ލޮބުވެތި ރަސޫލާ

رَسُوْلُ اللهِ ﷺ ގެ ބައެއް زَوَائِدُ ސުންނަތްތައް

"އާދަކާދަތަކާ ގުޅޭ ކަންތައްތަކުގައި رسول الله ﷺ އަށް ތަބަޢަވުމުން ވެސް މި ދުނިޔެއާއި، އާޚިރަތުގައި ވެސް ގިނަގުނަ ޘަވާބު ލިބި، ތަފާތު އެކި ނިޢުމަތްތައް ލިބުމަށް މަގުފަހިވެއެވެ".
مكتُوباتُ الرّبّاني، 11، 5 ވަނަ ސިޓީ

رَسُوْلُ اللهِ ﷺ ކުރެއްވި ކަންތައްތައް ބެހިގެންވަނީ ތިން ކެޓެގަރީއަކަށެވެ. ފުރަތަމަ ކެޓެގަރީ އަކީ، މުސްލިމުން ވެސް ކުރަންޖެހޭ ކަންތައްތަކެވެ. އެ ކަންތައްތައްކަށް ކިޔެނީ "سُنَّة" އެވެ. ދެވަނަ ކެޓެގަރީ އަކީ، رَسُوْلُ اللهِ ﷺ އަށް ޚާއްޞަ ކަންތައްތަކެވެ. އެ ކަންތައްތަކަށް ކިޔެނީ "خصائص" އެވެ. އެކަންތައްތައް ކުރުން އެހެން މީހުންގެ މައްޗަށް ހުއްދަވެގެނެއް ނުވެއެވެ. ތިން ވަނަ ކެޓެގަރީ އަކީ، އާދަކާދަތަކާ ގުޅިފައިވާ ކަންތައްތަކެވެ. ކޮންމެ މުސްލިމަކު ވެސް އެ ކަންތައްތައް ކުރަންވާނީ، އެ މީހެއްގެ ޤައުމުގެ އާދަކާދަތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އެ މީހެއްގެ ޤައުމެއްގެ އާދަކާދަތަކަށް ނުފައްތައި އެ ކަންތައްތައް ކުރުމަކީ، ފިތުނަ އުފެދުމަށް މެދުވެރިވާނެ ސަބަބެކެވެ. ފިތުނަވެރިކަން އުފެއްދުމަކީ، ޙަރާމް ކަމެކެވެ.1

رَسُوْلُ اللهِ ﷺ އެ ކަމެއް މަނާކުރައްވާފައިނުވާ, މާނައަކީ، އެކަލޭގެފާނު އަޅުކަމެއްގެ ގޮތުގައި ކުރެއްވި ކަންތައްތައް ދޫކޮށްލެމުން އެކަމަކުން އެކަލޭގެފާނު ކޯފާއިސްނުކުރައްވާ ކަންތައްތަކަށް ކިޔެނީ "سُنّةُ الهُدَى" އެވެ. ތަކުރާރުކޮށް އެކަލޭގެފާނު އެކަންތައްތައް ކުރެއްވި ކަންތައްތަކަށް ކިޔެނީ "سُنَّةُ المُعَقَّدَة" އެވެ. އާދަކާދައެއްގެ ގޮތުން ކުރެއްވި ކަންތައްތައްކަށް ކިޔެނީ "سُنّّةُ الزَّائِدَة – سُنَّةُ الزَّوَائِدُ" ނުވަތަ "مُسْتَحَبَُ" އެވެ.2

سُنَّةُ الزَّائِدَة ގެ ބައެއް މިސާލުތަކަކީ: ރަނގަޅު ކަންތައްތައް ކަނާތް ފަރާތުން، ކަނާތުން ކުރަން ފެއްޓުން، ޢިމާރާތްކުރުމަށް ޓަކައި، އެކަލޭގެފާނު ކުރައްވައި އަދި ބޭނުންކުރެއްވި ކަންތައްތައް، ކެއުން، ބުއިން، އިށީނުން، ކޮޅަށް ތެދުވުން (‏އޮށޯތުން)‏، އަދި އަންނައުނާއި، ހިފާގެންގުޅޭ ސާމާނެވެ. ފަހުން ފާޅުވި ކަންތައްތަކަށް ކިޔެނީ "بِدْعَة" އެވެ. އާދަކާދައިގެ ގޮތުން ބިދުޢަ އަށް ވާ ކަންތައްތައް، މިސާލަކަށް، ފުށް ފުރޭނި ނުވަތަ ސަމުސާ ބޭނުންކުރުން ފަދަ ކަންތައްތައް، ކުރުމަކީ ދަލާލަތެއް (‏އިސްލާމް ދީނުން ބޭރުވުމެއް)‏ ނޫނެވެ. އެއީ ފާފައެއް ނޫނެވެ. މިއިން ދޭހަވަނީ، މޭޒު މަތީގައި ކެއުމާއި، އުލާއި ސަމުސާ ބޭނުންކުރުމާއި، ގޮދަޑި މަތީ ގައި ނިދުމާއި، ކޮންފަރެންސްތަކާއި، ސްކޫލްތަކުގެ އެތިކްސް އާއި ސައިންސް ކްލާސްތަކުގައި ރޭޑިޔޯ އާއި، ޓީވީ އާއި، ޓޭޕް ރިކޯޑަރ ބޭނުންކުރުމާއި، ހުރިހާ ވައްތަރެއްގެ ދުއްވާ އުޅަނދުތައް ދުއްވުމާއި، ލޮލުގައި އަޅާ ޢައިނުތަކާއި، ކަލްކިއުލޭޓަރ ފަދަ ސައިންޓިފިކް އާލާތްތައް ބޭނުންކުރުމަކީ ހުއްދަ ކަންތައްތައް ކަމެވެ. ޙަރާމް ކަންތައްތައް ކުރުމަށް އާދަކާދައިގެ ގޮތުން ބިދުޢަ އަށް ވާ ކަންތައްތައް ބޭނުންކުރުމަކީ، ޙަރާމް ކަމެކެވެ. ނަމާދާއި، ބަންގިއާއި، ވަޢުޡު ބުނުމާއި، ޚުޠުބާ ކިޔާ އިރު، ރޭޑިޔޯ އާއި، ލައުޑް ސްޕީކަރުތަކާއި، ޓޭޕް ރިކޯޑަރުތައް ބޭނުންކުރުމާ ބޭހޭގޮތުން ވަރަށް ގިނަ މަޢުލޫމާތުތައް، "Endless Bliss" އާއި،"Ethics of Islam" މި ފޮތްތަކުގައި ވެއެވެ. ބިދުޢަތައް އުފެއްދުން ނުވަތަ އަޅުކަމަށް ކުޑަ ނަމަވެސް ބަދަލެއް ގެނައުމަކީ ބޮޑުވެގެންވާ ފާފައެކެވެ.3

ޖިހާދުކުރުން، މާނަ އަކީ، ސަރުކާރާއި، ލަޝްކަރު ޢަދުއްވުންނާ ދެކޮޅަށް ހަނގުރާމަކުރުމަކީ، އަޅުކަމެކެވެ. އެހެން ނަމަވެސް، ހަނގުރާމައިގައި ހުރިހާ ވައްތަރެއްގެ ސައިންސްގެ އާލާތްތައް ބޭނުންކުރުމަކީ ބިދުޢައެއް ނޫނެވެ. ކަން އޮތީ އޭގެ އިދިކޮޅަށެވެ. އެ ކަމުން ގިނަގުނަ ސަވާބު ލިބޭނެ އެވެ. އެހެނީ، ހަނގުރާމައިގައި ހުރިހާ ވައްތަރެއްގެ ސައިންސްގެ ވަސީލަތްތައް ބޭނުންކުރުމަކީ، އިސްލާމް ދީނުގައި އަންގަވާފައިވާ ކަމެކެވެ. އަޅުކަންތައް ކުރުމަށް އެހީތެރިވެދޭނެ އާ އީޖާދުތައް ކުރުމަކީ ޟަރޫރީ ކަމެކެވެ. ޙަރާމް ކަންތައްތައް ކުރުމަށް އެހީތެރިވެދޭނެ އާ އީޖާދުތައް ކުރުމަކީ ބިދުޢައެކެވެ. މިސާލަކަށް، ބަންގި ގޮވުމަށް ޓަކައި، މުންނާރަށް އެރުމަކީ ޟަރޫރީ ކަމެކެވެ. އެހެނީ، އުސްތަނެއް ގައި ހުރެ ބަންގި ގޮވުމަކީ އެކަން ކުރުމަށް އަމުރުކުރައްވާފައިވާ ކަމެކެވެ. އެހެން ނަމަވެސް، ލައުޑް ސްޕީކަރު މެދުވެރިކޮށް ބަންގި ގޮވުމަކީ ބިދުޢައެކެވެ. އެހެނީ، އާލާތެއް ބޭނުންކޮށްގެން ބަންގި ގޮވުމަށް އިސްލާމް ދީނުގައި އަންގަވާފައެއް ނުވެއެވެ. އަމުރުކުރައްވާފައިވަނީ އިންސާނަކު ބަންގި ގޮވުމަށެވެ. ނަމާދުގެ ވަގުތުތައް އިޢުލާންކުރުމަށް، ނުވަތަ އެހެން އަޅުކަންތައް ކުރުމަށް ޓަކައި، ރަނގަބީލާއި، ތާޅަފިލި ފަދަ މިޔުޒިކީ އާލާތްތައް ބޭނުންކުރުމަކީ رَسُوْلُ اللهِ ﷺ މަނާކުރައްވާފައިވާ ކަންތައްތަކެވެ.4

"سُنَّةُ الهُدَى" އެއް ދޫކޮށްލުމަކީ، مكرُوه ކަމެކެވެ. "سُنَّةُ الزَّائِدَة" އެއް ދޫކޮށްލުމަކީ، مكرُوه ކަމެއް ނޫނެވެ.5

ސާފުޠާހިރުވެ ތަރުތީބުވުމަށް رَسُوْلُ اللهِ ﷺ ދެއްވި އަހައްމިއްޔަތުކަން

ސާފުޠާހިރުކަމަށާއި، އިންތިޒާމުވެ ތަރުތީބުވުމަށް رَسُوْلُ اللهِ ﷺ ވަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފަ އެވެ.

ކޮންމެ ކަމެއް ކަނާތް ފަރާތުން އެކަލޭގެފާނުގެ ކަނާތްޕުޅުން ފެއްޓުމަށް އެކަލޭގެފާނު ލޯބިކުރެއްވި އެވެ.6 އެކަމަކު، ފާޚާނާ ގައި ދޮންނެވުމަށް އެކަލޭގެފާނު ބޭނުންކުރެއްވީ ވައަތްޕުޅެވެ.

އިޙްތިމާލު އޮންނަ ކޮންމެ ފަހަރަކު، އެކަލޭގެފާނު ކޮންމެ ކަމެއް ކުރައްވަނީ އޮނަހިރި ޢަދަދުތަކުންނެވެ.
رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "އިސްތަށި ހުންނަ ކޮންމެ މީހަކު އެއަށް ރަނގަޅަށް އަޅާލަންވާނެ އެވެ"!

އެއް ފަހަރަކު، رَسُوْلُ اللهِ ﷺ މިސްކިތުގައި ހުންނަވަނިކޮށް، ހާވާލާފައިވާ އިސްތަށިގަނޑަކާއި ތުބުޅިއެއް ހުރި މީހަކު އަތުވެއްޖެ އެވެ. رَسُوْلُ اللهِ ﷺ "އޭނާގެ އިސްތަށިގަނޑު ރީތިކޮށްލުމަށް ޓަކައި، ފިނިފެން ތެޔޮ ނެތީހެއްޔެވެ"؟ މިހެން حديث ކުރައްވައި، އޭނާ ވަގުތުން އެތަނުން ބޭރަށް ގޮސް، ބޮލުގެ އިސްތަށިގަނޑާއި، ތުނބުޅި ރިތިކުރުމަށް އަތުގެ އިޝާރާތް ކުރެއްވި އެވެ. އެ މީހާ އެ އެންގެވި ގޮތަށް ހެދުމަށް ފަހު އެނބުރި އައުމުން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ރަނގަޅީ ކޮން ގޮތެއް ހެއްޔެވެ؟: ތިއިން މީހަކު މި ގޮތަށް އައުން ހޭ، ނުވަތަ ޝައިޠާނާގެ ހުންނަ ފަދަ ހާވާލާފައިވާ ހަޑި އިސްތަށިގަނޑަކާއި، ތުނބުޅިއަކާ އެކު އައުން ހެއްޔެވެ"؟

رَسُوْلُ اللهِ ﷺ ދަތުރުފުޅުކުރައްވަމުން ގެންދެވި އިރު ވެސް، އެކަލޭގެފާނު ތެޔޮ ފުޅިއެއް ގެންނަވައެވެ. ތެޔޮ ލެއްވުމަށް ފަހު، ފުރަތަމަ ބޯކޮޅު ގައި ފަގުޑި އަޅުއްވައި، އޭގެ މަތީ ގައި ބޮލުގެ ފޮތިކޮޅު ބާއްވަވައެވެ. އެހެން ހެއްދެވުމުން ލައްވާފައިވާ ތެޔޮ ފާހަގައެއް ނުކުރެވޭނެ އެވެ.

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އިސްތަށިފުޅު ގައި ކޮންމެ ދުވަހަކު ދެ ފަހަރު ފުނާ އަޅުއްވައެވެ.

أنس بن مالك ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ ގިނަ ފަހަރުއެކަލޭގެފާނުގެ ބަރަކާތްތެރި އިސްތަށިފުޅުގައި ފިނިފެން ތެޔޮ އުނގުޅުއްވައި، ފެނުން ތެންމާލެއްވުމަށް ފަހު، ތުނބުޅީ ގައި ފުނާއަޅުއްވާފައި ވެއެވެ".7

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ތުނބުޅީގެ ދިގުމިނުންނާއި، ދެ ފަރާތުން ތުނިކުރައްވައެވެ. ހުކުރު ނަމާދަށް ވަޑައިގެންނެވުމުގެ ކުރިން، އެކަލޭގެފާނުގެ މަތިމަސް ތުނިކުރައްވައި، ނިޔަފަތި ކަނޑުއްވައެވެ. މުސްލިމުންގެ ވެސް މަތިމަސް ކުރުކުރުމަށް އެކަލޭގެފާނު އަމުރުކުރެއްވި އެވެ.

رَسُوْلُ اللهِ ﷺ ލޯގަނޑަށް ބައްލަވާ ކޮންމެ ފަހަރަކު، އެކަލޭގެފާނު މާތް ﷲ އަށް އަންނަނިވި ފަދައިން ޘަނާ ދަންނަވައެވެ. "އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ އަޅާގެ މަޒްހަރު ރިވެތިވެގެންވާ ގޮތުގައި ހެއްދެވި ފަދައިން، އަޅާގެ އަޚްލާޤު ވެސް ރިވެތިކޮށްދެއްވާދޭވެ".

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅު ގައި އެކަލޭގެފާނު އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ތިން ފަހަރު އަނދުންއަޅުއްވައެވެ. ކަނާތު ލޯފުޅުގައި ތިން ފަހަރު އަނދުން އަލުއްވައި، ވާތު ލޯފުޅު ގައި ދެ ފަހަރު އަނދުން އެޅުއްވި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިބާގެ ލޮލުގައި އަނދުން އަޅާށެވެ! އެހެނީ، އަނދުން އެޅުމުގެ ސަބަބުން، ދެ ލޯ ޕޮލިޝްކޮށް އެސްފިޔަ އިތުރުކޮށްދެއެވެ".8

އިސްލާމީ ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި، ޞިއްޙީ ސަބަބުތަކަށް ޓަކައި އަނދުންއެޅުން ފިރިހެނާ އަށް ހުއްދަވެގެން ވެއެވެ. އެކަމަކު، ޒީނަތްތެރިވުމުގެ ގޮތުން އަނދުންއެޅުން ހުއްދަވެގެނެއް ނުވެއެވެ. جمال (‏ރިވެތިކަން)‏ އަދި زِينَة (‏ޒީނަތްތެރިކަން)‏ އެއް ބަސް އަނެއް ބަހާ އޮޅުވާލައިގެން ނުވާނެ އެވެ. جمال ގެ މާނަ އަކީ، ހުތުރުކަން ފިލުވައި، އެ މީހަކުގެ ކަރާމާތް ރައްކާތެރިކޮށް، ނިޢުމަތްތައް الله تعالى އަށް ދެއްކުމެވެ. ދެއްކުންތެރިކަމުގެ ގޮތުން ނިޢުމަތްތައް ދެއްކުމަކީ، ނުވަތަ އެކަމާ ފޮނިކަނޑާހެދުމަކީ ރިވެތިކަމެއް ނޫނެވެ. އެއީ، كِبْرُ (‏ބޮޑާކަން)‏ އެވެ.

މިސްވާކު ބޭނުންކުރެއްވުމަށް رَسُوْلُ اللهِ ﷺ ބޮޑު އިސްކަމެއް ދެއްވި އެވެ. އެކަލޭގެފާބުގެ އަތްޕުޅުގައި އަބަދު ވެސް މިސްވާކު ގެންގުޅުއްވި އެވެ. އެކަލޭގެފާނު حديث ކުރައްވާފައި ވެއެވެ. "އަރަކް ގަހުގެ ތޮށި ބޭނުންކޮށްގެން މިސްވާކު އުފައްދާށެވެ"! މިސްވާކުން އަނގައިގެ ތެރޭގައި މީރު ވަހެއް އުފައްދައެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެއީ ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ކުރީގެ ނަބީންގެ ސުންނަތެކެވެ"!

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ.:

"މިސްވާކަކީ އަނގައިގެ ސާފުތާހިރުކަމާއި، ތިކަންކަލޭގެފާނުގެ رَبُّ ގެ ރުއްސެވުމެވެ".
حديث شريف

"ތިމަންކަލޭގެފާނުގެ އުއްމަތަށް ތަކްލީފަކަށް އެކަން ނުވާނެ ނަމަ، ކޮންމެ ނަމާދެއްގެ ކުރިން މިސްވާކު ބޭނުންކުރުމަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ"!9

"ތިބާ މިސްވާކު ބޭނުންކުރުމަށް ތިމަންކަލޭގެފާނު ވަރަށް ބޮޑަށް އިރުޝާދުދެއްވަމެވެ"!
"މިސްވާކަކީ އަނގައިގެ ސާފުތާހިރުކަމާއި، ތިކަންކަލޭގެފާނުގެ رَبُّ ގެ ރުއްސެވުމެވެ"!

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ގެކޮޅަށް ވަންނަވާފައި އެންމެ ފުރަތަމަ ކުރެއްވި ކަމަކީ، އެކަލޭގެފާނުގެ ބަރަކާތްތެރި ދަތްޕުޅު މިސްވާކުން ސާފުކުރެއްވުމެވެ. އެކަލޭގެފާނުގެ އަތްޕުޅު ގައި މިސްވާކެއް ހިއްޕަވައިގެން މެނުވީ އެކަލޭގެފާނު އަވަހާރަފުޅުލައްޕަވަން ވަޑައެއް ނުގަންނަވައެވެ. އަދި އެކަލޭގެފާނު ނިދިން ހޭފުޅުލެއްވުމަށް ފަހު، އެކަލޭގެފާނު އެންމެ ފުރަތަމަ ކުރައްވާ ކަމަކީ، މިސްވާކުން އެކަލޭގެފާނުގެ ދަތްޕުޅު ސާފުކުރެއްވުމެވެ. އަދި ހަމަ އެހެންމެ، އެކަލޭގެފާނު تحجُّد ނަމާދަށް (‏ރޭގަނޑުގެ ތިންބައިކުޅަ ދެބައި ވޭތުވުމަށް ފަހު ކުރާ ނަމާދު)‏ ނިދިން ހޭފުޅުލެއްވުމަށް ފަހު ވެސް އެކަލޭގެފާނުގެ ދަތްޕުޅު ސާފުކުރެއްވި އެވެ.10

أُمُّ المُؤمِنين عائشة (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ، ވުޟޫކުރެއްވުމުގެ ކުރިން މިސްވާކު ބޭނުންނުކުރައްވާ އެއްވެސް ރެއެއް ނުވަތަ ދުވަހެއް ފާއިތުނުވެއެވެ"!

رَسُوْلُ اللهِ ﷺ ގެ ދަރިކަލުން إبراهيم އަވަހާރަވެއްޖެ އެވެ. ދަރިކަލުން إبراهيم ފަސްދާނުލެވެމުންދިޔަ ވަގުތު އެތަނުން ގަލެއް ނެއްޓިއްޖެ އެވެ. رَسُوْلُ اللهِ ﷺ އެތަނަށް ވެދެވަޑައިގެން އެ ގާ ރަނަގޅުކުރެއްވި އެވެ. އެކަލޭގެފާނު އޮޅުންފިލުއްވައިދެއްވި ގޮތުގައި، ނެއްޓުނު ގާ މަރުވިމީހާ އަށް ފައިދާއެއް ދީ ނުވަތަ ގެއްލުމެއް ނުދެވޭނެ އެވެ. އިންތިޒާމުނުކޮށް ތަރުތީބުކަމެއް ނެތް ގޮތަށް ހުންނަ ތަކެތިން ފެނިވަޑައިގަތުމުން އެކަލޭގެފާނަށް އުނދަގޫފުޅު ވެއެވެ.

رَسُوْلُ اللهِ ﷺ ގެ ގެކޮޅު

رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ މިސްކިތް މަދީނާ ގައ ބިންކުރެވުމުން، މިސްކިތާ ޖެހިގެން މަށީގެ އެޅިގަލުން ދެ ކޮޓަރި ބިނާކުރައްވައި، ކަދުރު ރުކުގެ ވަކަރާއި، ފަނުން ހިޔާކުރެއްވި އެވެ. مشجد الشّريف ބިނާކުރެވެމުންދިޔަ އިރު، ދެ ކޮޓަރި عائشة އަށާއި سودة (‏رضي الله عنهما)‏ އަށް ބިނާކޮށްދެއްވި އެވެ. أُمُّ المُؤْمنين عائشة (‏رضي الله عنها)‏ ގެ ކޮޓަރިކޮޅުގެ ދޮރު ކުރިމަތިވަނީ މިސްކިތަށް ދާ މަގާއެވެ. أُمُّ المُؤْمنين سودة (‏رضي الله عنها)‏ އަށް ބިންކުރެއްވި ކޮޓަރީގެ ދޮރު ކުރިމަތިވަނީ މިސްކިތުގެ ތިން ވަނަ ގޭޓް ކަމުގައިވާ عُثمان ގެފާނުގެ ގޭޓާ އެވެ. އެހެން އަންހެނުންނާ ކައިވެނިކުރެއްވި ހެން ކޮޓަރިތަކުގެ ޢަދަދު އިތުރުވެ ނުވަ ކޮޓަރިއަށް އިތުރުވެއްޖެ އެވެ. އެ ކޮޓަރިތައް ބިނާކުރެވުނީ، عائشة (‏رضي الله عنها)‏ ގެ ކޮޓަރިއާއި ޤިބްލައާ ދެމެދުގައެވެ. ބައެއް ކޮޓަރިކޮޅުތައް ބިނާކުރެވުނީ މަށީގެ އެޅިގަލުންނާއި، ބައެއް ހިލަ ބޭނުންކޮށްގެންނެވެ. އޭގެތެރެއިން ބައެއް ކޮޓަރިކޮޅުތައް ބިނާކުރެވުނީ، ކަދުރު ރުކުގެ ފަނުން (‏ބަޣްދާދު ސްޓައިލަށް)‏، ގަށާފައިވާ ޗަކަސް ތަތްކޮށްގެން، ކަދުރު ރުކުގެ ފަނުން ހިޔާކޮށްގެންނެވެ. حسَن بن أبي الحسن (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "އަހަރެން ފުރާވަރަށް އެރުމުން، އަހަރެން رَسُوْلُ اللهِ ﷺ ގެ ގެކޮޅަށް ދިޔައިމެވެ. އަދި ގޭގެ ސީލިންގ އާ ހަމަޔަށް އަތްފޯރުވައި އަތް ޖައްސާލެވެއެވެ. ގެ ކޮޓަރިކޮޅުގެ ސީލިންގ އަކީ ހަމައެކަނި ފިތުރޯނު ފަތްތަކުގެ މަތީގައި ފަތުރާފައި އޮތް ބޮލުގައި އަޅާ ފޮތިގަނޑެކެވެ".

الإمام البخاري ރިވާކުރައްވާފައިވާ ގޮތުގައި، "رَسُوْلُ اللهِ ﷺ ގެ ގެކޮޅުގެ ދޮރު ގައި ޓަކިޖަހާނެ ރަނގަބީލެއް ނެތެވެ. އެހެންކަމުން ދޮރުގައި ޓަކިޖަހާއުޅުނީ ދުނިދަނޑިއެއްގެ ކޮޅުންނެވެ".

محمّد بن خليل އާއި، عطاء الخراساني އަށް رَسُوْلُ اللهِ ﷺ ގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތައް ފެނިވަޑައިގެންފައި ވެއެވެ. އަދި ވިދާޅުވެފައިވާ ގޮތުގައި، އެ ކޮޓަރިކޮޅުތައް ބިނާކުރެވިފައިވަނީ ކަދުރު ރުކުގެ ފަނުންނެވެ. އަދި ދޮރުގެ ގޮތުގައި ހުރީ ކަޅު އިސްތަށިން ހަދާފައިވާ ދޮރުފޮއްޗެވެ.

داؤد بن قيص ރިވާކުރައްވާފައިވާ ގޮތުގައި، ކޮންމެ ކޮޓަރިއެއްގެ ފުޅާމިން، ދޮރާއި، ފާރާ ދެމެދު ހުރީ 10 މުށް11 (‏4.8 މީޓަރ)‏ އެވެ.

رَسُوْلُ اللهِ ﷺ ގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތައް އަތުލައި، مسجد النّبوي ގެ ތެރޭގައި ހިމެނުމާ ބެހޭގޮތުން ޚަލީފާ الوليد بن عبد الملك ނެރުއްވި ސިޓީ މަދީނާ ގައި ކިޔުނު ދުވަހު، ގިނަ މީހުންނަށް އެ މީހުންގެ ކަރުނަ ނުހިފެހެއްޓުނެވެ. އަދި رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގެންނެވި ދުވަހު ރުއި ގޮތަށް މަދީނާގެ ރައްޔިތުން އެ ދުވަހު ރުޔެވެ.12

سعيد بن مُسيَبُ އޭނާގެ ހިތާމަ ހާމަކުރައްވައި ވިދާޅުވި އެވެ. "އަހަރެން މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެ ކޮޓްރިކޮޅުތައް އެ ހުރި ގޮތުގައި ދޫކޮށްލުމަށް އަހަރެން ވަރަށް ބޮޑަށް އެދުނީމެވެ. އެހެން ނަމަވެސް، މަދީނާގެ ޒުވާނުންނާއި، ބޭރުން މަދީނާ އަށް އައިސް ތިބި މީހުން ދުށް ގޮތުގައި، އެކަލޭގެފާނުގެ ދިރިއުޅުއްވުމާ މެދު ހުންނެވީ ހިތްހަމަޖެހިވަޑައިގެންނެވެ. އަދި ބޮޑު މުއްސަނދިކަމެއް ލިބި އެ ކަމާ ފަޚްރުވެރިވެވަޑައިގަތުމަކަށް ފަރުވާލެއް ނެތެވެ".

ގެކޮޅު ގައި رَسُوْلُ اللهِ ﷺ ގެ ސުލޫކު

حُسَين (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. "ގޭތެރޭގައި رَسُوْلُ اللهِ ﷺ ގެ ޙަރަކާތްތަކާ ބެހޭގޮތުން، އަހަރެންގެ ބައްޕަޔާ ސުވާލުކުރީމެވެ. އަހަރެންގެ ބައްޕަ ޖަވާބު ދެއްވީ އަންނަނިވި ގޮތަށެވެ.:

އެކަލޭގެފާނު ގެއަށް ވަންނަވާ ވަގުތުން ފެށިގެން، ވަގުތު ބެއްސެވީ ތިން ބަޔަކަށެވެ.: ﷲ އަށް އަޅުކަންކުރުން، ގޭތެރޭގެ ކަންތައްތަކާއި، އަމިއްލަފުޅު ކަންތައްތަކަށެވެ.

އެކަލޭގެފާނުގެ އަމިއްލަ ކަންތައްތަކަށް ޚާއްޞަކުރެއްވި ވަގުތު، އެކަލޭގެފާނު ބެއްސެވީ އެކަލޭގެފާނުގެ ޒާތަށާއި، އެހެން މީހުންނަށެވެ. އެ ވަގުތުގެ ތެރޭގައި، އެކަލޭގެފާނުގެ އަރިހަށް ވަންނަވާނީ ހަމައެކަނީ ފާހަގަކުރެވޭ ޞަޙާބީންނެވެ. رَسُوْلُ اللهِ ﷺ ދީނީ ކަންތައްތައް މީސްތަކުންނަށް މުވާޞަލާތުކުރައްވަނީ އެ ބޭކަލުން މެދުވެރިކޮށެވެ. އަދި މީސްތަކުންނާ ގުޅޭ މަޢޫލޫމާތުތައް ހަމައެކަނި އެކަލޭގެފާނުގެ ކިބަފުޅުގައި ނުހިފަހައްޓަވައެވެ.

އެކަލޭގެފާނުގެ އުއްމަތަށް ޚާއްޞަކުރެވިފައިވާ ވަގުތު، ޞާލިޙު ހެޔޮލަފާ މީހުންގެ މެދުގައި، އެ މީހުންގެ ދީންވެރިކަމާ އެއްގޮތްވާ ގޮތުގެ މަތިން ބައްސަވާލެއްވައި، އެއާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ދަޢުވަތުދެއްވުމަކީ، رَسُوْلُ اللهِ ﷺ ގެ އާދަފުޅެވެ. އޭގެ ތެރެއިން ބައެއް މީހުން އެންމެ ކަމަކަށް އެދިގެން ދާއިރު، ބައެއް މީހުންގެ ގިނަ ކަންތައްތަކަކަށް އެދިގެން ދިޔައެވެ.

އެ މީހުންގެ ދީނީ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އަޅުއްވައި، އެ މީހުންގެ ސުވާލުތަކަށް ދޭންޖެހޭ ޖަވާބު ދެއްވައި حديث ކުރެއްވި އެވެ. 'މި ތަނުގައި ތިބި މީހުން، މި ތާނގައި ނެތް މީހުންނަށް އަންގައިދޭންވާނެ އެވެ! އެ މީހުން އެދޭ ކަންތައްތައް ހުށަހަޅަން މި ތަނަށް ނާދެވުނު މީހުން އެދޭ ކަންތައްތައް ތިމަންކަލޭގެފާނާ ހަމަޔަށް ގެނެސްދޭށެވެ. ހަމަކަށަވަރުން، ޤިޔާމަތް ދުވަހު، އެ މީހުން ބޭނުންވާ ކަންތައްތައް ހުށަނޭޅޭ މީހުން އެދޭ ކަންތައްތައް ހުށަހަޅައިދޭ މީހުންގެ ފައިތިލަތައް ޞިރާޠުގެ ފާލަމުގައި މާތް ﷲ އިސްތިޤްރާރު ކުރައްވާނެއެވެ'!

رَسُوْلُ اللهِ ﷺ ގެ ޙާޟިރުގައި އެހެން އެއްވެސް ކަމެއް ބަޔާންކުރެވި ހާމައެއް ނުކުރެވެއެވެ. އަދި ކީއްތޯއެވެ! އެކަލޭގެފާނު އެހެން އެއްވެސް ކަމެއް އެއްވެސް މީހެއްގެ ފަރާތުން ޤަބޫލެއް ވެސް ނުކުރައްވައެވެ.

رَسُوْلُ اللهِ ﷺ ގެ އަރިހަށް ދާ މީހުން އެކަލޭގެފާނުގެ އަރިހަށް ޢިލްމު ޙާޞިލުކުރުމަށް ޓަކައި ވަދެގެން ގޮސް، އެތަނުން ނުކުމެގެން ދަނީ އެންމެ މޮޅު ޢިލްމުވެރިންގެ ގޮތުގައެވެ. އެއީ، ޢިލްމުގެ ލައްޒަތުގެ ރަހަ ލިބި، އެ ދާއިރާގެ ނުފޫޒުގަދަ މީހަކަށް ވުމަށް ފަހުގައެވެ"!

ގެކޮޅުން ބޭރުގައި رَسُوْلُ اللهِ ﷺ ގެ ސުލޫކު

حُسَين (‏رضي الله عنه)‏ އޭނާގެ ބައްޕާފުޅު علي (‏رضي الله عنه)‏ ގެ އަރިހުން އެއްސެވީ، ގެކޮޅުން ބޭރު ގައި رَسُوْلُ اللهِ ﷺ، ކަންތައް ކުރައްވާ ގޮތާ ބެހޭގޮތުންނެވެ. އޭނާ ވިދާޅުވީ އަންނަނިވި ގޮތަށެވެ.

"ކަމެއް ދަސްކުރައްވާ އިރު، ތިމަންކަލޭގެފާނު ފަރިއްނުކުޅުއްވަމެވެ".
حديث شريف

ޢާލަމްތަކުގެ ސައްޔިދު ބޭރުތެރޭގައި ވާހަކައެއް ނުދައްކަވައެވެ. އެކަލޭގެފާނު ވާހަކަފުޅު ދައްކަވަނީ ހަމައެކަނި މުސްލިމުންނަށް އެ ބަސްފުޅުތަކުން ފައިދާ ހުރެފައި، އެބައި މީހުންގެ މެދުގައި އެކަކު އަނެކަކަށް މަރުޙަބާކިޔައި، ބައިބައިވުމާއި، ރުޅިވެރިކަން ނޯންނަ ވަގުތުގައެވެ.

ކޮންމެ ޤަބީލާއެއް ގައި ވެސް އަޚްލާޤީ ގޮތުން އެންމެ ރަނގަޅު ސިފަތައް ހުންނަ މީހާއަށް ޝަރަފުވެރިކަން ދެއްވައި، އެ މީހެއްގެ ޤަބީލާގެ ގަވަރނަރަކަށް އޭނާ ހައްދަވައެވެ.13 އެކަލޭގެފާނު، ގޯސް މީހުންނާއި، އަނިޔާއަކުން މީސްތަކުން ރައްކާތެރިކޮށްދެއްވައެވެ؛ އަދި ޚުދު އެކަލޭގެފާނު އެފަދަ ޙާލަތްތަކަށް ހުރަހޮޅިގަތުމުން ދުރުވެވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ ހިނިތުންވުމުގެ ވެރި މޫނުކޮޅާއި، ރިވެތި ތަޞައްރުފު ނުހިފަހައްޓަވައެވެ.

رَسُوْلُ اللهِ ﷺ އަށް އެކަލޭގެފާނުގެ އަޞްޙާބުން ފެނިވަޑައިނުގަންނަވާ ކަމުއި ވާ ނަމަ، އެ ބޭފުޅުން ހޯއްދަވައި، ވެގެންއުޅޭ ގޮތް ބައްލަވާ ހައްދަވައެވެ. އެކަލޭގެފާނު އޯގާތެރިކަމަށް ތަޢުރީފުކުރައްވައި، ނުބައި ގޮތަށް ފާޑުކިޔުއްވައި، ބަލިކަށި ކުރައްވައެވެ. އެކަލޭގެފާނު ކުރެއްވި ކޮންމެ ކަމެއް ކުރައްވާފައިވަނީ، މެދުމިންވަރަށް ދެމެހެއްޓެނެވި ކޮށެވެ. މުސްލިމުން ޣަފްލަތުގެ ތެރެއަށް ވެއްޓިގެންދާނެ ކަމުގެ އިންޒާރު އެކަލޭގެފާނު މުސްލިމުންނަށް ދެއްވުމަކަށް އެކަލޭގެފާނު ޖެހިލުންވެ ވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު، ކަމެއް އެ އޮންނަ ވަރަށް ވުރެ ބޮޑުކުރައްވައިގެން ނޫޅުއްވައެވެ.

رَسُوْلُ اللهِ ﷺ ގެ ކިބަފުޅުގައި އަޅުކަން ކުރެއްވުމަށް ބަރާބަރު ކުޅެދުންތެރިކަން ލިބިވަޑައިގެންވިއެވެ. އެކަލޭގެފާނު އެއްގޮތަކަށް ވެސް ޙައްޤަކަށް އަރާވަޑައިގެންނުގަންވައެވެ. އަދި އަދާކުރައްވަންޖެހޭ ޙައްޤެއް އަދާނުކުރައްވާފައެއް ނެތެވެ. އެކަލޭގެފާނާ ގާތް މީހުންނަކީ އެންމެ ބަރަކާތް ލެއްވިގެންވާ މީހުންނެވެ.

رَسُوْلُ اللهِ ﷺ ގެ ނަޒަރުގައި، އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން އެންމެ މަތިވެރީ އެ މީހެއްގެ އިރުޝާދު އެންމެ ފުރިހަމަ މީހާ އެވެ. އަދި އެ މީހެއްގެ ދަރަޖަ އެންމެ މަތިވެރީ ބޭނުންޖެހިފައިވާ މީހުންނަށް އެންމެ އެހީތެރިވާ އެންމެ އޯގާތެރި މީހާ އެވެ. ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ މާތް ﷲ ގެ އިސްމުފުޅު ޒިކްރުކުރެއްވުމަކާ ނުލައި އެއްވެސް އިރެއް ގައި އިށީންނަވައި، ކޮޅަށް ތެދުވެވަޑައެއް ނުގަންނަވައެވެ.

ބައްދަލުވުންތަކުގައި، رَسُوْلُ اللهِ ﷺ އެކަލޭގެފާނަށް ވަކި ތަނެއް ޚާއްޞަ ނުކުރައްވައެވެ. އަދި އެކަން އެގޮތަށް ކުރުން މަނާކުރެއްވި އެވެ. ކޮންމެ ތަނެއް ގައި އިށީނދެގެން ތިބޭ ބަޔަކާ ބައްދަލުކުރެއްވި ކަމުގައި ވިޔަސް، އެތަނުގެ އެންމެ ޝަރަފުވެރި ތަނުގައި އެކަލޭގެފާނު އިށީނދެވަޑައެއް ނުގަންނަވައެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު އިށީނދެވަޑައިގަންނަވަނީ، އެ ތަނެއްގެ ފަހަތުގައެވެ. މިގޮތަށް ޢަމަލުކުރެއްވުމަށް އެކަލޭގެފާނު މުސްލިމުންނަށް އަންގަވައެވެ.

