެވެ. ލޯކަނުވުމާއި، ބީރުވުން ފަދަ އުނިކަމެއް ހުންނަ މީހަކު ރަސޫލަކަށް ވެފައެއް ނެތެވެ. ހުރިހާ ރަސޫލުންނަކީ، ފިރިހެން ބޭކަލުންނެވެ.

التَبْلِيغ: ރަސޫލު ބޭކަލުން، އެ ބޭކަލުން އިޢުލާންކުރެއްވި ކޮންމެ ކަމެއް އެނގެނިވަޑައިގަތީ، الله تعالى ފޮނުއްވި وَحِيْ އިންނެވެ. އެ ބޭކަލުން އެންގެވި އެއްވެސް ކަމަކީ އެ ބޭކަލުންގެ އަމިއްލަފުޅު ވިސްނުންފުޅުން އައި އެއްޗެއް ނޫނެވެ. ތަބްލީޣުކުރެއްވުމަށް އެ ބޭކަލުންނަށް އަމުރުކުރެވުނު ހުރިހާ ކަމެއް އެ ބޭކަލުން އެންގެވި އެވެ.

العَدَالة: ރަސޫލު ބޭކަލުން އެއްގޮތަކަށް ވެސް އަނިޔާވެރިވެ، ނުވަތަ ބޭއިންޞާފެއް ނުވެއެވެ. އެއްވެސް މީހަކަށް ޓަކައި، އެ ބޭކަލުން އިންޞާފުން އެއްކިބާނުވެއެވެ.

أَمْنُ العزل: އެ ބޭކަލުން ރަސޫލުކަމުން ޢަޒްލުނުކުރެވޭ ހުއްޓެވެ. އެ ބޭކަލުންނަކީ، މި ދުނިޔެއާއި، އާޚިރަތު ގައި ވެސް ރަސޫލުންނެވެ. ނަބީ ބޭކަލުންގެ ޢަދަދު އެނގިގެނެއް ނުވެއެވެ. އެކަމަކު، އެނގިފައިވާ ވަރަކީ، ނަބީ ބޭކަލުންގެ ޢަދަދު އެއް ލައްކަ ސައުވީސް ހާހަށް ވުރެ އިތުރު ކަމެވެ. އެ ބޭކަލުންގެ ތެރޭގައި 313 ނުވަތަ 315 ރަސޫލު ބޭކަލުން ހިމެނެއެވެ. ކޮންމެ ދެ ރަސޫލެއް ދޭތެރޭ ގައި އެއްހާސް އަހަރު ފާއިތުވިއެވެ.

ރަސޫލުންގެ ތެރެއިން أُولُو العَزْمِ ގެ ނަން ދެވިގެންވާ އެންމެ މަތިވެރި ހަ ރަސޫލުންނަކީ: آدم، نُوح، إبراهيم، مُوسّى، عيسى އަދި مُحَمَّدُ مُصطَفَى (‏عليهم الصّلاة والسّلام)‏ އެވެ. އަންނަނިވި ތިރީސް ތިން ރަސޫލުންނަކީ އެންމެންނަށް އެނގިގެންވާ މަޝްހޫރު ރަސޫލުންނެވެ.: آدم، إدريس، شِيث (‏ނުވަތަ شِيت)‏، نُوح، هُودُ، صَالح، إبراهيم، لُوط، إسماعيل، إسحق، يعقُوب، يُوسُفُ، أَيُّوبُ، شُعَيبُ، مًوسَى، هَارُون، خِضْر، يُوشَع إبن نُون، إلياس، اليَسَع، ذُوالكِفْل، شَمعُون، إشماعيل، يُونس إبن ماطة، داؤد، سُلَيمان، لُقمَان، ذَكَرِيَّا، يَحْيَى، أُزَيْر، عِيسَى بن مَريَم، ذُوالقَرْنَيْن، އަދި مُحَمَّدُ (‏عليهم الصّلاة والسّلام)‏ އެވެ. ކީރިތި قرآن ގައި ލިޔެވިފައިވަނީ މީގެ ތެރެއިން އަށާވީސް ބޭކަލުންގެ ނަންފުޅެވެ. ذو القرنين އާއި، لُقمان އާއި، عُزَيرُ އާއި، خِضْرُ އަކީ ނަބިއްޔުން ކަމަކަށް ޔަޤީނެއް ނޫނެވެ. المكتوبات المعصوميّة މި ފޮތުގެ ދެވަނަ ޢަދަދުގެ ތިރީސް ހަވަން ސިޓީ ގައި ލިޔެވިފައިވާ ގޮތުގައި، خضر ގެ ފާނަކީ ނަބިއްޔެއް ކަމަކަށް ދަލީލުކޮށްދޭ ޞައްޙަ ރިވާޔަތްތައް ވެއެވެ. އަދި އެ ފޮތުގެ ސަތޭކަ އަށްޑިހަ ދެވަނަ ސިޓީގައި އަންނަނިވި ފަދައިން ލިޔެވިފައި ވެއެވެ.: (‏ބައެއް ފަހަރު)‏ خضر (‏عليه السّلام)‏ އިންސާނެއްގެ ސޫރައިގައި އަދި ބައެއް ކަންތައްތައް ކުރެއްވުމަކީ، އޭނާ ދިރިހުންނެވި ކަން އަންގައިދޭ ކަންތައްތަކެއް ނޫނެވެ. އޭނާ އަދި ވަރަށް ގިނަ ނަބީންނާނާއި، ވަލީވެރިންގެ ރޫޙަށް، އިންސާނެއްގެ ޞޫރާގައި ފާޅުވުމުގެ އިޒުނަ ވަނީ ދެއްވާފައެވެ. އެ ބޭކަލުން ފެނުމަކުން އެ ބޭކަލުން ދިރިތިއްބެވިކަން ސާބިތުކޮށެއް ނުދެއެވެ.

قيامة ދުވަހަށް އީމާންވުން

وَاليوم الآخر ގެ މާނައަކީ، "قيامة ދުވަހަށް އީމާންވަމެވެ". ކޮންމެ މީހަކު ވެސް މަރުވާ ވަގުތުން ފެށިގެން قيامة ދުވަސް ފެށި، ޤިޔާމަތް ދުވަސް ނިމުމާ ހަމަޔަށް ދެމިއޮންނާނެ އެވެ. އެ ދުވަހަށް އެންމެ ފަހު ދުވަހޭ ނަންދެވިފައިވަނީ، އެހެނީ، އެ ދުވަހަށް ފަހު އަންނާނެ ރޭގަނޑެއް ނުވާނެތީ އެވެ. ނުވަތަ އެ ދުވަސް އަންނަނީ ދުނިޔެއަށް ފަހުން ކަމަށް ވާތީއެވެ. ޤިޔާމަތް ދުވަސް އަންނާނެ އިރެއް އަންގަވާފައެއް ނުވެއެވެ. އެހެން ނަމަވެސް، رَسُوْلُ اللهِ ﷺ ވަނީ އެ ދުވަހުގެ ގިނަގުނަ ޢަލާމާތްތަކެއްގެ ޚަބަރު ދެއްވާފައެވެ.: ދީނީ ޢިލްމު ހަނދާންނެތޭނެ އެވެ. ލަދުހުތުރު ކަންތައްތަކާއި، ނުބައިކަން ފެތުރޭނެ އެވެ. ވެރިކަމަށް ވެރިވާނީ ކާފަރު، ފާސިޤު އަދި އަބުރު ގެއްލިފައިތިބޭ މީހުންނެވެ. ގެ އަމުރުފުޅުތައް ޙަރާމްކުރާނެ އެވެ. ހުރިހާ ދިމާލެއް ގައި ޙަރާމް ކަންތައްތަކަށް އަރައިގަނެވޭނެ އެވެ. مهدي ގެފާނު ވަޑައިގަންނަވާނެ އެވެ؛ عيسى (‏عليه السّلام)‏ އުޑުން ދިމިޝްޤަށް ފައިބާވަޑައިގަންނަވާނެ އެވެ؛ ދައްޖާލު ފާޅުވާނެ އެވެ؛ يأجُوج و مأجُوج ނަމަކަށް ކިޔާ ޤައުމެއްގެ މީހުން މުޅި ދުނިޔޭގައި ހަމަނުޖެހުން ހިންގާނެ އެވެ؛ އިރު ހުޅަނގުން އަރާނެ އެވެ. ވަރުގަދަ ބިންހެލުންތައް އަންނާނެ އެވެ؛ ޔަމަނުން އުފެދޭ އަލިފާންގަނޑެއް ފެތުރޭނެ އެވެ؛ އުޑުތަކާއި، ފަރުބަދަތައް ފަޅަފަޅައިގެންދާނެ އެވެ؛ އިރާއި ހަނދު އަނދިރިވާނެ އެވެ؛ ކަނޑުތައް އެއްކަނޑު އަނެއް ކަނޑާ އެކުވެ، ކެކިގެންގޮސް ހިކޭނެ އެވެ...5

ފާފަތަކަށް އަރައިގަންނަ މުސްލިމަށް ކިޔެނީ فاسِق އެކޭ އެވެ. ފާސިޤުންނާއި، ހުރިހާ ކާފަރުންނަށް އެ މީހުންގެ ކަށްވަޅުގައި ޢަޒާބު ދެއްވާނެ އެވެ. މި ޙަޤީޤަތްތަކަށް އީމާންވާން ޖެހެއެވެ.

ކަށްވަޅު ގައި ސުވާލުކުރެވުމަކީ ހިނގާނެ ކަމެކެވެ. ވަޅުލެވުމަށް ފަހު، މައްޔިތާ ނޭނގޭ ދިރުމަކުން ދިރުއްވައި، ޢަޒާބު ލިބިލިބި ނުވަތަ ނިޢުމަތްތައް ލިބިލިބި އޮންނާނެ އެވެ. حديث شريف ގައި ވާރިދުވެގެން އައިސްފައިވާ ފަދައިން، ވަންހަނާވެގެންވާ ބިރުވެރި ދެ މީހުންގެ ސިފައިގައި އަދި ނަމަކަށް مُنكِرُ އަދި نكِيرُ ކިޔާ ދެ މަލާއިކަތަކު އޭނާގެ ކަށްވަޅަށް އައިސް އޭނާ އާ ސުވާލުކުރާނެ އެވެ.6 ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ކަށްވަޅު ގައި ސުވާލުކުރެވޭނީ، އީމާންކަމުގެ ބައެއް ރުކުންތަކާ ބެހޭގޮތުން، ނުވަތަ ބައެއް އެހެން ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި މުޅި އީމާންކަމާ ބެހޭގޮތުންނެވެ. މި ސަބަބަށް ޓަކައި، އަހަރެމެންގެ ދަރިން ލައްވާ އަންނަނިވި ސުވާލުތަކުގެ ސުވާލާއި ޖަވާބު ހިތުދަސްކުރުވަންވާނެ އެވެ.:

"ތިބާގެ رَبُّ އަކީ ކާކު ހެއްޔެވެ؟ ތިބާގެ ރަސޫލާ އަކީ ކާކު ހެއްޔެވެ؟ ތިބާގެ ދީނަކީ ކޮބައި ހެއްޔެވެ؟ ތިބާގެ މުޤައްދަސް ފޮތުގެ ނަމަކީ ކޮބައި ހެއްޔެވެ؟ ތިބާގެ ޤިބްލަ އަކީ ކޮބައި ހެއްޔެވެ؟ އީމާންކަމާއި، ޢަމަލުތައް (‏عبادة)‏ ކުރުމުގައި ތިބާގެ މަޒްހަބުތަކަކީ ކޮބައި ހެއްޔެވެ"؟

"އަޅުގަނޑުގެ رَبُّ އަކީ މާތް ﷲ އެވެ. އަޅުގަނޑުގެ ރަސޫލާ އަކީ مُحَمَّدٌ رَسُوْلُ اللهِ ﷺ އެވެ. އަޅުގަނޑުގެ ދީނަކީ އިސްލާމް ދީނެވެ. އަޅުގަނޑުގެ މުޤައްދަސް ފޮތަކީ القًرْآنُ الكَرِيم އެވެ. އަޅުގަނޑުގެ ޤިބްލަ އަކީ الكَعْبَة އެވެ. إيْمَان ކަމުގައި އަޅުގަނޑުގެ مّذهَب އަކީ أهلُ السُّنَّة والجَمَاعَة އެވެ. އަދި عِبادأت ގައި އަޅުގަނޑުގެ مّذْهَب އަކީ الإمامُ الأَعْظَم أَبُو حَنِيْفَة ގެ مّذْهَب އެވެ".

التّذكرة القُرْطُبِي ގައި ލިޔެވިފައިވާ ގޮތުގައި، أهلُ السُّنَّة ގައި ނުހިމެނޭ މީހުންނަށް ޞައްޙަ ޖަވާބު ނުދެވޭނެ އެވެ. ރަނގަޅު ޖަވާބު ދޭ މީހުންގެ ކަށްވަޅުތައް ތަނަވަސްވެގެން ގޮސް، ސުވަރުގެ އަށް ކުޑަދޮރެއް ހުޅުވޭނެ އެވެ. ކޮންމެ ހެނދުނަކާއި، ހަވީރަކު، އެ މީހުންނަށް، އެ މީހުންނަށް ސުވަރުގެއިން ލިބިގެންވާ ތަންތަން ފެންނާނެ އެވެ. އަދި މަލާއިކަތުން އެ މީހުންނަށް ނިޢުމަތްތައް ދެއްވައި، އުފާވެރި ޚަބަރު ދެއްވާނެ އެވެ. ޞައްޙަ ޖަވާބު ނުދެވޭ މީހުންގެ ގައިގައި، ދަގަނޑު މަރުތޭލުތަކަކުން ޖަލާލެއް ބާރުކަމުން ގޮސް، އިންސީންނާއި، ޖިންނީން ފިޔަވާ އެހެން ހުރިހާ މަޚްލޫޤުންނަށް އޭނާގެ ހޭރުމުގެ އަޑު އިވޭނެ އެވެ. އޭނާގެ ކަށްވަޅު ބާރުވެގެން ގޮސް، އޭނާގެ ކަށިތައް ފުނޑޭހެން ހީވާ ވަރަށް އޭނާގެ ގަޔަށް ފިއްތާލާނެ އެވެ. އޭނާ އަށް ނަރަކައިން ލޯވަޅެއް ހުޅުވޭނެ އެވެ. ހެނދުނާއި، ހަވީރު ނަރަކާގައިވާ އޭނާގެ ތަން ފެންނާނެ އެވެ. ޤިޔާމަތް ދުވަހާ ޖެހެންދެން އޭނާގެ ކަށްވަޅު ގައި އޭނާ އަށް ވޭންދެނިވި ޢަޒާބު ދެވޭނެ އެވެ. މަރުވުމަށް ފަހުގެ ދިރުއްވާނެ ކަމަށް އީމާންވުމަކީ ޟަރޫރީ ކަމެކެވެ. މަހާއި، ކަށިތައް ކުނިވެ ވެއްޔާއި، ގޭހަށް ބަދަލުވުމަށް

"ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔެވުމަކީ، صراط ފާލަމުގައި ތިބާ އަށް ލިބޭނެ ނޫރަކަށެވެ". حديث الشّريف

ފަހު، އެ ތަކެތި ދެވަނަ ފަހަރަށް އެއްވާނެ އެވެ؛ އެ ފުރާނައެއް ނިސްބަތްވާ ހަށިތަކަށް ފުރާނަތައް ވަދެ، އެންމެން އެބައި މީހުންގެ ކަށްވަޅުތަކުން ތެދުވާނެ އެވެ. މި ސަބަބަށް ޓަކައި، އެ ވަގުތަށް ކިޔޭ ނަމަކީ، ޤިޔާމަތް ދުވަސް (‏ތެދުވާ ދުވަސް)‏ އެވެ. ދިރުން ލެއްވި ހުރިހާ ކާއިނާތުތަކެއް މަޙްޝަރު ބިމަށް ޖަމާވާނެ އެވެ. ޢަމަލުތަކުގެ ފަތްތައް އޭގެ ވެރިންނާ ހަމަޔަށް އުދުހިފާ ދާނެ އެވެ. މި ހުރިހާ ކަމެއް ހިންގަވާނީ ބިމާއި، އުޑުތަކާއި، ތަރިތަކާއި، ޒައްރާތަކުގެ خالق، الله تعالى އެވެ. رَسُوْلُ اللهِ ﷺ ގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ގޮތުގައި، މި ކަންތައްތައް ހިނގާނެ އެވެ. ޔަޤީނުން ވެސް، އެކަލޭގެފާނުގެ ބަސްފުޅުތައް ވަރަށް ތެދުފުޅެވެ. މި ހުރިހާ ކަމެއް ވެސް ހިނގާނެ އެވެ. ޞާލިޙު ރަނގަޅު މީހުންގެ ޢަމަލުތަކުގެ ފަތްތައް އެ މީހުންނަށް ދެވޭނީ އެ މީހުންގެ ކަނާތްފަރާތުންނެވެ. އަދި ފާފަވެރި (‏ފާސިޤު)‏ ނުބައި މީހުންގެ ޢަމަލުތަކުގެ ފަތްތައް އެ މީހުންނަށް ދެވޭނީ އެ މީހުންގެ ފުރަގަހުން ނުވަތަ ވާތްފަރާތުންނެވެ. ހެޔޮ ނުވަތަ ނުބައި، ބޮޑު ނުވަތަ ކުޑަ، ސިއްރުގައިކުރާ ނުވަތަ ފާޅުގައިކުރާ، ކޮންމެ ޢަމަލެއް އެ ފަތުގައި އޮންނާނީ ލިޔެވިފައެވެ. كراما كاتبين މަލާއިކަތުންނަށް ވެސް ނޭނގޭ ޢަމަލުތައް އިންސާނުންގެ ގުނަވަންތައް ހެކިދީގެން އަދި ހުރިހާ ކަމެއް ދެނެވޮޑިގެންވާ الله تعالى ހެކިވޮޑިގަންނަވައިގެން ކަޝްފުވެގެން، އެއިން ކޮންމެ ޢަމަލަކާ ބެހޭގޮތުން ސުވާލުކުރެވި، ޙިސާބުބެއްލެވޭނެ އެވެ. މަޙްޝަރު ބިމުގައި، الله تعالى އިރާދަކުރައްވައިފި ނަމަ، ސިއްރު ކޮންމެ ޢަމަލެއް ކަޝްފުވެގެންދާނެ އެވެ. މަލާއިކަތުންނާ ސުވާލުކުރެވޭނެ އެވެ.: "ތިޔަބައި މީހުން ބިމާއި، އުޑުތަކުގައި ކުރީ ކޮން ކަމެއް ހެއްޔެވެ"؟ ނަބީންނާ ސުވާލުކުރެވޭނެ އެވެ. "الله تعالى ގެ އަމުރުފުޅުތައް ތިޔަބައި މީހުން އެކަލާނގެ އަޅުތަކުންނާ ހަމަޔަށް ފޯރުކޮށްދިނީ ކިހިނެއް ހެއްޔެވެ"؟ އަދި ކޮންމެ މީހަކާ ސުވާލުކުރެވޭނެ އެވެ. "ތިޔަބައި މީހުން ނަބީންނަށް ތަބަޢަވީ ކިހިނެއް ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ވަޙީކުރެއްވި ވާޖިބުތައް އަދާކުރީ ކިހިނެއް ހެއްޔެވެ؟ އަދި ތިޔަބައި މީހުން އެއްބަޔަކު އަނެއް ބައެއްގެ ޙަޢްޤުތަކަށް ރައްކާތެރިވީ ކިހިނެއް ހެއްޔެވެ"؟ މަޙްޝަރު ގައި، އީމާންވެ، ޢަމަލުތަކާއި، އަޚްލާޤު ރަނގަޅު މީހުންނަށް ޖަޒާދެއްވައި ބަރަކާތް ލައްވާނެ އެވެ. އަދި އަޚްލާޤު ގޯސް، ނުބައި ޢަމަލުތައް ކުރި މީހުންނަށް ގަދަފަދަވެގެންވާ ޢަޒާބު ދެވޭނެ އެވެ. الله تعالى އެކަލާނގެ އިންޞާފު ޤާއިމްކުރެއްވުމުގައި، ބައެއް މުސްލިމުންނަށް އެ މީހުން ކޮށްފައިވާ ކުދި ފާފަތަކަށް ޢަޒާބު ދެއްވައި، އެކަލާނގެ އިރާދަކުރައްވާ ބައެއް މުސްލިމުންނަށް، އެ މީހުން ކޮށްފައިވާ ހުރިހާ ބޮޑެތި ފާފަތަކާއި، ހުރިހާ ކުދި ފާފަތައް، އެކަލާނގެ ރަޙްމަތުން ޢަފޫކުރައްވާނެ އެވެ. އެކަލާނގެ އިރާދަކުރައްވައިފި ނަމަ، ކުފުރާއި، ޝިކުރުކު ފިޔަވައި، އެހެން ހުރިހާ ފާފަތަކެއް ފުއްސަވާދެއްވައި، އެކަލާނގެ އިރާދަކުރައްވައިފި ނަމަ، ކުދި ފާފަތަކަށް ޢަޒާބުދެއްވާނެ އެވެ. އެކަލާނގެ އަންގަވާފައިވަނީ، ކާފަރުކަމާއި، ޝިކުރުކުގެ މަތީގައި ހުރެ މަރުވާ މީހުންނަށް ޢަފޫނުކުރައްވާނެ ކަމަށެވެ. ބާވައިލެއްވި ފޮތެއް އޮތަސް ނުވަތަ ނެތަސް، ކާފަރުން، ނުވަތަ محمّدގެފާނަކީ ހުރިހާ އިންސާނުންގެ މައްޗަށް ފޮނުވުނު ރަސޫލާ ކަމަށް އީމާންނުވެ، އެކަލޭގެފާނު ތަބްލީޣުކުރެއްވި އެންމެ ޙުކުމެއް (‏ވާޖިބުތަކާއި، ނަހީކުރެއްވި ކަންތައްތައް)‏ޤަބޫލުނުކުރާ މީހުން ވަންނާނީ ނަރަކަ އަށެވެ. އަދި އެ މީހުން ކާފަރުކަން މަތީ މަރުވި ނަމަ، އަބަދަށް ޢަޒާބުދެއްވާނެ އެވެ.

ޤިޔާމަތް ދުވަހު، ޢަމަލުތަކާއި، ސުލޫކު މިނެކިރުމަށް ޓަކައި، އަހަރެމެންނަށް ނޭނގޭ ފަދަ، ތިލަފަތެއް ހުންނާނެ އެވެ. އެ ތިލަފަތް ބޮޑުކަމުން، އެ އިން އެއް ތިލަފަތުގައި އެކނި ވެސް ބިމާއި އުޑު އުފުލޭނެ އެވެ. ހެޔޮ ޢަމަލުތަކުގެ ތިލަފަތް ވާނީ، العرش ގެ ސުވަރުގެއާ ވީ ފަރާތުގައި އަލިވެގެންނެވެ. އަދި ފާފަތަކުގެ ތިލަފަތް ވާނީ، العرش ގެ ނަރަކައާ ވީ ފަރާތުގައި އަނދިރިވެގެންނެވެ. ދުނިޔޭގައި ކޮންފައިވާ ޢަމަލުތަކާއި، ބުނެފައިވާ ބަސްތަކާއި، ވިސްނާފައިވާ ވިސްނުންތަކާއި، ބަލާފައިވާ ބެލުންތަކުގައި އެކި ބައްޓަންތައް ޖެހޭނެ އެވެ. ހެޔޮ ޢަމަލުތައް އަލިވެގެންވާ ޞޫރާގައި، އަދި ނުބައި ކަންތައް އަނދިރިވެގެންވާ މުޑުދާރު ޞޫރާގައި، ދުނިޔޭގެ ތިލަފަތްތަކާ ވައްތަރު ނޫން މި ތިލަފަތުގައި ކިރޭނެ އެވެ. ވާރިދުވެފައިވާ ގޮތުގައި، ބޮޑަށް ބަރު ތިލަފަތް އަރާނީ މައްޗަށެވެ. އަދި ބޮޑަށް ލުއި ތިލަފަތް ދާނީ ތިރިއަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ތަފާތު އެކި ތިލަފަތްތަކެއް ވާނެ އެވެ. الله تعالى ގެ އަމުރުފުޅުގެ ދަށުން ނަރަކަ މަތީގައި ބިނާކުރެވޭނެ صراط ނަމަކަށް ކިޔޭ ފާލަމެއް އޮންނާނެ އެވެ. އެ ފާލަން މަތިން ހުރަސްކުރަން އެންމެންނަށް ވެސް އަމުރުކުރެވޭނެ އެވެ. އެ ދުވަހު، ހުރިހާ ނަބީ ބޭކަލުން ވެސް އަންނަނިވި ފަދައިން ދުޢާ ދަންނަވާނެ އެވެ. "މާތް ﷲ އެވެ! އަޅަމެން މިންޖުކުރައްވާދޭވެ"! ސުވަރުގެ ވަންނާނެ މީހުން މި ފާލަން ފަސޭހަކަމާ އެކު ހުރަސްކުރާނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހުރަސްކުރާނީ، ވިދެއް ޖަހާލާ ބާރަށެވެ. ބައެއް މީހުން ހުރަސްކުރާނީ، ވައިގެ ބާރު މިނުގައެވެ. އަދި ބައެއް އެހެން މީހުން ހުރަސްކުރާނީ، ބާރަށް ދުވާ އަހެއްގެ ބާރުމިނުގައެވެ. صراط ފާލަން އިސްތަށްޓަކަށް ވުރެ ތުނިވެފައި، ކަނޑިއަކަށް ވުރެ ތޫނުވާނެ އެވެ. މި ދުނިޔޭގައި ތިބާ އިސްލާމް ދީނާ އެއްގޮތަށް އުޅުމުގައި ވެސް އެއްގޮތް ކަމެއް ވެއެވެ؛ އިސްލާމް ދީނުގައި އަންގަވާ ގޮތަށް ބަރާބަރަށް ތިބާ އުޅުން، صراط ފާލަން ހުރަސްކުރުން ފަދައެވެ. މި ދުނިޔޭގައި ތިމާގެ ހަވާ ނަފްސާ ދެކޮޅަށް މަސައްކަތް ކުރުމުގައި ހުރި އުނދަގޫތަކަށް ކެތްކޮށްފި މީހާ ފަސޭހަކަމާ އެކު صراط ފާލަން ހުރަސްކުރާނެ އެވެ. މި ސަބަބަށް ޓަކައި، އިސްލާމް ދީނުގައި އިޝާރާތް ކުރައްވާފައިވާ ސީދާ މަގަށް الله تعالى ނަންދެއްވާފައިވަނީ "صراط المُستَقيم" އެވެ. ނަމުގައި ހުރި މި އެއްގޮތް ކަމުން ދައްކުވައިދޭ ކަމަކީ، އިސްލާމް ދީނުގެ ތެދުމަގުގައި ހިފެހެއްޓުމަކީ، صراط المُستَقيم ހުރަސްކުރުން ފަދަ ކަމެވެ.ނަރަކަ ޙައްޤު މީހުން صراط ފާލަމުން ކައްސާލައި ވެއްޓޭނީ ނަރަކަ ތެރެއަށެވެ. صراط ފާލަމަށް އީމާންވުމަކީ ފަރްޟެކެވެ. އެހެނީ، صراط ފާލަމުގެ ވާހަކަ ވަނީ ކީރިތި قرآن އާއި، رَسُوْلُ اللهِ ﷺ ގެ حديث ގައި ބަޔާންކުރައްވާފައެވެ. ކީރިތި قرآن ގެ سورة الصّافات ގެ 23-24 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏مِن دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ ‎﴿٢٣﴾‏ وَقِفُوهُمْ ۖ إِنَّهُم مَّسْئُولُونَ ‎﴿٢٤﴾‏)‏* الصّافات: 23-24)‏ މާނައީ: "އަދި ﷲ ފިޔަވައި އެއުރެން އަޅުކަންކޮށް އުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ! (‏23)‏ އަދި އެއުރެން ހުއްޓުވާށެވެ! ހަމަ ކަށަވަރުން، އެއުރެންނީ سؤال ކުރައްވާނޭ ބަޔެކެވެ". نُهبة اللّيالي ފޮތުގައި ލިޔެފައި ވެއެވެ.: صراط އަކީ ނަރަކައިގެ މަތީގައިވާ ފާލަމެކެވެ. ކީރިތި قرآن ގެ سورة مريم ގެ 71 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا ‎﴿٧١﴾)‏* مريم: 71)‏ މާނައީ: "އަދި ތިޔަބައި މީހުން ކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމަ އެކަކު ވެސް ނުވެއެވެ. އެއީ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއް ކަމުގައި ވިއެވެ". أهلُ السُّنَّة ގެ ޢިލްމުވެރިން، ކީރިތި قرآن ގައި، "ނަރަކަ މަތިން ތިޔަބައި މީހުން ހުރަސްކުރާނޭ" އޮތް ބަސްފުޅު މާނަކުރައްވަނީ صراط ފާލަން މަތިން ހުރަސްކުރާ ވާހަކައެވެ. رَسُوْلُ اللهِ ﷺ ގެ حديثފުޅެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. " صراط ފާލަން ބިނާކުރެވޭނީ ނަރަކަ މަތީގައެވެ. ތިމަންކަލޭގެފާނުގެ އުއްމަތާ އެކު އެ ފާލަން މަތިން އެންމެ ފުރަތަމަ ހުރަސްކުރާނީ ތިމަންކަލޭގެފާނެވެ". [‏البُخارِي]‏ "ތިމަންކަލޭގެފާނުގެ أهل بيت ންނާއި އަޞްޙާބުން ދެކެ ލޯބިވާ މީހަކު صراط ފާލަން ހުރަސްކުރާ އިރު ކައްސާލާފައި ނުވެއްޓޭނެ އެވެ". [‏دَيلِمي]‏ "ޤިޔާމަތް ދުވަހު، ހުއްޓި ހުންނަވާނީ صراط ފާލަމުގެ ފެށޭކޮޅުގައި، ތިމަންކަލޭގެފާނުގެ އުއްމަތް ހުރަސްކުރަން ދެނެވެ. ވަޙީކުރައްވާނެ އެވެ. 'ތިބާ އެދޭ ކަމެއް ވިދާޅުވާށެވެ. ކަލޭގެފާނު ބޭނުންފުޅު ކޮންމެ މީހަކަށް ޝަފާޢަތް ދެއްވާށެވެ. ކަލޭގެފާނުގެ ޝަފާޢަތް ޢަބޫލުކުރެވޭނެ އެވެ'. ތިމަންކަލޭގެފާނުގެ އުއްމަތަށް ޝަފާޢަތް ދެއްވުމަށް ފަހު، އެކަލާނގެ އަށް ދުޢާ ދެއްނެވުމާއިގެން ކުރިޔަށްދާނަމެވެ. އަޅާގެ رَبُّ އަންނަނިވި ފަދައިން ވަޙީކުރެއްވުމަށް ދާންދެނެވެ. 'ކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ތެދުވެރިކަމާ އެކު އެއް ފަހަރު ކިޔައި، އީމާންތެރިކަމާ އެކު މަރުވެއްޖެ ކޮންމެ މީހަކު ސުވަރުގެ ވައްދަވާށެވެ'. މިހެން ވަޙީކުރެއްވުމަށް ދާންދެން ތިމަންކަލޭގެފާނު ތެދުވަޑައި ނުގަންނަވާނަމެވެ". [‏الإمام أحمد]‏ "صراط ފާލަން ހުރަސްކުރުން ބިނާވެގެންވަނީ ކޮންމެ މީހެއްގެ ވެސް ނޫރުގެ މައްޗަށެވެ. ބައެއް މީހުން އެސްފިޔަޖަހާ ހާ އަވަހަށް ހުރަސްކުރާނެ އެވެ. ބައެއް މީހުން ވިދެއްޖަހާހާ އަވަހަށް ހުރަސްކުރާނެ އެވެ. ބައެއް މީހުން ދުންތަރިއެއް ހާ އަވަހަށް ހުރަސްކުރާނެ އެވެ. ބައެއް މީހުން ބާރަށް ދުވާ އަހެއް ހާ އަވަހަށެވެ. ނޫރު ކުޑަކޮށް ހުރި މީހުން ދާނީ މޫނު ވަތަށް ފިރުކިފައެވެ. އޭނާގެ އަތާއި ފައި ކައްސާލުމުން، އަނެއްކާ ވެސް އެލިގެން އޮންނާނެ އެވެ. އެންމެ ފަހުން، އޭނާ ސަލާމަތްވާނީ ފިރުކިގެން ގޮސްފައެވެ". [‏طبراني]‏ "ބިދުޢައިގެ އަހުލުވެރިންނަށް صراط ފާލަން ހުރަސްނުކުރެވޭނެ އެވެ؛ އެ މީހުން ނަރަކަ އަށް ވެއްޓޭނެ އެވެ". [‏إبن عساكر]‏ " صراط ފާލަން ހުރަސްކުރަމުންދާކަން ނޭނގި ތިބެ، ވަރަށް ގިނަ މީހުން މަލާއިކަތުންގެ އަރިހުން ސުވާލުކުރާނެ އެވެ.: صراط ފާލަމާއި، ނަރަކަ ކޮބައި ތޯ އެވެ؟ އަހަރެމެންނަށް މިހާރު އެ ދެ ތަން ފަހަނައަޅާ ދެވިއްޖެ ތޯ އެވެ؟ މަލާއިކަތުން ޖަވާބު ދެއްވާނެ އެވެ.: ތިބާ ތިވަނީ ނަރަކަ މަތިން ގޮސް صراط ފާލަން ހުރަސްކޮށްފައެވެ. އެހެން ނަމަވެސް، ނަރަކައިގެ އަލިފާން ފަހަތަށް ޖެހި، ތިބާގެ ނޫރުން ފަރުދާވެއްޖެ އެވެ". [‏جامع الصّغير]‏ " صراط ފާލަން އިސްތަށްޓަކަށް ވުރެ ތުނިވާނެ އެވެ. ކަނޑިއަކަށް ވުރެ ތޫނުވާނެ އެވެ. މުސްލިމުން ސަލާމަތްކުރެވޭތީ މަލާއިކަތުން މަސައްކަތްކުރައްވާނެ އެވެ. جبريل (‏عليه السّلام)‏ ތިމަންކަލޭގެފާނުގެ އުނަގަނޑުގައި ހިފަހައްޓަވައިގެން ތިމަންކަލޭގެފާނުގެ ގައިކޮޅު ގައި ހިފަހައްޓަވާނެ އެވެ. އަދި ތިމަންކަލޭގެފާނު އަންނަނިވި ދުޢާކުރައްވާނަމެވެ. "يا رّبُّ! އަޅާގެ އުއްމަތަށް ދިންނެވުން މިންވަރުކުރައްވާދޭވެ. އެބައި މީހުން ސަލާމަތްކޮށްދެއްވާދޭވެ!' އެ ދުވަހު، ގިނަ ބަޔަކު ކައްސާލައިގެން ވެއްޓޭނެ އެވެ". [‏البيهقي]‏

مًحمّدٌ رَسُوْلُ اللهِ ﷺ ގެ އުއްމަތުގެ ބައެއް މީހުން އެބައި މީހުން ކަށްވަޅުން ތެދުވުމާ އެކު ސުވަރުގެ ވަންނާނެ އެވެ. އެބައި މީހުންނަށް މަލާއިކަތުން ވިދާޅުވާނެ އެވެ.:

ކަލޭމެންގެ ޙިސާބު ބެއްލެވިއްޖެ ހެއްޔެވެ؟
ނޫނެކެވެ. އަހަރެމެން އަދި ޙިސާބު ނުބެއްލެވެއެވެ.
ކަލޭމެން صراط ފާލަން ހުރަސްކޮށްފިން ހެއްޔެވެ؟
ނޫނެކެވެ. އަހަރެމެންނަކަށް صراط ފާލަމެއް ނުފެނެއެވެ.
ކަލޭމެންނަށް ނަރަކަ ފެނިއްޖެ ހެއްޔެވެ؟
ނޫނެކެވެ. އަދި އަހަރެމެންނަކަށް ނަރަކަ ވެސް ނުފެނެއެވެ.
ޙިސާބު ބެއްލެވުމަކާ ނުލައި، އަދި ހުރަސްކުރުމެއް ނެތި ސުވަރުގެ އަށް ވަދެވުނީ، ތިބާ ކޮން ކމަެއް ކޮށްގެން ހެއްޔެވެ؟

އަހަރެމެންނަށް ދެ ޚާއްޞަކަމެއް ވެއެވެ. އަހަރެމެންނަށް މި ނިޢުމަތް ލިބުނީ އެހެން ވެގެންނެވެ. އަހަރެމެން الله تعالى އަށް ލަދުވެތިވެ، އަހަރެމެން އެކަނި ތިއްބަސް ފާފައެއް ނުކުރަމެވެ. އަނެއް ކަމަކީ، މާތް ﷲ އަހަރެމެންނަށް ދެއްވި މަދުމިންވަރު ޤަބޫލުކޮށްގެން ތިބުމެވެ. މަލާއިކަތުން ވިދާޅުވާނެ އެވެ: މިއީ ތިޔަބައި މީހުންނަށް ޙައްޤު ނިޢުމަތްތަކެވެ. [‏ابن هبان]‏ صراط ފާލަމުގެ ވާހަކަ ދައްކާ އިރު، އެއީ އަހަރެމެން ދަންނަ ބްރިޖް ކަމަށް ބަލައިގެންނުވާނެ އެވެ. ޙަޤީޤަތުގައި ކަންހިނގާ ގޮތަށް ބަލާ އިރު، ކޯހަކުން ފާސްވުމަށް ޓަކައި، އިމްތިޙާނުގެ ފާލަމުން ފާސްވުން ޟަރޫރީ ކަމަށް އަހަރެމެން ބުނަމު އެވެ. އެހެން ނަމަވެސް، އިމްތިޙާނަކީ ފާލަމަކާ އެއްގޮތް އެއްޗެއް ނޫނެވެ.7 އެހެންކަމުން، صراط ފާލަމަކީ، އެއްގޮތަކަށް ވެސް، އެނގިފައިވާ ފާލަން ފަދަ ނުވަތަ އިމްތިޙާނުގެ ފާލަމާ އެއްގޮތް ފާލަމެއް ނޫނެވެ. حوض الكوثر އޭ ކިޔުނު އާރެއް رَسُوْلُ اللهِ ﷺ އަށް ޚާއްޞަކުރެވިގެން އޮންނާނެ އެވެ. އެއް މަސް ދުވަހުގެ ދަތުރާ އެއްވަރުގާ އެ އާރު ބޮޑޫވާނެ އެވެ. އެ އާރުގެ ފެން ކިރަށް ވުރެ ހުދުވެފައި، އެ އާރުގެ ވަސް ކޮމަކަސްތޫރި އަށް ވުރެ މީރުވަސް ދުވާނެ އެވެ. އެ އާރުގެ ވަށައިގެން ވާ ތަށިތައް ތަރިތަކަށް ވުރެ ގިނައެވެ. އެ އާރުން ފެން ބޯ މީހަކު، ނަރަކާގައި ވެސް، ދެން ކަރެއް ނުހިއްކާނެ އެވެ. ޝަފާޢަތްތެރިކަމަކީ ތެދެކެވެ. ރަސޫލުންނާއި، ވަލީވެރިންނާއި، ޞާލިޙު މުސްލިމުންނާއި، މަލާއިކަތުންނާއި، މާތް ﷲ ހުއްދަދެއްވާފައިވާ ބަޔަކު، ތައުބާވުނަކާ ނުލައި މަރުވި މުސްލިމުންގެ ކުޑަ އދި ބޮޑެތި ފާފަތައް ފުއްސަވާދެއްވުމަށް އެދި ޝަފާޢަތް ދެއްވުމުން، އެ ޝަފާޢަތް ޤަބޫކުރައްވާނެ އެވެ. ސުވަރުގެ އާއި ނަރަކަ މިހާރު ވުޖޫދުވެގެން އެބަހުއްޓެވެ. ސުވަރުގެ ވަނީ ހަތް އުޑުގެ މަތީގައެވެ. ނަރަކަ ވަނީ ހުރިހާ އެއްޗެއްގެ ދަށުގައެވެ. އަށް ސުވަރުގެ އާއި ހަތް ނަރަކަ ވެއެވެ. ސުވަރުގެ، ނަރަކަ އާއި، ބިމާއި، އިރާއި، އުޑުތަކަށް ވުރެ ބޮޑެވެ. އަދި ނަރަކަ އިރަށް ވުރެ މާ ބޮޑެވެ. "މި ދުނިޔެ އަކީ މުސްލިމުންނަށް ހުރި ޖަލެކެވެ". [‏المُسلم]‏ "ރަޙިމުގައި އޮތް އިރާ އަޅާބަލާއިރު، މި ދުނިޔެއަކީ ސުވަރުގެއެކެވެ. އެހެން ނަމަވެސް، ސުވަރުގެއާ އަޅާބަލާއިރު، މި ދުނިޔެއަކީ، ގޮނޑެކެވެ". [‏معرفة نامة]‏ ގޮނޑަކާ ސުވަރުގެއާ އަޅާބެލޭނެ ހެއްޔެވެ؟ ރަޙިމުގައި އޮންނަ ކުޑަކުއްޖަކަށް، އޭނާ ދުނިޔެ އަށް އަންނާނެ ކަމާއި، ތަފާތު އެކި ކަންތައްތައް ތަޖްރިބާކުރާނެކަން އެނގުމަކީ މުސްތަޙީލު ކަމަކަށް ވާ ފަދައިން، ސުވަރުގެ އަށް ވަންނާނެ މުސްލިމަކަށް، އެ ސުވަރުގޭގައި އޭނާ އަށް ލިބޭނެ ނިޢުމަތްތައް އެނގުމަކީ ވެސް މުސްތަޙީލު ކަމެކެވެ. رَسُوْلُ اللهِ ﷺ ގެ ޙާދީޘެއް ގައި ވާރިދުވެގެން އައިސްފައިވާ ގޮތުގައި، "ސުވަރުގޭގައި ވަނީ މީހަކަށް ފެނިފައި ނުވާ އަދި އާދުއަހާފައި ނުވާ އަދި ހިތަށް ވެސް އަރާފައިނުވާ ފަދަ ނިޢުމަތްތަކެވެ". [‏المُسلم]‏ ކިޔޭ ނަންތަކުގައި މެނުވީ ސުވަރުގޭގެ ނިޢުމަތްތަކާ ދުނިޔޭގެ ނިޢުމަތްތަކާ އެއްގޮތްކަމެއް ނުވެއެވެ. [‏البيهقي]‏ ނިމުމެއްނުވާ الله تعالى ގެ ކުޅަދުންވަންތަކަމަށް އީމާންވާ މީހާ، އެކަލާނގެ ބާވައިލެއްވި ހުރިހާ އެއްޗަކަށް އީމާންވާންޖެހެއެވެ. މާތް ﷲ އަންގަވާފައިވާ ގޮތުގައި، ސުވަރުގޭގައި އުނދަގޫކަމެއް ނެތެވެ. އަދި ސުވަރުގޭގެ އަހުލުވެރިންނަށް އެބައި މީހުން ހިތަށް އަރާ ކޮންމެ ނިޢުމަތެއް ލިބޭނެ އެވެ. ސުވަރުގޭގެ ނިޢުމަތްތަކާ އަޅާބަލާ އިރު، ދުނިޔޭގެ ނިޢުމަތްތައް، ސުވަރުގޭގެ ނިޢުމަތްތަކުގެ ހިޔަނި ނުވަތަ ސޫރައާ ވެސް އެއްވަރެއް ނުވާނެ އެވެ. ގަހެއްގެ ސޫރައެއް އެ ގަހާ އެއްފަދަ ނުވާ ފަދައިން، ދުނިޔޭގެ ނިޢުމަތްތައް ސުވަރުގޭގެ ނިޢުމަތްތަކާ އެއްގޮތް ކަމެއް ނެތެވެ. الله تعالى ދުނިޔޭގެ ނިޢުމަތްތައް ނެތުމުގެ ތެރެއިން އުފައްދަވާފައި ވާ ފަދައިން، އެކަލާނގެ އާޚިރަތުގައި ހިތަށް ނުގެނެވޭ ފަދަ ނިޢުމަތްތައް ޚަލްޤުކުރައްވާނެ އެވެ. الله تعالى އަށް އެއްވެސް ދަތިކަމެއް އުނދަގޫކަމެއް ނެތެވެ. ސުވަރުގޭގައި އެއްވެސް ހިތާމައެއް ނުވަތަ ކަންބޮޑުވުމެއް ނޯންނާނެ އެވެ. ކީރިތި قرآن ގެ سورة يونس ގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ ‎﴿٢٦﴾)‏* يونس: 71)‏ މާނައީ: "ހެޔޮ عمل ކުޅަ މީހުންނަށް، އެންމެ ހެޔޮ ޖަޒާ ހުށްޓެވެ. (‏އެއީ، ސުވަރުގެ އެވެ)‏ އަދި އޭގެ އިތުރަށް ވެސް ހުށްޓެވެ. (‏އެއީ، ﷲ ގެ ދީދާރުފުޅު ދެއްކެވުމަށެވެ)‏ އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާންނާނެތެވެ. އެއުރެންނީ، ސުވަރުގޭގެ أهل ވެރިންނެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބޭ ހުށްޓެވެ". ކީރިތި قرآن ގެ سورة كهف ގެ 107-108 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا ‎﴿١٠٧﴾‏ خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ‎﴿١٠٨﴾‏)‏* كهف: 107-108)‏ މާނައީ: "ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކުޅަ މީހުންނަށް އެއުރެން ތިބެނިވި ތަނެއް ކަމުގައި، فردوس އޭ ކިޔުނު ސުވަރުގެތައް ވެއެވެ" (‏107)‏ އެއުރެން އެތަން ފިޔަވައި، އެހެން ފަރާތަކަށް އެނބުރިދިއުމަށް، ނޭދި، އެތާނގައި އަބަދަށް ދެމިތިބޭ حال ގައެވެ". ކީރިތި قرآن ގެ سورة الإنسان ގެ 20 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا ‎﴿٢٠﴾‏)‏* الإنسان: 20)‏ މާނައީ: "އަދި ތިބާ އަށް އެތަން ފެނިއްޖެ ނަމަ (‏ސިފަނުކުރެވޭ ފަދަ)‏ نعمة އާއި، ބޮޑުވެގެންވާ ވެރިކަމެއް ތިބާ އަށް އެތަނުން ފެންނާނެތެވެ".