رَسُوْلُ اللهِ ﷺ އާ އެކު އިށީންދެގެންތިބޭ ކޮންމެ މީހަކަށް އެކަލޭގެފާނު ޙިއްޞާކުރައްވައެވެ. އަދި އެ މީހުންނާ މުޢާމަލާތްކުރައްވަނީ، އެއިން ކޮންމެ މީހަކަށް ވެސް، އެ މީހަކަށް ވުރެ މުހިއްމު މީހަކު رَسُوْلُ اللهِ ﷺ ގެ އަރިހުގައި ނެތް ކަމަށް ހީވާ ގޮތަށެވެ. އެކަލޭގެފާނާ އެކު އިށީނދެގެން ތިބި މީހުން ނުވަތަ ބޭނުންތަކާ އެކު އައި މީހުން ގެ ފަރާތުން ދިމާވާ ކޮންމެ ކަމެއް އެ މީހުން އެނބުރި ދަންދެން ތަޙައްމަލުކުރައްވައެވެ.14

މީހަކު رَسُوْلُ اللهِ ﷺ ގެ އަރިހުން ކަމަކަށް އެދުމުން، އެކަލޭގެފާނު އެ މީހުން އެދުނު ކަންތައް ބޮލައިލާ ނުޖައްސަވައެވެ؛ އެހެންޏާ އެ މީހަކު އެދުނު ކަމެއް ކޮށްދެއްވައި، ނުވަތަ ފޮނި އަދި މަޑު ބަސްތަކުން އެކަމަކަށް އިޢުތިޒާރުކުރެއްވައެވެ. އެކަލޭގެފާނުގެ ރިވެތި އަޚްލާޤުގެ ތަނަވަސްކަމުގެ ބޮޑުކަމުން އޭގައި އެންމެން ޝާމިލުކުރެވޭވަރު ވެއެވެ.

رَسُوْلُ اللهِ ﷺ ވެވަޑައިގަތީ އެބައިމީހުންގެ އޯގާތެރި ބަފައިކަލަކަށެވެ. އެ މީހުންގެ ޙައްޤުތަކާ ގުޅިގެން ކޮންމެ މީހަކު ވެސް އެކަލޭގެފާނުގެ ނަޒަރުގައި ހަމަހަމަ އެވެ. رَسُوْلُ اللهِ ﷺ ގެ މަޖިލިސް އަކީ، މަޢްރިފާ އާއި، ތަވާޟުޢުވެރިކަމާއި، ކެތްތެރިކަމާއި، އިތުބާރުގެ މަޖިލިސް އަކަށެވެ.

رَسُوْلُ اللهِ ﷺ ގެ އަރިހުގައި، އެއްވެސް މީހަކު އެ މީހަކު އަޑު ބާރުކޮށްގެން ނުވާނެ އެވެ. އަދި ހަމަ އެއާއެކު، އެކަކު އަނެކަކު ބޮލުގައި ތުހުމަތު އަޅުވައި އަދި އެހެން މީހެއްގެ ކުށްތައް ހާމަކޮށްގެން ނުވާނެ އެވެ. ގެ މަޖިލިސް ގައި ތިބޭ އެންމެންނަކީ ހަމަހަމަ ބައެކެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް އިސްވެގެންވަނީ ހަމައެކަނި ތަޤްވާވެރިކަމުން (‏ޙަރާމްކަންތައްތަކުން ދުރުވުމުން)‏ ނެވެ. އެ އެންމެންނަކީ ވަރަށް ހިތްތިރި މީހުންނެވެ.

رَسُوْلُ اللهِ ﷺ ޢުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމް ކުރައްވައި، ކުޑަކުދިންނަށް އޯގާތެރިކަން ދައްކަވައެވެ. އެކަލޭގެފާނު، އެހެން މީހުންނަށް ވުރެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދެއްވައި، އެ މީހުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށް މަސައްކަތްކުރެއްވި އެވެ. އެކަލޭގެފާނު، ފަޤީރުންނާއި، ބީރައްޓެހިންނަށް ރައްކާތެރިކަން ދެއްވައި، އަޅާލެއްވި އެވެ.

رَسُوْلُ اللهِ ﷺ އަކީ، އަބަދުވެސް ހިނިތުންވެލައްވާ އަދި މަޑުމައިތިރި ޠަބީޢަތެއްގެ ބޭފުޅެކެވެ. އެކަލޭގެފާނަކީ އަބަދުވެސް މީހުންނަށް ރައްކާތެރިކަން ދެއްވައި، މަޢާފުދެއްވި ބޭފުޅެކެވެ. އެކަލޭގެފާނަކީ، ހަރު ހިތެއްގެ ވެރިއެއް ނޫނެވެ.

رَسُوْلُ اللهِ ﷺ އެއްވެސް މީހަކާ ޒުވާބެއް ނުކުރައްވައެވެ. އެކަލޭގެފާނު އެއްގޮތަކަށް ވެސް ހަޅޭފުޅުލައްވައި، ހުތުރު ބަސްތައް حديثފުޅެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ދަހި ބޭފުޅެއް ނޫނެވެ. އެކަލޭގެފާނު ރުހިވަޑައިނުގަންނަވާ ކަމަކާ އަޅާނުލައްވައި ދޫކޮށްނުލައްވައެވެ. ކަމަކަށް އުއްމީދުކުރާ މީހެއްގެ ހިތްވަރު ބަލިކޮށްލައްވައި، ނުވަތަ ކަމަކާ މެދު އެކަލޭގެފާނު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހާމަނުކުރައްވައެވެ.

ތިން ކަމަކުން ދުރުވެވަޑައިގެންނެވި އެވެ.:
މީހުންނާ ޒުވާކުރުން.
މާގިނައިން ވާހަކަދެއްކުން.
ބޭކާރު އަދި ކުޅޭކުޅޭ ކަންތައްތައް ކުރުމުގައި އުޅުން.
ތިން ކަމެއް ކުރުމުގައި މީސްތަކުން ބޭނުން ކަމެއް ކުރުމަށް ދޫކޮށްލެވި އެވެ.:

އެ މީހެއްގެ ކުރިމަތީގައި ނުވަތަ އެމީހަކު ނެތް ތަނެއްގައި ނަމަ ވިޔަސް، އެކަލޭގެފާނު އެއްވެސް މީހަކު ބަދުނާމުކުރައްވައި، ލަޢުނަތް ދެއްވާ ނަހައްދަވައެވެ.

އެކަލޭގެފާނު އެއްވެސް މީހަކަށް ހެދޭ ގޯސްތަކާއި، އުނިކަންތައްތައް ތަޙްޤީޤުކުރައްވާ ނަހައްދަވައެވެ.
އެކަލޭގެފާނު އެއްވެސް މީހަކަށް ޘަވާބު ނުވަތަ ފައިދާ ނުލިބޭނޭ ވާހަކައެއް އެއްވެސް މީހަކާ ނުދައްކަވައެވެ.

رَسُوْلُ اللهِ ﷺ حديثފުޅުކުރައްވަމުން ގެންދަވާ އިރު، އެކަލޭގެފާނުގެ އަރިހުގައި ތިބޭ މީހުން ތިއްބަވަނީ، ދޫނިތައް ބޯމައްޗަށް ތިރިކޮށްގެން ތިބޭ ގޮތަށް، ވާހަކަ ނުދައްކައި، ޙަރަކާތްތައް ނުކޮށް މަޑުމައިތިރިކޮށެވެ. އަދި އެކަލޭގެފާނު حديثފުޅުކުރައްވާ ނިންމަވާލައްވައި، މަޑުމައިތިރި ވެވަޑައިގަތުމުން، އޭގެ ފަހުން އެމީހުން ބުންނަ ބޭނުންވާ ވާހަކައެއް ބުނޫއެވެ. އެކަމަކު، އެކަލޭގެފާނުގެ ޙާޒިރު ގައި އެ މީހުން އެއްގޮތަކަށް ވެސް ޒުވާބުކޮށް، އަރައިރުންވެ ނުހަދައެވެ.

މީހަކު رَسُوْلُ اللهِ ﷺ އާ ވާހަކަދައްކަމުން ދާއިރު، އެ މީހަކު ވާހަކަދައްކާ ނިމެންދެން އެހެން މީހުން ތިބޭނީ އަނގަމަޑުން ލައިންގެންނެވެ. رَسُوْلُ اللهِ ﷺ ގެ އަރިހުގައި، ފުރަތަމަ ވާހަކަދައްކާ މީހާ އާ ފަހުން ވާހަކަދައްކާ މީހާ އާ ތަފާތެއް ނުކުރައްވައެވެ.

رَسُوْلُ اللهِ ﷺ ގެ އަރިހުގައި ތިބޭ މީހުން ކަމަކާ ހީފި ކަމުގައި ވާ ނަމަ، އެކަލޭގެފާނު އެ މީހުންނާ އެކު ހިނފުޅުވަޑުވައެވެ. އަދި އެ މީހުން ކަމަކާ އާޝޯޚު ވެއްޖެ ކަމަށް ވާ ނަމަ، އެކަލޭގެފާނު ވެސް އެކަމަކާ އާޝޯޚުވެލައްވައެވެ.

ބޭރު މީހުންނާއި، ބީރައްޓެހިންގެ ބޭއިޙްތިރާމްކުރުމާއި، ހިތްދަތިވާ ފަދަ ބަސްތަކާއި، ސުވާލުތައް، رَسُوْلُ اللهِ ﷺ ތަޙައްމަލުކުރެއްވި އެވެ. އެއީ، އޭރުން އެކަލޭގެފާނުގެ އަޞްޙާބުން ވެސް އެގޮތަށް ޢަމަލުކުރާނެތީ އެވެ.

حديث ކުރައްވާފައި އަންނަނިވި ފަދައިން ވެއެވެ. "ބޭނުންޖެހިފައިވާ މީހަކު، އޭނާ ބޭނުންވާ ކަންތައް ކޮށްދިނުމަށް އެދެމުން ދާ އިރު، އޭނާ ބޭނުންވާ ކަންތައް ޙާޞިލުކުރުމަށް އޭނާ އަށް އެހީތެރިވެދޭށެވެ"!

ދޮގު ތަޢުރީފުކުރުން رَسُوْلُ اللهِ ﷺ ޤަބޫލުފުޅެއް ނުކުރައްވައެވެ. އެއްވެސް މީހަކު ދައްކާ ވާހަކައެއް، އޭނާ މީހެއްގެ ޙައްޤަކަށް އަރައިނުގަންނަހާ ހިނދަކު، މެދުކަނޑާނުލައްވައެވެ. މީހަކު އެހެން މީހެއްގެ ޙައްޤަކަށް އަރައިގަންނަ ވަގުތު، އެކަލޭގެފާނު އޭނާ މެދުކަނޑާލައްވައެވެ. ނުވަތަ އެކަން ކުރުން މަނާކުރައްވައެވެ. ނުވަތަ އެކަލޭގެފާނު އެތަނަކުން ނުކުމެވަޑައިގަންނަވައެވެ. رَسُوْلُ اللهِ ﷺ ވާހަކަނުދައްކަވާ މަޑުން ހުންނަވާނީ ހަތަރު ކަމަކާ ހެދި އެވެ. އެއީ: حِلم (‏ރުޅި ކޮންޓްރޯލްކުރުން)‏، حَذَر (‏ކަންތައްތައް ކުރުމުން އެއްކިބާވުން)‏، تقدير (‏އިހްތިރާމްކޮށް މަތިވެރިކުރުން)‏، تَفَكُّر (‏ފުންކޮށް ވިސްނުން، الله تعالى ހެއްދެވި ތަކެތިން ޢިބްރާތް ޙާޞިލުކުރުން)‏.

މީހުން ގެ ވާހަކަތައް ހަމަހަމަކަމާ އެކު އަޑުއެއްސެވުމުން އެކަމުން ވަގުތުން ދޭހަކޮށްދެނީ رَسُوْلُ اللهِ ﷺ ގެ تقدير އެވެ.

رَسُوْلُ اللهِ ﷺ ދުނިޔެއާއި އާޚިރަތުގެ ކަންތައްތަކާ ވިސްނެވުމުން އެކަލޭގެފާނުގެ تَفَكُّر ކުރެއްވުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

حِلم ވެރިކަމާއި ކެތްތެރިކަން އެކަލޭގެފާނުގެ ކިބަފުޅުގައި ވަނީ އަށަގެންފައެވެ. މި ދުނިޔޭގެ އެއްވެސް ކަމަކުން އެކަލޭގެފާނު ކޯފާ އިސްނުކުރައްވައެވެ.

حَذَر އަށް ބަލާ އިރު، ހަތަރު ސިފައެއް އެކަލޭގެފާނުގެ ކިބަފުޅުގައި ވަނީ ހަތަރު ސިފައެއް އަށަގެންފައެވެ. އެއީ:
ކަމެއް ކުރައްވާ އިރު، އެކަލޭގެފާނު ކުރައްވާނީ އެކަމެއް ގައި އޮތް އެންމެ ރަނގަޅު ގޮތެވެ.
އެކަލޭގެފާނު ހުތުރު ކަންތައްތަކުން އެކަހެރިވެވަޑައިގަންނަވައެވެ. އެއީ، އޭރުން އެކަންތައްތައް ކުރުމުން ދުރުވެވޭނެތީ އެވެ.
އެކަލޭގެފާނުގެ އުއްމަތަށް ފައިދާކުރުވަނިވި ކަންތައްތައް ކުރެއްވުމުގައި ވަގުތު ހޭދަކުރައްވައި، ބުރަ މައްކަތް ކުރައްވައެވެ.

އެކަލޭގެފާނުގެ އުއްމަތަށް މި ދުނިޔެއާއި، އާޚިރަތުގައި އުފާވެރިކަން ގެނެސްދޭނެ ކަންތައްތައް ކުރެއްވުމުގައި އެކަލޭގޭފާނު ވަރަށް ފޯރި ހުންނެވި އެވެ.

"ދެ މުސްލިމަކު ދިމާވާ އިރު، ސަލާންކޮށް އަތް ޖޯޑުކޮށްފި ކަމުގައި ވާނަމަ، އެ ދެ މީހުން އެކަކު އަނެކަކާ ވަކިވުމުގެ ކުރިން ވެސް އެ ދެ މީހުންގެ ފާފަތައް ފުއްސަވާދެއްވާނެ އެވެ".
حديث شريف

رَسُوْلُ اللهِ ﷺ އެއްވެސް ކަމަކަށް "ނޫނެކޭ" ޙަދީޘެއް ނުކުރައްވައެވެ. އެކަލޭގެފާނު ކުރައްވަން ބޭނުންފުޅުނުވާ ކަމެއް ކޮށްދެއްވުމަށް އެކަލޭގެފާނުގެ އަރިހުން އެދުމުން، އެކަލޭގެފާނު ހުންނަވނީ އެއްޗެކޭ حديث ނުކުރައްވާ މަޑުންނެވެ. އެކަލޭގެފާނު މަޑުން ހުންނެވުމުން، އެއީން ދޭހަވެގެން ދިޔައީ، އެކަލޭގެފާނު އެކަން ކުރައްވަން ބޭނުންފުޅު ނުވާކަމެވެ.

رَسُوْلُ اللهِ ﷺ ގަދައަޅާ މަސައްކަތް ކުރައްވަމުން ގެންދެވީ މި ދުނިޔެއާއި އާޚިރަތުގައި އެންމެންނަށް އުފާވެރިކަން ހޯއްދަވައިދެއްވުމުގައެވެ. ހަނގުރާމައެއްގެ ތެރޭގައި، ކާފަރުން ނައްތަވާދެއްވުމަށް ދުޢާކޮށްދެއްވުމަށް އެކަލޭގެފާނުގެ އަރިހުން އެދުމުން، حديثކުރެއްވީ އަންނަނިވި ފަދައިންނެވެ. "ތިމަންކަލޭގެފާނު ފޮނުއްވުނީ މީސްތަކުންނަށް ބަދުދުޢާކުރައްވާ، ނުވަތަ އެ މީހުންނަށް ޢަޒާބު ލިބުމަށް ދުޢާކުރައްވާކަށެއް ނޫނެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ، އެންމެންނަށް ރަނގަޅަށް ކަންތައް ކުރައްވާ، އަދި މީސްތަކުންނަށް ޞުލްޙަވެރިކަން ހޯއްދަވާދެއްވުމަށެވެ.".

ކީރިތި قرآن ގެ سورة الأنبياء ގެ 107 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ‎﴿١٠٧﴾)‏ * الأنبياء: 107)‏ މާނައީ: "އަދި عالم ތަކަށް رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ". ކޮންމެ މީހަކަށް ރަނގަޅު ގޮތް ހޯއްދެވުމަށް އެކަލޭގެފާނު އަބަދު ވެސް މަސައްކަތްކުރެއްވީ އެހެންވެގެންނެވެ.

أنس بن مالك ރިވާކުރައްވާފައިވާ ގޮތުގައި، މީހަކާ ދިމާވާ އިރު، އެ މީހަކާ مُصافَحَة15 ކުރައްވައެވެ. އަދި އެ މީހަކު އަތްދަމައިނުގަންނަނީސް، އެކަލޭގެފާނުގެ އަތް ދަންމަވައިނުގަންނަވައެވެ. އަދި އެ މީހަކުގެ މޫނު އެހެން ދިމާލަކަށް އަނބުރާނުލަނީސް. رَسُوْلُ اللهِ ﷺ ގެ މޫނުފުޅު ދުރަށް އަނބުރާނުލައްވައެވެ.

އަދި ވެސް أنس بن مالك ރިވާކުރައްވާފައި ވެއެވެ "އަހަރެމެން رَسُوْلُ اللهِ ﷺ ގެ އަރިހުގައި ދެންނެވީމެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އަނެއް ބަޔަކަށް ގުދުވާނަން ޖެހޭނެ ތޯއެވެ'؟ އެކަލޭގެފާނު حديث ކުރެއްވީ 'ނޫނެކޭ'! އެވެ.ދެން އަހަރެމެން ދެންނެވީމުއެވެ.'އަޅުގަނޑުމެން އެއްބޔަކު އަނެއް ބަޔަކާ ބަޣަލްޤީރުކުރަން ތޯ އެވެ'؟އެކަލޭގެފާނު حديث ކުރެއްވި އެވެ. 'ނޫނެކެވެ. އެކަމަކު مُصافحَة ކުރާށެވެ'"!16

البراء بن عازب (‏رضي الله عنه)‏ ރިވާކުރައްވާފައިވާ ގޮތުގައި، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ދެ މުސްލިމަކު ދިމާވާ އިރު، ސަލާންކޮށް އަތް ޖޯޑުކޮށްފި ކަމުގައި ވާނަމަ، އެ ދެ މީހުން އެކަކު އަނެކަކާ ވަކިވުމުގެ ކުރިން ވެސް އެ ދެ މީހުންގެ ފާފަތައް ފުއްސަވާދެއްވާނެ އެވެ"!

رَسُوْلُ اللهِ ﷺ އަކީ އަބަދު ވެސް ވިސްނުންތެރި ބޭފުޅެކެވެ. އެކަލޭގެފާނު އެއްޗެއް حديث ނުކުރައްވާ މަޑުން ހުންނަވާ ވަގުތު، އެކަލޭގެފާނު حديث ކުރައްވާ ވަގުތަށް ވުރެ ދިގެވެ. رَسُوْلُ اللهِ ﷺ ބޭކާރު ގޮތުގައި ވާހަކަ حديث ނުކުރައްވައެވެ. އެކަލޭގެފާނުގެ حديث ފައްޓަވާ އިރާއި، ނިންމަވާ އިރު މާތް ﷲ ގެ އިސްމުފުޅު ނަންގަންނަވައެވެ.

رَسُوْلُ اللهِ ﷺ حديثކުރައްވާ އިރު، އެކަލޭގެފާނު ބޭނުންކުރައްވަނީ ކުރު އަދި ޝާމިލު ބަސްތަކެވެ. رَسُوْلُ اللهِ ﷺ ގެ ބަސްފުޅުތައް އަބަދު ވެސް ތެދުވެފައި މުނާސަބެވެ. އެކަލޭގެފާނު حديث ކުރައްވާ އިރު، މާ ގިނަ އަދި މާ ގިނަ ބަސްތަކެއް ބޭނުންނުކުރައްވައެވެ.

رَسُوْلُ اللهِ ﷺ އެއްވެސް މީހެއްގެ ހިތަށް ތަދުކުރައްވާ، އަދި ދެރަ ނިކަމެތި ގޮތަކަށް ނުބައްލަވައެވެ.

رَسُوْلُ اللهِ ﷺ ދުނިޔެ އާއި، ދުނިޔަވީ ކަންތައްތަކާ މެދު ކޯފާ އިސްނުކުރައްވައެވެ. އެހެން ނަމަވެސް، މީހަކު ޙައްޤަކަށް އަރައިގަންނަން ބޭނުންވެއްޖެ ނަމަ، އިންޞާފު ޤާއިމްވުމުގެ ކުރިން އެކަލޭގެފާނުގެ ކޯފާ މަޑުނުވެއެވެ.

رَسُوْلُ اللهِ ﷺ ގެ އަމިއްލަފުޅު ކަންތައްތަކަށް އެކަލޭގެފާނު އެއްގޮތަކަށް ވެސް ކޯފާއިސްނުކުރައްވައެވެ. ނުވަތަ ބަދަލު ނުހިއްޕަވައެވެ. އެކަލޭގެފާނު ކަމެއް ފާހަގަކުރައްވަން ޖެހޭ އިރު، އެކަމެއް އިޝާރާތްކުރައްވަނީ މުޅި އަތްތިލަފުޅުންނެވެ. ހަމައެކަނި އެކަލޭގެފާނުގެ އިނގިލިފުޅުން އެކަންޏެއް ނޫނެވެ. އެކަލޭގެފާނު އާޝޯޚުވެ އަދި ޙައިރާންވެ ވަޑައިގަތުމުން، އެކަލޭގެފާނުގެ އަތްތިލަފުޅުގެ މިޞްރާބު ބަދަލުކޮށްލައްވައެވެ. މިސާލަކަށް ދަންނަވާނަމަ، އެކަލޭގެފާނުގެ އަތްތިލަފުޅު މައްޗަށް ދިމާވާ ގޮތަށް ހުންނެވި ނަމަ، ބިމާ ދިމާލަށް އަނބުރާލައްވައެވެ. އަދި އަތްތިލަފުޅު ބިމާ ދިމާލަށް ހުންނެވި ބަމަ، މައްޗަށް އަނބުރާލައްވައެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާ އިރު، އެކަލޭގެފާނު އިޝާރާތްތައް ކުރައްވާ، އެކަލޭގެފާނު ބަރަކާތްތެރި ކަނާތްޕުޅުގެ އަތްތިލަފުޅު އެކަލޭގެފާނުގެ ވާތްޕުޅުގެ ބޮޑުވައި އިނގިލީގެ އެތެރެ ފަރާތުގައި ޖައްސަވައެވެ. އެކަލޭގެފާނު ކޯފާ އިސްކުރެއްވުމުން، އެކަލޭގެފާނުގެ ރުޅި ވަގުތުން ދޫކޮށްލައްވައި، ރުޅި ނުދައްކަވައެވެ.

رَسُوْلُ اللهِ ﷺ އުފާފުޅުވެފައި އަދި ހިތްހަމަޖެހިވަޑައިގެން ހުންނާވާ އިރު، އެކަލޭގެފާނުގެ ދެ ލޯފުޅު މަރާލައްވައެވެ. އެކަލޭގެފާނުގެ ހިނިވަރުނަކުރެއްވުމަކީ، އެންމެ ބޮޑުވެގެން ހިނިތުންވުމެކެވެ. އެކަލޭގެފާނު ހިނިވަރުނަކުރައްވާ އިރު، އެކަލޭގެފާނުގެ ދަތްޕިލާފުޅު ފެނިގެންދަނީ އިތާމުތްތަކެއް ފަދައިންނެވެ.17

ރަނގަޅު ކަންތައް ކުރާ އިރު، އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ އެކަލޭގެފާނުގެ ކަނާތްފަރާތޭ،
ވުޟޫކުރެއްވުމަށް ފަހު، އެކަލޭގެފާނު އަވަސް އަވަހަށް ނިވާކުރައްވައޭ، ދީލަތިކަމުގެ މަޞްދަރޭ.
އެކަލޭގެފާނު އޮށޯންނަވަނީ އެކަލޭގެފާނުގެ ކަނާތްފަރާތަށް ޤިބްލައަށް ކުރިމަތިލައިގެންނޭ،
ކޮންމެ ނޭވާއަކާ އެކު، އެކަލޭފާނު ނުފެންނަ ކައުނުގައި ދަތުރުކުރެއްވިއޭ، ދީލަތިކަމުގެ މަޞްދަރޭ.
އެކަލޭގެފާނުގެ އެނދުކޮޅާއި ބާލީސް ވަނީ ލެދަރުން ހަދައި، ފައިބަރުން ފުރާލާފައޭ،
އެކަލޭގެފާނު ރޭގަނޑު އޮށޯންނަވާ އިރު، ނިދިކުރައްވަނީ މަދުންނޭ، ދީލަތިކަމުގެ މަޞްދަރޭ.
އެކަލޭގެފާނުގެ ދެލޯފުޅު ނިދިކުރެއްވުމުން، އެކަލޭގެފާނުގެ ހިތްޕުޅު ވަނީ ހޭފުޅުލައްވައި رَبَُ ގެ ޙަޟްރަތުގައޭ،
އެކަލާނގެ ރިވެތިކަން ތާއަބަދުން ފެނިވަޑައިގެން އެކަލޭގެފާނު އާޝޯޚުވިއޭ، ދީލަތިކަމުގެ މަޞްދަރޭ.

رَسُوْلُ اللهِ ﷺ އޮށޯންނެވުމާއި، އަވަހާރަފުޅުލެއްޕެވުން

رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ދާންކޮޅުގައި އަވަހާރަފުޅުލެއްވުމަށް ބޭނުންފުޅުވުމުން، އެކަލޭގެފާނުގެ ކަނާތްފަރާތަށް ވާ ގޮތަށް އިށީންނަވައި، ކާނާތު ކޯތާފާތް ދަށުގައި އެކަލޭގެފާނުގެ އަތްޕުޅު ބޭއްވުމަށް ފަހު، އަންނަނިވި ދުޢާކުރައްވައެވެ.:

"އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ އަށް އަޅާގެ ނަފްސު ޙަވާލުކުރަމެވެ. އަޅާގެ މޫނު އިބަރސްކަލާނގެ އާ ދިމާއަށް އަނބުރާލީމެވެ. އަޅާގެ މަސައްކަތް އަޅާ ޢަހްދުކުރަނީ އިބަރަސްކަލާނގެ އަށެވެ. އަޅާގެ ބުރަކަށި ލެނގިލަނީ (‏އަޅާ އިޢުތިމާދުވަނީ)‏ އިބަރަސްކަލާނގެ އަށެވެ. އިބަރަސްކަލާނގެ ޢަޒާބަށް އަޅާ ބިރުވެރިވެ، އިބަރަސްކަލާނގެ ރަޙްމަތަށް އުއްމީދުކުރަމެވެ. އިބަރަސްކަލާނގެ ރަޙްމަތް މެނުވީ އެހެން ހިޔާވައްސެއް ނެތެވެ. ޙިމާޔަތް ބޭނުންވާ ކަމަކަށް އޮތީ ހަމައެކަނި އިބަރަސްކަލާނގެ ޢަޒާބެވެ. ހިޔާވަހިކަމެއް މީހަކަށް ލިބޭނީ ހަމައެކަނި އިބަރަސްކަލާނގެ ރަޙްމަތުގައެވެ. އަދި ދިންނަވާނީ ހަމައެކަނި އިބަރސްކަލާނގެ ރަޙްމަތުންނެވެ. އިބަރަސްކަލާނގެ ފޮނުއްވި ފޮތާއި، އިބރަސްކަލާނގެ ފޮނއްވި ރަސޫލާ އަށް އަޅާ އީމާންވަމެވެ.

"الله تعالى ގެ އަޚްލާޤު ޙާޞިލުކުރާށެވެ".
حديث شريف

އަޅާގެ رَبُّ އެވެ! އިބަރަސްކަލާނގެ އިސްމުފުޅާ އެކު، އަޅާ އޮށޯންނަމެވެ. އިބަރަސްކަލާނގެ އަޅާގެ ފުރާނަ ނަންގަވާ ނަމަ، އެ ފުރާނަ އަށް އިބަރަސްކަލާނގެ ރަޙުމްވަންތަކަން ދެއްވާދޭވެ! އިބަރަސްކަލާނގެ އެ ފުރާނަ ދޫކޮށްލައްވާ ނަމަ، އިބަރަސްކަލާނގެ ދީންވެރި އަޅުން ރައްކާތެރިކޮށްދެއްވާ ގޮތަށް އެ ފުރާނަ ރައްކާތެރިކޮށްދެއްވާދޭވެ!

އަޅާގެ ﷲ އެވެ! އަޅާ މަރުވާނީ އިބަރަސްކަލާނގެ އިސްމުފުޅާ އެކުގައެވެ. އަދި އަޅާ އަލުން ދިރުއްވޭނީ ވެސް އިބަރަސްކަލާނގެ އިސްމުފުޅާ އެކުގައެވެ. އަޅަމެންނަށް ކާންދެއްވާ، އަޅަމެންނަށް ބުއިންތައް ދެއްވާ، އަޅަމެންގެ ކޮންމެ ބޭނުމެއް ފުއްދަވާދެއްވާ، އަޅަމެންނަށް ހިޔާވަހިކަން ދެއްވަނީ އަޅާގެ ﷲ އެވެ! އެބައި މީހުންގެ ބޭނުންތައް ފުއްދަވާދެއްވާ، އެބައި މީހުންނަށް ހިޔާވަހިކަން ދޭނެ ފަރާތެއް ނެތް އެތައް ބަޔަކު ވެއެވެ! އިބަރަސްކަލާނގެ އަޅުތަކުން އިބަރަސްކަލާނގެ ޙަޟްރަތަށް އެއްކުރެވޭ ދުވަހު، އިބަރަސްކަލާނގެ ޢަޒާބުން އަޅާ ރައްކާތެރިކޮށްދެއްވާދޭވެ".

އަޅާގެ ﷲ އެވެ! "!އިބަރަސްކަލާނގެ އަބަދަށް ދެމިވޮޑިގެންވާ ރަސްކަލާނގެ އެވެ! އިބަރަސްކަލާނގެ ކުރިން ވުޖޫދުވީ އެއްޗެއް ނެތެވެ! އިބަ ރަސްކަލާނގެ އަކީ އަބަދަށް ދެމިވޮޑިގެންވާ ރަސްކަލާނގެ އެވެ. ހެއްކަކީ އިބަރަސްކަލާނގެ އެވެ. އިބަރަސްކަލާނގެ ފިޔަވާ އެހެން އެއްޗެއް ނެތެވެ".

رَسُوْلُ اللهِ ﷺ ހޭފުޅު ލައްވާ އިރު އަންނަނިވި ފަދައިން އެކަލޭގެފާނު ދުޢާކުރައްވައެވެ. "އިބަރަސްކަލާނގެ ފިޔަވާ އެހެން އިލާހަކު ނެތެވެ! އަޅާ އިބަރަސްކަލާނގެ އިސްމުފުޅު ނަންގަނެ އިބަރަސްކަލާނގެ މަތިވެރިކުރަނީ، އިބަރަސްކަލާނގެ އަކީ އެއްވެސް އުނިކަމެއް ނުވާ ފަރާތް ކަމަށް ބުނަމުންނެވެ. އަޅާގެ ﷲ އެވެ! އަޅާގެ ފާފަތައް ފުއްސަވައި، އިބަރަސްކަލާނގެ ރަޙްމަތަށް ދެއްވުމަށް އިބަރަސްކަލާނގެ ޙަޟްރަތުން އެދި ދަންނަވަމެވެ. ޙަމްދު ހުރީ، މަރަށް ފަހު އަޅަމެން ދިރުއްވި މާތް ﷲ އަށެވެ. ޤިޔާމަތް ދުވަހު، އަޅަމެން އެނބުރި ރުޖޫޢަވާނީ އެކަލާނެގ ޙަޟްރަތަށެވެ".18 ދެން އޭގެ ފަހުން އަންނަނިވި ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އަޅާގެ ޢިލްމު އިތުރުކޮށްދެއްވާދޭވެ! އަޅާ އަށް ތެދުމަގު ދެއްކެވުމަށް ފަހު އަޅާގެ ހިތް ގެއްލެނިނުކުރައްވާދޭވެ! އަޅާގެ މައްޗަށް އިބަރަސްކަލާނގެ ޙަޟްރަތުން ރަޙްމަތް ދެއްވާދޭވެ! އެހެނީ، އިބަރަސްކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެ އެވެ"!

البراء بن عازب (‏رضي الله عنه)‏ ރިވާކުރައްވާފައިވެއެވެ.: رَسُوْلُ اللهِ ﷺ އަހަރެން ގާތު حديث ކުރެއްވި އެވެ. "ތިބާ ނިދާ ތަނަކަށް ދާ އިރު، ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރާށެވެ. ދެން ތިބާގެ ކަނާތް ފަރާތަށް އޮށޯވެ އޮވެ އަންނަނިވި ފަދައިން ކިޔާށެވެ. އަޅާގެ ﷲ އެވެ! އަޅާގެ ނަފްސު އިބަރަސްކަލާނގެ އާ ޙަވާލުކޮށްފީމެވެ. އަޅާގެ މޫނު އިބަރަސްކަލާނގެ އާ ދިމާއަށް އަނބުރާލައިފީމެވެ. އަޅާގެ މަސައްކަތް އިބަ ރަސްކަލާނގެ އަށް ތަޢައްހަދުކުރަމެވެ. އަޅާގެ ބުރަކަށި ލެނގިލަނީ އިބަރސްކަލާނގެ އަށެވެ (‏އަޅާ އިޢުތިމާދުވަނީ އިބަރަސްކަލާނގެ އަށެވެ)‏. އިބަރަސްކަލާނގެ ޢަޒާބަށް އަޅާ ބިރުވެތިވެ އަދި އިބަރަސްކަލާނގެ ރަޙްމަތަށް އުއްމީދުކުރަމެވެ. އިބަރަސްކަލާނގެ ފިޔަވާ އެހެން ހިޔާވައްސެއް ނެތެވެ. ރައްކާތެރިކަން ލިބިގަންނަން އޮތީ ހަމައެކަނި އިބަރަސްކަލާނގެ ޢަޒާބެވެ. މީހަކަށް ހިޔާވައްސެއް ވަނީ ހަމައެކަނި އިބަރސްކަލާނގެ ރަޙްމަތުންނެވެ. އަދި ރައްކާތެރިކަން ލިބުން އޮތީ ވެސް ހަމައެކަނި އިބަރަސްކަލާނގެ ރަޙްމަތުންނެވެ. އިބަރަސްކަލާނގެ ފޮނުއްވި ރަސޫލާގެ މައްޗަށް ބާވައިލެއްވި ފޮތަށް އަޅުގަނޑު އީމާންވަމެވެ'. ތިބާ އެ ރޭ މަރުވެއްޖެ ނަމަ، ތިބާ މަރުވާނީ އިސްލާމް ދީނުގައި ވާ ގޮތަށެވެ. މި ދުޢާ ކިޔާފައި އެ ރޭ މަރުވާ މީހާ ކޮންމެ މީހަކު އެ މަރުވަނީ އިސްލާމް ދީނުގައި ވާ ގޮތަށެވެ".

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "އަހަރެމެންގެ ތެރެއިން މީހަކު ރޭގަނޑު އޭނާގެ އެނދުން ތެދުވެގެން ގޮސް އެނބުރި އެނދަށް ދާ އިރު، އޭނާގެ އެނދުން ތިން ފަހަރު ހިރަފުސް ފޮޅާލަންވާނެ އެވެ. އެހެނީ، އޭނާ އެނދުން ތެދުވެގެން ދިއުމަށް ފަހު ވީ ގޮތަކާއި، އެނދު ގައި ހަރުލީ އެއްޗެއް އޭނާ އަކަށް ނޭނގޭނެތީ އެވެ".

ޞަޙާބިންގެ ތެރޭގައި ހިމެނޭ عبدالله بن طهفة(‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ.: އަހަރެން، ފަތިސް ނަމާދުގެ ކުރިން މިސްކިތުގައި ބަންޑުން އޮވެ ނިދަން އޮތްވާ، ކޮންމެވެސް މީހަކު އޭނާގެ ފައިން އަހަރެންގެ ގައިގައި ކޮއްޓާލައިފި އެވެ.

"މީ ކާކު ހެއްޔެވެ"؟ އެ ބޭފުޅަކު އެއްސެވި އެވެ.

"އަޅުގަނޑަކީ عبدالله بن طهفة އެވެ". އަހަރެން ދެންނެވީމެވެ. ދެން އަހަންނަށް ރޭކާލީ ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ކަމެވެ. ލިބުނު ޙައިރާންކަމުން އަރައިގަނެ ވަގުތުން ހަމަޔަކަށް އެޅިލައިފީމެވެ.

"ތިގޮތަށް އޮށޯވެ އޮތުމަކީ މާތް ﷲ އެންމެ ނުރުއްސަވާ ގޮތެވެ"! އެ ބޭފުޅަކު ވިދާޅުވި އެވެ.19
رَسُوْلُ اللهِ ﷺ ވުޟޫ ނުކުރައްވާ ބިންމަތީ ގައި ފައިންޕުޅު ނާޅުއްވާނެ އެވެ.
رَسُوْلُ اللهِ ﷺ ފާޚާނާކުރެއްވުމަށް ވަޑައިގަތުމަށް ފަހު ވުޟޫ ނުކުރައްވާ ނުކުންނަވާ ތަނެއް އަހަންނަށް ފެނިފައެއް ނުވެއެވެ.

رَسُوْلُ اللهِ ﷺ ގެ ހިންގެވުން

هند بنت أبي هالة (‏رضي الله عنها)‏ އަންނަނިވި ފަދައިން ރިވާކުރައްވާފައި ވެއެވެ.: ހިންގަވާ އިރު، رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ފައިންޕުޅު ބިންމަތިން ހިއްލާލައްވަނީ ބުންވަރާ އެކުގައެވެ. ހިންގަވާ އިރު، އެކަލޭގެފާނު ދެ ފަރާތަށް އަރިވަމުން ވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު ހިންގެވީ ފަސޭހަކަމާއި އަބުރުވެރިކަމާ އެކުގައެވެ؛ އެކަލޭގެފާނު ފިޔަވަޅު އަޅުއްވަނީ ފުޅާކޮށް، އަދި އުސްތަނަކުން ތިރިއަށް ފައިބާވަޑައިގަންނަވާ އިރު ފަދައިން ކުޑަކޮށް ކުރިޔަށް ގުދުވެލައްވާފައެވެ.