رَسُوْلُ اللهِ ﷺ ގެ حديثފުޅުތަކުގައި އަންނަނިވި ފަދައިން ރިވާވެގެން އައިސްފައި ވެއެވެ. "މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. 'ލޮލަށް ފެނިފައިނުވާ، ކަންފަތަށް އަޑުއިވިފައިނުވާ، އަދި މީސްތަކުންނަށް ހިތަށް ނުގެނެވޭނޭ ފަދަ ތަކެތި ތިމަންރަސްކަލާނގެ ތަޤްވާވެރިންނަށް ތައްޔާރުކުރެއްވީމެވެ". [‏البُخاريي]‏ "ސުވަރުގެ އަށް ވަންނަ މީހުން މަރެއް ނުވާނެ އެވެ. އެކަމަކު އަބަދަށް ޓަކައި ދިރިތިބޭނެ އެވެ. އެބައި މީހުން އަބަދު ވެސް ތިބޭނީ އުފަލުންނެވެ. އެބައި މީހުންނަށް ހިތާމައެއް ނުލިބޭނެ އެވެ. އެބައި މީހުންނަށް އުއްމީދު ނުގެއްލޭނެ އެވެ. އެބައި މީހުންގެ ހެދުންތައް ދުވަހަކު ވެސް ބަލެއް ނުވާނެ އެވެ. އަދި އެބައި މީހުންގެ ޒުވާންކަމަށް ނިމުމެއް ނާންނާނެ އެވެ". [‏إبن أبي الدُّنيا]‏ "ސުވަރުގޭގެ އަހްލުވެރިން އެއްގޮތަކަށް ވެސް ބައްޔެއް ނުޖެހޭނެ އެވެ. އަދި އެއްގޮތަކަށް ވެސް މުސްކުޅިވެ، ހިތާމައެއް ނުލިބޭނެ އެވެ". [‏المُسلم]‏ "ސުވަރުގެ އަށް ވަންނަ މީހަކު 'އަހަރެން އަހެއް ދުއްވަން ބޭނުން' މިހެން ހިތަށް އަރައިފި ނަމަ، އޭނާ އަސް ދުއްވާނެ އެވެ؛ އޭނާ، 'އަހަރެން ބޭނުމީ އުދުހެން' މިހެން ހިތަށް އަރައިފި ނަމަ، އޭނާ އުދުހޭނެ އެވެ". [‏الترمذي]‏ "ސުވަރުގޭގެ އެންމެ ދަށް ލެވެލް ގައި ހުރި މީހެއްގެ ގާތުން 'ތިބާ ބޭނުން ކޮންމެ ކަމެއް އަހާށެވެ' މިހެން ސުވާލުކުރެވޭނެ އެވެ. މިހެން ސުވާލުކުރެވުމުން، އޭނާގެ ހިތަށް ގެނެވޭނެ ހުރިހާ ކަމަކަށް އެދި އޭނާ ދަންނަވާނެ އެވެ. ދެން އޭނާ އަށް ބުނެވޭނެ އެވެ. 'ތިބާ ދެންނެވި ކޮންމެ ކަމެއްގެ ދެ ގުނަ ތިބާ އަށް ދެވޭނެ އެވެ". [‏المُسلم]‏ "ސުވަރުގޭގައި ކޮންމެ މީހަކުގެ ވެސް ޢުމުރަކަށް ވާނީ 33 އަހަރެވެ". [‏الترمذي، القرطُبي، النّوَوِي]‏

قضاء قدر އަށް އީމާންވުން

وَباالقدر خيره و شرِّهِ من الله تعالى ގެ މާނައަކީ، "އަޅާ قدر އަދި ރަނގަޅާއި ނުބައި އަންނަނީ الله تعالى ގެ ކިބަފުޅުންކަމަށް އީމާންވަމެވެ". އިންސާނުންގެ މައްޗަށްވާ ރަނގަޅާއި، ނުބައި، ފައިދާ އާއި، ގެއްލުން، ޙާޞިލުވުން، އަދި ގެއްލުން ވަނީ الله تعالى ގެ އިރާދަފުޅުގެ ދަށުންނެވެ. ކަމެއް ވުޖޫދުވުމަށް الله تعالى ގެ އަޒަލީ އިރާދަފުޅަށް ކިޔެނީ قدر އެވެ. قدر ގައިވާ ކަމެއް ނުވަތަ އިރާދަކުރެއްވި ކަމެއް ހިނގުމަށް، ކިޔެނީ قضاء އެވެ. قضاء އަދި قدر މި ދެ މާނައިގައި ވެސް ބޭނުންކުރެވެއެވެ. މާޟީގެ އަޒަލުން ފެށިގެން އަބަދީ މުސްތަޤްބަލާ ހަމަޔަށް ހިނގާ ކަންތައްތަކާއި، އެކަންކަމުގެ ޚާއްޞަކަމާއި، ޙަރަކާތްތަކާއި، ހުރިހާ ޙާދިސާއެއް الله تعالى ޚަލްޤުކުރައްވަނީ އަޒަލުގައި އެކަލާނގެ ދެނެވޮޑިގަންނަވާ ގޮތަށެވެ. އިންސާނުންގެ ހުރިހާ

"ނަފްސުތަކަށް ރަނގަޅާއި ނުބައި ދެއްވި جنابُ الحق އެމީހެއްގެ ނަފްސުތައް ފާފަތަކާއި، ޖާހިލުކަމާއި، މަގުފުރެދުމުން ސާފުޠާހިރުކުރާ މިހާ އަށް ދިންނެވުން ލިބޭނެ އެވެ. އެކަންތައްތަކަށް އެ މިޙެއްގެ ނަފްސު ދޫކޮށްލާ މީހާ ވަނީ ގެއްލެނިވެގެންނެވެ". الشّمس: 7-10

ރަނގަޅު އަދި ގޯސް ޢަމަލުތަކާއި، އެބައި މީހުން އިސްލާމް ދީނަށް އީމާންވުން ނުވަތަ ކާފަރުވުމާއި، އެބައި މީހުންގެ އަމިއްލަ އިޚްތިޔާރު ގައި އަދި މަޖްބޫރުން ކުރާ ޢަމަލުތަކަކީ ވެސް الله تعالى ގެ ޚަލްޤުކުރެއްވުމެވެ. ހިނގާ ހުރިހާ ކަންތައްތަކެއް ސަބަބަކާ ލައިގެން (‏ސަބަބު، ވަސީލަތް، މެދުވެރިޔާ)‏ ޚަލްޤުކުރައްވާ އުފައްދަވަނީ ހަމައެކަނި އެކަލާނގެ އެވެ. އެކަލާނގެ ހުރިހާ އެއްޗެއް ޚަލްޤުކުރައްވަނީ ވަސީލަތްތަކެއްގެ ޛަޒީޢާ އިންނެވެ. ޢިލްމުގެ އެންމެ މަތިވެރި ދަރަޖަތައް ތަބްލީޣުކުރައްވައި، ސާފުކަމާއެކު ޙަޤީޤަތް ދެކެވަޑައިގެންނެވި ނަބީ ބޭކަލުން (‏عليهم السّلام)‏ ނާއި، އެ ބޭކަލުންނަށް ތަބަޢަވެ، އެ ބޭކަލުންގެ ޢިލްމުވެރިކަމުން ކުޑަ މިންވަރެއް ޙާޞިލުކުރެއްވި އިސްލާމް ދީނުގެ ޢިލްމުވެރިން، އިޝާރާތްކުރައްވާފައިވާ ގޮތުގައި، މިއަދު ހިނގާނެ ކަމަށް ބެލެވޭ ހުރިހާ ކަންތައްތަކަކީ، ޙަޤީޤި ޚާލިޤު މެދުވެރިއެއްގެ ގޮތުން ލައްވާފައިވާ ބަލިކަށި ސަބަބަކަށް ވާ ވަސީލަތެކެވެ. ރޯވެ އެނދުން ޚަލްޤުކުރައްވަނީ އެކަލާނގެ އެވެ. އެކަލާނގެ އަށް އަލިފާނާ ނުލައި ވެސް އަންދަވާލެއްވި އެވެ. އެކަމަކު އަލިފާނާ އެކު އެންދެވުމަކީ އާދައެއްގެ ގޮތުގައި އެކަލާނގެ އެކަން ޚަލްޤުކުރައްވާ ގޮތެވެ. އެކަލާނގެ އިރާދަކުރައްވަނީ ނޭނދުންކަމަށް ވާ ނަމަ، އަލިފާނުން އެނދުން ވެސް އެކަލާނގެ ހުއްޓުވާލައްވާނެ އެވެ. އެކަލާނގެ إبراهيم (‏عليه السّلام)‏ އަލިފާނުގައި އަންދަވާނުލެއްވި އެވެ. އެކަލާނގެ އާދަފުޅުން އެއްކިބާވެވޮޑިގެން، إبراهيمގެފާނު ދެކެ ވަރަށް ބޮޑަށް ލޯބިވެވޮޑިގަތެވެ. الله تعالى އިރާދަކުރެއްވައިފި ނަމަ، އެއްވެސް ވަސީލަތަކާ ނުލައި، ހުރިހާ އެއްޗެއް ވެސް ޚަލްޤުކުރެއްވީހެވެ. އަލިފާނާ ނުލައި އެންދެވީހެވެ. ކެއުމަކާ ނުލައި، ދުޅހެޔޮކޮށް ލެހެއްޓެވީހެވެ. އެކަމަކު، އެކަލާނގެ މަޚްލޫޤުންނަށް ދެއްވި ނިޢުމަތަކީ، ކޮންމެ އެއްޗެއް ވެސް މެދުވެރިވާ ކަންތައްތަކާ ލައިގެން ޚަލްޤުކުރެއްވުމެވެ. އެކަލާނގެ އިރާދަކުރެއްވީ، ވަކި އެއްޗިއްސެއް ވަކި ކަންތައްތަކެއް މެދުވެރިވެގެން ހިނގާ ގޮތަށް ތަކެތި ޚަލްޤުކުރެއްވުމަށެވެ. އެކަލާނގެ ޢަމަލުފުޅުތައް، މެދުވެރިވާ ކަންތައްތަކުގައި ފޮރުއްވެވި އެވެ. އަދި އެކަލާނގެ ކުޅަދުންވަންތަކަން، މެދުވެރިވާ ކަންތައްތަކުގެ ފަހަތުގައި ފޮރުއްވެވި އެވެ. އެކަލާނގެ ކަމެއް ޚަލްޤުކުރެއްވުމަށް އެދޭ މީހާ، އެކަމެއްގެ ސަބަބުތަކުގައި ހިފައިގެން އެކަމެއް ޙާޞިލުކުރެއެވެ. ބައްތިއެއް ދިއްލަން ބޭނުންވާ މީހާ، އަލިފާންދަނޑި ބޭނުންކުރެއެވެ؛ ޒައިތޫނިން ތެޔޮ ނަގަން ބޭނުންވާ މީހާ، ޗިސްކޮލާ އާލާތްތައް ބޭނުންކުރެއެވެ؛ ބޮލުގައި ރިހޭ މީހާ، އެސްޕިރިން ކައެވެ؛ ސުވަރުގެ އަށް ގޮސް ނިމުމެއް ނެތް ނިޢުމަތްތައް ޙާޞިލުކުރަން ބޭނުންވާ މީހާ، އިސްލާމް ދީނުގައި ވާ ގޮތަށް އުޅެއެވެ. އަމިއްލަ ގަޔަށް ބަޖިހާ މީހާ ނުވަތަ ވިހަ ބޯ މީހާ މަރުވާނެ އެވެ؛ ދާހިއްލާ އިރު ފެން ބޯ މީހާ ގެ ޞިއްޙަތު ގެއްލިއްޖެ އެވެ؛ ފާފަތައް ކޮށް އެމީހެއްގެ އީމާންކަން ނަގާލާ މީހާ ދާނީ ނަރަކަ އަށެވެ. އިންސާނާ ބޭނުންކުރަނީ ކޮންމެ ވަސީލަތަކަށް ވިޔަސް، އެ ވަސީލަތަކުން އޭނާ އަށް ޙާޞިލުވާނީ އެވަސީލަތެއް އެ ކަމަކަށް ލެއްވި ކަމެކެވެ. އިސްލާމް ދީނުގެ ފޮތްތައް ކިޔަވާ މީހަކަށް އިސްލާމް ދީން އުނގެނެވި، އިސްލާމް ދީނަށް ލޯބިޖެހި، މުސްލިމަކަށް ވެވޭނެ އެވެ. ކާފަރުންގެ މެދުގައި ދިރިއުޅެ، އެ މީހުން ދައްކާ ވާހަކަތަކަށް އަޑުއަހާ މީހާ އިސްލާމް ދީނުގެ ކަންތައްތައް ނޭނގޭ މީހަކަށް ވާނެ އެވެ. އިސްލާމް ދީން ނުދަންނަ ގިނަ މީހުން ބަދަލުވަނީ ކާފަރުންނަށެވެ. މީހަކު އުޅަނދަކަށް އަރާ އިރު، އިސްލާމް ދީން ނުދަންނަ މީހުން ކުފުރުވެއެވެ. މީހަކު ވެހިކަލަކަށް އެރުމުން، އެ ވެހިކަލް ދާ ތަނަކަށް އޭނާ ވެސް ދެއެވެ. ކަމެއް ވުމަކަށް މެދުވެރިވާ ކަންތައްތަކަކާ ނުލައި الله تعالى އެކަލާނގެ ޢަމަލުތައް ޚަލްޤުނުކުރައްވާ ނަމަ، އެއްވެސް މީހަކު އެހެން މީހަކަށް ބޭނުމެއް ނުވާނެ އެވެ. އެންމެން ވެސް ކޮންމެ ކަމެއް ވާން ބޭނުންވާނީ، އެހެން އެއްޗެއް މެދުވެރިނުވެ ސީދާ الله تعالى ގެ ޙަޟްރަތުންނެވެ. ވެރިޔާ އާއި، އޭނާގެ ދަށުގައި ހުންނަމީހާ، މަސައްކަތްކުރުވާ މީހާ އާއި، މަސައްކަތްކުރާ މިހާ، ދަރިވަރާއި، މުދައްރިސް ފަދަ އިޖްތިމާޢީ ގުޅުންތަކެއް މީސްތަކުންގެ މެދުގައި ނޯންނާނެ އެވެ. އެއާއެކު، މި ދުނިޔެ އާއި، ދެން އަންނަން އޮތް ދުނިޔޭގައި ކަންތައްތައް އޮންނާނީ އޮޅުންބޮޅުންވެފައެވެ. އަދި ރިވެތިކަމާއި، ހުތުރުކަމާ ދެމެދު، ހެވާއި، ނުބައިކަމާ ދެމެދު އަދި ކިޔަމަންތެރިވުމާއި، ބޯނުލެބުމާ ދެމެދު ފަރަޤެއް ނޯންނާނެ އެވެ.

مولَى ކުރައްވާ ކަންތަކަށް ބަލަމާ

ޙައްޤު ނުބައިކަންތައް ރަނގަޅުކޮށްލައޭ،
އެކަން ކުރަނީ އެހެން މީހުން ކަމަށް ހީނުކުރާށޭ،
ބުއްދިވެރިންނަށް އެހުރިހާ ކަމެއް އިޙްސާސްކުރެވޭއޭ،
مولَى ކުރައްވާ ކަންތަކަށް ބަލަމާހިނގާށޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ.
ތިބާ ﷲ އަށް އިތުބާރުކުރަންވާނެ އޭ،
އެކަލޭގެފާނާ ބެހޭގޮތުން އުނގެނި ހިތްހަމަޖެހުން ހޯދާށޭ،
ކެތްތެރިވެ އަމާންދޭށޭ.
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
ތިބާގެ ހިތް އެކަލާނގެއާ ގުޅުވާށޭ،
ރައްކާތެރިވުން ތިބާގެ ކިބާގައި ބާއްވާށޭ،
އެކަލާނގެ އިރާދަފުޅަށް ވިސްނާށޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
އެކަލާނގެއީ الخلّاق އޭ އަދި الرّحيم އޭ،
އެކަލާނގެއީ الرزّاق އޭ އަދި الكريم އޭ،
އެކަލަނގެއީ الفعّال އޭ އަދި الحاكم އޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
ކޮންމެ މީހެއް އެދުންތައް ފުއްދަވާ ފަރާތް ދަންނާށޭ،
އެކަލާނގެ އަށް އާދޭސްކޮށް ދުޢާ ދަންނަވާށޭ،
ތިބާގެ ހުރިހާ އެދުންތައް ދޫކޮށްލާށޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
ކަންކަމަށް ބާރުނުހިންގާށޭ،
އެކަމެއް ވެއްޖެ ނަމަ، އިދިކޮޅަށް ނުހިފާށޭ،
އެއީ، މާތް ﷲ ގެ ފަރާތްޕުޅުންނޭ، ދެކޮޅުނަހަދާށޭ
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
ހުރިހާ އެއްޗެއް ލިބެނީ ޙައްޤުގެ ފަރާތުންނޭ،
ހިތާމައާއި، ކަންބޮޑުވުމަކީ ބޭކާރު ކަމެކޭ،
އެކަލާނގެ ޙިކްމަތް ޖަރީކުރައްވައޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
އެކަލާނގެ ކުރައްވާ ކޮންމެ ކަމެއް މޮޅޭ،
އެކަތި އަނެކައްޗާ ގުޅިލާމެހިފައޭ،
އެކަލާނގެ ކުރައްވާ ކޮންމެ ކަމެއްވަނީ ގުޅިލާމެހިފައޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
ތިބާގެ ހިތުން ހިތާމަ ފިލުވާށޭ،
ތިބާގެ رَبُّ ގެ ޙަޟްރަތުން އަމާންކަން ހޯދާށޭ،
ހުރިހާ ކަމެއް އެކަލާނގެއަށް ދޫކޮށްލާށޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
އިންޞާފާ އަނިޔާވެރިކަމާ އޮޅުވާނުލާށޭ،
އަމާންދޭށޭ، ނަރަކާގައި ނައަނދާށޭ،
ކެތްތެރިވާށޭ، ވަރުބަލިނުވާށޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،

މިކަން މިހެން މިވާ ސަބަބު ނުބުނާށޭ،
އެކަން އެވަނީ ވާންވީ ގޮތަށޭ،
އޭގެ ނިމުމަށް ބަލައި ތަޙައްމަލުކުރާށޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
އެއްވެސް މީހަކު ދެރަނުކުރާށޭ،
ހިތްތަކަށް އަނިޔާދީ ފަޅާނުލާށޭ،
ތިބާގެ ނަފްސަށް އެ ގޮތަށް ހިތްވަރުނުދޭށޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
ނުކުޅެދިގެންވާ ދަނޑިވަޅު،
އެކަލާނގެ ތިބާ އަށް ދޮރުތައް ހުޅުއްދާދެއްވާނޭ،
އެކަލާނގެ ތިބާގެ މައްސަލަތައް ޙައްލުކޮށްދެއްވާނޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
ކޮންމެ ހިނދުކޮޅެއް ގައި އެކަލާނގެ ނަންފުޅުގަންނާށޭ،
ތިބާގެ ބުއްދި އެއްފަރާތްކޮށްލާފައި، ތިބާގެ ނަފްސު ދޫކޮށްލާށޭ،
ޙައްޤަށް ތަޢުރީފުކުރާ މީހަކަށް ވެގެން ބުނާށޭ،
މައުލާ ކުރައްވާ ކަމެއް ބަލަމާހޭ،
އެކަލާނގެ ކޮންމެ ކަމެއް ކުރެއްވިޔަސް ރީއްޗޭ،
إبراهيم حقّي أرزومي

الله تعالىވަނީ އެކަލާނގެ ޚަލްޤުކުރައްވާ އަޅުތަކުންގެ ކިބައިގައި އިރާދަ އުފައްވައި، އެއީ އެބައި މީހުންގެ ޢަމަލުތަކުގެ ވަޞީލަތަކަށް ހައްދަވާފައެވެ. އެކަލާނގެ އަޅަކު ކަމެއް ކުރަން ބޭނުންވުމުން، އެ ކަމެއް ޚަލްޤުކުރައްވަނީ ވެސް އެކަމަކަށް އިރާދަކުރެއްވުމުންނެވެ. އެ އަޅާ ބޭނުންނުވާ ނަމަ، ދެން الله تعالىއެކަމަކަށް އިރާދަނުކުރައްވައި، އެކަމެއް ޚަލްޤު ވެސް ނުކުރައްވައެވެ. މީސްތަކުންގެ އިޚްތިޔާރީ ޢަމަލުތައް ހިނގަނީ ދެ ކަމެއް ވެގެންނެވެ. ފުރަތަމަ، އެ މީހެއް އެކަމަކަށް ބޭނުންވުމާއި، ޤާބިލިއްޔަތުވުން ހިމެނެއެވެ. އެ ކަމަށް ޓަކައި، އަޅުތަކުންގެ ޢަމަލުތައް، ނުވަތަ އެ މީހުން ކުރަން ޤަސްދުކުޅަ ކަންތައްތައް އެ މީހުންގެ ގުނަވަންތަކުން ކުރުމަށް ކިޔެނީ كَسب އެވެ. އެއީ، އިންސާނީ ސިފައެކެވެ. ދެވަނަ އަށް، الله تعالى ގެ ޚަލްޤުކުރެއްވުން ހިނގައެވެ. الله تعالى ގެ އަމުރުފުޅުތަކާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާއި، ޘަވާބާއި، ޢަޒާބު ހިނގަނީ މީސްތަކުންނަށް كَسب ދެއްވާފައި ވާތީ އެވެ. މާޒީގައި ހިނގާފައިވާ ހުރިހާ ކަންތައްތަކާއި، މުސްތަޤްބަލުގައި ހިނގާނެ ކަންތައްތައް އެކަލާނގެ އަޒަލީ ޢިލްމުން ދެނެވޮޑިގަންނަވައެވެ. މިސާލަކަށް، ކާފަރަކު ކާފަރުކަން މަތީ އަބަދަށް ދެމިހުންނާނެ ކަން އެކަލާނގެ ދެނެވޮޑިގަންނަވައެވެ. ކޮންމެ ކަމެއް ހިނގާނީ ކިހިނެއްކަން އެކަލާނގެ ދެނެވޮޑިގަންނަވައެވެ. ހުރިހާ ޖަނަވާރުންނާއި، ގަސްތަކާއި، ދިރިނޫޅޭ މަޚްލޫޤުތަކާއި، ހަރުއެއްޗިއްސާއި، ދިޔާއެއްޗިއްސާއި، ގޭސްތަކާއި، ތަރިތަކާއި، މޮލެކިއުލްތަކާއި، ޒައްރާތަކާއި، އިލެކްޓްރޯންތަކާއި، އިލްކްޓްރޯމެގްނެޓިކް ރާޅުތަކާއި، ކޮންމެ މަޚްލޫޤެއްގެ ކޮންމެ ޙަރަކާތަކާއި، ޖިސްމާނީގޮތަށް ހިންގާ ކަންތަތަކާއި، ކެމިކަލް އަދި ނިއުކްލިއަރ ރިއެކްޝަންތަކާއި، އެނާޖީގެ ގުޅުންތަކާއި، ދިރޭތަކެތީ ގައި ހިނގާ ފިޒިއޮލޮޖިކަން ފިޒިއޮލޮޖިކަން ޙާދިސާތަކާއި، ކޮންމެ އެއްޗެއްގެ ވުޖޫދުވުމާއި ނުވުމާއި، އިންސާނުން ކުރާ ރަނގަޅު އަދި ނުބައި ކަންތައްތަކާއި، އެ މީހުންނަށް މި ދުނިޔެ އާއި އާޚިރަތުގައި ލިބޭ ޢަޒާބާއި، އަޒަލުގެ ކުރީގެ ގެ ޢިލްމުފުޅުގައި ހިމެނޭ ހުރިހާ އެއްޗެކެވެ. އެކަލާނގެ އަޒަލުގެ ކުރީގެ ހުރިހާ ކަމެއް ދެނެވޮޑިގެން ވެއެވެ. އަހަރެއްގެ ތެރޭގައި އިރުއަރާނެ އިރަކާއި، އޮއްސޭނެ އިރެއް ހިސާބުކުރެވި ކަލަންޑަރުތަކުގައި ލިޔެވިފައި ވެއެވެ. އިރު އަރާ އޮއްސެނީ ކަލަންޑަރުތަކުގައި ލިޔެވިފައިވާ ވަގުތުތަކުގައެވެ. އިރު އަރާ އޮއްސެނީ އެނގިފައިވާ ވަގުތުތަކުގައެއް ނޫނެވެ. އެހެނީ އެކަން އެގޮތަށް ކަލަންޑަރުތަކުގައި ލިޔެވިފައިވާތީ އެވެ. ކަލަންޑަރު ގައި ލިޔެވިފައި ވުމަކުން، އިރު އަރާ އޮއްސޭ ވަގުތަކަށް ބަދަލެއް ނާދެއެވެ. ހަމަ އެގޮތަށް، މީސްތަކުންނަށް ވާނެ ގޮތް الله تعالى އަށް އެނގިވޮޑިގަންނަވާތީ، އެކަލާނގެ ވަނީ އެގޮތަށް لوح المحفوظ ގައި ލިޔުއްވާފައެވެ. ބައެއް މީހުން ބަދުނަސީބުވާނެ ކަމަށް ޚަބަރުދެއްވާފައިވަނީ، އެމީހުންގެ އަމިއްލަ އިޚްތިޔާރު ގައި އެ މީހުން ކާފަރުކަމުގައި ތިބުމަށް ބޭނުންވެ، އީމާންވުމަށް ބޭނުންނުވާތީ އެވެ. އެހެން ނޫން ނަމަ، އެ މީހުން ކާފަރުންގެ ގޮތުގައި ތިބީ، އެކަން އެގޮތަށް އޮތްކަން الله تعالى ޚަބަރުދެއްވުމަކުނެއް ނޫނެވެ. ކީރިތި قرآن ގެ سورة الشّمس ގެ 7-10 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏وَنَفْسٍ وَمَا سَوَّاهَا ‎﴿٧﴾‏ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ‎﴿٨﴾‏ قَدْ أَفْلَحَ مَن زَكَّاهَا ‎﴿٩﴾‏ وَقَدْ خَابَ مَن دَسَّاهَا ‎﴿١٠﴾)‏* الشّمس: 10-7)‏ މާނައީ: "އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. (‏7)‏ ފަހެ، އެކަލާނގެ އެ نفس އަށް (‏ގެއްލުންހުރި)‏ ނުބައިގޮތާއި، (‏ފައިދާހުރި)‏ ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވި އެވެ (‏8)‏ އެ نفس طاهر ކޮށްފި މީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ، (‏9)‏ އަދި އެ نفس އަށް އުނިކަން ދީފި މީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ". އެބައިމީހުންގެ إرادة الجُزئيّة ބޭނުންކުރުމަށް މީސްތަކުންނަށް މިނިވަންކަން ލިބިގެންވެއެވެ؛ އެބައި މީހުންގެ މައްޗަށް މަޖްބޫރުކަމެއް ނެތެވެ. އޭގެ މާނައަކީ، އެإرادة الجُزئِيّة ހެޔޮކަންތައްތައް ކުރުމަށް ބޭނުންކޮށްފި ނަމަ، الله تعالى ރަނގަޅުގޮތް خلق ކުރައްވާނެ އެވެ. އެ އިރާދާ ގޯސްގޮތުގައި ބޭނުންކޮށްފި ނަމަ، الله تعالى ގޯސްގޮތް خلق ކުރައްވާނެ އެވެ. އޭގެ މާނައަކީ، އެކަލާނގެ ރަނގަޅު ގޮތް ދެއްވަނީ، ރަނގަޅު ގޮތް ބޭނުންވާ މީހުންނަށެވެ. އަދި އެމީހުން ނަސީބުވެރިންނަށް ވީއެވެ. މި ކަމުގައި މަޖްޒޫރުކަމެއް ނެތެވެ. الله تعالى މީސްތަކުން ފާފަކުރުމަށް މަޖްބޫރުކުރައްވައި، ގަދަކަމުން އެ މީހުން ނަރަކަ އަށް ނުވައްދަވައެވެ. މިހުރިހާ ކަމެއްގެ ތެރެއިން ވެސް ބޭއިންޞާފެއް ނެތެވެ. الله تعالى ޚަބަރުދެއްވާފައިވަނީ، ވާޖިބުތައް އަދާކޮށް ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވާ އެކަލާނގެ އަޅުތަކުންނަށް ޖަޒާދެއްވައި، އޭގެ އިދިކޮޅަށް ޢަމަލުކުރާ މީހުންނަށް الله تعالى ޢަޒާބުދެއްވާނެ އެވެ".

އިސްލާމްކަމުގެ ރުކުންތައް

އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ މައްޗަށް ވާ ފަސް ޟަރޫރަތެއް (‏ކޮންމެހެން ވެސް ކުރަންޖެހޭ)‏ ވެއެވެ. އެ ކަންތައްތަކަކީ:

އިސްލާމް ކަމުގެ ރުކުންތަކުގެ ތެރެއިން ފުރަތަމަ ރުކުނަކީ، كلمةُ الشَّهادة ކިޔުމެވެ. އޭގެ މާނައަކީ، أشْهَدُ أنَّ لَا إِلهَ وأشْهَدُ أنًّ مخمّدا عَبدُهُ وَ رَسُولُه ކިޔުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ވާހަކަދެއްކޭ، ބާލިޣުވެފައިވާ، ބުއްދި ސަލާމަތުން ހުރި މީހެއް ނަމަ، ހިތުގެ އަޑިން ބުނަންޖެހެނީ، "އުޑާއި ބިމުގައި، الله تعالى ފިޔަވާ އަޅުކަންކުރުން ޙައްޤު ފަރާތެއް ނުވެއެވެ. އަޅުކަން ކުރަންޖެހޭ ހަމައެކަނި ފަރާތަކީ ހަމައެކަނި الله تعالى އެވެ". އެކަލާނގެއަކީ واجبُ الوُجُود އެވެ. ހުރިހާ ބާރެއް ލިބިގެންވަނީ އެކަލާނގެ އަށެވެ. އެކަލާނގެ ކިބަފުޅު ގައި އެއްވެސް ޢައިބެއް ނެތެވެ. އެކަލާނގެ އިސްމުފުޅަކީ، الله އެވެ. އަނެއްކާ ވެސް، ރަތް ހުދު ކުލައެއްގެ އުޖާލާ، ފިނިފެންމާ ކުލައިގެ މޫނުފުޅަކާއި، ކަޅު ބުމަކޮޅަކާއި، ކަޅު ދެލޯފުޅާއި، ފުޅާ ނިތްކުރިފުޅަކާއި، މަޑުމޮޅި މނިޒާޖެއްގެ، ފޮނި ދޫފުޅެއްގެ ވެރި، ޢަރަބި ކަރައިގެ މައްކާ އަށް އުފަންވެވަޑައިގަތް، ހާޝިމީ ދަރިކޮޅުގެ، محمّد بن عبدالله އަކީ އަޅެކެވެ. އަދި ރަސޫލެކެވެ. މާނައަކީ، الله تعالى ގެ ނަބިއްޔެކެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ، آمنة بنت وهب އެވެ. މާތް الله އަށް ޙަމްދު ހުއްޓެވެ. އެއީ، އަހަރެމެންގެ ލޮބުވެތި ނަބިއްޔާ (‏صلّى الله عليه وسلّم)‏ އެވެ.

އިސްލާމް ކަމުގެ ދެވަނަ ރުކުނަކީ، އެ ނަމާދެއްގެ ވަގުތު ޖެހުމުން، ނަމާދުގެ ޝަރުޠުތަކާ އެއްގޮތަށް ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދު ޤާއިމްކުރުމެވެ. آدم (‏عليه السّلام)‏ ގެ ދުވަސްވަރުން ފެށިގެން ކޮންމެ ދީނެއް ގައި ވެސް ދުވާލަކު އެއް ފަހަރު ނަމާދުކުރުން ވަނީ ވާޖިބުވެފައެވެ. އެ ހުރިހާ ނަމާދެއް އެއްކުރެވި، محمّد رَسُوْلُ اللهِ ﷺ އަށް އީމާންވީ މީހުންގެ މައްޗަށް ފަރުޟުކުރެވިގެންދިޔަ އެވެ. ނަމާދުކުރުމަކީ، އީމާންކަމުގެ ރުކުނެއް ކަމުގައި ނުވިޔަސް، ނަމާދަކީ ފަރްޟެއް ކަމަށް ޤަބޫލުކުރުމަކީ، އީމާން ކަމަށް ކޮންމެހެން ޟަރޫރީ ކަމެކެވެ. ކޮންމެ ދުވަހަކު ފަސް ނަމާދުކުރުމަކީ، މުކައްލަފު ކޮންމެ މުސްލިމެއްގެ މައްޗަށް ޢައިނިއްޔަ ފަރްޟެކެވެ. ފަސް ނަމާދު ފަރްޟްކުރެވުނީ، މިޢުރާޖުގެ ރޭގައެވެ. މިޢުރާޖުގެ ކުރިން ކުރެވެމުންދިޔައީ ފަތިސް ނަމާދާއި، ޢަޞްރު ނަމާދެވެ.

އިސްލާމް ކަމުގެ ތިންވަނަ ރުކުނަކީ، މުދަލުން ޒަކާތްދިނުމެވެ. ޒަކާތުގެ ލުޣަވީ މާނައަކީ، ޠަހާރަތް، ތަޢުރީފުކުރުން އަދި ރަނގަޅުވެ ރިވެތި ވުމެވެ. އިސްލާމް ދީނުގައި ޒަކާތުގެ މާނަ އަކީ، ޒަކާތް ދޭންޖެހޭ މުދާ މިލްކުވެރިކަމުގައި ހުންނަ މީހާ، އެއީ، އޭނާ ބޭނުންވާ މިންވަރަށް ވުރެ ގިނައިން ހުންނަ މީހާ، نصاب އޭ ކިޔޭ ވަކި މިންވަރަކަށް އޭނާގެ މުދަލުން ވަކި މިންވަރެއް ވަކިކޮށް، ކީރިތި قرآن ގައި ކަނޑައަޅުއްވާފައިވާ މީހުންނަށް ދެއްކުންތެރިކަމަކާ ނުލައި ދިނުމެވެ. ހަތަރު މަޒްހަބި ގައި ވެސް ވަނީ ހަތަރު ވައްތަރެއްގެ ޒަކާތެވެ.: އެއީ، ރަނާއި ރިހިން ނަގާ ޒަކާތް، ވިޔަފާރި މުދަލުން ނަގާ ޒަކާތް، ހަމަސް ދުވަހަށް ވުރެ ގިނަ

ކީރިތި قرآن ގައި، ދުނިޔެއަށް އުފަންވެފައިވާ އަޅުތަކުންނަށް ކޮންމެހެން ބޭނުންވާ ކަންތައްތައް ވަނީ ކަނޑައަޅުއްވާފައެވެ؛ އީމާންނުވާ މީހުން ޢަޒާބަށް ބިރުގަނެއެވެ. އަދި އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅޭ މީހުންނަށް ވަނީ ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވާފައެވެ". الإمام الرباني (‏رحمه الله)‏

ދުވަހު ދަނޑުތަކުގައި ހުއިހައްޕަން ގެންގުޅޭ ޖަނަވާރުތަކުން، އަދި ބިމުގައި އިންދައިގެން ގޮވާންކުރާ ހުރިހާ ވައްތަރެއްގެ ދަނޑުގޮވާމުންނެވެ. "عُشَر" ގެ ނަމުން ނަންދެވިގެންވާ މި ހަތަރު ވަނަ ވައްތަރުން ޒަކާތް ދޭންޖެހެނީ ގޮވާންކަނޑާ ހިސާބުންނެވެ. އަނެއް ތިން ވައްތަރުން ޒަކާތް ދޭންޖެހެނީ ނިޞާބު ހަމަވާތާ އެއް އަހަރު ފަހުންނެވެ.

އިސްލާމް ކަމުގެ ހަތަރު ވަނަ ރުކުނަކީ، ރޯދަމަހުގެ ކޮންމެ ދުވަހަކު ރޯދަހިފުމެވެ. ރޯދަ ހިފުމަށް ކިޔޭ ނަމަކީ صَوم އެވެ. لُغوي ގޮތުން صَوم ގެ މާނަ އަކީ، އެއްޗެއް އެހެން އެއްޗެއްގެ ކިބައިން ސަލާމަތްކުރުމެވެ. އިސްލާމް ދީނުގައި صَوم ގެ މާނަ އަކީ، ރޯދަ މަހު ތިން އެއްޗަކުން ނަފްސު ޙިމާޔަތްކުރުމެވެ.: އެއީ، ކެއުމާއި، ބުއިމާއި، ޖިމާޢުކުރުމެވެ.

އިސްލާމް ކަމުގެ ފަސް ވަނަ ރުކުނަކީ، ކެރިކުޅަދާނަވެގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމެވެ. ކެރިކުޅަދާނަވެގެންވާ މީހާ، އޭނާ އެނބުރި އަންނަންދެން އޭނާގެ ޢާއިލާ އަށް ދިރިއުޅެވޭ ވަރަށް މުދާ ހުރެފައި، އޭގެ އިތުރަށް، މައްކާ އަށް ގޮސްފައި އެނބުރި އާދެވޭ ވަރަށް ފައިސާ ހުންނަ މީހަކު ނަމަ، އީހްރާމް ބަނދެގެން ހުރެ كعبة ވަށައިގެން طوافކޮށް، عرفات ބިމުގައި މަޑުކުރުމަކީ، މަގު އަމާން ނަމަ އަދި ހަށިގަނޑުގެ ދުޅަހެޔޮކަން ސަލާމަތްކުރެވޭ ނަމަ ޢުމުރުން އެއް ފަހަރު ކުރުން ވާޖިބު ކަމެކެވެ.

އަންނާށޭ، ނަމާދުކޮށް، ހިތްތަކުން ދަބަރު ފިލުވަމާހިނގާށެވެ،
ނަމާދުނުކޮށް ތިބާ އަށް ﷲ އާ ކުއްތަންނުވެވޭނެއޭ!
ނަމާދުކުރެވޭ ކޮންމެ ފަހަރަކު، ހިތްތަކުން ދަބަރު ފިލުވާށޭ،
ނަމާދުކުރުމަކާ ނުލައި މީހަކަށް ފުރިހަމަކަން ނުހޯދެނެއޭ!
ކީރިތި قرآن ގައި މާތް ﷲ ވަނީ ނަމާދަށް ވަރަށް ބޮޑަށް ޘަނާކިޔުއްވާފައޭ،
އެކަލާނގެ ވަޙީކުރައްވާފައިވަނީ، ނަމާދުނުކުރާ މީހަކަށް ލޯބިވެވޮޑިނުގަންނަވާނަމޭ!
حديث شريف ގައި ވާގޮތުން ނަމާދާ ނުލައި އީމާންކަން ފާޅުނުވާނެއޭ،
ނަމާދު ނުކުރުމަކީ، ބޮޑުވެގެންވާ ފާފައެކޭ، އެ ނަމާދުކުރުމުން މެނުވީ ޢަފޫނުކުރައްވާނެއޭ!
ނަމާދު މުހިއްމު ނޫން ކަމަށް ދެކޭ މީހާ، އެ ވަގުތު އީމާންކަމުން އެވަނީ ބޭރޭ،
ނަމާދުކުރުމަކާ ނުލައި އޭނާ އަލުން އިސްލާމަކަށް ނުވާނެއޭ!
ނަމާދުން ހިތް ސާފުދޮށްދެއޭ، ހުރިހާ ނުބައިކަމުން ރައްކާތެރިކޮށްދެއޭ،
ނަމާދުކުރުމަކާ ނުލައި، ތިބާ އަށް އަލިކަމެއް ނުލިބޭނެއޭ!

ނަމާދު ޤާއިމްކުރުން

އިސްލާމް ކަމުގެ ފަސް ރުކުނުގެ ތެރެއިން ދެ ވަނަ ރުކުނަކީ ނަމާދުކުރުމެވެ. ކޮންމެ ދުވަހަކު ފަސް ފަހަރު ކަނޑައެޅިފައިވާ ވަގުތުގައި ފަސް ނަމާދު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރްޟެކެވެ. ނަމާދު އަދާކުރަންވާނީ، އެ ނަމާދެއްގެ ވަގުތު ފާއިތުވުމުގެ ކުރިން، ނަމާދުގެ ފަރުޟުތަކާއި، ވާޖިބުތަކާއި، ސުންނަތްތަކަށް ސަމާލުކަން ދީގެން އަދި الله تعالى އަށް ހިތް ޚަލާޞްކޮށްގެންނެވެ. ކީރިތި قرآن ގައި ނަމާދަށް ކިޔެނީ "صلاة" އެވެ. ލުޣަވީގޮތުން صلاة ގެ މާނަ އަކީ މީސްތަކުންގެ ދުޢާ އާއި، މަލާއިކަތުން أستغفار ކުރެއްވުމާއި، މާތް الله ގެ ރަޙްމަތާއި، އޯގާވެރިކަމެވެ. އިސްލާމް ދީނުގައި صلاة ގެ މާނަ އަކީ ވަކި ޙަރަކާތްތަކެއް ކޮށް ކަނޑައެޅިފައިވާ ވަކި އެއްޗިހިތަކެއް ކިޔުމެވެ.

ނަމާދުގެ މުހިއްމުކަން

ނަމާދަކީ، رَسُوْلُ اللهِ ﷺ އަށް ކުރައްވާ ލޯތްބަށް ޓަކައި، މާތް ﷲ މުސްލިމުންނަށް ދެއްވި އެންމެ ބޮޑު، އެންމެ މުހިއްމު އަދި އެންމެ ރިވެތި ނިޢުމަތެވެ. ނަމާދަކީ، އިސްލާމް ދީނުގެ ރުކުނެކެވެ. ނަމާދަށް ރައްކާތެރިވެ، އެ ނަމާދު ޞައްޙަ ގޮތުގައި ޤާއިމްކޮށްފި މީހާ ދީން ޤާއިމްކޮށްފި އެވެ. އަދި އިސްލާމް ދީނުގެ ބިނާ ޤާއިމްކޮށްފި އެވެ. އަދި ނަމާދު ނުކުރާ މީހާ އޭނާގެ ދީނާއި، އިސްލާމް ދީނުގެ ބިނާ މުގުރާލައިފި އެވެ. رَسُوْلُ اللهِ ﷺ حديثކުރައްވާފައި ވެއެވެ.: "އަހަރެމެންގެ ދީނުގެ ބޮލަކީ ނަމާދެވެ". އެއްވެސް އިންސާނަކަށް ބޮލާ ނުލައި ދިރިނޫޅެވޭނެ ފަދައިން، ނަމާދާ ނުލައި ދީން އޮތުމަކީ ވުން އެކަށީގެންވާ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި، ނަމާދަކީ، އީމާން ކަމަށް ފަހު އެންމެ ފުރަތަމަ ވަޞިއްޔަތެވެ. الله تعالى ނަމާދު ފަރުޟުކުރެއްވީ، އެކަލާނގެ އަޅުން ހަމައެކަނި އެކަލާނގެ އަށް އަޅުކަން ކުރުމަށް ޓަކައެވެ. "ނަމާދު ޤާއިމްކުރޭ" މި އަމުރު ކީރިތި قرآن ގެ ސަތޭކަ އަށް ވުރެ ގިނަ އާޔަތުގައި الله تعالى ވަނީ ވަޙީކުރައްވާފައެވެ. رَسُوْلُ اللهِ ﷺ ގެ حديثފުޅެއްގައި ވާރިދުވެގެން އައިސްފައި ވެއެވެ.: "الله تعالى އަމުރުފުޅުކުރައްވާފައިވަނީ، ކޮންމެ ދުވަހަކު ފަސް ނަމާދު ކުރުމަށެވެ. އަދި މާތް ﷲ ވަޢުދުކުރައްވާފައިވަނީ، ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދު ބަރާބަރަށް ކުރާ މީހާ ސުވަރުގެ ވައްދަވާނެ ކަމަށް الله تعالى ވަނީ ވަޢުދުވެވަޑައިގެންފައެވެ". ނަމާދަކީ އަހަރެމެންގެ ދީނުގައި ފަރްޟްކުރައްވާފައިވާ އަޅުކަންތަކުގެ ތެރެއިން އެންމެ އަގުހުރި އަޅުކަމެވެ. رَسُوْلُ اللهِ ﷺ ގެ حديثފުޅެއްގައި ވާރިދުވެގެން އައިސްފައި ވެއެވެ.: "ނަމާދު ނުކުރާ މީހާ އަށް އިސްލާމް ދީނުން ޙިއްޞާއެއް ނުވެއެވެ". އެހެން ޙަދީޘެއް ގައި ވާރިދުވެފައި ވެއެވެ.: "މުސްލިމަކާ ކާފަރަކާ ވަކިކޮށްދޭ އެއްޗަކީ ނަމާދެވެ". އޭގެ މާނަ އަކީ، މުއުމިން ނަމާދުކުރާ ކަމާއި، ކާފަރު ނަމާދުނުކުރާ ކަމެވެ. ނަމާދު އަދާކުރުމަކީ، الله تعالى ގެ މަތިވެރިކަމާ މެދު ވިސްނައި، އެކަލާނގެ ކުރިފުޅުމަތީ ގައި އިންސާނާގެ އުނިކަން ދެނެގަތުމެވެ. މިކަން ދެނެގެންފި މީހާ އަބަދު ވެސް ހެޔޮކަންތައް ކުރެއެވެ، އަދި އެފަދަ މީހަކު އެއްގޮތަކަށް ވެސް ނުބައި ކަންތައް ނުކުރާނެ އެވެ. މީހަކު الله تعالى ގެ ޙަޟްރަތުގައި ކޮންމެ ދުވަހަކު ފަސް ފަހަރު ވާން ނިޔަތް ގަނެފި މީހާގެ ހިތް ފުރިގެންވާނީ އިޚްލާޞްތެރިކަމުންނެވެ. ނަމާދު ކުރާ އިރު ކުރުމަށް އަމުރުކުރައްވާފައިވާ ކޮންމެ ޙަރަކާތަކުން ހިތަށާއި، ހަށިގަނޑަށް ތަފާތު އެކި ފައިދާތައް ލިބެއެވެ. މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުން، މުސްލިމުންގެ ހިތްތައްތައް އެކަކު އަނެކަކާ ގުޅޭނެ އެވެ. އަދި އެކަމުގެ ސަބަބުން، އެބައި މީހުންގެ މެދުގައި ލޯބި އުފެދި، އެ މީހުންނަކީ އަޚުން ކަމުގައި ދެނެގަންނާނެ އެވެ. ބޮޑެތި މީހުން ކުޑަކުދިންނަށް ހެޔޮކޮށް ކަންތައް ކޮށް، ކުޑަކުދިން ބޮޑެތި މީހުންނަށް އިޙްތިރާމްކުރާނެ އެވެ. މުއްސަދިން، ފަޤީރުންނަށް އަދި ގަދަފަދަ މީހާ ބަލިކަށި މީހާ އަށް އެހީތެރިވާނެ އެވެ. ދުޅަހެޔޮ މީހާ، ބަލިމީހުންނަށް އެ މީހުންގެ ގޭގައި ތިއްބާ ޒިޔާރަތްކުރާނެ އެވެ. އެއީ، އެ މީހުން މިސްކިތުން ނުފެންނާތީ އެވެ. رَسُوْلُ اللهِ ﷺ ގެ حديثފުޅުގައި ވާރިދުވެފައިވަނީ، "އިސްލާމް ދީނުގައި އޭނާގެ އަޚާ އަށް އެހީތެރިވުމަށް ދާ މީހާގެ އެހީތެރި ފަރާތަކީ މާތް ﷲ އެވެ"، މިހެންނެވެ. މި حديث ގައި ވާރިދުވެފައިވާ އުފާވެރި ނިޢުމަތް ހޯދުމަށް ޓަކައި، މުސްލިމުން އެބައި މީހުންގެ މެދުގައި ވާދަކުރެއެވެ.

"ނަމާދު ނުކުރާ މީހާގެ ކިބައިގައި އިސްލާމް ދީނުގެ ޙިއްޞާއެއް ނުވެއެވެ". حديث شريف

ނުބައި، ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް އަރައިގަތުމުން ނަމާދު ދުރުކޮށްދެއެވެ. ފާފަތަކުގެ ކައްފާރާއަކަށް ބަދަލުވެގެން ދެއެވެ. رَسُوْلُ اللهِ ﷺ ގެ ހަދީޘްފުޅެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ފަރްޟް ފަސް ނަމާދުގެ މިސާލަކީ، ތިބާގެ ގޭގެ ކުރިމަތިން ދައުރުވާ ކޯރެއްގެ މިސާލެވެ. ކޮންމެ ދުވަހަކު އެ ކޯރުން ފެންވަރާ ނަމަ، އޭނާގެ ހަށިގަނޑުގައި އެއްވެސް މިލައެއް ނުހުންނާނެ އެވެ. ހަމަ އެހެންމެ، ކޮންމެ ދުވަހަކު ފަރްޟް ފަސް ނަމާދު ކުރާ މީހާގެ ކުދި ފާފަތައް ފުއްސަވާދެއްވާނެ އެވެ". الله تعالى އަށާއި، އެކަލާނގެ ރަސޫލުންނަށް އީމާންވުމަށް ފަހު، އެހެން ހުރިހާ ޢަމަލުތަކާއި، އަޅުކަންތަކުގެ މައްޗަށް ނަމާދު އިސްވެގެން ވެއެވެ. އެހެންކަމުން، ނަމާދު އަދާކުރަންޖެހެނީ، ނަމާދުގެ ފަރުޟުތަކާއި، ވާޖިބުތަކާއި، ސުންނަތްތަކާއި، މުސްތަޙައްބު ކަންތައްތަކަށް ރިޢާޔަތްކޮށްގެންނެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "އޭ ތިމަންކަލޭގެފާނުގެ އުއްމަތެވެ! އަދި ތިމަންކަލޭގެފާނުގެ އަޞްޙާބުންނޭވެ! ނަމާދުގެ ހުރިހާ ޙުކުމްތަކަށް ރިޢާތްކޮށް ފުރިހަމައަށް އަދާކުރެވޭ ނަމާދަކީ ލޯބިވެވޮޑިގަންނަވާ ޢަމަލުތަކުގެ ތެރެއިން އެންމެ މަތިވެރި ޢަމަލެވެ. އެއީ، ނަބީ ބޭކަލުންގެ ސުންނަތެވެ. ނަމާދު ދެކެ ނަބީ ބޭކަލުން ލޯބިވިއެވެ. ނަމާދަކީ معرفة، ބިން އަދި އުޑުތަކުގެ އަލިކަމެވެ. (‏معرفة: الله تعالى ގެ ޒާތުފުޅާއި ސިފަފުޅުތަކާ ބެހޭ އިލްމު)‏ އެއީ ހަށިގަނޑުގެ ބާރެވެ. އެއީ ރިޒްޤުގެ ތަނަވަސްކަމެވެ. ނަމާދަކީ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެވެ. ނަމާދަކީ، الملك الموت ގެ މައްޗަށް ވާ ޝަފާޢަތެކެވެ. ނަމާދަކީ، ކަށްވަޅު ގައި ނޫރެކެވެ. އަދި مُنكرُ އަދި نَكِبرُ (‏ކަށްވަޅުގައި ސުވާލުކުރައްވާ މަލާއިކަތުން)‏ އަށް ޖަވާބެކެވެ. އެއީ، ޤިޔާމަތް ދުވަހު ހިޔަލެކެވެ. އަދި އެއީ، އިންސާނާ އާއި، ނަރަކައިގެ އަލިފާންގަނޑަ ދެމެދު ވާ ޚަންދަޤެކެވެ. ނަމާދުގެ ސަބަބުން، صراط ފާލަން މަތިން ވިދުވަރެއް ހާ އަވަހަށް ހުރަސްކުރެއެވެ. އެއީ ސުވަރުގޭގެ ތަޅުދަނޑި އެވެ. އެއީ، އެމީހަކުގެ ސުވަރުގޭގެ ތާޖެވެ. ނަމާދަށް ވުރެ މުހިއްމު އެއްޗެއް الله تعالى މުއުމިނުންނަށް ނުދެއްވައެވެ. އެއަށް ވުރެ މަތިވެރި އަޅުކަމެއް ވާ ނަމަ، އެކަލާނގެ އެ ކަމެއް މުއުމިނުންނަށް ގެނެސްދެއްވީހެވެ. އެހެނީ، ބައެއް މަލާއިކަތުން ތިއްބަވަނީ، قيام ގައެވެ. އަނެއް ބައި ބޭކަލުން ތިއްބަވަނީ رُكُوع ގައެވެ. ބައެއް ބޭކަލުން سجدة ގައެވެ. ބައެއް ބޭކަލުން ޝަހާދަތް ކިޔުއްވުމުގައެވެ. އެކަލާނގެ މި ހުރިހާ ކަމެއް ނަމާދެއްގެ އެއް ركعة ގައި ލައްވައި، އެ ކަންތައްތައް މުއުމިނުންނަށް ހަދިޔާއެއްގެ ގޮތުގައި ދެއްވި އެވެ. އެހެނީ، ނަމާދަކީ އީމާންކަމުގެ ބޮލެވެ. ދީނުގެ ތަނބެވެ. އަދި އިސްލާމް ދީނުގެ ކަލިމައެވެ. އަދި މުއުމިނުންގެ معراج އަށެވެ. ނަމާދަކީ އުޑުގެ ނޫރެވެ. ނަމާދަކީ، ނަރަކައިން ސަލާމަތްކޮށްދޭ އެއްޗެކެވެ". އެއް ދުވަހަކު، ޢާލީގެފާނަށް ޢަޞްރު ނަމާދު ވަގުތު ގައި ނުކުރެވުނެވެ. މިކަމާ ވީ ދެރައިން، އެކަލޭގެފާނު ފަރުބަދައަކުން ފުންމާލައްވައިފި އެވެ. ގިސްލަމުން عليގެފާނު ކީރިތިކުރައްވައިފި އެވެ. رَسُوْلُ اللهِ ﷺ އަށް މިކަން އެނގިވަޑައިގަތުމުން، އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު علي (‏رضي الله عنه)‏ ގެ އަރިހަށް ވަޑައިގެންފި އެވެ. عليގެފާނު އޮތް ޙާލަތު ފެނިވަޑައިގެން رَسُوْلُ اللهِ ﷺ ވެސް ކީރތިކުރައްވަން ފަށްޓަވައިފި އެވެ. އަދި الله تعالى އަށް ދުޢާދެންނެވި އެވެ. އިރު އަނެއްކާ ވެސް ފެންނަން ފަށައިފި އެވެ. عليގެފާނާ މުޚާޠަބުކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ علي އެވެ! ތިބާގެ ބޯ ހިއްލާށެވެ. އިރު އަދިވެސް އެބަ ފެނެއެވެ". علي (‏رضي الله عنه)‏ ވަރަށް ބޮޑަށް އުފާވެއްޖެ އެވެ. އަދި އޭނާގެ ނަމާދު ކުރައްވައިފި އެވެ. އެއް ރޭ أبُو بكر (‏رضي الله عنه)‏ ވަރަށް ބޮޑަށް އަޅުކަންކުރައްވައި، ރޭގަނޑު ވަރަށް ބޮޑަށް ދަންވެފައި ހުއްޓާ އަވަހާރަފުޅުލެޕެވިއްޖެ އެވެ. وِتر ނަމާދުގެ ވަގުތު ފާއިތުވެއްޖެ އެވެ. އ ރޭ ފައިސް ނަމާދަށް ވަޑައިގެންނެވި އިރު رَسُوْلُ اللهِ ﷺ ގެ ފަހަތްޕުޅުން އޭނާ ވަޑައިގެންފި އެވެ. އެގޮތުން އޭނާ މިސްކިތުގެ ދޮރާ ހަމަޔަށް ވަޑައިގެންފައި ކީރިތިކުރައްވާފައި ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް އެހީތެރިވެ ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ وِتر ނަމާދުގެ ވަގުތު ފާއިތުވެއްޖެ އެވެ". رَسُوْلُ اللهِ ﷺ ވެސް ކީރިތި ކުރައްވަން ފައްޓަވައިފި އެވެ. އެއާއެކު، جبريل (‏عليه السّلام)‏ ވަޑައިގެން ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! صِدّيق އަށް ވިދާޅުވާށެވެ. އޭނާ އަށް الله تعالى ޢަފޫކުރައްވައިފި އެވެ".

އެއް ރޭ، ވަލީވެރިންގެ ތެރޭގައި ހިމެނޭ حضرة بايزيد البسطامي ފަތިސް ނަމާދަށް ހޭފުޅުނުލެއްވުނެވެ. އޭނާ ކަރުނައޮއްސަމުން އަޑުންއަޑުނަގައި ވަރަށް ބޮޑަށް ކިރިތިކުރައްވައިފިއެވެ. ދެން އޭނާ އަށް އިވުނު އަޑަކީ: "އޭ بايزيد އެވެ. ތިމަން ރަސްކަލާނގެ ތިބާގެ ތި ކުށަށް މަޢާފުދެއްވައިފީމެވެ. ތިބާގެ ރުއިމަށް ތިމަންރަސްކާލނގެ ހަތްދިހަ ހާސް ނަމާދުގެ ޘަވާބު ދެއްވައިފީމެވެ". މަސްތަކެއް ފަހުން، އޭނާއަށް އަނެއްކާ ވެސް މާ ބޮޑަށް ނިދިއްޖެ އެވެ. ޝައިޠާނާ އައިސް އޭނާގެ ދެ ފައިތިލައިގައި ހިފައި އޭނާ ހޭލައްވައިފި އެވެ. ޝައިޠާނާ ބުންޏެވެ. "ތެދުވާށެވެ. ތިބާގެ ނަމާދު ވަގުތު ނިމެން ވަރަށް ކައިރިވެއްޖެ އެވެ"! حضرة بايزيد البسطامي ސުވާލުކުރެއްވި އެވެ. "އޭ ملعُون އެވެ! ކަލޭ މިފަދަ ކަމެއް ކުރީ ކީއްވެގެން ހެއްޔެވެ؟ ކަލޭ ބޭނުންވަނީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަމާދު ގެއްލުވާލުމަށެވެ. އެ ނަމާދުގެ ވަގުތު ފާއިތުވުމަށެވެ. ކަލޭ އަހަރެން ހޭއެރުވީ ކީއްވެގެން ހެއްޔެވެ"؟ ޝައިޠާނާ ޖަވާބު ދިނެވެ. "ތިބާ އަށް ފަތިސް ނަމާދު ދޫކޮށްލެވުނު ދުވަހު ރުއިމުގެ ސަބަބުން ތިބާ އަށް ހަތްދިހަ ހާސް ނަމާދުގެ ޘަވާބު ލިބުނެވެ. އެކަމަށް ބަލާފައި، ތިމަންނާ ތިބާ ހޭއެރުވީ، އޭރުން ތިބާ އަށް، ހަތްދިހަ ހާސް ނަމާދުގެ ޘަވާބުގެ ބަދަލުގައި އެއް ނަމާދުގެ ޘަވާބު ލިބޭނެތީއެވެ"! މަތިވެރި ވަލީވެރިއެއް ކަމަށް ވާ حضرة جُنّيدُ البغدادي ވިދާޅުވެފައި ވެއެވެ. "ޤިޔާމަތް ދުވަހުގެ އެއްހާސް އަހަރަށް ވުރެ މި ދުނިޔޭގެ އެއް ގަޑި އިރުގެ ހެޔޮކަން އިތުރުވެގެން ވެއެވެ. އެހެނީ، މި އެއް ގަޑި އިރުގެ ތެރޭގައި، މީހަކަށް މަޤްބޫލު ހެޔޮ ޢަމަލެއް ކުރެވޭނެތީ އެވެ؛ އެހެން ނަމަވެސް، ޤިޔާމަތް ދުވަހުގެ އެއް ހާސް އަހަރުގެ ތެރޭގައި އެއްވެސް ކަމެއް ކުރުމަކީ މުސްތަޙީލު ކަމެކެވެ". رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ޤަޞްދު ގައި ދެ ނަމާދު އެކުގައި ކުރާ މީހާ (‏ނަމާދުގެ ވަގުތު ފާއިތުވާ ފަހުން ނަމާދުކުރާ މީހާ)‏ ނަރަކައިގައި އަށްޑިހަ حقبة ވަންދެން އަނދާނެ އެވެ". އެއް ޙުކްބާ އާޚިރަތުގެ އަށްޑިހަ އަހަރާ އެއްވަރެވެ. އާޚިރަތުގެ އެއް ދުވަސް، ދުނިޔޭގެ އެއްހާސް އަހަރާ އެއްވަރެވެ. އެހެންކަމުން، އަހަރެންގެ ދީނުގެ އަޚާއެވެ! ބޭކާރު ކަންތައްތަކުގައި ތިބާގެ ވަގުތު ބޭކާރުނުކުރާށެވެ. ތިބާ އަށް ލިބިފައިވާ ވަގުތުގެ އަގުވަޒަންކުރާށެވެ. ތިބާގެ ވަގުތު އެންމެ ރަނގަޅު ކަންތައްތައް ކުރުމުގައި ހޭދަކުރާށެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "އެންމެ ބޮޑު މުޞީބާތަކީ ބޭކާރު ކަންތައްތަކުގައި ވަގުތު ހޭދަކުރުމެވެ". ޤިޔާމަތް ދުވަހު ދެރަނުވުމަށް ޓަކައި އަދި ގިނަގުނަ ޘަވާގު ލިބިގަތުމަށް ޓަކައި، ތިބާގެ ނަމާދު އޭގެ ވަގުތުގައި އަދާކުރާށެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "އެ ދުވަހެއްގައި ކުރަންޖެހޭ ނަމާދުތަކުގެ ތެރެއިން އެއް ނަމާދު އޭގެ ވަގުތުގައި ނުކޮށް އެ ނަމާދު ޤަޟާކުރުމުގެ ކުރިން އޭނާ މަރުވެއްޖެ ނަމަ، އޭނާގެ ކަށްވަޅަށް ނަރަކައިގެ ހަތްދިހަ ދޮރު ހުޅުވޭނެ އެވެ. ޤިޔާމަތާ ޖެހެންދެން އޭނާ އަށް ޢަޒާބު ދެވޭނެ އެވެ". ޤަސަދު ގައި ނަމާދު އޭގެ ވަގުތުގައި ނުކުރާ މީހާ، މާނައަކީ، ނަމާދުގެ ވަގުތު ނިމިގެންދާ އިރު، އޭގެ ވަގުތުގައި ނުކުރެވެމުން އެކަމާ ދެރަނުވާ މީހާ ވާނީ ކާފިރަކަށެވެ. ނުވަތަ އޭނާ މަރުވާ އިރު އޭނާގެ އީމާންކަން އޭނާ އަށް ގެއްލޭނެ އެވެ. ނަމާދު ކުރަންޖެހޭކަން ހަނދާން ވެސް ނުހުންނަ ނުވަތަ ނަމާދުކުރުމަކީ ވާޖިބެއް ކަމަށް ބަލައިގެން ނޫޅޭ މީހާ އަށް ވެގެންދާނީ ކިހިނެއް ހެއްޔެވެ؟ ހަތަރު މަޒްހަބުގެ ޢިލްމުވެރިން އިއްތިފާޤުވާ ގޮތުގައި، ނަމާދާ މެދު ފަރުވާކުޑަކޮށްފި މީހާ، އަދި ނަމާދުކުރުމަކީ ވާޖިބެއް ކަމަށް ޤަބޫލުނުކުރާ މީހާ ވާނީ މުރުތައްދުވެފައިވާ މީހަކަށެވެ. އޭގެ މާނަ އަކީ ކާފިރަކަށް ވުމެވެ. ހަމައެއާއެކު، عبدالغني النّابلسي އޭނާގެ ފޮތް "الحديقة النّادية" ގެ "ދުލުގެ އާފާތްތައް" މި ނަންކިޔާ ބާބު ގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އެނގިހުރެ ނަމާދު ދޫކޮށްފައި، އަދި އެ ނަމާދު ޤަޟާނުކޮށްފި މީހާ އަދި އޭގެ ސަބަބުން ލިބިދާނެ ޢަޒާބަށް ބިރުވެތިނުވާ މީހާ އަކީ މުރުތައްދުވެފައިވާ މީހަކަށެވެ. އޭގެ މާނަ އަކީ ކާފިރަކަށް ވުމެވެ.

ނަމާދު فرض ކުރެވިގެންވަނީ ކޮން ބައެއްގެ މައްޗަށް؟

ކޮންމެ ދުވަހެއްގެ ފަރްޟް ފަސް ނަމާދު ކުރުމަކީ، ފިރިހެނަކަށް ވިޔަސް ނުވަތަ އަންހެނަކަށް ވިޔަސް، ބުއްދި ސަލާމަތުން ހުރި ބާލިޣުވެފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް فرض ވެގެންވާ ކަމެކެވެ. ނަމާދު ފަރްޟަކަށް ވުމަށް ތިން ޝަރުޠެއް ވެއެވެ. އެއީ:-

މުސްލިމަކަށް ވުން.
ބުއްދި ސަލާމަތުން ހުރުން.
ބާލިޣު ޢުމުރަށް އެޅުން.

އަހަރެމެންގެ ދީނުގައި، ބުއްދި އަދި ތަޞައްރަފުނުފުދޭ އަދި ބާލިޣުވެފައިނުވާ ޅަ ކުޑަކުދިންގެ މައްޗަކަށް ނަމާދު ކުރުން ލާޒިމެއް ނޫނެވެ. އެކަމަކު، އެ މީހުންގެ ދަރިންނަށް ދީން އުނގަންނައިދީ، އަޅުކަންކުރުމަށް އާދަކުރުވުމަކީ، މައިންބަފައިންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ.

"އެ ދުވަހެއްގައި ކުރަންޖެހޭ ނަމާދުތަކުގެ ތެރެއިން އެއް ނަމާދު އޭގެ ވަގުތުގައި ނުކޮށް އެ ނަމާދު ޤަޟާކުރުމުގެ ކުރިން އޭނާ މަރުވެއްޖެ ނަމަ، އޭނާގެ ކަށްވަޅަށް ނަރަކައިގެ ހަތްދިހަ ދޮރު ހުޅުވޭނެ އެވެ. ޤިޔާމަތާ ޖެހެންދެން އޭނާ އަށް ޢަޒާބު ދެވޭނެ އެވެ". حديث شريف

"ތިޔަބައިމީހުންގެ އެންމެންގެ މިސާލަކީ، ބަކަރި ހުއިހައްޕާ މީހެއްގެ މިސާލެވެ. ބަކައި ހުއިހައްޕާމީހާ އޭނާގެ ބަކަރިތަކަށް ރައްކާތެރިވާ ފަދައިން، ތިބާ، ތިބާގެ ގޭގައި ތިބޭ މީހުންނާއި، ތިބާގެ އަމުރުގެ ދަށުގައި ތިބޭ މީހުން ނަރަކައިން މިންޖުކޮށްދޭން ޖެހޭނެ އެވެ! އެ މީހުންނަށް އިސްލާމް ދީން އުނގަންނައިދޭށެވެ. އެހެން ނޫން ނަމަ ޒިންމާ ނަގަންޖެހޭނީ ތިބާ އެވެ". رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. " كلُّ مولودٍ يولَدُ على الفطرةِ فأبواه يُهوِّدانِه أو يُنصِّرانِه أو يُمجِّسانِه". މާނައީ، "ކޮންމެ ކުއްޖަކު ވެސް އުފަންވަނީ فطرة ގެ ސާފުކަން މަތީ ގައި އިސްލާމް ދީނަށެވެ. ދެން އޭގެ ފަހުން އެ ކުދިން މަސީޙީންނަށް ނުވަތަ ޔަހޫދީންނަށް ނުވަތަ ކާފަރުންނަށް ހަދަނީ އެބައި މީހުންގެ މައިންބަފައިންނެވެ". އެހެންކަމުން، ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، އެ މީހުންގެ ކުޑަކުދިންނަށް އިސްލާމް ދީން އުނގަންނައިދީ، ކީރިތި ޤުރްއާން ކިޔަވައިދީ، ނަމާދު އަދާކުރާނެ ގޮތާއި، އީމާންކަމާއި، އިސްލާމް ކަމުގެ ރުކުންތައް އުނގަންނައިދިނުމެވެ. އެބައި މީހުންގެ ދަރިން މުސްލިމަކަށް ވުމަށާއި، ދުނިޔެ އާއި އާޚިރަތުގައި ހިތުގެ ހަމަޖެހުމާއި، ނިޢުމަތްތައް ލިބުމަށް އެދޭ މައިންބަފައިން ފުރަތަމަ އެ މީހުންގެ މި ވާޖިބު އަދާކުރަންޖެހެއެވެ. އިސްލާމީ ޢިލްމުތައް އުނގަންނައިނުދެވޭ، އަދި ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުނުކުރެވޭ ކޮންމެ ކުއްޖަކަށް ނުބައި މީހުންނަށް އަވަސްކަމާ އެކު އޮޅުވާލެވޭނެ އެވެ. އެފަދަ ކުއްޖަކު ވާނީ، އޭނާގެ މައިންބަފައިންނަށާއި، ވަޠަނަށާއި، ޤައުމަށް ގެއްލުންދޭ ކުއްޖަކަށެވެ. މި ފޮތުގައި، ނަމާދުގެ ވާހަކަ އަންގާފައިވާނީ، ޙަނަފީ މަޒްހަބުގައިވާ ގޮތަށެވެ. އަހަރެމެން ވަނީ، ޙަނަފީ މަޒްހަބުގެ ބޮޑެތި ޢިލްމުވެރިންގެ ފޮތްތަކުން ތަންތަންކޮޅު ނެގުމަށް ފަހު، ދޭހަވާން ފަސޭހަވާ ގޮތަށް ތިލަކޮށްފައެވެ. މުސްލިމުންގެ މައްޗަށް ފަރްޟްކުރެވިގެންވާ ނަމާދު ބެހެނީ ތިން ގްރޫޕަކަށެވެ. އެއީ؛

ފަރްޟްވެގެންވާ ނަމާދުތައް: ފަރްޟް ނަމާދުތަކަކީ، ކޮންމެ ދުވަހަކު ކުރަންޖެހޭ ފަރްޟް ފަސް ނަމާދާއި، ހުކުރު ދުވަހުގެ ފަރްޟް ދެ ރަކްޢަތް ނަމާދާއި، ޖަނާޒާ ނަމާދެވެ. (‏ޖަނާޒާ ނަމާދުކުރުމަކީ ކިފާޔަތުގެ ފަރްޟެކެވެ.)‏

ވާޖިބުވެގެންވާ ނަމާދުތައް: ވިތުރި ނަމާދާއި، ދެ ޢީދު ނަމާދާއި، ނަދުރު ނަމާދާއި، ފެއްޓުމަށް ފަހު ނު ނިންމާ ނަމާދަކީ ވާޖިބު ނަމާދުތަކެވެ. ނުކޮށް ދޫކުރެވޭ ވިތުރި ނަމާދު ޤާޟާކުރަންޖެހޭނެ އެވެ.

ސުންނަތް ނަމާދުތައް: ސުންނަތް ނަމާދުތަކަކީ، ކޮންމެ ދުވަހެއްގެ ފަރްޟް ފަސް ނަމާދުގެ ސުންނަތްތަކާއި، ތަރާވީޙު ނަމާދާއި، އަޖްރު ހޯދުމަށްޓަކައި ކުރެވޭ ނަމާދާއި، تهجّد ނަމާދާއި، تحيّة المسجد ނަމާދާއި، إشراق ނަމާދާއި، أوّابين ނަމާދާއި، إستخارة ނަމާދާއި، تسبيج ނަމާދެވެ. މި ނަމާދުތައް ކުރުމަށް އަހަރެމެންގެ މައްޗަށް އަމުރުކުރެވިގެނެއް ނުވެއެވެ. އެއްވެސް ފަރްޟް އަދި ވާޖިބު ނަމާދެއް ޤަޟާކުރަންނުޖެހޭ މީހަކު ސުންނަތް ނަމާދު ކުރުމުން ޘަވާބު ލިބޭ ހުއްޓެވެ.

ފަސް ފަހަރު ނަމާދުކުރުން

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "الله تعالى އަމުރުކުރައްވާފައިވަނީ، ކޮންމެ ދުވަހަކު ފަސް ނަމާދުކުރުމަށެވެ. ޞައްހަ ގޮތުގައި ވުޟޫކޮށް، މި ފަސް ނަމާދު އޭގެ ވަގުތުގައި ރަނގަޅަށް رُكُوع އާއި سجدة ކޮށްގެން ކުރާ ނަމަ، الله تعالى އޭނާގެ ފާފަތައް ފުއްސަވާދެއްވާނެ އެވެ". ކޮންމެ ދުވަހަކު ކުރަންޖެހޭ މި ފަސް ނަމާދުތަކުގެ ޖުމްލަ ރަކްޢަތްތަކުގެ ޢަދަދަކީ، ސާޅީހެވެ. އޭގެ ތެރެއިން ސަތާރަ ރަކްޢަތަކީ ފަރްޟެވެ. ތިން ރަކްޢަތަކީ ވާޖިބެވެ. އަދި ވިހި ރަކްޢަތަކީ ސުންނަތެވެ. އެއީ:

ފަތިސް ނަމާދު ގައި ހިމެނެނީ ހަތަރު ރަކްޢަތެވެ. ފުރަތަމަ، ކުރަނީ ސުންނަތް ނަމާދެވެ. އެއީ ދެ ރަކްޢަތެވެ. ފަރްޟް ނަމާދު ކުރެވެނީ އޭގެ ފަހުންނެވެ. އެއީ ދެ ރަކްޢަތެވެ. ފުރަތަމަ ކުރާ ދެ ރަކްޢަތުގެ ސުންނަތް ވަރަށް މުހިއްމެވެ. ބައެއް ޢިލްމުވެރިން އެއީ ވާޖިބެއް ކަމަށް ވެސް ވިދާޅުވެއެވެ.

މެންދުރު ނަމާދު ގައި ހިމެނެނީ ދިހަ ރަކްޢަތެވެ. އެއީ، ފުރަތަމަ ސުންނަތުގެ ހަތަރު ރަކްޢަތާއި، ފަރުޟު ހަތަރު ރަކްޢަތާއި، ފަހު ސުންނަތުގެ ދެ ރަކްޢަތެވެ.

ޢަޞްރު ނަމާދު ގައި ހިމެނެނީއަށް ރަކްޢަތެވެ. އެއީ، އިހު ސުންނަތުގެ ހަތަރު ރަކްޢަތާއި، ފަރްޟް ހަތަރު ރަކްޢަތެވެ.
މަޣްރިބު ނަމާދު ގައި ހިމެނެނީ ފަސް ރަކްޢަތެވެ. އެއީ، ފަރްޟް ތިން ރަކްޢަތާއި، ފަހު ސުންނަތުގެ ދެ ރަކްޢަތެވެ.

ޢިޝާ ނަމާދު ގައި ހިމެނެނީ ތޭރަ ރަކްޢަތެވެ. އެއީ އިހު ސުންނަތުގެ ހަތަރު ރަކްޢަތާއި، ފަރްޟް ހަތަރު ރަކްޢަތާއި، ފަހު ސުންނަތުގެ ދެ ރަކްޢަތާއި، ވިތުރި ނަމާދުގެ ތިން ރަކްޢަތެވެ.

ނަމާދުގެ فرضތައް

فرض އަކީ، الله تعالى ޞަރީޙަކޮށް އަމުރުކުރައްވާފައިވާ ލާޒިމުކޮށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެވެ. އަޅުކަމެއްގެ ފަރްޟްތައް އަދާނުކުރާ ނަމަ، އެ އަޅުކަމެއް ޞައްޙައެއް ނުވާނެ އެވެ. ނަމާދުގައި ހިމެނެނީ ބާރަ ފަރްޟެވެ. މި ބާރަ ފަރުޟުތަކުގެ ތެރެއިން ހަތް ފަރްޟަކީ ނަމާދުން ބޭރުގެ ކަންތައްތަކެވެ. އަދި އޭގެ ތެރެއިން ފަސް ކަމަކީ ނަމާދުގެ ތެރޭގައި ހިމެނޭ ފަސް ކަމެވެ. ނަމާދުން ބޭރުގައި ހިމެނޭ ފަރްޟްތަކަށް ކިޔެނީ ޝަރުޠުތަކެވެ. އަދި ނަމާދުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް ކިޔެނީ ރުކުންތަކެވެ. (‏އިސްލާމީ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ޙަރަމްބަންނަ ތަކްބީރަކީ ނަމާދުގެ ތެރޭގެ ކަމެކެވެ. އެ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، ނަމާދުގެ ޝަރުޠުތަކާއި، ރުކުންގެ ކޮންމެ ކަމެއްގައި ހިމެނެނީ ހަ ކަމެކެވެ.)‏ ނަމާދުގެ ޝަރުޠުތައް ވަރަށް ގިނަކަމުން ދައްކުވައިދެނީ، ނަމާދަކީ މަތިވެރި ޢަމަލެއް ކަމާއި ހުރިހާ އަޅުކަމެއްގެ ތެރެއިން އެންމެ މުހިއްމު އަޅުކަމެވެ. އޭގެ އިތުރަށް، ނަމާދުގެ ވާޖިބުތަކަށާއި، ސުންނަތްތަކަށާއި، މުސްތަޙައްބު ކަންތައްތަކާއި، މަކްރޫހަ ކަންތައްތަކާއި، ފާސިދުވާ ކަންތައްތަކުން މަފްހޫމުވެގެންދަނީ، އަޅާ އޭނާގެ رَبُّ ގެ ޙަޟްރަތުގައި ވާނޭ ގޮތެވެ. އޭގެ އިތުރަށް ދަންނަވާ ނަމަ، އަޅުތަކުންނަކީ ބާރެއް ނެތް ބަލިކަށި މަޚްލޫޤުންނެވެ. ލާ ކޮންމެ ނޭވާއެއް ގައި، އެބައި މީހުން ހެއްދެވިالله تعالى ބޭނުންވެއެވެ. ނަމާދަކީ، އަޅާ އަށް އޭނާގެ ނިކަމެތިކަން ވިސްނައިގަނެވޭ ފަދަ އަޅުކަމެކެވެ.

ހ)‏ ޝަރުޠުކުރައްވާފައިވާ ނަމާދުގެ فرضތައް

ނަމާދުން ބޭރުގައިވާ ނަމާދުގެ ފަރުޟުތައް، އޭގެ ޝަރުޠުތައް ހަތެކެވެ.:

ޙަދަޘުން ޠާހިރުވުން

ޙަދަޘުން ޠާހިރުވުމަކީ، ވުޟޫ ނެތް މީހަކު ވުޟޫކުރުމާއި، ޖުނުބުވެރިވެފައިވާ މީހަކު ހިނައިގަތުމެވެ.

ޙަނަފީ މަޒްހަބާ އެއްގޮތަށް ވުޟޫކުރާނެ ގޮތް

ސުންނަތާ އެއްގޮތަށް ވުޟޫކުރުމަށް ޓަކައި ޢަމަލުކުރާނީ އަންނަނި ގޮތަށެވެ.:
ވުޟޫކުރަން ފަށާނީ އަތްތިލަ ހިމެނޭހެން ތިން ފަހަރު އަތް ދޮވުމުންނެވެ.
އަތްތިލައަށް އަޅައިގެން އަނގަޔަށް ތިން ފަހަރު ފެން އެޅުން.
ކަނާތުން ނޭފަތަށް ފެން އެޅުމަށް ފަހު، ވާތުން ނޭފަތް ފޮޅާލުން.

އަތްތިލަ އަށް ފެން އަޅައިގެން މޫނު ދޮވުން (‏ތިން ފަހަރު)‏. އެއީ، ނިތްކުރީގެ ބޭރު ފަރާތާއި (‏އިސްތަށި ފަޅާފައިވާ ހިސާބު)‏، ދަތްދޮޅި ނިމޭ ހިސާބާއި، ދެ ކަންފަތް ފެށޭ ހިސާބަށެވެ. އެއް ފަހަރު މޫނު ދޮވުމަކީ ފަރްޟެކެވެ. މޫނު ދޮންނަން ފަށްޓާ އިރު، ހިތުން ނިޔަތް ގަންނާނީ އެވެ.

އުޅަބޮއްޓާ ހަމަޔަށް ތިން ފަހަރު ކަނާތް ދޮވުން.
އުޅަބޮއްޓާ ހަމަޔަށް ތިން ފަހަރު ވައަތް ދޮވުން. ޝަރުތުވެގެންވަނީ އެއް ފަހަރު އަތްދޮވުމަށެވެ.

ދެ އަތް ދޮވުމަށް ފަހު، ދެ އަތްތިލަ އަނެއްކާ ވެސް ތެންމާލުމަށް ފަހު އެ ތެތްކަމުގައި ބޮލުގައި ފެންފުހެލާނީ އެވެ. އޭގަ ފަހުން، ދެ ކަންފަތާއި، ކަރުގެ ފުރަގަހުގައި ފެން ފުހެލާނީ އެވެ؛ ފަރްޟު މިންވަރަކީ މިއީ އެވެ. މީގެ ފަހުން، ދެ ކަންފަތާއި، ކަރުގެ ފުރަގަހުގައި ފެންއުނގުޅާށެވެ. އިސްވެ ބަޔާންވެދިޔަ ތިން އިޖްރާއަތު އެއްފަހަރާ ކުރުމަށް ޓަކައި، ދެ އަތްތިލަ ވެސް ތެންމާލެވެއެވެ. ދެ އަތްތިލައިގެ ޖެހިގެން ހުންނަ ހިމަ ތިން އިނގިލި ކައިރިކުރުމަށް ފަހު؛ އެ އިނގިލިތަކުގެ އެތެރެ ފަރާތް ނިތްކުރި މަތިން ބޮލުގެ އިސްތަށިގަނޑު ފެށޭ ހިސާބު ގައި ޖައްސާނީއެވެ. ދެ އަތުގެ މި އިނގިލިތަކުގެ ކޮޅުތައް ހުންނަންވާނީ

" كلُّ مولودٍ يولَدُ على الفطرةِ فأبواه يُهوِّدانِه أو يُنصِّرانِه أو يُمجِّسانِه". މާނއީ، "ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ގެ ސާފުކަން މަތީ ގައި އިސްލާމް ދީނަށެވެ. ދެން އޭގެ ފަހުން އެ ކުދިން މަސީޙީންނަށް ނުވަތަ ޔަހޫދީންނަށް ނުވަތަ ކާފަރުންނަށް ހަދަނީ އެބައި މީހުންގެ މައިންބަފައިންނެވެ". حديث شريف

ޖެހިފައެވެ. ދެ ބޮޑުވައި އިނގިއްޔާއި، ދެ ޝަހާދަތް އިނގިލި ހުންނަންވާނީ ވަކިން ހުޅުވިފައި ބޮލުގައި ނުޖެހޭ ގޮތަށެވެ. ދެން ދެއަތްތިލަ ފަހަތަށް ގެންގޮސް ދެ އަތްތިލައިގެ އެ ތިން އިނގިލިން ބޮލުގައި ފެން ފުހެލާނީ އެވެ. ދެ އަތްތިލަ ބޮލުގެ އިސްތަށިގަނޑު ނިމޭ ހިސާބަށް ގެންދެވުމުން، ދެ އަތްތިލައިގެ އެ ތިން

އިނގިލި ބޮލުން ނަގައި، ދެ އަތްތިލަ މަޑުމަޑުން ބޮލުގެ ދެ ފަރާތުގައި ޖައްސައި ކުރިމައްޗަށް ގެނެސް ބޮލުގެ ދެ ފަރާތުގައި ފެން ފުލެހާނީއެވެ. ދެން، ދެ އަތްތިލައިގެ ޝަހާދަތް އިނގިލިތައް ދެ ކަންފަތުގައި އަދި ބޮޑުވައިއިނގިލިތަކުގެ އެތެރެ ފަރާތް ދެ ކަންފަތުގެ ބޭރު ފަރާތުގައި ޖެއްސުމަށް ފަހު، ބޮޑުވައިއިނގިލިތައް ތިރިއަށް ގެނެސް ފެން ފުހެލާނީ އެވެ. ދެން، ދެ އަތްތިލައިގެ މި ތިން އިނގިލީގެ ބޭރު ފަރާތް ކަރުގެ ފުރަގަހުގައި ޖައްސައި، ކަރުގެ މެދުން ފެށިގެން ދެ ފަރާތަށް ގެނެސް ކަރުގައި ފެން ފުހެލާނީ އެވެ. (‏މި ގޮތަށް ބޮލުގައި ފެން ފުހުމަކީ مالكي މަޒްހަބު ގައި ފަރްޟެކެވެ.)‏

ކަރުގައި ފެން ފުހުމަށް ފަހު، އިޑިމާ އެކު ކަނާތު ފައިތިލަ ދެ ފަރާތުން ތިން ފަހަރު ދޮންނާށެވެ. އެއީ، ވާތުގެ ކުޑަވައިއިނގިލި، ކަނާތު ފައިތިލައިގެ ކުޑަވައި އިނގިލިން ފެށިގެން ފައިގެ އިނގިލިތަކުގެ ދޭތެރެއަށް ތިރިން ލައްވައިގެންނެވެ.

އިޑިމާ އެކު ވާތު ފައިތިލަ ދެ ފަރާތުން ތިން ފަހަރު ދޮންނާށެވެ. އެއީ، ކަނާތުގެ ކުޑަވައިއިނގިލި، ވާތު ބޮޑުވައި އިނގިލިން ފެށިގެން ފައިގެ އިނގިލިތަކުގެ ދޭތެރެއަށް ތިރިން ލައްވައިގެންނެވެ. ދެ ފައިތިލަ އިޑިމާ އެކު ދޮވުމަކީ ފަރްޟެކެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ވުޟޫ ކުރުމަށް ފަހު، އެއް ފަހަރު "إنّا نزّلنا" سورة ކިޔަވައިފި މީހަކު ޞިއްދީޤެއްގެ ގޮތުގައި ލިޔުއްވާނެ އެވެ. އެ ސޫރަތް ދެ ފަހަރު ކިޔަވައިފި މީހަކު ޝަހީދެއްގެ ގިތުގައި ލިޔއްވާނެ އެވެ. އަދި އެ ސޫރަތް ތިން ފަހަރު ކިޔަވައިފި މީހަކު ނަބިއްޔުންނާ އެކު މަޙްޝަރު ކުރައްވާނެ އެވެ". رَسُوْلُ اللهِ ﷺގެއެހެން ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ވުޟޫ ކުރުމަށް ފަހު ތިމަން ކަލޭގެފާނުގެ މައްޗަށް ދިހަ ފަހަރު ޞަލަވާތް ކިޔަވައިފި މީހަކުގެ ހިތާމަތައް ފިއްލަވައި، އޭނާ އަށް އުފާވެރިކަން ގެނެސްދެއްވާނެ އެވެ. އެކަލާނގެ އޭނާގެ ދުޢާ އިޖާބަކުރައްވާނެ އެވެ".

وُضُوء ގެއްލޭ ކަންތައް

ވުޟޫ ގެއްލޭ ހަތް ކަމެއް ވެއެވެ. އެއީ:
ދެ ދޮރުން ކުރެ ދޮރަކުން ނުކުންނަ ކޮންމެ އެއްޗެއް.

އަނގައިން ނުކުންނަ ހަޑިއެއްޗެހި: ހ)‏ އަނގަ ފުރޭ ވަރަށް ލެވޭ ހޮޑު. ށ)‏ މީހަކު ކުޅުޖަހާ އިރު، ކުޅަށް ވުރެ ލޭ ގިނަ ނަމަ. ވުޟޫ ގެއްލޭނެ އެވެ.

ހަމުގެ ތެރެއިން ނުކުންނަ އެއްޗެހި: ހ)‏ ލޭ، ދޮސް، ނުވަތަ ރީނދޫ ދިޔާ. ށ)‏ ލޭ ނުވަތަ ފާރުގަނޑު ގައި ހުންނަ ރީނދޫ ދިޔާ ނުވަތަ ދޮސް ކަފައިން ފުހުން.

ނިދުން: އަރިއަކަށް އޮވެ، ނުވަތަ އުއްޑުން އޮވެ، ނުވަތަ އުޅަބޮށުމަތީ ގައި އޮވެ، ނުވަތަ އެހެން އެއްޗެއްގެ މަތީގައި އޮވެ ނިދުމުން ވުޟޫ ގެއްލޭނެ އެވެ.

ހޭނެތުމުން، މޮޔަވުމުން، ނުވަތަ ފިޓް ޖެހުމުން ވުޟޫ ގެއްލޭނެ އެވެ. ހިނގާ އިރު ދެ ފަރާތަށް ހޫރެމުން ދާ ވަރަށް މަސްތުވުމުން ވުޟޫ ގެއްލޭނެ އެވެ.

رُكُوع އާއި سجدة ހިމެނޭ ނަމާދެއް ގައި ހުނުމުން ނަމާދާއި ވުޟޫ ވެސް ގެއްލޭނެ އެވެ. އެކަމަކު، އެހެންވުމަކުން، ކުޑަކުއްޖެއްގެ ނަމާދު ނުގެއްލޭނެ އެވެ. ނަމާދު ކުރަން ހުރެ ހީލުމަކުން ނަމާދު ނުވަތަ ވުޟޫ ނުގެއްލޭނެ އެވެ. އެތާ ތިބި އެހެން މީހުންނަށް އަޑުއިވިއްޖެ ނަމަ އެއީ ހުނުމެވެ. މީހަކަށް އޭނާގެ ހުނުމުގެ އަޑު ނީވޭ ނަމަ އެއީ ހީލުމެކެވެ.

مُباشرة الفاحشة ނުވަތަ އަންހެނަކާއި ފިރިހެނަކު އެ ދެ މީހުންގެ ޖިންސީ ގުނަވަންތައް އެކަކު އަނެކަކުގެ ގައިގައި ކޭއްތުމުން އެ ދެ މީހުންގެ ވުޟޫ ވެސް ގެއްލޭނެ އެވެ. މީހަކަށް އޭނާ ކުރިން ވުޟޫ ކުރިކަން އެނގޭ އިރު، އޭގެ ފަހުން އެ ވުޟޫ ގެއްލިފައިވާ ކަމަށް ކުރެވެނީ ޝައްކެއް ނަމަ، ބެލެވޭނީ އޭނާގެ ވުޟޫ ނުގެއްލޭ ކަމަށެވެ. އޭނާ އަށް އޭނާގެ ވުޟޫ ގެއްލުނުކަން އެނގޭ އިރު، އޭގެ ފަހުން އޭނާ ވުޟޫކުރިކަމާ މެދު އުފެދެނީ ޝައްކެތް ނަމަ، އޭނާ ވުޟޫކުރަން ޖެހޭނެ އެވެ.

غُسل (‏ޝަރުޢީ ގޮތުން ހިނައިގަތުން)‏

މަޤްބޫލު ނަމާދަކަށް ޞައްޙަ ވުޟޫއަކާއި، ޞައްޙަ ހިނައިގަތުމެއް ބޭނުންވާނެ އެވެ. ޖުނުބުވެރިވުމަށް ފަހު ކޮންމެ ފިރިހެނެއް ނުވަތަ އަންހެނެއްގެ މައްޗަށް، އަދި ޙައިޟް އާއި ނިފާސް ވުމަށް ފަހު ކޮންމެ އަންހެނެއްގެ މައްޗަށް އެ ނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން އެކަށީގެންވާ ވަގުތު އޮތް ނަމަ، ހިނައިގަތުމަކީ ފަރްޟެކެވެ. ޖުނުބެރިވަނީ ޖިންސީ ގުޅުން ހިންގައިގެން ނުވަތަ ހޭލާ ހުއްޓާ ނުވަތަ ނިދާފައި އޮތްވާ މަނި ބޭރުވުމުންނެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ހިނައިގަތުމަށް ޓަކައި، ތެދުވެއްޖެ މީހަކަށް އޭނާގެ ހަށިގަނޑު ގައި އިސްތަށްޓަކަށް ވާހާ ޢަދަދަކަށް (‏އޭގެ މާނަ އަކީ ގިނައިން)‏ އޭނާ އަށް ޘަވާބު ދެއްވައި، އެހާ ޢަދަދުގެ އޭނާގެ ފާފަތައް ފުއްސަވާދެއްވާނެ އެވެ. އޭނާ އަށް ސުވަރުގޭގައި ކުރިޔަށް ވުރެ މަތިވެރި ދަރަޖައެއް ދެއްވާނެ އެވެ. އޭނާގެ ހިނައިގަތުމަށް ޓަކައި އޭނާ އަށް ދެވޭނެ ނިޢުމަތްތައް، ދުނިޔޭގެ ހުރިހާ އެއްޗަކަށް ވުރެ ފައިދާހުއްޓެވެ. الله تعالى އެކަލާނގެ މަލާއިކަތުންނަށް ވަޙީބަސްފުޅު އިއްވަވާނެ އެވެ. 'ތިމަންރަސްކަލާނގެ މި އަޅާ އަށް ނިކަން ބލައިބަލާށެވެ! އެއްވެސް ޖެހިލުމެއް ނެތި، އޭނާ ވިސްނަނީ ތިމަންރަސްލާނގެ އަމުރުފުޅަށެވެ. އަދި ރޭގަނޑު ދަންވަރު ތެދުވެ ޖުނުބުވެރިވެފައި ވާތީވެ ހިނަގަނެއެވެ. ހެކިވާށެވެ. ތިމަންރަސްކަލާނގެ މިއަޅާގެ ފާފަތައް ތިމަންތަސްކާލނގެ އެ މީހަކަށް ޢަފޫކޮށްދެއްވައިފި އެވެ'".

ހިނައިގަތުމުގެ ފަރުޟުތައް

ޙަނަފީ މަޒްހަބުގައި ވާ ގޮތުން، ހިނައިގަތުމުގައި ތިން ފަރުޟެއް ވެއެވެ. އެއީ:

އަނގައިގެ އެތެރެ ދޮވުން. ކުޑަކުޑަ މިންވަރެއް ވެސް އަނގައިގެ އެތެރެއިން ތެތްނުކުރެވޭ ނަމަ، ނުވަތަ ދަތްތައް ނުވަތަ ހިރުގަނޑު ތެތްނުކުރެވޭ ނަމަ، ހިނައިގަތުން ޞައްޙައެއް ނުވާނެ އެވެ.

ނޭފަތުގެ އެތެރެ ދޮވުން. ނޭފަތުގެ އެތެރޭގައި ހިކިފައި ހުންނަ ރޯނގާ ނުވަތަ ކައިފައި ހުންނަ ޕާންކޮޅުކޮޅު ސާފުނުކުރެވޭ ނަމަ އެ މީހެއްގެ ހިނައިގަތުން ޞައްޙައެއް ނުވާނެ އެވެ. ޙަނަފީ މަޒްހަބުގައި ވާ ގޮތުން، މުޅި އަނގަ ދޮވުމާއި، ނޭފަތް ދޮވުމަކީ، ވުޟޫކުރުމާއި، ހިނައިގަތުމުގައި ވެސް ފަރްޟެކެވެ. شافعي، مالكي އަދި حنبلي މަޒްހަބު ގައި ހިނައިގަތުމަށް ނިޔަތްގަތުމަކީ ފަރްޟެކެވެ.

މުޅި ހަށިގަނޑު ދޮވުން. ފޫޅުގެ އެތެރެއާއި، މަތިމަހާއި، ބުމައިގެ އެތެރެ އާއި، ތުނބުޅި އަދި ތުނބުޅީގެ އިސްތަށިތަކުގެ ދަށުގައިވާ ހަންގަނޑާއި، ބޮލުގެ އިސްތަށިގަނޑު ދޮވުމަކީ ފަރްޟެކެވެ. އިނގިލިތަކުގެ ނިޔަފައްޗާއި، ތުންފަތާއި، ދެ ލޮލުގެ އެސްފިޔަ ނުވަރަ ހަށިގަނޑުގެ އެއްވެސް ބައެއް ގައި ހަށިގަނޑުގައި ފެންޖެހުން މަނާކުރާ (‏މިސާލަކަށް ނިޔަފަތި ޕޮލިޝް ފަދަ)‏ އެއްޗެއް ހުރެއްޖެ ނަމަ ހިނައެއް ނުގަނެވޭނެ އެވެ.

ހިނައިގަންނާނެ ގޮތް

ސުންނަތަށް ތަބަޢަވުމުގެ ގޮތުން حَنَفِي މަޒްހަބު ގައި ވާ ގޮތަށް ހިނައިގަތުމަށް ޓަކައި:

އަހަރެމެން ފުރަތަމަ ދޮންނާނީ، ސާފުތާހިރުކޮށް ހުއްޓަސް، ދެ އަތްތިލަ އާއި، ޖިންސީ ގުނަވަންތަކެވެ. ދެން، ހަށިގަނޑު ގައި އެއްވެސް މިލައެއް ހުރި ނަމަ އެ ނަޖިހެއް ދޮންނަންވާނެ އެވެ.

ދެން، އަހަރެމެން ފުރިހަމަ ވުޟޫއެއް ކުރަންޖެހެއެވެ. މޫނު ދޮންނަ އިރު، ހިނައިގަތުމުގެ ނިޔަތްގަންނާނީ އެވެ. ފައި ދަށުގައި ފެންބޮޑުނުވާ ނަމަ، އަހަރެމެންގެ ފައި ދޮންނަން ވެސް ޖެހެއެވެ.

ދެން އަހަރެމެން ގެ މުޅި ހަށިގަނޑަށް ތިން ފަހަރު ފެން އަޅާނީ އެވެ. އެގޮތުން ފުރަތަމަ ތިން ފަހަރު ބޮލަށް ފެންއަޅައި، ދެން ކަނާދތ ކޮނޑަށް ތިން ފަހަރު، ވާތު ކޮނޑަށް ތިން ފަހަރު ފެންއަޅާނީ އެވެ. ކޮންމެ ފަހަރަކު ވެސް، ފެންއެޅޭ ހިސާބު ރަނގަޅަށް ފެނުން ތެންމަންވާނެ އެވެ. އަދި ހަމައެއާއެކު، ފުރަތަމަ ފެންއަޅާ އިރު، މަޑުން ކާއްތަންވާނެ އެވެ. ހިނައިގަތުމުގެ ތެރޭގައި، އެއްގުނަވަނަކަށް އަޅާ ފެން އެހެން ގުނަވަނަކަށް އެޅި އެ ގުނަވަން ވެސް ސާފުވާ ގޮތަށް ފެންއެޅުން ޖާއިޒުވެގެން ވެއެވެ. އެހެނީ ހިނައިގަންނަ އިރު، ހަށިގަނޑު

"ހިނައިގަތުމަށް ޓަކައި، ތެދުވެއްޖެ މީހަކަށް އޭނާގެ ހަށިގަނޑު ގައި އިސްތަށްޓަކަށް ވާހާ ޢަދަދަކަށް (‏އޭގެ މާނަ އަކީ ގިނައިން)‏ އޭނާ އަށް ޘަވާބު ދެއްވައި، އެހާ ޢަދަދުގެ އޭނާގެ ފާފަތައް ފުއްސަވާދެއްވާނެ އެވެ. އޭނާ އަށް ސުވަރުގޭގައި ކުރިޔަށް ވުރެ މަތިވެރި ދަރަޖައެއް ދެއްވާނެ އެވެ". حديث شريف

ބެލެވެނީ އެއް ގުނަވަނުގެ ގޮތުގައެވެ. ހިނައިގަތުމުގެ ތެރޭގައި، ގުނަވަނަކަށް އެޅޭ ފެން އެހެން ގުނަވަނަކަށް އެޅި ތެމިއްޖެ ނަމަ އެ ގުނަވަން ދޮވުނީ ކަމަކަށް ނުބެލެވޭނެ އެވެ. ހިނައިގަތުން ނިމުމުން، އަލުން ވުޟޫކުރުމަކީ މަކްރޫހަ ކަމެކެވެ. އެކަމަކު، ހިނައިގަތުމުގެ ތެރޭގައި ވުޟޫ ގެއްލިފައި ވާ ނަމަ، އަލުން ވުޟޫކުރަންޖެހޭނެ އެވެ.

ނަރުގަނޑު އަޅާފައިވާ ނުވަތަ ފުޓުނިއަޅާފައިވާ ދަތްތަކާ ބެހޭ މުހިއްމު ޝަރަޙައެއް

ޙަނަފީ މަޒްހަބުގައި ދަތްތަކުގެ ދޭތެރެއާއި، ހިރުގަނޑު ރަނގަޅަށް ނުތެމޭ ނަމަ އެއީ ހިނައިގަތުމެއް ކަމަކަށް ނުބެލެވޭނެ އެވެ. އެހެންކަމުން، ދަތުގައި ނުވަތަ ނަރުގަނޑު އެޅުމުން ނުވަތަ ފުޓުނި އެޅުމުން އެ ހިނައިގަތުން ޞައްޙައެއް ނުވާނެ އެވެ. ޖުނުވެރިވުމުން ނުނިމޭނެ އެވެ، އެހެން ގޮތަކަށް ދަންނަވާ ނަމަ، ދަތުގައި އަޅާފައިވާ ނަރުގަނޑާއި، ފުޓުނި ދަށަށް ފެން ނުވަންނަ ނަމަ، އަދި އެއީ ރަން ނުވަތަ ރިހި ނުވަތަ އެހެން ވެސް ނަޖިހަށް ނުވާ އެހެން މަޢުދަނަކުން ނަމަ، ޙަނަފީ މަޒްހަބުގެ ހުރިހާ ޢިލްމުވެރިންގެ ރައުޔުގައި ހިނައިގަތުން ހުއްދައެއް ނުވާނެއެވެ. އެ މީހެއްގެ އަމިއްލަ މަޒްހަބު ގައި ފަރްޟެއް އަދާނުކުރެވޭ މީހެއް ނަމަ، އެ ކަން ކުރުމަށް ޓަކައި އެހެން މަޒްހަބެއް ގައި ވާ ގޮތަށް ޢަމަލުކުރުން ހުއްޓެވެ. އެކަމަކު، އެ ގޮތަށް ޢަމަލުކުރުމަށް ޓަކައި، އެ މަޒްހަބެއްގެ ޝަރުޠުތައް ވެސް ފުރިހަމަކުރަންޖެހޭނެ އެވެ. مالكي އަދި شافعي މި ދެ މަޒްހަބު ގައި ހިނައިގަތުމަށް ޓަކައި އަނގައިގެ އެތެރެ ދޮންނާކަށް ނުޖެހެއެވެ. حنفي މަޒްހަބުގެ މީހަކު، مالكي އަދި شافعي ގައިވާ ގޮތަށް ޢަމަލުކުރުމަށް ޓަކައި، ހިނައިގަންނަ އިރާއި، އަޅުކަމުގައި އަދި ނަމާދަށް ނިޔަތް ގަންނަ އިރު، އޭނާ الإمام المالكي (‏ނުވަތަ الشّافعي)‏ އަށް ތަބަޢަވަނީ ކަމަށް ހަނދުމަކުރުމުން ފުދޭނެ އެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އެފަދަ މީހެއްގެ ހިނައިގަތުން ޤަބޫލުކުރެވޭނީ، ފަށައިގަންނަ އިރު، އޭނާގެ ހިތަށް އަންނަނިވި ގޮތަށް ވިސްނާ ނަމައެވެ. "ހިނައިގަތުމުގައި مالكي (‏ނުވަތަ شّافعي)‏ މަޒްހަބަށް ތަބަޢަވުމަށް އަހަރެން ނިޔަތްގަންނަމެވެ". ދަތުގައި ނަރުގަނޑު ލައްވާފައިވާ ނުވަތަ ދަތުގައި ފުޓުނިއަޅާފައިވާ حنفي މަޒްހަބުގެ މީހަކު މިގޮތަށް ނިޔަތްގަންނަ ކަމަށް ވާ ނަމަ، އޭނާގެ ހިނައިގަތުން ޞައްޙަވާނެ އެވެ. އޭނާ ޖުނުބުވެރިކަމުން ބޭރުވެ ޠާހިރުވާނެ އެވެ. އޭނާ مالكي ނުވަތަ شّافعي މަޒްހަބުގައި ވާ ގޮތަށް ޢަމަލުކުރުމުން، އޭނާގެ ވުޟޫއާއި، ނަމާދު ޞައްޙަވާނެ އެވެ. ދަތުގައި ނަރުގަނޑު ލައްވާފައިނުވާ ނުވަތަ ދަތުގައި ފުޓުނިއަޅާފައިނުވާ މީހުންގެ ޖަމާޢަތަކަށް އިމާމުވެ ނަމާދުކުރުން އޭނާގެ މައްޗަށް ހުއްދަވެގެން ވެއެވެ.

އަނެއް ތިން މަޒްހަބު ގައި ހިނައިގަތުމުގެ ފަރުޟުތައް

مالكي މަޒްހަބު:

ނިޔަތް
دَلك (‏ގުނަވަންތައް ދޮންނަ އިރު އަތް ކޭއްތުން)‏
مُوَالاة (‏ހުއްޓުމެއް ނެތި ގުނަވަނަކަށް ފަހު ގުނަވަނެއް ދޮވުން)‏
ބޮލުގެ އިސްތަށިގަނޑާއި، ތުނބުޅީގައި ފުނާއެޅުން
މުޅި ހަށިގަނޑު ދޮވުން

شافعي މަޒްހަބު:

ނިޔަތް

މުޅި ހަށިގަނޑު ދޮވުން (‏شّافعي މަޒްހަބުގައި ތިން ފަރްޟްު ވާ ކަމަށް ބުނެވޭ ބަހުގެ މާނައަކީ، ހަށިގަނޑުގައި ވާ މިލަ ދޮވުން އިތުރުކުރެވުނު ވާހަކައެވެ. ހަށިގަނޑު ދޮންނަ އިރު، މިލަ ސާފުކުރެވޭނެތީ، ދެ ފަރްޟޭ ބުނުމަކަށް އިޢުތިރާޟެއް ނެތެވެ.)‏

حنبلي މަޒްހަބު:

ހިނައިގަތުމުގެ ފަރުޟުގެ ޢަދަދު އެކެކެވެ. އެއީ، މުޅި ހަށިގަނޑު ދޮވުމެވެ. އެއީ، ހިނައިގަތުމުގެ ރުކުނެކެވެ. ހިނައިގަތުމުގެ ތެރޭގައި ހިމެނޭ ފަރްޟެކެވެ. ނިޔަތްގަތުމާއި، ބިސްމި ކިޔުމަކީ ވެސް ފަރްޟެކެވެ. އެހެނީ، އަނގަޔާއި، ނޭފަތުގެ އެތެރެ ބެލެވެނީ ހަށިގަނޑުގެ ބޭރުފުށުގައި ކަމަށް ބެލެވޭތީ، އެ ބައިތައް ދޮވުމަކީ، ފަރްޟެކެވެ.

ނިޔަތްގަތުން
ބިސްމި ކިޔުން
އަނގައިގެ އެތެރެ ދޮވުން
ނޭފަތުގެ އެތެރެ ދޮވުން
މުޅި ހަށިގަނޑު ދޮވުން

އަނެއް ތިން މަޒްހަބު ގައި ވުޟޫކުރުމުގެ ފަރުޟުތައް

مالكي މަޒްހަބު:

ނިޔަތްގަތުން
މޫނު ދޮވުން
ދެ އަތް ދޮވުން
މުޅި ބޮލުގައި ފެންފުހުން (‏ބޮލުގު ގޮތުގައި ކަންފަތު ފޫޅާ އެއްވަރެއްގައިވާ ހަންގަނޑާއި އިސްތަށި ހިމެނެއެވެ.)‏
ދެ ފައިތިލަ ދޮވުން
مُوالاة
دَلك

شافعي މަޒްހަބު:

ނިޔަތްގަތުން
މޫނު ދޮވުން
ދެ އަތް ދޮވުން
ބޮލުގެ ކުޑަ ތަންކޮޅެއްގައި ފެން ފޮހުން
ދެ ފައިތިލަ ދޮވުން
ތަރުތީބު (‏ގުނަވަންތައް އަންގަވާފައިވާ ތަރުތީބުން ދޮވުން)‏

حنبلي މަޒްހަބު:

ނިޔަތްގަތުން
ބިސްމިކިޔުން
އަނގއިގެ އެތެރެ ދޮވުން
ނޭފަތުގެ އެތެރެ ދޮވުން
މޫނު ދޮވުން
ދެ އަތް ދޮވުން
މުޅި ބޮލުގައި ފެން ފުހުން (‏ކަންފަތް ހިމެނެނީ ބޮލުގައެވެ.)‏
ދެ ފައތިތިލަ ދޮވުން
ތަރުތީބު
مُوالاة

ތަޔައްމުމުކުރުން

ތަޔައްމުމް ގެ މާނަ އަކީ، ވެލި ބޭނުންކޮށްގެން ސާފުކުރުމެވެ. ތިބާ އަށް ފެން ނުލިބިއްޖެ ނަމަ، ނުވަތަ ފެން ބޭނުންކުރުމަށް ޢުޒުރުވެރިވެއްޖެ ނަމަ، ވުޟޫކުރުމާއި، ހިނައިގަތުމުގެ ބަދަލުގައި، ޠާހިރު ވެލި، ނުވަތަ ދޮންވެލި، ނުވަތަ ލައިމް ނުވަތަ ހިލައިން ތަޔައްމުމު ކުރަންވާނެ އެވެ. ނަމާދު ވަގުތު ޖެހުމުގެ ކުރިން ތަޔައްމުމުކުރުމަކީ حنفي މަޒްހަބު ގައި ޞައްޙަ ކަމެކެވެ. (‏މާނައަކީ، އާ ނަމާދެއްގެ ވަގުތު ޖެހުމުން ކުރިން

"ދުޢާތަކާއި، އިސްތިޣްފާރުތައް އިޖާބަކުރެއްވުމަށް ޓަކައި، ކޮންމެ ދުވަހެއްގެ ނަމާދުކުރުމާއި، ޙަރާމް ކަންތައްތަކުން ދުރުވުމާއި، ދުޢާތަކާއި، އިސްތިޣްފާރުކުރުމުގެ ކުރިން ވުޟޫކުރުން ޝަރުޠުކުރެވިފައި ވެއެވެ. ދުޢާ އާއި އިސްތިޣްފާރުކުރެވޭ އިރު ވުޟޫކުރުމަކީ، މުސްތަޙައްބު ކަމެކެވެ". السّعادة الأبدية – Endless Bliss

ކޮށްފައިވާ ތަޔައްމުމެއްގެ މަތީހުރެ އެ ނަމާދު ކުރެވިދާނެ އެވެ.)‏ އަނެއް ތިން މަޒްހަބުގައި ވާ ގޮތުން، ނަމާދު ގެ ވަގުތު ޖެހުމުގެ ކުރިން ޞައްޙައެއް ނޫނެވެ. (‏ކުރިން ކޮށްފައިވާ ތަޔައްމުމެއްގެ މަތީ ހުރެ ފަރްޟް ފަސް ނަމާދުން ކުރެ ނަމާދެއް ނުކުރެވޭނެ އެވެ.)‏

ތަޔައްމުމުކުރުމުގެ ފަރުޟުތައް

ތަޔައްމުމު ކުރުމުގެ ފަރްޟްތަކުގެ ޢަދަދު ތިނެކެވެ. އެއީ:
ނިޔަތްގަތުން.
ދެ އަތްތިލަ ސާފު ވެލީގައި ކޭއްތުމަށް ފަހު، މުޅި މޫނު ގައި ފުހެލުން.

ދެ އަތް ސާފު ވެލީގައި ކޭއްތުމަށް ފަހު، ފުރަތަމަ ކަނާތުގައި ދެން ފާތުގައި ފުހެލުން. ތަޔައްމުމް ކުރުމުގައި ވަނީ ދެ ފަރުޟު ކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެ ބޭފުޅުން ދެވަނަ އަދި ތިން ވަނަ ފަރުޟު އެއްކޮށްލައްވައި ބަޔާންކުރައްވަނީ އެއް ފަރުޟުގެ ގޮތުގައެވެ. ދެ ރިވާޔަތް ވެސް ޞައްޙަ އެވެ. ވުޟޫ އަށާއި، ހިނައިގަތުމަށް ތަޔައްމުމުކުރެވެނީ އެއްގޮތަކަށެވެ.