رَسُوْلُ اللهِ ﷺ ބައްލަވަން ބޭނުންފުޅުވާ ފަރާތަށް ބެއްލެވުމަށް ޓަކައި، އެކަލޭގެފާނުގެ މުޅި ހަށިކޮޅު އެއްކޮށް އަނބުރާލައްވައެވެ.
رَسُوْلُ اللهِ ﷺ ގެ ވަށައިގެން ބޭނުންފުޅެއް ނެތި ވަށައިގެން ނުބައްލަވައެވެ.
رَسُوْلُ اللهِ ﷺ މައްޗަށް އުޑަށް ބައްލަވާ ވަރަށް ވުރެ ގިނަ އިރު ވަންދެން ބިންމައްޗަށް ބައްލަވައެވެ.
رَسُوْلُ اللهِ ﷺ ބިމަށް ބައްލަވާ ބެއްލެވުން ވާނީ ހަމައެކަނި އެއްލަވާ ކަޅިއަކަށެވެ.
رَسُوْلُ اللهِ ﷺ ގެ ޞަޙާބީންގެ ފަހަތުން އެކަލޭގެފާނު ހިންގަވާ އުޅުއްވި އެވެ.
رَسُوْلُ اللهِ ﷺ އާ މީހަކާ ދިމާވުމުން ސަލާންކުރައްވާ ފުރަތަމަ ބޭކަލަކަށް ވާނީ އެކަލޭގެފާނެވެ.

أبُو هُرَيرَة (‏رضي الله عنه)‏ އަންނަނިވި ފަދައިން ރިވާކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ އަށް ވުރެ ބާރަށް ހިންގާ މީހަކާ އަހަންނަކާ ދިމަލެއް ނުވި އެވެ. އެކަލޭގެފާނުހިންގަވާ އިރު، ހީވަނީ ބިންގަނޑު އެކަލޭގެފާނުގެ ފައިންޕުޅު ދަށުން ދެމިގެންދާ ހެންނެވެ! އެކަލޭގެފާނާ އަރާ ހަމަކުރުމަށް ޓަކައި، އަހަރެމެން ވަރަށް މަސައްކަތްކުރަން ޖެހެއެވެ. ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ހިންގަވާ އިރު އެއްވެސް ވަރުބަލިވުމެއް ނުހުރެއެވެ.20

رَسُوْلُ اللهِ ﷺ ގެ އިށީންނެވުން

رَسُوْلُ اللهِ ﷺ، ގިނަ ފަހަރު އިށީންނަވަނީ އެކަލޭގެފާނުގެ ކަކުލުގެ މައްޗަށެވެ. ހަމަ އެހެންމެ، ދެ ކަކޫ ހިއްލަވައިގެން ދެ އަތްޕުޅުން ދެ ކަކުލުގައި އޮޅާލައްވައިގެން އިންނަވާތަން ވަނީ ފެނިފައެވެ.21 އެކަލޭގެފާނުގެ އަރިހުގައި ތިބޭ މީހުންނާ ދިމާލަށް ވާ ގޮތަށް އެކަލޭގެފާނުގެ ފައިންޕުޅު ދަންމައެއް ނުލައްވައެވެ. ޢާއްމުކޮށް އެކަލޭގެފާނު އިށީންނަވަނީ ޤިބްލަޔަށް ކުރިމަތިލައްވައިގެންނެވެ.

ގިނަ ފަހަރު އެކަލޭގެފާނުގެ ބުރަކަށީގައި އޮންނަ ކޯޓުކޮޅު އެކަލޭގެފާނުގެ މެހްމާނުންނަށް ޓަކައި ބިން މަތީގައި ބާއްވަވާފައި އޭގެ މަތީގައި އެ މީހުން އިށީނުމަށް ދަޢުވަތުދެއްވައެވެ. ބައެއް ފަހަރު، އެ މީހުންނަށް އެކަލޭގެފާނުގެ އަމިއްލަފުޅު ބާލީސް ދެއްވައެވެ.

حنظلة بن حزيم ވިދާޅުވެފައިވެއެވެ. "އަހަރެން رَسُوْلُ اللهِ ﷺ ގެ އަރިހަށް ދިޔަ އިރު އަހަންނަށް ފެނުނީ އެކަލޭގެފާނު ފައިންޕުޅު ހުރަސްކޮށްލައްވައިގެން އިންނަވަނިކޮށެވެ".

جابر بن سمرة ވިދާޅުވެފައިވާ ގޮތުގައި، رَسُوْلُ اللهِ ﷺ ފަތިސް ނަމާދު ކުރެއްވުމަށް ފަހު، އިރު އަރަންދެން ނަމާދުކުރެއްވި ތަނުގައި ފައި ހުރަސްކޮށްލައްވައިގެން ހުންނަވައެވެ.

شارد بن سُوَيدُ ވިދާޅުވެފައި ވެއެވެ. "އަހަރެންގެ رَسُوْلُ اللهِ ﷺ ގެއަށް ޒިޔާރަތްކުރެއްވި އެވެ. އެ ވަގުތު، އަހަރެން އިށީނދެގެން އިނީ އަހަރެންގެ ވާތް ފަހަތަށް ލައިގެން އަހަރެންގެ އަތުގެ އަތްތިލަ މައްޗަށް ބުރަވެގެންނެވެ. حديث ކުރެއްވި އެވެ. 'ތިބާ އިށީނދެގެން ތި އިންނަނީ ގެ ކޯފާ ލިބުނު މީހުން (‏ޔަހޫދީން)‏ ގޮތަށް ހެއްޔެވެ'"؟

أبُو جُحَيفة ރިވާކުރައްވާފައި ވެއެވެ.: حديث ކުރެއްވި އެވެ. "އެއްޗެއްގެ މައްޗަށް ލެނގިލައިގެން ހުންނަ އިރު ތިމަންކަލޭގެފާނު ފަރީއްނުކުޅުއްވަމެވެ".22

ކަކޫ މަތީ ގައި ނުވަތަ ހިއްލަވައިގެން ފައިންޕުޅު ހުރަސްކުރައްވައިގެން އެކަލޭގެފާނު އިށީންނަވައޭ،
އެކަލޭގެފާނަކީ ފާޅުގަޔާއި ސިއްރުގައި ފުރިހަމަ އަދަބެއްގެ ވެރިއެކޭ، ދީލަތިކަމުގެ މަޞްދަރޭ.
އެކަލޭގެފާނު ތިން އިނގިލިފުޅުން ފަރިއްކުޅުއްވައި، މީރުކަމާއެކު އެނގިލިފުޅުތައް ލޮންނަވައޭ،
އެކަލޭގެފާނު ފެން ހިއްޕަވަނީ ތިން ނޭވާ އިންނޭ، ދީލަތިކަމުގެ މަޞްދަރޭ.
އެކަލޭގެފާނު މާމުޔާއި، ޙަލާވާ އާއި، ބަޓާނާ އާއި، ރާހުތާއި، ޘަރީދު ކެއުން ލޯބިކުރެއްވިއޭ، އެކަމަކު،
އެކަލޭގެފާނު ބަނޑުފުޅު ބޮޑުވުމަށް ދާންދެން ބާލީ ޕާން ފަރިއްނުކުޅުއްވައޭ، ދީލަތިކަމުގެ މަޞްދަރޭ.
ބައެއް ފަހަރު ބަނޑުހައިފުޅުވުމުން އެކަލޭގެފާނުގެ ބަނޑުފުޅުގައި ހިލަގަނޑެއް ބަންނަވައޭ،
އެކަލޭގެފާނު حديث ކުރައްވައޭ އޭރުން ތިމަންކަލޭގެފާނުގެ ހިތްޕުޅު ނުތަޅުވާނީ އޭރުންނޭ، ދީލަތިކަމުގެ މަޞްދަރޭ.
އެތަކެއް މަސް ވަންދެން އެކަލޭގެފާނުގެ ބަރަކާތްތެރި ގެކޮޅުގައި އަލިފާން ރޯނުކުރެއޭ،
އެކަލޭގެފާނު ހިތްޕުޅުގެ ރުހުމާއެކު ފަރިއްކުޅުއްވީ އަންނާރޭ، ދީލަތިކަމުގެ މަޞްދަރޭ.

رَسُوْلُ اللهِ ﷺ ގެ ފަރިއްކުޅުއްވުމާއި، ދިޔާތަކެތި ހިއްޕެވުން

"ތިޔަބައި މީހުންގެ ތެރެއިން މީހަކު ކާ އިރު، އެ މީހަކު ކާންވާނީ ކަނާތުންނެވެ. އޭނާ އެއްޗެއް ބޯ އިރު ބޯންވާނީ އޭނާގެ ކަނާތުންނެވެ. އެހެނީ، ޝައިޠާނާ ކަނީ އޭނާގެ ވާތުންނެވެ. އަދި ޝައިޠާނާ ބޮނީ އޭނާގެ ވާތުންނެވެ".
حديث شريف

رَسُوْلُ اللهِ ﷺ، حديث ކުރެއްވި އެވެ.:
"ކާނާގެ ބަރަކާތް ހުރީ ކެއުމުގެ ކުރިން ވުޟޫކުރުމާއި، ކެއުމަށް ފަހު އަތް ދޮވުމުންނެވެ".23

"މަހާއި، ތެލުގެ ވަހާއި، ހަޑިކަން އޭނާގެ އަތުން ދޮވުމެއް ނެތި ނިދާ މީހާ އަށް ކަމެއް ވެއްޖެ ނަމަ، އޭނާގެ އަމިއްލަ ނަފްސު ފިޔަވައި އެހެން މީހަކު ކުށްވެރިކޮށްގެން ނުވާނެ އެވެ"!

"ކާނާގެ ބަރަކާތް ވަނީ، މެދުތެރޭގައެވެ! ތިޔަބައި މީހުންގެ ތެރެއިން މީހަކު ކެއުމަށް އިންޞާފުކުރާ ކަމުގައި ވާ ނަމަ، ތަށީގެ މެދުން ނުކާށެވެ. އެކަމަކު، ތަށީގެ ކައިރިން ކާށެވެ. އެހެނީ، ބަރަކާތް ފައިބާނީ ކާނާގެ މެދަށެވެ"!

أُمُّ المُؤمِنين عائشة (‏رضي الله عنه)‏ ބަޔާންކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާން ފަށާ އިރު، بسم الله الرّحمن الرّحيم ކިޔައި، މާތް ﷲ ގެ އިސްމުފުޅު ކިޔާށެވެ. ކެއުމުގެ ކުރިން އޭނާ އަށް މިހެން ކިޔަން ހަނދާންނެތިއްޖެ ނަމަ، ''بسم الله الرّحمن الرّحيم في أوله و آخره" މިހެން ކިޔާށެވެ".24

أُمَيّة بن مخشي ވިދާޅުވެފައި ވެއެވެ.: ބިސްމި ނުކިޔާ މީހަކު ކަމުންދިޔަ އެވެ. އޭނާ ބިސްމި ނުކިޔާކަން رَسُوْلُ اللهِ ﷺ އަށް އެނގިވަޑައިގެން حديث ކުރެއްވި އެވެ. "މި ކެއުން ފެށުމާއި ނިމުމުގައި بسم الله الرّحمن الرّحيم ކިޔާށެވެ"! އެ މީހާ ބުންޏެވެ. "بسم الله الرّحمن الرّحيم". رَسُوْلُ اللهِ ﷺ ހިނިވަރުނަކުރައްވާފައި حديث ކުރެއްވި އެވެ. "ޝައިޠާނާ ދިޔައީ ތިބާއާ އެކު ކަމުންނެވެ. ތިބާ މާތް ﷲ ގެ އިސްމުފުޅު ކިޔުމުން ޝައިޠާނާ އޭނާގެ ބަނޑުތެރޭގައި ހުރި ހުރިހާ އެއްޗެއް ހޮޑަށް ލައިފި އެވެ".

عبدالله بن عمر ރިވާކުރައްވާފައިވާ ގޮތުގައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިޔަބައި މީހުންގެ ތެރެއިން މީހަކު ކާ އިރު، އެ މީހަކު ކާންވާނީ ކަނާތުންނެވެ. އޭނާ އެއްޗެއް ބޯ އިރު ބޯންވާނީ އޭނާގެ ކަނާތުންނެވެ. އެހެނީ، ޝައިޠާނާ ކަނީ އޭނާގެ ވާތުންނެވެ. އަދި ޝައިޠާނާ ބޮނީ އޭނާގެ ވާތުންނެވެ".25

سلمة بن أكوع އޭނާގެ ބައްޕަގެ ފަރާތުން ރިވާކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ އަށް އަޝްޖަޢު ވަންހައިގެ بُسرُ بن راعي العير މިހެން ނަމަކަށް ކިޔޭ މީހަކު އޭނާގެ ވާތުން ކަމުން ދަނިކޮށް ފެނިވަޑައިގެން އޭނާ އާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "ތިބާގެ ކަނާތުން ކާށެވެ"! އެ މީހާ ދޮގުހަދަމުން ބުންޏެވެ. "އަޅުގަނޑަށް އެގޮތަށް ނެހެދޭނެ އެވެ. އަޅުގަނޑުގެ ކަނާތުން އަޅުގަނޑަށް ނުކެވެއެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާ އަށް އެއްގޮތަކަށް ވެސް ކަނާތުން ނުކެވޭނެ ގޮތް ހައްދަވާދެއްވާދޭވެ! މީހަކަށް ކަނާތުން ނުކެވޭނީ އެމީހެއްގެ ހަރުކަށިކަމާއި، ބޮޑާކަމުންނެވެ"! އެ ވަގުތުން ފެށިގެން އެ މީހާ އަށް އޭނާގެ ކަނާތް އޭނާގެ އަނގަޔާ ހަމަޔަށް ނުގެންދެވެއެވެ!26

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "عزيز ވަންތަ އަދި جليل ވަންތަ މާތް ﷲ ވަނީ ހަމަ ޔަޤީނުން ވެސް، ކާއެއްޗއް ކެއުމަށް ފަހު އަދި ބޯ އެއްޗެއް ބުއިމަށް ފަހު އެކަލާނގެ އަށް ޙަމްދުކުރާ އެކަލާނގެ އަޅާއާ މެދު ހިތްހަމަޖެހިފައެވެ".

رَسُوْلُ اللهِ ﷺ ފަރިއްކުޅުއްވަނީ ބިންމަތީ ގައި އިށީންނަވައިގެން އިންނަވައެވެ. އެކަލޭގެފާނު حديثކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނު އިށީންނަވަނީ މާތް ﷲ ގެ އަޅެއްގެ ގޮތުގައެވެ. ތިމަންކަލޭގެފާނަކީ ހަމައެކަނި އަޅެކެވެ! ތިމަންކަލޭގެފާނުގެ ސުންނަތާ ދުރުވެއްޖެ މީހަކީ ތިމަންކަލޭގެ އުއްމަތުގެ ތެރެއިންވާ މީހެއް ނޫނެވެ"!27

عمر بن أبو سلامة ވިދާޅުވެފައި ވެއެވެ. "އަހަންނަކީ، رَسُوْلُ اللهِ ﷺ ގެ ބެއްލެވުމުގެ ދަށުގައި ހުރި ކުޑަކުއްޖަކީމެވެ. ކާއިރު އަހަރެން އަތްތިލަ އޮންނާނީ މުޅި ތަށީގައެވެ. رَسُوْلُ اللهِ ﷺ އަހަންނާ މުޚާޠަބުކުރައްވާ حديث ކުރެއްވިއެވެ. 'އޭ ދަރިކަލުންނޭވެ! بسم الله ކިޔާށެވެ. ތިބާގެ ކަނާތުން ކާށެވެ! ތިބާގެ ކުރިމަތިން ކާށެވެ'!28 އޭގެ ފަހުން އަބަދު ވެސް ކެއީ އެކަލޭގެފާނު حديث ކުރެއްވި ގޮތަށެވެ".

رَسُوْلُ اللهِ ﷺ އެއްވެސް ކެއުމެއް އިހާނެތިކުރައްވައި، ދެރަކުރައްވާފައެއް ނުވެއެވެ. އެކަލޭގެފާނަށް ވަކި ކެއުމެއް ކަމުގޮސްގެން އެ ކެއުމަކަށް ތާއުރީފުކުރައްވައި، އަދި ވަކި ކެއުމެއް ކަމުނުދިޔައިމަ ދަށްކުރައްވާފައެ ވެސް ނުވެއެވެ. އެކަލޭގެފާނަށް ކެއުމެއް ކަމުގޮސްފި ނަމަ، އެކަލޭގެފާނު އެ ކެއުމަކަށް އިންޞާފުކުރައްވައެވެ؛ އަދި އެ ކެއުމެއް އެކަލޭގެފާނަށް ކަމުނުގޮސްފި ނަމަ، އެކަލޭގެފާނު އެ ކެއުމެއް ފަރީނުކުޅުއްވާ އެއްޗެކޭ حديث ނުކުރައްވާ ހުންނަވައެވެ. އެންމެ ކުޑަ ނިޢުމަތަށް ވެސް އެކަލޭގެފާނު އިޙްތިރާމްކުރައްވައި، އެއްވެސް ނިޢުމަތެއް ދަށްކުރައްވާފައެއް ނުވެއެވެ.

މިވެނި އެއްޗެއް ހަދާށޭ رَسُوْلُ اللهِ ﷺ حديث ނުކުރައްވައެވެ. ލިބެން ހުރި އެއްޗެއް އެކަލޭގެފާނި ފަރީއްކުޅުއްވައެވެ.

أُمَُ المُؤمنين عائشة (‏رضي الله عنها)‏ ރިވާކުރައްވާފައި ވެއެވެ. رَسُوْلُ اللهِ ﷺ ވަޑައިގެންއައްސަވައެވެ. "ކަމަނާ އަތުގައި އެއްވެސް ކާއެއްޗެއް އެބަހުރި ހެއްޔެވެ'؟ އަދި އަހަރެން ދަންނަވަމެވެ. 'ނޫނެކެވެ'! އެއަށް ފަހު އެކަލޭގެފާނު حديث ކުރައްވައެވެ. 'އެހެންވެއްޖިއްޔާ ތިމަންކަލޭގެފާނު ރޯދަ ހިއްޕަވާނީ އެވެ'!29

أُمَُ المُؤمنين عائشة (‏رضي الله عنها)‏ ރިވާކުރައްވާފައި ވެއެވެ. "رَسُوْلُ اللهِ ﷺ މަދީނާ އަށް ވަޑައިގަތް ވަގުތުން ފެށިގެން އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ދާންދެން، އެކަލޭގެފާނުގެ ގެކޮޅުގައި ޖެހިޖެހިގެން ތިން ދުވަސް ވަންދެން ގޮދަންފުށުގެ ޕާން ފަރީއްނުކުޅުއްވައެވެ.30 ގިނަ ފަހަރު، އެ ބޭފުޅުން ފަރިއްކުޅުއްވި ކެއުމުގައި ހިމެނެނީ، ބާލީ ޕާނާއި، ކަދުރެވެ. އެކަމަކު ގިނަ ޢަދަދަކަށް ނޫނެވެ. އެއް ދުވަހެއް ގައި ދެ ވައްތަރެއްގެ ކެއުން رَسُوْلُ اللهِ ﷺ ގެ ބަނޑުފުޅުގައި ނުހުރެއެވެ؛ އެކަލޭގެފާނު ކަދުރު ފަރިއްކުޅުއްވާ ބަނޑުފުރާނަ މުއްތިކުރެއްވުމަށް ފަހު، ޕާން ފަރީއްނުކުޅުއްވައެވެ. އަދި އެކަލޭގެފާނު ޕާން ފަރިއްކުޅުއްވާ ބަނޑުފުރާނަ މުއްތިކުރެއްވުމަށް ފަހު، ކަދުރު ފަރީއްނުކުޅުއްވައެވެ. އަހަންނަށް ރޮވެނީ މިހެން ވެގެންނެވެ".31

رَسُوْلُ اللهِ ﷺ ގަޔާވެވަޑައިގަތީ، ޙަލާވާއާއި، މާމުޔާއި، ޘާރިދު ޕާނާއި، ކަދުރު ޘާރިދާއި، ތަރުކާރީ ގެ ކެއުންތަކަށެވެ. ކިރު ގެނެސް އަށް އެރުވުމުން އެކަލޭގެފާނު حديث ކުރައްވައެވެ. "ކިރު ގައި ދެ ބަރަކާތެއް ވެއެވެ".32

عبدالله بن عبّاس (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. "خالد بن وليد އާއި އަހަރެން رَسُوْلُ اللهِ ﷺ ގެ އަރިހުގައި އަހަރެންގެ މައިފުށުގެ ބޮޑުދައިތާ ميمونة بنت حارث ގެ އަރިހަށް ދިޔައިމެވެ. އަހަރެންގެ ބޮޑުދައިތާ ސުވާލުކުރި އެވެ. 'އަޅުގަނޑު ތިޔަބޭފުޅުންނަށް ކިރު އަރުވަން ތޯ އެވެ'؟

ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'އެންމެ ރަނގަޅެވެ'.

އަހަރެންގެ ބޮޑު ދައިތާ ގޮސްފައި ތަށްޓަކަށް ކިރު އަޅައިގެން އަތުވެއްޖެ އެވެ. ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ އެ ކިރު ހިއްޕަވައިފި އެވެ. އަހަރެން ހުރީ رَسُوْلُ اللهِ ﷺ ގެ ކަނާތް ފަރާތުގައެވެ. خالد بن وليد ހުންނެވީ ވާތް ފަރާތެވެ. رَسُوْلُ اللهِ ﷺ ތަށީގައި ބާކީ ހުރި ކިރު އަޅުގަނޑަށް ދެއްވި އެވެ.

ބޯށެވެ. 'ތިބާ ބޭނުން ނަމަ ޚާލިދަށް ދޭށެވެ'!

އަހަރެން ދެންނެވީމެވެ. 'ކަލޭގެފާނު ބާކީ ދޫކޮށްލައްވާ ކިރު ބުއިމަށް ބަލާ އިރު، އަޅުގަނޑު އިސްކުރާނީ އަޅުގަނޑުގެ ނަފްސެވެ'! އެއާއެކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ.:

'އެ މީހަކަށް الله تعالى ކާންދެއްވާ މީހާ ބުނާހުށިކަމެވެ. اللهم بارك لنا فيه وأتمنّى خيرا منه (‏އަޅާގެ ﷲ އެވެ. މި ކެއުމުގައި އަޅަމެންނަށް ތިޔާގިކަން ލައްވާދޭވެ! އަޅަމެން މިއަށް ވުރެ ވެސް ތަނަވަސް ކާނާ އަޅަމެންނަށް ކެވޭނެ ގޮތް ހައްދަވާދެއްވާދޭވެ)‏!

"އެ މީހެއްގެ އަވަށްޓެރިޔާ ހައިހޫނުކަން މަތީ ހުއްޓާ ބަނޑުފުރާ ކާ މީހަކީ މުއުމިނެއް ނޫނެވެ".
حديث شريف

ކިރު ބުއިމުގެ މާތް ﷲ ނަޞީބު ދެއްވާފައިވާ މީހާ اللهم بارك لنا فيه و زدنا منه (‏އަޅާގެ ﷲ އެވެ. މި ކިރުގައި އަޅަމެންނަށް ތިޔާގިކަން ލައްވައި، އެއިން އިބަރަސްކަލާނގެ ދެއްވާ މިންވަރެއް އިތުރުކުރައްވާދޭވެ!)‏ މިހެން ބުނާހުށިކަމެވެ. އެހެނީ، ކިރު ފިޔަވާ ކާނާ އާއި ބުއިމުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނެތެވެ'".33

މަދީނާގެ މުސްލިމުންނަށް ކަދުރުގެ ފުރަތަމަ ގޮވާން ފެނުމުން، އެ މީހުން އެ ކަދުރުތައް ގެނެސްދެނީ، رَسُوْلُ اللهِ ﷺ ގެ އަރިހަށެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަތްޕުޅުން އެ ތަކެތި ނަންގަވައި، ތިޔާގިކަން ދެއްވުމަށް ދުޢާކުރެއްވުމަށް ފަހު، އެކަލޭގެފާނަށް ފެނިވަޑައިގަތް އެންމެ ޅަ ކުޑަކުއްޖާ އަށް ގޮވާލައްވާފައި ގެންނަވައި، އެ ކަދުރުތައް އެ ކުދިންނަށް ދެއްވައެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ގެއެއް ގައި ކަދުރު ނެތް ކަމުގައި ވާ ނަމަ، އެ ގެއެއްގެ މީހުން ބަނޑުހައިވާނެ އެވެ".

ތަށީގެ ފުލުގައި ބާކީ ހުންނަ ކާނާ ފަރީއްކުޅުއްވުމަކީ رَسُوْلُ اللهِ ﷺ ވަރަށް ގަޔާވެވަޑައިގެންނެވި ކަމެކެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "މީހަކު އޭނާގެ ތަށީގައިވާ ހުރިހާ ކާ އެއްޗެއް ކައި ހުސްކޮށްފި ނަމަ، އެ ކާނާ އޭނާގެ ބަދަލުގައި ފާފަފުއްސެވުމަށް އެދޭނެ އެވެ"!

رَسُوْلُ اللهِ ﷺ حديث ކުރެއްވި ކަމަށް އަދިވެސް ވާރިދުވެގެން ވެއެވެ. "އޭ އެވެ! ތިބާ އެއްގަމު މަސް ކައްކާ އިރު، އެއިން ގިނައިން ރިހަ ކެއްކުމަށް ފަހު ތިބާގެ އަވަށްޓެރިންނާ ދޭތެރޭ ވިސްނައި، އެ މީހުންނާ އެކު އެ ރިހަގަނޑު ޙިއްޞާކުރާށެވެ".34

"އެ މީހެއްގެ އަވަށްޓެރިޔާ ހައިހޫނުކަން މަތީ ހުއްޓާ ބަނޑުފުރާ ކާ މީހަކީ މުއުމިނެއް ނޫނެވެ"!
"މާތް ﷲ އަށް އަޅުކަންކުރާށެވެ! މީހުންނަށް ކާންދޭށެވެ! އިސްލާމް ދީން ފަތުރާށެވެ. އޭރުން ތިބާ ސުވަރުގެ ވަންނާނެއެވެ".35

"އެކަކުގެ ކާނާ ދެ މީހުންނަށް ފުދިގެން ވެއެވެ. ތިން މީހުންގެ ކާނާ ހަތަރު މީހުންނަށް ފުދިގެން ވެއެވެ. ހަތަރު މީހުންގެ ކެއުން އަށް މީހުންނަށް ފުދިގެން ވެއެވެ".36

أسماء بنت أبي بكر (‏صلّى الله عليه وسلّم)‏ ރިވާކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ އިރުޝާދު ދެއްވާފައި އޮންނަނީ ކެއްކުމަށް ފަހު އޭގެ އާވި އަރާ ހުސްވަންދެން މަތިޖަހާފައި ބެއްހެއްޓުމަށެވެ. އަދި حديث ކުރެއްވި އެވެ. "މިއީ އެންމެ ތިޔާގި ކަމެވެ".

މައްކާ ފަތަޙަކުރެވުނު ދުވަސްވަރު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބޭ أبو طالب ގެ ދަރިކަނބަލުން أُمُّ هاني (‏رضي الله عنها)‏ ގެ ގެކޮޅަށް ޒިޔާރަތްކުރެއްވި އެވެ. އެކަލޭގެފާނު ސުވާލުކުރެއްވި އެވެ. "ކަމަނާ އަތުގައި ކާނެ އެއްޗެއް އެބަހުރި ހެއްޔެވެ"؟ أُمُّ هانيޖަވާބު ދެއްވި އެވެ. "ނޫނެކެވެ! ހުރި އެއްޗަކީ ހަމައެކަނި ހިކި ޕާންކޮޅުކޮޅާއި، ރާހުތެވެ! އެކަމަކު އެ ތަކެތި ކަލޭގެފާނަށް އެރުވުމަށް އަޅުގަނޑު ލަދުގަންނެއެވެ"! رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ ތަކެތި ގެންނާށެވެ. އެ ތަކެތި ފެނުގެ ތެރެއަޅާށެވެ. އަދި ލޮނު ވެސް ގެންނާށެވެ"! އޭގެ ތެރެއަށް ރާހުތް އެޅުއްވުމަށް ފަހު، رَسُوْلُ اللهِ ﷺ އެ ކާނާ ފަރީއްކުޅުއްވައި، މާތް ﷲ އަށް ޙަމްދުކުރެއްވި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "އޭ أُمُّ هاني އެވެ. ރާހުތަކީ ކާނާގެ ތެރެއަށް އަޅަން ހާދަ ފައްކާ އެއްޗެކެވެ! ރާހުތް ހުރި ގެއެއްގައި ކާނާގެ ތެރެއަށް އަޅާނެ އެއްޗެއް ނެތިގެން އުޅޭކަށް ނުޖެހޭނެ އެވެ"!37

އެކަލޭގެފާނު ފަރިއްކުޅުއްވަނީ ހަމައެކަނި ޕާން ނުވަތަ ޕާނާއެކު ކަދުރު، ރާހުތް، މޭވާ، ސޫޕް، ނުވަތަ ޕާން އެތިއެތިކޮޅު ޒައިތޫނި ތެލަށް ގަންބަވާލައްވައިގެންނެވެ. އެކަލޭގެފާނު ކުކުޅާއި، މުސަޅާއި، ޖަމަލާއި، ޡައްބާއި، ކަނޑުމަހާއި، ހިއްކި މަހާއި، ޗީޒު ފަރީއްކުޅުއްވި އެވެ. ކުރިޔަށް ފައިއަޅަމުންދާ ޖަނާރުތަކުގެ މަސް އެކަލޭގެފާނަށް ވަކިން މީރެވެ. އެކަލޭގެފާނު މަސްގަނޑު ދެ އަތްޕުޅުން ހިފަހައްޓާފައި، ދަތްއެޅުއްވުމަށް ފަހު، ފަރިއްކުޅުއްވި އެވެ. (‏ވަޅިއަކުން މަސްގަނޑު ކެންޑުމަށް ފަހު، ކެއުން ވެސް ހުއްދަވެގެން ވެއެވެ.)‏ ގިނަ ވަގުތުތަކުގައި، އެކަލޭގެފާނު ކިރު ހިއްޕަވާފައި ކަދުރު ފަރީއްކުޅުއްވަނީ އެވެ.

އެކަލޭގެފާނަށް ކަމުދިޔަ ކެއުންތަކުގެ ތެރޭގައި، ބަކަރި މަސް، މަހުގެ ރިހަގަނޑު، ބަތާނާ، ފޮނިކާއެއްޗިހި، މާމުއި، ކަދުރު، ކިރު، ކްރީމް، ކަރާ، މެލަން، މޭބިސްކަދުރު، އަދި ކިއުކަންބާ ހިމެނެއެވެ.38

ފެން ހިއްޕެވި އިރު، އެކަލޭގެފާނު ބިސްމި ކިޔުއްވައި، ތިން ފަހަރު އަނގަޖެއްސެވުމަށް ފަހު ލަސްލަހުން ހިއްޕަވައެވެ. ފެން ހިއްޕެވުމަށް ފަހު، އެކަލޭގެފާނު "الحمد لله" އޭ حديث ކުރައްވައި، ދުޢާކުރެއްވި އެވެ.

بيوت السقية އިން ގެނެވުނު ފޮނި ރަހަދޭ ފެން ހިއްޕަވައެވެ. بيوت السقية ގެ ފޮނި ފެނަކީ، މަދީނާ އާ ދެ ދުވަހުގެ ރާސްތާއެއް ގައި އޮންނަ ތަނެކެވެ.39 رَسُوْلُ اللهِ ﷺ ގެ އަރިހުން "އެންމެ މީރީ ކޮން ބުއިމެއް ތޯ އެވެ؟" މި ސުވާލު ކުރެވެމުން ޖަވާދު ދެއްވުމުގެ ގޮތުން حديث ކުރެއްވި އެވެ. "ފޮނި އަދި ފިނި ފެނެވެ"!40

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިޔަބައި މީހުންގެ ތެރެއިން މީހަކު އެއްޗެއް ބޯ އިރު، ތަށީގެ އެތެރެ އަށް ނޭވާބޭރުނުކުރާށެވެ". ކާނާ އާއި، ބުއިމުގެ ތެރެއަށް ނޭވާ ބޭރުކުރުން އެކަލޭގެފާނު މަނާކުރެއްވި ފަދައިން، އެކަލޭގެފާނު ވަނީ ރަނާއި ރިހީގެ ކަންވާރުތަކުގައި ކެއުން ވެސް މަނާކުރައްވާފަ އެވެ.

رَسُوْلُ اللهِ ﷺ ފެން ހިއްޕަވާ އިރު، ދެ ތިން ނޭވާ އިން ފެން ތަށްޓެއް ހުސްކޮށްލައްވައެވެ. އަދި حديث ކުރެއްވި އެވެ. "މި ގޮތަކީ މާ ފައިދާވެފައި ހިތްހަމަޖެހޭ ކަމެކެވެ"! އަދި "ތިޔަބައި މީހުންގެ ތެރެއިން މީހަކު އެއްޗެއް ބޯ އިރު، އެ ބުއިމެއް އެއް ނޭވާއިން ނުބޯށެވެ". އަދި "އެއް ނޭވާ އިން ހުރިހާ އެއްޗެއް ނުބޯށެވެ! ދޭއް ނުވަތަ ތިން ނޭވާ އިން ބޯށެވެ! އެއްޗެއް ބުއިމުގެ ކުރިން 'بسم الله' ކިޔައި، ތިބާގެ އަނގައިން ތަށި ނެގުމަށް ފަހު 'الحمدُ لله' ކިޔާށެވެ"!41

نوفل بن مُعاوية (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. "رَسُوْلُ اللهِ ﷺ ދިޔާއެއްޗެއް ހިއްޕެވި ނަމަ، ތިން ނޭވާ ލައްވައެވެ. އެކަލޭގެފާނު ފުރަތަމަ މާތް ގެ އިސްމުފުޅު ބަޔާންކުރައްވާ حديث ކުރައްވަނީ 'بسم الله الرّحمن الرّحيم' އެވެ. އަދި ނިންމަވަނީ 'الحمد لله' ކިޔުއްވައިގެންނެވެ".42

أبو أُمامة الباهلي ރިވާކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނުގެ عزيز ވަންތަ އަދި جليل ވަންތަ رَبَُ، މައްކާގެ ވާދީ ރަނަށް ބަދަލުކުރެއްވުމަށް ހުށަހެޅުއްވުމުން އަޅުގަނޑު ދެންނެވީ 'ނޫނެކެވެ، އަޅާގެ رَبُّ އެވެ! އަޅާ އެއް ދުވަހު ބަނޑުފުރާ ކައިފައި ޖެހިގެން އަންނަ ދުވަހު ހައިހޫނުކަން މަތީ ލަހައްޓަވާދޭވެ. އަޅާ ބަނޑުހައިކޮށް ހުންނަ އިރު، އަޅާ އިބަރސްކަލާނގެ އަށް އަޅުކަންކޮށް، އިބަރަސްކަލާނގެ އިސްމުފުޅު ކިޔުން މެދުވެރިކުރައްވާދޭވެ. އަޅާ ބަނޑުފުރާނަ މުއްތިކޮށްގެން ހުންނަ އިރު، އަޅާ އިބަރަސްކަލާނގެ އަށް ޙަމްދާއި، ޝުކުރު ދެންނެވުން މެދުވެރިކުރައްވާދޭވެ'"!43

ކެއުމާއި، ބުއިމުގެ ޢިލްމު އުނގެނުން، އަޅުކަންކުރުމުގެ ޢިލްމު އުނގެނުމަށް ވުރެ އިސްވެގެން ގޮސްފައި ވެއެވެ.

"ރަނގަޅުކަމުގެ ފެށުމަކީ ހައިހޫނުކަމެވެ. ނުބައިކަމުގެ ފެށުމަކީ، ބަނޑުފުރާ ކެއުމެވެ".
حديث شريف

ކެއުމެއްގެ ކުރިންނާއި ފަހުން އަތްޕުޅު ދޮންނެވުމާއި، ކަނާތުން ދިޔާތަކެތި ހިއްޕެވުމަކީ، رَسُوْلُ اللهِ ﷺ ގެ އާދަފުޅެވެ. ކެއުމުގެ ކުރިން ފުރަތަމަ އަތް ދޮންނާނީ ޒުވާނުންނެވެ. އަދި ކެއުމަށް ފަހު ފުރަތަމަ އަތް ދޮންނާނީ ޢުމުރުން ދުވަސްވީ މީހުންނެވެ.44

ތަށީގެ ކައިރިންނާއި، ކުރިމަތިފުޅުން ފަރީއްކުޅުއްވުމާއި، ވާތު ފައިގެ މަތީގައި ބިން މަތީ ގައި އިށީންދެ އިންނަވާ އިރު ކަނާތު ކަކޫ ހިއްލަވައިގެން ހުންނެވުމަކީ، رَسُوْلُ اللهِ ﷺ ގެ ސުންނަތެވެ.

މާ ހޫނުކޮށް ހުންނަ ކެއުން ކައި، އޭގެ ވަސް ބަލައިގެން ނުވާނެ އެވެ.

ކާ އިރު އަނގަ މަޑުންލައިގެން ހުރުމަކީ ކުރުން އެކަށީގެންނުވާ ކަމެއް ކަމަށް رَسُوْلُ اللهِ ﷺ ކަނޑައަޅުއްވާފައިވާ ކަމެކެވެ. އެއީ، އަލިފާނަށް އަޅުކަންކުރާ މީހުންގެ އާދައެކެވެ. އެގޮތުން އެ މީހަކު ވާހަކަދައްކަންވާނީ ރިވެތިކޮށެވެ.

ލޮނުން ކެއުމެއް ފެށުމާއި ނިންމުމަކީ، رَسُوْلُ اللهِ ﷺ ގެ ސުންނަތެކެވެ. އަދި ފަރުވާއެކެވެ.
އިސްލާމް ދީނުގައި އެންމެ ފުރަތަމަ އުފެދުނު އެއް ބިދުޢަ އަކީ، ބަނޑު ފުރެންދެން ކެއުމެވެ.

ކޮންމެ ދުވަހަކު އެއްގަމު މަސް ކެއުމަކީ ހިތް ލޮޑުވާ ކަމެކެވެ. އެގޮތަށް ކައި އުޅޭ މީހުންނާ މެދު މަލާއިކަތުން ނުރުއްސަވައެވެ. މާ މަދުން އެއްގަމު މަސް ކެއުމަކީ، ފޯރިކެނޑޭ ކަމެކެވެ. ބިން މަތީގައި އަޅާފައި އޮންނަ ސުފުރާއެއްގެ މަތީގައި ކެއުމަކީ ރަނގަޅު ކަމެކެވެ. ސުފުރާ ހަދާއުޅުނީ ލެދަރުންނެވެ. ތަރުކާރީ ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ތަރުކާރީ އާ ނުލައި ހުންނަ ސުފުރާއެއް އެއްގޮތްކުރެވިފައިވަނީ ބުއްދިވެރި ނޫން މުސްކުޅިއަކާ އެވެ.