ތަޔައްމުމުކުރާނެ ގޮތް

ފުރަތަމަ، ޖުނުބުވެރިކަމުން ނުވަތަ ވުޟޫ ނެތި ހުރުމުން ޠާހިރުވުމަށް އެ މީހަކު ނިޔަތް ގަންނާނީ އެވެ. ހަމައެކަނި ތަޔައްމުމް ކުރުމުގެ ނިޔަތުގައި ތަޔައްމުމް ކުރުމަކީ، އެ ތަޔައްމުމުގެ މަތީގައި ހުރެ ނަމާދު ކުރުމަށް ފުދޭނޭ ކަމެއް ނޫނެވެ. އަޅުކަމެއް ކުރުމަށް ތަޔައްމުމް ކުރުން، މިސާލަކަށް ޖަނާޒާ ނަމާދެއް ކުރުމަށް ނިޔަތްގަނެ ތަޔައްމުމް ކުރުން، سجدة التّلاوة ކުރުމަށް ތަޔައްމުމް ކުރުން، ނުވަތަ ވުޟޫ ނުވަތަ ހިނައިގަތުމުގެ ބަދަލުގައި ތަޔައްމުމްކުރުން، ކޮންމެހެން ޟަރޫރީ އެވެ. ތަޔައްމުމްކުރުމަށް ނިޔަތްގަންނަ އިރު، ވުޟޫ އާއި ހިނައިގަތުން ބަކިކުރުން ކޮންމެހެން ޟަރޫރީއެއް ނޫނެވެ. ވުޟޫކުރުމަށް ނިޔަތްގަނެ ތަޔައްމުމްކުރި ކަމުގައި ވިޔަސް، އޭނާ ޖުނުބުވެރިކަމުން ޠާހިރުވާނެ އެވެ. ޖުނުވެރިކަމުން ޠާހިރުވުމަށް ނިޔަތްގަނެ މީހަކު ކުރި ތަޔައްމުމުގެ މަތީ ހުރެ އެ މީހަކަށް ނަމާދު ވެސް ކުރެވޭނެ އެވެ. ވުޟޫކުރުމަށް ދެވަނަ ތަޔައްމުމެއް ކުރުން ޟަރޫރީއެއް ނޫނެވެ.

ގަމީހުގެ ދެ އަތް ވެސް އުޅަނބޮށްޓާ ހަމަޔަށް އޮޅާލާފައި ބަހައްޓައި، ދެ އަތްތިލައިގެ އިނގިލިތައް ހުޅުވާލާފައި، ސާފު ވެލި، ހިލަ ނުވަތަ ކްލޭ ނުވަތަ ލައިމް އަޅާފައިވާ ފާރެއް މަތީގައި ކާއްތަންވާނެ އެވެ. ދެން، ދެ އަތްތިލައިން މޫނުގައި މަޑުމަޑުން އެންމެ މަދުވެގެން ތިން އިނގިލިން ފުހެލަންވާނެ އެވެ. ފިނެއްގެ މިންހާ ތަނުގައި މޫނުގައި އަތްތިލައިން ނުޖެހޭ ނަމަ ވެސް ތަޔައްމުމް ޞައްޙައެއް ނުވާނެ އެވެ. މޫނުގައި ބަރާބަރަށް ފުހެލުމަށް ޓަކައި، ދެ އަތްތިލައިގެ ހަތަރު އިނގިލި ދެ އަތްތިލައިގެ ދިގު ދެ އިނގިލީގެ ކޮޅު ޖެހޭ ގޮތަށް ދެ އަތްތިލަ ޖައްސާލާފައި، ނިތްކުރީގައި، އިސްތަށި ފަޅާފައިވާ ހިސާބުގައި ޖެއްސުމަށް ފަހު، މަޑުމަޑުން ކޯތާފަތުން ތިރިއަށް ދަތްދޮޅިއާ ދިމާލަށް ތިރިއަށް ކާއްތާލާނީ އެވެ. އިނގިލިތައް ނިތްކުރީގައި އެއް ފަރާތުން އަނެއް ފަރާތަށް، އެސްފިޔާގައި، ނޭފަތުގެ ދެ ފަރާތުގައި، ތުންފަތުގައި، އަދި ދަތްދޮޅީގެ މޫނަށްވާ ބައިގައި ކާއްތަންވާނެ އެވެ. ހަމަ އެއާއެކު، އަތްތިލައިން ކޯތާފަތުގައި ކާއްތާނީ އެވެ.

ދެވަނަ ފަހަރަށް ދެ އަތްތިލަ ވެލިގަނޑުގެ މަތީގައި ބޭއްވުމަށް ފަހު، އިތުރަށް ޖެހިފައި ހުރި ވެލި ފޮޅާލުމަށް ޓަކައިމ ދެ އަތްތިލަ ޖެހުމަށް ފަހު، ވާތުގެ ހަތަރު އިނގިލީގެ އެތެރެ ފަރާތް، ކަނާތްތިލައިގެ ބޭރު ފަރާތުގައި އިނގިލިތަކުގެ ކޮޅުން ފެށިގެން އޮޅަނބޮށްޓާ ހަމަޔަށް ކާއްތާލާފައި، ވާތްތިލަ ކަނާތްތިލައިގެ އެތެރެ ފަރާތުގައި އުޅަނބޮށިން ފެށިގެން އިނގިލިތަކުގެ ކޮޅާ ހަމަޔަށް ކާއްތާނީ އެވެ؛ ހަމައެއާއެކު، ވާތު ބޮޑުވައި އިނގިލީގެ އެތެރެ ފަރާތް ކަނާތު ބޮޑުވައި އިނގިލީގެ ބޭރު ފަރާތުގައި ކާއްތަންވާނެ އެވެ. އަނގޮޓިއެއް އަޅާފައި ވާ ނަމަ، އެ އަނގޮޓި ނެގުން ޟަރޫރީ އެވެ. ދެން، ކަނާތްތިލަ ވެސް އެ ގޮތަށް ކަނާތުގައި ކާއްތަންވާނެ އެވެ. ދެ އަތްތިލަ ވެލިގަނޑުގައި ލާއްތަންވާނެ އެވެ. އެކަމަކު، އަތްތިލައިގައި ހިރަފުހާއި ވެލި ހުރެގެން ނުވާނެ އެވެ.

ތަޔައްމުމު ބާޠިލުވާނެ ކަންތައްތައް

ފެން ލިބުމުން ނުވަތަ ހިނައިނުގަނެވޭ ފަދަ ނުވަތަ ވުޟޫ ނުކުރެވޭ ފަދަ ތަޔައްމުމް ކުރުމަށް މެދުވެރިވި ޢުޒުރު ނިމުމުން ތަޔައްމުމު ބާޠިލުވާނެ އެވެ.

އަންހެނުންގެ ޙައިޟް އަދި ނިފާސް ކަމުގެ ޙާލަތު

ޙައިޟް އަކީ، އަށް އަހަރު ފުރި ނުވަ ވަނަ އަހަރަށް އަޅާފައިވާ، ނުވަތަ ޞިއްޙަތު ސަލާމަތުން ހުރި އަންހެން ކުއްޖެއްގެ ނުވަތަ އެންމެ ފަހުގެ ޙައިޟް ގެ މުއްދަތަށް ފަހު ފަނަރަ ދުވަހުގެ ޠުހުރަށް ފަހު މަދުވެގެން ތިން ދުވަސް ވަންދެން، މާނަ އަކީ، ފުރަތަމަ ލޭ ފެނުނު ވަގުތުން ފެށިގެން ހަތްދިހަ ދެ ގަޑި އިރު ވަންދެން، ޖިންސީ ގުނަވަނުން ފައިބަން ފަށާ ލެއެވެ. ހުދު (‏ކުލައެއް ނެތް)‏ ދިޔާ ފިޔަވާ ކޮންމެ ކުލައެއްގެ ދިޔާ ޙައިޟްގެ ލޭ ކަމަށެވެ. އަންހެން ކުއްޖަކު ޙައިޟްވުމުން، އެ ކުއްޖަލު ބާލިޣުވެ، ފުރާފުރިހަމަ ވެފައިވާ އަންހެން ކުއްޖެއް ކަމަށް ބަލަންވާނެ އެވެ. އޭގެ މާނަ އަކީ، ދީނުގައި ކުރުމަށް އަންގަވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތަކާ މެދު އެ ކަނބުލޭ ޒިއްމާ ނަގަންޖެހޭ ވާހަކައެވެ. ލޭ ފައިވާ ވަގުތުން ފެށިގެން ލޭ މަނާވާ ވަގުތާ ހަމަޔަށް ހޭދަވާ ދުވަސްތަކުގެ ޢަދަދަށް ކިޔެނީ عادة ގެ މުއްދަތު (‏ޙައިޟުގެ މުއްދަތު)‏ އެވެ. ޙައިޟުގެ މުއްދަތަކީ، މަދުވެގެން ތިން ދުވަހެވެ. އަދި ގިނަވެގެން ދިހަ ދުވަހެވެ. ކޮންމެ އަންހެނަކަށް ވެސް، އެ އަންހެނެއްގެ ޙައިޟުގެ ދުވަސްތަކާއި ގަޑިތައް އެނގެންވާނެ އެވެ. އަންހެން ކުއްޖަކަށް އަށް އަހަރުވުމުން، އެ ކުއްޖަކަށް ޙައިޟާއި ނިފާސް ކަމާ ބެހޭ މަޢުލޫމާތު ދިނުމަކީ، އެ ކުއްޖާގެ މަންމަ ގެ މައްޗަށް، ނުވަތަ މަންމަ ނެތް ނަމަ، އެ ކުއްޖާގެ މާމަ ނުވަތަ ދައްތައިންނާއި، ބޮޑު ދައިތައިންގެ މައްޗަށް ވާ ފަރްޟެކެވެ. ނިފާސްގެ މާނަ އަކީ، އަންހެނެއްގެ ޖިންސީ ގުނަވަނުން ވިހެއުމަށް ފަހު ފައިބާ ލެއެވެ. ނިފާސް ކަމަށް އެންމެ ކުރު މުއްދަތެއް ނޯވެއެވެ. ލޭފޭބުން މަނާވުމުން، އެ އަންހެނަކު ވަގުތުން ހިނައިގަންނަން ޖެހެއެވެ. ނިފާސް ކަމުގެ އެންމެ ދިގު މުއްދަތަކީ، 40 ދުވަހެވެ. 40 ދުވަސް ފަހުން، ލޭފޭބުން ނުހުއްޓުނަސް، ހިނައިގަނެ ނަމާދުކުރަން ފައްޓަންޖެހޭނެ އެވެ. 40 ވަނަ ދުވަހުގެފަހުން ލޭފޭބުމަކީ إستحاضة (‏ނުވަތަ عُذر)‏ އެވެ. ނިފާސްކަމުގެ މުއްދަތު ހިތުދަސްކުރުމަކީ، އަންހެނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. 3 ދުވަހަށް ވުރެ މަދުން ލޭފޭބުމަކީ، އެއީ ހަތްދިހަ ދެ ގަޑި އިރަށް ވުރެ 5 މިނިޓް ލަސްވިޔަސް، އަލަށް ބާލިޣުވާ ކުއްޖަކަށް 10 ވަނަ ދުވަހަށް ވުރެ ގިނައިން ލޭފޭބުމާއި، އާ ނޫން އަންހެނަކަށް 10 ދުވަހަށް ވުރެ ގިނައިން ލޭފޭބުމާއި، ޢާދަތަށް ފަހުން 10 ދުވަހަށް ވުރެ ގިނައިން ލޭފޭބުން، ނުވަތަ މާބަނޑު އަންހެނަކު ނުވަތަ ޢުމުރުން 55 އަހަރަށް ވުރެ ގިނަ ދުވަސްވީ އަންހެނަކު، ނުވަތަ ނުވަ އަހަރަށް ވުރެ ޅަ އަންހެން ކުއްޖަކު ލޭފޭބުމަކީ، ޙައިޟެއް ނޫނެވެ. އެއަށް ކިޔަނީ، إستحاضة (‏عُذر ލޭ)‏ އެވެ. إستحاضة ގެ ލެޔަކީ ބައްޔެއްގެ ޢަލާމާތެކެވެ. ލޭފޭބުން ދިގު މުއްދަތަކަށް ދެމިގެންގޮސްފި ނަމަ، އެއީ ނުރައްކާތެރި ކަމަކަށް ވެދާނެ އެވެ. އެހެންކަމުން، އެ އަންހެން މީހާ އަންހެނުންގެ ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ދައްކަންވާނެ އެވެ. إستحاضة ގައި ދުވަސްތައް ގުނަމުންދާ އަންހެނަކު ގިންތިކުރެވެނީ، ތަކުރާރުކޮށް ނޭފަތުން ލޭފައިބާ މީހެއް ފަދައިން، ޢުޒުރެއް ގައި ވާ މީހެއް ކަމަށެވެ؛ އެހެންކަމުން، އެފަދަ އަންހެނަކު ޖެހޭނީ އަވަހަށް ނަމާދުކުރާށެވެ. ޙައިޟް ނުވަތަ ނިފާސްކަމުގައި ހުންނަ އިރު، ނަމާދުކުރުމާއި، ރޯދަހިފުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ޝުކުރުގެ ސަޖިދަ ޖެހުމާއި، ކީރިތި ޤުރްއާން އުފުލުމާއި، މިސްކިތަށް ވަނުމާއި، ގެފުޅުގެ ވަށައިގެން طوافކުރުމާއި، ޖިމާޢުވުން ޙަރާމެވެ. ފަހުން އެ ފަދަ އަންހެނުން ގެއްލުނު ރޯދަ ޤަޟާކުރާނީ އެވެ. އެކަމަކު، ނުކުރެވުނު ނަމާދުތައް ޤަޟާކުރާކަށް ނުޖެހޭނެ އެވެ. ޖުނުބުވެރިކަމުގައި ވާ މީހަކަށް ނުވަތަ ވުޟޫ ނެތް މީހަކަށް ސަޖިދައިގެ އާޔަތެއް އަޑުއިވިއްޖެ ނަމަ، އޭނާ ޠާހިރުވުމުން ތިލާވަތުގެ ސަޖިދަ ޖަހާނީ އެވެ. އެކަމަކު، ޙައިޟް ނުވަތަ ނިފާސްކަމުގައި ހުރި އަންހެނަކަށް ސަޖިދައިގެ އާޔަތެއް އަޑުއިވިއްޖެ ނަމަ، ހިނައިގަތުމަށް ފަހު ތިލާވަތުގެ ސަޖިދަޖެހުން ލާޒިމެއް ނޫނެވެ. ޙައިޟް ފެށޭ ވަގުތު ފިރިމީހާ އަށް ކިޔައިދިނުމަކީ އަންހެނާގެ މައްޗަށް ވާޖިބެކެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ޙައިޟް ފެއްޓޭ އިރާއި ނިމޭ ވަގުތު ފިރިމީހާ އަށް ސިއްރުކުރާ އަންހެނާއަކީ ލަޢުނަތްލެއްވިގެންވާ މީހެކެވެ". ޙައިޟް ނުވަތަ ނިފާސްކަން ނިމުމުން ވަގުތުން ހިނައިގަތުމަކީ ފަރްޟެކެވެ. އެއީ، الله تعالى ގެ އަމުރުފުޅުން ވާޖިބުކުރައްވާފައިވާ ކަމެކެވެ.

"ޙައިޟް ފެއްޓޭ އިރާއި ނިމޭ ވަގުތު ފިރިމީހާ އަށް ސިއްރުކުރާ އަންހެނާއަކީ ލަޢުނަތްލެއްވިގެންވާ މީހެކެވެ". حديث شريف

مالكي މަޒްހަބު ގައި ޙައިޟް އަދި ނިފާސްކަން

مالكي މަޒްހަބު ގައި ޢުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ކުރިމަތިފަރާތުން ސަބަބަކާ ނުލައި އަންނަ ރަތް، ރީނދޫ ނުވަތަ އޮލަކޮށް ހުންނަ ލެއަކީ ޙައިޟުގެ ލެއެވެ. ލޭ އަންނަން ހަމަ ފެށުމާ އެކު އެއީ ޙައިޟެވެ. 15 ދުވަހަށް ވުރެ މަދު ދުވަސްތަކަކަށް ލޭ އަންނަ ނަމަ، އެއީ، عادة (‏ޙައިޟުގެ މުއްދަތު)‏ އެވެ. ލޭ އައުން 15 ދުވަހަށް ވުރެ އިތުރުވެއްޖެ ނަމަ، ދެން އެއީ، إستحاضة އެވެ. ޖެހިގެން އަންނަ މަހު عادة ބަދަލުވެއްޖެ ނަމަ، އެ އަންހެނާގެ عادة ގެ އެންމެ ދިގު މުއްދަތަށް އިތުރު ތިން ދުވަސް ލުމުން އެއީ އެ އަންހެނާގެ ޙައިޟް އެވެ. އެއަށް ވުރެ ދިގުވެއްޖެ ނަމަ އަދި 15 ދުވަހަށް ވުރެ ދިގުވެއްޖެ ނަމަ އެއީ، إستحاضة އެވެ. ޖެހިގެން އަންނަ މަހު އެ އަންހެންމީހާގެ عادة ބަދަލުވެއްޖެ ނަމަ، އޭނާގެ ޙައިޟް ކަމަށް ބެލެވޭނީ، އޭނާގެ عادة އަށް އެންމެ ގިނައިން ނެގި ދުވަސްތަކަށް 3 ދުވަސް އިތުރުކޮށްގެންނެވެ. އެއަށް ވުރެ ދިގުވެއްޖެ ނަމަ، އަދި 15 ދުވަހަށް ވުރެ ގިނަވެއްޖެ ނަމަ، އެއީ إستحاضة އެވެ. ކުރުސުފު (‏އަންހެންވެރިންގެ ހެދުމުގެ ކުރިމަތީގައި އަޅާފައި ހުންނަ ބައެއް ކަހަލަ ކަފަ ނުވަތަ ފޮތި)‏ ހިކިފައި ވާނަމަ، ނުވަތަ އޭގައި ހުދު ކުލައިގެ ދިޔައެއް ވާ ނަމަ، އެއިން ދޭހަވަނީ ޙައިޟް ނިމިއްޖެ ކަމެވެ. ޢުމުރުން 70 އަހަރަށް ފަހު ލޭ ފޭ ބުމަކީ ޣައިޟްވުމެއް ނޫނެވެ. އެއީ، إستحاضة އެވެ. އަންހެނާގެ ލޭއައުން މެދުކެނޑިކެނޑިގެން ކުރިޔަށްދާ ނަމަ، ލޭ އައުން ނުހުއްޓޭ ދުވަސްތައް ބެލެވޭނީ طُهر ކަމަށެވެ. طُهر ގެ އެންމެ މަދު މިންވަރަކީ 15 ދުވަހެވެ. މި 15 ދުވަހުގެ ކުރިން ލޭ އަންނަ ނަމަ އެއީ إستحاضة އެވެ. މިފަދަ طُهر ގެ ދުވަސްތަކުގެ އެންމެ މަތީ މިންވަރެއް ނޯވެއެވެ. ލޭއައުން މަނާވެ 15 ދުވަސް ފަހުން ލޭ އަތުވެއްޖެ ނަމަ އެއީ ޙައިޟެވެ. ވިހެއުމުގެ ކުރިން އަންނަ ލެއަކީ ޙައިޟެވެ. އަންހެން މީހާގެ ރަޙިމުން ކުޑަކުއްޖާ ނެގުނީ ބަނޑު ކަފާލައިގެން ކަމަށް ވާ ނަމަ، އޭގެ ސަބަބުން އަންނަ ލެޔަކީ ނިފާސް ކަމުގެ ލެޔެއް ނޫނެވެ. ނިފާސް ކަމުގެ އެންމެ ދިގު މުއްދަތަކީ، 60 ދުވަހެވެ. ނިފާސް ކަމުގެ ލޭ އައުން ހުއްޓިފައި، ޖެހިގެން އަންނަ 15 ދުވަހުގެ ތެރޭގައި ލޭ ނާންނަ ކަމުގައި ވާ ނަމަ، (‏ނިފާސްކަމުގެ މުއްދަތު ނިމި)‏ ނިފާސް ކަމުގައި ހުރި އަންހެނާ ޠާހިރުވީ އެވެ. އޭގެ ފަހުން އަންނަ ލެޔަކީ ޙައިޟެވެ.

شافعي މަޒްހަބު ގައި ޙައިޟް އަދި ނިފާސްކަން

ޙައިޟުގެ އެންމެ ކުރު މުއްދަތަކީ 1 ދުވަހެވެ. އަދި އެންމެ ދިގު މުއްދަތކީ 15 ދުވަހެވެ. 15 ދުވަހަށް ވުރެ އިތުރުވެއްޖެ ނަމަ، އެއީ إستحاضة އެވެ. طُهر ގެ އެންމެ މަދު ދުވަސްތަކުގެ ޢަދަދަކީ 15 އެވެ. 15 ދުވަސް ވުމުގެ ކުރިން ލޭ އަންނަން ފަށައިފި ނަމަ، އެއީ ޙައިޟެއް ނޫނެވެ. އެކަމަކު إستحاضة އެވެ. 9 އަހަރަށް ވުރެ ހަނގު އަންހެން ކުއްޖަކު ނުވަތަ آئسة (‏ޢުމުރުން ފަސްދޮޅަސް އަހަރު ވެފައިވާ)‏ އަންހެނަކު ލޭ އަންނަ ކަމުގައި ވާ ނަމަ، އެއީ ޙައިޟެއް ނޫނެވެ؛ އެކަމަކު އެއީ عُذر އެވެ. ނިފާސް ކަމުގެ އެންމެ ދިގު މުއްދަތަކީ 60 ދުވަހެވެ. ނިފާސް ކަމުގެ އެންމެ ކުރު މުއްދަތެއް ނޯވެއެވެ. މާބަނޑު އަންހެނެއްގެ ލޭއައުމަކީ ޙައިޟެވެ. ނިފާސްކަމާ ދޭތެރޭ ލޭ ނާންނަ ދުވަސްތައް 15 ދުވަހަށް ވުރެ މަދު ނަމަ ބެލެވޭނީ އެއީ ނިފާސް ކަމަށެވެ. ނިފާސް ކަމުގެ ލޭ ހުއްޓި 15 ދުވަސް ތެރޭގައި އަލުން ނާންނަ ކަމަށް ވާ ނަމަ، ނިފާސް ކަމުގެ މުއްދަތު ނިމުނީ އެވެ. އޭރުން 60 ދުވަސް ވަންދެން މަޑުކުރާކަށް ނުޖެހޭނެ އެވެ. طُهر އަށް ފަހު 15 ދުވަސް ވަންދެން ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވަންދެން ލޭ އަންނަ ކަމަށް ވާ ނަމަ، އެއީ ޙައިޟުގެ ލެއެވެ. ނިފާސް ކަމުގެ ލެއެއް ނޫނެވެ.

حنبلي މަޒްހަބު ގައި ޙައިޟް އަދި ނިފާސްކަން

ޙައިޟުގެ އެންމެ ކުރު މުއްދަތަކީ، 1 ދުވަހެވެ. 15 ދުވަހަށް ވުރެ ދިގުވާކަމަށް ވާ ނަމަ، އެއީ إستحاضة އެވެ. ދެވަނަ ޙައިޟް ފެއްޓުމަށް ޓަކައި، މަދުވެގެން 13 ދުވަސް ފާއިތުވާން ޖެހެއެވެ. 13 ދުވަސް ވުމުގެ ކުރިން ލޭފައިބަން ފަށާނަމަ، ދެން އެއީ ޙައިޟެއް ނޫނެވެ؛ އެއީ إستحاضة އެވެ. 9 އަހަރަށް ވުރެ ހަނގު އަންހެން ކުއްޖަކު ނުވަތަ آئسة (‏ޢުމުރުން 50 އަހަރު ވެފައިވާ)‏ އަންހެނަކު ލޭ އަންނަ ކަމުގައި ވާ ނަމަ، އެއީ ޙައިޟެއް ނޫނެވެ؛ އެކަމަކު އެއީ عُذر އެވެ. ނިފާސް ކަމުގެ އެންމެ ދިގު މުއްދަތަކީ، حنفي މަޒްހަބުގައި ވެސް ވާފަދައިން 40 ދުވަހެވެ. ނިފާސް ކަމުގެ އެންމެ ކުރު މުއްދަތެއް ނޯވެއެވެ. ނިފާސް ކަމަށް އެންމެ މަދު މިންވަރެއް ނޯވެއެވެ. ނިފާސް ކަމުގައި ހުންނަ އިރު، ލޭ ނާންނަ ދުވަސްތަކުގައި އޭނާ ޠާހިރެވެ. އަދި ހިނައިގަނެ އަޅުކަން އަދާކުރެވޭނެ އެވެ. ލޭ އަންނަ ދުވަސްތަކުގައި، ނަމާދާއި ރޯދަ ދޫކޮށްލާނީ އެވެ. 40 ދުވަސް ވަންދެން މި ގޮތަށް ކުރިޔަށް ދާނެ އެވެ.

ނަޖިހުން ޠާހިރުވުން

ނަމާދުކުރާ މީހާގެ ހަށިގަނޑުގައި ނުވަތަ ފޭރާމުގައި ނުވަތަ އޭނާ ނަމާދުކުރާ ތަނުގައި، ނަޖިހެއް (‏އިސްލާމް ދީނުގައި ނަޖިހެއް ކަމަށް ސިފަކޮށްފައިވާ ތަކެތި)‏ ހުރެގެން ނުވާނެ އެވެ. ބޯނިވާކުރަން އަޅާ ތަކެތި، ތޮފި، ފަގުޑި، ކަރުގައި އަޅާ ފޮތިގަނޑު، އަދި ފައިވާން ބެލެވެނީ ފޭރާމުގެ ތެރޭގައެވެ. މީހަކުގެ ކަރުގެ ވަށައިގެން އޮޅާފައި އޮންނަ ސްކާފުގެ އެލިފައި އޮންނަ ބައި، އެ މީހާ ޙަރަކާތްކުރާ އިރު ހެލޭތީ، ނަމާދުކުރާ އިރު، އެ ފޮތިގަނޑު ހިމެނެނީ ފޭރާމުގެ ތެރޭގައެވެ. އަދި އެ ފޮތިގަނޑުގެ ބައެއް ސާފު ނޫން ނަމަ، ނަމާދު ޞައްޙައެއް ނުވާނެ އެވެ. މީހާ ކޮޅަށް ހުންނަ އިރު އަދި ބޯ ޖައްސައިގެން އޮންނަ އިރު ބިމުގައި ޖެހި ފެތުރޭ ފޭރާމުގެ ބައިތައް ސާފު ކަމުގައި ވާ ނަމަ، ފޭރާމުގެ އެހެން ބައިތަކުގައި ނަޖިހެއް ހުރި ކަމުގައި ވިޔަސް، ނަމާދު ޞައްޙަވާނެ އެވެ. އެއީ، ސްކާފާ ޚިލާފަށް، ފޮތިގަނޑު ހަށިގަނޑުގައި ޖެހިފައެއް ނުހުންނާތީއެވެ. ބަނދުކޮށްފައިވާ ފުޅިއެއް ގައި ފަހަރުވާ އުފުލާ މީހެއްގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ. އެހެނީ، ފުޅިއަކީ ފަހަރުވާ އުފެދޭ ތަނަށް ނުވާތީ އެވެ. (‏އެހެންކަމުން، ބަނދުކޮށްފައިވާ ފުޅިއެއް ގައި ލޭ ނުވަތަ އަޔޮޑީން ނުވަތަ ބަންދުކޮށްފައިވާ ފޮށްޓެއް ގައި ލެއިން ތަތްތެޅިފައިވާ ރުމާލެއް ނުވަތަ ނަޖިސް ހޭކިފައިވާ ދިރުހަމެއްގެ ބޮޑުމިނުގެ ނުވަތަ އެއަށް ވުރެ ބޮޑު ފޮތިކޮޅެއް އުފުލާ މީހެއްގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ.)‏ މީހެއްގެ ދެ ފައި ޖެހޭ ތަނާއި، ސަޖިދަ ޖަހާ ތަން ޠާހިރުވާން ޖެހޭނެ އެވެ. ނަޖިހެއްގެ މަތީގައި ފަތުރާފައި ނުވަތަ ބާއްވާފައި އޮންނަ ފޮތިގަނޑެއް، ނުވަތަ ބިއްލޫރިގަނޑެއް، ނުވަތަ ނައިލޯނު ގައި ނަމާދު ޞައްޙަވާނެ އެވެ. ސަޖިދަ ކުރާ އިރު، މީހެއްގެ ހެދުމުގެ އެލިފައި އޮންނަ ބައި ހިކިފައި ހުންނަ ނަޖިހެއް ގައި ޖެހުނަސް ނަމާދަށް އުނިކަމެއް ނާންނާނެ އެވެ.

إستنجاء ކުރުމާއި إستبراء ކުރުމާއި إستنقاء ކުރުން

ނަޖިސް ނުކުތުމަށް ފަހު މީހެއްގެ ކުރިމަތި ފަރާތް ނުވަތަ ފުރަގަސް ފަރާތް ސާފުކުރުމަށް ކިޔެނީ إستنجاء ކުރުމެވެ. إستبراء ގެ މާނަ އަކީ، ފަހަރުވާލުމަށް ފަހު ބްލެޑާ ގެ ތެތްކަން ކެނޑެންދެން ހިނގާލައި ނުވަތަ ކަމެއް ކުރަމުން (‏ވުޟޫކުރުމުގެ ކުރިން)‏ އިންތިޒާރުކޮށްލުމެވެ. إستنقاء ގެ މާނަ އަކީ، ހަށިގަނޑުގެ ސާފުތާހިރުކަމަށާއި، ކުޑަކަމުދާ ހޮޅީގައި ފަހަރުވާ ތިއްކެއް ނެތްކަމަށް ޔަޤީންވުމެވެ. އަންހެންވެރިން إستبراء ކުރުމެއް ނުވެއެވެ. إستبراء ކުރުމަކީ ނުވަތަ ހިނގުމުން، ކެއސުމުން، ނުވަތަ ވާތްފަރާތަށް އޮށޯވެގެން ކުޑަކަމުދާ ހޮޅީ ގައި އެއްވެސް ފަހަރުވާ ތިއްކެއް ދޫނުކުރުމަކީ، ފިރިހެނުންގެ މައްޗަށް ވާޖިބެކެވެ. ފަހަރުވާ ތިއްކެއް ދޫވެފައި ނެތްކަން ޔަޤީންވެގެން ނޫނީ އެއްވެސް މީހަކު ވުޟޫކޮށްގެންނުވާނެ އެވެ. ފައިބާ އެންމެ ތިއްކެއްގެ ސަބަބުން ނަމާދު ބާޠިލުވެ، ޖަނގިޔާ ހަޑިވެގެންދާނެ އެވެ. މުށަކަށް ވުރެ މަދު މިންވަރެއް ޖަނގިޔާ އަށް އެޅިއްޖެ ނަމަ ނަމާދު މަކްރޫހަވާނެ އެވެ. އެއަށް ވުރެ ފަހަރުވާ އިތުރުވެއްޖެ ނަމަ، ނަމާދު ޞައްހައެއް ނުވާނެ އެވެ. إستبراء ކުރަން އުނދަގޫވާ މީހުން، ބާލީ އޮށެއްހާ ބޮޑުމިނުގެ ކަފަ ބުރެއް ކުޑަކަމުދާ ލޯވަޅުގައި އަޅާނީއެވެ. ފައިބާ ފަހަރުވާ ކަފަކޮޅަށް ދަމައިގަންނާނެ އެވެ. އެކަމަކު، ކަފަކޮޅުގެ ކޮޅު ނިކުމެގެން ނުވާނެ އެވެ.

ޢައުރަ ނިވާކުރުން

މީހެއްގެ ހަށިގަނޑުން ނިވާނުކޮށް ބެހެއްޓުމަށާއި، އެހެން މީހުންނަށް ދެއްކުމަށް ޙަރާމްވާ، އަދި އެހެން މީހުން ބެލުން ހަރާމްވާ ގުނަވަންތަކަށް ކިޔަނީ ޢައުރަ ގުނަވަންތަކެވެ. ފިރިހނެއްގެ ޢައުރަ ގުނަވަންތަކަކީ، އޭނާގެ ފޫޅާއި އޭނާގެ ކަކުލުގެ ތިރީ ބަޔާ ދެމެދެވެ. ކަކުލަކީ ޢައުރައެވެ. މި ބައިތައް ކަޝްފުވެފައި ހުއްޓާ ކުރާ ނަމާދު ޞައްޙައެއް ނުވާނެ (‏އެހެން ގޮތަކަށް ބުނާ ނަމަ، ބާޠިލުވާނެ)‏ އެވެ. ނަމާދުކުރާ އިރު، ހަށިގަނޑުގެ އެހެން ބައިތައް (‏ދެ އަތާއި، ބޯ)‏ ނިވައިކުރުމާއި، އިސްޓާކީނު ލުމަކީ ފިރިހެނުންގެ މައްޗަށް

"އަޅުކަންތަކުގެ ތެރެއިން އެންމެ އަގުހުރި އަޅުކަމަކީ، ވަގުތުގެ ކުރިކޮޅުގައި ކުރެވޭ ނަމާދެވެ". حديث شريف

ސުންނަތްވެގެންވާ ކަމެކެވެ. މި ބައިތައް ކަޝްފުކޮށްގެން ނަމާދުކުރުމަކީ ފިރިހެނުންގެ މައްޗަށް މަކްރޫހަވެގެންވާ ކަމެކެވެ. ދެ އަތުގެ ބޭރުފުށް ހިމެނޭ ގޮތަށް، ބޮލުގެ އިސްތަށިގަނޑާއި، ދެ ފައިތިލަ ހިމެނޭ ގޮތަށް، ދެ އަތްތިލަ އާއި މޫނު ފިޔަވައި، އަންހެނުންގެ ހުރިހާ ގުނަވަނަކީ، ހަތަރު މަޒްހަބު ގައި ވެސް ޢައުރައެވެ. މި ސަބަބަށް ޓަކައި، އަންހެނުންނަށް ކިޔެނީ عورات އެވެ. މި ބައިތައް ނިވާކުރުމަކީ، އަންހެނުންގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ. ރުކުނެއްގެ މިންވަރަށް ފިރިހެނާގެ ނުވަތަ އަންހެނާގެ ޢައުރައިގެ ހަތަރު ބައިކުޅަ އެއް ބައި ކަޝްފުވެފައި ވާ ނަމަ، އެ ނަމާދެއް ޞައްހައެއް ނުވާނެ އެވެ. އެއަށް ވުރެ ކުޑަބައެއް ކަޝްފުވެފައި ވާ ނަމަ، އެ ނަމާދެއް ބާޠިލެއް ނުވާނެ އެވެ. އެކަމަކު މަކްރޫހަވާނެ އެވެ. އެއްޗެއްގެ ބައްޓަން ނުވަތަ އެތެރެއިން ފެންނަހާ ތުނި ފޮއްޗެކޭ އެއްވެސް ވަރަކަށް ނިވާނުކުރުމެކޭ އެއްވަރެވެ. އަންހެނާ އެކަނި ހުރެފައި، ނަމާދުނުކުރާ ނަމަ، އޭނާގެ ފޫޅާއި، ކަކުލާ ދެމެދު ނިވާކުރުމަކީ ފަރްޟެކެވެ. އަދި ބުރަކަށްޓާއި، ބަނޑު ނިވާކުރުމަކީ ވާޖިބެކެވެ. އަދި އަދަބުވެރި ގޮތަކީ، މުޅި ހަށިގަނޑު ނިވާކުރުމެވެ.

إستقبال القبلة (‏ޤިބްލަޔަށް ކުރމަތިލުން)‏

إستقبال القبلة މާނައަކީ، ޤިބްލަޔަށް ކުރިމަތިލައިގެން ހުރެ ނަމާދުކުރުމެވެ. މައްކާ ގައި ވާ ގެފުޅުގެ ބިނާގެ ދިމާލަށް ނަންދެވިފައިވަނީ ޤިބްލާ އެވެ. ކުރިން ޤިބްލައަކީ ޤުދުސް އެވެ. ހިޖްރައިގެ ސަތާރަ މަސް ފަހުން، ޝަޢުބާން މަހެއްގެ މެދުތެރޭގައި ވީ އަންގާރަ ދުވަހެއް ގައި، މުސްލިމުންނަށް ޢަމުރުކުރެވުނީ ގެފުޅާ ދިމާލަށް އެނބުރުމަށެވެ. ޤިބްލައަކީ ގެފުޅުގެ ބިނާއެއް ނޫނެވެ؛ އެކަމަކު އެ ޢިމާރާތް ހުރި ބިމެވެ. އެއީ، ބިމުގައިވާ އެ ތަނާއި عرش އާ ދެމެދުގައިވާ ދުރުމިނަކީ ޤިބްލަ އެވެ. މި ސަބަބަށް ޓަކައި، ވަޅެއްގައި، ނުވަތަ ކަނޑު އަޑީގައި، ނުވަތަ އުސް ފަރުބަދައެއްގެ މަތީގައި، ނުވަތަ މަތިންދާ ބޯޓެއް ގައި ހުންނަ މީހަކަށް އެ ދިމާލަށް އެނބުރި ނަމާދުކުރެވޭނެ އެވެ. ދެ ލޮލުގެ ފެނުމުގެ ދޭތެރޭގައި ގެފުޅު ހިމެނޭ ނަމަ ނަމާދު ޞައްހަވާނެ އެވެ.

އެ ނަމާދެއްގެ ވަގުތުވަނުން

ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ދެ ދުވަސް ވަންދެން ގެފުޅުގެ ދޮރު ކައިރީގައި جبريل (‏عليه السّلام)‏ ތިމަންކަލޭގެފާނާ ދެ ބޭކަލުންގެ އިމާމެއްގެ ގޮތުގައި ނަމާދުކުރެއްވި އެވެ. އަހަރެމެން ދެ ބޭކަލުން ފަތިސް ނަމާދު ކުރެއްވީ ފަޖްރު ވުމުންނެވެ؛ އަދި މެންދުރު ނަމާދު ކުރެއްވީ އިރު މެދުން ޖެހުމުންނެވެ؛ ޢަޞްރު ނަމާދު ކުރެއްވީ އެއްޗެއްގެ ހިޔަނި އެ އެއްޗަކާ އެއްވަރުވުމުންނެވެ؛ މަޣްރިބު ނަމާދު ކުރެއްވީ، އިރު އޮއްސުމުންނެވެ؛ އަދި ޢިޝާ ނަމާދު ކުރެއްވީ ރަތްވިލާ ފިލުމުންނެވެ. ދެވަނަ ދުވަހު، ތިމަން ދެ ބޭކަލުން ފަތިސް ނަމާދު ކުރެއްވީ ރަތްވިލާ ލުމުންނެވެ؛ މެންދުރު ނަމާދު ކުރެއްވީ، އެއްޗެއްގެ ހިޔަނި އެ އެއްޗެއްގެ ދިގު މިނަށް ވުރެ ދެ ގުނަ ބޮޑު ވުމުންނެވެ؛ ޢަޞްރު ނަމާދު ކުރެއްވީ ސީދާ އޭގެ ފަހުންނެވެ؛ މަޣްރިބު ނަމާދު ކުރެއްވީ އިފްޠާރު ވަގުތުގައެވެ؛ އަދި ޢިޝާ ނަމާދު ކުރެއްވީ، ރޭގަނޑުގެ ތިން ދަމުން ފަހު ދަމުގައެވެ، ދެން حديث ކުރެއްވި އެވެ.: 'އޭمحمّد އެވެ! ކަލޭގެފާނަށާއި، ކަލޭގެފާނުގެ އިސްވެ ގޮސްފައިވާ ނަބީންގެ ނަމާދު ވަގުތުތަކަކީ މިއީ އެވެ. ކަލޭގެފާނުގެ އުއްމަތުގެ މީހުން މި ނަމާދުތަކުގެ ތެރެއިން ކޮންމެ ނަމާދެއް ވެސް، ކޮންމެ ނަމާދެއް ކުރެވުނު ދެ ވަގުތު ދޭތެރޭ ކުރުން ހުއްޓެވެ".

މި ޙަދީޘުން ސާފުކޮށްދެއްވަނީ ކޮންމެ ދުވަހަކު ކުރަންޖެހޭ ނަމާދުގެ ޢަދަދަކީ ފަހެއް ކަމެވެ.

ފަތިސް ނަމާދުގެ ވަގުތު: ފަތިސް ނަމާދު ވަގުތު ފެށެނީ، އިރުމަތީ ފަރާތުން ފަޖްރުގެ އަލިކަން ފެނުމުންނެވެ. ފަތިސް ނަމާދު ވަގުތު ނިމެނީ އިރު އެރުމުންނެވެ.

މެންދުރު ނަމާދުގެ ވަގުތު: މެންދުރު ނަމާދުގެ ވަގުތު ފެށެނީ، ތަކެތީގެ ހިޔަނި ކުރުވުމަށް ފަހު ދިގުވާން ފެށުމުންނެވެ. މެންދުރު ނަމާދުގެ ވަގުތު ނިމެނީ ތަކެތީގެ ހިޔަނި އެ އެއްޗެއްގެ އަޞްލު ދިގުމިނަށް ވުރެ ދެގުނަ ދިގުވުމުންނެވެ.

ޢަޞްރު ނަމާދުގެ ވަގުތު: ޢަޞްރު ނަމާދުގެ ވަގުތު ފެށެނީ، މެންދުރު ނަމާދުގެ ވަގުތު ނިމޭ ހިސާބުންނެވެ. އަދި އިރު އޮއްސެން ދެން ވަގުތު ދެމިގެންދާނެ ދާނެ އެވެ. އިރު ރީނދޫ ކުލަޔަށް ބަދަލުވަންދެން އެއްވެސް ނަމާދެއް ލަސްކުރުމަކީ حَرام ކަމެކެވެ. މި ގޮތަށް މެދުވެރިވަނީ، އިރުގެ ތިރީ ފަށަލަ އާއި، ފެންނަ މަތީ ރޮނގާ ދެމެދު ލޮންސިއެއްގެ ދިގުމިނަށް (‏ޢިޝާ ނަމާދާ ދެމެދު 40 މިނެޓު)‏ ވުމުންނެވެ. އެ ވަގުތާ ހަމަޔަށް ޢަޞްރު ނަމާދުކުރުން ފަސްކުރުމަކީ حَرام ކަމެކެވެ. އެހެން ނަމަވެސް، އެ ވަގުތާ ހަމަޔަށް ޢަޞްރު ނަމާދު ނުކުރާ ނަމަ، އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދު ކުރަންވާނެ އެވެ.

މަޣްރިބު ނަމާދުގެ ވަގުތު: މަގްރިބު ނަމާދު ވަގުތު ފެށެނީ، އިރު އޮއްސުމުންނެވެ. އަދި ހުޅަނގު ފަރާތުން ރަތްވިލާ އޮއްސުމުންނެވެ.

ޢިޝާ ނަމާދުގެ ވަގުތު: ޢިޝާ ނަމާދު ވަގުތު ފެށެނީ، މަޣްރިބު ނަމާދު ވަގުތު ނިމުމުންނެވެ. ޢިޝާ ނަމާދު ވަގުތު ނިމެނީ ފަޖްރުގެ އަލިކަން ފާޅުވުމުންނެވެ. މެންދަމުގެ ފަހަށް ޢިޝާ ނަމާދު ކުރުން ފަސްކުރުމަކީ مكرُوه ކަމެކެވެ. ނަމާދު އޭގެ ވަގުތުގެ ކުރިން އަދި ފަހުން ކުރުމަކީ حَرام ކަމެކެވެ.އެއީ، ބޮޑުވެގެންވާ ފާފައެކެވެ. (‏ތުރުކިއޭ ނޫހުން)‏ތައްޔާރުކޮށްފައިވާ ޖަދުވަލުތަކުގައި ނަމާދާއި، إمساك ގެ ވަގުތުތައް ލިޔެވިގެންވަނީ ރަނގަޅަށެވެ.

كَراهة ގެ ވަގުތުތައް

ނަމާދުކުރުން حَرام ވާ ތިން ވަގުތެއް ވެއެވެ. އެއިން ވަގުތެއް ގައި ފަރުޟު ފަސް ނަމާދުން ކުރެ ނަމާދެއް ކުރަން ފެށުން ޞައްޙައެއް ނޫނެވެ. މި ތިން ވަގުތަކީ، އިރު އަރާ ވަގުތާއި، އިރު އޮއްސޭ ވަގުތާއި، އިރު މެދުޖެހިފައި ހުންނަ ވަގުތެވެ. މި ތިން ވަގުތުން ކުރެ ވަގުތެއް ގައި މަކްރޫހަ ވަގުތު ޖެހުމުގެ ކުރިން ތައްޔާރުވެފައިވާ ޖަނާޒާ ނަމާދުކުރުން، سجدة التّلاوة ނުވަތަ سجدة السّهو ނުވަތަ ކުރުން ވެސް ހުއްދައެއް ނޫނެވެ. އިރު އޮއްސޭ އިރު ކުރުން ހުއްދަވެގެންވާ ހަމައެކަނި ނަމާދަކީ، (‏އެ ވަގުތާ ހަމަޔަށް ނުކުރެވިފައިވާ)‏ ޢަޞްރު ނަމާދެވެ.

آذان އާއި قيامة

آذأن ގެ މާނަ އަކީ، ޢާއްމުކޮށް އިޢުލާންކުރުމެވެ. ފަރުޟު ފަސް ނަމާދަށާއި، ފަރުޟުކުރެވިގެންވާ ޤަޟާ ނަމާދަށާއި، ހުކުރު ނަމާދުގައި خطيب އާ ދިމާލަށް ބަންގި ދިނުމަކީ سُنَّة مُؤَكَّدَة އެކެވެ. آذان އާއި إقامة (‏ޤަމަތްދިނުން)‏ އަންހެނުންގެ މައްޗަށް مكرُوه ވެގެންވެއެވެ. ވަގުތު ޖެހިއްޖެކަން އެހެން މީހުންނަށް އިޢުލާންކުރުމަށް ޓަކައި، ބަންދި ގޮވާނީ އުސް ތަނަކަށް އަރާ ހުރެ އެވެ. ބަންގި ގޮވާ އިރު، ދެ އަތް މައްޗަށް ނަގައި ކޮންމެ ކަންފަތަކަށް އިނގިއްޔެއް ކޮއްޕުން ސުންނަތްކަން ގަދަވެގެން ވެއެވެ. إقامة ބަންގި ދިނުމަށް ވުރެ އިތުރުކަން ބޮޑުވެގެން ވެއެވެ. آذان އާއި إقامة ދޭންވާނީ ޤިބްލަޔަށް ކުރިމަތިލައިގެން ހުރެ އެވެ. آذان އާއި إقامة ދޭއިރު އެއްވެސް މީހަކު ވާހަކަދެއްކުމާއި، މީހަކު ދައްކާ ވާހަކައަކަށް ސަމާލުކަން ދިނުން ނުވަތަ ސަލާމްކުރުން ހުއްދައެއް ނޫނެވެ.

ކީރިތި قرآن ގެ سورة الماعُون ގެ 4-6 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏فَوَيْلٌ لِّلْمُصَلِّينَ ‎﴿٤﴾‏ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ‎﴿٥﴾‏ الَّذِينَ هُمْ يُرَاءُونَ ‎﴿٦﴾)‏*الماعُون: 4-6)‏ މާނައީ: "ފަހެ، އެއުރެންގެ ނަމާދާ މެދު ވެ ތިވެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. (‏4، 5)‏ އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ (‏6)‏".

آذأن (‏ބަންގި)‏ ދޭނެ ގޮތް:
اللهُ أَكْبَرُ (‏4 ފަހަރު)‏
أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ (‏2 ފަހަރު)‏
أَشْهَدُ أَنْ مُحَمَّدًا رَسُولُ الله (‏2 ފަހަރު)‏
حَيَّ عَلَى الصَّلَاة (‏2 ފަހަރު)‏
حَيَّ عَلَى الفَلَاح (‏2 ފަހަރު)‏
الله أكبر (‏2 ފަހަރު)‏
لَاإِلَهَ إِلَّا اللهُ (‏1 ފަހަރު)‏
الصّلاةُ خَيرٌ مِنَ النَّوم މިހެން 2 ފަހަރު ކިޔާނީ ހަމައެކަނި ފަތިސް ނަމާދަށް ބަނގި ދޭ އިރު، حَيَّ علَى الفَلَاح ގެ ފަހުންނެވެ.

إقامَة (‏ޤަމަތް)‏ ދޭ އިރު، علَى الفَلَاح ގެ ފަހުން قَدْ قَامَتِ الصَّلَاةُ މިހެން 2 ފަހަރު ކިޔާނީ އެވެ.

ނިޔަތްގަތުން

ނަމާދުގެ ނިޔަތްގަންނާނީ ހަށަން ބަންނަ تكبير ކިޔާ އިރު އެވެ. ނަމާދުކުރުމަށް ނިޔަތްގަތުމުގެ މާނަ އަކީ، އެ ނަމާދެއްގެ ނަމާއި، ވަގުތާއި، ޤިބްލަ ހިތަށް އެރުވުމާއި، (‏ޖަމާޢަތުގައި ނަމާދުކުރާ ނަމަ)‏ އިމާމުގެ ފަހަތުން ނަމާދުކުރުމަށް ހިތަށްއެރުވުމެވެ. ހަށަން ބަންނަ ތަކްބީރަށް ފަހު ގަނެވޭ ނިޔަތް ޞައްޙައެއް ނުވާނެ އެވެ. އެހެންކަމުން، އެ ނިޔަތުގެ މައްޗަށް ކުރެވޭ ނަމާދު ވެސް ޞައްޙައެއް ނުވާނެ އެވެ. ފަރުޟު ނުވަތަ ވާޖިބު ނަމާދުގެ ނިޔަތްގަންނަ އިރު، އަދާކުރާނީ އެ ނަމާދުގެ ކޮން ފަރްޟެއް ނުވަތަ ވާޖިބެއްކަން އެނގެންޖެހެއެވެ. ރަކްޢަތްތަކުގެ ޢަދަދު ނިޔަތްގަތުމަކީ ޝަރުޠެއް ނޫނެވެ. ސުންނަތް ނަމާދެއް ކުރާ އިރު، "ނަމާދުކުރުމަށް ނިޔަތްގަތުމުން" ފުދޭނެ އެވެ. ކަށުނަމާދުގެ ނިޔަތް ގަންނާނީ، "މި އިމާމުގެ ފަހަތުން الله تعالى އަށް ނަމާދުކުރުމަށާއި، رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔުމަށާއި، މަރުވެފައިވާ މީހާ އަށް ދުޢާކުރުމަށް އަޅާ ނިޔަތްގަންނަން"، މިހެންނެވެ. ފިރިހެނުންގެ އިމާމަކަށް ވުމަށް ނިޔަތް ގަތުމެއް އިމާމުގެ މައްޗަކަށް ނޯވެއެވެ. އެކަމަކު އެ ޖަމާޢަތުގެ އިމާމަކަށް ވުމަށް އޭނާ ނިޔަތްނުގަންނަ ކަމުގައި ވާ ނަމަ، ޖަމާޢަތުގެ ނަމާދުގެ ޘަވާބު އޭނާ އަކަށް ނުލިބޭނެ އެވެ. އެކަމަކު، އޭނާ އިމާމަށް ވުމަށް ނިޔަތްގަންނަ ކަމުގައި ވާ ނަމަ، އޭނާ އަށް މި ޘަވާބު ވެސް ލިބޭނެ އެވެ. އަންހެނުންތަކެއްގެ އިމާމަކަށް ނަމާދުކުރާ ނަމަ، "އަންހެނުންގެ އިމާމަކަށް ވުމަށް" މިހެން ނިޔަތްގަންނަންވާނެ އެވެ. އަޅުކަންތައް ކުރާ އިރު، ހަމައެކަނި އަނގަ ބަހުން ނިޔަތް ކިޔުމަކީ ނިޔަތްގަތުމެއް ނޫނެވެ. ހިތުން ނިޔަތްނުގަންނަ ކަމުގައި ވާ ނަމަ، އަޅުކަންތައް ޤަބޫލެއް ނުކުރައްވާނެ އެވެ.

ޙަރަމްބަންނަ تكبير

ޙަށަންބަނުމުގެ މާނަ އަކީ، ނަމާދު ފަށްޓާ އިރު، "الله أكبر" ކިޔުމެވެ. ފިރިހެނުން، ދެ އަތްތިލަ ޤިބްލަޔަށް އަނބުރާލައިގެން ތިބެ، އެ މީހުންގެ އަތްތައް އެ މީހުންގެ ކަންފަތްތަކާ ހަމައަށް އުފުލާނެ އެވެ. ބޮޑުވާއިނގިލިތަކުގެ ކޮޅުތައް ކަންފަތުފޫޅުގައި ޖެހޭ ވަރަށެވެ. "الله أكبر" ކިޔަމުން އަތްތައް ތިރިކޮށްލައި، ނިންމާލާ އިރު، ބަނޑުގެ ތިރީގައި އެ އަތް އަނެއް އަތާ ގުޅުވާލައި، ކަނާތުން ވާތުގައި ހިހަފައްޓައިގެންނެވެ. އަންހެނުން ދެ އަތް ކޮންޑާ ހަމަޔަށް މައްޗަށް އުފުލާލައި ފައްޓާ تكبير ކިޔާނީ އެވެ. ދެން، އެ ކަނބަލުންގެ އަތްތައް މޭމަތީގައި، ކަނާތް ވާތުގެ މަތީގައި ބާއްވާނީ އެވެ. ފިރިރހެނުން ފަދައިން އަންހެނުން އަތުގައި ނުހިފަހައްޓާނެ އެވެ.

ށ)‏ ނަމާދުގެ ރުކުންތައް

ނަމާދުގެ ތެރޭގައި ހިމެނޭ ފަރުޟުތަކަށް ކިޔެނީ ރުކުންތަކެވެ. އޭގެ ރުކުންތަކުގެ ޢަދަދަކީ ފަހެކެވެ.:

قيام

ނަމާދުގެ ފަސް ރުކުނުގެ ތެރެއިން އެންމެ ފުރަތަމަ ރުކުނަކީ القِيام އެވެ. قيام ގެ މާނަ އަކީ ކޮޅަށް ތެދުވުމެވެ. ކޮޅަށް ހުރެވޭ ވަރަށް ވުރެ ބަލި މީހާ ނަމާދުކުރާހުށީ އިށީނދެ އިނދެ އެވެ. އަދި އިށީނދެ އިނދެވޭ ވަރަށް ވުރެ ބަލި މީހާ ނަމާދުކުރާހުށީ އުއްޑުން އޮށޯވެއޮވެ ނަމާދުކުރާނީ ބޮލުންނެވެ. (‏އެއީ، ހަރަކާތްކުރަމުން، ބުމަ އަރުވަމުންނެވެ.)‏ އުޑާ ދިމާލަށް އޮތުމުގެ ބަދަލުގައި، އޭނާ ޤިބްލަޔަށް ކުރިމަތިވާނެހެން އެ މީހާގެ ބޯ ދަށުގައި ބާލީހެއް ބާއްވަންވާނެ އެވެ. އަދި އޯށޯންނަ ކަމުގައި ވާ ނަމަ އޭނާގެ ކަކޫ ލަންބާލާފައި،ޤިބްލަޔާ ދިމާލަށް އޭނާގެ ފައި ދިއްކޮށްނުލާނެ އެވެ. އަދި އޮށޯވެ އޮންނަ ކަމުގައި ވާ ނަމަ، އޭނާގެ ކަކޫ ލަންބާލާފައި، ޤިބްލަޔާ ދިމާލަށް ދެ ފައި ދަމައެއް ނުލާނެ އެވެ. ކޮޅަށް ހުންނަ އިރު، ދެ ފައިތިލައިގެ ދެމެދު ގައި ހުންނަންވާނީ ހަތަރު އިނގިލީގެ ފުޅާމިނެވެ.

قراءة

ސުންނަތް ނަމާދާއި، ވިތުރީގެ ކޮންމެ ރަކްޢަތެއް ގައި އަދި އެކަނި ނަމާދުކުރާ އިރު، ފަރްޟް ދެ ރަކްޢަތުގައި ކީރިތި قرآن ގެ އާޔަތެއް ކިޔުން ފަރްޟްވެގެން ވެއެވެ. ކުރު ސޫރަތެއް ކިޔުމުން ލިބޭ ޘަވާބު ގިނަވެއެވެ. ފަރުޟު ހަތަރު ރަކްޢަތް ނަމާދުގެ ފުރަތަމަ ދެ ރަކްޢަތުގައި އަދި އިތުރު ސޫރަތެއް ނުވަތަ ކުރު ތިން އާޔަތެއް ކިޔުމަކީ ވާޖިބެކެވެ. އަދި ފަހު ދެ ރަކްޢަތުގައި سورة الفاتحة ކިޔުމަކީ ސުންނަތެކެވެ. ވިތުރީގެ ކޮންމެ ރަކްޢަތާއި، ސުންނަތް ނަމާދު ގައި ކިޔުމާއި ކިޔުމަކީ ވާޖިބެކެވެ. އަދި ހަމައެއާއެކު، سورة الفاتحة އެއް ފަހަރު، ސޫރަތެއް ކިޔުމުގެ ކުރިން ކިޔެވުމަކީ ވާޖިބެކެވެ. މި ފަސް ވާޖިބުންކުރެ ވާޖިބެއް ހަނދާންނެތިއްޖެ ނަމަ،سجدة السّهو ޖެހުން އޭނާގެ މައްޗަށް ވާޖިބުވެއްޖެ އެވެ. ޤުރްއާން ތިލާވާކުރާ އިރު، ކީރިތި قرآن ގެ ތަރްޖަމާ ކިޔުން ހުއްދައެއް ނޫނެވެ. އެ ސޫރަތް ކިޔަންވާނީ، އެ ސޫރަތުގެ އަޞްލު ޢަރަބި ބަހުންނެވެ.

رُكُوع

قيام ގައި ހުރެ ކިޔެވުމަށް ފަހު، ދެން تكبير ކިޔުމާ އެކު رُكُوع އަށް ގުދުވެލާނީއެވެ. رُكُوع ގައި ފިރިހެނުން ދެ އަތްތިލައިގެ އިނގިލިތައް ހުޅުވާލުމަށް ފަހު ކަކުލުގައި ހިފަހައްޓާނީ އެވެ. رُكُوع ގައި ފިރިހެނުން ތިބޭ އިރު، ބުރަކަށްޓާއި ބޯ ބަހައްޓަންވާނީ އެއް ވަރަކަށެވެ. رُكُوع ގައި އޮންނަ އިރު ކިޔާނީ "سُبحانَ رَبِّيَ العظِيم" މިހެން މަދުވެގެން ތިން ފަހަރު އެވެ. (‏3، 5، 7، 9، ނުވަތަ 11 ފަހަރު ކިޔުމަކީ މުސްތަޙައްބު ނުވަތަ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ.)‏ رُكُوع ގައި ދެ އަތާއި ދެ ފައި ހުންނަންވާނީ ސީދާކޮށެވެ. އަންހެނުން އެކަނބަލުންގެ އަތްތިލައިގެ އިނގިލިތައް ނުހުޅުވާ ހުއްޓެވެ. އަދި رُكُوع ގައި ތިބޭ އިރު، ބޮލާއި، ބުރަކަށި އެއްވަރުކޮށް ބެހެއްޓުން އަންހެނުންގެ މައްޗަކަށް ނެތެވެ. رُكُوع އިން ތެދުވާ އިރު، އިމާމު އަދި ހަމައެއާއެކު އެކަނި ނަމާދުކުރާ މީހުން "سَمِعَ اللهُ لِمَنْ حَمِدَهُ " މިހެން ކިޔުމަކީ ސުންނަތެކެވެ. ޖަމާޢަތުގައި ނަމާދުކުރާ މީހުން އެހެން ކިޔާކަށް ނުޖެހެއެވެ. އެހެން ކިޔުމާ އެކު ވަގުތުން "رَبََنَا لَكَ الحَمْدُ" މިހެން ކިޔަމުން ތެދުވެ قيام ގައި ކޮޅަށް ހުންނާނީ އެވެ. ދެން ސަޖިދަ އަށް ދިއުމަށް ކަކޫ ޖައްސަމުން ދާ އިރު، "اللهُ أَكْبَرُ" ކިޔައި، ފުރަތަމަ ތަޅުންމަތީ ގައި ޖައްސާނީ ކަނާތު ކަކުލެވެ. އޭގެ ފަހުން ވާތު ކަކުލެވެ. އޭގެ ފަހުން ކަނާތްތިލަ އާއި ވާތްތިލަ ތަޅުންމަތީ ގައި ޖައްސާނީ އެވެ. އެންމެ ފަހުން، ނޭފަތާއި، ނިތްކުރި ތަޅުންމަތީ ގައި ޖައްސާނީ އެވެ.

سجدة

سجدَة ގައި އޮންނަ އިރު ކިޔާނީ "سُبحانَ رَبِّيَ الأعلى" މިހެން މަދުވެގެން ތިން ފަހަރު އެވެ. (‏3، 5، 7، 9، ނުވަތަ 11 ފަހަރު ކިޔުމަކީ މުސްތަޙައްބު ނުވަތަ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ.)‏ އިނގިލިތައް ހުންނަންޖެހޭނީ ލައްޕާފައި، ޤިބްލައާ ދިމާލަށް އިޝާރާތްކުރެވިފައި، ކަންފަތާ އެއް ހިސާބެއް ގައި، ބޯ ދެ އަތްތިލަ ދޭތެރެއަށް ވާ ގޮތަށެވެ. ނިތްކުރި، ހިލަ، ފަސް ގަނޑު، ލަކުޑި، ފޮތި، ފަދަ ސާފު އެއްޗެއް ގައި ޖެހުމަކީ ފަރްޟެކެވެ. އދި ރިވާވެގެންވާ ގޮތުގައި، ނޭފަތް ބިމުގައި ޖެއްސުމަކީ ވެސް ވާޖިބެކެވެ. މަޤްބޫލު ޢުޒުރަކާ ލައިގެން މެނުވީ ހަމައެކަނި ނޭފަތް ބިންމަތީގައި ޖެއްސުން ހުއްދަވެގެނެއް ނުވެއެވެ. ނިތްކުރި އެކަނި ބިންމަތީ ގައި ޖެއްސުން މަކްރޫހަވެގެން ވެއެވެ. ދެފައިތިލަ ނުވަތަ ކޮންމެ ފައިތިލައެއްގެ މަދުވެގެން އެއް އިނގިލި ބިންމަތީގައި ޖެއްސުން ފަރުޟުވެގެން ނުވަތަ ވާޖިބުވެގެން ވެއެވެ. އޭގެ މާނައަކީ، ދެ ފައިތިލަ ބިންމަތީގައި ނުޖައްސާ ނަމަ، ނަމާދު ޞައްހައެއް ނުވާނެ އެވެ. ނުވަތަ އެ ނަމާދެއް މަކްރޫހަވާނެ އެވެ. ސަޖިދަ ޖަހާ އިރު، ފައިގެ އިނގިލިތައް މަޅާލައި ޤިބްލައާ ދިމާލަށް އަނބުރާލުމަކީ ސުންނަތެކެވެ. ފިރިހެނުން އެ މީހުންގެ ދެ އަތާއި ދެ ފަލަމަސްގަނޑު އެ މީހުންގެ ބަނޑާ ދުރުކުރަންޖެހެއެވެ. ދެ އަތާއި، ދެ ކަކޫ ބިންމަތީގައި ޖެއްސުމަކީ ސުންނަތެކެވެ. قيام ގައި ފައިތިލައިގެ ދެ އިޑިން ދެމެދު ހަތަރު އިނގިލިހާ ދުރުމިން ބެހެއްޓުން ސުންނަތްވެގެން ވެއެވެ. އެކަމަކު ރުކޫޢުކުރާއިރުގަޔާއި، قيام ގަޔާއި، ސަޖިދައިގައި ދެ އިޑިން ބަހައްޓާނީ ޖައްސާފައެވެ. ސަޖިދަކުރާ އިރު، ހަރުވާޅު މައްޗަށް ނެގުން މަކްރޫހަވެގެން ވެއެވެ. އަދި ނަމާދުކުރުމުގެ ކުރިން އެ ބޫޓުތައް މެޅުމަކީ ވެސް މަކްރޫހަ ކަމެކެވެ. ފަށްޖަފާއިވާ ނަމާދާއި، ނުވަތަ ޖުރު ގިރުވާން ނުވަތަ ބިޑި، ނުވަތަ ފަޓުލޫނެއްގެ ތިރީބައި ލައިގެން ހުރެ މެންދުރު ނަމާދު ކުރުމަކީ މަކްރޫހަ ކަމެކެވެ. ކަންނެތް ކަމުން ގޮސް ބޮލުގައި އެއްޗެއް ނާޅާއި ނަމާދުކުރުމަކީ، ނުވަތަ ބޯ ނިވާކޮށްގެން ހުރެ ނަމާދުކުރުމުގެ މުހިއްމުކަން ނޭނގުމަކީ މަކްރޫހަ ކަމެކެވެ. ނަމާދު ދޫކޮށްލުމަކުން ކުފުރުވާނެއެވެ. ހަޑި މުޑުދާރު ހެދުން އަޅައިގެން ހުރެ، ނުވަތަ އޭނާ މަސައްކަތުގައި ބޭނުންކުރައްވާ ހެދުމުގައި ހުރެ ނަމާދުކުރުމަކީ، މަކްރޫހަ ކަމެކެވެ. (‏އެއީ ގިރިސް ހޭކިފައި އަދި ހަޑި ފޮއްއްޗެވެ.)‏

قضاء الآخرة

އެންމެ ފަހު ރަކްޢަތުގައި، التّحيّات ކިޔުމަށް ޓަކައި ބޭނުންވާ ވަރަށް އިށީނދެ އިނުން ފަރުޟުވެގެން ވެއެވެ. އެގޮތުން އިށީނދެ އިންނަ އިރު، އިނގިލިން އިޝާރާތްކުރުމެއް ނެތެވެ. އިށީނދެ ތިބޭ އިރު، ފިރިހެނުން ނަމަ، އެ ފައިގެ އިނގިލިތައް ކަނާތްފަރާތަށް ވާތު ފައި ބިންމަތީގައި ބާއްވާފައި އެ ފައި މަތީގައި އިށީންނާނީއެވެ. ކަނާތު ފައި ސީދަލަށް އެފައިގެ އިނގިލިތައް ބިންމަތީގައި ޤިބްލަޔަށް ކުރިމަތިވާ ގޮތަށް ޖައްސާނީ އެވެ. މިގޮތަށް އިށީނުމަކީ ސުންނަތެކެވެ. އަންހެނުން އިށީންނާނީ، تورُّك އަށެވެ. އޭގެ މާނައަކީ، އަންހެނުން އިށީންނާނީ، އެކަނބަލުންގެ ފޫކޮޅު ބިންމަތީގައި ޖައްސައިގެން، ދެ ފައިގެ ފަލަ މަސްގަނޑު ކައިރިވާ ގޮތަށް، އެ ކަނބަލުންގެ ދެ ފައިތިލަ ކަނާތްފަރާތުން ނުކުމެފައި ހުންނަ ގޮތަށެވެ.

އެއީ ރަސޫލުންގެ އެކުވެރިންގެ ޒިކްރާ އާކުރުން ހެއްޔެވެ؟
ސެލެމް ގަހުގެ ކައިރީ ގައި ތިބާ ރޮއްވާލަނީ ހެއްޔެވެ؟
ބުނާށޭ، ތިބާއަށް ރޮވެނީ މަދީނާގެ ވައިން ހެއްޔެވެ؟
ނުވަތަ އިދަމް ފަރުބަދައިން ރޭގަނޑު ވިދުޖެހުމުން ހެއްޔެވެ؟
قصيدة البُردَة

ޢައުރަ އާއި، އަންހެންވެރިން ޢައުރަނިވާކުރުން

أبو سعيد الخضري (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި އެވެ. "ފިރިހެނަކު އެހެން ފިރިހެނެއްގެ ޢައުރަ އަށް ބަލައިގެން ނުވާނެ އެވެ. އަދި އަންހެނަކު އެހެން އަންހެނެއްގެ ޢައުރަ އަށް ބަލައިގެން ނުވާނެ އެވެ". ސާފުކޮށް އެނގޭނޭ ފަދައިން، އަންހެނުންގެ ޢައުރަ އަށް ބެލުމަކީ ފިރިހެނުންގެ މައްޗަށް ޙަރާމް ކަމެކެވެ. އަދި ފިރިހެނުންގެ ޢައުރަ އަށް ބެލުމަކީ އަންހެހުންގެ މައްޗަށް ޙަރާމް ކަމެކެވެ. ހަމައެހެންމެ، އެހެން ފިރިހެނުންގެ ޢައުރަ އަށް ބެލުމަކީ ފިރިހެނުންގެ މައްޗަށް ޙަރާމް ކަމެކެވެ. އަދި އެހެން އަންހެނުންގެ ޢައުރައަށް ބެލުމަކީ އަންހެނުންގެ މައްޗަށް ޙަރާމް ކަމެކެވެ. އެހެން ފިރިހެނުންނަށް ބެލުން ޙަރާމްވާ ފިރިހެނުންގެ ޢައުރަ ގުނަވަންތަކަކީ، ފޫޅާއި ދެ ކަކުލާ ދެމެދެވެ. އަންހެނުންނަށް ވެސް އޮތީ މި ޤަވާޢިދެވެ. ފިރިހެނުންގެ މައްޗަށް ބެލުން ޙަރާމްވެގެންވާ އަންހެނުންގެ ޢައުރައަކީ ދެ އަތްތިލައާއި މޫނު ފިޔަވައި މުޅި ހަށިގަނޑެވެ. އެހެންވެ، އަންހެނާ އަށް عورة ގެ ނަމުން ނަންދެވިގެން ވެއެވެ. އަންހެނާ އަކީ މުސްލިމަކަށް ނުވަތަ ޣައިރު މުސްލިމަކަށް ވިޔަސް، މަޙްރަމް ނޫން (‏ލޭގެ ނުވަތަ ކައިވެނީ ގުޅުން ނެތް)‏ އަންހެނެގެ މޫނަށް ޝަހުވަތްތެރިކަމާ އެކު، އަދި ޝަހުވަތްތެރިކަމާ ނުލައި ވެސް ޢައުރަ އަށް ބެލުމަކީ ޙަރާމް ކަމެކެވެ. جابر بن عبدالله (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "މަޙްރަމް ނޫން އަނެހެއްގެ ގޭގައި ރޭގަނޑު ހޭދަނުކުރާށެވެ". عقبة بن عامر (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "މަޙްރަމް ނޫން އަންހެނަކާ އެކު ވަކިން ކޮޓަރިއެއް ގައި އެކަހެރިނުވާށެވެ! އަންހެނަކު، އޭނާގެ ފިރިމީހާގެ އަޚަކާ އެކު ނުވަތަ ފިރިހެން ދަރިއަކާ އެކު އެކަހެރިވެއްޖެ ނަމަ، މަރުވަންދެން އޭނާގެ ޙާލަތު ގޯސްވާނެ އެވެ". އޭގެ މާނައަކީ، އޭގެ ސަބަބުން ފިތުނަވެރިކަން އުފެދޭނެ އެވެ. (‏އޭގެ މާނަ އަކީ ހިތި ނަތީޖާތައް ނުކުންނާނެ ކަމެވެ.)‏ އެކަމުން ދުރުވުމަށް ކުރެވެން ހުރި އެއްވެސް ކަމެއް ނުކޮށް ދޫކޮށްގެން ނުވާނެ އެވެ. މި حديث شريف صحيح البُخاري އާއި، صحيح المُسلِم ގައި ރިވާވެގެން ވެއެވެ. عبدالله بن مسعود (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "އަންހެނާގެ ހަށިގަނޑަކީ ޢައުރަ އެވެ". އޭގެ މާނަ އަކީ ހަށިގަނޑު ހުންނަންޖެހޭނީ ނިވާކޮށްފައެވެ. "އަންހެނަކު ބޭރަށް ނުކުންނަ އިރު، ޝައިޠާނާ ހުންނަނީ އޭނާ އާ ދިމާލަށް އަބަދު ބަލަހައްޓައިގެންނެވެ". (‏އޭގެ މާނައަކީ، ޝައިޠާނާ އެ އަންހެނާ ބޭނުންކުރާނީ ފިރިހެނުން ވާވެއްދުމަށް ބޭނުންކުރާ އެމެއްގެ ގޮތުގައެވެ.)‏ بُريدة (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ عليގެފާނާ މުޚާޠަބުކުރައްވާ حديث ކުރައްވާފައި ވެއެވެ. "އޭ علي އެވެ! ތިބާ އަށް އަންހެނަކު ފެނިއްޖެ ނަމަ، ތިބާގެ މޫނު އެ އަންހެނަކާ ދުރަށް އަނބުރާލައްވާށެވެ. އެ ކަނބުލޭގެއާ ދިމާލަށް ދެވަނަ ފަހަރަށް ނުބައްލަވާށެވެ. ކުއްލިއަކަށް އަންހެނަކު ފެނުމަކީ ފާފައެއް ނޫނެވެ. އެކަމަކު ދެވަނަ ފަހަރަށް ބެލުމަކީ ފާފައެކެވެ". މި ގޮތަށް ޙަވާލާދެއްވާފައި ވަނީ أبوداؤد އަދި دارمي (‏رضي الله عنه)‏ އެވެ. علي (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ عليގެފާނާ މުޚާޠަބުކުރައްވާ حديث ކުރައްވާފައި ވެއެވެ."އޭ علي އެވެ! ތިބާގެ ދެފައިގެ ފަލަމަސްގަނޑު ކަޝްފުނުކުރާށެވެ! އަދި މަރުވެފައި ވިޔަސް އަދި ދިރިހުއްޓަސް، އެހެން މީހެއްގެ ފަލަމަސްގަނޑަށް ނުބަލާށެވެ"! މި حديث ރިވާކުރައްވާފައި ވަނީ أبوداؤد އާއި، أبن ماجة އެވެ. އެހެންކަމުން، މަރުވެފައިވާ މީހެއްގެ ޢައުރަ އަށް ބެލުމަކީ، ދިރިހުރި މީހެއްގެ ޢައުރަ ޢަށް ބެލުން ފަދަ ކަމެކެވެ. (‏ކުޅިވަރު ކުޅުންތެރިންނާއި، ފެތުންތެރިންގެ ޢައުރަ ގުނަވަންތަކަށް ނުބެލުމަށް އަހަރެމެންނަށް ކުރެވުނުހާ ކަމެއް ކުރަންވާނެ އެވެ.)‏ عبدالله بن عمر (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިޔަބައި މީހުންގެ ޢައުރަ ގުނަވަންތައް ކަޝްފުނުކުރާށެވެ! (‏އެކަނި ހުންނަ އިރު ވެސް އެ ގުނަވަންތައް ކަޝްފުނުކުރާށެވެ)‏ އެހެނީ، ތިބާ އެކަނި ދޫނުކުރާނެ މަޚްލޫޤުންތަކެއް ވެއެވެ.

"އޭ علي އެވެ! ތިބާ އަށް އަންހެނަކު ފެނިއްޖެ ނަމަ، ތިބާގެ މޫނު އެ އަންހެނަކާ ދުރަށް އަނބުރާލައްވާށެވެ. އެ ކަނބުލޭގެއާ ދިމާލަށް ދެވަނަ ފަހަރަށް ނުބައްލަވާށެވެ. ކުއްލިއަކަށް އަންހެނަކު ފެނުމަކީ ފާފައެއް ނޫނެވެ. އެކަމަކު ދެވަނަ ފަހަރަށް ބެލުމަކީ ފާފައެކެވެ". حديث شريف

އެ މީހުންގެ ޙާޟިރުގައި ލަދުވެތިވެ، އެ މީހުންނަށް އިޙްތިރާމްކުރާށެވެ"! އެ ބޭކަލުންނަކީ، ޖިންނީންގެ ކިބައިން ތިބާ ރައްކާތެރިކޮށްދޭ حَفَظَة އޭ ކިޔުނު މަލާއިކަތުންނެވެ. އެ ބޭކަލުން ތިބާ އެކަނި ދޫކޮށްލާނީ ހަމައެކަނި ފާޚާނާ ގައި ހުންނަ ވަގުތާއި، އަނބިފިރިކަމުގެ ގުޅުންހިންގާ އިރު އެވެ. أم سلامة (‏رضي الله عنها)‏ ރިވާކުރައްވާފައި ވެއެވެ.: އަހަންނާއި، ميمونة (‏رضي الله عنها)‏ އާ ދެ މީހުން ތިބީ رَسُوْلُ اللهِ ﷺ ގެ އަރިހުގައެވެ. އެހެން ތިއްބާ އިޒުނަ ހޯއްދަވައިގެން إبن أمّ مكتوم (‏رضي الله عنه)‏ ވަންނަވައިފި އެވެ. رَسُوْلُ اللهِ ﷺ އަށް އޭނާ ފެނިވަޑައިގަތުމުން حديث ކުރެއްވި އެވެ. "ފޮރުވަން އަޅުވާފައިވާ ފޮތިގަނޑުގެ ނިވަލަށް ވަންނާށެވެ". އަޅުގަނޑު ދެންނެވީމެވެ. "އޭނާ ލޯ އަނދިރި ނޫންތޯ އެވެ؟ އޭނާއަށް އަޅުގަނޑުމެން ނުފެންނާނެ އެވެ. حديث ކުރެއްވި އެވެ. "ތިބާ ލޯ އަނދިރި ހެއްޔެވެ؟ ތިބާ އަށް އޭނާ ނުފެނޭ ހެއްޔެވެ"؟ حديث ކުރެއްވި އެވެ. "އެންމެ މޮޅު ޚަލްޤުކުރެއްވުމެވެ. ނުވަތަ: "އޭނާ ލޯ އަނދިރި ކަމަށް ވެދާނެ އެވެ. އެކަމަކު ތިވާ ލޯ އަނދިރެއް ނޫނެވެ". މި حديث ރިވާކުރައްވާފައިވަނީ، الإمام أحمد އަދި التّرمذي އާއި أبُو داؤد (‏رضي الله عنهم)‏ އެވެ. މި حديث ގައި ވާ ގޮތުން، މަޙްރަމް ނޫން އަންހެނަކަށް ބެލުމަކީ ފިރިހެނާގެ މައްޗަށް ޙަރާމް ކަމަކަށް ވާ އިރު، މަޙްރަމް ނޫން ފިރިހެނަކަށް ބެލުމަކީ އަންހެނާގެ މައްޗަށް ވެސް ޙަރާމް ކަމެކެވެ. ހަތަރު މަޒްހަބުގެ އިމާމުން އެހެން حديثތަކަށް ވެސް ރިޢާޔަތްކުރެއްވުމަށް ފަހު ވިދާޅުވެފައިވަނީ، "މަޙްރަމް ނޫން ފިރިހެނާގެ ބޮލަށާއި އިސްތަށިގަނޑަށް ނުބެލުމަކީ އަންހެނަކަށް އުނދަގޫ ކަމެކެވެ. ކުރަން އުނދަގޫ އަމުރުތަކަށް ކިޔަނީ العظمات އެވެ". އަންހެނަކަށް، ފިރިހެނެއްގެ ޢައުރަ ގުނަވަންތަކަކީ، ފޫޅާއި ކަކުލާ ދެމެދެވެ. އެ ގުނަވަންތަކަށް ނުބެލުމަކީ ފަސޭހަ ކަމެކެވެ. ކުރަން ފަސޭހަ އަމުރުފުޅުތަކަށް ކިޔެނީ رُخْصَة އެވެ. [‏ސާފުކޮށް އެނގޭނޭ ފަދައިން، أزواجُ الطّاهرات (‏رَسُوْلُ اللهِ ﷺ ގެ ޠާހިރު އަނބި އަނބި ކަނބަލުން)‏ (‏رضي الله تعالى عنهُنَّ)‏ އަދި (‏رضي الله عنهُم)‏ އަށް އިސްކަންދެއްވައި، رُخصة އާ ދުރަށް ޖެހުނެވެ. رَسُوْلُ اللهِ ﷺ ގެ ދުވަސްވަރު އަންހެނުން އެމީހުންގެ ޢައުރަ ނިވާނުކުރާ ކަމަށް ބުނެވޭ ބުނުމަށް ބަލާ އިރު، މިއަދު އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތަކުން، އަންހެންވެރިން ޢައުރަނިވާކުރަން ލާ ހެދުން އޭރަކު ނެތެވެ. މިސާލެއްގެ ގޮތުން، عائشةގެފާނު ބޯނިވާނުކުރައްވައި ހިންގަވާ އުޅުއްވި އެވެ. މިއަދު އަންހެނުން ޢައުރަ ނިވާކުރުމަށް ގެންގުޅޭ އާދަ އަށަގެންނެވީ، ދާއިރާގެ ޙައްދުންފަހަނައަޅާފައިވާ މީހުންނާއި ފިޤްހު ޢިމްވެރިންނެވެ". މިއީ، އިނގިރޭސި މުއާމަރާތްކުރާ މީހުން ހަދަހަދައިގެންއުޅޭ ވާހަކަތަކެވެ. އެ މީހުންގެ އަޞްލު މަޤްޞަދަކީ، އެތެރެއިން އަދި ޒިންދީޤުން ލައްވާ އިސްލާމް ދީން ނައްތާލުމެވެ.]‏ عمر الفاروق (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައިއެވެ. "ފިރިހެނަކު މަޙްރަމް ނޫން އަންހެނަކާ އެކު އެކަހެރިވެއްޖެ ނަމަ، އެ ދެމީހުންގެ ދެމެދަށް ތިންވަނަ މީހެއްގެ ގޮތުގައި ޝައިޠާނާ ވަންނާނެ އެވެ". މި حديث ރިވާކުރައްވާފައިވަނީ ترمذي އެވެ. [‏މަޙްރަމް ނޫން އެކެއް ނުވަތަ އެއަށް ވުރެ ގިނަ އަންހެނުންނާ އެކު އެކަހެރިވުމަކީ ޙަރާމް ކަމެކެވެ. މާނައަކީ، ފިރިހެނަކާއި، އަންހެނަކު ބަންދު ތަނެއް ގައި އެކަހެރިކޮށް ތިބުމެވެ. إين العابدين އޭނާ އިމާމަކަށް ވުމާ ބެހޭގޮތުން އަންނަނިވި ފަދައިން ބަޔާންކުރައްވާފައި ވެއެވެ. "ފިރިހެންމީހާގެ މަޙްރަމުންގެ ތެރޭގައި ހިމެނޭ ތިމާގެ އަންހެނަކު ނުވަތަ ފިރިހެނަކު އެތާގައި ހުރި ނަމަ، އެއީ އަންހެނާއާ އެކު އެކަހެރިވީ ކަމަށް ނުބެލެވޭނެ އެވެ".]‏ جابر بن عبدالله (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "އެކަނބަލުންގެ ފިރިން ދުރުގައިވާ އަންހެނުންނަށް ޒިޔާރަތްނުކުރާށެވެ! އެހެނީ، (‏ތިބާ އެގޮތަށް ޢަމަލުކޮށްފި ނަމަ)‏ ތިބާގެ ނާރުތަކުގައި ލޭ ފަދައިން ޝައިޠާނާ ދައުރުވާނެ އެވެ". ދެން އެ މީހުން ބުނޫ އެވެ. "އޭނާ ކަލޭގެފާނުގެ ހަށިކޮޅުގައި ވެސް ދައުރުވޭ ތޯ އެވެ"؟ މާތް ﷲ ގެ ޙަބީބު حديث ކުރެއްވި އެވެ. "އާނއެކެވެ! ތިމަންކަލޭގެފާނުގެ ހަށިކޮޅުގައި ވެސް އޭނާ ދައުރުވެއެވެ. އެހެން ނަމަވެސް، އޭނާގެ ނުރައްކާތެރިކަމުން ތިމަންކަލޭގެފާނު ޙިމާޔަތްކުރައްވާފައެވެ. އެކަލާނގެ އޭނާ ވަނީ އިސްލާމަކަށް ހައްދަވައި، އެއާއެކު، ތިމަންކަލޭގެފާނަށް އޭނާ ވަނީ އަމާންދީފައެވެ". މި حديث ރިވާކުރައްވާފައިވަނީ التّرمذي (‏رحمة الله تعالى)‏ އެވެ. أُمُّ سلامة (‏رضي الله عنها)‏ ރިވާކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ ހުންނެވީ އަހަންނާ އެކު އަހަރެންގެ ކޮޓަރީގައެވެ. އަހަރެންގެ އަޚް عبدالله بن أبي أُمَيَّة ގެ އަޅު ވެސް ހުރީ އެ ކޮޓަރީގައެވެ. އެ އަޅަކީ مُخنّث (‏އަންހެންދުޅާ)‏ ފިރިހެނެކެވެ. رَسُوْلُ اللهِ ﷺ އަށް އެ އަންހެންދުޅާ مُخنّث މީހާ ފެނިވަޑައިގަތުމުން، އަދި އޭނާ ވާހަކަދައްކާ އަޑު އިވިވަޑައިގަތުމުން حديث ކުރެއްވި އެވެ. "ތިބާގެ ގެއަށް މިފަދަ މީހުން ނުވައްދާށެވެ"! މި حديث ވަނީ البُخاري އާއި المُسلم ގައި ވާރިދުވެފައެވެ. مُخنّث އަކީ، ޙަރަކާތްކުރާ ގޮތާއި، ވާހަކަދައްކާ ގޮތާއި، އަޑާއި، ހެދުންއަޅާ ގޮތުގައި އަންހެނަކާ ވައްތަރު ފިރިހެނެކެވެ. އެގޮތަށް އުޅޭ މީހުންނަކީ ލަޢްނަތްލެއްވިގެންވާ މީހުންނެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި އަންނަނިވި ފަދައިން ރިވާވެގެން އައިސްފައި ވެއެވެ. "އަންހެނުންނާ ވައްތަރުވެގެންއުޅޭ ފިރިހެނުންނާއި، ފިރިހެނުންނާ ވައްތަރުވެގެންއުޅޭ އަންހެނުންނަށް މާތް ﷲ ވަނީ ލަޢުނަތް ލައްވަވާފައެވެ". އެއްވެސް މަޤްބޫލު ޢުޒުރަކާ ނުލައި، ފިރިހެނުން ގޮތަށް ހެދުންލައި، ފިރިހެނުން ގޮތަށް ބޯކޮށާފައި، ފިރިހެނުން ގޮތަށް ކަންކަން ކޮށްއުޅޭ އަންހެނުންނާއި، އަންހެނުން ގޮތަށް ބޯދިގުކޮށް، އަންހެނުން ފަދައިން ޒީނަތްތެރިވާ ފިރިހެނުންހިމެނިގެންވަނީ،މި حديثގެ ތަރަހައިގެ ތެރޭގައެވެ. އެތެރެ ފެންނަ ހެދުން އަޅައިގެން އުޅުމަކީ އަންހެނާގެ މައްޗަށް އިސްލާމް ދީން ޙަރާމްކުރައްވާފައިވާ ކަމެކެވެ. المُسلم އާއި الموطأ މި ދެ ޙަދިޘް ފޮތުގައި ބަޔާންވެގެން އައިސްފައިވާ ގެ ޙަދީޘެއް ގައި ބަޔާންވެގެން އައިސްފައި ވެއެވެ. "ހެދުންލައިގެން (‏އެކަމަކު)‏ އޮރިޔާމުން ތިބޭ އަންހެނުންނާއި، ޖަމަލުގެ ބުރަކަށިހެން ބޯ މައްޗަށް ހުޅިޖަހައިގެން ތިބޭ އަންހެނުން ސުވަރުގެ ނުވަންނާނެ އެވެ. އެފަދަ މީހުންނަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ އެވެ. ސުވަރުގޭގެ ވަހަކީ ވަރަށް ދުރު ހިސާބުތަކަށް ފޯރިޔަސް މެއެވެ". އަންހެނުން ތުނި އެތެރެ ފެންނަ އަދި ބާރު ހެދުމާއި، އިސްޓާކީނާއި، ބޮލުގައި އަޅާ އެއްޗެހި ލުމާއި، ބޮލުގެ މައްޗަށް ވާ ގޮތަށް ބޮޑެތި ހުޅިޖެހުން މި ޙަދީޘުން މި ވަނީ ޙަރާމްކުރައްވާފައެވެ. މި ގޮތަށް ހެދުންއެޅުމަކީ، އޮރިޔާމުން ހިނގާފައިދިއުން ފަދަ ކަމެކެވެ. ތުނި އަދި ބާރު ހެދުން އެޅުމާއި، ޖަމަލުގެ ބުރަކަށި ފަދައިން އެ މީހުން ބޮލުގެ އިސްތަށިގަނޑު ބޯމަތީގައި މައްޗަށް ހުޅިޖަހާފައި ހުރުމަކީ، މުސްލިމު އަންހެނުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެމީހުންނަށް އެނގެންޖެހޭ ކަމަކީ، މިފަދަ ނުބައި ޢަމަލުތަކުގެ ނުބައިކަން ހުރި މިންވަރަކީ، މި ޢަމަލުތަކަކީ، އެ މީހަކު ނަރަކައަށް ވަންނަ ވަރުގެ ނުބައި ކަން ބޮޑު ޢަމަލުތަކެއް ކަމެވެ. الهِنديّة ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ބޯ އަދި ދޫކޮށް ހުންނަ ހެދުން ލައިގެން ހުންނަ އަންހެނަކަށް ބެލުން ހުއްދަ އެވެ. ބާރު ހެދުން ލައިގެން ހުންނަ އަންހެނާ އަށް ބެލުން ހުއްދައެއް ނޫނެވެ. ރަނގަޅަށް ނިވައިކޮށްގެން ހުންނަ އަންހެނާގެ މޫނަށް ޝަހްވަތްތެރިކަމާ އެކު ބެލުމަކީ ޙަރާމް ކަމެކެވެ. އެކަމުގެ ބޭނުމެއް ނެތީސް، ޝަހުވަތްތެރިކަމާ ނުލައި ވެސް އަންހެނެއްގެ މޫނަށް ބެލުމަކީ މަކްރޫހަ ކަމެކެވެ. މުސްލިމު ނޫން އަންހެނުންނަށް ބެލުމުގައި ވެސް އޮތީ ހަމަ މި އުޞޫލެވެ. ޢިލްމުވެރިންގެ ބަޔާންތަކަށް ބަލާއިރު، ބެލުން ހުއްދަވެގެންވަނީ ހަމައެކަނި އެކނަބަލުންގެ އިސްތަށިގަނޑަށެވެ". ދޫ، ބޯ، އަދި ގަދަ ކުލައެއްގެ ފުންނާބު ކަށިގަނޑާ ހަމަޔަށް ފޯރާވަރުގެ އަދި ދެ އަތާއި، ދެ އަތުކުރި ނިވައިވާ ވަރުގެ ހެދުން ލުން، ދެ ބައިން ހުންނަ ވައްތަރުގެ ހެދުން ލުމަށް ވުރެ ރަނގަޅެވެ. الحلبي الكبير ގައި ބަޔާންވެގެން އައިސްފައި ވެއެވެ. "އިސްލާމީ ޢިލްމުވެރިންގެ އިޖްމާޢުގައި ވާ ގޮތުން، މިނިވަން (‏މުސްލިމު)‏ އަންހެނާގެ ކަންފަތާ ހަމަޔަށް ފައިބާފައި އޮންނަ އިސްތަށިގަނޑަކީ ޢައުރައެވެ. ހަމައެހެންމެ، جمهورُ الفقهاء އިންގެ ރައުޔުގައި، ކަންފަތަށް ވުރެ ތިރިއަށް ފައިބާފައި އޮންނަ އިސްތަށިގަނޑުގެ ބަޔަކީ ވެސް ޢައުރައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ނަމާދުކުރާ އިރު އިސްތަށިގަނޑުގެ ފައިބާފައި އޮންނަ ބަޔަކީ ޢައުރައެއް ނޫނެވެ. އެހެން ނަމަވެސް، މަޙްރަމް ނޫން ފިރިހެނަކަށް އެ ބަޔަށް ބެލުން ވެސް ހުއްދައެއް ނޫނެވެ". އަންހެނާގެ މުޅި އިސްތަށިގަނޑު، ބޯ ބުރުގާއަކުން ނިވާކުރަންޖެހެއެވެ. ބުރުގާގެ މެދުގެ ކުރިމައްޗަށް ވާ ބައި އޭނާގެ ނިތްކުރީގައި ޖެހިފައި، ބުމަޔާ ހަމަޔަށް، އަދި ދެ ފަރާތް ބުމައިގެ ބޭރު ކޮޅާ ހަމަޔަށް ގެންގޮސް، ތިރިޔަށް ދަތްދޮޅިއާ ހަމަޔަށް ގެންގޮސް ދަތްދޮޅި ދަށަށް ވާގޮތަށް ޕިންޖަހާފައި، ނިމޭކޮޅު ދެ އުރަމައްޗަށް ވައްޓާލާފައި، ފަހަތުކޮޅު ބުރަކަށީގެ މަތީބައި ފޮރުވަންވާނެ އެވެ. ފިތުނަވެރިކަން އުފެދުން ގާތް ނަމަ، ކޯތާފަތް ވެސް ނިވާކުރަންޖެހެއެވެ. ހަމައެހެންމެ، ބޯ އަދި ގަދަ ކުލައިގެ އިސްޓާކީނު ވެސް ލާންޖެހޭނެއެވެ. އަންހެނާގެ އިސްތަށިގަނޑުން ފައިބާފައި އޮންނަ ބައިގެ ހަތަރު ބައިކުޅަ އެއްބައި ނަމާދުގެ ރުކުނެއް ކުރާ ހާ އިރަށް ކަޝްފުވެފައިވާ ނަމަ، އެ އަންހެނާގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ. މިއަށް ވުރެ ކުޑަ ވަރެއް ކަޝްފުވެފައި ވާ ނަމަ ނަމާދު މަކްރޫހަވާނެ އެވެ. އަންހެނާގެ ޢުމުރުގައި ޢުމުރުން ހަނގުވުމާއި، ދޮށީވުމުގައި ފަރަގުކޮށްފައިވާ އިސްލާމީ އެއްވެސް ފޮތެއް ވެސް ނެތެވެ. މުސްކުޅި އަންހެނާ އާ ސަލާންކުރުން އަދި އެކނަބުލޭގެ އަށް ފޮނި ކާއެއްޗެހި ދިނުން ހުއްދަވާނެ ކަމަށް ވިދާޅުވާ އިސްލާމީ ޢިލްމުވެރިން އެބަ ތިއްބެވި އެވެ. އެކަމަކު، ދުވަސްވީ އަންހެނާގެ އިސްތަށިގަނޑު

"އަންހެނުންނާ ވައްތަރުވެގެންއުޅޭ ފިރިހެނުންނާއި، ފިރިހެނުންނާ ވައްތަރުވެގެންއުޅޭ އަންހެނުންނަށް މާތް ﷲ ވަނީ ލަޢުނަތް ލައްވަވާފައެވެ". حديث شريف

ކަޝްފުކޮށް، މަޙްރަމް ނޫން ފިރިހެނުން އެ އަންހެނާގެ އިސްތަށިގަނޑަށް ބެލުން ހުއްދަ ކަމަށް ބުނާ އިސްލާމީ އެންމެ ޢިމްލުވެރިއެއް ވެސް ނެތެވެ. ބައެއް އިސްލާމީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކާފަރު އަންހެނެއްގެ އިސްތަށިގަނޑަށް ބެލުން ހުއްދަވެގެން ވެއެވެ. އެހެން ނަމަވެސް، ދުވަސްވީ މުސްލިމު އަންހެނެއް އިސްތަށިގަނޑަށް ބެލުން ހުއްދަ ކަމަށް ވިދާޅުވާ އެންމެ ޢިލްމުވެރިއެއް ވެސް ނެތެވެ. ޢުމުރުން ދުވަސްވީ މުސްލިމު އަންހެނުން މިސްކިތަށް ނުވަތަ ޤަބުރުސްތާނަށް ޒިޔާރަކުރުން ހުއްދަ ކަމަށް ބުނާ އިސްލާމީ ޢިލްމުވެރިން ބަޔާންކުރައްވަނީ އެ ފަދަ އަންހެނާ ވެސް އިސްތަށި ނިވާކުރަންޖެހޭނެ ކަމަށެވެ. މުސްލިމެއް ކަމަށް ދަޢުވާކުރާ މީހާ އަށް، އޭނާ ކުރަންއުޅޭ އެއްވެސް ކަމަކީ އިސްލާމް ދީނުގައި ކުރުން ހުއްދަ ކަމެއް ތޯ ބަލަންޖެހެއެވެ. އެގޮތަށް ޢަމަލުނުކުރާ ނަމަ، أهل السُّنّة ގެ ޢިލްމުވެރިނާ ސުވާލުކޮށްގެން، ނުވަތަ އެ ފަދަ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް އުނގެނެންވާނެ އެވެ. އޭނާ ކުރަންއުޅޭ ކަމަކީ އިސްލާމް ދީނާ ފުށުއަރާ ކަމެއް ނަމަ، ފާފަކުރުމުންނާއި، ކުފުރުން އޭނާ އަށް ރައްކާތެރިއެއް ނުވެވޭނެ އެވެ. ކޮންމެ ދުވަހަކު ތެދުވެރި ތައުބާއަކުން ތައުބާވާން ޖެހޭނެ އެވެ. ފާފަވެރި ނުވަތަ ދީނާ ޚިލާފު ޢަމަލުތަކަށް، ތައުބާވެއްޖެ ނަމަ، (‏الله تعالى)‏ އެފާފަތައް ފުއްސަވާދެއްވާނެ އެވެ. ތައުބާނުވެއްޖެ ނަމަ، ދުނިޔެއާއި، ނަރަކާގައި ޢަޒާބާއި، އަދަބުދިނުން ތަޖްރިބާކުރަންޖެހޭނެ އެވެ. ނަމާދުކުރާ އިރުގަޔާއި، އެހެން ތަންތަނުގައި އުޅޭ އިރު ނިވާކުރަންޖެހޭ ފިރިހެނުންނާއި އަންހެނުންގެ ހަށިގަނޑުގެ ގުނަވަންތަކަށް ކިޔޭ ނަމަކީ ޢައުރަ އެވެ. "ޢައުރަ ކަޝްފުކުރުމަކީ، ނުވަތަ އެހެން މީހުންގެ ޢައުރަ އަށް ބެލުމަކީ ޙަރާމް ކަމެކެވެ". ޢައުރައެއް ނެތް ކަމަށް ބުނާ މީހަކީ ކާފަރެކެވެ. އަހަރެމެންގެ ދީން އަހަރެމެންނަށް އަމުރުކުރަނީ، ޢައުރަނިވާކުރުމަށެވެ. އަންހެނަކާއި ފިރިހެނަކުގެ ޢައުރަ ކަޝްފުކޮށްގެން ތިބޭ ތަން، ނުވަތަ އެ ތަނެއް ގައި މިޔުޒިކު އާލާތްތައް ކުޅެވޭ ތަން، ނުވަތަ މީސްތަކުން ޖުވާ ކުޅޭ ތަން، ނުވަތަ ރާ ބޯ ތަން، ނުވަތަ މީސްތަކުން އަންހެންވެރިން ނަށާއުޅޭ ތަނަށް ކިޔޭ ނަމަކީ فِسق ތަންތަނެވެ. ފިސްޤު ތަންތަނަށް ދިއުމަކީ ޙަރާމް ކަމެކެވެ. ހިތް ވެސް ޠާހިރުވާން ޖެހެއެވެ. ހިތް ޠާހިރުވުމުގެ މާނަ އަކީ، ރިވެތި އަޚްލާޤު ލިބިފައިވުމެވެ. ހިތް ޠާހިރުވަނީ އިސްލާމް ދީނަށް ބޯލަންބައިގެންނެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ނޫޅޭ މީހުންނަށް ޠާހިރު ހިތެއް ނުލިބޭނެ އެވެ. إجماع (‏ހުރިހާ ޢިލްމުވެރިން)‏ ކަމުގައިވާ ހަތަރު މަޒްހަބު ގައި ޢައުރަ ކަމަށް ބެލެވޭ ހަށިގަނޑުގެ ގުނަވަނެއް ކަޝްފުކުރުމަކީ، ނުވަތަ އެހެން މީހުންގެ ޢައުރަ ގުނަވަންތަކަށް ބެލުމަކީ، ނުވަތަ އެއީ މުހިއްމު ކަންތައް ކަމަށް ނުބެލުމަކީ، މާނަ އަކީ، އެ ޢަމަލުތަކަށް ލިބޭނެ ޢަޒާބަށް ބިރުނުގަންނަ ކަމުގައި ވާ ނަމަ، އޭނާ ވާނީ ކާފަރަކަށެވެ. އަންހެނުންގެ ޢައުރަ ގުނަވަންތައް ކަޝްފުކުރުން، ނުވަތަ އަންހެނުން ލަވަކިޔުން، ނުވަތަ ފިރިހެނުން ކުރިމަތީ ގައި ކިޔުމުގައި ވެސް އޮތީ ހަމަ މި ޤަވާޢިދެވެ. ތިމަންނާ އަކީ މުސްލިމެއް ކަމަށް ބުނާ މީހާގެ މައްޗަށް އޮތީ، ހަތަރު މަޒްހަބުން އިޖްމާޢުވެ އުނގަންނައިދީފައިވާ އީމާންކަމާއި، އިސްލާމް ކަމުގެ ރުކުންތަކާއި، ފަރްޟްތަކާއި، ޙަރާމް ކަންތައްތައް އުނގެނި އެ އުނގެނުންތައް މަރިވެރިކުރުމެވެ. އެކަންތައްތައް ނޭނގުމަކީ ޢުޒުރެއް ނޫނެވެ. މާނައަކީ، އެއީ، އެކަންތައް އެނގި އިންކާރުކުރުން ފަދަ އެވެ. "ހަތަރު މަޒްހަބުގައި ވާ ގޮތުން، އަންހެނާގެ ހަށިގަނޑުގެ ޢައުރައަކީ މޫނާއި ދެ އަތްތިލަ ފިޔަވާ، މުޅި ހަށިގަނޑެވެ". ޢައުރަ ކަމަށް ދަންނަބޭކަލުން އިޖްމާޢުވެފައިނުވާ ހަށިގަނޑުގެ ޢައުރަ ގުނަވަނެއް މުސްލިމަކު ކަޝްފުކޮށްފި ނަމަ، މާނަ އަކީ، އަނެއް ތިން މަޒްހަބު ގައި ޢައުރަ ކަމަށް ކަނޑައަޅާފައިނުވާ ގުނަވަނެއް ނަމަ، އޭނާ އަދި ކާފަރަކަށް ނުވިޔަސް، އޭނާ ގެ މަޒްހަބުގައި ވާ ގޮތަށް ބޮޑު ފާފައަކަށް އަރައިގަނެވުނީ އެވެ. މީގެ މިސާލަކީ، ފިރިހެނާ އޭނާގެ ދެ ކަކުލާއި، ޖިންސީ ގުނަވަނާ ދެމެދު ކަޝްފުކުރުމެވެ. ނޭނގޭ ކަންތައް އުނގެނުމަކީ، މުސްލިމުންގެ މައްޗަށް ފަރްޟެކެވެ. އެކަމެއް އުނގެނުމާ އެކު، އެ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ އެ ވަގުތުން ތައުބާވެ، އެ ގުނަވަނެއް ނިވާކުރުމެވެ.

މި ހުރިހާ ކަރުނަތަކެއް އޮއްސާ ތިބާގެ ދެ ލޮލަށް ވީ ކިހިނެއް ހެއްޔެވެ؟
ތިބާގެ ނަފްސު އަނބުރާ ހޯދާށޭ ތިބާ ބުނާ ވަރަކަށް ތިބާގެ ހިތް ބޮޑަށް ރޯވަނީއޭ.
محمّدގެފާނުގެ އޯގާވެރިކަމުގެ ވާރޭން،
ކޮންމެ ނަބީއަކު އެދިލައްވަނީ އެންމެ ތިއްކެކޭ.
ރޫޙާނީގޮތުންނާއި، ޖިސްމާނީގޮތުން، ފާޅުވެގެންވާ އަދި ވަންހަނާވެފައިވާ،
އެކަލޭގެފާނަކީ، ވުޖޫދުގައިވާ ހުރިހާ އެއްޗެއްގެ ތެރެއިން ޙައްޤުގެ ޙަބީބޭ.
އެކަލާނގެ ޒާތުފުޅުގެ ފަޟްލުވަންތަކަމާއި، މަތިވެރިކަމަށް ޙައްދެއް ނެތޭ،
އެކަލާނގެ ފަޟްލުވަންތަކަން ދުލަކުން ބަޔާންނުކުރެވޭނެ އޭ.
رَسُوْلُ اللهِ ﷺ ގެ ކޮންމެ މުޢުޖިޒާތަކަށް،
އެކަލޭގެފާނުގެ މަތިވެރިކަމާ މެދު ވާހަކަދެއްކޭ ނަމަ،
އެކަލޭގެފާނުގެ ބަރަކާތްތެރި ނަންފުޅު ގަނެވުމާއެކު،
ފަނާވެގެންގޮސްފައިވާ ހުރިހާ ގުނަވަންތަޖެއް ދިރިއްޖެއޭ.
އަހަރެމެންނަށް ނުއުފުއްލޭ ވަރުގެ ކަމެއް އެކަލާނގެ އަހަރެމެންނަށް ތަކްލީފުނުކުރައްވައޭ،
އެކަލާނގެ އަމުރުފުޅުތަކާއި، ނަހީކުރެއްވި ކަންތައްތަކަކީ އަހަރެމެންގެ ބޮލުގެ ތާޖޭ.
قصيدة البردة

ނަމާދު ޤާއިމްކުރާނެ ގޮތް

"الله تعالى އަމުރުކުރައްވާފައިވަނީ، ކޮންމެ ދުވަހަކު ފަސް ނަމާދުކުރުމަށެވެ. الله تعالى ވަޢުދުވެވޮޑިގެންފައިވަނީ ޞައްހަ ގޮތުގައި ވުޟޫކޮށް، މި ފަސް ނަމާދު އޭގެ ވަގުތުގައި ރަނގަޅަށް رُكُوع އާއި سجدة ކޮށްގެން ކުރާ ނަމަ، الله تعالى އޭނާގެ ފާފަތައް ފުއްސަވާދެއްވާނެ އެވެ. މި ނަމާދު ނުކުރާ މީހަކަށް އެކަލާނގެ ވަޢުދުފުޅެއް ނުވެއެވެ. އެކަލާނގެ އެފަދަ މީހުންނަށް ޢަފޫކުރައްވާނެ އެވެ. ނުވަތަ ޢަޒާބުދެއްވާނެ އެވެ". حديث شريف

ފިރިހެނަކު ވަކިން ނަމާދުކުރާނެ ގޮތް

މިސާލެއްގެ ގޮތުން، ފަތިސް ނަމާދުގެ ސުންނަތް ކުރަންވާނީ އަންނަނިވި ގޮތަށެވެ.:

ޤިބްލަޔަށް ކުރިމަތިލުން. ދެ ފައިގެ އިޑިން ބަހައްޓާނީ ދޭތެރޭގައި ހަތަރު އިނގިލީގެ ދުރުމިނުގައެވެ. ދެ ބޮޑުވައި އިނގިލީގެ ކޮޅުތައް ކަންފަތު ފޫޅުގައި ޖައްސައި، ދެ އަތްތިލަ ޤިބްލަޔަށް އަނބުރާލާނީ އެވެ. ދެ އަތްތިލަ ހިތާ ދިމާލުން ދާއިރު، ކިޔާނީ: މިއަދު އަޅާ ފަތިސް ނަމާދުކުރުމަށް ބޭނުންވެ، ޤިބްލަޔަށް ކުރިމަތިލީމެވެ. އަދި "الله أكبر" މިހެން ކިޔާނީ އެވެ. އަދި ފޫޅުގެ ތިރިއާ ހަމައިން ކަނާތްތިލަ ވާތުގެ އަތުކުރީގައި ހިފަހައްޓާލާނީ އެވެ.