الإمام جعفر الصّادق ވިދާޅުވެފައި ވެއެވެ. "ވަރަށް ބޮޑަށް މުއްސަނދިކަމާއި، ދަރިން ބޭނުން މީހެއް ނަމަ، ވަރަށް ގިނަ ތަރުކާރީ ކާންވާނެ އެވެ"! ފުރަތަމަ ސުފުރާ ކައިރީގައި އިށީނދެފައި ދެން އޭގެ ފަހުން ކެއުންތައް ގެންނާށެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނަކީ الله تعالى ގެ އަޅާ އެވެ. ތިމަންކަލޭގެފާނު ބިންމަތީ ގައި އިށީނދެ ފަރިއްކުޅުއްވަނީ އަޅެއްގެ ގޮތުގައެވެ".45

ބަނޑުހައި ނުވަނީސް އެކަކު ވެސް ކައިގެންނުވާނެ އެވެ؛ ބަނޑު ފުރުމުގެ ކުރިން ކެއުން ހުއްޓާލަންވާނެ އެވެ. (‏އެކަކު ވެސް މާ ގިނައިން ކައިގެން ނުވާނެ އެވެ.)‏ އަދި ޙައިރާންކުރުވަނިވި ކަމެއް މެދުވެރިވެގެން ނޫނީ ކާ އިރުމ ހީގެންނުވާނެ އެވެ.

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ރަނގަޅުކަމުގެ ފެށުމަކީ ހައިހޫނުކަމެވެ. ނުބައިކަމުގެ ފެށުމަކީ، ބަނޑުފުރާ ކެއުމެވެ". ބަނޑުހައި ވާ ވަރަކަށް ކާނާގެ މީރުކަން އިތުރުވެއެވެ. ބަނޑުފުރާ ކެއުމަކީ ހަނދާންނެތުން މެދުވެރިވާ ކަމެކެވެ. އެއީ، ރާ ފަދައިން ހިތް އަނދިރިކުރުވައި، ލޭ ފަސާދަކުރުވާ ކަމެކެވެ. ހައިހޫނު ކަމަކީ، ސިކުނޑި ސާފުކޮށް، ހިތް އުޖާލާކޮށްދޭ ކަމެކެވެ.

ފާސިޤުން (‏ފާޅުގައި ފާފަތަކަށް އަރއިގަންނަ މުސްލިމުން)‏ ނާއި، ނުބައިނުލަފާ މީހުންނާ އެކު ކެއުން ނުވަތަ ބުއިން ހުއްދަވެގެނެއް ނުވެއެވެ.

ކައްކާފައި ހުންނަ ތަށިތައް ހުންނަންޖެހޭނީ ހޫނު ކަނޑުވައި މަތިޖަހާފައެވެ.

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިބާގެ ކަނާތުން ކާށެވެ. ތިބާގެ ކަނާތުން ބޯށެވެ". ތިން އިނގިލިން ކެއުމަކީ ސުންނަތެކެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "އޭ علي އެވެ! ތިން އިނގިލިން ކާނާ ކށެވެ. އެހެނީ، ޝައިޠާނާ ކަނީ އޭނާގެ ދެ އިނގިލިންނެވެ". ކަރާ ފަރީއްކުޅުއްވަމުން، އެކަލޭގެފާނުގެ ކަނާތްޕުޅުން ޕާން ނެންގެވުމަށް ފަހު، ކަރާ އެކަލޭގެފާނުގެ ވާތްޕުޅުން ފަރީއްކުޅުއްވި އެވެ. ރޮށި ދަލާނީ ދެ އަތުންނެވެ. އެއް އަތަކުންނެއް ނޫނެވެ.46

ކާނާގެ ސުވާ ކުޑަކޮށް ހުރެފައި، ވަރަށް ރަނގަޅަށް ހަފަންޖެހޭނެ އެވެ. ވަށައިގެން ހޯދާ ނުބަލާށެވެ. އެކަމަކު، ބަލާނީ ކުރިމަތީ ގައިވާ ކާނާގެ ސުވާތަކަށެވެ. ކާ އިރު، މާ ބޮޑަށް އަނގަ ނުހުޅުވާށެވެ. އަތްތިލަ ގައިގައި ނުފޮހޭށެވެ. ކެއްސާ ކިބިހިއަޅާ އިރު، ފަހަތަށް އެނބުރޭށެވެ.

ތިބާ އަށް ދަޢުވަތުނުދެވޭ ސުފުރާއެއްގެ ކައިރީ ގައި ނީށީންނާށެވެ. ސުފުރާ ގައި ކާ އިރު، އެހެން މީހުންނަށް ވުރެ ގިނައިން ނުކާށެވެ. ބަނޑުފުރުމުން، އެއިން ފާފަތަކަށް އަރައިނުގަތުމަށް އެދި ދުޢާކުރާށެވެ. ޤިޔާމަތް ދުވަހު މި ކަމުގެ ޙިސާބުބެއްލެވޭނެ ކަމަށް ވިސްނާށެވެ. އަޅުކަންކުރުމަށް ބާރު ހޯދުމުގެ ނިޔަތުގައި ކާށެވެ. ބަނޑުހައިވެފައި ހުންނަ އިރު ވެސް ލަހުން ކާށެވެ. ކާ މަޖިލީހެއް ގައި ފުރަތަމަ ކާން ފަށާނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީހުން ކައިރީގައި ތިން ފަހަރަށް ވުރެ "ކާށޭ" ބުނެގެން އެ މީހުންނަށް އުނދަގޫނުކުރާށެވެ.

رَسُوْلُ اللهِ ﷺ ފަރީއްކުޅުއްވާފައިވަނީ މަދުންނެވެ. އަދި މާ ގިނައިން ނުކެއުމަށް އެކަލޭގެފާނު ވަނީ ބާރުއަޅުއްވާފައެވެ. "އިންސާނާގެ ހިތަކީ ދަނޑުގައިވާ ގޮވާން ފަދަ އެއްޗެކެވެ. ކާނާ އަކީ ވާރޭ ފަދަ އެއްޗެކެވެ. މާ ގިނަ ފެނުން ގޮވާން ހަލާކުވާ ފަދައިން މާ ގިނަ ކާނާ އިން ހޮތް މަރާލައެވެ. މާގިނައިން ކައި، މާ ގިނައިން ބޮއެހަދާ މީހުން ދެކެ الله تعالى ލޯބިވެވޮޑިނުގަންނަވައެވެ".

رَسُوْلُ اللهِ ﷺ އިރުޝާދު ދެއްވާފައި ވަނީ ބަނޑުގެ ތިންބައިކުޅަ އެއް ބައި ކާނާ އަށް، އަދި ތިންބައިކުޅަ އެއް ބައި ދިޔާތަކެއްޗށް ޚާއްޞަކުރަންޖެހޭނެ ކަމަށެވެ. ތިންބައިކުޅަ އެއް ބައި ނޭވާލާ ވަޔަށް، މާނަ އަކީ ހުސްކޮށް ބެހެއްޓުމަކީ އެންމެ ދަށްވެގެން ވެސް ހުންނަންޖެހޭ މިންވަރެވެ. އެންމެ މަތީ މަތީ ދަރަޖަ އަކީ، މަދުން ކައި، މަދުން ނިދުމެވެ. މާ ގިނައިން ކެއުމަކީ، ބަލިތަކުގެ އަސާސެވެ. އަދި މަދުން ކެއުމަކީ، ބޭސްފަރުވާގެ އަސާސެވެ.

މެހްމާނާ، މެހްމާންދާރީ އަދާކުރާ މީހާގެ ފަރާތުން ލޮނާއި ރޮށި ފިޔަވައި އެހެން އެއްޗަކަށް އިންތިޒާރުކޮށްގެން ނުވާނެ އެވެ. މެހްމާންދާރީ އަދާކުރާ މީހާ، މެހްމާނާ އަށް ކާތަކެތި ދީ، ފެންއަޅައިދޭންވާނެ އެވެ. މެހްމާނާ ގަޔާވާ ކާނާ، މެހްމާންދާރީ އަދާކުރާ މީހާ، މެހްމާނާގެ އަނގަޔަށް ލައިދޭންވާނެ އެވެ. ސާފުތާހިރު ތަނަކަށް ފައިބާ ކާއެތިއެތިކޮޅު މެހްމާނާ އަށް ދެވިދާނެ އެވެ. ހަޑިކަމުގައި ވާ ނަމަ، ބުޅާ ނުވަތަ އެހެން ޖަނަވާރުތައް ކެއުމަށް އެ ކާއެތިއެތިކޮޅު ބިންމައްޗަށް ދޫކޮށްލަންވާނެ އެވެ. މިފަދަ ގެއެއްގެ ބަރަކާތްތެރިކަން އިތުރުވެއެވެ. އަދި ދަރިންގެ ދަރިންނާ ހަމަޔަށް އެ ބަރަކާތްތެރިކަން ފޯރައެވެ. ބިންމައްޗަށް ފައިބާ ކާއެތިއެތިކޮޅު ނުނަގާ ކަމުގައި ވާ ނަމަ، އެތަކެތި ކާނީ ޝައިޠާނާ އެވެ.

ކާތަށީގައި ބާކީ ހުންނަ އެތިއެތިކޮޅު ކާ ހުސްކޮށްލުމަކީ ސުންނަތެކެވެ. ކޮމްޕޯޓް އަދި އައިރާން (‏ޔޮގަޓާއި، ފެނުން ހަދާފައި ހުންނަ ބުއިމެއް)‏ ފަދަ ބުއިމެއް ބޮއެފަ ތަށީގެ ފުލުގައި ބާކީ ހުންނަ އެތިކޮޅުގެ މައްޗަށް ފެންއަޅައިގެން ކުޑަކޮށް ހަލުވާލާފައި ބުއިމަކީ ގަދަވެގެންވާ ސުންނަތެކެވެ. ކާތަށި ނުވަތަ ފެންބޯ ތަށީގައި ބާކީ ހުންނަ ބައި ދޫކޮށްލުމަކީ ޖާއިޒު (‏ހުއްދަ)‏ ކަމެކެވެ. މުސްލިމެއްގެ ކާތަށީގައި ބާކީ ހުންނަ ބައި ފަރީއްކުޅުއްވުމަކީ، رَسُوْلُ اللهِ ﷺ ގަޔާވެވަޑައިގެންނެވި ކަމެކެވެ.

ކެއުމަކަށް ފަހު މިސްވާކާއި، ދަތްކޮށްޓާ އަކުން ދަތް ސާފުކުރުމަކީ رَسُوْلُ اللهِ ﷺ ގެ ސުންނަތެކެވެ. ސާފުޠާހިރުކަމަކީ، އީމާންކަން ވަރުގަދަކޮށްދޭ ކަމެކެވެ. ކެއުމަށް ފަހު، މެހްމާންދާރީ އަދާކުރާ މީހާ އަށް ބަރަކާތާއި، ރަހްމަތާއި، ޢަފޫކުރެއްވުން އެދި ދުޢާކުރުން އޮވެއެވެ. ދެން އެތަނުން ހުއްދަ ދެވެއެވެ. މެހްމާންދާރީ އަދާކުރި މީހާ އަށް ވެސް އޭގެ ބަދަލުގައި ކެއުމަކަށް ދަޢުވަތު ދެވެއެވެ.

ބިރުވެރި އަދި ފަކުރުގަންނަ ކަންތައްތަކާ ބޭހޭގޮތުން ކެއުމުގެ ތެރޭގައި ވާހަކަދައްކައިގެން ނުވާނެ އެވެ. މަރުވުމާއި، ބަލިމަޑުކަމުގެ ވާހަކަ ބަޔާންކޮށްގެންނުވާނެ އެވެ. ކާ މޭޒުމައްޗަށް ގެނެވޭ ކާތަކެއްޗަށް ލޯއަޅައިގެން ނުވާނެ އެވެ. ކުރިން އަނގަށް ލީ ސުވާ ނުދިރުވެނީސް އަނެއް ސުވާ ނަގައިގެން ނުވާނެ އެވެ. ކަމުން ދާ އިރު އެހެން ކަމަކަށް، އެއީ ނަމާދަށް ވިޔަސް، ސުފުރާ ދޫކޮށް ގޮސްގެން ނުވާނެ އެވެ. ނަމާދުކުރަންވާނީ އޭގެ ކުރިންނެވެ.

ތައްޔާރުކޮށްފައިވާ ކާނާ ފިނިވެ ކުނިވާ ކަމުގައި ވާ ނަމަ، ކެއުމަށް ފަހު ނަމާދު ވަގުތު އޮތް ނަމަ، ކާންވާނީ ނަމާދުގެ ކުރިންނެވެ. ކާ ނިމުމުން ސުފުރާ މަތިން ތެދުވާށެވެ. މަގުމަތީގަޔާއި، ކޮޅަށް ހުންނަ އިރުގަޔާއި، ހިނގާ އިރު ނުކާށެވެ.

އެއްގަމު މަހުގެ ނުވަތަ ކާނާގެ ވަސް އަތުގައި ނުވަތަ އަނގައިގާ ހުއްޓާ ނިދަން އޮށޯވެގެން ނުވާނެ އެވެ. ކުޑަކުދިންގެ އަތް ވެސް ދޮންނަންވާނެ އެވެ. ބަނޑުފުރާ ކެއުމަށް ފަހު ނިދައިގެން ނުވާނެ އެވެ. ކާތަކެތި ގަންނަންވާނީ ބޭނުންވާ މިންވަރަށް ވަކި ވަރަކަށެވެ. އަދި މާ ގިނައިން ނުވަތަ ބޭނުންވާ ވަރަށް ވުރެ ގިނައިން ގަތުން ހުއްދަވެގެނެއް ނުވެއެވެ. އެހެން ނޫން ނަމަ، އެ ވާނީ އިސްރާފުކުރުމަށެވެ. ކާނާ އާއި ބުއިންތައް އަޅާ ކަންވާރުތަކުގައި މަތި ހުންނަންވާނެ އެވެ. އެއްވެސް މީހަކު ސީދާ ކޯރަކުން ނުވަތަ ފެން އާރަކުން ފެން ބުއިމަށް ތިރިވެގެންނުވާނެ އެވެ. އަދި ހަމަ އެހެންމެ، ކުރައެއް ނުވަތަ ޖަގެއްގެ ދޯރިން ފެން ބޮއެގެންނުވާނެ އެވެ. ފެންއަޅާ ތަށްޓެއްގެ މުގުރިފައިވާ ހިސާބުން ފެން ނުބޯށެވެ.

ހޫނު މޫސުމުގައި، ބޯންވާނީ ފިނި ބުއިންތަކެވެ. ފިނި ޝަރުބަތު ހިއްޕަވަން رَسُوْلُ اللهِ ﷺ ލޯބިކުރެއްވި އެވެ. ކޮޅަށް ހުރެ ޒަމްޒަމް ފެން ބޮވިދާނެ އެވެ. ބުނެވޭގޮތުގައި، ދަތުރުވެރިޔާ އަށް ކޮންމެ ފެނެއް ވެސް ކޮޅަށް ހުރެ ބޮވިދާނެ އެވެ. އެއްވެސް މީހަކު ހުސް ބަނޑާ ހުރެ ފެން ބޮއެގެން ނުވާނެ އެވެ. ފެން ބޯންވާނީ ލަސްލަހުންނެވެ.

ކަޝްކަކް ފަރިއްކުޅުއްވުމަށް رَسُوْلُ اللهِ ﷺ ލޯބިކުރެއްވި އެވެ. ހަރީސާ ނުވަތަ ކަޝްކަކް ކައްކާނެ ގޮތް جبريل (‏عليه السّلام)‏ رَسُوْلُ اللهِ ﷺ އަށް އުނގަންނައިދެއްވި އެވެ. ހަރީސާ އަކީ އެ ކާ މީހުން ވަރަށް ވަރުގަދަ ކޮށްލާ ކެއުމެކެވެ. ހުރިހާ ނަބީ ބޭކަލުން ވެސް ބާލީން ހަދާފައި ހުންނަ ރޮށި ފަރިއްކުޅުއްވި އެވެ. ބަރަބޯ ޑެޒާޓާއި، މުގުގެ ސޫޕާއި، ޝިކާރަކުރުމާއި، ބަކަރި މަސް އެކަލޭގެފާނު ގަޔާވެލެއްވި އެވެ. އެކަލޭގެފާނު، ކަންބަޅި ބަކަރީގެ ފަޔާއި، ބްރެސްޓާއި، ކޮނޑު رَسُوْلُ اللهِ ﷺ އަށް ކަމުދިޔައެވެ. އަދި އަމުދުން ޅަ ބަކަރީގެ ކޮނޑު އެކަލޭގެފާނަށް ވަކިން ކަމުދިޔައެވެ. ޅަ ބަކަރީގެ މަސް ޙަޖަމުކުރަން ވަރަށް ފަސޭހަވާނެ އެވެ. އެއީ، އެންމެންނާ ވެސް ގުޅޭ އެއްޗެކެވެ.47

"ފިޔައާއި ލޮނުމެދު ކައްކައިގެން ކާށެވެ".
حديث شريف

އަންހެން ޖަނަވާރެއްގެ މަހަށް ވުރެ ފިރިހެން ޖަނަވާރުގެ މަސް ޙަޖަމުކުރަން ފަސޭހަވާނެ އެވެ. އަދި ރަތްކުލައިގެ މަސް، ހުދުކުލައިގެ މަހަށް ވުރެ ޙަޖަމްކުރަން ފަސޭހަވާނެ އެވެ. ޙަޖަމުކުރުމާއި، ފްލޭވަރ އަށް ބަލާއިރު، ކަންބަޅި ބަކަރި އާއި ގެރިމަސް ރަނގަޅުވާނެ އެވެ. ޝިކާރަކޮށްގެން ހިފާ ޖަނަވާރުތަކުގެ ތެރެއިން އެންމެ ރަނގަޅީ ފުއްލާގެ މަހެވެ. މުސަޅުގެ މަސް ޙަލާލެވެ. رَسُوْلُ اللهِ ﷺ މުސަޅު މަސް ފަރީއްކުޅުއްވި އެވެ. މުސަޅު މަސް ކެއުމުން ގިނަގިނައިން ފަހެރާ ލާން ޖެހޭ އިރު، މާގިނައިން ކެއުމުން މާގިނައިން ދާހިއްލާ ގޮތް ވެއެވެ. ކޮންމެ މީހަކަށް ވެސް މުސަޅު މަސް ކެވިދާނެ އެވެ.

ދޫންޏާއި، ކުކުޅު މަސް އެންމެންނަށް ވެސް ރަނގަޅެވެ. އެއްގަމު މަހުގެ ތެރެއިން އެންމެ ރަނގަޅު މަހަކީ ކުކުޅު މަހެވެ.

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ރާހުތަކީ ހާދަ ފައްކާ ކާނާއެކެވެ". ރާހުތަކީ އެންމެ ފައިދާހުރި ކާނާ އެވެ. ކަދުރަކީ ވެސް ކާނާ އެވެ. މާނަ އަކީ ރޮށްޓާ އެކު ކަދުރު ކެވޭ ވާހަކަ އެވެ. މޭބިސްކަދުރަކީ ކާނާއެއް އަދި މޭވާއެއް ވެސް މެއެވެ. ކަދުރާ އެކު މޭބިސްކަދުރު ކެއުމަކީ ސުންނަތެކެވެ. އޮނަހިރި ޢަދަދުތަކުން ކަދުރު ކެއުމަކީ ސުންނަތެކެވެ.

ޒަބީބާއި، ވޯލްނަޓާއި، އާމަންޑް ކެއުމަކީ ސުންނަތެކެވެ. މާމުޔަކީ ޝިފާއެކެވެ. މާމުއިގެ ބަރަކާތަށް އެދިލައްވައި، ހަތްދިހަ ނަބީން ދުޢާކުރެއްވި އެވެ. رَسُوْلُ اللهِ ﷺ ކަދުރަށް ވަރަށް ބޮޑަށް ލޯބިކުރެއްވި އެވެ. އެކަލޭގެފާނު މެލަން އާއި، ކަރަޔާ އެކު ކަދުރު ފަރީއްކުޅުއްވި އެވެ. މެލަން އާއި، ކަރާ އިން ކިޑްނީ ސާފުކޮށްދީ، ބޮލުގެ ރިހުން ފިލުވައިދެއެވެ. ކަރަޔާއި، މެލަން އިން ފަނި މަރާލައި، ލޯ ވަރުގަދަކޮށްދެއެވެ. ބަތް ކާ އިރު، ޞަލަވާތް ކިޔަންވާނެ އެވެ.

رَسُوْلُ اللهِ ﷺ ވަނީ ބްރޯޑް ބީންސް ނުނޮޅާ ކެއުމަށް ތަޢުރީފުކުރައްވަފަ އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ނުވަތަ ކަޅު ދިރި އަކީ އުނދަގޫތަކަށް ފަރުވާއެކެވެ". ޗީޒްއާ އެކު ވޯލްނަޓް ކެއުމަކީ ފަރުވާއެކެވެ. އެ ދޭތި އެކަނި ކެއުމަކީ ގެއްލުންހުރި ކަމެކެވެ. އެ ދޭތި ކާންވަނީ ކޮންމެވެސް އެހެން އެއްޗަކާ އެކުގައެވެ. رَسُوْلُ اللهِ ﷺ އަތް މުށެއްގެ މޭބިސްކަދުރު އެކަލޭގެފާނުގެ ވާތްޕުޅަށް ނަންގަވައިގެން އެކަލޭގެފާނުގެ ކަނާތްޕުޅުން ފަރީއްކުޅުއްވައެވެ.48

سفرجل އިން ހިތުގެ ނުތަނަވަސްކަން ފިލުވައިދެއެވެ. މެލަން އާއި، ކަރަޔާއި، އަންނާރު ގައި ސުވަރުގޭގެ ފެނުގެ ތިއްކެއް ހިމެނިފައި ވެއެވެ. އަންނާރު ކާންވާނީ އެކަންޏެވެ. އަދި އެއިން އެންމެ ތިއްކެއް ވެސް ބޭކާރުކޮށްގެން ނުވާނެ އެވެ. އަންނާރަކީ ހިތުގެ ތެޅުމަށް ރަނގަޅު އެއްޗެކެވެ. އަންނާރުން ބަނޑު ވަރުގަދަކޮށްދެއެވެ. އަންނާރު އޮށާ އެކު ފެލައިލައިގެން ބޮއެފި ކަމުގައި ވާ ނަމަ، މަސާނާ ސާފުކޮށްދީ، ބަނޑުހަރުވުމުން ރަނގަޅުކޮށްދެއެވެ. التّين އަކީ، ހިތަށް ލުއިކަން ގެނެސްދޭ މޭވާއެކެވެ. އެއިން މަޢިދާ ގައި އުފެދޭ ތަދު ފިލުވައިދެއެވެ.

ފެހި ކިއުކަމްބާ ލޮނާއި، ވޯލްނަޓާއި، ކަދުރާއި، މާމުޔާ އެކު ކެއުމަކީ رَسُوْلُ اللهِ ﷺ ސުންނަތެކެވެ.49 ބަށްޓަށް ތަޢުރީފުކުރައްވާ حديث ކުރައްވާފައިވަނީ، "ޒައިތޫނި ތެލާ އެކު (‏ބަށި)‏ ކައްކާށެވެ" މިހެންނެވެ.

ޕާރސްލޭން އަށް ވެސް رَسُوْلُ اللهِ ﷺ ވަނީ ތަޢުރީފުކުރައްވާފައެވެ. ސެލެރީއަކީ ހަނދާން ނެތުން ފިލުވައިދޭ އެއްޗެކެވެ. އެއިން، ކިޑްނީން ފަހަރުވަ އުފެއްދުން އިތުރުކޮށް ހަށިގަނޑުގައި ހުންނަ ލޮނު މަދުކޮށްދީ، ހަށިގަނޑުން ލެޔާއި، ކިރު އުފެއްދުން އިތުރުކޮށްދީ، ފުއްޕާމޭ ސާފުކޮށްދެއެވެ. خرشوف ނުވަތަ އާޓިޗޯކް އިން ފިތުގައި އުފެދޭ ހިލަ ވިރުވައިދީ، ލޭ ސާފުކޮށްދެ އެވެ. އަދި އެއީ، ލޭހޮޅިތައް ބްލޮކްވުމަށް ރަނގަޅު އެއްޗެކެވެ. ހަމަ އެހެންމެ އެއީ، ދަލުގައި ހުންނަ ވަސް ފިލުވައިދޭ އެއްޗެއް ވެސް މެއެވެ.

މީހަކު ޤައުމަކަށް ޒިޔާރަތްކުރާ އިރު، އެންމެ ފުރަތަމަ ރޯ ފިޔާ ކެއުމަކީ ޞިއްޙަތަށް ފައިދާހުރި ކަމެކެވެ. ފިޔާ އަކީ ޖަރާސީމުތަކާ ދެކޮޅު ދިފާޢީ ބާރު ގަދަކޮށްދޭ އެއްޗެކެވެ. ފިޔާއަށް ފަހު ސެލެރީ ކައިފި ނަމަ، ފިޔާ ގައި ހުންނަ ނުބައި ވަސް ކަނޑުވައިދެއެވެ. ހަމަ އެހެންމެ سذاب ކެއުމުން ވެސް ފިޔާގެ ވަސް ކަނޑުވައިދޭ ކަމަށް ބުނެވެއެވެ. އެންމެ ފަހުން ފަރީއްކުޅުއްވި ކެއުމުގައި ވެސް ފިޔަ ހިމެނުނެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ފިޔައާއި ލޮނުމެދު ކައްކައިގެން ކާށެވެ". ފިޔާގެ ވަހަކީ މަލާއިކަތުންނަށް އުނދަގޫފުޅުވާ އެއްޗެކެވެ. ރެޑިޝް އިން ކިޑްނީން ފަހަރުވަ އުފެއްދުން އިތުރުކޮށް ހަށިގަނޑުގައި ހުންނަ ލޮނު މަދުކޮށްދެއެވެ.

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރިވެގެންވާ ތުނބުޅިއާއި އިސްތަށިފުޅު

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރިވެގެންވާ އިސްތަށިފުޅާއި، ތުބުޅިފުޅުގެ އިސްތަށި އެހާ ބުޅި ނުވަތަ އެހާ ސީދާ ނުވެފައި، ހުންނަނީ ޠަބީޢިގޮތުން ފަންކޮށެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ހުރީ ދިގުކޮށެވެ. އެކަލޭގެފާނުގެ ނިތްކުރި މައްޗަށް އިސްތަށި ވައްޓާލައްވާފައި، ފަހުން އެ ބައި ދެފަރާތަށް ކަހާލައްވާފައި ބެހެއްޓެވި އެވެ. ބައެއް ފަހަރު، އެކަލޭގެފާނުގެ ބޮލުގެ އިސްތަށި ދިގުކޮށް ބެހެއްޓެވި އިރު، އަނެއް ބައި ފަހަރު ބޯކޮށާލައްވައި ކުރުކޮށް ބެހެއްޓެވި އެވެ.

رَسُوْلُ اللهِ ﷺ ގެ އިސްތަށިފުޅު ސިފަކޮށްދެއްވުމަށް أنس (‏رضي الله عنه)‏ ގެ އަރިހުގައި ސުވާލުކުރެވެމުން، އޭނާ ވިދާޅުވިއެވެ. "އެކަލޭގެފާނުގެ އިސްތަށިފުޅު ހުރީ އެހާ ބުޅިކޮށް އަދި އެހާ ތެދުކޮށެއް ވެސް ނޫނެވެ. އެކަލޭގެފާނުގެ އިސްތަށުފުޅު ހުރީ އެ ދޭތެރޭ މެދުގައެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ހުރި ކިހާ ދިގުކޮށް ނުވަތަ ކިހާ ކުރުކޮށް ތޯ ބަލާ އިރު، އެކަލޭގެފާނުގެ އިސްތާސިފުޅު ހުރީ އެކަލޭގެފާނުގެ ކަންފަތްޕުޅާއި، ކޮނޑުފުޅާ ދެމެދުގައެވެ".50

إبن عبّاس (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އިސްތަށިފުޅު އެކަލޭގެފާނުގެ ނިތްކުރި މައްޗަށް ފައިބާފައި އޮންނަ ގޮތަށް ބެހެއްޓެވި އެވެ. ފަހުން، އެކަލޭގެފާނުގެ އިސްތަށިފުޅު ދެފަޅިއަށް ކަހާލައްވާފައި ބެހެއްޓެވި އެވެ".51

ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.: "އިސްތަށިގަނޑު ދެ ބަޔަށް ބައިކޮށް ކަހާލާފައި ބެހެއްޓުމަކީ رَسُوْلُ اللهِ ﷺ ގެ ސުންނަތެކެވެ. އެހެނީ، ފަހަކަށް އައިސް އެކަލޭގެފާނު ކަންތައް ކުރެއްވީ އެހެންނެވެ. ނިތްކުރި މައްޗަށް އިސްތަށިގަނޑު ވައްޓާލައި، ދެ ފަރާތަށް ބައިކޮށް ކަހާލާފައި ބެހެއްޓުމަކީ، ޖާއިޒު ކަމެކެވެ. އެކަމަކު، ދެ ފަރާތަށް ބައިކޮށް ކަހާލާއި ބެހެއްޓުމަކީ މޮޅުއިތުރުވެގެންވާ ގޮތެވެ".

أُمُّ المُؤمِنين عائشة الصدّيق (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި އިސްތަށިފުޅު ހުރީ جُمَّة ގެ މަތީ ގައި އަދި وَفْرَة ގެ ތިރީގައެވެ".52 ކޮނޑާ ހަމަޔަށް ފޯރާ އިސްތަށިގަނޑަށް ކިޔެނީ 'جُمَّة' އެވެ. އަދި ކަންފަތުގެ ފޫޅާ ހަމަޔަށް ފޯރާ އިސްތަށިގަނޑަށް ކިޔެނީ 'وَفْرَة' އެވެ. ކުރުކޮށް ދަންނަވާ ނަމަ، عائشةގެފާނުގެ ރިވާޔަތުގައި ވާ ގޮތަށް ބަލާއިރު، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި އިސްތަށިފުޅުގެ ދިގުމިން ހުރީ، އެކަލޭގެފާނުގެ ކަންފަތްޕުޅުގެ ފޫޅަށް ވުރެ ތިރިޔަށް އެކަމަކު، އެކަލޭގެފާނުގެ ކޮނޑުފުޅާ ހަމަޔަށް ނުފޯރާ މިންވަރަށެވެ. ދިގުމިން ހުރީ އެ ދޭތެރޭގައެވެ.

قاضي عياض ވިދާޅުވެފައި ވެއެވެ. "މި ރިވާޔަތްތަކުގެ ޚުލާޞާއަކީ: އެކަލޭގެފާނުގެ އިސްތަށިފުޅު ކަންފަތްޕުޅު ކައިރިން ދިގުމިނަކީ ކަންފަތު ފޫޅުކޮޅާ ހަމަޔަށް ފޯރާ ވަރެވެ. އަދި ފަހތްޕުޅުން ދިގު މިނަށް ބަލާ އިރު، ފޯރަނީ ކޮނޑުފުޅާ ހަމަޔަށެވެ".

އަދިވެސް ބުނެވިފައި ވެއެވެ. "ބައެއް ރިވާޔަތްތަކުގައި، އެކަލޭގެފާނުގެ ކަންފަތްޕުޅާ ހަމަޔަށް އިސްތަށިފުޅު ފޯރާ ކަމަށް އަދި ބައެއް ރިވާޔަތްތަކުގައި ކޮނޑުފުޅާ ހަމަޔަށް ފޯރާ ކަމަށް ބުނެވޭ ސަބަބަކީ، މި ގޮތަށް އެއް ފަހަރު އަދި އެ ގޮތަށް އަނެއް ފަހަރު ހުރުމުންނެވެ. ހުރިހާ ރިވާޔަތްތައް ވެސް ޞައްޙަ އެވެ.

ބައެއް ފަހަރު އެކަލޭގެފާނުގެ އިސްތަށިފުޅު އެކަލޭގެފާނުގެ ކޮނޑުފުޅާ ހަމަޔަށް ފޯރާ ވަރަށް ދިގުކުރައްވާފައި ވެއެވެ. އަދި ބައެއް ފަހަރު، އެކަލޭގެފާނުގެ އިސްތަށިފުޅު، އެކަލޭގެފާނުގެ ކަންފަތްޕުޅުގެ ފޫޅާ ހަމަޔަށް ނުވަތަ ކަންފަތުގެ މެދާ ހަމަޔަށް ފޯރާ ވަރަށް ކޮށާލައްވައެވެ".

ބޮލުގެ އިސްތަށިގަނޑު ބޭލުން ނުވަތަ ދިގުކޮށް، ފުނާއަޅައި ދެ ފަރާތަށް ދެބައިކުރުން، ފިރިހެނުންގެ މައްޗަށް ސުންނަތްވެގެން ވެއެވެ. އެ މީހަކު ޢަމަލުކުރާނީ، ޙާލަތާއި، އާދަކާދަޔާއި، ވަގުތާ އެކަށީގެންވާ ގޮތެއްގެ މަތިންނެވެ. ބޮލުގެ އިސްތަށިގަނޑު ރާޅުޖައްސާ ގެތުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ. އަންހެނެއް ހެން މޫނު އޮމާންކޮށްފައި ބެހެއްޓުން، ނުވަތަ އަންހެނަކާ އެއްގޮތްވާން ވެގެން ތުނބުޅި ބޭލުން، ނުވަތަ ދަތްދޮޅި ބާލާފައި، ކޯތާފަތުގައި އިސްތަށި ބެހެއްޓުން ޙަރާމެވެ.

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ތުނބުޅިފުޅާ ބެހޭގޮތުން أنس (‏رضي الله عنه)‏ މަޢުލޫމާތު ދެއްވާފައިވަނީ އަންނަނިވި ފަދައިންނެވެ.: رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ތުނބުޅިފުޅު ގައި ހުރީ ވަރަށް މަދު ނުރައެވެ. އެކަލޭގެފާނުގެ ބޮލުގެ އިސްތަށިފުޅާއި، ތުނބުޅިފުޅު ގައި ހުރި ނުރައިގެ ޢަދަދު ސަތާރަ ނުވަތަ އަށާރަ އަށް ވުރެ ގިނައެއް ނުވާނެ އެވެ.

"މަޝްހޫރުކަމާއި، ދެއްކުންތެރިކަމަށް ހެދުން ލާ މީހާގެ ކިބައިން، އެ މީހަކު އެ ސަމާލުކަން ހޯދުން ހުއްޓާލުމާ ހަމަޔަށް، މާތް ދުރުވެވޮޑިގެން ވެއެވެ! ޤިޔާމަތް ދުވަހު، އެކަލާނގެ އޭނާ ލާން ޖައްސަވާނީ ސިމެންތިން ހަދާފައިވާ ހެދުމެކެވެ".
حديث شريف

އެއް ދުވަހަކު، أبوبكر الصّدّيق (‏رضي الله عنه)‏ ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ އިސްތަށިތައް ނުރަވެއްޖެ އެވެ". رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "هود، واقعة، مُرسلات, نبأ (‏عمَّ يتساءَلُون)‏ އަދި تكوِير (‏إذا الشّمسُ كُوِّرَتْ)‏ މި ސޫރަތްތަކުން އިސްތަށިތައް ނުރަކުރީއެވެ".53މާނަ އަކީ، އެކަލޭގެފާނު حديثކުރެއްވީ، އެ ސޫރަތްތަކުގައި ސުވަރުގެއާއި ނަރަކައިގެ ޙާލަތްތައް އެތައް ފަހަރަކު އެ ސޫރަތްތަކުގައި ބަޔާންވެގެންވާ ކަމަށެވެ. ތިމަންކަލޭގެފާނުގެ ބޮލުގެ އިސްތަށިތައް އަދި ތުނބުޅި ނުރަވީ، ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ޖެހިދާނެ ޙާލާ މެދު ވިސްނަވަމުން ގޮސް ވީ ހިތާމައިންނެވެ.

عمرو بن شُعيب ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ތުނބުޅީގެ ފުޅާމިނުންނާއި، ދިގު މިނުން ކުރުކުރެއްވި އެވެ".

التّرمذي ރިވާކުރައްވާފައިވާ ޙަދީޘެއް ގައި އައިސްފައި ވެއެވެ. "އެ މީހެއްގެ މަތިމަސް ކުރުނުކުރާ މީހަކީ އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ".54އެހެން ޙަދީޘެއް ގައި ވެއެވެ. "ތިބާ ތުނބުޅި ގަދަކޮށް ދިގުކުރާށެވެ. އަދި ތިބާގެ މަތިމަސް ކުރުކުރާށެވެ".55

إبن عبدالحكيم ވިދާޅުވެފައި ވެއެވެ. "މަތިމަސް ހުންނަންޖެހޭނީ ވަރަށް ބޮޑަށް ތުނިކޮށް ކޮށާލާފައެވެ. އަދި ތުނބުޅި މާ ބޮޑަށް ތުނިނުކޮށެވެ. މަތިމަސް ވަރަށް ބޮޑަށް ތުނިކޮށް ކޮށުމުގެ މާނަ އަކީ މަތިމަސް ބާލާ ވާހަކައެއް ނޫނެވެ".

الإمام النّووي (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ. "މަތިމަސް ތުނިކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ، ތުންފަތުގެ ކައިރި ފެންނަ ވަރަށް ތުނިކުރުމެވެ. ބާލާނީއެއް ނޫނެވެ. އެކަމަކު ކުރުކޮށްލުމެވެ".

މަތިމަހުގެ މަތީ ބައި ބާލާފައި ދެކޮޅުން ނިމޭބައި ތިރިއަށް ހުންނަ ގޮތަށް ދޫކޮށްލުމަކީ ގޯސް ކަމެއް ކަމަށް ޢިލްމުވެރިން ވަނީ ކަނޑައަޅުއްވާފައެވެ.

إبن عُمر އަންނަނިވި ފަދައިން ރިވާކުރައްވާފައި ވެއެވެ. "ކޮންމެވެސް މީހަކު، رَسُوْلُ اللهِ ﷺ ގެ އަރިހުގައި ރޮޒޮސްޓްރިއަން ދީނުގެ މީހުންގެ ވާހަކަ ދެންނެވި އެވެ. އެއާއެކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'އެބައި މީހުންގެ މަތިމަސްތަކުގެ ކޮޅުތައް ދިގުކޮށް، އެ މީހުންގެ ތުނބުޅި ބާލައެވެ. އެހެންކަމުން، އެ މީހުންނާ ޚިލާފަށް ޢަމަލުކުރާށެވެ'".56

أبُو أُمامة ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ފޮތްތަކުގެ އަހުލުވެރިން އެބައިމީހުންގެ ތުނބުޅިތައް ތުނިކޮށްފައި، އެބައިމީހުންގެ މަތިމަސްތައް ދިގުކުރެއެވެ". މިހެން ދެންނެވުމުން، رَسُوْلُ اللهِ ﷺ ޖަވާބު ދެއްވީ އަންނަނިވި ފަދައިންނެވެ. "ތިޔަބައި މީހުން، ތިޔަބައި މީހުންގެ މަތިމަސްތަކުގެ ކޮޅުތައް ތުނިކޮފައި، ތުނބުޅިތައް ދިގުކުރާށެވެ".

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބުމަޔާ އެއްވަރަށް މަތިމަސް ތުނިކުރުމަކީ ސުންނަތެކެވެ.

އަތްތިލައިން ހިފާލެވޭ ވަރަށް ތުނބުޅި ދިގުކޮށް، އެއަށް ވުރެ ދިގުވާ ބައި ކޮށާލުމަކީ ސުންނަތެކެވެ. އަތްތިލައިން ހިފާލެވޭ ވަރަށް ވުރެ ކުރުކޮށް ތުނބުޅި ހުރުމަކީ ސުންނަތާ އެއްގޮތްވުމެއް ނޫނެވެ. ސުންނަތަށް ތަބަޢަވުމުގެ ގޮތުން އަތްތިލައިން ހިފާލެވޭ ވަރަށް ވުރެ ކުރުކޮށް ތުނބުޅި ބެހެއްޓުމަކީ ބިދުޢައެކެވެ. އެއީ ޙަރާމް ކަމެކެވެ. ތުނބުޅި ބެހެއްޓުމަކީ، سُنَّةُ الزَّوَائِد އެކެވެ. އާމްދަނީ ހޯދުމަށްޓަކައި އަދި ފިތުނަ ހުއްޓުވުމަށް ޓަކައި أَمر بالمعرُوف ހިންގުމަށް ޓަކައި (‏ވާޖިބުކުރެއްވި ކަންތައްތަކާއި، ނަހީކުރެއްވި ކަންތައްތައް އުނގަންނައިދިނުމަށް ޓަކައި)‏ ތުނބުޅި އެއްކޮށް ބޭލުން ޖާއިޒުވެގެން އަދި ޟަރޫރީ ނުވަތަ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެދެއެވެ. މި ސަބަބުތަކަކީ، ސުންނަތެއް ދޫކޮށްލުމަށް ހުރި ޢުޒުރުތަކެކެވެ. އެކަމަކު، އެއީ، ބިދުޢައަކަށް އަރައިގަތުމަށް ހުރި ޢުޒުރުތަކެއް ނޫނެވެ.

رَسُوْلُ اللهِ ﷺ ގެ އަންނައުނުކޮޅު

رَسُوْلُ اللهِ ﷺ، ތުރުކުރައްވަނީ އެކަމަށް ހުއްދަލިބިގެންވާ ކޮންމެ އެއްޗެކެވެ. އެކަލޭގެފާނުގެ ހަށިކޮޅު ނިވާކުރައްވަނީ، އިޙްރާމް ފަދަ ބޯފޮތިން ތައްޔާރުކޮށްފައި ހުންނަ ނުފަހާ ހުންނަ އަންނައުނު އުނަގަނޑުގައި އޮޅާލައްވައި، އަދި ގަމީހާއި ޖުއްބާ ތުރުކުރައްވައިގެންނެވެ. މި އަންނައުނުތައް ވިޔެފައިވަނީ ކަފަޔާއި، ކެހެރި ނުވަތަ ޖަނަވާރުތަކުގެ އިސްތަށިންނެވެ. އެކަލޭގެފާނު ޢާއްމުގޮތެއްގައި ތުރުކުރައްވަނީ، ހުދުކުލައިގެ އަދި ބައެއް ފަހަރު ފެހިކުލައިގެ ހެދުމެވެ. ބައެއް ފަހަރު އެކަލޭގެފާނު ފަހާފައި ހުރި ހެދުން ތުރުކުރެއްވި އެވެ. ހުކުރު ދުވަހާއި، ޢީދު ދުވަސްތަކުގައި (‏ދީނީ ބަންދު ދުވަސްތައް)‏ ބޭރު ޤައުމުތަކުގެ މަންދޫބުން އަންނަ އިރު އާއި، ހަނގުރާމައިގެ ދުވަސްވަރު، އެކަލޭގެފާނު އަގުހުރި ގަމީހާއި، ޖުއްބާ ތުރުކުރެއްވި އެވެ. އެކަލޭގެފާނުގެ ހެދުންތަކުގެ ކުލައަކީ ޢާއްމުގޮތެއް ގައި ހުދު ކުލައެވެ. ބައެއް ފަހަރު ފެއްސާއި، ރަތް ނުވަތަ ކަޅު ކުލައިގެ ހެދުން ތުރުކުރެއްވި އެވެ. ހެދުން ތުރުކުރައްވާ އިރު، އަތްޕުޅުގެ އުޅަބޮއްޓާ ހަމަޔަށް، އަދި ފައިންޕުޅުގެ ކުޑަކަޅުވާ މަހުގެ މެދަކާ ހަމަޔަށް ނިވާކުރައްވައެވެ.

الإمام التّرمذي (‏رحمه الله تعالى)‏ އޭނާގެ ފޮތް شمائل الشّريف ގައި ލިޔުއްވާފައި ވެއެވެ. "ގަމީސް ތުރުކުރެއްވުމަށް رَسُوْلُ اللهِ ﷺ ލޯބިކުރެއްވި އެވެ. އެކަލޭގެފާނުގެ ގަމީސްކޮޅުގެ އަތް ފޯރަނީ އަތްތިލަފުޅުގެ އުޅަބޮށްޓާ ހަމަޔަށެވެ. އެކަލޭގެފާނުގެ ފައިވާންޕުޅު ތައްޔާރުކުރެވިފައިވަނީ ލެދަރުން، ވަދެއް ލާފައެވެ.

ހެދުމާއި، ފައިވާނަށް ބަލާ އިރު، ޢަމަލުކުރާނީ އެ މީހެއްގެ ޤައުމުގެ އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އާދަކާދަޔާ ޚިލާފުވުނަކީ، މަޝްހޫރުވުން މެދުވެރިވާ ކަމެކެވެ. އެ ގޮތަށް މަޝްހޫރުވުމަކީ އެކަމަކުން ދުރުވާންޖެހޭ ކަމެކެވެ. އެކަލޭގެފާނު މައްކާ އަށް ވެންނެވި އިރު، އެކަލޭގެފާނުގެ ބަރަކާތްތެރި ބޯކޮޅު ގައި ކަޅުކުލައިގެ ފޮށައެއް އޮޅާލައްވާފައި ވެއެވެ".

އެކަލޭގެފާނު ބައެއް ފަހަރު ހުދު އަދި އަނެއް ބައި ފަހަރު ކަލޫ ސްކާފެއް އެކަލޭގޭފާނުގެ ބޯކޮޅުގައި ފޮށައެއް ގޮތަށް އޮޅާލައްވައި، އޭގެ ކޮޅު އަތްތިލައެއް ހާ ދިގުމިނަށް އެކަލޭގެފާނުގެ ދެކޮނޑުފުޅު ދޭތެރެ އަށް ވާ ގޮތަށް ވައްޓަވާލައްވާފައި ބާއްވަވައެވެ. އެކަލޭގެފާނުގެ ފޮށާ އެހާ ބޮޑެއް އަދި އެހާ ކުޑައެއް ވެސް ނޫނެވެ. އެކަމަކު، ގާތްގަނޑަކަށް ތިން މީޓަރު ބައިހާ ދިގުމިނެކެވެ. އެކަލޭގެފާނު ފޮށާ އަޅުއްވަނީ ތާކިހާއަކާ ނުލައެވެ. އަދި ބައެއް ފަހަރު ފޮށަޔާ ނުލައި ތާކިހާ އަޅުއްވައެވެ.

رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި، ކަފައިން ވިޔެފައި، ބަރަނިން ފަހާފައި އޮތް ރޮނގުޖެހި ޔަމަނުގެ ފޮތިން ތައްޔާރުކޮށްފައި އޮތް ޙިބަރާ ނަމަކަށް ކިޔާ ހެދުމެއް އޮތެވެ. މި ހެދުން ތުރުކުރެއްވުމަށް رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ލޯބިކުރެއްވި އެވެ.

رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި ހުދުކުލައިގެ ހެދުމެއް ވެސް އޮތެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިޔަބައި މީހުންގެ ހެދުންތަކުގެ ތެރޭގައި ހުދު ހެދުން ލާށެވެ! ދިރިތިބި މީހުން ހުދު ހެދުން ލިޔަދޭށެވެ. މަރުވެފައިވާ މީހުން ހުދު ފޮތިން ކަފުންކުރާށެވެ. އެހެނީ، އެހެނީ އެ ހެދުމަކީ، ތިބާގެ ބަރަކާތްތެރި ރަނގަޅު ހެދުމެވެ"!57

ހަމަ އެހެންމެ، رَسُوْلُ اللهِ ﷺ ފެހިކުލައިގެ ހެދުން ތުރުކުރެއްވި ތަން ވެސް ވަނީ ފެނިފައެވެ. أبو رِمسة (‏رضي الله عنه)‏ ވިދާޅުފެވައިވާ ގޮތުގައި، މައްޗާއި ތިރި ހިމެނޭ ފެހިކުލައިގެ ހެދުމެއް رَسُوْلُ اللهِ ﷺ ތުރުކުރެއްވި އެވެ. މަތިން ތުރުކުރެއްވި ބަޔާއި ތިރިން ތުރުކުރެއްވި ބައެވެ.58

އެކިކުލައިގެ ހުއްލާ (‏މައްޗާއި ތިރި ވަކިން ހިމެނޭ ހެދުމެއް)‏ ނަމަކަށް ކިޔޭ ހެދުން ވެސް رَسُوْلُ اللهِ ﷺ ތުރުކުރެއްވި އެވެ. برّة بن عازب (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "ރަތްކުލައިގެ ހުއްލާ ތުރުކުރެއްވި އެ ބޭފުޅެއްގެ އިސްތަށިގަނޑު ކަންފަތުގެ ފޫޅާ ހަމަޔަށް ފޯރާ رَسُوْلُ اللهِ ﷺ އަށް ވުރެ ރިވެތި ބޭފުޅަކު އަހަރެން ނުދެކެމެވެ".59

އަހަރެމެންގެ رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި އެ ކަލޭގެފާނު ހުކުރު ދުވަސްތަކާއި ޢީދު ދުވަސްތަކުގައި ތުރުކުރެއްވި ރަތްކުލައިގެ ޖުއްބާއެއް އޮތެވެ.

އަހަރެމެންގެ رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި ޔަމަނުގެ ޖުއްބާއެއް ވެސް އޮތެވެ. ޣަޒްވާތަކުގައި، ތުރުކުރައްވަނީ، ދިމިޝްޤު ގައި ތައްޔާރުކުރެވުނު ހަނި އަތެއްގެ ޖުއްބާއެކެވެ.

"ޔަމަނުން ރަޙްމަތުގެ ވައިރޯޅި ޖެހޭކަމުގެ އިޙްސާސް ތިމަންކަލޭގެފާނަށް ކުރެވެއެވެ".
حديث شريف

ހަނގުރާމައިގެ ވަގުތުގައި، ޢަދުއްވާ ކުރިމަތިލައްވާ އިރު، رَسُوْلُ اللهِ ﷺ ތުރުކުރައްވަނީ، އީރާނުގެ ޝާހުން ތުރުކުރެއްވި ޓެލަސާން ފޮތީގެ ޖުއްބާއެކެވެ. އެ ޖުއްބާގެ ގިރުވާނުގައި އަދި އަތާއި ޖުއްބާގެ ތިރީ ގެ ކައިރީ ގައި ވެސް އަތުލަސް (‏ރަނާއި ރިހީގެ ރޮދިޖަހާފައިވާ އޮމާން ފޮއްޗެއް)‏ ހުއްޓެވެ. عائشةގެފާނުގެ އަތްޕުޅުގައި އެކަމަނާ އަވަހާރަ ވަންދެން އޮތް މި ޖުއްބާ ފަހުން ނެންގެވީ أسماء بنت أبي بكر އެވެ. رَسُوْلُ اللهِ ﷺ ތުރުކުރެއްވި މި ޖުއްބާ ދޮވުމަށް ބޭނުންކުރެވުނު ފެން، ބަލި މީހުން ހިނެވުމަށް ބޭނުންކުރެވި، އެ މީހުންގެ ބަލި ފަސޭހަވެފައި ވެއެވެ.60

ދުމްޢަތުލް ޖަންދަލްހަނގުރާމައިގައި ޣަނީމާ މުދަލުގެ ގޮތުގައި ނެގުނު ޖުއްބާއެއް އެރީ رَسُوْلُ اللهِ ﷺ ގެ އަތްޕުޅަށެވެ. އެ ޖުއްބާ ތައްޔާރުކޮށްފައިވަނީ އަޓްލަސް ފޮތިން، ދިގަށާއި ހުރަހަށް އޮމާން ފޮތިންނެވެ. އެ ޖުއްބާ ފަހާފައިވަނީ، ރަން ރޮދިން ކަދުރު ރުކުގެ ފަނުގެ ޑިޒައިނަށެވެ. رَسُوْلُ اللهِ ﷺ މި ޖުއްބާ ތުރުކުރައްވައިގެން މިންބަރަށް އަރާވަޑައިގެން އިށީންނަވައި، އެއްވެސް އެއްޗެކޭ حديثނުކުރައްވައި، މިންބަރުން ފައިބާވަޑައިގެންފި އެވެ. އަޞްޙާބު ބޭކަލުން އެ ޖުއްބާ ގައި ހިއްޕަވާ އޭގެ ރިވެތިކަމާ މެދު އާޝޯޚުވެލެއްވި އެވެ. رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "މި ޖުއްބާގެ ރިވެތިކަމާ މެދު ތިޔަބައި މީހުން އާޝޯޚުވީ ހެއްޔެވެ؟ ތިޔަބައި މީހުންނަށް އެ ހެދުން ވަރަށް ކަމުގޮސްފި ހެއްޔެވެ"؟ އެބައި މީހުން ޖަވާބު ދިނެވެ. "މި އަށް ވުރެ ރިވެތި ހެދުމެއް އަޅުގަނޑުމެން ދެކެފައި ނުވަމެވެ"! رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު، އެކަލާނގެ ބާރުފުޅު ގައި އަޅާ ވުޖޫދުވާ މާތް ﷲ ގަންދީ ހުވާކުރަމެވެ. ސުވަރުގޭގައި سعد بن مُعاذ ގެ ރުމާ، ތިޔަބައި މީހުންނަށް މިހާރު ތި ފެންނަ އެއްޗަށް ވުރެ މާ ރިވެތިވެގެން ވެއެވެ".

رَسُوْلُ اللهِ ﷺ ޙަދިޘްކުރައްވާފައި ވެއެވެ. "މަޝްހޫރުކަމާއި، ދެއްކުންތެރިކަމަށް ހެދުން ލާ މީހާގެ ކިބައިން، އެ މީހަކު އެ ސަމާލުކަން ހޯދުން ހުއްޓާލުމާ ހަމަޔަށް، މާތް ދުރުވެވޮޑިގެން ވެއެވެ! ޤިޔާމަތް ދުވަހު، އެކަލާނގެ އޭނާ ލާން ޖައްސަވާނީ ސިމެންތިން ހަދާފައިވާ ހެދުމެކެވެ"!

އަދި ވެސް އެކަލޭގެފާނު حديث ކުރައްވާފައި ވެއެވެ. "ސަމާލުކަމާއި، ދެއްކުންތެރިކަމަށް ހެދުން ލާ މީހާ ހަމަ އެ ވައްތަރުގެ ހެދުމެއް ޤިޔާމަތް ދުވަހު ލާން ޖައްސަވާނެ އެވެ. ދެން އެކަލާނގެ އެ ހެދުމުގައި އަލިފާން ރޯކުރައްވާނެތެވެ".

سَهل بن سعد ވިދާޅުވެފައި ވެއެވެ. "އަންހެނަކު، އޭނާ ކައިރިޖަހާފައިވާ ބުރުދާއެއް ގެނައެވެ.61 އެ އަންހެން މީހާ ބުންޏެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! މި ހެދުން އަޅުގަނޑުގެ އަމިއްލަ އަތުން ވިޔެފައި މި ގެނައީ ކަލޭގެފާނަށް ހަދިޔާއަކަށެވެ'. رَسُوْلُ اللهِ ﷺ އެ ކަނބުލޭގެ ހަދިޔާ ޤަބޫލުފުޅުކުރެއްވި އެވެ. އެކަލޭގެފާނު އަހަރެމެން ގާތަށް ވަޑައިގަތީ އެ ބުރުދާ ތުރުކުރައްވައިގެންނެވެ. އެތާ ތިބި މީހުންގެ ތެރެއިން އެކަކު އެ ބުރުދާ ގައި އަތްލައިފައި ދެންނެވި އެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! މި ބުރުދާ އަށް ވުރެ ރިވެތި އެހެން ބުރުދާއެއް ނުހުންނާނެ އެވެ! ކަލޭގެފާނު ތި ބުރުދާ އަޅުގަނޑަށް ދެއްވަފާނަން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'އެންމެ ރަނގަޅެވެ'! މިސްކިތުގައި އަހަރެމެންނަށް ނަސޭޙަތް ދެއްވުމަށް ފަހު، އެކަލޭގެފާނު ގެކޮޅަށް އެނބުރި ވަޑައިގެންފި އެވެ. އެކަލޭގެފާނު އެ ބުރުދާ އޮޅާލައްވާފައި، އެ ދިން މީހާ އަށް ފޮނުއްވާލައްވައިފި އެވެ. އެތާނގައި ތިބި މީހުން އެ އަންހެން މީހާ އަށް ބަވައިގެންފައި ބުނެފޫއެވެ. 'ކަލޭ ތިކުރި ކަންތައް އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ! ކަލޭ އެދުނީ رَسُوْلُ اللهِ ﷺ ތުރުކުރައްވައިގެން ހުންނެވި އަދި ބޭނުންތެރި އެއްޗަކަށެވެ. އެކަމަކު މީހަކު އެދޭ ކަމެއް ބޮލައިލާ ނުޖައްސަވާ ނުވަތަ އަނބުރާ ފޮނުވާކަން ކަލެއަށް އެނގެއެވެ'! އެ މީހާ ބުންޏެވެ. 'އަހަރެން މާތް ﷲ ގަންދީ ހުވާކޮށްފައި މި ބުނަނީ، އަހަރެން މި ބުރުދާ ލާކަށް ބޭމެއް ނުވި އެވެ. އަހަރެން ބޭނުންވީ އަހަރެން މަރުވާ ދުވަހު އަހަރެންގެ ކަފުނަށް ވުމަށެވެ'! ހަމަ ޙަޤީޤަތުގައި ވެސް އެ ބުރުދާ އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް ދުވަހު، އެކަލޭގެފާނުގެ ކަފުނަށެވެ.62

ކެހެރީގެ ކަޅު ހެދުމެއް رَسُوْلُ اللهِ ﷺ ތުރުކުރެއްވި އެވެ. أُمُّ المُؤمنين عائشة (‏رضي الله عنها)‏ ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ އަށް ކަޅުކުލައިގެ ކެހެރީގެ ހެދުމެއް ތައްޔާރުކުރެވުނެވެ. އެ ހެދުން ތުރުކުރެއްވި އިރު، ދާހިއްލެވުމުގެ ސަބަބުން ކެހެރީގެ ވަސް އެކަލޭގެފާނަށް ދުވައިފި އެވެ. އެކަލޭގެފާނު ވަގުތުން އެ ހެދުން އެއްލަވަލެއްވި އެވެ. އެހެނީ، އެކަލޭގެފާނަށް ކަމުދަނީ ހަމައެކަނި މީރުވަސްތައް ކަމަށް ވާތީ އެވެ".

رَسُوْلُ اللهِ ﷺ ހުއްދަކުރައްވާފައި އޮތީ ތިރިން ލާ ބައިގެ ދިގުމިން ފައިގެ މެދަކާ ހަމަޔަށް ނުވަތަ އެއަށް ވުރެ ކުޑަކޮށް ތިރިއަށް ތަނބިކަށްޓާ ހަމަޔަށް ހުރުމަށެވެ. ތަނބިކަށްޓަށް ވުރެ ތިރިއަށް، މާނައަކީ ބިމުގައި ދެމޭ ވަރަށް ދިގުކޮށް ބެހެއްޓުން އެކަލޭގެފާނު މަނާކުރެއްވި އެވެ. އެކަލޭގެފާނު حديث ކުރައްވާފައިވާ ގޮތުގައި، ތިރިންލާ ޤަފްޠާންތައް ބިމުގައި ކިބުރުވެރިކަމާ އެކު ދަމަމުން ހިނގާފައިދާ ފިރިހެނުންނަށް މާތް ﷲ ޤިޔާމަތް ދުވަހުން ރަޙްމަތް ނުލައްވާނެ އެވެ.

އެއް ދުވަހަކު، جابر بن سُليم (‏رضي الله عنه)‏ އާ މުޚާޠަބުކުރައްވާ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާގެ ޤަފްޠާންގެ ތިރީ ބައި، ތިބާގެ ފައިގެ މެދަކާ ހަމަޔަށް ވާ ވަރަށް ދިގުކުރާށެވެ. ތިބާ އަށް އެ ގޮތަށް ނެހެދޭ ނަމަ، ތިބާގެ ތަނބިކަށްޓާ ހަމަޔަށް ބަހައްޓާށެވެ! ބިމުގައި ކޭއްތޭ ވަރަށް އެ ބައި ދިގުނުކުރާށެވެ! އެހެނީ އެއީ ކިބުރުވެރިކަމުގެ ޢަލާމާތެކެވެ. الله تعالى ބޮޑާކަމަށް ނަފްރަތުކުރެއްވި އެވެ."! މިކަމުގެ ސަބަބުން، عبدالله بن عُمر (‏رضي الله عنه)‏ އޭނާގެ ޤަފްޠާންގެ ދިގުމިން ބެހެއްޓެވީ އޭނާގެ ފައިގެ މެދަކާ ހަމަޔަށެވެ.63

أُمُّ المُؤمنين عائشة (‏رضي الله عنها)‏ ރިވާކުރައްވާފައި ވެއެވެ.: أبو جهم (‏رضي الله عنه)‏ رَسُوْلُ اللهِ ﷺ އަށް ހަދިޔާކުރެއްވި މުޞައްލައެއް ގައި ކުރެހުންތަކެއް ހުއްޓެވެ. އެއް ދުވަހަކު، رَسُوْلُ اللهِ ﷺ އެ މުޞައްލާ ގައި ނަމާދުކުރައްވަމުން ގެންދަވަނިކޮށް، އެކަލޭގެފާނު އަޅައިގަތީ މުޞައްލާގައިވާ އެ ކުރެހުމުގައެވެ. އެކަލޭގެފާނު ނަމާދުން ނިމިވަޑައިގެން حديث ކުރެއްވި އެވެ. "މީތި އާ ހަމަޔަށް ގެންދާށެވެ. ތިމަންކަލޭގެފާނުގެ ނަމާދުކުރެއްވުން އޭތި މެދުކަނޑާލާއިފި އެވެ. ޑިކޮރޭޓްނުކުރާ އެއްކުލައެއް ހުރި ހެދުމެއް ތިމަންކަލޭގެފާނަށް ގެނައުމަށް އޭނާ ކައިރީގައި ބުނާށެވެ".

މަދީނާގެ ފަސްގަނޑު ތެތްވެފައި ހަނަފަސްކަމާ އެކު، ސުވަރުގެ ވަޑައިގަތުމުން، މި މުޞައްލަ رَسُوْلُ اللهِ ﷺ ގެ ކަށްވަޅުގެ ބިންމަތީގައި ބޭއްވިފައި ވެއެވެ.

أُويسُ القَرنِي (‏رضي الله عنه)‏ އަށް رَسُوْلُ اللهِ ﷺ ފޮނުއްވި خِرقَة الشَّريف

أُوَيس بن عامر القرني (‏رضي الله عنه)‏ އަކީ، تابعين ގެ ތެރެއިން ފާހަގަކުރެވޭ ބޭކަލެކެވެ. އޭނާ އަކީ، ޔަމަނުގެ ޤަރްނު އަވަށުގެ ބޭކަލެކެވެ.

އިސްލާމް ވުމަށް ފަހު، އޭނާގެ މުޅި ޙަޔާތުގައި، رَسُوْلُ اللهِ ﷺ ދެކެ ވީ ލޯބި ބޮޑުވެގެން ގޮސް، އޭނާގެ رَبُّ ގެ މަތިން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތައެއް ނުލިއެވެ. މާތް ﷲ އަށް އަޅުކަންކުރުމުގައި އޭނާ އަށް ވާޞިލުވެވިފައިވާ ދަރަޖަ އަކީ، އޭނާގެ ކޮންމެ ޙާލަތަކާއި، ކޮންމެ ޢަމަލަކާއި، ކޮންމެ ބަހެއް ވެސް، މީސްތަކުންނަށް ފިލާވަޅަކަށް އަދި އިރުޝާދަކަށް ވެގެންގޮސްފައިވާ ކަމެވެ. އެއްވެސް މީހެއްގެ ފަރާތުން އޭނާ އަށް އަނިޔާއެއް ނުލިބެއެވެ. އަދި އޭނާގެ ފަރާތުން އެހެން މީހަކަށް އަނިޔާއެއް ނުލިބެއެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ސިފަތަކަކީ، رَسُوْلُ اللهِ ﷺ އަށް އޭނާ ވާ ލޯތްބާއި، އޭނާގެ ހިތާއި ރޫޙުން އޭނާ މެދުކެނޑުމެއް ނެތި އަޅުކަންކުރަމުންދިޔަ ދިއުމާއި، އޭނާގެ މަންމަ އަށް އޭނާ ކުރަމުންދިޔަ އިޙްތިރާމެވެ. އޭނާ ވަނީ އޭނާގެ މަންމަ އަށް ވަރަށް ބޮޑަށް އަޅާލައި، އޭނާގެ މަންމަގެ ކިބައިން ގިނަގުނަ ދުޢާތައް ޙާޞިލުކޮށްފައެވެ. رَسُوْلُ اللهِ ﷺ އަށް އޭނާ ވި މި ލޯތްބާއި، އިސްލާމް ދީނަށް އޭނާ ބެހެއްޓި ޚާއްޞަ ކަމުގެ ސަބަބުން، رَسُوْلُ اللهِ ﷺ އޭނާ އަށް ތަޢުރީފުކުރެއްވި އެވެ.

"އަޅާގެ رَبَُ އެވެ! އެކަލޭގެފާނުގެ خرقة الشّريف އަށް ޓަކައި، އަޅަމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދުގެފާނު (‏ ﷺ)‏ ގެ އުއްމަތުގެ އެންމެންގެ ފާފަ ފުއްސަވާ ދެއްވާދޭވެ".
أُويس (‏رضي الله عنه)‏

ބައެއް ވަގުތުތަކުގައި رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅު ޔަމަނާ ދިމާލަށް އަނބުރާލައްވާފައި حديثކުރައްވާފައި ވެއެވެ. "ޔަމަނުން ރަޙްމަތުގެ ވައިރޯޅި ޖެހޭކަމުގެ އިޙްސާސް ތިމަންކަލޭގެފާނަށް ކުރެވެއެވެ". އަދި حديث ކުރެއްވި އެވެ. "ޤިޔާމަތް ދުވަހު، الله تعالى، أُويسގެ ސިފައިގައި ހަތްދިހަ ހާސް މަލާއިކަތުން ޚަލްޤުކުރައްވާނެ އެވެ. އަދި އެ ބޭކަލުން أُويس، މަޙްޝަރު ބިމަށް އެ ބޭކަލުންނާ އެކު ގެންދަވާނެ އެވެ. އެކަލޭގެފާނު ދާނީ ސުވަރުގެ އަށެވެ. އޭގެ ތެރެއިން أُويس އަކީ ކާކު ކަން ދެނެވޮޑިގަންނަވާނީ ހަމައެކަނި الله تعالى އެވެ". އެކަލޭގެފާނު حديث ކުރެއްވި އެވެ. "ޤިޔާމަތް ދުވަހު، ރަބީޢު އަދި މުޟަރު ވަންހައިގެ ކަންބަޅި ބަކަރިތަކުގެ އިސްތަށިތަކުގެ އަދަދަށް ވާ ވަރުގެ މީސްތަކުންނަށް ޝަފާޢަތްދޭނެ މީހެއް ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވެއެވެ". މިހެން ޙަދޘްކުރެއްވުމުން އަޞްޙާބު ބޭކަލުން އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އެއީ ކާކު ތޯ އެވެ"؟ حديث ކުރެއްވި އެވެ. "އެއީ މާތް ﷲ ގެ އަޅުތަކުންގެ ތެރެއިން އަޅެކެވެ". އެ މީހުން ދެންނެވޫއެވެ."އަޅުގަނޑުމެން އެންމެންނަކީ، އަޅުންނެވެ. އޭނާގެ ނަމަކީ ކޮބައިތޯ އެވެ"؟ އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "އެއީ أُويس އެވެ". އެއާ އެކު، އެ މީހުން ސުވާލު ކުރި އެވެ. "އޭނާ އަކީ ކޮން ތަނެއްގެ މީހެއް ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އޭނާ އަކީ قرن ގެ މީހެކެވެ". އެ މީހުން ދެންނެވި އެވެ. "އޭނާ އަށް ކަލޭގެފާނު ފެނުނު ތޯ އެވެ"؟އެކަލޭގެފާނު حديث ކުރެއްވި އެވެ. "އޭނާގެ ދެ ލޮލުން އޭނާ އަށް ތިމަންކަލޭގެފާނު ނުފެނެއެވެ". އެބައި މީހުން ދެންނެވި އެވެ. "ކިހާ أُޢަޖައިބުކުރުވަނިވި ކަމެއް ތޯ އެވެ! އޭނާ ކަލޭގެފާނު ދެކެ އެހާ ބޮޑަށް ލޯބިވާ އިރު، ކަލޭގެފާނާ ބައްދަލުވެ ޚިދުމަތެއް ނުކުރެއެވެ". ޖަވާބު ގައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ދެ ސަބަބަށް ޓަކައެވެ.: އެއް ސަބަބަކީ، އޭނާ ވަނީ އޭނާގެ ރޫޙާނީ ޙާލަތަށް ގެއްލިފައެވެ. ދެވަނަ ސަބަބަކީ، ތިމަންކަލޭގެފާނުގެ ދީނަށް އޭނާ ޚާއްޞަވެފައި ވުމެވެ. އޭނާގެ މުސްކުޅި މަންމައަކީ މުސްލިމެކެވެ. އެ ކަނބުލޭގެއަކަށް ދެލޮލުގައި ނުފެނެއެވެ؛ އެކނަބުލޭގެ ދެ އަތާއި ދެ ފައި ޙަރަކާތެއް ނުކުރެވެއެވެ. أُويس ދުވާލު ގަޑީގައި ޖަމަލު ހުއިހައްޕާ މީހެއްގެ ގޮތުގައި މަސައްކަތްކޮށް، ލިބޭ އާމްދަނީ އޭނާއާއި އޭނާގެ މަންމަގެ ބޭނުންތަކަށް ޚަރަދުކުރެއެވެ". އެބައި މީހުން ދެންނެވި އެވެ. "އަޅުގަނޑުމެންނަށް އޭނާ ފެންނާނެ ތޯ އެވެ"؟އެކަލޭގެފާނު أبوبكر (‏رضي الله عنه)‏ އާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "ތިބާގެ ދުވަސްވަރު ތިބާ އަށް އޭނާ ނުފެންނާނެ އެވެ". ދެން އެކަލޭގެފާނު عُمر އަދި علي (‏رضي الله عنهما)‏ އާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "ތިބާ އަށް އެ ބޭކަލަކު ފެންނާނެ އެވެ އޭނާގެ ހަށިގަނޑު ގައި އިސްތަށި ހުންނާނެ އެވެ. އޭނާގެ ވާތް ފަރާތުގަޔާއި، ކަނާތު އަތްތިލައިގައި، ރިހި ފައުނެއްގެ މިނުގެ ހުދުކަމެއް ހުންނާނެ އެވެ. މި ހުދުކަމަކީ ބަރަސް ބަލީގެ ހުދުކަމެއް ނޫނެވެ. ތިބާ އަށް އޭނާއާ ހަމައަށް ދެވުމުން، އޭނާ އަށް އަހަރެންގެ ސަލާމް ރައްދުކޮށްދޭށެވެ. އަދި އަހަރެންގެ އުއްމަތަށް ދުޢާކޮށްދިނުމަށް އެދޭށެވެ".

އޭގެ ފަހުން އޭނާގެ މަންމާ ނިޔާވުމުން، أُويسُ القرني (‏رضي الله عنه)‏ قرن އަވަށް ދޫކުރައްވައި ވަޑައިގަތީ ޢިރާޤުގެ ކޫފާ އަށެވެ.

رَسُوْلُ اللهِ ﷺ ގެ ސުވަރުގެ ވަޑައިގަތުން ކައިރިވުމުން އެބައިމީހުން ސުވާލު ދެންނެވި އެވެ. "ކަލޭގެފާނުގެ بَردَة އަޅުގަނޑުމެން ދޭނީ ކާކުގެ އަތަށް ތޯ އެވެ"؟ އެކަލޭގެފާނު حديث ކުރެއްވި އެވެ. "أُويس القَرني ގެ އަތަށް ދޭށެވެ". رَسُوْلُ اللهِ ﷺ ސުވަރުގެވަޑައިގަތުމަށް ފަހު عُمرُގެފާނާއި، عليގެފާނު ކޫފާ އަށް ވަޑައިގަތެވެ. عُمرُގެފާނު އެއްސެވި އެވެ. "އޭ ނަޖިދުގެ މީހުންނޭވެ! ތިޔަބައި މީހުންގެ ތެރޭގައި قرن ގެ އެއްވެސް މީހަކު އެބަހުރި ހެއްޔެވެ"؟ އެބައި މީހުން ދެންނެވީ އެފަދަ މީހަކު ހުރި ކަމަށެވެ. أُويس ގެފާނާ ބެހޭގޮތުން އެކަލޭގެފާނު ސުވާލުކުރެއްވި އެވެ. قرن ގެ މީހުން ބުނޫއެވެ. "އަޅުގަނޑުމެންނަށް އޭނާ އެނގެއެވެ. އޭނާ އަކީ ކަލޭގެފާނު ހޯއްދަވާ ވަރަށް ވުރެ ދަށް ފެންވަރުގެ މީހެކެވެ. އޭނާ އަކީ މޮޔަ އަދި މަޖާކަމެއް ނެތް، މީސްތަކުންނާ އެކަހެރިކޮށް އުޅޭ މީހެކެވެ". عُمرُ (‏رضي الله عنه)‏ ވިދާޅުވި އެވެ. "އަހަރެން މި ހޯދަނީ އޭނާ އެވެ"؟ އެބައި މީހުން ބުނޫއެވެ. "އޭނާ އުޅެނީ އަހަރެމެންގެ ޖަމަލުތައް ހުއިހައްޕަން އަރްނާ ވާދީގައެވެ. އޭގެ އަގެއްގެ ގޮތުން އަހަރެމެން އޭނާ އަށް ދެނީ ރޭގަނޑުގެ ކެއުމެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި އޮންނަނީ އޮޅި ހާލިވެފައެވެ؛ އޭނާ ރަށު ތެރެއަށް އައިސް، އެއްވެސް މީހަކާ ވާހަކަދައްކައި ނުވަތަ މީހުން ކައިއުޅޭ އެއްޗެހި ކައި ނަހަދައެވެ. އޭނާ އަކަށް ހިތާމަވެރިކަމެއް އަދި އުފާވެރިކަމެއް ނޭނގެއެވެ؛ މީހުން ހީހަދާ އިރު، އޭނާ ކުރާ ކަމަކީ ރުއިމެވެ؛ މީހުން ރޮއެހަދާ އިރު، އޭނާ ކުރާ ކަމަކީ ހުނުމެވެ". عُمرُ (‏رضي الله عنه)‏ ވިދާޅުވި އެވެ. "އަހަރެން މި ހޯދަނީ އެނާ އެވެ". އޭނާ އުޅޭ ތަން އެ މީހުން ސިފަކޮށްދީފި އެވެ. އޭނާ ހުރި ތަނަށް عُمرُގެފާނާއި عليގެފާނު ވަޑައިގެންފި އެވެ. އެ މީހުންނަށް ފެނުނީ އޭނާ ނަމާދުކުރައްވަން ހުއްޓަ އެވެ. އޭނާގެ ޖަމަލުތައް ބަލަހައްޓަވަން الله تعالى ވަނީ މަލާއިކަތެއް ޢައްޔަންކުރައްވާފަ އެވެ. އޭނާގެ ނަމާދު ނިމުމުން، عُمرُގެފާނު ތެދުވެވަޑައިގެން ސަލާމްކުރައްވައިފި އެވެ.

أُويس القراني (رضي الله عنه) އަށް رَسُوْلُ اللهِ ﷺ ހަދިޔާކުރެއްވި بردة ދެކެލުމަށް ރޯދަ މަހު އިސްތަނބޫލުގެ ފާތިޙު ގައި ހުންނަ مسجد الخِرقة الشّريفة ޒިޔާރަތްކުރުން.

އޭނާ ސަލާމް އިޖާބަކުރައްވައިފި އެވެ. عُمرُގެފާނު ސުވާލުކުރެއްވި އެވެ. "ތިބާގެ ނަމަކީ ކޮބައި ހެއްޔެވެ"؟ އޭނާ ބުންޏެވެ. عبدالله (‏ﷲ ގެ އަޅާ)‏ އެވެ. "އަހަރެމެން އެންމެންނަކީ މާތް ﷲ ގެ އަޅުންނެވެ. ތިބާގެ އަޞްލު ނަމަކީ ކޮބައި ހެއްޔެވެ"؟، މިހެން عُمرُގެފާނު ވިދާޚުވުމުން، އޭނާ ޖަވާބު ދިނެވެ. "أُويس އެވެ". عُمرُގެފާނު ވިދާޅުވި އެވެ. "ތިބާގެ ކަނާތް ދައްކަވާށެވެ". އޭނާގެ ކަނާތްތިލަ ދެއްކެވުމުން عُمرُގެފާނު ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ ތިބާ އަށް ސަލާމް ފޮނުއްވި އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ بَردَة ތިބާ އަށް ފޮނުއްވި އެވެ. އަދި ވަޞިއްޔަތެއް ކުރައްވާފައި އަންނަނިވި ފަދައިން حديث ކުރެއްވި އެވެ. 'އޭނާ މި بَردَة ނަންގަވައި، މީތި ލައިގެން ތިމަންކަލޭގެފާނުގެ އުއްމަތަށް ދުޢާކުރުމެވެ".