ސަޖިދާގައި ބޯ ޖައްސާނެ ތަނަށް ބަލަހައްޓައިގެން ހުރެ:
ހ)‏ سُبحانك ދުޢާ ކިޔާނީ އެވެ.
ށ)‏ أعُوذ އާއި بسم ކިޔުމަށް ފަހު ކިޔާނީ سورة الفاتحة އެވެ.

ނ)‏ سورة الفاتحة އަށް ފަހު، ބިސްމި ކިޔުމަކާ ނުލައި، މިސާލަކަށް "الفيل" ސޫރަތް ފަދަ އިތުރު ސޫރަތެއް ކިޔާނީ އެވެ. ބިސްމި ކިޔުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

އިތުރު ސޫރަތް ކިޔުމަށް ފަހު، ރުކޫޢަށް ތިރިވާނީ (‏ދެ ކަކުލުގައި އަތްތިލަ ޖައްސައިގެން ހުރެ)‏ الله أكبر ކިޔަމުންނެވެ. رُكُوع ގައި އޮންނަ އިރު، ދެ އަތްތިލައިގެ އިނގިލިތައް ހުޅުވުމަށް ފަހު ދެ ކަކުލުގައި ހިފަހައްޓާނީ އެވެ. ތިބާގެ ބުރަކަށްޓާއި ބޯ ސީދާކޮށް އެއްވަރެއް ގައި ބަހައްޓާނީ އެވެ. ފައިތިލަ އަށް ބެލަހައްޓައިގެން އޮވެ ތިން ފަހަރު ކިޔާނީ "سُبحان رَبِّ العظيم" މިހެންނެވެ. މިހެން 5، 7، 9، 11 ފަހަރު ކިޔުމަކީ، މުސްތަޙައްބު ސުންނަތެކެވެ.

ރުކޫޢުން ތެދުވެ ކިޔާނީ "سمع الله لمن حمده" މިހެންނެވެ. ތެދުވާ އިރު، ފަޓްލޫނު ނުހިއްލާށެވެ. އަދި ސަޖިދަޖެހި ތަނުން ލޯ ދުރުނުކުރާށެވެ. ތެދުވެ إعتدال ގައި ހުންނަ އިރު، ކިޔާނީ "رَبّنا لَكَ الحَمْدُ" މިހެންނެވެ. (‏މި إعتدال އަށް ކިޔެނީ قيام އެވެ.)‏

ކުޑަ ވަގުތުކޮޅަކަށް ޙަރަކާތެއް ނުކޮށް ކޮޅަށް ހުރުމަށް ފަހު، ސަޖިދަ ޖެހުމަށް ޓަކައި ކަކޫ ޖައްސާ އިރު ކިޔާނީ، "الله أكبر" އެވެ. ސަޖިދަ ޖަހާ އިރު، ޢަމަލުކުރާނީ އަންނަނިވި ތަރުތީބުންނެވެ.

ހ)‏ ފުރަތަމަ ކަނާތު ކަކޫ ޖެއްސުމަށް ފަހު ދެން ވާތު ކަކޫ، ދެން ކަނާތްރިލަ، ދެން ވާތްތިލަ ބިންމަތީގައި ޖައްސާނީ އެވެ.
ށ)‏ ފައިގެ އިނގިލިތައް ހުންނަންޖެހޭނީ ޤިބްލަޔާ ދިމާވާ ގޮތަށް ލަންބާލާފައެވެ.
ނ)‏ ބޯ އޮންނަންޖެހޭނީ ދެ އަތްތިލަ ދޭތެރޭގައެވެ.
ރ)‏ އިނގިލިތައް ހުންނަންޖެހޭނީ ލައްޕާލާފައެވެ.
ބ)‏ ދެ އަތްތިލަ ބިންމަތީ ގައި ޖައްސައި، އުޅަނބޮށި ބިންމަތީގައި ޖެހިގެން ނުވާނެ އެވެ.

ޅ)‏ سجدة ގައި "سبحان ربي الأعلى" މިހެން މަދުވެގެން 3 ފަހަރު ކިޔަންވާނެ އެވެ. މިހެން 5، 7، 9، 11 ފަހަރު ކިޔުމަކީ މުސްތަޙައްބު ސުންނަތެކެވެ.

"الله أكبر" ކިޔަމުން، އެ ފައިތިލައިގެ އިނގިލިތައް ކަނާތްފަރާތަށް ވާގޮތަށް ތިބާގެ ވާތު ފައިތިލަ ބިން މަތީގައި ބާއްވާނީ އެވެ. ކަނާތު ފައިތިލަ ސީދަލަށް އަދި އިނގިލިތައް ޤިބްލަޔަށް ވާ ގޮތަށް ބިންމަތީގައި ޖައްސާނީ އެވެ. ދެ އަތްތިލަ ދެ ކަކޫ މަތީގައި ޤިބްލަޔާ ދިމާލަށް އަދި އިނގިލިތައް ކުޑަކޮށް ހުޅުވައިގެން ފައިގެ ފަލަމަސްގަނޑު މަތީ ގައި "سُبحان الله" (‏އެކަމަކު އަޞްލު އެހެން ނުކިޔައި)‏ ކިޔޭހާ އިރަށް އިށީންނާނީ އެވެ.

"الله أكبر" ކިޔަމުންއަނެއްކާ ވެސް ސަޖިދަކުރާނީ އެވެ. (‏ދެ ސަޖިދަ ދޭތެރޭ ގައި ޙަރަކާތެއް ނެތި އިށީނދެ އިނުމަށް ކިޔެނީ جلسة އެވެ.)‏

سجدة ގައި "سُبحان ربّي الأعلى" ތިން ފަހަރު ކިޔުމަށް ފަހު، ދެވަނަ ރަކްޢަތަށް "الله أكبر" ކިޔަމުން ތެދުވާނީ އެވެ. އެ ގޮތަށް سجدة އިން ތެދުވާ އިރު، ފުރަތަމަ ހިއްލައިލާނީ ނޮތްކުރި އެވެ. ދެން ނޭފަތެވެ. ދެން ވާތެވެ. ދެން ކަނާތެވެ. ދެން ވާތު ކަކުލެވެ. ދެން ކަނާތު ކަކުލެވެ.

ކޮޅަށް ތެދުވެ ހުންނަ އިރު، ބިސްމި ކިޔުމަށް ފަހު الفاتحة އަދި އެހެން ސޫރަތެއް ކިޔާނީ އެވެ. ދެން رُكُوع އަށް ގުދުވެ "الله أكبر" ކިޔާނީ އެވެ.

ދެވަނަ ރަކްޢަތް ކުރާނީ (‏ކޮންމެ ރަކްޢަތެއް ގައި ވެސް قيام، رُكُوع، އަދި سجدة)‏ ފުރަތަމަ ރަކްޢަތް ވެސް ކުރި ގޮތަށެވެ. އެހެން ނަމަވެސް، ދެވަނަ ސަޖިދަ އަށް ފަހު، "الله أكبر" ކިޔުމަށް ފަހު ނުތެދުވެ، ފައިގެ ފަލަ މަސްގަނޑު މަތީ އިށީންނާނީ އެވެ.

ހ)‏ التّحيّات، اللّهُمَّ صّلِّ، الّلّهُمَ بارك މި ދުޢާތައް ކިޔުމަށް ފަހު، ސަލާމް ދޭނީ އެވެ؛ ފުރަތަމަ ކަނާތް ފަރާތަށެވެ. ދެވަނަ އަށް ފާތް ފަރާތަށެވެ. ކިޔާނީ "السّلام عليكم و رحمة الله" މިހެންނެވެ.

ށ)‏ އޭގެ ފަހުން، "اللهم أنت السََلام و منك الّسّلام تباركت يا ذا الجلال و الإكرام" މި ދުޢާ ކިޔާނީ އެވެ. ދެން ތެދުވެ ފަތިސް ނަމާދުގެ ފަރްޟް ދެ ރަކްޢަތް ހަމަ އެ ގޮތަށް، އެކަމަކު ފަރްޟް ނަމާދަށް ނިޔަތް ގަނެގެންނެވެ. ސުންނަތާ ފަރްޟާ ދެމެދު ނުވަތަ ފަރްޟާ ސުންނަތާ ދެމެދު އޮޅުވާލުން ހުއްދަވެގެނެއް ނުވެއެވެ. އެކަމުގެ ސަބަބުން ނަމާދު ބާޠީލުނުވިޔަސް، ސުންނަތުން ލިބޭ ޘަވާބު އުނިކޮށްލާނެ އެވެ. ނަމާދު ފުރިހަމަވުމަށް ފަހު، ތިބާ ކިޔާނީ، "الّلهُمَِ أنت السّلام..." އަދި ތިން إستغفار އެއް ފުރިހަމަޔަށް ކިޔަންވާނެ އެވެ.: "استغفر الله العظيم الكريم الله لا إله إلا هو الحي القيوم وطوبى إليه". ދެން آية الكُرسي ކިޔުމަށް ފަހު 33 ތަސްބީޙަ "سُبحان الله"، 33 ތަޙްމީދު "الحمد لِله"، އަދި 33 تكبير "الله أكبر"، އަދި އެއް ފަހަރު تهليل "لاإله إلّا الله وحده لا شريك له المُلك وله الحمد و هو على كُلِّ شيئِ قدير" ކިޔާނީ އެވެ. މި ދުޢާތައް ކިޔަންވާނީ މަޑުންނެވެ. އަޑު ހަރުކޮށް މި ދުޢާތައް ކިޔުމަކީ ބިދުޢައެކެވެ. އޭގެ ފަހުން، ދުޢާކުރާނީ އެވެ. ދުޢާކުރާ އިރު، ފިރިހެނުން ދެ އަތް މައްޗަށް އުފުއްލާނީ މެއާ ހަމަޔަށެވެ. ދެއަތް އުޅަންބޮށްޓާ ހަމައިން ލަންބާލާކަށް ނުޖެހެއެވެ. ދެ އަތްތިލަ ހުޅުވާލާފައި؛ އުޑާ ދިމާލަށް އަނބުރާލާނީ އެވެ. އެހެނީ، ނަމާދުގެ ޤިބްލަ އަކީ كعبة އެވެ. އަދި ދުޢާގެ ޤިބްލައަކީ އުޑެވެ. ދުޢާކުރުމަށް ފަހު، "سُبحان ربِّكِ ..." މިހެން ކިޔުމަށް ފަހު މަޑުމަޑުން ތިބާގެ ދެ އަތުން މޫނު ގައި ފިރުމާލާށެވެ.

އެހެން ނަމާދުތައް ކުރާނެ ގޮތް

ނަމާދު ގައި ތިން ރަކްޢަތް (‏މަޣްރިބު ނަމާދާއި ވިތުރި ނަމާދު)‏ ހިމެނޭ ނަމަ، ފުރަތަމަ ދެ ރަކްޢަތް ކުރާނީ (‏ދެ ވަނަ ރަކްޢަތުގައި، اللهًمِّ صلّ، اللهمّ بارك، ربّنا آتنا ކިޔުން އިސްތިސްނާ ކޮށްފައި)‏ ފަތިސް ނަމާދުގެ ދެ ރަކްޢަތް ފަދައިންނެވެ. މަޣްރިބު ނަމާދުގެ ތިންވަނަ ރަކްޢަތުގައި ތިބާ ހަމައެކަނި ކިޔާނީ الفاتحة އެވެ. އިތުރު ސޫރަތެއް ނޫނެވެ. ވިތުރި ނަމާދުގެ ތިން ވަނަ ރަކްޢަތުގައި، އަށް ފަހު، އިތުރު ސޫރަތެއް ކިޔައި، تكبير ކިޔަމުން، ކަންފަތާ ހަމައަށް ދެ އަތް ހިއްލާލާފައި، (‏ކަނާތުން ވާތުގެ އަތުކުރީގައި ހިފުމަށް ފަހު)‏ ޤުނޫތު ކިޔާނީ އެވެ. ތިން ވަނަ ރަކްޢަތުގެ رًكًوع އާއި سجدة އަށް ފަހު ތިބާ އިށީންނާނީ އެވެ.

ހަތަރު ރަކްޢަތުގެ ނަމާދެއް ނަމަ، ފުރަތަމަ ދެ ރަކްޢަތް އަދާކުރަންވީ (‏ދެ ވަނަ ރަކްޢަތުގައި، اللهًمِّ صلّ، اللهمّ بارك، ربّنا آتنا ކިޔުން އިސްތިސްނާ ކޮށްފައި)‏ ފަތިސް ނަމާދުގެ ދެ ރަކްޢަތް ފަދައިންނެވެ. ފަރުޟު އަދި ވާޖިބު ނަމާދުތަކާއި، ޢަޞްރު ނަމާދުގެ ފުރަތަމަ ސުންނަތް ނަމާދުގެ ދެވަނަ ރަކްޢަތް ނިމޭ އިރު އައްތައްޙިއްޔާތަށް އިންނަ އިރު، ހަމައެކަނި التّحِيَّات ކިޔުމަށް ފަހު ތެދުވާނީ އެވެ. ފަރުޟު ނަމާދުތަކުގެ ތިން ވަނަ އަދި ހަތަރު ވަނަ ރަކްޢަތުގައި ކިޔާނީ ހަމައެކަނި الفاتحة އެވެ؛ އިތުރު ސޫރަތެއް ކިޔުމެއް ނެތެވެ. غيرُ المُؤَكَّد (‏ޔަޤީން ނުކުރެވޭ)‏ ސުންނަތް ނަމާދުތަކުގެ (‏ޢަޞްރު ނަމާދުގެ ސުންނަތާއި، ޢިޝާ ނަމާދުގެ

"އެންމެ ނަމާދެއް ދޫކޮލާފައި އޭނާގެ މައްޗަށް ނަމާދެއްގެ ދަރަނި އޮތް މީހެއް، ނުވަތަ ޙަރާމްކުރައްވާފައިވާ ހެދުން (‏ޖިލްބާބު)‏ ލާ މީހެއްގެ ނަމާދު الله تعالى ޤަބޫލުނުކުރައްވާނެތެވެ.". حديث شريف

ފުރަތަމަ ސުންނަތް)‏ ފުރަތަމަ التّحِيَّات އަށް ފަހު، ކިޔާނީ اللهًمِّ صلّ، اللهمّ بارك އެވެ. ދެވަނަ ރަކްޢަތުގައި ކިޔާނީ، ތަސްބީޙަ (‏سُبحانك)‏، أعُوذ، ބިސްމި އަދި سُورة الفاتحة އެވެ. ތިން ވަނަ އަދި ހަތަރު ވަނަރަކްޢަތުގައި، الفاتحة އަށް ފަހު އިތުރު ސޫރަތެއް ކިޔާނީ އެވެ. ހަތަރު ވަނަ ރަކްޢަތުގެ رًكًوع އާއި سجدة އަށް ފަހު ތިބާ އިށީންނާނީ އެވެ. ތިނެއް ނުވަތަ ހަތަރު ތަކްޢަތުގެ ނަމާދުތަކުގެ ފަހު التّحِيَّات ގައި التّحِيَّات ކިޔުމަށް ފަހު ކިޔާނީ اللهًمِّ صلّ، اللهمّ بارك، ربّنا آتنا އެވެ. އޭގެ ފަހުން "السّلام عليكم و رحمة الله" މިހެން ކިޔަކުންކަނާތްފަރާތަށް ސަލާމް ދޭނީ އެވެ؛ ދެން، "السّلام عليكم و رحمة الله" މިހެން ކިޔަކުންވާތްތްފަރާތަށް ސަލާމް ދޭނީ އެވެ ސަލާމްދިނުމަށް ފަހު، ކިޔާނީ "اللهم أنت السََلام و منك الّسّلام تباركت يا ذا الجلال و الإكرام" މި ދުޢާ އެވެ. ހަތަރު ރަކްޢަތުގެ އެހެން ސުންނަތް ނަމާދުތައް ކުރަންވީ غيرُ المُؤَكَّد ފަދައިންނެވެ.

އަންހެނުން ވަކިން ނަމާދުކުރާނެ ގޮތް

ވަކިން ނަމާދުކުރާ އަންހެނަކު، މިސާލަކަށް، ފަތިސް ނަމާދުގެ ސުންނަތް ނަމާދު ކުރާނީ އަންނަނިވި ފަދައިންނެވެ.: އެފަދަ އަންހެނާ ބޮލުން ފެށިގެން ދެ ފައިތިލަ އާ ހަމަޔަށް ނިވާކޮށް، ހަށިގަނޑުގެ ވަނާތައް ފާޅުވެގެން ނުވާނެ އެވެ. ހަމައެކަނި ފެންނަން ހުންނަންވާނީ މޫނާއި ދެ އަތްތިލަ އެވެ. އެ އަންހެނާ އޭނާގެ ނަމާދު ގައި ކިޔާނީ، އިސްވެދިޔަ ގޮތަށް، ވަކިން ނަމާދުކުރާ ފިރިހެނާ ވެސް ކިޔަވާ ސޫރަތްތަކާއި ދުޢާތަކެވެ. ހުރި ތަފާތުތަކަކީ:

ހ)‏ ފިރިހެނުން ފަދައިން އަންހެނުންގެ އަތް ކަންފަތާ ހަމަޔަށް ނުހިއްލުން. އަންހެނުން ދެ އަތް ދެ ކޮނޑާ ހަމަޔަށް ހިއްލުމަށް ފަހު ނިޔަތްގަންނާނީ އެވެ. (‏ދެ އަތްތިލަ ހުޅުވާފައި ނުވަތަ ލައްޕާފައި ވެސް ބެހެއްޓުމެއް ނެތި، ހުންނާނީ ދޫކޮށްލެވިފައެވެ.)‏ ދެން تكبير ކިޔަމުން ކަނާތް ވާތުގެ މަތީގައި ބާއްވައި، އުރަމަތީގައި ބޭއްވުމަށް ފަހު ނަމާދު ފަށްޓާނީ އެވެ.

ށ)‏ ކުރާ އިރު، އަންހެނުން އެ މީހުންގެ އެއް ފައިތިލަ އަނެއް ފައިތިލައިގައި ޖެއްސުމެއް ނެތެވެ. އެ މީހުންގެ ދެ އަތް ކަކުލުގައި ބާއްވާނީ އެވެ؛ ކަކުލުގައި ހިފެހެއްޓުމެއް ނުވަތަ އިނގިލިތައް ފެތުރުމެއް ނެތި، އިނގިލިތައް ހުންނަންވާނީ ލައްޕާފައެވެ. އެ ކަނބަލުންގެ ބުރަކަށްޓާއި، ބޮލާއި، ދެ ފަޔާއި، ދެ އަތް ސީދާކޮށް ބެހެއްޓުމެއް ނެތެވެ.

ނ)‏ ސަޖިދައިގައި އޮންނަ އިރު އަންހެނުންގެ އުޅަނބޮށި ބިންމަތީގައި ޖައްސައި ދެ އަތް ގައިގެ ދެ ފަރާތުގައި ޖައްސާނީ އެވެ. އެ މީހުންގެ ބަނޑާއި ފައިގެ ފަލަމަސްގަނޑު ޖެހެންވާނ އެވެ.

ރ)‏ التّحِيَّات ގައި ތިބޭ އިރު އަންހެނުންގެ އިށިންނަންވާނީ ފޫކޮޅު ބިންމަތީ ގައި ޖެހޭ ގޮތަށެވެ. ފައިގެ ފަލަމަސްގަނޑު ހުންނަންވާނީ ކައިރިކޮށެވެ. އެމީހުންގެ ދެ ފައި ހުންނަންޖެހޭނީ ކަނާތްފަރާތުން ނުކުމެފައެވެ. އެ މީހުންގެ ދެ އަތްތިލަ ފަލަމަސްގަނޑުގައި ބާއްވާ އިރު، އިނގިލިތައް ހުންނަންވާނީ ލައްޕާލާފައެވެ.

ބ)‏ ދުޢާކުރާ އިރު އަންހެނުން، އެ މީހުންގެ ދެ އަތް މައްޗަށް ނެގުމެއް ނެތެވެ؛ އެކަމަކު އެ މީހުންގެ ދެ އަތްތިލަ ހިފަހައްޓާނީ މޫނާ ދިމާލަށެވެ. ނަމާދުކުރުމުގެ ތެރޭގައި އަންހެނަކު ނިވާވާންވީ އެންމެ ރަނގަޅު ގޮތަކީ، ދެ އަތް ނިވާވާ ވަރުގެ ދޮޅިއެއް ބޮލުގައި އެޅުމާއި، އޭނާގެ ދެ ފައިތިލަ ނިވާވާ ވަރުގެ ދިގު ސްކާޓެއް ލުމެވެ.

ނަމާދަށް ފަހު ކިޔާނެ ދުޢާއެއްގެ މިސާލެއް

الحمد لله رب العالمين، الصلاة والسلام على رسول الله محمدين وأهله وصحبي جميعهم. يا ربي! من فضلك اقبل الصلاة التي أديتها! وبارك لي في آخر عمري وفي عاقبتي بالخير. بارك لي في حظي بقول كلمة التوحيد في أنفاسي الأخيرة. صل على أقاربي الأموات بالعفو والمغفرة. اللهمّ اغفر وارحم وأنت خير الراحيمين. توفني مسلما والحقني بالصالحين. اللَّهُمَّ اغْفِرْلِي وَ لِوَالِدَيَّ وَ لِأستاذي وَ لِلْمُؤْمِنِينَ وَ الْمُؤْمِنَات يَوْمَا يَقُولُ الحِسَابُ. يا ربي! احميني من شرور الشيطان، ومن شرور الأعداء، ومن شرور نفسي الأمارة! ارزقنا رزقًا طيبًا وحلالًا مباركًا! ارزق المسلمين النجاة! اجعل أعداء المسلمين شقيين ومهلكين! بعونك الإلهي، انصر المسلمين الذين يجاهدون الكفار! اللهم إنك عفو كريم تحب العفو فاعف عني. يا رب! اشفِ المرضى منا، وفرج عن المساكين منا! اللهم إني أسألك الصحة والعافية والأمانة وحسن الخلق والرضا بالقدر برحمتك يا أرحم الراحمين. ارزق والديّ وأبنائي وأقاربي وأصدقائي وجميع إخواني في الدين حياةً نافعة، وأخلاقًا حميدة، وعقلًا سليمًا، وعافيةً، واستقامةً على نهج الله تعالى. آمين. والحمد لله رب العالمين. اللهمّ صلّي على سيدنا محمد وعلى آل محمد، كما صلّى على إبراهيم وعلى آل إبراهيم، إنّك حميد مجيد. اللهم بارك على محمد وعلى آل محمد، كما باركت على إبراهيم وعلى آل إبراهيم، إنك حميد مجيد. اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذابَ النّارِ بِرَحْمَتِكَ يا أَرْحَمَ الرَّاحِيمِينَ. والحمد لله رب العالمين. استغفر الله، استغفر الله، استغفر الله، استغفر الله العظيم الكريم اللذي لا إله إلا هو الحي القيوم وأتوب إليه.

ނަމާދުގެ ވާޖިބުތައް

"ނަމާދު ޤާއިމްކޮށްފި މީހާ ދީން ބިނާކޮށްފި އެވެ. އަދި ނަމާދު ދޫކޮށްފި މީހާ ދީން މުގުރާލައިފި އެވެ. ފަހެ، ނަމާދަކީ، މުސްލިމުންގެ މިޢުރާޖެވެ".
حديث شريف

ނަމާދުގެ ވާޖިބުތަކަކީ:
سورة الفاتحة ކިޔުން.
އިތުރު ސޫރަތެއް ކިޔުން. ނުވަތަ الفاتحة އަށް ފަހު މަދުވެގެން ކުރު ތިން އާޔަތް ކިޔުން.
އިތުރަށް ކިޔާ ސޫރަތުގެ ކުރިން الفاتحة ކިޔުން.
ފަރުޟު އަދި ވާޖިބު ނަމާދުތަކުގެ ފުރަތަމަ ރަކްޢަތާއި ދެވަނަ ރަކްޢަތުގައި އާއި އިތުރު ސޫރަތެއް ކިޔުން.
ދެ ސަޖިދަ އެއް ސަޖިދަ އަށް ފަހު އަނެއް ސަޖިދަކުރުން.
ތިނެއް ނުވަތަ ހަތަރު ރަކްޢަތުގެ ނަމާދުތަކުގައި ދެވަނަ ރަކްޢަތުގައި تَشَهُّد އަށް ވާ ވަރަށް التّحِيَّات ގައި އިނުން.
ދެވަނަ ރަކްޢަތުގައި تَشَهُّد އަށް ވާ ވަރަށް ވުރެ ގިނަ އިރު ވަންދެން التّحِيَّات ގައި އިށީނދެ ނުއިނުން.
سجدة ގައި ނޭފަތާއި ނިތްކުރި ބިންމަތީގައި ޖެއްސުން.
ފަހު ރަކްޢަތުގެ التّحِيَّات ގައި التّحِيَّات ދުޢާ ކިޔުން.
تعديل الأركان، މާނަ އަކީ، "سبحان الله" ކިޔުމަށް ޓަކައި، ބޭނުންވާހާ އިރެއް ވަންދެން ޙަރަކާތެއް ނުކޮށް ހުރުން.
ނަމާދު ނިމޭ އިރު "السلام عليكم ورحمة الله" ކިޔުން.
ވިތުރި ނަމާދުގެ ތިން ވަނަ ރަކްޢަތުގައި ޤުނޫތު ކިޔުން.
ދެ ޢިދު ނަމާދުގައި تكبير ކިޔުން.

ފަތިސް ނަމާދާއި، ހުކުރު ނަމާދާއި، ތަރާވީޙު ނަމާދާއި، ވިތުރި އާއި، މަޣްރިބު ނަމާދާއި ޢިޝާ ނަމާދުގެ ފުރަތަމަ ދެ ރަކްޢަތުގައި އާޔަތްތައް އަޑުހަރުކޮށް ކިޔުން.

މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބު ނަމާދުގެ ތިން ވަނަ ރަކްޢަތާއި، ޢިޝާ ނަމާދުގެ ތިން ވަނަ އަދި ހަތަރު ވަނަ ރަކްޢަތުގައި އިމާމު އަދި ވަކިން ނަމާދުކުރާ މީހާ، ކިޔަވާ އާޔަތްތައް ކިރިޔާ އަޑުނީވޭ ވަރަށް ވައިއަޑުން ކިޔުމަކީ ވާޖިބެކެވެ. ހަރު އަޑުން ކިޔުމަށް އިމާމުގެ މައްޗަށް ވާޖިބުވެގެންވާ އާޔަތްތައް، ވަކިން ނަމާދުކުރާ މީހާގެ މައްޗަށް ވެސް ވާޖިބުވެގެން ވެއެވެ. ޢަރަފާތް ދުވަސް ނުވަތަ އަޟްޙާ އީދުގެ ކުރިން އަންނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ހަތަރު ވަނަ ދުވަހުގެ ޢަޞްރު ނަމާދުގެ ފަހަށް އެއީ ޖުމްލަ 23 ނަމާދެވެ. ކޮންމެ ފަރުޟު ނަމާދެއްގައި ސަލާމް ދިނުމަށް ފަހު ވަގުތުން تكبير التشريق (‏الله أكبر، الله أكبر. لاإله إلّا الله والله أكبر. الله أكبر و لله الحمد)‏ ކިޔުމަކީ ވާޖިބެކެވެ.

سجدة السّهو (‏އުނިކޮށް ކޮށްގެން ނުވަތަ ގޯސްކޮށް ކޮށްގެން ޖަހާ ސަޖިދަ)‏

މީހަކު ނަމާދުކުރާ އިރު، ނަމާދުގެ ފަރްޟެއް، އެނގިހުރެ ނުވަތަ ނޭނގި ނަމަވެސް ނަމާދުގެ ފަރްޟެއް ނުކޮށް ދޫކޮށްފި ނަމަ އެ ނަމާދެއް ޞައްޙައެއް ނުވާނެ އެވެ. އެނގުމަކާ ނުލައި، ނަމާދުގެ ވާޖިބެއް ދޫކޮށްލެވުނަސް އެ ނަމާދެއް ބާޠިލެއް ނުވާނެ އެވެ. އެކަމަކު، އޭނާގެ މައްޗަށް سجدة السّهو ކުރުން ވާޖިބުވެގެން ވެއެވެ. ކުރަންޖެހޭ سجدة السّهو ޤަޞްދުގައި ނުކުރާ މީހާ، ނުވަތަ ޤަޞްދުގައި ނަމާދުގެ ވާޖިބެއް ނުކުރާ މީހާ އެ ނަމާދު އަލުން ކުރަންޖެހޭނެ އެވެ. އެއީ ވާޖިބެކެވެ. އެ ވާޖިބު އަދާނުކުރާ މީހާ ފާފަވެރިވާނެ އެވެ. ސުންނަތެއް ދޫކޮށްލުމަކުން سجدة السّهو ކުރާކަށް ނުޖެހޭނެ އެވެ. سجدة السّهو ކުރަންޖެހެނީ، ފަރްޟެއް ކުރުން ލަސްކުރުމުން/ ތަކްރާރުކުރުމުން ނުވަތަ ވާޖިބެއް ނުކޮށް ދޫކޮށްލުމުން/ ކުރުން ލަސްކުރުމުން/ ތަކުރާރުކުރުމުންނެވެ.

سجدة السّهو ގިނަ ކުރަންޖެހޭ ޙާލަތުގައި އެއް سجدة السّهو ކުރުމުން ފުދޭނެ އެވެ. އިމާމު ނަމާދުގައި ގޯހެއް ހަދައި، ކޮށްފި ނަމަ ޖަމާޢަތުގެ މައްޗަށް ވެސް އޮތީ އެ ގޮތަށް ކުރުމެވެ. ޖަމާޢަތުގައި ހުރި އެކަކު ގޯހެއް ހަދައިފި ނަމަ، އިމާމާ ވަކިން އޭނާ سجدة السّهو ކުރާކަށް ނުޖެހޭނެ އެވެ.

التّحيّات ކިޔުމަށް ފަހު، سجدة السّهو ކުރުމަށް ޓަކައި، އެއް ފަރާތަށް (‏ނަމާދު ނިމޭ އިރު)‏ ސަލާމްދީ ދެ ސަޖިދަ ޖަހާނީ އެވެ. ދެން ނަމާދު ނިންމުމަށް ޓަކައި التّحيّات ގައި އިށީންދެ، التّحيّات، صلّي، بارك، رَبَّنَا މި ދުޢާތައް ކިޔާނީ އެވެ. ހަމައެއާއެކު، ދެ ފަރާތަށް ސަލާމް ދިނުމަށް ފަހު، އަދި އެއްގޮތަކަށް ވެސް ސަލާމްނުދި سجدة السّهو ކުރުން ވެސް ޖާއިޒެވެ.

سجدة السّهو ކުރުން ލާޒިމުވާ ކަންތައްތައް

ތިބާ އިށީންނަންޖެހޭ އިރު ކޮޅަށް ތެދުވުން. ތިބާ ކޮޅަށް ތެދުވާންޖެހޭ އިރު، އިށީނުން. އަޑުހަރުކޮށް ކިޔަވަންޖެހޭ އިރު، ވައި އަޑުން ކިޔުން. ވައިއަޑުން ކިޔަންޖެހޭ އިރު އަޑުހަރުކޮށް ކިޔުން. ދުޢާއެއް ކިޔަންޖެހޭ އިރު ކީރިތި ޤުރްއާނުން ކިޔެވުން. ކީރިތި ޤުރްއާނުން ކިޔަވަންޖެހޭ އިރު، ދުޢާއެއް ކިޔުން. މިސާލަކަށް، سورة الفاتحة ގެ ބަދަލުގައި التّحيّات ކިޔުން، ނުވަތަ التّحيّات ކިޔަން ޖެހޭ އިރު، سورة الفاتحة ކިޔުން. މި ޙާލަތުގައި، ވަނީ ނުކިޔާ ދޫކޮށްލާފައެވެ. ނަމާދު ނިމުމުގެ ކުރިން ސަލާމް ދެވެއެވެ. الفاتحة އަށް ފަހު، ފަރުޟު ނަމާދުގެ ފުރަތަމަ އަދި ދެވަނަ އާޔަތުގައި ކިޔަންޖެހޭ އިތުރު ސޫރަތް ތިން ވަނަ އަދި ހަތަރު ވަނަ ރަކްޢަތުގައި ކިޔުން. ރަތަމަ އަދި ދެވަނަ ރަކްޢަރުގައި الفاتحة އަށް ފަހު، އިތުރު ސޫރަތެއް ނިކުން. ޢީދު ނަމާދުގެ تكبير ނުކިޔާ ދޫކޮށްލުން. ވިތުރި ނަމާދުގައި قًنُوت ނުކިޔާ ދޫކޮށްލުން.

ނަމާދުގެ ސުންނަތްތައް

ހަށަންބަން ތަކްބީރާ އެކު (‏ނަމާދު ފަށްޓާ އިރު ކިޔުން الله أكبر)‏، ދެއަތް މައްޗަށް ކަންފަތާ ހަމަޔަށް ހިއްލުން. އަންހެނުން ދެ އަތް ހިއްލާނީ ދެ ކޮނޑާ ހަމަޔަށެވެ.

"އިޚްލާޞްތެރިކަމާ އެކު އަޅުކަންކުރާ މީހުންނަށް އުފާވެރި ޚަބަރު ހުއްޓެވެ. އެބައިމީހުންނަކީ، ހިދާޔަތުގެ ތަރިންނެވެ. ފިތުނަވެރިކަމުން އުފެދޭ އަނދިރިކަން އެބައިމީހުން ނައްތާލައެވެ".
حديث شريف

ދެ އަތް މައްޗަށް ނަގާ ވަގުތު، ދެ އަތްތިލަ ޤިބްލަޔާ ދިމާލަށް އެނބުރުން.
تكبير ކިޔުމަށް ފަހު، ކަނާތުން ވާތުގެ އަތުކުރީގައި ހިފެހެއްޓުން.
ކަނާތުން ވާތް މަތީގައި ބޭއްވުން.
ފިރިހެނުން، ދެ އަތް ފޫޅުން ތިރީގައި ބޭއްވުން، އަދި އަންހެނުން، ދެ އަތް އެ މީހުންގެ އުރަމަތީގައި ބޭއްވުން.
ހަށަންބަން ތަކްބީރަށް ފަހު، "سُبْحَانَكَ" ކިޔުން.
އިމާމު ނުވަތަ އެކަނި ނަމާދުކުރާ މީހާ، "أَعُوذُ" (‏أَعُوذُ باِالله من الشَّيطانِ الرَّجِيم)‏ ކިޔުން.
ބިސްމި ކިޔުން.
رُكُوعُ ގައި "سبحان ربي العظيم" ތިން ފަހަރު ކިޔުން.
سجدة ގައި "سبحان ربي الأعلى" ތިން ފަހަރު ކިޔުން.
ފަހު التّحيّات ގައި إبراهيمي ޞަލަވާތް ކިޔުން.
ނަމާދުގެ ނިމުމުގައި ސަލާމް (‏السّلام عليكم ކިޔުން)‏ ކުރާ އިރު، ދެ ކޮނޑުގެ ނިމޭ ހިސާބަށް ބަލަމުން ބޯ ކަނާތަށް ދެން ވާތަށް އެނބުރުން.

ހުކުރު ނަމާދާއި، ޢީދު ނަމާދު ފިޔަވައި، ފުރަތަމަ ރަކްޢަތު ގައި އިމާމު ކިޔަވާނީ ދެވަނަ ރަކްޢަތު ގައި ކިޔަވާނެ ސޫރަތަށް ވުރެ ދެ ގުނަ ދިގު ސޫރަތެކެވެ.

رُكُوع އިން ތެދުވާ އިރު، "سمع الله لمن حمده" މިހެން ކިޔުން.
رُكُوع އަށް ފަހު إعتدال އަށް ތެދުވާ އިރު، "ربنا لك الحمد" މިހެން ކިޔުން.

ގައި އޮންނަ އިރު، އިނގިލިތައް ކައިރިކޮށް (‏މާނަ އަކީ އިނގިލިތައް ދޭތެރޭ ހުސްޖާގަ ނުބެހެއްޓުން)‏ ބެހެއްޓުމާއި، ޤިބްލަޔާ ދިމާވާގޮތަށް ފައިގެ އިނގިލިތައް ލަންބާފައި ބެހެއްޓުން.

ރުކޫޢަށް ލެނބޭ އިރު އަދި ސަޖިދަ އަށް ގުދުވާ އިރު، އަދި ދެ ސަޖިދަ އިން ތެދުވެ ހަށިގަނޑު ތެދުކުރާ އިރު، "الله أكبر" ކިޔުން.
ދެ އަތާއި، ދެ ކަކޫ ބިން މަތީ ގައި ޖައްސާފައި ބޭއްވުން.

قيام ގައި ހުންނަ އިރު، ދެ ފުންނާބު ހަތަރު އިނގިލީގެ ދުރުމިނުގައި ބެހެއްޓުން. އެކަމަކު، رُكُوع އާއި، قيامة އާއި، سجدة ގައި އޮންނަ އިރު ގާތްކުރުން.

الفاتحة އަށް ފަހު، އަޑުނީވޭ ވަރަށް "آمين" ކިޔުމާއި، رُكُوع އަށް ގުދުވާ އިރު الله أكبر ކިޔުމާއި، رُكُوع ގައި އޮންނަ އިރު، އިނގިލިތައް ހުޅުވާފައި ބެހެއްޓައިގެން ކަކުލުގައި ހިފެހެއްޓުމާއި، ސަޖިދަ އަށް ގުދުވާ އިރު، الله أكبر ކިޔުމާއި، ވާތުފައި މަތީ ގައި ގައި އިށީނދެގެން އިންނަ އިރު، ކަނާތު ފައިތިލަ ސީދަލަށް ބެހެއްޓުމާއި، ދެ ސަޖިދަ ދޭތެރޭ التّحيّات އަށް އިނުން. ޢިޝާ ނަމާގު ގައި ކިޔަވާނީ ކުރު ސޫރަތްތަކެވެ. ފަތިސް ނަމާދު ގައި ފުރަތަމަ ރަކްޢަތުގައި ކިޔާ ސޫރަތް ދެވަނަ ރަކްޢަތުގައި ކިޔަވާ ސޫރަތަށް ވުރެ ދިގުވާންޖެހޭނެ އެވެ. އިމާމުގެ ފަހަތުން ޖަމާޢަތުގައި ނަމާދުކުރާ މީހާ އަދި އިތުރަށް ކިޔަވާ ސޫރަތް ވެސް ކިޔެވުމެއް ނެތެވެ. އެކަމަކު، ތަސްބީޙަ އާއި تكبير ކިޔުން އޮންނާނެ އެވެ. އެބައި މީހުން ކިޔަވާނީ تحيّة އާއި، ޞަލަވާތްތަކެވެ.

ނަމާދުގެ مستحبّ ކަންތައްތައް

قيام އަށް ތެދުވާ އިރު ސަޖިދަ ޖެހި ތަނަށް ބެލުން.
رُكُوع ކުރާ އިރު، ފައިތިލަ އަށް ބެލުން.
ސަޖިދާގައި އޮންނަ އިރު، ނޭފަތް ޖައްސާފައި ހުންނަ ތަނަށް ބެލުން
التّحيّات ގައި އިންނަ އިރު، ދެ ކަކުލަށް ބެލުން.

سورة الفاتحة ގެ ފަހުން ކިޔޭ އިތުރު ސޫރަތްތައް، ފަތިސް ނަމާދާއި، ޢަޞްރު ނަމާދު ގައި ދިގުވެފައި، މަޣްރިބު ނަމާދުގައި ކުރުވާން ޖެހޭނެ އެވެ.

ނަމާދުކުރާ އިރު މައުމޫމުން تكبيرކިޔަންވާނީ ވަރަށް މަޑު ވައި އަޑަކުންނެވެ.
رُكُوع ގައި، އަތުގެ އިނގިލިތައް ހުޅުވާލާފައި، ކަކުލުގައި ބޭއްވުން.
رُكُوع ގައި، ބޮލާއި ކަރު އެއް ލެވެލެއް ގައި ބެހެއްޓުން.
سجدة އަށް ތިރިވާން ކަކޫ ޖައްސާ އިރު، ފުރަތަމަ ކަނާތު ކަކޫ ދެން ފާތު ކަކޫ ޖެއްސުން.
ދެ އަތުގެ ދެމެދަށް ވާ ގޮތަށް سجدة ޖެހުން.
سجدة ކުރާ އިރު، ނިތްކުރި ޖެއްސުމުގެ ކުރިން ނޭފަތް ޖެއްސުން.
ނަމާދުކުރާ އިރު، އާފުރޭ ވަގުތު، ވާތްތިލަގެ ބޭރު ފަރާތް ޖައްސައިގެން ފޮރުވުން.

سجدة ގައި އޮންނަ އިރު، ފިރިހެނުން ނަމަ އުޅަނބޮށި ބިމުން ހިއްލާފައި ބެހެއްޓުން. އަންހެނުން ނަމަ، އުޅަނބޮށި ބިންމަތީ ގައި ޖައްސާފައި ބޭއްވުން.

سجدة ގައި އޮންނަ އިރު، ފިރިހެނުން ނަމަ ދެ އަތާއި ފައިގެ ފަލަމަސްގަނޑު ދުރުކޮށް ބެހެއްޓުން.
سجدة އާއި رُكُوع ގައި ތިން ތަސްބީޙަ ކިޔޭހާ އިރު ވަންދެން ޙަރަކާތެއް ނުކޮށް އޮތުން.
سجدة އިން ތެދުވާ އިރު، ބޯހިއްލުމަށް ފަހު ދެ އަތް ހިއްލުން.
سجدة އިން ތެދުވާ އިރު، ދެ އަތް ހިއްލުމަށް ފަހު، ދެ ކަކޫ ހިއްލުން.

التّحيّات ގައި އިންނަ އިރު، ޤިބްލަޔާ ދިމާވާ ގޮތަށް ދެ ކަކުލުގެ ބޭރުފަރާތުގައި ޖެހޭގޮތަށް ދެ އަތް ފައިގެ ފަލަމަސްގަނޑު ގައި ބޭއްވުން. އިނގިލިތައް ލަންބާނުލައި އަދި ޙަރަކާތްނުކޮށް ބެހެއްޓުން.

ކަނާތްފަރާތާއި، ވާތްފަރާތަށް ސަލާމްދޭ އިރު، ބޯ އަނބުރާލުން.
ކަނާތްފަރާތާއި، ވާތްފަރާތަށް ސަލާމްދޭ އިރު، ދެ ކޮނޑުގެ ދެ ބޭރުފަރާތަށް ބެލުން.

ނަމާދުގެ مكرُوه ކަންތައްތައް

ރަނގަޅަށް ލުމުގެ ބަދަލު ގައި ތިބާގެ ކޯޓު ކޮނޑުގައި އަޅުވާފައި ބޭއްވުމަކީ مكرُوه ކަމެކެވެ.
سجدة ގައި ތިރިވެފައި އޮންނަ އިރު، ތިބާގެ ހެދުމުގެ ނުވަތަ ފަޓްލޫނުގެ އެލިފައި އޮންނަ ބަޔަށް ދމާހެދުން މަކްރޫހަވެގެން ވެއެވެ.
ތިބާގެ ހެދުމުގެ ނުވަތަ އަތުގެ އެލިފައި އޮންނަ ބައި އޮޅާލައިގެން ހުރެ ނަމާދު ފެއްޓުން މަކްރޫހަވެގެން ވެއެވެ.
ނަމާދުކުރާ އިރު، ބޭކާރު ޙަރަކާތްތައް ކުރުން މަކްރޫހަވެގެން ވެއެވެ.

މަސައްކަތުގައި އުޅޭ އިރު ލާ ހެދުން (‏ގިރިސް އުނގުޅި ހަޑިވެފައި ވާ ނަމަ)‏ ނުވަތަ ތިބާގެ މަސައްކަތުގެ ސުޕަވައިޒަރާ ބައްދަލުވާ އިރު ލާފައި ހުރުން ހުއްދަ ނޫން ހެދުން ނަމާދުކުރާ އިރު ލުން މަކްރޫހަވެގެން ވެއެވެ.

ނަމާދު ކުރާ އިރު، ޞައްޙަ ގޮތުގައި ޤުރްއާން ކިޔެވުން ހުއްޓުވާ ފަދަ އެއްޗެއް އަނގައިގެ ތެރޭގައި ހުރުމަކީ މަކްރޫހަ ކަމެކެވެ. އަދި ޞައްޙަ ގޮތުގައި ޤުރްއާން ކިޔެވުން ހުއްޓުވާ ފަދަ އެއްޗެއް އަނގައިގެ ތެރޭގައި ހުރުމަކީ ނަމާދު ބާޠިލުވާނެ ކަމެކެވެ.

ފިރިހެނުން ބޯ ނިވައިނުކޮށް ނަމާދުކުރުމަކީ މަކްރޫހަވެގެންވާ ކަމެކެވެ.

ކުޑަކަމުދާން ބޭނުންވެފައި، ނުވަތަ ބޮޑުކަމުދާން ބޭނުންވެފައި، ނުވަތަ ވައެއް ބޭރުކޮށްލަން ބޭނުންވެފައި ހުންނަ ވަގުތު ނަމާދުކުރުން މަކްރޫހަވެގެން ވެއެވެ.

ނަމާދު ކުރާ އިރު، سجدة ޖަހާ ތަނުގައި ހުންނަ ހިލަތައް ނުވަތަ ވެލި ފުހެހެދުމަކީ މަކްރޫހަވެގެންވާ ކަމެކެވެ.
ނަމާދު ކުރަން ފަށްޓާ އިރު، ނުވަތަ ނަމާދު ކުރަމުން ދާ އިރު، އަތުގެ އިނގިލިތަކުން އަޑުގޮއްވާހެދުން މަކްރޫހަވެގެން ވެއެވެ.
ނަމާދު ކުރާ އިރު، ހަށިގަނޑުގެ ދެ ފަރާތުގައި އަތް ބޭއްވުމަކީ، މަކްރޫހަވަގެންވާ ކަމެކެވެ.

ނަމާދު ކުރާ އިރު، ބޯ އަނބުރާލައިގެން ތަންތަނަށް ބަލާހެދުމަކީ މަކްރޫހަވެގެންވާ ކަމެކެވެ. ޤިބްލަޔާ ދުރުވާ ގޮތަށް މޭމަތި އަނބުރާލައިފި ނަމަ ނަމާދު ބާޠިލުވާނެ އެވެ.

تشهُّد ކުރާ އިރު (‏ނަމާދު ގައި التّحيّات ގައި އިނދެ ވަކި ދުޢާތަކެއް ކިޔާ އިރު)‏ ކުއްތާ އިށީންނަ ގޮތަށް އިށީނުމަކީ، މާނައަކީ، ފޫކޮޅު މަތީ ގައި އިށީންދެ އިނދެ ދެ ފައިގެ ފަލަމަސްގަނޑާއި ދެ ކަކޫ މައްޗަށް ނަގައި، މޭމަތީގައި ޖައްސައިގެން އިނުމަކީ މަކްރޫހަވެގެންވާ ކަމެކެވެ.

ނަމާދު ކުރާ އިރު، ފިރިހެނުން އަތުކުރި ބިންމަތީގައި ޖައްސައިގެން އޮތުން.
މީހެއްގެ މޫނާ ދިމާވާ ގޮތަށް، ނުވަތަ ބާރަށް ވާހަކަދައްކަމުންދާ ބައެއްގެ ފަހަތަށް ވާ ގޮތަށް ނަމާދުކުރުން.
އެހެން މީހަކުގެ ސަލާމްކުރުން އަތުން ނުވަތަ ބޮލުން ޤަބޫލުކުރުން.
ނަމާދުން ބޭރުގައި އަދި ހަމައެއާއެކު ނަމާދުކުރާ އިރު އާފުރުން.
ނަމާދުކުރާ އިރު ލޯމެރުން.

މިޙްރާނުގެ ތެރޭގައި އިމާމު ކޮޅަށް ހުރުން. އެހެނީ، ފާދިރީން އެހެން މީހުންނާ އެކު އިމާމުވެ އަޅުކަންކުރަނީ އެހެން ކޮޓަރިއަކުންނެވެ. މިޙްރާބަކީ، މިސްކިތުގެ ޤިބްލަ ފާރުގައި ހަދާފައި ހުންނަ ބައެކެވެ. ދެ ފައި ބޭރުގައި ވާ ނަމަ، މިޙްރާބުގެ އެތެރޭގައި ސަޖިދަ ޖެހުމަކީ އިމާމަށް މަކްރޫހަ ކަމެއް ނޫނެވެ. މީސްތަކުން ހުރި ތަނެއް ކަމަށް ބަލަނީ އެ މީހެއްގެ ފައި ހުންނަ ތަނެވެ.

ޖަމާޢަތް ވާ ތަނަށް ވުރެ ބައި މީޓަރު ހުސްތަނެއް ގައި އެކަނި ހުރެ އިމާމުވެ ނަމާދުކުރުމަކީ، އިމާމުގެ މައްޗަށް މަކްރޫހަވެގެންވާ ކަމެކެވެ.

ހަމަ އެހެންމެ، ތިރި ތަނެއް ގައި އެކަނި ހުރެ އިމާމުވެ ނަމާދުކުރުމަކީ ވެސް މަކްރޫހަ ކަމެކެވެ.

ފުރަތަމަ ސަފުގައި ޖާގަހުއްޓައި، ފަހަތު ސަފުގައި ހުރެ ނަމާދުކުރުން ނުވަތަ ފަހަތު ސަފުގައި ޖާގަ ނެތީސް، ފަހަތު ސަފުގައި އެކަނި ނަމާދުކުރުން.

"ތިބާ އަށް ކުޅަދާނަ ނަމަ ބިންމަތީގައި سجدة ޖަހާށެވެ! ތިބާ އަށް ބިން މައްޗަށް ގުދުނުވެވޭ ނަމަ، އޭގެ މަތީ ގައި މޫނު ޖެއްސުމަށް ޓަކައި އެއްޗެއް މައްޗަށް ނުހިއްލާށެވެ! ބޯ ގުދުކޮށްލަމުން ނަމާދުކުރާށެވެ. އަދި سجدة އަށް ދާ އިރު، رُكُوع އަށް ވުރެ ބޮޑުކޮށް ގުދުވެލާށެވެ".
حديث شريف

ދިރިހުރި މަޚްލޫޤެއްގެ ތަޞްވީރު ހުންނަ ހެދުންލައިގެ ނަމާދުކުރުން.

ފާރުގައި ނުވަތަ ފޮތިކޮޅެއް ގައި ނުވަތަ އެލިފައިވާ ކަރުދާހެއް، ނުވަތަ ބޯމަތީގައި ފާރަކަށް ފެންނާނެހެން ކުރިމަތީގައި، ނުވަތަ ނަމާދުކުރާ މީހާގެ ސީދާ ކަނާތް ފަރާތުގައި ނުވަތަ ސީދާ ވާތްފަރާތުގައި ދިރިހުރި މަޚްލޫޤެއްގެ ތަޞްވީރު ހުރުމަކީ މަކްރޫހަވެގެންވާ ކަމެކެވެ.

ހުޅުގަނޑާ އެކު ވާ އަލިފާންގަނޑަކާ ދިމާލަށް ނަމާދުކުރުމަކީ، މަކްރޫހަވެގެންވާ ކަމެކެވެ.
ނަމާދުގައި ކިޔާ އާޔަތްތައް ނުވަތަ ތަސްބީޙަތައް އަތުން ގުނުން.
ބޮލުން ފެށިގެން ފަޔާ ހަމަޔަށް އެއް ފޮތިގަނޑަކުން އޮޅާލައިގެން ހުރެ ނަމާދުކުރުން.
ބޮލުގެ ވަށައިގެން ފޮށަޔަކުން އޮޅާލައިގެން ބޮލުގެ މަތި ކަޝްފުކޮށްގެން ހުރެ ނަމާދުކުރުން.
އަނގަޔާއި، ނޭފަތް ފޮރުވައިގެން ހުރެ ނަމާދުކުރުން.
ޟަރޫރަތެއް ނެތި، ކަރުތެރެއިން ރޯގާގަނޑު ކެއްސާފައި ޖެހުން.
އެއް ފަހަރު ނުވަތަ ދެ ފަހަރު އެއް އަތް ޙަރަކާތްކުރުން.
ނަމާދުގެ ސުންނަތްތަކުގެ ތެރެއިން ސުންނަތެއް ނުކޮށް ދޫކޮށްލުން.
އެކަމުގެ ޟަރޫރަތެއް ނެތި، ދަރިފުޅު އަތުތެރޭގައި ބާއްވައިގެން ނަމާދުކުރަން ފެއްޓުން.