أُويس القرني ވިދާޅުވި އެވެ. "އޭ عُمرُގެފާނެވެ! އަޅުގަނޑަކީ ބަލިކަށި، ބާރެއްނެތް އަދި ފާފަވެރި އަޅަކީމެވެ. ފަރުވާތެރިވާށެވެ. ތި ވަޞިއްޔަތް ވާނީ ކޮންމެވެސް އެހެން މީހަކަށް ކުރެއްވި ވަޞިއްޔަތަކަށެވެ". عُمر (‏رضي الله عنه)‏ ވިދާޅުވި އެވެ. "ނޫނެކެވެ. أُويس އެވެ. އަހަރެމެން ހޯދަމުންދިޔަ މީހަކީ ތިބާ އެވެ. رَسُوْلُ اللهِ ﷺ ވަނީ ތިބާ ހުންނާނެ ގޮތާއި، ސިފަތައް ކިޔުއްވާދެއްވާފައެވެ".

އެއަށް ފަހު، أُويس (‏رضي الله عنه)‏ އިޙްތިރާމާ އެކު رَسُوْلُ اللهِ ﷺ ގެ خرقة ނަންގަވައި އޭގައި ބޮސްދެއްވައި، އޭނާގެ މޫނުގައި ކާއްތާލެއްވި އެވެ. އޭނާ ވަރަށް ގިނައިން ރޮއެރޮއެފައި "މި ތާނގައި މަޑުކޮށްލައްވާ" މިހެން ވިދާޅުވެފައި އެތަނުން ދުރުވެއްޖެ އެވެ.

ކުޑަކޮށް ކުރިޔަށް ގޮސްފައި އޭނާ ސަޖިދަކުރެއްވި އެވެ. ލޮލުން ކަރުނަ އޮހޮރެމުން ދިޔަ އިރު، އޭނާ الله تعالى އަށް އާދޭސް ދަންނަވައި، أُمَّة مُحمَّد އަށް ދުޢާކުރައްވަން ފައްޓަވައިފި އެވެ. ގިސްލަމުން، އާދޭސްކުރަކުން އޭނާ އަންނަނިވި ދުޢާކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبَُ އެވެ. އަޅަމެންގެ ލޮބުވެތި رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ خرقة الشّريف، عُمرُ އަދި علي (‏رضي الله عنهما)‏ ގެ އަތްޕުޅަށް ދެއްވައި، އަޅުގަނޑަށް ޙައްޤުނުވިޔަސް، އިބަ ސުވާމީންގެ ފަޤީރު އަދި ބާރެއް ނެތް އަޅާ އަށް ފޮނުއްވައިފި އެވެ. އެކަލޭގެފާނު حديث ކުރެއްވި ގޮތުގައި، އަޅުގަނޑު އެކަލޭގެފާނުގެ ފާފަވެރި އުއްމަތަށް ދުޢާކުރަން ޖެހޭނެ އެވެ. އަޅާގެ رَبَُ އެވެ! އެކަލޭގެފާނުގެ خرقة الشّريف އަށް ޓަކައި، އަޅަމެންގެ ލޮބުވެތި ރަސޫލާ محمّدގެފާނު (‏ ﷺ)‏ ގެ އުއްމަތުގެ އެންމެންގެ ފާފަ ފުއްސަވާ ދެއްވާދޭވެ... ފާފަފުއްސަވާދޭވެ، އަޅާގެ ﷲ އެވެ... އަޅާގެ ﷲ އެވެ...". ވަރަށް ގިނަ ފާފަވެރި މުސްލިމުންގެ ފާފަ ފުއްސަވައިފި ކަމުގެ ޚަބަރުއޭނާ އަށް ލިބުމުން، އޭނާ ވަރަށް އިޙްތިރާމާ އެކު رَسُوْلُ اللهِ ﷺ ގެ خرقة ލެއްވި އެވެ.

ويصل قُريني އަށް ހަދިޔާއަކަށް ދެވުނު رَسُوْلُ اللهِ ﷺ ގެ خرقة އިރިޝިއަން ބޭސް (‏ލޯޑްސް)‏ ވަން ކައިރީގައިވާ، މީލާދީން 1618 ގައި ގެނެވުނެވެ. އެ ހެދުންކޮޅު ބައްލަވައިގަތީ ޢުޘްމާނީ ޚިލާފަތުގެ ސުލްޠާން عُثمان II އެވެ. ފާތިޙު ގައި مسجد الخرقة الشّريفة ބިނާކުރެއްވީ ސުލްޠާން ޢަބްދުލް މަޖީދު ހަން އެވެ. މި ބަރަކާތްތެރި ޚިރްޤާ ނުވަތަ ހެދުންކޮޅުން އަދި އަދަށް ދާންދެން ވެސް رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ހަމުން ދޮވާ ފިނިފެންމަލުގެ ވަސް ދޮވައެވެ. އަދި ކުލަޔަކީ، މާމުއި ކްރީމް ފޯމު ކުލައެވެ.

كعب بن زُهير (‏رضي الله عنه)‏ އަށް رَسُوْلُ اللهِ ﷺ ދެއްވި خِرقة السَّعادَة

ޅެންވެރި ޢާއިލާއެއްގެ ބޭފުޅެއް ކަމުގައިވާ كعب بن زُهير (‏رضي الله عنه)‏ އަކީ ވެސް ޅެންވެރިއެކެވެ. ކުރިން، އޭނާ އަކީ، رَسُوْلُ اللهِ ﷺ އާއި އިސްލާމް ދީނާ ދެކޮޅަށް ޅެން ހަދަމުންދިޔަ މީހެކެވެ. މި ކަން އެބައި މީހުން رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. އަދި އޭނާ ފެނުނު ކޮންމެ ތާކުން މެރުމަށް رَسُوْلُ اللهِ ﷺ އެންގެވި އެވެ.

"أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ.أَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَ رَسُوْلُهُ".
كعب بن زهير (‏رضي الله عنه)‏

އޭނާގެ އަޚް بُجَيرُ (‏رضي الله عنه)‏ އޭނާގެ ކުރިން އިސްލާމްވެ، رَسُوْلُ اللهِ ﷺ ގެ މި އަމުރުފުޅާ ބެހޭގޮތުންނާއި، އޭނާ އިސްލާމް ވެއްޖެ ނަމަ ރަޙްމަދުގެ ކަނޑު ކަމުގައިވާ رَسُوْلُ اللهِ ﷺ އޭނާ އަށް މާފުކޮށްދެއްވާނެ ކަމަށް ލިޔުނެވެ. މި ސިޓީ ކިޔުމާއެކު، كعب (‏رضي الله عنه)‏ އެކަމާ ފުންކޮށް ވިސްނަވައި، ބުދުތަކަށް އަޅުކަންކުރުމުގައި ވާ ދެކޮޅުނުޖެހޭ ކަމާއި، އިސްލާމް ދީނުގެ މަތިވެރިކަމާއި، رَسُوْلُ اللهِ ﷺ ގެ މަތިވެރިކަން ވިސްނި، އޭނާގެ ހިތް އަލިވާން ފަށައިފި އެވެ.

އެންމެ ފަހުން، މުސްލިމަކަށް ވުމަށް ނިންމުމަށް ފަހު، އޭނާ އުޖާލާ މާދީނާ އަށް ދިއުމަށް ދަތުރު ފަށައިފި އެވެ. އޭނާ، رَسُوْلُ اللهِ ﷺ އަށް ތަޢުރީފުކޮށް އަދި އޭނާ ތައުބާވީ ގޮތާއި، އޭނާ މުސްލިމަކަށް ވީގޮތް ކިޔައިދީ ދިގު ޅެމެއް ލިޔުއްވި އެވެ. އޭނާ އައިސް، ޖުހައިނީ ޤަބީލާގެ އޭނާގެ އެކުވެރިޔަކާ އެކު رَسُوْلُ اللهِ ﷺ ގެ އަރިހަށް ގޮސްފި އެވެ.

رَسُوْلُ اللهِ ﷺ ގެންދެވީ އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާގެ ތަޢާރަފެއް ދިނުމުގެ ކުރިން كعبގެފާނު ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! كعب بن زُهير އޭނާ ކުރި ކަންތަކަށް ހިތާމަކޮށް މުސްލިމަކަށް ވެއްޖެ އެވެ. އަދި އޭނާ އައީ މަޢާދުކޮށްދެއްވުމަށް އެދި ދެންނެވުމަށެވެ. އަޅުގަނޑު އޭނާ، ކަލޭގެފާނުގެ އަރިހަށް ގެނެސްފި ކަމަށް ވާ ނަމަ، އޭނާ އަށް މަޢާފުކޮށްދެއްވައި، އޭނާ އަކީ މުސްލިމެއް ކަމަށް ޤަބޫލުފުޅުކުރައްވާނަން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވީ "އާނއެކެވެ"!

އެއަށް ފަހު كعب بن زُهير ވިދާޅުވި އެވެ. "أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ.أَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَ رَسُوْلُهُ".

رَسُوْلُ اللهِ ﷺ ސުވާލުކުރެއްވި އެވެ. "ތިބާ އަކީ ކާކު ހެއްޔެވެ"؟ އޭނާ ޖަވާބު ދިނެވެ. "މާތް ﷲ ގެރަސޫލާ އެވެ. އަޅުގަނޑަކީ كعب ين زُهير އެވެ". أنصار ބޭކަލަކު ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް އިޒުނަދެއްވާށެވެ؛ ކަލޭގެފާނާ ދެކޮޅުމި މީހާގެ ބޯ އަޅުގަނޑު ބުރިކޮށްލާނަމެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިކަން ދޫކޮށްލާށެވެ. އޭނާ އައީ އޭނާ ކުރިން ހުރި ޙާލަތަށް ތައުބާވެގެން، ޙައްޤަށް އެނބުރިގެންނެވެ".

އެއާއެކު، އޭނާ މުސްލިމަކަށް ވީ ގޮތުގެ ވާހަކައާއި، رَسُوْلُ اللهِ ﷺ އާ ބެހޭގޮތުންނާއި، أصحابُ الكِرام ގެ މަތިވެރިކަމާއި، މުހިއްމުކަން ސިފަކުރައްވާ كعب ين زُهير (‏رضي الله عنه)‏ އަންނަނިވި މަޝްހޫރު ޅެން ކިޔުއްވި އެވެ. މި ޅެން رَسُوْلُ اللهِ ﷺ އަށް ވަރަށް ކަމުދިޔައެވެ.

ޔަޤީނުން ވެސް، އެއް ދުވަހަކުން ކޮންމެ މީހަކު ވެސް ސަންދޯކުގައި އުފުލޭނެއޭ...
މާތް ﷲ ގެ ރަސޫލާއޭ، އަޅުގަނޑު މިއައީ ކަލޭގެފާނުގެ މަތިވެރި އަރިހަށް، މަޢާފަށް އެދިއޭ...
އެންމެ އުއްމީދުކުރެވެނީ އެކަލާނގެ ޢަފޫކުރެއްވުމަށޭ...
މާފަށް އެދުން ޤަބޫލުކުރެވެނީ އެކަލޭގެފާނުގެ ޙާޒިރުގައޭ...
އަޅުގަނޑުގެ މައްޗަށް ރަޙްމުކުރައްވާށެ، މާތް ﷲ ގެ ރަސޫލާއޭ...
އެއްވެސް ޝައްކެއް ނެތް ގޮތުގައި، މާތް ﷲ ގެ ރަސޫލާ އަކީ حق تعالى ގެ އޭ...
ނުބައިކަން ނައްތާލާ އެކަލޭގެފާނުގެ ތޫނު ކަނޑިތަކުން ކަނޑި ނަގައި...
އެކަލޭގެފާނަކީ، އިރުޝާދު ދަޅައަޅާ އަދި ތެދުމަގު ދައްކާ ނޫރެކޭ...
އޭނާ އަށް رَسُوْلُ اللهِ ﷺ މަޢާފުކުރެއްވި އެވެ.
إنَّ الرَّسولَ لنُورٌ يُستَضَاعُ بِهِ،
مُحَمَّدٌ مِن سُيُوفِ اللهِ مَسلُولُ.

ދެ ދުނިޔޭގެ ސައްޔިދު رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ "خِرْقَةُ السَّعَادَة" އެކަލޭގެފާނުގެ ކޮނޑުފުޅުން ބާލުއްވައި كعب بن زهير (‏ رضي الله عنه)‏ ގެ ކޮނޑުގައި އަޅުއްވައިފި އެވެ.64

مُعاوية (‏رضي الله عنه)‏ އޭނާގެ ޚިލާފަތުގެ ދުވަސްވަރު كعب بن زهير (‏ رضي الله عنه)‏ އަށް ފޮނުއްވި މެސެޖެއް ގައި "رَسُوْلُ اللهِ ﷺ ގެ خِرقة އަޅުގަނޑުމެންނަށް ވިއްކާވާށެވެ"! މިހެން ވިދާޅުވެ، ދިހަ ހާސް ދިރުހަމް ފޮނުއްވި އެވެ. مُعاوية (‏رضي الله عنه)‏ ގެ އެދުން كعب بن زهير (‏ رضي الله عنه)‏ ޤަބޫލުނުކުރައްވައި، ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ ގެ خِرقة ގެ ލުމަށް ބަލާ އިރު، އަޅުގަނޑު ނޫން އެހެން މީހަކު އަޅުގަނޑަކަށް އިޚްތިޔާރެއް ނުކުރެވޭނެ އެވެ."!

كعب بن زهير (‏رضي الله عنه)‏ އަވަހާރަވުމުން، މުޢާވިޔަތު (‏رضي الله عنه)‏ އެ خِرقة كعب ގެ ދަރިން އަތުން ވިހި ހާސް ދިރުހަމަށް ބައްލަވައިގަތެވެ. كعب بن زهير (‏رضي الله عنه)‏ އަށް رَسُوْلُ اللهِ ﷺ ދެއްވި އެ ބަރަކާތްތެރި خرقة، އެއް ޚަލީފާ އިން އަނެއް ޚަލީފާ އަށް ދިޔައީ ވާރުތަވަމުންނެވެ.

އުމައްޔާ ދައުލަތް ވެއްޓުމަށް ފަހު އެ خرقة ގަތީ، ތިން ސަތޭކަ ދީނާރަށް ޢައްބާސީ ޚިލާފަތުގެ ފުރަތަމަ ޚަލީފާ أبُو عبّاس سَفَّاح بن عبدالله بن مُحمّد އެވެ. އެ ހެދުންކޮޅު، ޢީދު ދުވަސްދުވަހު ޚަލީފާއިން ތުރުކުރެއްވި އެވެ. ޢައްބާސީ ޚިލާފަތުން އެ މީހުން މިޞްރަށް ދިޔަ އިރު، އެ މީހުންނާ އެކު ގެންދިޔަ އެވެ. ޔާވޫޒު ސުލްޠާން ސަލީމު ހަން މިޞްރު ފަތަޙަކުރައްވައި ޚަލީފާއަކަށް ވުމަށް ފަހު، މިޞްރުން އިސްޠަންބޫލަށް ގެންދެވުނު "މުޤައްދަސް އާޘާރީ ތަކެތީ" ގެ ތެރޭގައި رَسُوْلُ اللهِ ﷺ ގެ خِرقة ހިމެނިގެންދިޔަ އެވެ. އެ ބަލާލުމަށް އެންމެން ޒިޔާރަތްކުރަނީ ޓޮޕްކަޕީ ގަނޑުވަރުގެ خرقة السّعادة ގެ ޗެމްބަރަށެވެ.

124 ސެންޓި މީޓަރު ދިގުމިން އަދި ފުޅާ އަތްތަކެއް ހިމެނޭ މި ބަރަކާތްތެރި خِرقة ހަދާފައިވަނީ، ކަޅު ކެހެރި ފޮތިންނެވެ. خِرقة ގެ އެތެރޭގައި ކްރީމް ކުލައިގެ ކެހެރި ފޮތިކޮޅެއް ވެއެވެ. އެތައް ފަހަރަކު ފަށްޖަހާފައި، އެ خِرقة ރައްކާކޮށްފައިވަނީ މަތިން ހުޅުވޭ ލިޑެއް ލާފައިވާ، ސުލްޠާން މުރާދުIII ތައްޔާރުކުރައްވާފައިވާ ރަން ފޮށްޓެއްގައެވެ. ޒުމައްރަދުން އައްކަންކޮށްފައިވާ މި ރީތި ފޮށްޓަކީ، އެފަދަ ދެވަނައެއް ނެތް ފަދަ އަތްތެރި މަސައްކަތެކެވެ. އެ ފޮށީގައި އަންނަނިވި ފަދައިން ލިޔެވިފައި ވެއެވެ.:

"لا إله إلّا الله وما أرسلناك إلّا رحمة للعالمين. لا إله إلّا الله الملك الحقُّ المُبِين، مُحمَّدٌ رسولُ الله، الصدَيق الوعدِ الأَمين".

رَسُوْلُ اللهِ ﷺ ގެ އެނދުކޮޅު

رَسُوْلُ اللهِ ﷺ، އޭގެ މަތީގައި އަވަހާރަލެއްޕެވި ގޮދަޑި އަކީ ލެދަރ ގޮދަޑިއެކެވެ. ގޮދަޑި ތެރެއަށް އަޅާފައި ހުރީ ކަދުރު ރުކުގެ ފައިބަރެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަނބިކަނބަލުން އަވަހާރަފުޅުލެއްޕެވީ އޭގެ މަތީގައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ބޯކޮޅުގެ ދަށުގައި ބޭއްވެވި ބާލީސް ހަދާފައި ވަނީ ލެދަރުންނެވެ. އެ ބާލީހުގެ އެތެރެ އަށް އަޅާފައިވަނީ ކަދުރުގެ ފައިބަރެވެ.

رَسُوْلُ اللهِ ﷺ ދުނިޔެ އަށް އަދި ދުނިޔަވީ ކަންތައްތަކަށް އަހައްމިއްޔަތުކަމެއް ނުދެއްވައެވެ.

عبدالله بن مسعود (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ އަވަހާރަފުޅުލެއްޕެވީ ގަސްތޮށީގެ އަށްޓެއްގައެވެ. އަދި އެ އަށިން އެކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅުގެ އަރިކަށީ ގައި ލަފެއް ލާފައި ހުއްޓެވެ. އެކަލޭގެފާނު ހޭފުޅުލެއްވި އިރު، އެކަލޭގެފާނު އަރިކަށީގައި ފިރުމާލާފައި ދެންނެވީމެވެ. "އަޅުގަނޑުގެ ބައްޕަ އާއި މަންމަ ކަލޭގެފާނަށް ޤުރްބާންކުރައްވާށި އެވެ. މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު އަޅުގަނޑުމެން ކައިރީގައި حديث ކުރެއްވި ނަމައޭ އަހަރެންގެ ހިތަށް އަރައެވެ. އޭރުން ކަލޭގެފާނުގެ ރައްކަލަށް ޓަކައި، އެ އަށިމަތީގައި އެއްޗެއް އެޅީމުހެވެ'! ދެން އަންނަނިވި ފަދައިން އަޅުގަނޑު ޚިޔާލު ހުށަހެޅީމެވެ. "މަޑު އެނދެއް އަޅުގަނޑުމެން ކަލޭގެފާނަށް ޓަކައި ހޯދަން ތޯ އެވެ"؟

رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ދުނިޔަވީ ކަންތައްތަކުން ތިމަންކަލޭގެފާނަށް ބޭނުންވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ މި ދުނިޔޭގައި ތިމަންކަލޭގެފާނުގެ ޙާލަތަކީ، ގަހެއްގެ ދަށުން ހިޔާކޮޅެއް ހޯދުމަށް ފަހު، އެތަން ދޫކޮށް އެ ދާތަނަކަށް ދިއުން ކުރިޔަށްގެންދާ މީހެއްގެ މިސާލެވެ"!65

أُمَُ المُؤمنين عائشة ރިވާކުރައްވާފައި ވެއެވެ.: އަންޞާރުންގެ ޤަބީލާއެއްގެ އަންހެނެއް އަހަރެންގެ ގާތަށް އައެވެ. އޭނާ އަށް رَسُوْلُ اللهِ ﷺ ގެ އެނދުކޮޅު ފެނުމުން، އެނބުރި ގޮސްފައި، ކެހެރި އަޅާފައިވާ އެނދެއް ފޮނުވައިފި އެވެ.

"ރަނާއި، ދަގަނޑާއި، ރަން އަނގޮޓި ބާލުއްވައެވެ. އެކަމަކު، ރިހި އަނގޮޓި ނުބާލުއްވައެވެ".
عمرُو بن شُعَيبُ (‏رضي الله عنه)‏

رَسُوْلُ اللهِ ﷺ އަހަރެންގެ ގާތަށް ވަޑައިގެން އެއްސެވީ "މީ ކޯއްޗެއް" ތޯއެވެ. އަޅުގަނޑު ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަންޞާރުންގެ ތެރެއިން އަންހެނަކު ޒިޔާރަތްކުރުމަށް އައެވެ. އޭނާ އަށް ކަލޭގެފާނުގެ އެނދު ފެނުމުން، އެނބުރި ގޮސްފައި ފޮނުވީ މި އެނދެވެ". حديث ކުރެއްވި އެވެ. "މި އެނދު އެ އަންހެންމީހާ އަށް ވަގުތުން އަނބުރާ ފޮނުއްވާށެވެ"! އެހެން ނަމަވެސް، އަހަރެން އެ އެނދު އަނބުރާ އެ އަންހެންމީހާ އަށް ނުފޮނުވަމެވެ. އެ އެނދު އަހަރެންގެ ގޭގައި ބަހައްޓާހިތް އަހަރެން ވީ އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ حديث ބަސްފުޅު ތިން ފަހަރު ތަކުރާރުކުރެއްވި އެވެ. އެންމެ ފަހުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "އޭ عائشة އެވެ! ތިމަންކަލޭގެފާނު މާތް ﷲ ގަންދީ ހުވާކުރައްވަމެވެ.ތިމަންކަލޭގެފާނު ބޭނުންފުޅުވީ ނަމަ، ރަނާއި، ރިހިން ވާ ފަރުބަދަތައް ތިމަންކަލޭގެފާނާ އެކު ހިންގާބިންގާވާ ގޮތަށް ހެއްދެވީހެވެ"!66ބާލީހުގެ ގޮތުގައި رَسُوْلُ اللهِ ﷺ ގެންގުޅުއްވީ ދެ އަބާ (‏ކުރަކި ކެހެރި ފޮތި)‏ އެވެ.

އެއްރޭ، އެކަލޭގެފާނު ގެކޮޅަށް ވަޑައިގެންނެވުމުން، ފަށްޖެހުމަށް ފަހު އެ އަބާ ހަނިކޮށްފީމެވެ. އެކަލޭގެފާނު އަވަހާރަފުޅުލެއްޕެވީ އޭގެ މަތީގައެވެ. ދެން އޭގެ ފަހުން އެއްސެވި އެވެ. "އޭ عائشة އެވެ! އެހެންޏާ އާދަވެގެން ހުންނަ ގޮތަށް ތިމަންކަލޭގެފާނުގެ އެނދުކޮޅު މި ރޭ ނެތީ ކީއްވެގެން ހެއްޔެވެ"؟ އަހަރެން ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އެތާނގައި އޮތް އަބާ ފަށްޖެހުމަށް ފަހު ކަލޭގެފާނަށް ޓަކައި އަޅުގަނޑު އޮތީ ފަށްޖަހާފައި ބާއްވާފައެވެ". އެކަލޭގެފާނު حديث ކުރެއްވި އެވެ. "އެ އަބާ ކުރިން އޮތް ގޮތަށް ހަދާފައި ބާއްވާށެވެ"!67

عائشة (‏رضي الله عنها)‏ ގެ ކިބައިން އަދިވެސް ރިވާވެގެން ވެއެވެ.: ޤުރައިޝުންގެ މީހުންނަށް ބަލާ އިރު، رَسُوْلُ اللهِ ﷺ ގެ އެނދުކޮޅު ގައި ނިދުމަށް ވުރެ ލޮބުވެތި ކަމެއް ނެތެވެ. މަދީނާ އަށް ވަޑައިގެން أبُو أَيُّوبُ ގެ ގޭގައި އުޅުއްވަން ފެއްޓެވުމަށް ފަހު އޭނާގެ ކައިރިން އެއްސެވި އެވެ. "އޭ أبُو أَيُّوبُ އެވެ! ތިބާ އަތުގައި އެނދެއް ނެތީ ހެއްޔެވެ"؟ أبُو أَيُّوبُ ބުންޏެވެ. "އަޅުގަނޑު މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަޅުގަނޑު އަތުގައި އެނދެއް ނެތެވެ"!

އަންޞާރުންގެ ތެރެއިން سعد بن زُرارة (‏رضي الله عنه)‏ އަށް މި ޚަބަރު ލިބިގެން رَسُوْلُ اللهِ ﷺ އަށް ކަޅު عَرعَر ލަކުޑީގެ ބެރިން ހަދައި، ފައިބަރު ރޮދިން ވިޔެފައިވާ ކުނަލެއް އަޅާފައިވާ އެނދެއް ފޮނުވި އެވެ.

رَسُوْلُ اللهِ ﷺ ގެ ގެކޮޅަށް ބަދަލުވެލައްވަން ދެން އެކަލޭގެފާނު އަވަހާރަފުޅުލެއްޕެވީ އެ އެނދުގައެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވަން ދެން އަވަހާރަފުޅު ލެއްޕެވީ އެ އެނދުގައވެ.

رَسُوْلُ اللهِ ﷺ ހިނަވާ، ކަފުންކުރެވުނު އިރު އެކަލޭގެފާނު ބޭއްވުނީ މި އެނދުގައެވެ. އަދި އެކަލޭގެފާނުގެ ޖަނާޒާ ނަމާދު ކުރެވުނު އިރު ވެސް ބޭއްވިފައި އޮންނެވީ މި އެނދުގައެވެ. މަރުވާ މީހުން އެ އެނދުގައި އުފުލައި ބަރަކާތް ލިބިގަތުމަށް މީހުން އެދިއުޅުނެވެ. أبو بكر އަދި عُمرُ (‏رضي الله عنهما)‏ ގެ ހަށިކޮޅުތައް އުފުލުނީ ވެސް މި އެނދުގައެވެ.

عائشة (‏رضي الله عنها)‏ ވިދާޅުވެފައި ވެއެވެ. "ރޭގަނޑުގެ ވަގުތުގައި ނަމާދުކުރައްވައި، ދުވާލުގެ ވަގުތުތަކުގައި މީހުން އިށީދެ ތިބުމަށް ބިންމަތީ ގައި އަޅުއްވާ ކުނަލެއް ގެންގުޅުއްވި އެވެ.".68

رَسُوْلُ اللهِ ﷺ ގެ އަނގޮޓިކޮޅުތައް

رَسُوْلُ اللهِ ﷺ، އަންގަވާފައިވާ ގޮތުގައި، ފިރިހެނުންނަށް ހުއްދަވަނީ ހަމައެކަނި ރިހި އަނގޮޓި އެވެ. އަދި ފިރިހެނުން ރަނާއި، ދަނގަޑާއި، ރަންވަންލޯ ގެ އަނގޮޓި އެޅުން ވަނީ ޙަރާމްކުރައްވާފަ އެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތުމާ ހަމަޔަށް ތުރުކުރެއްވީ ހަމައެކަނި ރިހި އަނގޮޓި އެވެ.

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަނގޮޓިތައް އެޅުއްވީ އެކަލޭގެފާނުގެ ބަރަކާތްތެރި ކަނާތްޕުޅުގައެވެ. ހަމައެހެންމެ، އަނގޮޓިތައް އެކަލޭގެފާނުގެ ވާތްޕުޅު ގައި ވެސް އެޅުއްވި އެވެ. އަނގޮޓި އަޅުއްވަނީ ކުޑަވާއިނގިލި ނުވަތަ އެ އިނގިލިއާ ޖެހިގެން ހުންނަ އިނގިލީގައެވެ. ޢީދު ދުވަހު އަނގޮޓީއެއް އެޅުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް މުސްތަޙައްބު ނުވަތަ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ. ކަންދެއްކުމަށް ނުވަތަ ފޮނިދެއްކުމަށް އަނގޮޓި އެޅުމަކީ ޙަރާމް ކަމެކެވެ.

ނަޖާޝީ އަސްހަމާ، رَسُوْلُ اللهِ ﷺ އަށް ފޮނުވި ހަދިޔާތަކުގެ ތެރޭގައި ޙަބަޝްކަރައިގެ ޖަވާހިރެއް ލާފައި އޮތް ރަން އަނގޮޓިއެއް އޮތެވެ. رَسُوْلُ اللهِ ﷺ އެ އަގޮނޓި أبو العاص ގެ ދަރިކަނބަލުންގެ ދަރިކަނބަލުން ކަމުގައިވާ أُمامة (‏رضي الله عنها)‏ އަށް ފޮނުއްވާފައި حديث ކުރެއްވި އެވެ. "އޭ ތިމަންކަލޭގެފާނު ދަރިކަނބަލުންނޭވެ! ކަމަނާ މި އަނގޮޓި އަޅާށެވެ"!69

އެއް ދުވަހަކު، نعمان بن بشير (‏رضي الله عنه)‏ رَسُوْلُ اللهِ ﷺ ގެ އަރިހަށް ދުރުވެއްޖެ އެވެ. އޭނާ ހުންނެވީ އޭނާގެ އިނގިލީގައި ރަން އަނގޮޓިއެއް އަޅުއްވައިގެންނެވެ، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާ ސުވަރުގެ ވަނުމުގެ ކުރިން ސުވަރުގޭގެ ގަހަނާއެއް ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ"؟ ދެން އޭނާ ބޭނުންކުރަން ފެއްޓެވީ ދަގަނޑު އަނގޮޓިއެކެވެ. رَسُوْلُ اللهِ ﷺ އަށް އެ އަނގޮޓި ފެނިވަޑައިގަތުމުން حديث ކުރެއްވި އެވެ. "ތިބާ ނަރަކައިގެ އެއްޗެއް ތި ގެންގުޅުއްވަނީ ކީއްވެގެން ތޯ އެވެ"؟ ދެން އޭނާ އެ އަނގޮޓި ނަންގަވާ، އޭގެ ފަހުން ރަންވަންލޯ އަނގޮޓިއެއް އަޅަން ފަށޢްޓަވައިފި އެވެ. رَسُوْلُ اللهِ ﷺ އަށް އެ އަނގޮޓި ފެނިވަޑައިގަތުމުން حديث ކުރެއްވި އެވެ. "ތިބާގެ ކިބައިން ބުދެއްގެ ވަސް ތިމަންކަލޭގެފާނަށް އެބަ ދޮވައެވެ"؟ އޭނާ އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ބޭނުންކުރަންވީ ކޮން ކަހަލަ އަނގޮޓިއެއް ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބުދެއްވި އެވެ. "ތިބާ އަށް ރިހި އަނގޮޓިއެއް އެޅިދާނެ އެވެ. އޭގެ ބަރުދަން 4.8 ގްރާމަށް ވުރެ ބަރުވެގެން ނުވާނެ އެވެ. އަދި އަޅަން ވާނީ ތިބާގެ ކަނާތުގައެވެ"!

عمرو بن شُعيب (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "ރަނާއި، ދަގަނޑާއި، ރަން އަނގޮޓި ބާލުއްވައެވެ. އެކަމަކު، ރިހި އަނގޮޓި ނުބާލުއްވައެވެ".

ފާރިސީ ޝާހު އާއި، ބީޒަންޓައިން ޤައިޞަރާއި، ޙަބަޝް ކަރައިގެ ނަޖާޝީ އަށް ސިޓީ ފޮނުއްވުމަށް رَسُوْلُ اللهِ ﷺ ބޭނުންފުޅުވި ހިނދު، އެކަލޭގެފާނަށް ދެންނެވުނެވެ.:

މާތް ﷲ ގެ ރަސޫލާ އެވެ! ބަނދުކޮށްފައި އޮވެގެން ނޫނީ އެ މީހުން ސީޓީއެއް ނުކިޔާނެ އެވެ!
އެއާ އެކު، މަތީގައި ވާ ތިން ރޮނގެއް ގައި "محمّدٌ رسُولُ الله" މިހެން ލިޔެފައި އޮތް ރިހި އަނގޮޓިއެއް ހޯއްދަވައިފި އެވެ.
އަނގޮޓީގެ މަތީގައި ތިން ރޮނގަކަށް ލިޔެފައިވަނީ އަންނަނިވި ފަދައިންނެވެ.:
އެއް ރޮނގޮގައި "الله"،
އަނެއް ރޮނގު ގައި "رَسُول"،
އަނެއް ރޮނގުގައި "مُحَمَّد".

رَسُوْلُ اللهِ ﷺ ގެ ރިހި އަނގޮޓީގެ އެހަކީ ޙަބަޝް ކަރައިގެ ޖަވާހިރެކެވެ.70 ހަމައެއާއެކު، އެ އަނގޮޓީގެ މަތި ވަނީ ރިހިން ހަދާފައި ކަމަށް ވެސް ރިވާވެގެން ވެއެވެ.

رَسُوْلُ اللهِ ﷺ ގެ އަރިހަށް عمرو بن سعيد (‏رضي الله عنه)‏ ދުރުވި އެވެ. އޭނާގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓި ފެނިވަޑައިގެން، رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ތިބާގެ އަތުގައި އޮތް އަނގޮޓިއަކީ ކޮން އަނގޮޓިއެއް ހެއްޔެވެ"؟ عمرو بن سعيد ޖަވާބުދިނެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! މިއީ އަޅުގަނޑު ހެދި އަނގޮޓިއެކެވެ". رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ތި އަނގޮޓީގައި ކަނޑާނަގާފައިވަނީ ކޮން އެއްޗެއް ހެއްޔެވެ"؟ عمرو بن سعيد ދެންނެވި އެވެ. "مُحمَّدٌ رَسُولُ الله" އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ބެލިޔަދޭށެވެ"! އެކަލޭގެފާނު އެ އަނގޮޓި ނަންގަވައި، އަމިއްލަފުޅު ތަތްގަނޑުގެ ގޮތުގައި ބޭނުންކުރައްވަން ފެއްޓެވި އެވެ. އަދި އެހެން މީހުންގެ އަނގޮޓިތަކުގައި "مُحمَّدٌ رَسُولُ الله" ކަނޑާނެގުން މަނާކުރެއްވި އެވެ.71 رَسُوْلُ اللهِ ﷺ ސުވަރުގެވަޑައިގަތީ މި އަނގޮޓި އެކަލޭގެފާނުގެ އިނގިލިފުޅުގައި އަޅުއްވާފައި ވަނިކޮށެވެ.

އަނގޮޓީގެ މަތި އަނބުރާލައްވާފައި ހުންނަނީ އަތްތިލައިގެ އެތެރެބިތަށެވެ.

رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، أبوبكر (‏رضي الله عنه)‏، ދެން عُمَرُ (‏رضي الله عنه)‏، އަދި އޭގެ ފަހުން عُثمَان (‏رضي الله عنه)‏ ސޮއިކުރައްވަން ގެންގުޅުއްވި އަނގޮޓި އެޅުއްވި އެވެ. އެއް ދުވަހަކު، އެކަލޭގެފާނުގެ ޚިލާފަތުގައި أريس ގެ ނަމުން މަޝްހޫރުވެގެންވީ ވަޅެއްގެ އެއްކައިރީގައި عُثمَان (‏رضي الله عنه)‏ އިށީންނަވައިގެން އިންނަވަނިކޮށް އެ އަނގޮޓި ވަޅު ތެރެއަށް ވެއްޓިއްޖެ އެވެ. އެ ވަޅުގެ ހުރިހާ ފެނެއް ހިއްކައި، ތިން ދުވަސް ވަންދެން މީހުން އެ އަގޮނޓި ހޯދުމަށް ބަލާ ހޯދި ނަމަ ވެސް އެ ބަރަކާތްތެރި އަނގޮޓި ނުފެނުނެވެ.72

"ޔަހޫދީންނާ އެއްގޮތް ނުވުމަށް ޓަކައި، ތިޔަބައި މީހުންގެ ފައިވާނުގައި ނަމާދުކުރާށެވެ".
حديث شريف

އަނގޮޓިތަކުގައި ލާފައި ހުންނަ ޖަވާހިތުތަކުގައި ކަނޑާނެގުން رَسُوْلُ اللهِ ﷺ އަށް ފަހު ކުރިޔަށްދިޔަ އެވެ.
أبوبكر (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "نعم القادر الله" މިހެން ލިޔެވިފައި ވެއެވެ.
عُمَرُ (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "كفى بالموت واعظا يا عُمر" މިހެން ލިޔެވިފައި ވެއެވެ.
عُثمَان (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "لَنصبِرَنَّ" މިހެން ލިޔެވިފައި ވެއެވެ.
عُلي (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "المُلكُ للهِ" މިހެން ލިޔެވިފައި ވެއެވެ.
حسن (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "العِزَّةُ لله" މިހެން ލިޔެވިފައި ވެއެވެ.
معاوية بن أبي سفيان (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "رَبَِ اغفِرْلِي" މިހެން ލިޔެވިފައި ވެއެވެ.
إبن أبي ليلى (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "الدُّنيا غرُورٌ" މިހެން ލިޔެވިފައި ވެއެވެ.
الإمام الأعظم أبو حنيفة (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "قُلِ الخَير وَ إِلَّا فاسكُتْ" މިހެން ލިޔެވިފައި ވެއެވެ.
الإمام أبو يوسف (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "من عمِلَ بِرَأْيِهِ نَدِمَ" މިހެން ލިޔެވިފައި ވެއެވެ.
الإمام محمّد (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "من صَبَرَ ظَفِرَ" މިހެން ލިޔެވިފައި ވެއެވެ.
الإمام الشّافعي (‏رضي الله عنه)‏ ގެ އަނގޮޓީ ގައި "البرَكَةُ في القَناعَة" މިހެން ލިޔެވިފައި ވެއެވެ.
އެ ބޭކަލުން އަނގޮޓިތައް ބޭނުންކުރެއްވީ ތަތްގަނޑުގެ ގޮތުގައެވެ.

رَسُوْلُ اللهِ ﷺ ގެ نقش القدم الشّريف

رَسُوْلُ اللهِ ﷺ ގެ صَندل الشّريف ގެ ބައްޓަން

نقش القدم الشّريفއަކީ رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރިވެގެންވާ ފައިތިލައިގެ ނިޝާނެވެ.

رَسُوْلُ اللهِ ﷺ ގެ އެއް މުޢުޖިޒާތަކީ، އެކަލޭގެފާނު މަޑު ތަނެއްގައި ފައި އެޅުއްވިޔަސް، މިސާލަކަށް ވެލީގައި، އެކަލޭގެފާނުގެ ފައިންޕުޅުގެ ނިޝާނެއް ނުހުރެއެވެ. އެކަމަކު، އެކަލޭގެފާނު ހަރު ތަނެއް ގައި ފައި އަޅުއްވާއިފި ނަމަ، ފައިންޕުޅުގެ ނިޝާން އެ ތަނެއް ގައި ހުރެއެވެ.

رَسُوْلُ اللهِ ﷺ ފައިންޕުޅު އެޅުއްވުމަށް ފަހު ފައިންޕުޅުގެ ނިޝާން އެ ތަންތަނަށް ދޫކުރައްވާފައިވާ ބައެއް ހިލަތަކާއި، މާބަލްތައް އެކި މީސްމީހުންގެ ކިބައިން ވަޞިއްޔަތްކުރެވެމުން އެތަކެއް ޤަރުނެއް ވަންދެން ބަރަކާތްލެއްވިގެން އައިސްފައި ވެއެވެ.

ޚާއްޞަކޮށް، މުސްލިމު ވެރިން ވަނީ މި އަގުހުރި ހިލަތައް މުހިއްމު ތަންތަނުގައި ރައްކާތެރިކޮށް ބަލަހައްޓަވައި، އެހެން މީހުންނަށް ޒިޔާރަތްކުރެވޭ ގޮތް ހަދައިފީފައެވެ.

އެންމެ ބޮޑަށް އެނގިގެންވާ އަދި ރައްކާތެރިކޮށް ބެލެހެއްޓިފައިވާ نقش القدم الشّريف ތައް ތިރީގައި މިވަނީ އެވެ.:
އިންޑިޔާ ގައިވާ ފައިރޫޒް ޝާހު ތުޣްލަޤު ގެ ދަރިކަލުން ފާތިޙު ޚާން ގެ މަޤްބަރާ ގައިވާ نقش القدم الشّريف.
ޤާހިރާގެ قايتباي މަޤްބަރާ ގައިވާ ދެ ނިޝާން.
ޤާހިރާގެ مسجد أثر النّبي ގައިވާ ދެ ނިޝާން.

އިސްތަންބޫލު ގައި ހުންނަ خالد بن زيد أبُو أيُّوبُ الأنصاري (‏އައްޔޫބު ސުލްޠާން)‏ ގެ މަޤްބަރާ ގައިވާ رَسُوْلُ اللهِ ﷺ ގެ ކަނާތު ފައިންޕުޅުގެ ނިޝާން. މި نقش القدم الشّريف ގަނޑުވަރުން މަޤްބަރާ އަށް ގެނެވުނީ، محمود خان الأوّل ގެ އަމުރަށް 1734 ގައެވެ.

عبدالحميد خان الأوّل ގެ މަޤްބަރާގެ އާ މިސްކިތުގެ ފަރާތުގެ ފާރުގައިވާ ކެބިނެޓެއް ގައި ދެ ފައިންޕުޅުގެ ނިޝާން.

އިސްތަންބޫލުގެ ލާލެލީ ގައިވާ السُّلطان مُصطفى خان الثّالث ގެ މަޤްބަރާގެ ފާރުގައިވާ ކެބިނެޓެއް ގައި ރައްކާތެރިކުރެވިފައިވާ ހިލައެއް ގައިވާ ދެ ފައިންޕުޅުގެ ނިޝާން.

އިސްތަންބޫލުގެ ޓޮޕްކަޕީ ގަނޑުވަރުގައިވާ މުޤައްދަސް އާސާރީތަކެތީގެ ޗެމްބަރ ގައި ވާ ފައިންޕުޅުގެ ނިޝާންތައް.

ޓޮޕްކާޕީ ގަނޑުވަރުގެ خرقة الشّريف ޗެމްބަރު ގައި ހަ نقش القدم الشّريف ވެއެވެ. އޭގެ ތެރެއިން ހަތަރު ނިޝާން ވަނީ ހިލައިގައެވެ. އަދި ދެ ނިޝާން ވަނީ މަށީގައެވެ. އޭގެ ތެރެއިން އެއް ނިޝާނަކީ، މިޢުރާޖަށް އަރާވަޑައިގެނެނެވި އިރު، ފައިންޕުޅު އެޅުއްވި ހިލަގަނޑުގައި ވާ ފައިންޕުޅުގެ ނިޝާނެވެ؛ އެ ނިޝާން ރައްކާތެރިކޮށް ބެލެހެއްޓިފައިވަނީ خرقة الشّريف ޗެމްބަރުގެ ކެބިނެޓެއްގައެވެ. قُبّةُ الصّخراء ގެ ނަމުން އެނގިގެންވާ ޢިމާރާތް ބިނާކުރެވިފައިވަނީ މިޢުރާޖަށް އަރާވަޑައިގެނެނެވި އިރު، ފައިންޕުޅު އެޅުއްވި މި ބަރަކާތްތެރި ހިލަގަނޑުގައެވެ.

نقش القدم الشّريف މިހާރު ހުރި ތަނަށް ގެންދިއުމުގެ ކުރިން އެތަކެއް ޤަރުނަކަށް ރައްކާތެރިކޮށް ބެލެހެއްޓިފައިވަނީ އެކި ތަންތަނުގައެވެ. އެންމެ ފަހުން، މިއަދު ހުރި ތަނުގައި ސާބިތުކޮށް ބެހެއްޓިގެން ދިޔައީއެވެ. ބަރަކާތްތެރިކަން ހޯދުމަށްޓަކައި، ޙަޤީޤީ نقش القدم الشّريف އަށް މީސްތަކުން ޒިޔާރަތްކުރަމުން ދެއެވެ.

رَسُوْلُ اللهِ ﷺ ގެ القدم الشّريف އަދި السلطان أحمد خان الأول

ޢުޘްމާނީ ދައުލަތުގެ ޕާޑިޝާހު، ޢުމުރުން ތޭރަ އަހަރު ގައި ތަޚުތަށް ރެދަލިކުރެއްވި އަދި ޢުމުރުން އަށާވީސް އަހަރު ގައި އަވަހާރަވި السلطان أحمد خان الأولއަކީ އިސްލާމް ދީނާއި، رَسُوْلُ اللهِ ﷺ އަށް ހިތުގެ އަޑިން އިޚްލާޞްތެރި ބޭފުޅެކެވެ.

بختي އަދި أحمدي މި ދެ ވަނަން ބޭނުންކުރައްވައިގެން ޅެން ލިޔުއްވާ އުޅުއްވި السلطان أحمد خان الأول ގެ އަތްޕުޅުގައި، نقش القدم الشّريف ގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ ގަހަނާ އިން ޒީނަތްތެރިކުރެވިފައިވާ ބެޖެއް އޮތެވެ. އަދި އޭގެ މެދުގައި ވަނީ ނޫކުލައިގެ މިނާއެއްގައި ރަން ކުލައިން ކަނޑާނަގާފައިވާ އަންނަނިވި ޅެމެވެ.:

ހަމައެކަނި ތާޖެއް ފަދައިން އޭތި އަހަންނަށް އަބަދުވެސް ގެންދެވޭނެ ނަމައޭ،
ރަސޫލުންގެ ޝާހުއޭ، އެކަލޭގެފާނުގެ ޠާހިރު ފައިންފުޅޭ.
އެ ޤަދަމްގެ މާލިކަކީ ރަސޫލުންގެ ބަގީޗާގެ ފިނފެންމަލޭ.
އޭ أحمد އޭ، ދުރުވާށޭ، އެ ފިނިފެންމަލުގެ ޤަދަމްގެ މޫނުކޮޅުގައި ބޮސްދެއްވާށޭ.

السلطان أحمد خان الأول (‏بختي)‏

السلطان أحمد خان الأول އެ ބެޖް އޭނާގެ ބޮލުގައި ހުކުރު ދުވަސްދުވަހާއި، ޢީދު ދުވަސްދުވަހާއި، އެހެނިހެން ބަރަކާތްތެރި ދުވަސް ދުވަހު ތުރުކުރެއްވި އެވެ. أثر الحكم في نقش القديم މި ނަމުގައި ލިޔުއްވި ފޮތުގައި، ގެ މަޤްބަރާ ގައި ފެނުނު ފެނުން ސިފަކުރައްވާފައި ވެއެވެ.

السلطان أحمد خان الأول އޭނާގެ އަމިއްލަ އަތުލިޔުމުން މި ބައިތު ލިޔުއްވާފައި، الشّيخ عزيز محمود هُدائي أفندي އަށް ފޮނުއްވިއެވެ.

މީގެ އިތުރަށް، السلطان أحمد އާއި އޭނާގެ ޅެން ވަނީ ބޯޑެއްގައި ކުރަހާ ތަޚްތުގެ ކުރިމަތީގައި އެލުވާފައެވެ. ޅެން ލިޔެވިފައިވާ މި ތަށި އަދި ވެސް ވަނީ مسجد السلطان أحمد ގައި އެލުވާފައެވެ.

رَسُوْلُ اللهِ ﷺ ގެ صَندل الشّريف

މިއަދު މީހުން އަރަން ބޭނުންކުރާ ފައިވާން رَسُوْلُ اللهِ ﷺ ގެ ޒަމާނުގައި ބޭނުންކުރި ފައިވާންތަކާ ތަފާތެވެ. އެ ފައިވާންތަކުގެ ތިރީ ބައި ހުންނަނީ ލެދަރުންނެވެ. އަދި މަތީ ބައި ހުންނަނީ ހުޅުވާލެވި އަދި ވަދެއް ލާފައެވެ. އާއި، އަޞްޙާބު ބޭކަލުން ނަމާދުކުރެއްވީ މަގުމަތީ ގައި އެ ބޭކަލުން އެރުއްވި ފައިވާނުގައެވެ. އެ ފައިވާންތައް ސާފުޠާހިރެވެ. އަދި ގެ ބިންމަތީ ގައި ހުރީ ވެއްޔެވެ. އެއްވެސް މީހަކު ހަޑި ފައިވާނާ އެކު ވަދެފައެއް ނެތެވެ.

رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި އައިސްފައި ވެއެވެ. "ޔަހޫދީންނާ އެއްގޮތް ނުވުމަށް ޓަކައި، ތިޔަބައި މީހުންގެ ފައިވާނުގައި ނަމާދުކުރާށެވެ".

رَسُوْلُ اللهِ ﷺ ގެ ފައިވާންޕުޅުގެ ފޮޓޯއިން ވެސް ބަރަކާތް ލިބޭ ކަމަށް ބުނެވެއެވެ. އަދި އެ ފައިވާންޕުޅުތައް ގޭގޭގަޔާއި، މަސައްކަތްކުރާ ތަންތަނުގައި އެލުވިފައި ވެއެވެ. خرقة السعادة ގެ ޗެމްބަރގައި صَندل السّعادة އާ އެކު މަޢުދަނުގެ އަދި ލަކުޑީގެ މޮޑެލްތައް ވެއެވެ.

رَسُوْلُ اللهِ ﷺ އަބަދުވެސް ގެންގުޅުއްވާ ހަތް ތަކެތި

رَسُوْلُ اللهِ ﷺ ދަތުރުކުރެއްވި އިރު، އެކަލޭގެފާނާ އެކު ފުނަލާއި، ލޯގަނޑަކާއި، މިސްވާކާއި، ފިނިފެންމަމުގެ ތެލާއި، އަނދުން، އަދި ކަތުރު ގެންދެވި އެވެ. އަދި އެކަލޭގެފާނު ދަތުރުކުރެއްވިޔަސް ނުވަތަ މަޑުކުރައްވައިގެން ހުންނެވިޔަސް، މި ތަކެތި އަބަދު ވެސް އެކަލޭގެފާނުގެ އަތްޕުޅުގައި ބެހެއްޓެވި އެވެ.

عائشة (‏رضي الله عنه)‏ ވިދާޅުވެފައި އެވެ. "ޣަޒްވާތަކަށް އަހަރެން رَسُوْلُ اللهِ ﷺ ގެ ފިނިފެން ރެލާއި، ފުނަލާއި، ލޯގަނޑާއި، ދެ ކަތުރާއި، އަނދުން ފޮށްޓާއި، މިސްވާކު އަހަރެން ތައްޔާރުކުރަމެވެ".

އަދި ވެސް عائشةގެފާނު ވިދާޅުވެފައި ވެއެވެ. " رَسُوْلُ اللهِ ﷺ އަންނަނިވި ހަތް ތަކެތި އެކަލޭގެފާނު ދަތުރުކުރައްވާ އިރު، އަދި މަޑުކުރައްވައިގެން ހުންނަވާ އިރު ގެންދަވައެވެ:

ފިނިފެންމާ ތެޔޮ ފުޅިއެއް، 2. ފުނަލެއް، 3. ލޯގަނޑެއް، 4. އަނދުން ފޮއްޓެއް، 5. މިސްވާކެއް، 6. ދެ ކަތުރު، 7. އިސްތަށިގަނޑު ބައިކުރާ ކަށިގަނޑެއް.73

رَسُوْلُ اللهِ ﷺ ގެ ޢަޞާކޮޅު

رَسُوْلُ اللهِ ﷺ ހުކުރު ދުވަހު ޚުޠުބާ ދެއްވި އިރު، އެކަލޭގެފާނު ޢަޞާކޮޅެއް ހިއްޕަވައިގެން އެއަށް ލެނގިލައްވައިގެން ހުންނަވައެވެ. ދަތުރުކުރައްވާ އިރު، އެކަލޭގެފާނު ޚުޠުބާ ދެއްވަނީ ދުނިދަނޑިއަކަށް ލެނގިލައްވައިގެން ހުންނަވައެވެ.

رَسُوْلُ اللهِ ﷺ حديث ކުރައްވާފައިވާ ގޮތުގައި، ޢަޞާއަކަށް ލެނގުމަކީ، ނަބީންގެ އާދައެކެވެ. ޚުދު އެކަލޭގެފާނު ވެސް ޢަޞާއަކަށް ލެނގިލައްވައިގެން އެކަމަށް އިރުޝާދު ދެއްވި އެވެ.

مُعاوية بن أبي سُفيان (‏رضي الله عنه)‏ ގެ ޚިލާފަތުގެ ދުވަސްވަރު، ގެ ޢަޞާކޮޅު ވީ سعدُ الكَراز ގެ އަތްޕުޅުގައެވެ. ހިޖުރައިން ފަނަރަ ވަނަ އަހަރު، ޚަލީފާ مُعاوية بن أبي سُفيان (‏رضي الله عنه)‏ ޙައްޖަށް ވަޑައިގަތެވެ. އޭނާ ބޭނުންފުޅުވީ މިންބަރު مسجد النّبوي އިން ނަގައިގެން ދިމިޝްޤަށް ގެންދިއުމަށެވެ. އަދި އޭނާ سعدُ الكَراز ގެ އަތްޕުޅުގައި އޮތް رَسُوْلُ اللهِ ﷺ ގެ ޢަޞާކޮޅު ދިނުމަށް ވެސް އެދުނެވެ. جابر بن عبد الله އާއި أبُو هُرَيرَة (‏رضي الله عنهما)‏ ގެ އަރިހަށް ގޮސް ދެންނެވި އެވެ. "އޭ އެވެ! ގެ މިންބަރު އެ ހުރި ތަނުން ނަގުމާއި، އެ ކަލޭގެފާނުގެ ޢަޞާކޮޅު ދިމިޝްޤަށް ގެންދިއުމަކީ، ރަނގަޅު ކަމަކަށް ނުވާނެ އެވެ."! މިއާ އެކު، مُعاوية بن أبي سُفيان (‏رضي الله عنه)‏ އެ މީހުންނަށް މަޢާފަށް އެދިވަޑައިގަތުމަށް ފަހު، އެ ތަން ދޫކޮށް ވަޑައިގެންފި އެވެ.

އެއް ދުވަހަކު، މިސްކިތުގައި عبدالله بن أُنيس (‏رضي الله عنهما)‏ ހުންނަވަނިކޮށް އެކަލޭގެފާނުގެ ގެކޮޅަށް ގެންދަވައިފި އެވެ؛ އެކަލޭގެފާނުގެ ޢަޞާކޮޅެއް އޭނާ އަށް ދެއްވުމަށް ފަހު حديث ކުރެއްވި އެވެ. "عبدالله بن أُنيس (‏رضي الله عنهما)‏ އެވެ. މި ޢަޞާ ތިބާ އަތުގައި ބާއްވާށެވެ. އޭ އެވެ"! މީސްތަކުންގެ ތެރޭގައި އެ ޢަޞާކޮޅާ އެކު ވަޑައިގެންނެވި އިރު، އޭނާ ކުރެން އެހުނެވެ. "މި ޢަޞާ އަކީ ކޮން އެއްޗެއް ހެއްޔެވެ"؟ އޭނާ ޖަވާބު ދެއްވި އެވެ. "މި ޢަޞާކޮޅު އަޅުގަނޑަށް ދެއްވާފައ އަޅުގަނޑަށް އަމުރުކުރެއްވީ، އަޅުގަނޑު އަތުގައި ބޭއްވުމަށެވެ". عبدالله بن أُنيس (‏رضي الله عنهما)‏ އަށް އެ މީހުން ދެންނެވި އެވެ. "ތިބާ އެނބުރި رَسُوْلُ اللهِ ﷺ ގެ އަރިހަށް ދުރުވެ، ތިބާ އަށް މި ޢަޞާ ދެއްވީ ކީއްވެގެންތޯ އައްސަވާށެވެ". އެއަށް ފަހު، رَسُوْلُ اللهِ ﷺ ގެ އަރިހަށް ދުރުވެ އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު މި

رَسُوْلُ اللهِ ﷺ ގެ صَندل الشّريف ގެ ބައްޓަން

رَسُوْلُ اللهِ ﷺ ގެ صَندل الشّريف
رَسُوْلُ اللهِ ﷺ ގެ صَندل الشّريف އުޑަށް އަރައޭ،
ކޮންމެ މަޚްލޫޤެއް ވަނީ އެކަލޭގެފާނުގެ ހިޔަނީގައޭ.
މޫސާގެފާނަށް ވަޙީކުރެއްވުނޭ ޠޫރު ގައި ފައިވާން ބާލުއްވާށޭ،
އެކަމަކު، ދެންނެވުނޭ ޢަރްޝީގެ މަތީގައި ފައިވާން ނުބާއްލުއްވާށޭ.
އެއީ رَسُوْلُ اللهِ ﷺ ގެ ފައިވާންކޮޅުގެ ބައްޓަމޭ،
ތަރިތައް ވެސް އެކަލޭގެފާނު ފައިންޕުޅު އަޅުއްވާ ފަހަށްވާން ބޭނުންވެޔޭ.
ހަތް އުޑުން އެކަލޭގެފާނު ދެކެލުމަށް ޝައުޤުވެރިވެޔޭ،
ސުލްޠާނުންގެ ތާޖުތައް އެ ފައިވާންކޮޅުތަކަށް ޙަސަދަވެރިވަނީއޭ.
صَندل المُصطفى އާ ވައްތަރު އެހެން އެއްޗެއް ނެތޭ،
އެއިން ލިބެނީ ހިތުގެ އަމާންކަމާއި، ލޮލުގެ ނޫރޭ.
ފައިވާނުގެ ބައްޓަމަށް އިޙްތިރާމްކުރާށޭ،
ކޮންމެ ވެރިޔަކު ވެސް ބޭނުންވަނީ އެ ފައިވާން ލާ ފަޔަށް ވުމަށޭ.
ކޮންމެ މީހަކަށް މުޞީބާތާއި ބަލާޖެހިފައިވަނިކޮށް،
صَندل الشّريف އަކީ އަހަންނަށް ރައްކާތެރި ކިއްލާއެކޭ.
އަހަރެން ވަނީ މި ވަރުގަދަ ކިއްލާގެ ރައްކާތެރިކަމުގައޭ،
އަހަރެން އެއިން ހިޔާވަހިކަން ހޯދާ އިރު ރައްކާތެރިކޮށްދެއޭ.
ފައިވާނުގެ ބައްޓަމުގެ ޚިދުމަތުގައި، ހިތް އެދެނީއޭ،
ދެ ދުނިޔޭގައި ވެސް އޭގެ ހިޔަނީގައި އުޅޭށޭ.
صَندل އަށް ޚިދުމަތްކުރުމުގެ ނަޞީބު إبن مسعود އަށް ލިބުނޭ،
އެކަމަކު، އަހަރެންގެ ނިޢުމަތް ވަނީ ހަމައެކަނި އޭގެ މޮޑެލްގައޭ.
يُوسُف نَبهَانِي

"صَندل المُصطفى އާ ވައްތަރު އެހެން އެއްޗެއް ނެތޭ، އެއިން ލިބެނީ ހިތުގެ އަމާންކަމާއި، ލޮލުގެ ނޫރޭ".
يوسف نبهاني (‏رحمة الله عليه)‏

ޢަޞާކޮޅު އަޅުގަނޑަށް ދެއްވީ ކީއްވެގެން ތޯ އެވެ"؟ އެއަށް ފަހު، حديث ކުރެއްވި އެވެ. "މިއީ، އަހަރެމެންގެ ތެރޭގައި ޤިޔާމަތް ދުވަހުގެ ޢަލާމާތެކެވެ. އެ ދުވަހު، މަދު ބަޔަކު ސުވަރުގޭގައި ޢަޞާ އަކަށް ލެގިގެން އުޅޭނެ އެވެ. ތިބާ ސުވަރުގޭގައި މި ޢަޞާ އަށް ލެގެންވާނެ އެވެ"! عبدالله بن أُنيس (‏رضي الله عنهما)‏އެ ޢަޞާ އޭނާ އަތުގައި ބާއްވަވައި ދުވަހަކު ވެސް އެ ދޫކޮށްނުލައްވައެވެ. އޭނާގެ މަރުގެ ތަންމަތީގައި އޮންނެވި އިރު، އޭނާގެ ޢާއިލާ އަށް ވަޞިއްޔަތްކުރެއްވީ، އޭނާގެ ކަފުނާ އެކު އެ ޢަޞާ ވަޅުލުމަށެވެ. ޢަޞާ ބޭއްވުނީ އޭނާގެ ހަށިގަނޑާއި، ކަފުނާ ދެމެދުގައެވެ. އެހެންކަމުން، އޭނާގެ ވަޞިއްޔަތާ އެއްގޮތަށް ޢަމަލުކުރެވުނެވެ.

رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި އެއް އަރުޝިން (‏68 ސެންޓި މީޓަރު)‏ ނުވަތަ އެއަށް ވުރެ ކުޑަކޮށް ދިގުމިނުގެ މިހްޖާނެއް އޮތެވެ. މިހްޖާން އަކީ، ކޮޅު ބަޅުކޮށް އޮންނަ ދަނޑިގަނޑެކެވެ. رَسُوْلُ اللهِ ﷺ إستلام އަދާކުރައްވަނީ ދުރުން (‏طواف ފެއްޓޭ)‏ حجر الأسود އާ ދިމާލަށް ދިއްކޮށްލައްވައިގެންނެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޖަމަލަށް ސަވާރުވެވަޑައިގަންނަވާ އިރު، އެކަލޭގެފާނުގެ ކުރިމަތިފުޅަށް ވާ ގޮތަށް އެލުވާލައްވައިގެންނެވެ.

رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި (‏ހިކި ކަދުރުން ހަދާފައިވާ)‏ عُرجان ނަމަކަށް ކިޔޭ محسرّة އެއް އޮތެވެ. ގަހުގެ ގޮއްޕަކުން ހަދާފައި އޮންނަ ދަނޑިގަނޑަށް ކިޔެނީ محسرّة އެވެ. رَسُوْلُ اللهِ ﷺ، البقيع الغرقد އަށް ވަޑައިގެންނެވި އިރު، ހިއްޕަވައިގެން ވަޑައިގެން އެއަށް ލެނގިލައްވައި، އެކަލޭގެފާނު އިށީނދެވަޑައިގެން އިންނެވި އިރު، އެކަލޭގެފާނުގެ އަތްޕުޅުން އަނބުރާލައްވަލައްވާ އިންނެވި އެވެ. ބައެއް ފަހަރު، މި ހިއްޕަވައިގެން ހުންނަވައި ޚުޠުބާ ވެސް ދެއްވާފައި ވެއެވެ.

رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި ފަރުބަދަ މަތީ ގަސްގަހުން ކަނޑާފައިވާ ممشوق ނަމަކަށް ކިޔޭ ދަނޑިގަނޑެއް ވެސް އޮތެވެ. رَسُوْلُ اللهِ ﷺ ގެ قضيب ހިއްޕަވައިގެން عثمان ގެފާނު މިންބަރުގައި ޚުޠުބާ ދެއްވަމުން ދަނިކޮށް، جحجاح بن سعيد ނުވަތަ جحجاح بن قيس އެތަނަށް އައިސް، عثمان ގެފާނުގެ އަތްޕުޅުން قضيب އަތުލައި، އޭނާގެ ކަކުލުގައި ޖައްސައި ބިންދާލައިފި އެވެ. އެތަނުގައި ތިބި މީހުން އޭނާޔާ ދިމާލަށް ހަޅޭލަވައިގެންފި އެވެ. ކޯފާވެވޮޑިގެން ނަމަކަށް ކިޔޭ ބައްޔެއް جحجاح ގެ އަތް ނުވަތަ ކަކުލަށް ޖައްސަވައިފި އެވެ. ޝަހީދުވެވަޑައިގަތުމަށް ފަހު އަހަރަކަށް ވުރެ ގިނަ ދުވަސް ނުވަނީސް ކަހަމުންކަހަމުން ގޮސް جحجاح މަރުވެއްޖެ އެވެ.

رَسُوْلُ اللهِ ﷺ ގެ ކަނޑިކޮޅުތައް

رَسُوْلُ اللهِ ﷺ ގެ އަތްޕުޅު ގައ ނުވަ ކަނޑިއެއް ވިއެވެ.

رَسُوْلُ اللهِ ﷺ ގެ ބައްޕާފުޅުގެ ފަރާތުން ވާރުތަވި المأثور ގެ ނަމުން މަޝްހޫރުވެގެންވީ ކަނޑި، އެކަލޭގެފާނު މަދީނާ އަށް ހިޖުރަކުރެއްވި އިރު އަތްޕުޅުގައި އޮތެވެ.74

العضب: سعد بن عُبادة(‏رضي الله عنه)‏ رَسُوْلُ اللهِ ﷺ އަށް މި ކަނޑި ދެއްވީ ހަދިޔާއެއްގެ ގޮތުގައެވެ. رَسُوْلُ اللهِ ﷺ ބަދުރު ހަނގުރާމަ އަށް ވަޑައިގެންނެވި އިރު މި ކަނޑި ގެންދެވި އެވެ.

ذو الفقار: މިއީ ބަދުރު ހަނގުރާމައިގައި ޣަނީމާ މުދަލުގެ ގޮތުގައި ނެގުނު ޤުރައިޝުންގެ މުޝްރިކެއް ކަމުގައިވާ مُنبّه بن حجّاج ނުވަތަ عاص بن مُنبّه ގެ ކަނޑި އެވެ. رَسُوْلُ اللهِ ﷺ عليގެފާނަށް ހަދިޔާއެއްގެ ގޮތުގައި ذو الفقارދެއްވި އެވެ. އެ ކަނޑީގެ މުށްގަނޑުގެ ބޮލާއި، ރިންގާއި، އަޅުވާ ޗޭނުގަނޑު ހަދާފައިވަނީ ރިހިންނެވެ.75

رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، عبّاسގެފާނު أبو بكر ގެފާނަށް ހުށަހެޅުއްވީ، عليގެފާނުގެ ކިބައިން ذو الفقارނަންގަވަން ބޭނުންފުޅުވާ ކަމަށެވެ. أبو بكر ގެފާނު ވިދާޅުވި އެވެ. "އަހަންނަށް އަބަދުވެސް ފެނުނީ އެ ކަނޑި އޭނާގެ އަތްޕުޅުގައި އޮތް ތަނެވެ. އޭނާގެ އަތްޕުޅުން އެ ކަނޑި އަތުލުމަކީ މުނާސަބު ކަމެއް ކަމަށް އަހަރެން ނުދެކެމެވެ"! އެއާއެކު، عبّاسގެފާނު، عليގެފާނަށް އެ ކަނޑި ދޫކޮށްލެއްވި އެވެ.

رَسُوْلُ اللهِ ﷺ ގެ ލޮންސިކޮޅުތައް

"عليގެފާނު ފަދަ ބަޠަލެއް ނެތެވެ. ذو الفقار ފަދަ ކަނޑިއެއް ނުވެއެވެ".
حديث شريف

ޔަހޫދީ ޤަބީލާ بنو قينقاع ގެ ކިބައިން ނެގުނު ޣަނީމާ މުދާ ބެހުމުން رَسُوْلُ اللهِ ﷺ އަށް ތިން ލޮންސި ލިބިވަޑައިގަތެވެ.

رَسُوْلُ اللهِ ﷺ ގެ އެއް ލޮންސިއަށް ކިޔުނު ނަމަކީ، مُثوِي އެވެ. އަނެއް ލޮންސި އަށް ކިޔުނު ނަމަކީ، مُثنَى އެވެ. ހަމަ އެހެންމެ، ގެ އަތްޕުޅު ގައި بيضاء ނަމަކަށް ކިޔާ ބޮޑު ދުންޏަކާއި، عنزة ނަމަކަށް ކިޔޭ ލޮންސިއަކަށް ވުރެ ކުޑަ ދުންޏެއް އޮތެވެ.

ޙަބަޝް ކަރައިގެ ނަޖާޝީ އަޞްހަމާ، نَبَع ނަމަކަށް ކިޔޭ ތިން ލޮންސި އާއި، ދުންޏެއް، رَسُوْلُ اللهِ ﷺ އަށް ފޮނުވި އެވެ. އޭގެ ތެރެއިން އެއް ލޮންސި رَسُوْلُ اللهِ ﷺ އަމިއްލަފުޅު ބޭނުމަށް ނަންގަވައި، ދެވަނަ ލޮންސި عليގެފާނަށް ދެއްވައި، ތިން ވަނަ ލޮންސި عُمرُގެފާނަށް ދެއްވި އެވެ.

عيد الفطر އާއި، عيد الأضحى ގައި بلال الحبشي (‏رضي الله عنه)‏ ޢީދު ނަމާދުކުރާ ޞަލާތުގާހަށް ދާ މަގުމަތީގައި رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމަތީ ގައި رَسُوْلُ اللهِ ﷺ ގެ ލޮންސިކޮޅު އުފުއްލަވައި، އެ ބޭކަލުން އެ ތަނަށް ވަޑައިގަތުމުން، رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމަތީގައި ބިން މައްޗަށް އެ ލޮންސި ޖައްސަވައެވެ. رَسُوْلُ اللهِ ﷺ ޢީދު ނަމާދު ޖަމާޢަތުގައި ކުރައްވަނީ އެ ލޮންސި އަށް ކުރިމަތިލައްވައިގެން ހުންނަވައެވެ.

رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، بلال الحبشي (‏رضي الله عنه)‏ މި ލޮންސި أبو بكر (‏رضي الله عنه)‏ ގެ ކުރިފުޅުމަތީ ގައި އުފުއްލަވައި، އެ ކަލޭގެފާނުގެ ކުރިފުޅުމަތީ ގައި ޞަލާތުގާހުގައި ޖައްސަވައެވެ.

أبو بكر (‏رضي الله عنه)‏ އަށް ފަހު، عُمر (‏رضي الله عنه)‏ އަށް އަދި އޭގެ ފަހުން عُثمان (‏رضي الله عنه)‏ ގެ ޚިލާފަތުގެ ދުވަސްވަރު، މި ވާޖިބު ހަމަ ގޮތަށް އަދާކުރެއްވީ މުއައްޒިން سعد الكراز (‏رضي الله عنه)‏ އެވެ. މަދީނާގެ ގަވަރުނަރުންގެ ދުވަސްވަރާ ހަމަޔަށް މި އާދަމެދުކެނޑުމެއް ނެތި ކުރިޔަށްދިޔަ އެވެ.

رَسُوْلُ اللهِ ﷺ ގެ ދުނިދަނޑިކޮޅުތައް

رَسُوْلُ اللهِ ﷺ ގެ އަތްޕުޅު ގައި އޮތީ ހަ ދުނިދަނޑިކޮޅެވެ. މީގެ ތެރެއިން رَوحاء، بيضاء، އަދި صَفراء އޭ ނަންދެވުނު ތިން ދުނިދަނޑިއަކީ، بنو قينقاع ޤަބީލާގެ ޔަހޫދީންގެ ކިބައިން ޣަނީމާ މުދަލުގެ ގޮތުގައި ނެގުނު އެއްޗިއްސެވެ. صَفراء އޭ ކިޔުނު ދުނިދަނޑި ހަދާފައިވަނީ ނެބް ގަހުންނެވެ.76

الكَتُوم އޭ ނަންދެވުނު ދުނިދަނޑި ވެސް ހަދާފައިވަނީ ނެބް ގަހުންނެވެ. އަދި މި ދުނިދަނޑި ވަނީ أُحد ހަނގުރާމައިގައި ބިންދައިގެންގޮސްފައެވެ. ހަނދާނެއްގެ ގޮތުން، ބިންދައިގެން ގޮސްފައިވާ ދުނިދަނޑި ނެންގެވީ قتادة بن نُعمان (‏رضي الله عنه)‏ އެވެ.

رَسُوْلُ اللهِ ﷺ ގެ އަތްޕުޅު ގައި السّدَاد އަދި الزَّوراء މި ނަންދެވުނު ދެ ދުނިދަނޑި ވެސް އޮތެވެ.77

رَسُوْلُ اللهِ ﷺ ގެ އައްޑަންކޮޅުތައް

رَسُوْلُ اللهِ ﷺ ގެ އަތްޕުޅު ގައި ތިން އައްޑަނައެއް އޮތެވެ. އޭގެ ތެރެއިން الزلوق އަކީ އޭގައި ބަކަރި ބޮލުގެ ކުރެހުން ވާ އައްޑަނަ އެވެ. މި އައްޑަނަ رَسُوْلُ اللهِ ﷺ އަށް ދެވުނީ ހަދިޔާއެއްގެ ގޮތުންނެވެ. އެހެން ނަމަވެސް، މި އައްޑަނައިގައި ކުރެހުމެއް ވާތީ މި އައްޑަނައާ މެދު رَسُوْلُ اللهِ ﷺ ގަޔާވެވަޑައި ނުގަތެވެ. އެކަލޭގެފާނު ހެނދުނު ނިދިން ހޭލެއްވި އިރު، އެކަލޭގެފާނަށް ފެނިވަޑައިގަތީ އެ އައްޑަނައިގައި ހުރި ކުރެހުން الله تعالى ނައްތާލައްވާފައި ހުރި ތަނެވެ.78

رَسُوْلُ اللهِ ﷺ ގެ ދަނގަނޑު ދަހަނާތައް

رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި ހަދިޔާގެ ގޮތުން ލިބިވަޑައިގެންނެވި ހަތް ދަނގަނޑު ދަހަނާ އޮތެވެ. އެއީ:

ذاتُ الفضُول: މި ދަހަނާرَسُوْلُ اللهِ ﷺ ހަދިޔާއެއްގެ ގޮތުގައި سعد بن عُبادة (‏رضي الله عنه)‏ ދެއްވީ ބަދުރު ހަނގުރާމަ އަށް ވަޑައިގަންނަވަނިކޮށެވެ.79

سَغدِيَّة އަދި فِضَّة: މި ދެ ދަހަނާ އަކީ بنو قينقاع ޤަބީލާގެ ޔަހޫދީންގެ ކިބައިން ނެގުނު ޣަނީމާ މުދާ ބެހި އިރު، رَسُوْلُ اللهِ ﷺ އަށް ލައްވާލި ތަކެއްޗެވެ.

سَغدِيَّةއޭ ކިޔުނު ދަހަނާ އަކީ، އެކަލޭގެފާނު جالوتُ އާ ހަނގުރާމަކުރެއްވި އިރު، داؤد (‏عيله السّلام)‏ ތުރުކުރެއްވި ޤަދީމީ ދަނގނަޑު ދަހަނާ އެކެވެ.

أُحد ހަނގުރާމައިގައި، رَسُوْلُ اللهِ ﷺ، ذاتُ الفضُولއާއި فِضَّة އެކަތި އަނެކަތި މަތިން ތުރުކުރެއްވި އެވެ.80

رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގެންނެވި ވަގުތު، ذاتُ الفضُولގެ ނަންދެވިގެންވާ ދަގަނޑު ދަހަނާ އޮތީ އަބޫޝަހަމް ނަމަކަށް ކިޔުނު ބަނީ ޒަފަރު ވަންހައިގެ ޔަހޫދީ އަކަށް، އެކަލޭގެފާނުގެ ގެކޮޅުގެ މީހުންގެ ބޭނުމަށް ބައްލަވައިގަތް، 30 ސާޢުގެ ބާލީ ގެ ބަދަލުގައި ރަހުނެއްގެ ގޮތުގައި ދޫކުރެވިފައެވެ.81

رَسُوْلُ اللهِ ﷺ ގެ އެހެން ދަގަނޑު ދަހަނާތަކުގެ ތެރޭގައި ހިމެނެނީ: ذاتُ الوِشَاح، ذَاتُ الحَوَاشِي، البتراء އަދި الخرنِق އެވެ.82
رَسُوْلُ اللهِ ﷺ ذاتُ الفضُولއާއި، سَغدِيَّة ޙުނައިނު ހަނގުރާމައިގައި ތުރުކުރެއްވި އެވެ.83

رَسُوْلُ اللهِ ﷺ ގެ ދަނގަނޑު ދަހަނާ ހެލްމެޓުކޮޅުތައް

رَسُوْلُ اللهِ ﷺ ގެ އެއް ހެލްމެޓަކީ، އެވެ. މިއީ، بنو قينقاع ޤަބީލާގެ ޔަހޫދީންގެ ކިބައިން ނެގުނު ޣަނީމާ މުދަލުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ނުވަތަ ނުވަތަ ގެ ނަން ދެވިގެންވީ ހެލްމެޓަކީ أُحد ހަނގުރާމައިގައި رَسُوْلُ اللهِ ﷺ އެޅުއްވި ހެލްމެޓެވެ. މުޝްރިކުންގެ ކަނޑީގެ ޙަމަލާތަކާއި، އުކި ހިލަތަކުގެ ސަބަބުން އެ ހެލްމެޓް ތަޅައިގެން ގޮސް، އޭގެ ދެ ރިންގު رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ކޯތާފަތްކޮޅަށް ވަދެގެންދިޔަ އެވެ.