އެކަމުގެ ޟަރޫރަތެއް ނެތި، ޖަރީކޮށްފައިވާ ތަކެއްޗާއި، ކުޅިވަރާއި، މިޔުޒިކްކުޅޭ އާލާތްތައް ނުވަތަ ތިބާ ހިތްއެދޭ އެއްވެސް ކާއެއްޗެހި ފަދަ ތިބާގެ ހިތުގެ ސަމާލުކަން ގެއްލި އަދި ޚުޝޫޢަތްތެރިކަން ނަގާލާ ފަދަ ތަކެއްޗާ ކުރިމަތިވާ ގޮތަށް ތިބެ ނަމާދުކުރުން.

އެކަމުގެ ޟަރޫރަތެއް ނެތި، ނަމާދުކުރާ އިރު ފާރެއް ނުވަތަ ތަނބަކަށް ލެނގިލައިގެން ހުރެ ނަމާދުކުރުން.
رُكُوع އަށް ގުދުވާ އިރު ނުވަތަ رُكُوع އިން ތެދުވާ އިރު، ތިބާގެ ދެ އަތް ކަންފަތާ ހަމަޔަށް އުފުލުން.
رُكُوع އަށް ގުދުވުމަށް ފަހު ސޫރަތް ކިޔެވުން ފުރިހަމަކުރުން.
رُكُوع އަދި سجدة ކުރާ އިރު، އިމާމުގެ ކުރިން ބޯ ބިންމަތީ ގައި ބޭއްވުން ނުވަތަ ބޯ ސަޖިދައިން ނެގުން މަކްރޫހަވެގެން ވެއެވެ.
އެތަންތަނެއް ގައި ނަޖިސް ހުރެދާނެ ތަންތަނުގައި ނަމާދުކުރުން.
ކަށްވަޅަކާ ކުރިމަތިވާ ގޮތަށް ހުރެ ނަމާދުކުރުން.
ނަމާދުކުރާ އިރު، ސުންނަތުގައިވާ ގޮތަށް ނޫން ގޮތަށް އިށީނދެ އިނުމަކީ މަކްރޫހަވެގެންވާ ކަމެކެވެ.
ފުރަތަމަ ރަކްޢަތުގައި ކިޔެވި ވަރަށް ވުރެ ތިން އާޔަތް އިތުރަށް ދެވަނަ ރަކްޢަތުގައި ކިޔެވުމަކީ މަކްރޫހަވެގެންވާ ކަމެކެވެ.

ފުރަތަމަ ރަކްޢަތުގައި ކިޔެވި ސޫރަތް ނުވަތަ އެ ސޫރަތަށް ވުރެ ކުރިން އޮތް ސޫރަ ދެވަނަ ރަކްޢަތުގައި ކިޔެވުން. ނޭނގޭ ޙާލު އެ ގޮތަށް ކިޔެވުމަކީ މަކްރޫހަ ކަމެއް ނޫނެވެ.

ކިޔަވަމުން ދާއިރު ސޫރަތެއް ނުކިޔަވާ ދޫކޮށްލުން.

ނަމާދުން ބޭރުގައި ކުރުން مكرُوه ކަންތައްތައް

ފާޚާނާ ނުވަތަ އެހެން ތަނެއް ގައި ތިބާގެ ވުޟޫ ގެއްލޭ ފަދަ ކަމެއް ކުރާ އިރު، ނުވަތަ ފާޚާނާ ކުރުމަށް ފަހު ޠާހިރުވާ އިރު، ތިބާގެ ކުރިމަތި ނުވަތަ ފުރަގަސް ޤިބްލަޔަށް ދިމާލަށް އެނބުރުމަކީ مكرُوه ކަމެކެވެ.

އިރާ ދިމާލަށް ނުވަތަ ހަނދާ ދިމާލަށް ހުރެ ވުޟޫގެއްލުވާލުން.

އިސްވެ ފާހަގަކުރެވުނު ދިމާލަކުން ދިމާލަކަށް ކުރިމަތިލާ ގޮތަށް ކުޑަކުއްޖަކު ގައިގައި ހިފަހައްޓައިގެން ހުރެ އެ ކުއްޖާ ލައްވާ ޤަޟާ ޙާޖަތްކުރުމަކީ އެ ބޮޑު މީހާގެ މައްޗަށް މަކްރޫހަ ކަމެކެވެ. ހަމަ އެހެންމެ، ބޮޑެތި މީހުންގެ މައްޗަށް ޙަރާމްވެގެންވާ ކަމެއް ކުޑަކުއްޖަކު ލައްވާ ކުރުވުމަކީ، އެ ކަން ކުރުވާ ބޮޑު މީހާގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ.

ރަނގަޅު ސަބަބަކާ ނުލައި، ދެ ފައި ނުވަތަ އެންމެ ފައެއް ޤިބްލަ އާ ދިމާލަށް ދިއްކުރުން.

ތިބާގެ ދެ ފައި މުޞްޙަފަކާ (‏ކީރިތި ޤުރްއާން ލިޔެވިފައިވާ ފޮތް)‏ ދިމަލަށް ނުވަތަ އެހެން އިސްލާމީ ފޮތްތަކާ ދިމާލަށް ދިއްކުރުން. އެ ފޮތްތައް ހުރީ މަތީ ލެވެލްއެއް ގައި ކަމަށް ވާނަމަ މަކްރޫހައެއް ނުވާނެ އެވެ.

ނަމާދު ބާޠިލުވާ ކަންތައްތައް

ރަނގަޅު ޢުޒުރަކާ ނުލައި، ކަރު ތެރެއިން ކެއްސުމަކީ، ނަމާދު ބާޠިލުވާ ކަމެކެވެ.

ކިނބިހި އެޅޭ މީހަކާ ދިމާލަށް "يرحمك الله" ކިޔުމުން އެ މީހާ "الحمد لله" ކިޔާ މީހާ އާ ދިމާލަށް އެހެން ބުނުމަކީ ނަމާދު ބާޠިލުވާނެ ކަމެކެވެ.

ވަކިން ނަމާދުކުރަމުންދާ މީހަކަށް ކައިރީގައި ޖަމާޢަތުގައި ކުރަމުންދާ ނަމާދެއްގެ އިމާމު ޤުރްއާން ކިޔެވުމުގައި ކުށެއް ކިޔުމުން އެ އިމާމަށް އެ ކަމަށް ސަމާލުކަމަށް ގެނައުމުން، އެ އިމާމު އެކަން ރަނގަޅުކުރުމުން އެ އިމާމުގެ ނަމާދު ބާޠިލުވާނެ އެވެ.

މީހަކު އޭނާގެ ނަމާދުގައި "لا إله إلّا الله" ކިޔައިފި ނަމަ، އޭނާގެ ނިޔަތަކީ މީހަކަށް ރައްދުދިނުން ކަމަށް ވާ ނަމަ، އޭނާގެ ނަމާދު ބާޠިލުވާނެ އެވެ. އޭނާގެ ނިޔަތަކީ، ގެ އެއްކައުވަންތަކަން އިޢުލާންކުރުން ކަމަށް ވާ ނަމަ، ނަމާދު ބާޠިލެއް ނުވާނެ އެވެ.

މީހަކުގެ ޢައުރަ ގުނަވަންތައް ހުޅުވުން.

ތަދު ނުވަތަ ހިތާމއިގެ ސަބަބުން ރުއިމަކީ ނަމާދު ބާޠިލުވާނެ ކަމެކެވެ. (‏ތިބާ ރުއީ، ސުވަރުގެއާއި ނަރަކައިގެ ވިސްނުން އައިސްގެން ކަމަށް ވާ ތިބާގެ ނަމާދު ބާޠިލެއް ނުވާނެ އެވެ.)‏

މީހަކުގެ ސަލާމް ކުރުމަށް އެއްވެސް ގޮތަކުން ރައްދު ދިނުމަކީ ނަމާދު ބާޠިލުވާނެ ކަމެކެވެ.

ފަސް ނަމާދަށް ވުރެ މަދު ނަމާދު ނުކޮށް ދޫކޮށްލި މީހާ އަށް އޭނާ އޭގެ ކުރީގެ ނަމާދެއް ނުކުރެވޭ ކަމަށް ހަނދާންވެއްޖެ ނަމަ އޭނާގެ ނަމާދު ބާޠިލުވީ އެވެ.

މީހަކު ނަމާދުކުރަމުންދާ އިރު، ކުރާ ޙަރަކާތަކުން، އެހެން އެއްވެސް މީހަކަށް އެ ޙަރަކާތް ކުރާ ތަން ފެނުމުން، އޭނާ ނަމާދު ކުރަމުންނުދާ ކަމަށް އެ މަންޒަރު ފެންނަ މީހަކަށް ހީވެއްޖެ ނަމަ، އެ ނަމާދު ބާޠިލުވާނެ އެވެ.

ނަމާދުކުރަމުން ދާ އިރު ކައި ބޮއެ ހެދުން.
ނަމާދުކުރަމުން ދާ އިރު ވާހަކަދެއްކުން.
އިމާމު ނޫން އެހެން އެއްވެސް މީހަކު ހަދާ ގޯހެއް ރަނގަޅުކުރުމަކީ، އެ ރަނގަޅުކުރާ މީހާގެ ނަމާދު ބާޠިލުވާނެ ކަމެކެވެ.
ނަމާދުކުރަމުން ދާ އިރު ހީހެދުން.
ހިތާމަވެރި އަޑު ނެރުން ނުވަތަ "އައުޗް" ފަދަ ބަސްތައް ބުނުމަކީ ނަމާދު ބާޠިލުވާނެ ކަންކަމެވެ.
ޝަރަޙަ: ގޮނޑިއެއް ގައި އިށީނދެ އިނދެ ނަމާދުކުރުން ޖާއިޒެއް ނޫނެވެ.

އިށީނދެ އިނދެ ނުވަތަ ލެނބިގެން ނަމާދުކުރުން

އޭނާގެ ހަށިގަނޑުގެ ގުނަވަނެއް ގައި ރިއްސާތީ ކޮޅަށް ތެދުވެގެން ނުހުރެވޭ މީހާ، ނުވަތަ ކޮޅަށް ތެދުވެ ހުންނަ ނަމަ ގެއްލުންވާ ނުވަތަ އެނބުރުން އަރާ ނަމަ، ފަރުޟު ނަމާދު ކުރާނީ އިށީނދެ އިނދެ އެވެ. رُكُوع އަށް ދާން އެފަދަ މީހާ ގުދުވާނީ އެވެ. އަދި سجدة އަށް ދިއުމަށް ޓަކައި ބޯ ބިމުގައި ޖައްސާނީ އެވެ. ފާރެއްގައި، ނުވަތަ ދަނޑިގަޑެއް ގައި، ނުވަތަ މީހެއްގެ ގައިގައި ލެނގިލައިގެން އިރުކޮޅެއް ވަންދެން ކޮޅަށް ހުރެވޭ މީހާ އެންމެ ކުޑަމިނުން تكبيرކިޔޭހާ މިންވަރަށް ކޮޅަށް ހުރުން ފަރުޟުވެގެން ވެއެވެ. ފަރްޟެއް އަދާކުރާ އިރު ޢުޒުރަކާ ލައިގެން މެނުވީ އެއްޗަކަށް ލެނގުމަކީ މަކްރޫހަ ކަމެކެވެ. ޢުޒުރެއް މެދުވެރިވާ ކަމުގައި ވާ ނަމަ، މަކްރޫހައެއް ނޫނެވެ. އެއްޗަކަށް ލެނގިގެން ކޮޅަށް ތެދުވެވޭ ނަމަ، ނުވަތަ އިށީނދެވޭ ނަމަ، އޮށޯވެ އޮވެ އަދި އިޝާރަތުން ނަމާދުކުރުން ހުއްދައެއް ނޫނެވެ. މީހަކަށް އިށީންނަންޖެހޭ ގޮތަށް ބަރާބަރަށް ނުއިށީނދެވޭ މީހެއް ނަމަ، އެފަދަ މީހަކު ބޭނުން ގޮތަކަށް އިށީނދެވޭނެ އެވެ. ބާލީހަކަށް ނުވަތަ ކޮންމެވެސް އެއްޗަކަށް ލެނގިލައިގެން އޮތުން އޭނާ އަށް ހުއްދަވެގެން ވެއެވެ.

މާބަނޑު މީހަކަށް ނުވަތަ ބަލި މީހަކަށް، ކަނާތް ފަރާތުގައި ނުވަތަ ވާތް ފަރާތުގައި ބަހައްޓާފައި ހުންނަ ގޮނޑިއަކަށް ލެނގިލައިގެން ކޮޅަށް ތެދުވެވޭ ނަމަ، އެފަދަ މީހުން ނަމާދުކުރާނީ އެގޮތަށެވެ.

އެއްޗަކަށް ލެނގިލައިގެން ނުއިށީނދެވޭ ނުވަތަ އެހެން މީހަކު އުފުލަންޖެހޭ ބަލިމީހާ ނަމާދުކުރާނީ އެއްޑުން އޮށޯވެ އޮވެގެންނެވެ. އެމީހާގެ ފައި ދަމާލައިގެން އޮންނަންވީ ޤިބްލަޔާ ދިމާލަށެވެ. އޭނާގެ ބޯ ދަށުގައި ބާލީހެއް ލައްވައި އޭނާގެ މޫނު ޤިބްލަޔަށް ކުރިމަތިލާނީ އެވެ. ނުވަތަ އޭނާގެ ކަނާތް ފަރާތަށް ނުވަތަ ވާތް ފަރާތަށް ވާ ގޮތަށް އޮށޯވެ، އޭނާގެ ކުރިމަތި ޤިބްލަޔަށް ވާ ގޮތަށް އޮންނާނީ އެވެ. رُكُوع ކުރުމަށާއި، سجدة ޖެހުމަށް އޭނާގެ ބޮލުން އިޝާރާތް ކުރާނީ އެވެ. ހޭވެރިކަން ހުރި އެކަމަކު ބަލި މީހަކަށް، އިޝާރާތުން ވެސް އެއް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ނަމާދުނުކުރެވޭ ނަމަ، އެފަދަ މީހަކު އެ ނަމާދުތައް ޤަޟާކުރާކަށް ނުޖެހޭނެ އެވެ؛ އެފަދަ މީހެއްގެ މައްޗަށް ނަމާދު ފަރުޟުވެގެނެއް ނުވެއެވެ. ހަމަ އެހެންމެ، ބައްޔެއްގެ ސަބަބުން ނުވަތަ އޭނާގެ މެދުވެރިކުރި ސަބަބަކާ ނުލައި ހޭނެތިފައިވާ މީހާ، ނުވަތަ ފަސް ނަމާދަށް ވުރެ ގިނަ ނަމާދުގެ ތެރެއިން އޭނާ އަށް ނުކުރެވޭ رُكُوع ތަކާއި، سجدة ތަކުގެ ޢަދަދު ހަނދާންނެތިފައިވާ މީހާ ވެސް ހަމަ އެހެންނެވެ. ރާ ނުވަތަ މަސްތުވާތަކެތި ނުވަތަ ބޭސް ބޭނުންކުރުމުގެ ސަބަބުން ހޭނެތިފައިވާ މީހާ އޭނާގެ ނުކުރެވޭ ހުރިހާ ނަމާދެއް ޤަޟާކުރަންޖެހޭނެ އެވެ

ގޮނޑިއެއް ފަދަ އެއްޗެއް ގެ މަތީގައި ފައި ތިރިކޮށްލައިގެން އިށީނދެ އިނދެ ނަމާދުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެ ނަމާދު ޤަބޫލެއް ނުކުރައްވާނެ އެވެ. އެހެނީ، ގޮނޑިއެއް ގައި އިށީނދެ އިނުމުގެ ޟަރޫރަތެއް ނެތެވެ. ގޮނޑިއެއް ގައި އިށީނދެވޭ މީހާ އަށް ބިން މަތީ ގައި ވެސް އިށީނދެވޭނެ އެވެ. އޭނާ އަށް އޮތް ގޮތަކީ، ބިންމަތީގައި އިށީނދެއިނދެ ނަމާދުކުރުމެވެ.

ނަމާދުކުރުމަށް ފަހު، މީހަކަށް ބިމުން ނުތެދުވެވިއްޖެ ނަމަ، އޭނާ އިށީނދެގެން ހުރި ނަމަ ކޮޅަށް ތެދުވަން އޭނާ އަށް އެއަށް ވުރެ ފަސޭހަ ނަމަ، އޭނާ ކޮޅަށް ތެދުވުމަށް އެހެން މީހަކު އެހީތެރިވާނީ އެވެ. ނުވަތަ ދެ ފައި ތިރިއަށް ތިރިކޮށްނުލާ އޭނާގެ ދެ ފައި ޤިބްލަޔަށް ކުރިމަތިލައިގެން (‏ގޮނޑި މަތީގައި ބާއްވައިގެން)‏ އިނދެ، ބަލިމީހަކަށް ގޮނޑިއެއް ގައި އިށީނދެ އިނދެ ނަމާދުކުރެވިދާނެ އެވެ. ނަމާދަށް ފަހު، ގޮނޑީގެ އެއް ފަޅިން ދެ ފައި ތިރިކޮށްލައި، ގޮނޑިއަކުން ތެދުވާ ފަދައިން ފަދައިން ކޮޅަށް ތެދުވެވިދާނެ އެވެ. ނުވަތަ، އޭނާގެ ކުރިމަތީގައި ހުންނަ އެހެން ގޮނޑިއެއް ނުވަތަ ތިރި މޭޒެއްގެ މަތީގައި ފައި ބާއްވައިގެން އިނދެ އޭނާ އަށް ގޮނޑިއެއް ގައި އިށީނދެ އިނދެ ނަމާދުކުރެވިދާނެ އެވެ. ނަމާދަށް ފަހު، އޭނާގެ ފައި ގޮނޑިން ނުވަތަ މޭޒުން ތިރިކޮށްލެވިދާނެ އެވެ.

އިށީނދެ އިނދެ ނުވަތަ އިޝާރާތުން ނަމާދުކުރާ އިރު ސަމާލުކަން ދޭންވީ ކަންތައްތައް

މީހަކަށް سجدة އަށް ތިރިވާން ގުދުވެވޭ ނަމަ، އޭނާ ކޮޅަށް ހުރެ ނަމާދުކުރަން ފަށްޓައި، ޤުރްއާން ކިޔެވުމަށް ފަހު رُكُوع އަށް ދާން ގުދުވާނީ އެވެ. މީހަކަށް އެއްގޮތަކަށް ވެސް ކޮޅަށް ނުތެދުވެވޭ ނަމަ، އޭނާ ނަމާދުކުރަން ފަށާނީ އިށީނދެ އިނދެ އެވެ. އޭނާގެ ދެ ކަކޫ މަތީގައި އިށީނދެ އިނދެ سجدة އަށް ދާނީ އެވެ. މިގޮތަށް ކުރާ ނަމާދަށް ކިޔަނީ އިށީނދެ އިނދެ ކުރާ ނަމާދެވެ.

އިށިނދެ އިނދެ ނަމާދުކުރާ އިރު، ޤިޔާމު ގައި ހުންނަ އިރު، އޭނާގެ ދެ އަތް ބާއްވާނީ ފޫޅުން ތިރީގައެވެ. (‏އަންހެނުން އެކަނބަލުންގެ މޭމަތީގައެވެ.)‏ ކޮޅަށް ހުރެގެން ނަމާދު ފަށްޓައިފި ނަމަ، ނަމާދު ޤާއިމްކުރާނީ ކޮޅަށް ހުރެއެވެ؛ އޭނާ ނަމާދު ޤާއިމްކުރަނީ އިށީނދެ އިނދެ، ނުވަތަ އިޝާރާތުން ނަމަ، ނަމާދު ޤާއިމްކުރާނީ އިށީނދެ އިނދެ އެވެ.

މީހަކަށް سجدة ނުކުރެވޭ ނަމަ، އެފަދަ މީހަކު ނަމާދުކުރާނީ އިޝާރާތުންނެވެ. އޭގެ މާނަ އަކީ، އޭނާ ހަމަޖެހިގެން އިށީންނާނީ އޭނާގެ ދެ ކަކޫ މަތީގައި ނުވަތަ ފައި ހުރަސްކޮށްލައިގެން އިނދެ އެވެ. އެގޮތަށް އޭނާ އަށް ނުއިށީނދެވޭ ނަމަ، ދެ ފައި ޤިބްލަޔާ ދިމާލަށް ކުރިމަތިލާނީ އެވެ.

އޭނާ ހަށަންބަން ތަކުބީރު ކިޔާނީ އިށީނދެ އިނދެ އެވެ. رُكُوع އަށް ދާން އޭނާގެ ހަށިގަނޑު ކުޑަކޮށް ގުދުކޮށްލައި، އަދި އަށް سجدة ދާން އެއަށް ވުރެ ބޮޑަށް ހަށިގަނޑު ގުދުކޮށްލާނީ އެވެ. މީހަކަށް އޭނާގެ ހަށިގަނޑު ގުދުކޮށްނުލެވޭ ނަމަ، އޭނާގެ ބޯ އެގޮތަށް ދުގުކޮށް އިޝާރާތުން ނަމާދުކުރާނީ އެވެ. ޤިޔާމު ގައި ހުންނަ އިރު އޭނާ ބަލާނީ އޭނާގެ ދެފައިތިލަ އަށެވެ. އަދި އިށީނދެ އިންނަ އިރު އޭނާ ބަލާނީ އޭނާގެ އުނގަށެވެ.

އިޝާރާތުން ނަމާދުކުރާ އިރު، ފިރިހެނުން ޤިޔާމުގައި ދެ އަތް އެކީ ބާއްވާނީ އެ މީހުންގެ ފޫޅުގެ ތިރީގައެވެ. (‏އަންހެނުން އެ މީހުންގެ އުރަމަތީގެ މަތީގައެވެ.)‏ رُكُوع އަށް ދިއުމަށް ކުޑަކޮށް ގުދުވާ އިރު، އެ މީހުންގެ އަތް ބާއްވާނީ ދެ ކަކޫ މަތީގައެވެ. އެ މީހުން سجدة އަށް ދާ އިރު އެއަށް ވުރެ ބޮޑަށް ގުދުވެ، އެ މީހުންގެ ދެ އަތް އެ މީހުންގެ ކަކޫ މަތީގައި ނުވަތަ އެއަށް ވުރެ ތިރީގައި ބާއްވާނީ އެވެ. التّحيّات ކިޔާ އިރު، ނަމާދުގައި ޢާއްމުކޮށް އެ މީހުން ދެ އަތް ބާއްވާ ގޮތަށް ބާއްވާނި އެވެ. ސަލާމް ދޭ އިރު، ބަލާނީ އެ މީހުން ކޮނޑުގެ ބޭރު ފަރާތަށެވެ. މި ގޮތަށް ނަމާދުކުރުމަށް ކިޔެނީ އިޝާރާތުން ނަމާދުކުރުމެވެ.

ލޮލުގެ ޙަރާކާތުން އިޝާރާތްކުރުމޭ ބުނާ ކަހަލަ ކަމެއް ނޯވެއެވެ. މީހަކަށް އޭނާގެ ދެ އަތް އެއް ދުވަސް (‏24 ގަޑި އިރު)‏ ވަންދެން ޙަރަކާތް ނުކުރެވޭ ކަމުގައި ވާ ނަމަ، އެ މީހެއްގެ މައްޗަށް ނަމާދު ފަރުޟުވެގެނެއް ނުވެއެވެ؛ އަދި އޭނާ އެ ނަމާދު ޤަޟާކުރާކަށް ވެސް ނުޖެހޭނެ އެވެ.

ޖަމާޢަތުގައި ކޮޅަށް ހުރެ مأموم ނަމާދުކުރާ ނަމަ، ބެލެވެނީ އޭނާގެ ފައި ޖައްސާފައި ހުންނަ ތަނެވެ. މީހެއްގެ ފުންނާބު، އިމާމުގެ ފުންނާބަށް ވުރެ ކުރިޔަށް ޖެހިފައި ވާ ނަމަ، އޭނާގެ އެ ނަމާދު ޞައްޙައެއް ނުވާނެ އެވެ. އެހެން ނަމަވެސް، މީހަކު އިޝާރާތުން ނަމާދުކުރާ އިރު، މި ޙުކުމެއް ނުހިނގާނެ އެވެ. އެހެންކަމުން، މީގައި މުހިއްމީ މީހާގެ ފުންނާނު ހުންނަ ތަނެއް ނޫނެވެ. އެކަމަކު އެ މީހެއްގެ ބޯ ހުންނަ ތަނެވެ. ނަމާދުކުރާ މީހާގެ ބޯ، އިމާމުގެ ބޮލަށް ވުރެ ކުރިޔަށް ޖެހިފައި ނުވާ ނަމަ، ނުވަތަ އޭނާގެ ބޯ، އިމާމުގެ ބޮލާ އެއް ހަމައެއް ގައި ހުންނަ ނަމަ، އިމާމުގެ ފަޔަށް ވުރެ ކުރިޔަށް ޖެހިފައި ހުއްޓަސް، އޭނާގެ ނަމާދު ޞައްޙަވާނެ އެވެ.[‏ٍإبن عابدين]‏

ކޮޅަށް ހުރެ ނަމާދުކުރާ މީހާ އަށް އިށީނދެ އިނދެ ނަމާދުކުރާ އިމާމަކަށް ތަބަޢަވެވޭނެ އެވެ. އެކަމަކު އިޝާރާތުން ނަމާދުކުރާ އިމާމަކަށް ތަބަޢަނުވެވޭނެ އެވެ.

ތިބާ ދެކެ ލޯބިވާ މީހުން ތިބާގެ ލޯބީގައި އަނދާނެއޭ، މާތް ﷲ ގެ ރަސޫލާއޭ،
އެ މީހުން ލޯބީގެ ރާ ބޯނެއޭ، އަދި އެ މީހުންގެ ކަރުހިއްކުން ފިލުވާލާނެއޭ މާތް ﷲ ގެ ރަސޫލާއޭ.
ތިބާ ދެކެ ލޯބިވާ މީހާ، ވަނީ އޭނާގެ ފުރާނަ ތިބާގެ މަގުގައި ބާއްވާފައޭ،
ދެ ދުނިޔޭގެ އިރަކީ ތިބާއޭ، މާތް ﷲ ގެ ރަސޫލާ އޭ.
ތިބާ ދެކެ ލޯބިވާ މީހުންނަށް ތިބާގެ ޝަފާޢަތް ދެއްވާށޭ،
މުސްލިމުންގެ ހަށިތަކުގެ ޙަޔާތަކީ ތިބާއޭ، މާތް ﷲ ގެ ރަސޫލާ އޭ.
އަޅުގަނޑަކީ އެ ރީތިކަމުގެ ޢާޝިޤެކޭ، އެ ފިނިފެންމަލުގެ ބުލްބުލަކީ އަޅުގަނޑޭ،
ތިބާ ދެކެ ލޯބިނުވާ މީހުން ނަރަކައިގެ އަނދާނެއޭ، މާތް ﷲ ގެ ރަސޫލާ އޭ.
حق އަކީ ތިބާ ދެކެ ލޯބިވެވޮޑިގަންނަވާ ފަރާތޭ، އެންމެންގެ ސުލްޠާނޭ،
އަޅުގަނޑުގެ ފުރާނަ ތިބާ އަށް ޓަކައި ޤުރުބާންކުރައްވާދޭވެ، މާތް ﷲ ގެ ރަސޫލާ އޭ.
ދަރުވޭޝް ޔޫނުސްގެ ރޫޙަކީ، ޝަފާޢަތުގެ ފައްވާރާއޭ،
ދެ ދުނިޔޭގެ ސުލްޠާނަކީ ތިބާއޭ، މާތް ﷲ ގެ ރަސޫލާ އޭ.

ޒަކާތް ދިނުން

"އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސްވެގެން ވެއެވެ. ފަހެ، تقوى ވެރިވެ، زكاة ދީ އުޅޭ މީހުންނަށާއި، ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުންނަށް ތިމަންރަސްކަލާނގެ އެ رحمة ލިޔުއްވާހުށީމެވެ".
الأعراف: 156

އިސްލާމް ކަމުގެ ތިން ވަނަ ރުކުނަކީ ޒަކާތް ދިނުމެވެ. ރަނާއި، ރިއްސާއި، ވިޔަފަރި މުދަލުން ޒަކާތް ނެރުމަށް ނިޞާނު ނަމަކަށް މިންވަރެއް ހަމަވާން ޖެހެއެވެ. ނިޞާބުގެ މާނަ އަކީ، މުއްސަނދިކަމާއި، ފަޤީރުކަމާ މެދު ވަކިކޮށްދޭ ރޮނގެވެ. ރަނުގެ ނިޞާބުގެ މިންވަރަކީ، 96 ގްރާމެވެ. ރިހީގެ ނިޞާބުގެ މިންވަރަކީ 672 ގްރާމެވެ. އެއްވެސް ވައްތަރެއްގެ މުދަލެއްގެ ނިޞާބު މިލްކުވެރިކަމުގައި ވާ މީހަކަށް އެ މީހެއްގެ ޟަރޫރީ ބޭނުންތަކަށް ވުރެ އިތުރަށް މުދާ ހުންނަ މީހާ ގިންތިކުރެވެނީ މުއްސަންޖެއްގެ ގޮތުގައެވެ. އެ ވަރަށް އިތުރު މުދާ ނުހުންނަ މީހާ ގިންތިކުރެވެނީ ފަޤީރެއްގެ ގޮތުގައެވެ. ތިބާގެ އަތުގައި ހުރި ރަން ފައުނުތަކާއި، (‏ތިބާ އަކީ އަންހެނެއް ނަމަ)‏ ގަހަނާ އާއި، ރަން ދަތްތަކާއި، ހުރިހާ ވިޔަފާރި މުދަލެއްގެ ބަރުދަނަކީ 96 ގްރާމް ނަމަ، ނުވަތަ ތިބާގެ ރިހީގެ ތަކެތީގެ ބަރުދަނަކީ 672 ގްރާމް ނަމަ، އަދި ހިޖްރީ އަހަރެއް (‏354 ދުވަސް)‏ ވަންދެން އެތަކެތި އަތުގައި ހުރެއްޖެ ނަމަ، އެ ތަކެތީގެ ސާޅީސް ބައިކުޅަ އެއްބައި ވަކިކޮށް، ކީރިތި قرآن ގައި ކަނޑައަޅުއްވާފައިވާ ގިންތިތަކުގެ މީހުންގެ ތެރެއިން އެއް ގިންތީގެ ނުވަތަ އެކަކަށް ވުރެ ގިނަ ގިންތިތަކުގެ މީހުންނަށް ދޭނީ އެވެ. މި ގޮތުން މުދާ އަދާކުރުމަށް ކިޔެނީ ޒަކާތެވެ. އެހެންކަމުން، 100 ގްރާމުގެ ރަން ހުރި މީހަކުގެ އަތުގައި އެ މިންވަރަށް އެއް އަހަރު ވަންދެން ހުރެއްޖެ ނަމަ، އޭގެ ތެރެއިން 2.5 ގްރާމުގެ ރަން ޒަކާތުގެ ގޮތުގައި ދިނުމުގެ ނިޔަތުގައި ވަކިކޮށް، އޭނާ އިޚްތިޔާރުކުރާ ފަޤީރު މީހަކަށް ދޭނީ އެވެ.

ޒަކާތް ދެވެނީ އުޟްޙިޔާގެ ނިޞާބު ހަމަނުވާ ފަޤީރުންނަށާއި، ދަރަނިވެރިވެފައިވާ މުސްލިމުންނަށާއި، އޭނާގެ އަމިއްލަ ޤައުމުގައި މުއްސަނދި އެކަމަކު އޭނާ ހުރި ތަނުގައި ފަޤީރު މީހާއާއި، ޖިހާދުކުރުމުގައި ނުވަތަ ޙައްޖަށް ދިއުމުގެ މަގުގައި އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށެވެ.

ފަޤީރު މީހެއް ކަމަށް މާނަކުރެވެނީ، އުޟްޙިޔާ ކަތިލުމަށް ބޭނުންވާ ނިޞާބު ހަމަވާ ވަރަށް މުދާ ނެތް މީހުންނެވެ. މީހެއްގެ މުސާރަ ކިތަންމެ ބޮޑުވި ނަމަވެސް، އޭނާގެ ޢާއިލާ އަށް ފޯރުކޮށްދިނުމުގައި އުނދަގޫތަކެއް ހުރި ކަމުގައި ވާ ނަމަވެސް، އޭނާ އަށް ޒަކާތް ހޯދިދާނެ އެވެ. އަދި އޭނާގެ މައްޗަށް އުޟްޙިޔާ ކަތިލުމާއި، ޒަކާތްދިނުން ވާޖިބެއް ނޫނެވެ. އެ މީހުންގެ އަތުގައި 40 އަހަރަށް ވާ ވަރަށް ދިރިއުޅުމަށް ބޭނުންވާ ތަކެތި ހުއްޓަސް، ދީނީ ޢިލްމު އުނގެނޭ މީހުންނާއި ދީނީ ޢިލްމު އުނގަންނައިދޭ މީހުންނަށް ޒަކާތްދިނުން ޖާއިޒުވެގެން ވެއެވެ. ޒަކާތު މުދަލުން މިސްކިތް ބިނާކުރުން ނުވަތަ ޖިހާދުކުރުން ހުއްދަވެގެނެއް ނުވެއެވެ. މުއްސަނދި މީހާ އަށް އޭނާގެ މައިންބަފައިންނަށް ނުވަތަ އޭނާގެ ކާފައިންނާއި މާމައިންނަށް، ނުވަތަ އޭނާގެ ދަރިންނަށް، ނުވަތަ އޭނާގެ ކާފަ ދަރިންނަށް، ނުވަތަ އޭނާގެ އަނބިންނަށް، ނުވަތަ މުއުމިން ނޫން މީހުންނަށް ޒަކާތްދިނުން ހުއްދަވެގެނެއް ނުވެއެވެ. އެކަމަކު، އަންހެން ޅީދަރިންނާއި، އުޚްތުންނާއި، އަޚުންނާއި، ބޮޑުބޭބެއިންނާއި، ބޮޑުދައިތައިންނާއި، ފިރިހެން ޅީދަރިންނާއި، ދޮންމަންމައިންނާއި، ދޮންބައްޕައިންނާއި، ޅިޔަނުންނާއި، ދަނބިދަރިންނަށް ޒަކާތް ދެވިދާނެ އެވެ؛ ޒަކާތް އޭގެ (‏ފަޤީރުކަމުގައި ދިރިއުޅޭ)‏ ބޭނުންޖެހިފައިވާ މީހުންނަށް ދިނުމުން މާގިނަ ސަވާބު ލިބެއެވެ. ނިޞާބުގެ މިނަވަރަށް ވުރެ ގިނަ އިން ޒަކާތް ދީގެން ނުވާނެ އެވެ. އެކަމަކު، އޭނާ އަށް (‏ފަޤީރުމީހާ)‏ ގެ ދަރިން ތިބި ނަމަ، އެ މީހުންގެ މެދުގައި ޒަކާތް ބެހިދާނެ އެވެ. އޭރުން އެއިން ކޮންމެ ފަރާތަކަށް ވެސް ލިބޭނީ ނިޞާބަކަށް ވުރެ މަދުންނެވެ. މުދާ ބޭކާރުކުރާ، ނުވަތަ އެ ބައެއްގެ މުދާ ބޭކާރުކުރާ މީހުންނަށް ޒަކާތް ނުދެވޭނެ އެވެ. އިސްވެދިޔަ ތަނުގައި، ސައްޔިދުންނަށް (‏رَسُوْلُ اللهِ ﷺ ގެ ދަރިފަސްކޮޅު)‏ ޒަކާތް ނުދެވެއެވެ. މިއަދު، އެ ބޭކަލުންނަށް ޒަކާތްދިނުން ހުއްދައެވެ. އެހެނީ، އެ ބޭކަލުންނަށް މިހާރު ހަނގުރާމައިގެ ޣަނީމާ މުދާ ލިބިވަޑައިނުގަންނަވާތީ އެވެ.

ތިބާގެ މުދަލާ މެދު ފަޚްރުވެރިނުވާށޭ، އަދި ނުބުނާށޭ، އަހަރެން ކަހަލަ މީހަކު އެބަ ހުރި ހޭ؟
ގަދަ ވައިރޯޅިއެއް ޖެހި އެ ހުރިހާ އެއްޗެއް ދުރަށް ބުރުއްސާލާނެއޭ!

ޒަކާތް ނެރެވޭ މުދާ ހަތަރު ބަޔަކަށް ބެހިގެންވޭ:

ރަނާއި ރިހި.
ވިޔަފާރީގެ ބޭނުމަށް ގަނެފައިވާ ހުރިހާ ވައްތަރެއްގެ މުދާ.
ދަނޑުތަކުގަޔާއި، ޖަނަވާރުތައް ބަލަހައްޓާ ތަންތަނުގައި ބަލަހައްޓާ ހަތަރެސްފައިލީ ޖަނަވާރުތައް.
العُشر، މާނަ އަކީ، ދަނޑުގޮވާމަށް ދޭ ޒަކާތް.

أبُو حنيفة (‏رحمه الله تعالى)‏ ވިދާޅުވެފައި ވެއެވެ. "ތިބާ އަށް ވާރޭފެނާއި، ކޯރުތަކުން ފެންދެވޭ ބިމަކުން ދަނޑުގޮވާން (‏ނުވަތަ މޭވާތަކާއި، ތަރުކާރީ އާއި، މާމުއި)‏ ކުރެވުނުހާ އަވަހަކަށް އެއިން ލިބޭ އެއްޗެއްގެ ދިހަ ބައިކުޅަ އެއްބައި ފަޤީރުންނަށް ދިނުމަކީ ފަރްޟެކެވެ. މިއަށް ކިޔެނީ عُشر އެވެ. ދަނޑުގޮވާމުން عُشر ދިނުމަކާ ނުލައި އެއެއްޗެހި ކެއުމަކީ حرام ކަމެކެވެ".

ވިޔަފާރި މުދަކުގެ ނިޞާބު 96 ކިލޯ ރަނާ އެއްވަރު ވާ ނަމަ، އެ މުދާ ގަތް އަގުގެ ސާޅީސް ބައިކުޅަ އެއްބައި ރަނުގެ ގޮތުގައި ދޭންޖެހެއެވެ. ނުވަތަ ވިޔަފާރި މުދަލުގެ ސާޅީސް ބައިކުޅަ އެއްބައި ޒަކާތުގެ ގޮތުގައި ނެރެންޖެހެއެވެ. މީހަކަށް ދަރާފައި ވާ އިރު އޭނާގެ އަތުގައި ބިލު އޮތް ކަމުގައި ވާ ނަމަ، އޭނާ ޒަކާތް ނެރެންޖެހޭނީ އޭނާގެ އަތުގައި ހުރި އެއްޗަކުންނެވެ. މުދާތައް ފަޤީރުންނަށް ދޭންޖެހޭނެ އެވެ.

މުދަލުގެ ނިޞާބު ހިސާބުކުރެވޭނީ ހަމައެކަނި ރަނުންނެވެ. އަދި އޭގެ ސާޅީސް ބައިކުޅަ އެއްބައި ރަނުގެ ގޮތުގައި ދޭންވާނެ އެވެ.
ޒަކާތް ފަރުޟުވުމުގެ ޝަރުޠުތައް ހައެކެވެ. އެއީ:
މުސްލިމަކަށް ވުން.
ބާލިޣުވުން.
ބުއްދި ސަލާމަތުން ހުރުން.
މިނިވަނެއް ކަމުގައި ވުން (‏އަޅަކު ކަމުގައި ނުވުން)‏.
ނިޞާބު ހަމަވާ ވަރަށް ޙަލާލު މުދާ ހުރުން.
ހުރި މުދާ، ކޮންމެހެން ބޭނުންޖެހިފައިވާ ކަންކަމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ހުރުން.

މީހެއްގެ މައްޗަށް ޒަކާތް ފަރުޟުވުމަށް ފަހު، އޭނާ ފަޤީރުންނަށް ޒަކާތް ނުނެރޭ ނަމަ، ނުވަތަ އޭނާގެ ބޮލުގައި އެހެން ދަރަނިތަކެއް އެޅިފައި ވާ ނަމަ، އޭނާ ދޭ ޚައިރާތަކުން އަދި ޞަދަޤާތަކުން އޭނާ އަށް ޘަވާބެއް ނުލިބޭނެ އެވެ. އޭނާ ޒަކާތްދީ އޭނާގެ ދަރަނި އަދާކުރަންޖެހޭނެ އެވެ.

އެންމެ ފަހުން ރަމަޟާން މަސް އައީއޭ،
މިސްކިތްތައް ވަނީ ނޫރުން ޒީނަތްތެރިވެފައޭ.
ވަގުތު އައިސް ޖެހިއްޖެއޭ، އުއްބައްތިތައް ދިއްލިޖެއޭ،
އަހަރެމެން އެންމެން މި ކަމަށް އީމާންވަމޭ.
ފުރަތަމަ ދިހަ ދުވަސް ފުރިފައިވަނީ ރަޙްމަތުންނޭ،
ދެން ފާފަތައް ފުއްސަވާދެއްވައޭ.
ނަރަކައިން، ޢީދު ވިލޭރޭ،
ހުރިހާ މުސްލިމުން މިނިވަންކުރެވިއްޖެއޭ.
އަހަރެންގެ އަޚާއޭ، ތިބާ ވެސް ރޯދަހިފާށޭ،
އަދި ނަމާދު ވެސް ކުރާށޭ.
ތިބާ އަބަދު ވެސް ފާފަތަކާ ދުރުވާންޖެހެއޭ،
ގިނައީ ނަރަކައިގެ ޢަޒާބުތަކޭ.
ޢަދުއްވުން ދަނީ ތިބާ އަށް ޙަމަލާދެމުންނޭ،
އެމީހުން ބަނަމުންދަނީ ރޯދަހިފުމުން ތިބާ ބަލިކަށިކޮށްލައޭ.
ޢިލްމަށް ފައިން އަރާ ޗިސްކުރަނީ އެމީހުންނޭ،
އެމީހުން އަބަދު ވެސް ދޮގުހަދައޭ، މި ނުބައި މީހުންނޭ!
ހޭއަރާށޭ! ތިބާގެ ޙަޔާތުގެ ބޮޑު ބައި ފާއިތުވެއްޖެއޭ،
އަވަސްކުރާށޭ، ހައިހޫނުގައި ހުންނަ މީހާ އާއި، ބަނޑުފުރާ ކައިގެންހުންނަ މީހާ ފަހުމްވާށޭ!
ބައެއް އިސްލާމީ ފޮތްތައް ކިޔާށޭ،
ހެޔޮކަމުގެ ވަސް ބަލާށޭ!

ރޯދަހިފުން

"ރަމަޟާން މަސް އައުމުން، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެ އެވެ. އަދި ޝައިޠާނުންތައް ކަސްތޮޅުއެޅުވޭނެ އެވެ".
حديث شريف

އިސްލާމް ކަމުގެ ހަތަރު ވަނަ ރުކުނަކީ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ރޯދަހިފުމެވެ. رمضان ގެ މާނަ އަކީ އެނދުމެވެ. އެއީ، މި މަހުގެ ތެރޭގައި ރޯދަހިފައި ތައުބާވާ މީހުންގެ ފާފަތައް އަނދައި، ގެއްލިގެން ދާތީއެވެ.

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ރަމަޟާން މަސް އައުމުން، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެ އެވެ. އަދި ޝައިޠާނުންތައް ކަސްތޮޅުއެޅުވޭނެ އެވެ".

صحيح بُخاري ގައި ވާރިދުވެގެން އައިސްފައިވާ رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވެއެވެ. "ފަރްޟެއްގެ ގޮތުގައި ރޯދަ މަހު ރޯދަ ހިފައިފި މީހަކު الله تعالى ގެ ޙަޟްރަތުން ރޯދަ ހިފުމުގެ ޘަވާބަށް އެދޭ މީހާގެ ފާއިތުވެގޮސްފައިވާ ފާފަތައް ފުއްސަވާދެއްވާނެއެވެ". އޭގެ މާނަ އަކީ، ރޯދަހިފުމަކީ، ގެ އަމުރުފުޅުކަމާއި، އެ އަޅުކަން ކުރުމުން ޘަވާބު ލިބޭނެކަމަށް ޤަބޫލުކުރުމަކީ، ޟަރޫރީ ކަމެކެވެ. ދުވަސް ދިގުކަމާއި، ރޯދަހިފުމަކީ އުނދަގޫ ކަމެއް ކަމަށް ބުނެ ޝަކުވާނުކުރުމަކީ ޝަރުޠެކެވެ. ރޯދަ ނުހިފާ މީހުންގެ މެދުގައި ހުރެގެން ނުލާހިކު އުނދަގުލާ އެކު ރޯދަހިފުމަކީ، ރަނގަޅު ނަސީބެއް ކަމަށް ދެކެންވާނެ އެވެ.

ރޯދަ ފަރުޟު ވަނީ އަންނަނިވި ހަތް ޝަރުޠު ފުރިހަމަވެގެންނެވެ.. އެއީ:
މުސްލިމަކަށް ވުން.
ބާލިޣުވުން. ކުޑަކުދިންގެ ރޯދަ ޞައްޙަ އެވެ.
ބުއްދި ސަލާމަތުން ހުރުން.
މިނިވަނެއް ކަމުގައި ވުން (‏އަޅަކު ކަމުގައި ނުވުން)‏.
ރަށެއް ގައި ޤާއިމުވެހުރުން (‏ދަތުރެއްގައި ނުވުން.
އަންހެނުން ނަމަ، ޙައިޟުވެފައި ނުވުން.
ނިފާސް ކަމުގައި ނުވުން.

ރޯދައިގެ ފަރުޟުތައް

ރޯދައިގެ ތިން ފަރްޟެއް ވެއެވެ. އެއީ:
ނިޔަތްގަތުން.
ރޯދައިގެ ރޫޙާ ޚިލާފު، ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުވުން.

ފަޖްރުލުމުން ފެށިގެން އިރު އޮއްސުމާ ހަމަޔަށް ރޯދަ ގެއްލޭ ފަދަ ކަންތައްތަކުން ދުރުވުން. ހަތަރު މަޒްހަބުގެ ޢިލްމުވެރިން އިޖްމާޢުވާ ގޮތުގައި، ރޯދަ ފެއްޓެނީ فجرالصّادق ލުމުންނެވެ. المُلتقى މި ނަންކިޔާ ފޮތުގައި ލިޔެފައިވާ ގޮތުގައި، "ރޯދަހިފުމަކީ، ފަޖްރުލުމުން ފެށިގެން އިރު އޮއްސުމާ ހަމަޔަށް ކެއުމާއި، ބުއިމާއި، ޖިމާޢުވުމުން ދުރުވުމެވެ. އަދި ކުރީ ދުވަހުގެ އިރު އޮއްސުމުން ފެށިގެން ރަމަޟާން މަހު ރޯދަ ހިފާ ދުވަހުގެ ضحوة الكبرى8 އާ ހަމަޔަށް ހިތުން ނިޔަތްގަތުން ވާޖިބުވެގެން ވެއެވެ". ނިޔަތްގަތުމުގެ ވަގުތު ހަމަވުމާ ހަމަޔަށް މީހަކު ނުބައި ނުބޮއެ ހުރެ ނިޔަތް ގަނެ ރޯދަހިފާނީ އެވެ. ނިޔަތްގަތުމަށް އޮންނަ ވަގުތުގެ ފަހުން ނިޔަތްގަތުމަކީ ޤަބޫލުނުކުރެވޭނެ ކަމެކެވެ. ފަޖްރުލުމުގެ ކުރިން ނިޔަތްގަންނަ އިރު ކިޔާނީ: "މާދަމާ ރޯދަހިފުމަށް އަހުރެން ނިޔަތްގަތީމެވެ". ފަޖްރުގެ ފަހުން ނިޔަތްގަންނަ ކަމުގައި ވާ ނަމަ، ކިޔާނީ "މިއަދުގެ ރޯދަހިފުމަށް އަހުރެން ނިޔަތްގަތީމެވެ"، ހަމައެހެންމެ، ނަދުރު ރޯދަޔާއި، ސުންނަތް ރޯދައިގައި ވެސް ނިޔަތްގަންނާނީ އެހެންނެވެ. ރޯދަހިފާ ކޮންމެ ދުވަހަކަށް ވަކިން ނިޔަތްގަތުމަކީ ކޮންމެހެން ޟަރޫރީ ކަމެކެވެ.

ރޯދަ ގެއްލޭ ކަންތައްތައް

ރޯދަ މަހު، އެ މީހަކު ރޯދަހިފަމުންދާކަން އެނގިހުރެ، ފަޖްރުލުމުގެ ކުރިން ނިޔަތްގަނެގެން ހުރެ، ކާނާގެ ތެރެއިން އެއްޗެއް ކެއުމަކީ، ނުވަތަ ބުއިމަކީ، މާނަ އަކީ، ކާއެއްޗެއް ނުވަތަ ޑޮކްޓަރީ ބޭހެއް، ނުވަތަ މަސްތުވާ އެއްޗެއް އަނގައިގެ ތެރެއިން މަޢިދާ އަށް ލުން ނުވަތަ ޖިމާޢުވުން، ނުވަތަ މަޖްބޫރުން ޖިމާޢުވުމުން ރޯދަ ކެނޑޭނެ އެވެ. އަދި އޭރުން އެ ރޯދައެއް ޤަޟާކޮށްފައި ކައްފާރާ9 ދޭންޖެހޭނެ އެވެ. މި މާނަކުރުމަށް ބަލާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުމުން ރޯދަ ގެއްލި، އެ ރޯދަ ޤަޟާކޮށް ކައްފާރާ ދޭންޖެހޭނެ އެވެ. އެހެނީ، ދުންފަތުގައި އެކުލެވޭ ހަރު އަދި ދިޔާ އެތިއެތިކޮޅު ކުޅާ އެކު ބަނޑު ތެރެއަށް އެޅިގެން ދެއެވެ. ޙިޖާމާކުރުމާއި، ޣީބަބުނުން (‏ދެބައޮޑުވުން)‏ ފަދަ ރޯދަ ނުގެއްލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާ ކަންތައްތަކަށް ފަހު، އެ ކަންތައްތަކަށް ފަހު އެ މީހެއްގެ ރޯދަ ގެއްލިއްޖެ ކަމަށް ދެކޭ މީހަކު އެއަށް ފަހު އެނގިހުރެ އެއްޗެއް ކައިފި ނަމަ، އެ އެއްޗެއް ކެއުމަށް ފަހު އެ މީހެއްގެ ރޯދަ ގެއްލި، އެ ރޯދަ ޤަޟާކޮށް ކައްފާރާ ދޭންޖެހޭނެ އެވެ. މީހަކު ރޯދައިގެ ނިޔަތް ރަމަޟާން މަހުގެ ފަޖްރުލުމުގެ ކުރިން ނުކިޔާ ހުރެ، ނިޔަތް ކިޔަންޖެހޭ ގަޑީގެ ކުރިން ރޯދަ ގެއްލޭ ފަދަ ކަމެއް ކޮށްފި ނަމަ، ދެ އިމާމުންގެ ރައުޔު ގައި އެ ރޯދަ ޤަޟާކޮށް ކައްފާރާ ދޭންޖެހޭނެ އެވެ. އެހެނީ، އޭނާ އަށް އެކަން ކުރެވެން އޮތްވާ އޭނާ ވަނީ އެ ފުރުޞަތު ގެއްލުވާލާފައެވެ. އެކަމަކު، الإمام الغزالي ވިދާޅުވެފައިވަ ގޮތުގައި، އެ ޙާލަތުގައި ހަމައެކަނި އެ ގެއްލުނު ރޯދަ ޤަޟާކުރާނީ އެވެ. ތިން އިމާމުން ވިދާޅުވެފައިވާ ގޮތުގައި ވެސް، ނިޔަތްގަންނަންޖެހޭ މުއްދަތަށް ފަހު މީހަކު ކައިބޮއެ ހަދައިފި ނަމަ ކައްފާރާ ދޭކަށް ނުޖެހޭނެ އެވެ. ކައްފާރާ ދިނުމުގެ އަދަބަކީ، ބަރަކާތްތެރި ރަމަޟާން މަހުގެ ޝަރަފާއި، ކަރާމާތްތެރިކަން ނަގާލުމަށް ދޭ ބަދަލުދިނުމެވެ. އެއީ، ހަތަރު މަޒްހަބުގައި ވެސް ޞައްޙަ ރޯދައެއް ރަމަޟާން މަހުގެ ރޯދަ ޤަސްދު ގައި ކަނޑާލުމުގެ އަދަބެވެ. ޝާފިޢީ މަޒްހަބުގައި ފަޖްރުލުމުގެ ކުރިން ނިޔަތްގަތުން ވާޖިބުވަނީ މި ސަބަބަށް ޓަކައެވެ. ޙަނަފީ މަޒްހަބު ގައި މީހަކު އޭނާ ފަޖްރުލުމުގެ ކުރިން ނިޔަތް ނުގަނެ ހުރެ ދުވާލު ގަޑީގައި އެ ރޯދަ ކެނޑައިފި ނަމަ، ނުވަތަ ރަނގަޅު ސަބަބަކަށް ޓަކައި، އެ ރޯދަ ކަނޑާލަން މަޖްބޫރުވެއްޖެ ނަމަ ނުވަތަ އޭނާ އެ ރޯދަ ކަނޑާލަން ޖެހިއްޖެ ނަމަ، الإمام الأعظم ވިދާޅުވެފައި ވަނީ އޭނާ ކައްފާރާ ދޭން ނުޖެހޭނެ ކަމަށެވެ. މީހަކު އޭނާ ޤަޟާ އަށް ހިފާ ރޯދަ، ނުވަތަ ނަދުރުބުނެގެން ހިފާ ރޯދަ ނުވަތަ ސަބަބަކާ ނުލާ ހިފާ ރޯދަ ކަނޑައިފި ނަމަ، އޭނާ އެ ރޯދައިގެ ބަދަލުގައި ކައްފާރާ ދޭކަށް ނުޖެހޭނެ އެވެ. ރަމަޟާން މަހުގެ ދުވަހެއް ގައި މީހަކު ކުރި ކަމަކީ ހަމައެކަނި ރޯދަ ޤަޟާކުރަންޖެހޭ ފަދަ ކަމެއް ކަމަކަށް ވެފައި، އެ ކަން ޤަސްދުގައި އެހެން ދުވަހެއް ގައި ކޮށްފި ނަމަ، އޭނާ އަށް ކައްފާރާ ދިނުން ލާޒިމެވެ.

މީހަކު ރޯދަ ކެނޑީ އޮޅިގެން ކަމަށް ވާ ނަމަ، މިސާލަކަށް، ވުޟޫކުރަމުން ދާ އިރު، މީހެއްގެ ކަރު ތެރެއަށް ފެންދިއުން، ރޯދަ ކެނޑުމަށް މީހަކަށް މަޖްބުރުކުރުން، މީހަކަށް ވެކްސިން ޖެހުން، ދިޔާ ބޭހާއި، ލޯޝަނާއި، ދުން (‏އެހެން މީހަކު ސިގިރެޓް ބުއިމުން އަރާ ދުން)‏، ނުވަތަ މާވަހަރާ އެއްކޮށްފައި ހުންނަ ޢޫދު ވަކަރުގެ ދުން، މީހެއްގެ ނޭފަތަށް ނުވަތަ ބޭސް ތިއްކެއް ނޭފަތަށް އެޅުމާއި، މީހެއްގެ ގައިގައި ލާ ބޭސް ހަނގަނޑު ތެރެއަށް ވަދެގެން ދިއުމާއި (‏ސިރންޖަކުން ބޭސް ޖެހުން)‏، ކަރުދާސްކޮޅެއް، ހިލަ، ނުވަތަ މަޢުދަން، ކަފަ، ނުވަތަ ނުކައްކާ ހުންނަ ހަނޑު ފުކެއް، ފަދަ ބޭހަކަށް ނުވާ ނުވަތަ ކާނާއަކަށް ނުވާ އެއްޗެއް މީހަކު ދިރުވާލުމާއި، މީހަކު ގަދަކަމުން އަނގަފުރޭ ވަރަށް ހޮޑުލުމާއި، މީހަކުގެ ދަތަކުން ލޭ އަންނަ އިރު ދިރުވާލީ ހަމައެކަނި ލޭ ނުވަތަ ފަންސާސް ޕަސެންޓް ކުޅާ އެއްވެފައިވާ ލޭ ކަމަށް ވާ ނަމަ، މީހަކު ކެއީ ފަޖްރު ލައިފިކަން ނޭނގިހުރެ ނުވަތަ ރޯދަ ވިއްލީ އިރު އޮއްސިއްޖެ ކަމަށް ހީކޮށް ކަމަށް ވާ ނަމަ، ރޯދަ ހިފާފަހުރިކަން ހަނދާންނެތިގެން މީހަކު ކާން ފަށާފައި، އެ ގޮތަށް ކެއުމުން ރޯދަ ގެއްލޭނެ ކަމަށް ހީކޮށް ކެއުމާއިގެން ކުރިޔަށް ދާ ނަމަ، ބަޔަކު މީހެއް އަނގަޔަށް ފެން އެޅުން ނުވަތަ މީހަކު ނިދާފައިވާ ވަނިކޮށް އޭނާއާ އެކު ޖިންސީގުޅުން ހިންގައިފި ނަމަ، ނިޔަތް ގަތުމަކާ ނުލައި މީހަކު ރޯދަ ހިފައިފި ނަމަ ނުވަތަ ފަޖްރުލުމުގެ ކުރިން ރޯދަ މަހު ނިޔަތް ނުކިޔައި ނިޔަތް ކިޔަންޖެހޭ މުއްދަތުގައި ނިޔަތް ނުގަނެ، އެ ވަގުތަށް ފަހު ނިޔަތް ގަތަސް ރޯދަ ނުހިފައިފި ނަމަ؛ މިއިން ކޮންމެ ޙާލަތެއް ގައި ވެސް ރޯދަގެއްލި، ޢީދުގެ ފަހުން ގެއްލުނު ކޮންމެ ދުވަހަކަށް ރޯދަ ޤަޟާކުރަންޖެހޭނެ އެވެ. އެހެން ނަމަވެސް ކައްފާރާ ދިނުން ލާޒިމެއް ނޫނެވެ.

ވާރޭ ފެން ނުވަތަ ސްނޯ މީހަކުގެ ކަރުތެރެއަށް ގޮސްފި ނަމަ، ރޯދަޔާއި ނަމާދު ވެސް ގެއްލޭނެ އެވެ. އެއާ އެކު ޤަޟާކުރަންޖެހޭނެ އެވެ. ބައްދައިގެން، އަދި ބޮސްދީގެން ޖުނުބުވެރިވެއްޖެ ނަމަ ރޯދަ ގެއްލި އަދި އެ ރޯދަ ޤަޟާކުރުން ލާޒިމުވާނެ އެވެ. އެހެން ނަމަވެސް ޖުނުބުވެރިނުވާ މީހާގެ ރޯދަ ނުގެއްލޭނެ އެވެ. ކުރީ ރޭ ކެއި އެއްޗެހީގެ ތެރެއިން ދަތު ގައި ހަރުލާފައިވާ ކާއެތިކޮޅެއް ދިރުވާލެވިއްޖެ ނަމަ އެ އެތިކޮޅު ސަނާމުގު އޮށެއްހާ ބޮޑު ނަމަ، އެ ނަމާދު ޤަޟާކުރަންޖެހޭނެ އެވެ. އެހެން ނަމަވެސް، އެ އެތިކޮޅު ސަނާމުގު އޮށަކަށް ވުރެ ކުޑަ ނަމަ، ރޯދަ ނުގެއްލޭނެ އެވެ. ހުރީ ރޯދަ ކަން ހަނދާންނެތި، އެއްޗެއް ކައިފައި، ނުވަތަ ބޮއެފައި، އޭނާ ހުރީ ރޯދަ އަށް ކަން ހަނދާންވުމަށް ފަހު، އެ ގޮތަށް ހަނދާންނެތުމުން ރޯދަ ނުގެއްލޭނެ ކަން އޭނާ އަށް އެނގޭ އިރު ވެސް، ކައިފި ނަމަ ނުވަތަ ބޮއެފި ނަމަ، އޭނާ އެ ރޯދަ ޤަޟާކޮށް އަދި ކައްފާރާ ވެސް ދޭންޖެހޭނެ އެވެ.

المُلتَقَى މި ފޮތާއި އެހެން ފޮތްތަކުގައި ލިޔެފައިވާ ގޮތުގައި، "ބޮލުގައިވާ ނުވަތަ ހަށިގަނޑު ގައި ކެނޑިފައިވާ ތަނެއް ގައި އެޅޭ ބޭސް އޭނާގެ ސިކުނޑި އަށް ނުވަތަ އޭނާގެ ގޮހޮރަށް އެޅޭ ނަމަ، އޭނާގެ ރޯދަ ގެއްލި ޤާޟާކުރުން ލާޒިމުވާނެ އެވެ". المُلتَقَى އަށް ކޮމެންޓްކޮށް ލިޔެފައިވާ ގޮތުގައި، "الإمام الأعظم ވިދާޅުވަނީ، ހަށިގަނޑުގައިވާ ކެންޑުމަކުން ކާނާ ހަށިގަނޑު ތެރެއަށް ވަދެއްޖެ ނަމަ އެ ރޯދައެއް ގެއްލޭނެ ކަމަށެވެ. އެކަމަކު، ދެ އިމާމުން ވިދާޅުވަނީ، އެ ގޮތުން ރޯދަ ނުގެއްލޭނެ ކަމަށެވެ. ސަބަބަކީ، ރޯދަ ގެއްލޭނީ ހަމައެކަނި ޠަބީޢީ ލޯވަޅަކުން ހަށިގަނޑުގެ ތެރެއަށް ކާނާ އެތެރެވުމުންނެވެ". المراق الفلاح ގެ ޝަރަޙާގައި التّحتاوي ވަނީ މިކަން ވަރަށް ރަނގަޅަށް އޮޅުންފިލުއްވާދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވެއެވެ. "މީހެއްގެ ބޮލުގައި ނުވަތަ ހަށިގަނޑުގައި ކެންޑިފައިވާ ތަނެއް ގައި އަޅާފައި ހުންނަ ހަރު ނުވަތަ ދިޔާ ބޭސް އެ މީހާގެ ސިކުނޑި އަށް ނުވަތަ މަޢިދާ އަށް އެޅިއްޖެ ނަމަ އެ މީހެއްގެ ރޯދަ ގެއްލޭނެ އެވެ. އަޅާފައިވާ ބޭސް އެތެރެއަށް ވަދެގެން ދިޔަކަން ނޭނގޭ ނަމަ، ބޭހަކީ ދިޔާ އެއްޗެއް ނަމަ، ވިދާޅުވާ ގޮތުގައި އެ ރޯދަ ގެއްލޭނެ އެވެ. އެކަމަކު، ދެ އިމާމުން ވިދާޅުވެފައިވާ ގޮތުގައި، ބޭސް ހަށިގަނޑު ތެރެއަށް ވަދެގެން ގޮސްފައިވާކަން ޔަޤީންނުކުރެވޭ ނަމަ އެ ރޯދަ ނުގެއްލޭނެ އެވެ". ތިން އިމާމުން އެއްބަސްވާ ގޮތުގައި، ހަށިގަނޑު ތެރެއަށް ވަދެގެންދިޔަ ކަން ޔަޤީންނުވާ ބޭހަކީ ހަރ ބޭހެއް ނަމަ އެ ރޯދަ ނުގެއްލޭނެ އެވެ". އެހެންކަމުން، ތިން އިމާމުން ވެސް އެއްބަސްވާ ގޮތުގައި، އަޅާފައި ހުންނަ ބޭސް ހަށިގަނޑު ތެރެއަށް ވަދެއްޖެކަން ޔަޤީންކުރެވޭ ނަމަ، އެއީ ދިޔާ ނުވަތަ ހަރުކޮށް ހުންނަ ބޭހަށް ވިޔަސް، އެ ރޯދަ ގެއްލޭނެ އެވެ. މީގެ މާނަ އަކީ، ސިރިންޖަކުން މީހެއްގެ ހަންގަޑަށް ނުވަތަ އަތުގެ ނުވަތަ ފައިގެ ނުވަތަ އެހެން އެއްވެސް ގުނަވަނެއްގެ މަސްގަނޑަށް ޖަހާ ވެކްސިން ނުވަތަ އިންޖެކްޝަން ޖެހުމުގެ ސަބަބުން ރޯދަ ގެއްލޭނެ އެވެ.

ރޯދަ ނުގެއްލޭނެ ކަންތައްތައް

މާތްވެގެންވާ ރަމަޟާން މަހު ނުވަތަ ޤަޟާ އަށް ނުވަތަ ކައްފާރާ އަށް ނުވަތަ ނަދުރު ފުއްދުމަށް، ނުވަތަ އެއްވެސް ސަބަބަކާނުލައި ރޯދަ ހިފާ އިރު، އެ މީހަކު ރޯދަހިފާކަން ހަނދާންނެތި، އެއްޗެއް ކައިބޮއެ ހެދުން ނުވަތަ ޖިމާޢުވުން، ނުވަތަ ނިދާފައި އޮންނަ އިރު މަނި ބޭރުވުން، ނުވަތަ ހޭލާ ހުއްޓާ (‏އެއްޗަކަށް)‏ ބެލުމުގެ ސަބަބުން މީހާގެ އެދުމަކާ ނުލައި މަނި ބޭރުވެއްޖެ ނަމަ، ނުވަތަ އަޔޮޑީން ބޭސް ނުވަތަ އޮއިންޓްމެންޓެއް، ނުވަތަ އަނދުން އުނގުޅައިފި ނަމަ (‏މީހެއްގެ ކުޅު ނުވަތަ ފަހަރުވާ އިން އޭގެ ކުލަ ނުވަތަ ވަސް ފާހަގަކުރެވުނަސް)‏. ނުވަތަ މީހަކު އެދުންވެރިކަމާ އެކު ބޮސްދީފި ނަމަ، ނުވަތަ ޣީބަ ބުނެފި ނަމަ، ނުވަތަ ޙިޖާމާ ޖަހައިފި ނަމަ، ނުވަތަ ގަސްދަކާ ނުލައި އަނގަފުރާ ހޮޑުލައިފި ނަމަ، ނުވަތަ ގަސްދުގައި ކުޑަކޮށް ހޮޑުލައިފި ނަމަ، ނުވަތަ މީހެއްގެ ކަންފަތަށް ފެން އެޅިއްޖެ ނަމަ، ނުވަތަ ގަސްދަކާ ނުލައި މީހެއްގެ އަނގަ ނުވަތަ ނޭފަތުން ލާފައި ހިރަފުސް، ނުވަތަ ދުން ނުވަތަ އުދުހޭ ސޫތްޕެއް އެ މީހެއްގެ ކަރު ތެރެއަށް ވަނުން، (‏ނުވަތަ )‏ ނުވަތަ މީހެއްގެ އަނގަ ދޮވެލުމުން އަނގައިގެ ތެރޭގައި ހުންނަ ތެތްކަމާއި ކުޅު، ނުވަތަ މީހެއްގެ ލޮލަށް ނުވަތަ ހިރުގަނޑަށް ބޭސް އެޅުމުން ކަރުތެރޭގައި އޭގެ ރަހަލިޔަސް؛ މިއިން އެއްވެސް ޙާލަތެއް ގައި ރޯދަ ނުގެއްލޭނެ އެވެ.

بحرُ الّرّائق މި ފޮތުގެ މުޞައްނިފު (‏رحمة الله تعالى عليه)‏ ލިޔުއްވާފައި ވެއެވެ. "ބައެއް ޙާލަތްތަކުގައި، އަނގަ ބެލެވެނީ ހަށިގަނޑުގެ އެތެރޭގެ ގުނަވަނެއް ކަމަށެވެ. އެހެންކަމުން، ރޯދަހިފާ މީހާ އޭނާގެ ކުޅު ދިރުވައިފި ނަމަ އޭނާގެ ރޯދަ ނުގެއްލޭނެ އެވެ. އެއީ، ބަނޑު ތެރެއިން ލާފައި ގޮހޮރުގެ ތެރެއަށް ދައުރުކުރާ ހަޑިއެއްޗެއް ފަދައެވެ. ދަތެއް އުފުރުމުގެ ސަބަބުން ނުވަތަ އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން އަނގައިގާވާ ޒަޚަމަކުން ލޭއައުމުން، ނުވަތަ ބަނޑު ތެރެއިން އަންގައިގެ ތެރެއަށް ލޭއައުމުން ރޯދަ ނުގެއްލޭނެ އެވެ. މީހަކު މި ލޭ ކުޅުގެ ގޮތުގައި އަންގައިން ބޭރުކޮށްލުމުން، ނުވަތަ އެ ލޭ ދިރުވާލުމުން، ކުޅު ލެއަށް ވުރެ ގިނަ ނަމަ، މާނައަކީ، އެ ލޭގެ ކުލަ ރީނދޫ ނަމަ، ރޯދަ ނުގެއްލޭނެ އެވެ. އަނގައިގެ ތެރެއަށް ބަނޑު ތެރެއިން އެހެން އެއްޗެހި އައުމުން ކަން އޮތީ އެހެންނެވެ. އެ ޙާލަތުގައި، ވޫޟު ވެސް އަދި ރޯދަ ވެސް ނުގެއްލޭނެ އެވެ. އަނގަފުރާ ހުންނަ ވަރަށް (‏އަނގައިގެ ތެރެއަށް އެޅި)‏ އަނގައިން ބޭރުވެއްޖެ ނަމަ، ވުޟޫ އާއި ރޯދަ ވެސް ގެއްލޭނެ އެވެ. އަނގައިގެ އެތެރެ ބައެއް ފަހަރު ބެލެވެނީ ހަށިގަނޑުގެ ބޭރުފުށުގެ ގުނަވަނެއް ކމަށެވެ. އަނގައިގެ ތެރެއަށް ފެން އެޅުމަކުން ރޯދަ ނުގެއްލޭނެ އެވެ". الجوهرة ގައި ވެސް މި ކަންތައް ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން، ބެލެވޭގޮތުގައި، ދަތެއް އުފުރާލާ އިރު ބޮޑަށް ލޭ އައިސްފައި އެ ލޭ އަނގައިން ބޭރުކޮލައިފި ނަމަ ރޯދަ ނުގެއްލޭނެ އެވެ. މީހަކު ރޯދަ ނުހިފާ އިރު، އެ ލޭ ދިރުވާލައިފި ނަމަ، ވުޟޫ ނުގެއްލޭނެ އެވެ. ދަތުން ފައިބާ ލޭ ކުޅަށް ވުރެ މަދު ނަމަ، ރޯދަ ވެސް އަދި ވުޟޫ ވެސް ނުގެއްލޭނެ އެވެ.

فتاوى هِندِيَّة ގައި ލިޔެފައި ވެއެވެ. "ކަންފަތު ތެރެއަށް އެނީމާ ނުވަތަ އެތެރެއަށް އަޅާ ބޭސް އެޅުމުން ރޯދަ ގެއްލޭނެ އެވެ. އެހެންކަމުން އެކަން ކުރުމަކުން ކައްފާރާ ދޭކަށް ނުޖެހޭނެ އެވެ. ފިރިހެނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް ފެން ނުވަތަ ޒައިތޫނި ޖެހުމުން، އެ ޖެހި ދިޔާތަކެތި ބްލެޑާއާ ހަމަޔަށް ފޯރިޔަސް، އެ ރޯދަ ނުގެއްލޭނެ އެވެ. އެހެން ނަމަވެސް، އަންހެނާގެ ޖިންސީ ގުނަވަނަށް ދިޔާ ތަކެތި އިންޖެކްޓްކުރުމުން އެ އަންހެނާގެ ރޯދަ ގެއްލޭނެ އެވެ. ފެނުން ތެމިފައިވާ، ނުވަތަ ތެޔޮ އުނގުޅިފައިވާ އިނގިލި ފޫކޮޅަށް ނުވަތަ ފަރުޖަށް ވެއްދުމުން ރޯދަ ގެއްލޭނެ އެވެ. ފަރުޖުގެ ތެރެއަށް ނުވަތަ ފުރަގަސް ފަރާތަށް ތެމިފައިނުވާ އިނގިލި ވެއްދުމަކުން ރޯދަ ނުގެއްލޭނެ އެވެ. ބޮޑުކަމު ދިއުމަށް ފަހު، ސާފުކުރުމުގެ ތެރޭގައި ގަސްދަކާ ނުލައި ފުރަގަސް ފަރާތަށް ފެން ވަނުމުން ރޯދަ ގެއްލޭނެ އެވެ".

(‏ކައްކާ އިރު)‏ ދިރުވާނުލައި ކާނާގެ ރަހަބެލުމާއި، ޗުވިންގަމް ހެފުމާއި، ޖުނުބުވެރިވުމުގެ ބިރު އޮތަސް، ބެއްދުމާއި، ދޮންދިނުމާއި، ތާޒާވެލުމުގެ ގޮތުން ފެންވަރާލުމަކުން ރޯދަ ނުގެއްލޭނެ އެވެ. އެކަމަކު އެއީ މަކްރޫހަ ކަންތައްތަކެވެ. އަނދުން ލުން ނުވަތަ މީހެއްގެ މަތިމަހުގައި ތެޔޮ އުނގުޅުމާއި، މަލާއި، ގޮމަކަސްތޫރި ނުވަތަ ލޯޝަނުން ވަސް ބެލުމުން ރޯދަ ނުގެއްލޭނެ އެވެ؛ އަދި މަކްރޫހައެއް ވެސް ނުވާނެ އެވެ. ޒީނަތްތެރިވުމުގެ ނިޔަތުގައި (‏ލޮލުގައި)‏ އަނދުން އެޅުމާއި، (‏މަތި މަހުގައި)‏ ތެޔޮލުމަކީ މަކްރޫހަ ކަންކަމެވެ؛ އަދި ހަމަ އެހެންމެ، މީހެއްގެ ގަމީހުގެ އަތުގައި ހަރުކޮށްފައި ހުންނަ ނުވަތަ މީހެއްގެ އަތުން އުފުލާ މަލުގެ ކަންތައް ވެސް އޮތީ އެހެންނެވެ. ހިރަފުހުގެ ނުވަތަ ދުމުގެ ތަކެތީގެ ވަސްބެލުމާއި، ޗުވިންގަމް ކެއުމުން ރޯދަ ގެއްލޭނެ އެވެ. މިސްވާކު ބޭނުމްކުރުމުން ނުވަތަ ޙިޖާމާމަކީ މަކްރޫހަ ކަންކަމެއް ނޫނެވެ.

އިމްސާކުގެ ކުރިން ރޯދަޔަށް ނިޔަތްގަނެގެން ހުރެ އިރު އޮއްސުމުގެ ކުރިން ގަސްދު ގައި މީހަކު ރޯދަ ވީއްލައިފި ނަމަ، އޭނާ އެ ރޯދަ ޤަޟާކޮށް އަދި ކައްފާރާ ދޭންޖެހޭނެ އެވެ.

"ރޯދަ އަކީ، މުސްލިމުން ނަރަކަ އިން ރައްކާތެރިކޮށްދޭ އައްޑަނަ އެވެ.".
حديث شريف

ކައްފާރާ ދިނުމަށް ޓަކައި، އެ މީހަކު ޖެހޭނީ ރޯދަ މަސް އަދި ރޯދަހިފުން ޙަރާމްވެގެންވާ 5 ދުވަސް ނޫން އެހެން މަސްތަކުގައި މެދުނުކެނޑި 60 ދުވަސް ވަންދެން ރޯދަހިފުމަށެވެ. އޭގެ އިތުރަށް، އޭނާ މި ދުވަސްތަކުގައި ރޯދަހިފާނީ ޤަޟާ ކުރުމުގެ ނިޔަތުގައި، ކުރިން އޭނާ ކަނޑާލި ރޯދަތަކުގެ ޢަދަދަށެވެ. ފިޠްރު ޢީދުގެ ފުރަތަމަ ދުވަސް އަޟްޙާ ޢީދުގެ ހަތަރު ދުވަސްތަކުގެ ތެރެއިން ދުވަހެއް ގައި ރޯދަހިފުން ޙަރާމްވެގެން ވެއެވެ. އެކަން ނުކުރެވުނު މީހާ، ހަ ދުވަސް ވަންދެން ފަސްދޮޅަށް ފަޤީރުންނަށް ދެ އިރު ކާންދޭނީ އެވެ. ނުވަތަ 60 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ފިޠްރު ޢީދުގައި ދޭ ފައިސާ އާ އެއްވަރުގެ މުދާ ދޭނީ އެވެ.

އެއް ދުވަހުގެ ރޯދަ ޤަޟާކުރުމަށް ޓަކައި، ތިބާ އެއް ދުވަސް ވަންދެން ރޯދަހިފާނީ އެވެ.

އެއްވެސް ގޮތަކަށް ޖާއިޒުވެގެން ނުވާ ވައްތަރުގެ ރޯދައަކީ، އަންނަނިވި ފަދަ ގޮތަކަށް ނިޔަތްގަނެގެން ހިފާ ރޯދަ އެވެ.: "އަހަރެމެން މިވާ މަހަކީ ރަމަޟާން މަސް ކަމުގައި ވާ ނަމަ ރޯދަހިފުމަށް އަހުރެން ނިޔަތްގަންނަމެވެ؛ އެހެން ނޫން ނަމަ، އަހަރެން ވަނީ ނިޔަތަކާ ނުލައެވެ".

ހަނދު ފެނުމަކާ ނުލައި، އެކަމަކު ކުރިން ތައްޔާރުކޮށްފައިވާ ކަލަންޑަރެއް ގެ މައްޗަށް ބިނާކޮށް، ރަމަޟާން މަހގެ ރޯދަހިފަން ފަށާ މީހާ ފިޠްރު ޢީދަށް ފަހު ދެ ދުވަހުގެ ޤަޟާ ރޯދަ ހިފަންޖެހޭނެ އެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ޙިސާބުކުރާނެ ގޮތް، އިންޑްލެސް ބްލިސް މި ފޮތުގެ ހަތަރު ވަނަ ބައިގެ ދިހަ ވަނަ ޗެޕްޓަރގައި ތަފްޞީލުކޮށް ވަނީ ޝަރަޙަކޮށްދީފައެވެ.

إبن عابدين (‏رحمه الله تعالى)‏ ބަޔާންކުރައްވާފައި ވެއެވެ. "ޖައްވު ބަނަވެފައިވާ މޫސުމުގައި، އިރު އޮއްސިއްޖެކަން ޔަޤީންވުމަކާ ނުލައި، މަޣްރިބު ނަމާދަށް ބަންގި ގޮވިކަމުގައި ވިޔަސް، ރޯދަ ވީއްލައިގެން ނުވާނެ އެވެ. إشتباك النُّجُوم ގެ ކުރިން ނުވަތަ އުޑުގައި ގިނަ ތަރިތައް ފާޅުވުމުގެ ކުރިން މީހާ ރޯދަ ވީއްލާ ނަމަ، އަވަސްކުރުން މުސްތަޙައްބުވެގެން ވެއެވެ. އިރު އޮއްސުނުތަން ފެނި، ވަކި ތަނެއް ގައި ރޯދަވިއްލާ އިރު، އުސް ތަނެއް ގައި ހުންނަ މީހާ، މިސާލަކަށް މުންނާރެއް ގައި ހުންނަ މީހާ އަށް އިރު އޮއްސުނުކަން އެނގުމުގެ ކުރިން ރޯދަ ވީއްލައިގެން ނުވާނެ އެވެ. މި ޤަވާޢިދު ފަތިސް ނަމާދަށާއި، ދަމު ނަމާދަށް ވެސް ހިނގާނެ އެވެ".

އޭ ރަސޫލުންގެ ތެރެއިން އެންމެ މަތިވެރި ރަސޫލާއޭ،
އޭ ވަލީވެރިންގެ މުރުޝިދޭ،
ކައުނުގެ ރަސޫލާއޭ،
أهلا و سهلا مرحباً.
ތިބާއަކީ ހުރިހާ ރޫޙުތަކެއް ރޫޙޭ،
ތިބާ އަކީ ހިތްތަކުގެ އަމުރޭ،
އަދި ދެ ދުނިޔޭގެ ސުލްޠާނޭ،
أهلا و سهلا مرحباً.
ތިބާ އަކީ، ޙައްޤުގެ ޙަބީބޭ،
އަޅުގަނޑުމެން ޝަފާޢަތުން ދޫކޮށްނުލައްވާށޭ،
أحمد مُحمّد مُصطفى،
أهلا و سهلا مرحباً.
ޔޫނުސް ވިދާޅުވަނީ ޙައްޤު ބަސްފުޅޭ،
ތިބާގެ ދޮރުގައި އެކަލޭގެފާނުގެ ބޯކޮޅު ތިރިކޮށްލައްވައޭ.
މަޙްޝަރު ދުވަހު އަހަރެމެންގެ އިންތިޒާރުގައި ހުންނެވިއޭ،
أهلا و سهلا مرحباً

حجُّ ގެ އަޅުކަން އަދާކުރުން

އިސްލާމް ކަމުގެ ފަސް ވަނަ ރުކުނަކީ ޙައްޖުގެ އަޅުކަން އަދާކުރުމެވެ. ހަށިގަނޑު ގެ ސަލާމަތާއި ކުރާ ދަތުރުގެ ސަލާމަތްކަން ޝަރުޠުކޮށް، އެ މީހަކު އެނބުރި އަންނަންދެން އޭނާގެ ޢާއިލާ އަށް ދިރިއުޅެވޭ ވަރަށް ފައިސާ ހުރެފައި އޭގެ އިތުރަށް މައްކާ އަށް ގޮސްފައި އެނބުރި އާދެވޭހާ ފައިސާ ހުރި ކެރިކުޅަދާނަވެގެންވާ މީހާ ޢުމުރުން އެއްފަހަރު ގެފުޅު ވަށައިގެން طواف ކޮށް، عرفات ބިމުގައި މަޑުކޮށް ޙައްޖުވުމަކީ އޭނާގެ މައްޗަށް ވާޖިބެކެވެ.

حجُّ ފަރުޟުވުމުގެ ޝަރުޠުތައް

މީހެއްގެ މައްޗަށް ޙައްޖުގެ އަޅުކަން ފަރުޟުވުމަށް ޓަކައި އަށް ޝަރުޠެއް ވެއެވެ. އެއީ:
މުސްލިމަކަށް ވުން.
ބާލިޣުވުން.
ބުއްދި ސަލާމަތުން ހުރުން.
ޞިއްޙަތު ސަލާމަތުން ހުރުން.
އަޅަކަށް ނުވުން.
މީހަކުގެ ޟަރޫރީ ކަންކަމަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މިލްކިއްޔާތުގައި މުދާ ހުރުން.

ޙައްޖުގެ އަޅުކަން އަދާކުރާ ވަގުތަށް ވުން. ޙައްޖުގެ ވަގުތަކީ، ޢަރަފާތް ދުވަހާއި، عيدُ الأضحى ގެ ހަތަރު ދުވަހެވެ. ޙައްޖަށް ދިއުމުގެ މަގުމަތީގައި ހޭދަވާ ވަގުތު މި ޙިސާބުގެ ތެރެއަށް އިތުރުކުރެވެއެވެ.

އަންހެނެއް ނަމަ، މައްކާ އާ ދިގު ދަތުރެއްގެ ރާސްތާ ދަތުރެއްގެ ދުރުމިން – ޙަނަފީ މަޒްހަބުގައި ވާ ގޮތުން، ތިން ދުވަހުގެ ހިނގުން، ނުވަތަ ގާތްގަޑަކަށް ހަތަރު ސަތޭކަ ކިލޯމީޓަރު – އޭނާގެ ފިރިމީހާ ނުވަތަ އަބަދަށް އެމީހަކާ ކައިވެނިކުރުން ޙަރާމް ތިމާގެ ފިރިހެން މަޙްރަމަކާ އެކު ދިއުން.

މި އަށް ޝަރުޠު ފުރިހަމަވާ މީހުންގެ މައްޗަށް ޢުމުރުން އެއް ފަހަރު ޙައްޖުވުމަކީ ފަރްޟެކެވެ. އެފަދަ މީހުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޙައްޖުވާ ނަމަ، އޭގެ ފަހުން ކުރާ ޙައްޖުވެގެންދާނީ نافلة ޙައްޖަށެވެ. ނާފިލާ އަޅުކަން އަދާކުރެވެނީ، އެއީ ފަރްޟަކަށް އަދި ސުންނަތަކަށް ނުވިޔަސް، އިންސާނގެ އިޚްތިޔާރުގައެވެ. ފަރުޟު އަޅުކަމަށް ލިބޭ ޘަވާބާ ނާފިލާ އަޅުކަމުގެ ޘަވާބާ އަޅާބަލާއިރު، ކަނޑުގެ ފެންތިއްކަކަށް ވުރެ މަދެވެ. މައްކާ އާ ދުރުގައި ދިރިއުޅޭ މުސްލިމުން ދެވަނަ ފަހަރަށް ޙާއްޖުވުމާ މެދު އެއް ރައުޔަކަށް އައިސްފައެއް ނެތެވެ. عبدالله الدّهلوي އޭނާގެ އަގުހުރި ފޮތް ކަމުގައިވާ المكاتب الشّريفة ގެ ފަސްދޮޅަށް ތިން ވަނަ ސިޓީ ގައި ލޔުއްވާފައި ވެއެވެ. "ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރާ ދަތުރު ގައި، ފުރިހަމަޔަށް އަޅުކަން އަދާކުރުމަކީ ގިނަފަހަރަށް މުސްތަޙީލު ކަމެކެވެ. މިކަމާ ގުޅިގެން، الإمام الرّبّاني (‏رحمه الله عليه)‏ އޭނާގެ ފޮތް المكتُوبات ގެ 123 އަދި 124 ވަނަ ސިޓީތަކުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ޢުމުރާ އަކަށް ނުވަތަ ނާފިލާ ޙައްޖަކަށް ދިއުމަށް އޭނާ އަށް ތާއީދުކުކުވޭ ކަމަށެވެ". އަޅުކަން އަދާކުރުމުން ދުރުކޮށްދޭ ކަމަށް ވާ ނަމަ، ނުވަތަ އަންހެނަކަށް ފުރިހަމައަށް ނިވާކުރުން ދުރުކޮށްދޭ ނަމަ، ނާފިލާ ޙައްޖު ޙަރާމެވެ. މިފަދަ ނާފިލާ ޙައްޖުން ޘަވާބަށް ވުރެ ފާފަވެރިކަން މެދުވެރި ވެއެވެ. ހަމައެހެންމެ، ޢުމުރާކުރުމަށް ކުރާ ދަތުރު ވެސް އެހެންނެވެ.

ޙައްޖުގެ ފަރުޟުތައް

ޙައްޖުގެ ފަރުޟުތައް ތިނެކެވެ. އެއީ:

"حجُّ المبرُور އަކީ، އެންމެ އަގުހުރި އަޅުކަމެވެ. حجُّ المبرُور އަދާކުރާ މީހާގެ ފާފަތައް ފުއްސަވާނެތެވެ. އޭނާ ވަނީ އަލަށް އުފަންވާ ކުއްޖެއް ފަދަ އެވެ".
حديث شريف

އިޙްރާމް ބަންނަ އިރު، ޙައްޖުވުމަށް ނިޔަތްގަތުން.
عرفات ގައި وَقْفَة އަދާކުރުން.
كعبة ގައި طَوافُ الزِّيارة އަދާކުރުން.

އިޙްރާމް ބަނުމަށް ޓަކައި ނިޔަތްގަތުމަކީ ފަރްޟެކެވެ. އިޙްރާމް އޭ ކިޔޭ ފޮތިކޮޅުތައް ގައިގައި އެޅުވުމަކީ ސުންނަތެކެވެ. ފަހާފައި ހުންނަ ހެދުން ނުލުމަކީ ވާޖިބެކެވެ.

ޢަރަފާތުގައި وَقْفَة އަދާކުރުމަށް އޮތް އެންމެ ކުރީ ވަގުތަކީ، ޛުލްޙިއްޖާ މަހުގެ ނުވަ ވަނަ ދުވަހުގެ زَوَال (‏އިރުމެދުޖެހޭ ވަގުތާ)‏ ޖެހިގެން އަންނަ ހެނދުނާ ދޭތެރޭގައެވެ. (‏އެއް ދުވަސް ކުރިން ނުވަތަ އެއް ދުވަސް ފަހުން وَقْفَة އަށް ކޮޅަށް މަޑުކުރާ ނަމަ، ތިބާ އަދާކުރާ ޙައްޖު ބާޠިލުވާނެ އެވެ. ވައްހާބީން عيدُ الأضحى ފާހަގަކުރަނީ އެއް ދުވަސް ކުރިން، އާ ހަނދު [‏ކުރީ ރޭ]‏ ފެނުމުގެ ކުރިންނެވެ. ޢަރަފާތު ގައި އަށް މަޑުކުރަން ކަނޑައަޅުއްވާފައިވާ ވަގުތުގައި މަޑުނުކޮށް ޙައްޖުކުރާ މީހުންގެ ޙައްޖު ޞައްހައެއް ނޫނެވެ.)‏

ތިބާއޭ މާތް ﷲ ގެ ރަސޫލާއޭ

ހުރިހާ ރަސޫލުންގެ ސައްޔިދޭ،
ތިބާއޭ މާތް ﷲ ގެ ރަސޫލާއޭ.
އުޑުތަކުގެ ބަދްރަކީ،
ތިބާއޭ މާތް ﷲ ގެ ރަސޫލާއޭ.
ތިބާގެ ނޫރަކީ އެންމެ އަލިގަދަ ބައްތިއޭ،
ވުޖޫދުގައިވާ ހުރިހާ އެއްޗެއް ތިބާ އަށް ބޭނުންވެއޭ،
މިޢުރާޖުގެ ތާޖުގެ މާލިކަކީ ތިބާއޭ،
ތިބާއޭ މާތް ﷲ ގެ ރަސޫލާއޭ.
رحمن ގެ މޫނުބަލާ ލޯގަނޑޭ،
سُبحان ގެ ސާފު ނޫރޭ،
فاتحة ގެ ސިއްރަކީ،
ތިބާއޭ މާތް ﷲ ގެ ރަސޫލާއޭ.
ތިބާގެ މިޢުރާޖުގެ ހެއްކަކީ،
سبحان اللذي أسرى،
ޙައްޤުގެ ނަންފުޅުތައް އެކުރާ މީހާއޭ،
ތިބާއޭ މާތް ﷲ ގެ ރަސޫލާއޭ.
ދީލަތިކަމާއި، އޯގާވެރިކަމުގެ ފައްވާރާއޭ،
ތިބާގެ ތަނަކީ مقام المحمود އޭ،
ކޮންމެ އެއްޗެއް ޚަލްޤުކުރެއްވުމުގެ ސަބަބޭ،
ތިބާއޭ މާތް ﷲ ގެ ރަސޫލާއޭ.
ދިރިހުރި ހުރިހާ އެއްޗެއްގެ ތެރެއިން އެންމެ ލޮބުވެތި،
ހުރިހާ ޙިކްމަތަކާއި ޢިލްމެއްގެ މަޞްދަރޭ،
އަހަރެންގެ ބައްޕާފުޅޭ، ސައްޔިދޭ، ސުލްޠާނޭ،
ތިބާއޭ މާތް ﷲ ގެ ރަސޫލާއޭ.
توحيد ގެ މަގު ހުޅުއްވައިދެއްވި ކަލޭގެފާނޭ،
تفريد ގެ ސިއްރު ހޯއްދެވި ކަލޭގެފާނޭ،
هُدَى ގެ އުއްމީދުކަމުގައިވާ ކަލޭގެފާނޭ،
ތިބާއޭ މާތް ﷲ ގެ ރަސޫލާއޭ.

عزيز محمود هُدائي

أُضحِيَة ކަތިލުން

أًضحِيَة ގެ މާނަ އަކީ، ކަންބަޅިއެއް، ނުވަތަ ބަކަރިއެއް، ނުވަތަ ގެރިއެއް، ނުވަތަ ޖަމަލެއް، عيدالأضحى ގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ޤުރްބާންކުރުމުގެ ނިޔަތުގައި ކަތިލުމެވެ. أًضحِيَة ކަތިލުމަށް ތިން ޝަރުޠެއް ވެއެވެ. އެއީ:

ބުއްދި ސަލާމަތުން ހުރި މިނިވަން މުސްލިމަކަށް ވުން.
ޤާއިމްވެ ހުރި މީހަކަށް ވުން (‏ތަނެއްގައި އިސްތިޤްރާރުވެ ހުރި، މާނަ އަކީ، ދަތުރުމަތީގައި ވާ މީހަކަށް ނުވުން)‏.

(‏އިސްލާމް ދީނުގައި މުއްސަންޖަކަށް ބެލެވޭނީ)‏ އެ މީހަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދަލުން ނުވަތަ ރަނުން ނިޞާބު ހަމަވާ ވަރަށް (‏96 ގްރާމް ރަން)‏ މިލްކުވެރިކަން ލިބިފައިވުން. أًضحِيَة ކަތިލުމަކީ މުއްސަނދި މީހާގެ މައްޗަށް ވާޖިބެކެވެ.

ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ގޭތެރޭގެ ސާމާނާއެކު ވާ ގެއަކާއި، ތިން އަންނައުނެވެ.

ޤުރުބާންކުރެވޭ ޖަނަވާރު ވާންޖެހޭނީ ކަންބަޅިއަކަށް، ނުވަތަ ބަކަރިއަކަށް، ނުވަތަ ޖަމަލަކަށް، ނުވަތަ ގެރިއަކަށެވެ. ޖަމަލެއް ނުވަތަ ގެރިއެއް ބެލެވޭނީ ހަތް أًضحِيَة ގެ ގޮތުގައެވެ. އޭގެ މާނަ އަކީ، ހަތް މީހުންގެ أًضحِيَة ގެ ގޮތުގައި ގެރިއެއް ކަތިލެވިދާނެ އެވެ. އިތުރު މީހަކު "އަހަރެން ވެސް ތި أًضحِيَة ގައި ބައިވެރިވިޔަދީ" މިހެން ބުނެފި ނަމަ، އެ އަށް މީހުންގެ أًضحِيَة ވެސް ބާޠިލުވީއެވެ.

أًضحِيَة ގެ ނިޞާބަކީ، فطرة ގެ ވެސް ނިޞާބެވެ.

إبن العابدين (‏رحمه الله تعالى)‏ ބަޔާންކުރައްވާފައި ވާ ފަދައިން، އެއިން މީހެއްގެ ޙިއްޞާ ހަތް ބައިކުޅަ އެއް ބަޔަށް ވުރެ މަދު ނަމަ، އެއް ހަތް މީހުންގެ ތެރެއިން އެކަކުގެ أًضحِيَة ވެސް ޞައްޙައެއް ނުވާނެ އެވެ. އެހެންކަމުން، أًضحِيَة ކަތިލުމުގައި ހަތް މީހުންނަށް ވުރެ މަދުން ބައިވެރިވުން ހުއްދަވެގެން ވެއެވެ. ގަތުމުގެ ބައިވެރިޔަކަށް ވުމަކީ ޞައްޙަ ކަމެކެވެ. ގަތުމަށް ފަހު ބައިވެރިޔަކަށް ވުން ޞައްޙަ ވިޔަސް، ގަތުމުގެ ކުރިން ބައިވެރިޔަކަށް ވުން އައުލާކަން ބޮޑުވެގެން ވެއެވެ. އެހެން މީހުންނާ އެކު ބައިވެރިވެގެން ގެރިއެއް ކަތިލާ އިރު، އޭގެ ހަތް ބައިކުޅަ އެއް ބަޔާއި، ހަތް ބައިކުޅަ ހަބަޔާ ހަމަޔަށް ޙިއްޞާ އޮތުން ޖާއިޒުވެގެން ވެއެވެ. އެ މީހުންގެ މެދުގައި މަސް ބަހާނީ ބައިވެރި މީހުންގެ ނިސްބަތުންނެވެ. އޭގެ ތެރެއިން އެއް ބައިވެރިޔަކު މަރުވެއްޖެ ނަމަ، އޭނާގެ ވާރުތަވެރިން އެހެން ބައިވެރިންނާ މުޚާޠަބުކޮށް "އޭނާގެ ފަރާތުން އަދި ތިޔަބައި މީހުންގެ ފަރާތުން أًضحِيَة ކަތިލާށެވެ".

عَقِيقَة ކަތިލުން

عَقِيقَة ގެ މާނަ އަކީ، ދަރިޔެއްގެ ނިޢުމަތް ދެއްވި ކަމަށް ޓަކައި، الله تعالى އަށް ޝުކުރުވެރިވުމުގެ ނިޔަތް ގަނެގެން ޖަނަވާރެއް ކަތިލުމެވެ.

ދަރިފުޅަށް ހަތް ދުވަސް ވުމުން، ދަރިފުޅަށް ނަންދީ، ބޯ ބާލައި، އިސްތަށްޓެއްގެ ބަރުދަނުގެ ރަން ރިހިން (‏ރިހިން ހަމައެކަނި އަންހެން ކުއްޖަކަށް ވާ ނަމަ)‏ ޞަދަޤާތްކުރުމާއި، ފިރިހެން ކުއްޖަކަށް عَقِيقَة ގެ ގޮތުގައި ދެ ޖަނަވާރު އަދި އަންހެން ކުއްޖަކަށް عَقِيقَة ގެ ގޮތުގައި އެއް ޖަނަވާރު ކަތިލުމަކީ މަޒްހަބުގައި حنفي މުސްތަޙައްބު ސުންނަތެކެވެ.

"އެންމެ ބަޚީލު މީހާ އަކީ، (‏އުޟްޙިޔާ ކަތިލުން އޭނާގެ މައްޗަށް ވާޖިބު ވިޔަސް)‏ އުޟްޙިޔާ ނުކަތިލާ މީހާ އެވެ".
حديث شريف

عَقِيقَة އަށް ކަތިލެވޭ ޖަނަވާރަކީ أًضحِيَة އަށް ވެސް ކަތިލެވޭ ޖަނަވާރެވެ. ފަހުން ކަތިލުމަކީ ވެސް ޖާއިޒު ކަމެކެވެ. [‏ކޮންމެ ވަގުތަކު ވެސް عَقِيقَة ކަތިލެވިދާނެ އެވެ. عيد الأضحى ގައި ވެސް عَقِيقَة ކަތިލެވިދާނެ އެވެ. ވާރިދުވެގެންވާ ގޮތުގައި، ނަބީއެއްގެ ގޮތުން ފޮނުއްވުމުން، رَسُوْلُ اللهِ ﷺ އެކަލޭގެފާނަށް عَقِيقَة ކަތިލެއްވި އެވެ. ވިހާ އިރު މަރުވެފައި އޮންނަ ކުއްޖާ އަށް ނަމެއް ނުދެވެއެވެ. އަދި عَقِيقَة ވެސް ކަތިނުލެވެއެވެ.]‏ عَقِيقَة ކަތިލި މީހާ އަށް މަސް ކެވޭނެ އެވެ. އަދި މުއްސަނދި ނުވަތަ ފަޤީރަކަސް ކޮންމެ މީހަކަށް ކައްކާފައި ނުވަތަ ނުކައްކާ ވެސް ދެވިދާނެ އެވެ.

شافعي އަދި مالكي މަޒްހަބު ގައި عَقِيقَة ކަތިލުމަކީ سنّة مؤكّدة އެކެވެ. شافعي އަދި حنبلي މަޒްހަބު ގައި ކަށިތައް އުކާ ބިންދައި ނުހެދެ އެވެ. އެކަމަކު، ހުޅުހުޅުން ވަކިކޮށް ދެން އެއްކޮށް ޖަމާކުރެވެއެވެ. ދެން، ސާފު ޠާހިރު ހުދު ފޮތިގަނޑެއްގެ ތެރޭގައި އޮޅާލާފައި ވަޅުލެވެއެވެ. حنفي އަދި مالكي މަޒްހަބު ގައި ކަށިތައް މުހުރާލެވެއެވެ.

عَقِيقَة ކަތިލުމުން. މުޞީބާތްތަކާއި، ބަލިމަޑުކަމުން ކުޑަކުދިން ރައްކާތެރިކޮށްދެއެވެ.

ކަލޭގެފާނުގެ ކިބައިން ރައްކާތެރިކަން ހޯދަމޭ މާތް ﷲ ގެ ރަސޫލާއޭ

ތިބާ އަށް ވާ ޝައުޤަކުން، އަޅުގަނޑުގެ ހިތުން ލޭފައިބައި، އަޅުގަނޑު ރަތްކުލައިން ފެވިއްޖެއޭ، މާތް ﷲ ގެ ރަސޫލާއޭ.
އަޅުގަނޑު އެ އަލިފާނަށް ކެތްކުރި ގޮތެއް ނޭނގުނޭ، މާތް ﷲ ގެ ރަސޫލާ އޭ،
އަޅުގަނޑު ވީ، އިސްވެދިޔަ މަޖިލިސް ގައި ނުރުއްސުނު ގޮވުމަކަށޭ،
ތިބާގެ ރިވެތިކަމުން އަޅުގަނޑަށް އުފާކޮށްދެއްވާށޭ، އެހެނީ އަޅުގަނޑު އަނދައިފިއޭ މާތް ﷲ ގެ ރަސޫލާ އޭ.
ތިބާއަކީ އަނދަމުންދާ ހިތުގެ ފަރުވާއެކޭ އަދި އެފަދަ ދެވަނައެއްނުވާ ފަރުވާއެކޭ،
ތިބާއަކީ ބޮޑުވެގެންވާ ދިންނެވުމެކޭ އަދި ހިދާޔަތެކޭ،
ތިބާއަކީ ﷲ ގެ حبيب އޭ. ތިބާއަކީ محمد مصطفى އޭ،
ތިބާގެ ރިވެތިކަމުން އަޅުގަނޑަށް އުފާކޮށްދެއްވާށޭ، އެހެނީ އަޅުގަނޑު އަނދައިފިއޭ މާތް ﷲ ގެ ރަސޫލާ އޭ.
ތިބާގެ ނޫރު ނެތް ނަމަ ފިނިފެންމާތައް ނުފޮޅުނީހޭ، އަދި ވޯޓަރފޯލްތައް ނުފޭބީހޭ،
ދުނިޔެ ހަނިވެގެން ގޮސް، ނޭވާ ހުސްވެގެންދެއޭ، ތިބާ އުޑަށް ނުބަލައިފި ނަމަ،
ވަކިވުން ރޮވެޔޭ، އެކުވުން ރޮވެޔޭ، ތިބާޔާ ބައްދަލުވުން އަބަދިއްޔަތު ގައި ލިޔެވިފައިނުވާ ނަމަ،
ތިބާގެ ރިވެތިކަމުން އަޅުގަނޑަށް އުފާކޮށްދެއްވާށޭ، އެހެނީ އަޅުގަނޑު އަނދައިފިއޭ މާތް ﷲ ގެ ރަސޫލާ އޭ.
ތިބާގެ ދިރުންދޭ ފިނިފެންމަލުގެ ޖައުހަރުން ފުރާނަތައް ރޫޙުތައް ވިރިގެންދެއޭ،
ބައްލަވާށޭ، ތިބާގެ މޫނުފުޅު ދެކޭހިތުން އިރު ތުރުތުރުލައި އަންދައޭ،
ނާއުއްމީދީ ދުޢާއެއް ކިޔައޭ ޙަޔާތުގެ ނިމުމުން،
ތިބާގެ ރިވެތިކަމުން އަޅުގަނޑަށް އުފާކޮށްދެއްވާށޭ، އެހެނީ އަޅުގަނޑު އަނދައިފިއޭ މާތް ﷲ ގެ ރަސޫލާ އޭ.
އަޅުގަނޑު އަތުގައި ފެންނެތި އަނދަމުންދާ ޞަޙަރާގައި މަރުވާ ނަމަ އަޅުގަނޑަށް ތަދެއް އިޙްސާސެއް ނުވެއޭ،
އަޅުގަނޑުގެ ހިތުގައި ވަނީ އަލިފާންފަރުބަދަތަކޭ، ކަނޑުތަކުގެ ތެތްކަން އަޅުގަނޑަށް އިޙްސާސް ނުކުރެވެއޭ،
އަޅުގަނޑަށް ފަރުވާލެއް ނެތޭ، އަލިފާން ހުޅުތައް މަތިން ވެހި އަޅުގަނޑު އެ ހުޅުތައް ދަމައިގަތަސް،
ތިބާގެ ރިވެތިކަމުން އަޅުގަނޑަށް އުފާކޮށްދެއްވާށޭ، އެހެނީ އަޅުގަނޑު އަނދައިފިއޭ މާތް ﷲ ގެ ރަސޫލާ އޭ.
ތިބާގެ މަގުގައި މީހަކުގެ ދެ ލޯ މެރުމަކީ ކިހާ ބޮޑު ނިޢުމަތެއް ތޯއޭ،
ތިބާގެ މުޤައްދަސް ގޭގައި މަރުވުމުގެ ނަޞީބު އަޅުގަނޑަށް ނެތީތޯ އޭ،
އަޅުގަނޑުގެ ދެ ލޯ ފިޔެމުންދާ އިރު، ތިބާ އަށް ޝައުޤުވެރިވެ ހުރެ މަރުވުން ފަސޭހަވާނެއޭ،
ތިބާގެ ރިވެތިކަމުން އަޅުގަނޑަށް އުފާކޮށްދެއްވާށޭ، އެހެނީ އަޅުގަނޑު އަނދައިފިއޭ މާތް ﷲ ގެ ރަސޫލާ އޭ.
އަޅުގަނޑުގެ ބޯ ގުދުކޮށްލީމޭ، އަޅުގަނޑު ވަނީ ނާއުއްމީދުވެފައޭ، އަޅުގަނޑުގެ ތަދުގެ ވަނީ ތިބާގެ އަތްޕުޅުގައޭ،
އަޅުގަނޑުގެ ދެ ތުންފަތް ވަނީ އަލިފާނުން އަނދާފައޭ، ތިބާގެ ދެ ފައިންޕުޅުގެ ވަށައިގެން ތިބާގެ ނަންފުޅު ކިޔަމުން،
މި قطمير10 އަށް ޖަޒާ ދެއްވާށޭ، ތިބާ ދުށުމަށް މި ހިތް އެދޭ ކޮންމެ ފަހަރަކު،
ތިބާގެ ރިވެތިކަމުން އަޅުގަނޑަށް އުފާކޮށްދެއްވާށޭ، އެހެނީ އަޅުގަނޑު އަނދައިފިއޭ މާތް ﷲ ގެ ރަސޫލާ އޭ.