رَسُوْلُ اللهِ ﷺ މައްކާ ފަތަޙަކުރެއްވި އިރު، އެކަލޭގެފާނު ހުންނެވީ ހެލްމެޓެއް އަޅުއްވައިގެންނެވެ.
ސިފައިން ސަވާރީތަކަށް އަރައިފިއޭ، ދިދަ އާއި، ބެނަރތައް ނަގަމުން،
ދުންމާރިއާއި ބެރާ އެކު އެބައިމީހުން މެހެތަރު84 ކުޅުނޭ.

رَسُوْلُ اللهِ ﷺ ގެ ދިދަކޮޅުތަކާއި، ބެނަރތައް

رَسُوْلُ اللهِ ﷺ ހަނގުރާމަތަކުގައި ދެ ވައްތަރެއްގެ ދިދަ ބޭނުންފުޅުކުރެއްވި އެވެ. އެކަލޭގެފާނުގެ ގެ ކުލަޔަކީ ކަޅެވެ. އަދި އެކަލޭގެފާނުގެ لِواء ތަންކޮޅެއް ކުޑަވެފައި، ކުލަޔަކީ ހުދެވެ.

محمّد بن قاسم މިނިވަންކުރެއްވި يُونس بن عُبيد ވިދާޅުވެފައި ވެއެވެ.: "رَسُوْلُ اللهِ ﷺ ގެ ދިދަކޮޅާ ބެހޭގޮތުން ސުވާލުކުރުމަށް محمّد بن قاسم އަހަރެން براء بن عازب ގެ އަރިހަށް ފޮނުވި އެވެ. براء بن عازب ވިދާޅުވި އެވެ. 'ދިދަކޮޅު ކަޅުވެފައި، ހަދާފައިވަނީ ނަމީރާފޮތިން ހަތަރެސް ކަނަށެވެ'". މި ދިދަޔަކީ، عائشة (‏رضي الله عنها)‏ ގެ ގައިކޮޅުގައި އަޅުއްވާ ކެހެރި ފޮތިގަނޑެކެވެ. އެ ފޮތިގަނޑު ޒީނަތްތެރިކުރެވިފައިވަނީ ޖަމަލު އަސްދާނުގޮނޑީގެ ފެހުމުންނެވެ. މި ދިދައިގެ ނަމަކީ عُقَب އެވެ.

رَسُوْلُ اللهِ ﷺ ގެ ދިދަ އޮތީ علي بن أبي طالب (‏رضي الله عنه)‏ އަތްޕުޅުގައެވެ. ޚައިބަރު ހަނގުރާމައިގެ ތެރޭގައި رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނުގެ ދިދަ ދެއްވާނީ، الله تعالى އާއި، އެކަލާނގެ ރަސޫލާ ﷺ ދެކެ ލޯބިވާ އަދި الله تعالى އާއި އެކަލާނގެ ރަސޫލާ އެ ބޭކަލަކު ދެކެ ލޯބިވެވޮޑިގަންނަވާ، އަދި އެކަލާނގެ ރަސޫލާ ﷺ އެ ބޭކަލަކު ދެކެ ލޯބިފުޅުވާ ބަޠަލަކަށެވެ"! މިހެން حديث ކުރައްވާފައި، عليގެފާނަށް ގޮވާލެއްވި އެވެ. ދެން އެކަލޭގެފާނުގެ ދިދަ عليގެފާނަށް ދެއްވި އެވެ.85 ޚައިބަރު ހަނގުރާމައިގެ ފަތަޙަކުރެއްވުން الله تعالى މަތިކުރެއްވީ عليގެފާނުގެ މައްޗަށެވެ.

"ތިމަންކަލޭގެފާނުގެ ދިދަ ދެއްވާނީ، الله تعالى އާއި، އެކަލާނގެ ރަސޫލާ ﷺ ދެކެ ލޯބިވާ އަދި الله تعالى އާއި އެކަލާނގެ ރަސޫލާ އެ ބޭކަލަކު ދެކެ ލޯބިވެވޮޑިގަންނަވާ، އަދި އެކަލާނގެ ރަސޫލާ ﷺ އެ ބޭކަލަކު ދެކެ ލޯބިފުޅުވާ ބަޠަލަކަށެވެ".
حديث شريف

لِواءُ الحَمَد ނަމަކަށް ކިޔުނު ގެ ދިދަކޮޅުގައި ލިޔެވިފައިވަނީ "لا إله إلَا الله مُحَمَّدٌ رَسُولُ الله" އެވެ.
رَسُوْلُ اللهِ ﷺ ހުދު ކުލައިގެ ބެނަރއެއް، ޚައްރާރު ސަރިއްޔާ ގައި سعد بن أبي وَقَّاص އަށް ބަނދެދެއްވި އެވެ.

رَسُوْلُ اللهِ ﷺ عليގެފާނު ޔަމަނަށް ފޮނުއްވި އިރު، ލޮންސިއެއްގެ ބޮލުގައި ފަގުޑިއެއް އައްސަވާފައި حديث ކުރެއްވި އެވެ. "ދިދަ ހުންނާނީ މިގޮތަށެވެ"! ދިދަ އުފުލާނީ ހަމައެކަނި ލަޝްކަރުގެ ކޮމާންޑަރެވެ.

ހަނގުރާމައިގައި رَسُوْلُ اللهِ ﷺ ގެ ހުދު ދިދަ އުފުއްލެވީ حمزة بن عبدالمطّلب (‏رضي الله عنه)‏ އެވެ. بُواط ހަނގުރާމައިގައި ގައި ދިދަ އުފުއްލެވީ سعد بن أبي وَقَّاص (‏رضي الله عنه)‏ އެވެ. كُرز بن جابر الفهري ހޯދުމުގެ ހަނގުރާމައިގައި ދިދަ އުފުއްލެވީ علي بن أبي طالب (‏رضي الله عنه)‏ އެވެ. އަދި ذو العُشَيرة ހަނގުރާމައިގައި ދިދަ އުފުއްލެވީ حمزة بن عبدالمطّلب (‏رضي الله عنه)‏ އެވެ.

ބަދުރު ހަނގުރާމަ އަށް ވަޑައިގެންނެވި އިރު، އެކަލޭގެފާނުގެ ހުދު ދިދަ ދެއްވީ مُصعب بن عُمَير (‏رضي الله عنه)‏ އަތަށެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި، އެކަލޭގެފާނުގެ ކަޅު ދިދަ ނެންގެވި އެވެ.86

بنو قينقاع ހަނގުރާމައިގައި رَسُوْلُ اللهِ ﷺ ގެ ހުދު ދިދަ އުފުއްލެވީ حمزة بن عبدالمطّلب (‏رضي الله عنه)‏ އެވެ. قرقرة القدر، أُحد އަދި بدر الموعد ހަނގުރާމައިގައި ދިދަ އުފުއްލެވީ علي بن أبي طالب (‏رضي الله عنه)‏ އެވެ. ޚަންދަޤު ހަނގުރާމައިގައި ދިދަ އުފުއްލެވީ زيد بن حارثة (‏رضي الله عنه)‏ އެވެ.

رَسُوْلُ اللهِ ﷺ މައްކާ ފަތަޙަކުރެއްވީ އެކަލޭގެފާބުގެ ހުދު ދިދައިގެ ދަށުންނެވެ.

ތަބޫކު ހަނގުރާމައިގެ ތެރޭގައި، رَسُوْلُ اللهِ ﷺ ގެ ބޮޑު ބެނަރ އުފުއްލަވަން ދެއްވީ أبُوبكر (‏رضي الله عنه)‏ އަށެވެ. ކުޑަ ބެނަރ އުފުއްލަވަން ޙަވާލުކުރެއްވީ، زُبير بن عّوَّام (‏رضي الله عنه)‏ އާ އެވެ.

رَسُوْلُ اللهِ ﷺ ގެ އަސްކޮޅުތައް

މަދީނާގެ ބަނީ ފަޒާރާ ޤަބީލާގެ ބަދަވީއެއްގެ އަތުން 10 أواق87 ރިއްސަށް ބައްލަވައިގަތް رَسُوْلُ اللهِ ﷺ ގެ ފުރަތަމަ އަހަށް ޞަޙަރާގެ މީހުން ކިޔައި އުޅުނީ ضرس އެވެ. އަދި އެ އަހަށް ދެއްވި ނަމަކީ سكب އެވެ. އުޙުދު ހަނގުރާމައިގައި رَسُوْلُ اللهِ ﷺ އެ އަހަށް ސަވާރުވެވަޑައިގަތެވެ.88 سكب ގެ ތުންފަތުގައި ހުދުކަމެއް ހުއްޓެވެ. އެ އަހުގެ ތިން ފައިގައި ހުރީ ޕެޗްއަޅާފައެވެ. އެކަމަކު ކަނާތު އެއް ފައި ގައި ޕެޗް އަޅާފައެއް ނެތެވެ. އަކީ ހަލުވި އަހެކެވެ. ފެން އޮހޮރިހެންދާހާ އޮމާންކޮށް އެ އަސް ދުވުނެވެ.

مُرْتَجِز ގެ ނަންދެވިގެންވީ އަސް رَسُوْلُ اللهِ ﷺ ބައްލަވައިގަތީ ބަނީ މުއްރާ ވަންހައިގެ ބަދަވީއެއްގެ އަތުންނެވެ. مُرْتَجِز އަކީ ރިވެތި، ގެންގުޅެން ފަސޭހަ، އަދި ޅެމެއް ކިޔާހެން ހޭރޭ އަހެކެވެ.89

މިޞްރުގެ އިސްކަންދަރިއްޔާގެ ޙާކިމް މުޤައުޤިސް، لِزاز ގެ ނަން ކިޔޭ އަހެއް ހަދިޔާއެއްގެ ގޮތުން އަށް ފޮނުވި އެވެ. އަކީ ވަރަށް ހައލުވި އަހެކެވެ.90

فروة بن عمير الجُزمي ހަދިޔާއެއްގެ ގޮތުން ظرب ނަމަކަށް ކިޔުނު އަސް رَسُوْلُ اللهِ ﷺ އަށް އެރުވި އެވެ. ظرب އަކީ، ވަރަށް ވަރުގަދަ އަހެކެވެ.

ربيع بن أبي برائُل القلبي ހަދިޔާއެއްގެ ގޮތުން لحيف ނަމަކަށް ކިޔުނު އަސް رَسُوْلُ اللهِ ﷺ އަށް އެރުވި އެވެ. ގެ ނިގޫ ދިގެވެ. އެ ނިގުލުން ބިންމަތި ފޮޅާ ހަދައެވެ.

رَسُوْلُ اللهِ ﷺ ގެ އެންމެ ރަނގަޅު އެއް އަހަކީ يعسوب އެވެ.
مُراوِح އަކީ ރޭސް އަހެކެވެ. މި އަސް ހަދިޔާއެއްގެ ގޮތުން އަށް ދެއްވީ عُبيد بن ياسر އެވެ. ވައިޖެހޭހާ ބާރަށް مُراوِح ދުވެއެވެ.

ހިޖުރައިން ދިހަ ވަނަ އަހަރު މަދީނާ އަށް ޒިޔާރަތްކުރި ބަނީ ރަޙާ ޤަބީލާގެ މަންދޫބުން مرواح އަށް ނަމަކަށް ކިޔާ އަހެއް ހަދިޔާއަކަށް ދިނެވެ. رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމަތީގައި مرواح ދުއްވާ އިރު އަދި ހިންގޭ އިރު އެކަމާ رَسُوْلُ اللهِ ﷺ ވަރަށް ހިތްޕުޅާވިއެވެ.

ورد ނަމަކަށް ކިޔުނު އަހަކީ، تميم الدّاري، رَسُوْلُ اللهِ ﷺ އަށް ހަދިޔާއަކަށް ދިން އަހެކެވެ. ގެ ކުލަޔަކީ ރަތް މުށި ކުލައެވެ. رَسُوْلُ اللهِ ﷺ އެ އަސް ހަދިޔާއެއްގެ ގޮތުން ދެއްވީ عُمر (‏رضي الله عنه)‏ އަށެވެ. ورد އަށް ސަވާރުވެލައްވައިގެން عُمرُގެފާނު ހަނގުރާމަ ކުރެއްވި އެވެ. އެ ގޮތުން އެއް ހަނގުރާމައިން އަނެއް ހަނގުރާމަ އަށް ވަޑައިގަތެވެ.

رَسُوْلُ اللهِ ﷺ ތިން އަހެއް ރޭސް ޖެއްސެވުމަށް ބޭނުންކުރެއްވި އެވެ. سهل بن سعد (‏رضي الله عنه)‏ ދުއްވެވީ ظرب އެވެ. أبو أُسيد السّاعدي (‏رضي الله عنه)‏ ދުއްވެވީ لِزاز އެވެ. އެންމެ ބާރަށް ދުވަނީ لِزاز އެވެ؛ އެއާ ޖެހިގެން ظرب އެވެ. ދެން އެއާ ޖެހިގެން سكب އެވެ.

رَسُوْلُ اللهِ ﷺ ގެ ބަޣަލް އާއި ޙިމާރު

رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި ޙިމާރަކާއި، ބަޣަލްއެއް އޮތެވެ. އިސްކަންދަރިއްޔާގެ ޙާކިމް މުޤައުޤިސް، رَسُوْلُ اللهِ ﷺ އަށް ހަދިޔާއަކަށް އަޅި ކުލައިގެ ބަޣަލްއަކާއި، އަޅި ކުލައިގެ ޙިމާރެއް ދިނެވެ. ބަޣަލް އަށް ކިޔުނު ނަމަކީ، دُلدُل އެވެ. އަދި ޙިމާރަށް ދެވުނު ނަމަކީ، يعفور ނުވަތަ أُفير އެވެ.91

މުސްލިމުން އެންމެ ފުރަތަމަ ގެންގުޅު ހުދު ބަޣަލް އަކީ دُلدُل އެވެ. ޚައިބަރު ހަނގުރާމައިގައި ސަވާރުވެ ވަޑައިގަތީ މި ހުދު ބަޣަލްއަށެވެ. އަދި ޙުނައިނު ހަނގުރާމައިގައި ސަވާރުވެވަޑައިގަތީ އަނެއް ހުދު ބަޣަލްއަށެވެ. رَسُوْلُ اللهِ ﷺ ހަނގުރާމައެއް ގައި ޚަވާޒިން ވަންހަ އާ ދިމާލަށް ވަޑައިގަތުމަށް އެކަލޭގެފާނުގެ ބަޣަލް އަށް ލައްކެއް ޖައްސަވާލެއްވުމުން، އޭތީގެ ސްޕީޑް މަޑުކޮށް، ޢަދުއްވުންގެ ތެރެއަށް ވެއްޓިވަޑައިގަތުން ހުއްޓުވުމަށް ޓަކައި، عبّاسގެފާނު އެ ބަޣަލްގެ އަސްދާނު ގޮނޑީގައި އަދި އަބޫسُفيان بن حارث އޭތީގެ ރިކާބު ގައި ހިފެހެއްޓެވި އެވެ. ހަމައެހެންމެ ރިވާވެގެންވާ ގޮތުގައި، ޚައިބަރު ހަނގުރާމައިގެ ތެރޭގައި، يعفور ގެ ގައިމަތީގައި އަސްދާނުގޮނޑިއެއް ބޭއްވުނެވެ. އަދި ކަދުރު ރުކުގެ ފަނުގެ ރޯނުން ހަދާފައިވާ ލަގަނެއް އޭގެ ބޮލުގައި ބާއްވައި، رَسُوْلُ اللهِ ﷺ އެއަށް ސަވާރުވެވަޑައިގަތެވެ.

رَسُوْلُ اللهِ ﷺ، حجّة الوداع އިން އެނބުރި ވަޑައިގަތުމުން يعفور މަރުވެއްޖެ އެވެ. އަދި رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގެންނެވި އިރު، دُلدُل ވަނީ علي (‏رضي الله عنه)‏ ދޫކޮށްލެވިފައެވެ. ޝަހީދުވަންދެން علي (‏رضي الله عنه)‏، ދެން حسن (‏رضي الله عنه)‏، ދެން حُسين (‏رضي الله عنه)‏، އަދި އޭގެ ފަހުން، محمّد بن حنفيّة (‏رضي الله عنه)‏ އެ ބަޣަލް ދުއްވެވި އެވެ. معاوية بن أبي سُفيان (‏رضي الله عنه)‏ ގެ ދުވަސްވަރާ ޖެހެންދެން دُلدُل ދިރިހުއްޓެވެ.

رَسُوْلُ اللهِ ﷺ ގެ ޖަމަލުތައް

القصواء: ގެ މި ޖަމަލަށް الجدعاء އަދި العضباء މި ނަންތައް ވެސް ކިޔުނެވެ. މި ޖަމަލަކީ، بني قشير بن كعب بن ربيعة بن عامر ވަންހަ ނުވަތަ حريش بن كعب ވަންހައިގެ ޖަނަވާރެކެވެ. أبو بكر الصدّيق (‏رضي الله عنه)‏ ހަތަރު ސަތޭކަ ދިރުހަމަށް ބައްލަވައިގަތުމަށް ފަހު ހަމަ އެ އަގަށް رَسُوْلُ اللهِ ﷺ އަށް ވިއްކަވާލެއްވީ އެވެ.

رَسُوْلُ اللهِ ﷺ މަދީނާ އަށް ހިޖުރަކުރެއްވީ قصواء އަށް ސަވާރުވެވަޑައިގެން ހުންނަވައެވެ. އެކަލޭގެފާނު ޙުދައިބިއްޔާ ޢުމްރާ އަށް ވަޑައިގަތީ މި ޖަމަލު މަތީގައެވެ. رَسُوْلُ اللهِ ﷺ މި ޖަމަލު ރޭސްޖައްވާ އިރު އެހެން އެއްވެސް ޖަމަލަކަށް މި ޖަމަލަށް ވުރެ ކުރިއަރައިގެން ނުދެވެއެވެ. އެހެން ނަމަވެސް، ބަދަވީއަކު ދެ އަހަރުވީ ޖަމަލަކާ އެކު ރޭހުގައި ބައިވެރިވެ ރޭސް ކާމިޔާބުކުރި އެވެ.

رَسُوْلُ اللهِ ﷺ، حجّةُ الوَدَاعُ ގައި خُطبَةُ الوَدَاعُ ދެއްވީ قصواء އަށް ސަވާރުވެވަޑައިގެން ހުންނަވައެވެ. أبو بكر الضدّيق (‏رضي الله عنه)‏ ގެ ޚިލާފަތު ގައި قصواء ބޭއްވުނީ حنّةُ البقيع ގައެވެ. އެ ތާނގައި މިނިވަން ކަމާ އެކު ދޫކޮށްލާފައި ވަނިކޮށް، އޭތި މަރުވީ އެތާނގައެވެ.92

"އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ އަޅާގެ މަޒްހަރު ރިވެތިވެގެންވާ ގޮތުގައި ހެއްދެވި ފަދައިން، އަޅާގެ އަޚްލާޤު ވެސް ރިވެތިކޮށްދެއްވާދޭވެ".
حديث شريف

أبو جهل ގެ ކިބައިން ހަނގުރާމައިގެ ޣަނީމާ މުދަލެއްގެ ގޮތުން ނެގުނު ޖަމަލު: ބަދުރު ހަނގުރާމައިގެ ތެރޭގައި، أبُو جهل ގެ މަޝްހޫރު ޖަމަލު، ޣަނީމާ މުދަލުގެ ގޮތުގައި رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތެވެ. ޙުދައިބިއްޔާ ޢުމްރާ އާ ޖެހެންދެން، ހަނގުރާމަތަކަށް މި ޖަމަލަށް ސަވާރުވެ ވަޑައިގެން ވެސް ވަޑައިގަތެވެ.

މި ޖަމަލު ފާހަގަކުރައްވާފައިވަނީ ޢުމްރާ އަށް ޤުރްބާންކުރެވުމަށެވެ. މުޝްރިކުން ބޭނުން ވީ ސަތޭކަ ޖަމަލަށް މި ޖަމަލު ގަތުމަށެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މި ޖަމަލު ޤުރްބާންކުރުމަށް އަހަރެމެން ކަނޑައަޅާފައި ނެތް ނަމަ، ތިޔަބައި މީހުންގެ އެދޭ ގޮތަށް ހެއްދެވީމުހެވެ".

ކިރުފެލުމަށް ޚާއްޞަ ޖަމަލުތައް: رَسُوْلُ اللهِ ﷺ ގެ އަތްޕުޅު ގައި، الحناء، السمراء، العُريس، السعدية، البغوم، اليسيرة، އަދި الضبّة މި ނަންތައް ދެވިފައިވާ ކިރުފެލުމަށް ޓަކައި ހަތް ޖަމަލު އޮތެވެ. މި ޖަމަލުތައް ހުއިހައްޕާފައވަނީ، ذُو الجدر އަދި جَمَّة ގެ ވިނަތަކުންނެވެ. رَسُوْلُ اللهِ ﷺ ގެ ޢާއިލާ ދިރިއުޅުއްވީ މި ޖަމަލުތަކުން ފެލޭ ދެ ފެން ހަމުގެ ކިރުންނެވެ.93 އެހެން ނަމަވެސް، رَسُوْلُ اللهِ ﷺ ސުވަރުގެވަޑައިގެންނެވި އިރު، މިއިން އެއްވެސް ޖަމަލެއް ދުނިޔޭގައި ނެތެވެ.

رَسُوْلُ اللهِ ﷺ ވަޤުފު ކުރެއްވި މުދާތައް

އިސްލާމް ދީނުގައި ކުރެވުނު ފުރަތަމަ ވަޤްފު އެކުލެވިގެންވަނީ ހަތް ބަގީޗާއިންނެވެ. މި ބަގީޗާތަކަކީ، أُحد ހަނގުރާމައިގައި ޝަހީދުވި مخيريق بن النضير (‏رضي الله عنه)‏ ވަޞިއްޔަތެއް ގޮތުގައި ދޫކޮށްލާފައި ދިއުމުން رَسُوْلُ اللهِ ﷺ ޤަބޫލުކުރެއްވި ބަގީޗާތަކެކެވެ. އެ ހަތް ބަގީޗާ އަކީ:

الميثب، 2. الصائفة، 3. الدلال، 4. حُسنَى، 5. بُرْقَة، 6. الأعواف، 7. مَشْرَبَة މިއެވެ.94

أُحد ހަނގުރާމައިގެ ތެރޭގައި، ޔަހޫދީ ޢާލިމެއް އަދި މަހުޖަނެއް ކަމުގައިވާ مخيريق بن النضير އިސްލާމްވެ، އޭނާގެ ޤައުމުގެ މީހުންނަށް ގޮންޖަހާފައި ބުންޏެވެ. "مُحمَّدُ އަކީ އެންމެ ފަހުގެ ނަބިއްޔާކަން ތިޔަބައި މީހުންނަށް އަދި އެނގޭނެ އެވެ. އެކަލޭގެފާނުގެ ޞިފަފުޅުތައް ސާފުކޮށް توراة ގައި ވަނީ ލިޔެވިފައެވެ. މިހާރު، އަހަރެމެން ކުރުން އެންމެ އެދެވިގެންވާ ކަމަކީ، އެކަލޭގެފާނަށް ތަބަޢަވެ، އެކަލޭގެފާނަށް ދިމާވެފައިވާ ދަތި އުދަނގޫ ދަނޑިވަޅުތަކުގައި އެކަލޭގެފާނާ އެކުގައި ވުމެވެ". ޔަހޫދީން ބުނޫއެވެ. "ތިބާ ތި ބުނަނީ ރަނގަޅު ވާހަކައެކެވެ. އެކަމަކު، މިއަދަކީ ހޮނިހިރު ދުވަހެވެ. އަހަރެމެން މަސައްކަތްކުރަން ޖެހެއެވެ."! އެ މީހުންނަށް ވިސްނައިދިނުމަށް މަސައްކަތްކުރުމަކީ ބޭކާރު ކަމެއްކަން އޭނާ އަށް ރޭކާލުމުން، އޭނާގެ ކަނޑި އަޅުވާލާފައި، އޭނާ އަކީ މުސްލިމެއްކަމަށް އިޢުލާންކޮށްފި އެވެ. އޭނާގެ ތިމާގެ މީހުންނަށް އަންނަނިވި ފަދައިން އޭނާ ވަޞިއްޔަތްކުރި އެވެ. "އަހަރެން މަރުވެއްޖެ ނަމަ، އަހަރެންގެ މުދާ މިލްކުވެގެންވަނީ محمّدގެފާނަށެވެ. އެ މުދާތައް އެކަލޭގެފާނު ބޭނުންފުޅު ގޮތަކަށް ބޭނުންކުރެވިދާނެ އެވެ". އިސްލާމީ ލަޝްކަރާ ގުޅުމަށް އޭނާ ދިޔައެވެ. އަދި ޝަހީދުކަމުގެ ޝަރުބަރުން އޭނާ ހިއްޕެވި އެވެ.

އެންމެ ފަހުން، ހަނގުރާމަ ނިމި، ޒަޚަމްތަކުގައި ބޭސްއަޅައިފި އެވެ. އަށް އޭނާގެ މުދާ ދިނުމަށް مخيريق ކުރި ވަޞިއްޔަތަށް އޭނާގެ ޢާއިލާގެ މީހުން ޢަމަލުކުރި އެވެ. ފިނި ފެނާއި، ގިނަ ޢަދަދެއްގެ މޭވާ ހުރި އެ ދަނޑުތައް رَسُوْلُ اللهِ ﷺ ޚައިރާތަށް ދޫކޮށްލައްވައި، ފަޤީރުން ބޭނުންކުރުމަށް ހުޅުވާލެއްވި އެވެ. އިސްލާމް ދީނުގައި ވަޤްފުގެ އާދަކާދަ ފެށިގެންއައި ގޮތަކީ މިއީ އެވެ. رَسُوْلُ اللهِ ﷺ، مخيريق އަށް ތަޢުރީފުކުރައްވައި حديث ކުރެއްވި އެވެ. " مخيريق އަކީ ޔަހޫދީ ނަސްލުން އައިސްހުރި ރަނގަޅު މީހެކެވެ".

މަދީނާގައިވާ رَسُوْلُ اللهِ ﷺގެ ވަޤްފުތަކުގެ މައިގަނޑަކީ مخيريق ގެ މުދަލެވެ.

إبن حُميد ވިދާޅުވެފައި ވެއެވެ. "مخيريق ގެ ވަޤްފު ކަދުރު ދަނޑުން ކަދުރު ގެންނަވަން ޚަލީފާ عُمر بن عبدالعزيز ބޭނުންފުޅުވެއްޖެ އެވެ. ތަށްޓަކަށް އަޅައިގެން ކަދުރު ގެނެވުނެވެ. عُمر بن عبدالعزيز ވިދާޅުވި އެވެ. 'އަހަންނަށް أبوبكر بن حزم ލިޔެފައިވާ ގޮތުގައި، މި ކަދުރަކީ، رَسُوْلُ اللهِ ﷺ ގެ ދުވަސްވަރުން ފެށިގެން ދެމިހުރި އެކަލޭގެފާނު އެއިން ކަދުރު ފަރީއްކުޅުއްވި ކަދުރު ރުށްތަކެއްގެ ކަދުރެވެ'. އަޅުގަނޑު ދެންނެވީމެވެ. 'އޭ މުސްލިމުންގެ އަމީރެވެ! އަޅުގަނޑުމެންގެ މެދުގައި އެ ކަދިރު ބައްސަވާދެއްވާށެވެ'. އޭނާ ކަދުރު ބެއްސެވި އެވެ. އަހަރެމެންގެ ކޮންމެ މީހަކަށް ލިބުނީ 9 ކަދުރެވެ".

عُمر بن عبدالعزيز ވިދާޅުވެފައި ވެއެވެ. "އަހަރެން މަދީނާގެ ގަވަރުނަރަކަށް ހުރި އިރު، އަހަރެން އެ ކަދުރު ބާލަށް ވަނީމެވެ. އަހަރެން އެ ކަދުރުރުށްތަކުން ކަދުރު ކެއީމެވެ. އަދި އެ ކަދުރުހާ މީރި އަދި ފޮނި ކަދުރެއް އަހަރެން ނުކަމެވެ".

عمرو بن مهاجر ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ ގެ މުދާތައް عُمر بن عبدالعزيز އަތްޕުޅުގައި ކޮޓަރިއެއް ގައި ބަހައްޓާފައި ހުއްޓެވެ. އޭނާ އެ މުދަލަށް ކޮންމެ ދުވަހަކު ބައްލަވާ ހައްދަވައެވެ. ޤުރައިޝުންގެ މީހުން އޭނާޔާ ބައްދަލުކުރަން އައުމުން، ގެ މުދާތައް ބަހައްޓާފައިވާ ކޮޓަރިއަށް ވައްދަވާފައި، އެ މުދަލާ ދިމާލަށް އެނބުރިލައްވާފައި ވިދާޅުވިއެވެ. 'މިއީ އެ ބޭކަލެއްގެ ޝަރަފު الله تعالى ތިޔަބައި މީހުންނަށް ދެއްވި ކަލޭގެފާނުގެ ލެގަސީއެވެ'". އޭގެ ތެރޭގައި ހިމެނެނީ:

ކަދުރު ރުކުގެ ފަނުން ވިޔެފައިވާ އެނދެއް.
ކަދުރު ރުކުގެ ފައިބަރ އަޅައި ލެދަރުން ފަހާފައިވާ ބޯދަށުލާ ބާލީހެއް.
ބޮޑު ކާތަށްޓެއް.
ފެންބޯ ތަށްޓެއް.
ހެދުމެއް.
އަތުން އަނބުރާ މިލްއެއް.
ދުނިއަޅާ ކޭހެއް.
މަޚްމަލުގެ ރަޖައެއް.

(‏رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ހަށިކޮޅުގެ މީރު ވަސް ހުރުމުގެ ސަބަބުން، މި ރަޖާއިން ދުވާ ވަސް ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރެވެ. عُمر بن عبدالعزيز އާލާސްކަންފުޅުވާ ކޮންމެ ފަހަރަކު، މި ރަޖާ ދޮންނަން ބޭނުންކުރާ ފެނުން ފެންވެރުމުން އެ ބައްޔަކުން ރަނގަޅުވެއެވެ.)‏

"މާތް ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނަށް ތަޢުރީފުކުރުމަށް އެކަށީގެންވާ ބަސްތަކެއް އަޅުގަނޑަކަށް ނުފެނުނެވެ؛ އަޅުގަނޑުމެން އެންމެން ޚަލްޤުކުރެއްވުނީ ކަލޭގެފާނަށް ޓަކައެވެ. ވަފާތެރިކަމުގެ ޤައުމުގެ ޝާހު އެވެ. އަޅުގަނޑުގެ އުއްމީދަކީ، އަޅުގަނޑުގެ ޙަޔާތާއި، ހުރިހާ އެއްޗެއް ކަލޭގެފާނަށް ޓަކައި ޤުރުބާންކުރުމެވެ".
حسين حلمي إبن سعد (‏رحمة الله عليه)‏

ميزاب الرحمة – الكعبة المعظّمة

المسجدُ النَّبَوِي ގެ އެތެރޭގެ މަންޒަރެއް – المدينة المُنوَّرَة

ލޯބީގެ ކަނޑު ގައި ރާޅު ނަގާ އިރު،
އެ ޚާއްޞަ އިތާމުތް ފާޅުވެއްޖެއޭ،
އެކަލޭގެފާނުގެ މަތިވެރިކަމާ މެދު ޙައްޤު ވަޙީކުރެއްވިއޭ،
لو لاك لما خلقت الفلك.
އެ އިރުގެ އަލިކަން، އެ އިރު އެރި އިރު،
މުޅި ކައުނު ފުރާލިއޭ،
އެކަލޭގެފާނުގެ އެ މަގުން ދިޔަ ކޮންމެ މީހަކު،
ހުރިހާ ކަމެއްގައި ރަނގަޅުކަން ދެކޭނެއޭ.
ޤައުމުތައް އެކަލޭގެފާނުގެ ވެރިކަމުގައި ވީ ހިނދު،
އެކަލޭގެފާނުގެ އަތުގައި ތިން ގަމީސް ވެސް ނެތޭ،
އެކަލޭގެފާނުގެ ގޭގައި މާ ގިނަ އެއްޗެއް ނެތޭ،
އެކަލޭގެފާނު ދުނިޔެ ދޫކުރެއްވި އިރު، އެކަލޭގެފާނުގެ ދަގަނޑު ދަހަނާއަކީ ރަހުނެކޭ.
އެކަލޭގެފާނު ޢާއްމުކޮށް ދެކެލެއްވި ތަކެތެއްޗާ ޖެހިގެން،
ދުނިޔަވީ ތަކެތީގެ އަގަކީ ކޮބައި ހޭ؟
އެކަލޭގެފާނު އެންމެންނަށް ކޮށްދެއްވި ކަންތައް ގިނައޭ،
އެކަލޭގެފާނު ނޫނެކޭ ޙަދީޘެއްނުކުރައްވައޭ.
ބައެއް ފަހަރު، އެކަލޭގެފާނު ދެއްވާ ފައިސާގެ ޢަދަދު،
ލަދުން، އެކަލޭގެފާނުގެ ޢަދުއްވުން އެ މީހުން ބޯ ގުދުކުރާނޭ،
އެކަލޭގެފާނަކީ، ޔަތީމު ކުދިންނަށް އޯގާތެރި ބައްޕާފުޅެކޭ،
ދަށްފަންތީގެ މީހުންނަށް އެކަލޭގެފާނުގެ ހަމްދަރުދީ ބޮޑޭ.
އެކަލޭގެފާނުގެ ކޮންމެ ޙަރަކާތެއް ވަނީ ވަރަށް ބޮޑަށް ޙިކުމަތުން ފުރިފައޭ،
އެކަލޭގެފާނު އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ކަމަށް އެދިވަޑައިނުގަންނަވައޭ،
އެކަލޭގެފާނު އަބަދުވެސް ފަޤީރުންނަށް ޒިޔާތްކުރައްވައޭ،
ހުރިހާ ވޭނަކުން އެކަލޭގެފާނު ރަނގަޅުކޮށްދެއްވައޭ.
ރޭގަނޑުގެ ނަމާދު އެކަލޭގެފާނު އެއްގޮތަކަށް ވެސް ދޫކޮށްނުލައްވައޭ،
ﷲ އަށް ގަންނަ ބިރުގެ ސަބަބުން ނުއޮށޯވޭ.
ރަސޫލާ އަބަދުވެސް އެންމެންނާ މެދު ދެކެލެއްވީ،
އެކަލޭގެފާނާ ހަމަހަމަ ކަމަށޭ.
ﷲ ގެ އަޅަކަށް ވުމުން އެކަލޭގެފާނުގެ ފަޚްރަކަށް ވިއޭ،
އެކަލޭގެފާނުގެ އަޚްލާޤަކީ އިލާހީ އަޚްލާޤޭ،
އެކަލޭގެފާނުގެ މަގަށް ޝައުޤުވެރިވާ ކޮންމެ މީހަކު،
ރިވެތި ސިފަތަކުން ޒީނަތްތެރިވެގެންވޭ.
އެކަލޭގެފާނު ދުރުވި ސްކޫލަކު ގައި،
ﷲ އަކީ އެތާނގެ ޓީޗަރޭ،
قرآن ގައި ވާ އެ ރަޙްމާންވަންތަކަމޭ،
އެކަލޭގެފާނު ރިވެތިކޮށް ސިފަކޮށްދީފައިވެއޭ.
މަޙްޝަރުގެ ކުރިން، ރަސޫލުންގެ ޝާހު އަށް،
ނިމުމެއް ނެތް ގޮތުގައި ޞަލަވާތް ކިޔަންޖެހެއޭ،
އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނަށް،
ހިތްތިރިކަމާ އެކު ޞަލަވާޠާއި ސަލާމޭ!

حليةُ السَّعادة

އެކަލޭގެފާނުގެ ޞަޙާބީންނަށް އިރުޝާދު ދެއްވުމަށް ފަހު،
އަހަރެން މަރުވުމަށް ފަހު، فخرُالإسلام حديث ކުރެއްވިއޭ.
މީހަކަށް ތިމަންކަލޭގެފާނުގެ ސާފު حِلية ފެނިއްޖެ ނަމަ، ދެން،
އެއީ ތިމަންކަލޭގެފާނުގެ މޫނު ޙަޤީޤަތުގައި ފެނުނު ފަދައޭ،
އޭނާ އަށް ތިމަންކަލޭގެފާނު ފެންނަ ހިނދު، އޭނާ ތިމަންކަލޭގެފާނު ދެކެ ލޯބިވާ ނަމަ،
އޭނާ ތިމަންކަލޭގެފާނުގެ ރީތި ކަމަށް ލޯބިވެއްޖެ ނަމަ،
އޭނާ ތިމަންކަލޭގެފާނު ދެކެން އަދިވެސް ބޭނުން ނަމަ،
ތިމަންކަލޭގެފާނުގެ ލޯބިން އޭނާގެ ހިތް ފުރިއްޖެ ނަމަ،
އޭނާ އަށް ޖަހަންނަމަ ޙަރާންވާނެއޭ،
އަޅާގެ ރައްބު އޭނާ އަށް ސުވަރުގެ ދެއްވާނެއޭ.
ރައްބު އޭނާ އޮރިޔާމުން މަޙްޝަރުނުކުރައްވާނެއޭ،
ޢަފޫކުރެއްވުން އޭނާ އަށް ޙައްޤުވެގެންވާނެއޭ.
ބުނެވޭ ގޮތުގައި މީހަކު،
حلية الرّسول ލޯބިން ލިޔާކަމަށް ވާނަމަ،
ރައްބު އޭނާ ބިރުވެރިކަމުން ރައްކާތެރިކުރާއްވާނެއޭ،
މުޅި ދުނިޔެ އިރައިގެންދިޔަ ނަމަވެސްއޭ.
އަދި އޭނާގެ ހަންގަނޑަށް އެއްވެސް ބައްޔެއް ނުޖެހޭނެއޭ،
އޭނާގެ މުޅި ހަށިގަނޑު ބަލިތަކުން ރައްކާތެރިވާނެއޭ.
އޭނާ ކިތަންމެ ފާފައެއް ކުރިޔަސް،
އޭނާގެ ހަށިގަނޑަށް ނަރަކަ ޙަރާމްވާނެއޭ.
ދެން އަންނަ ދުނިޔޭގައި ޢަޒާބުލިބުމުން އޭނާ މިންޖުވާނެއޭ،
މި ދުނިޔޭގައި އޭނާގެ ކޮންމެ ޙަރަކާތެއް ވެސް ފަސޭހަވާނެއޭ.
ربُّ الجَلَّ އަންނަ ދުނިޔޭގައި އޭނާ އަލުން ދިރުއްވާނެއޭ،
މި ދުނިޔޭގައި ރަސޫލާ ދުށް މީހުންނާ އެކުގައޭ.
حلية النّبي ސިފަކުރަން އުނދަގޫވާ ފަދައިން،
އަހަރެމެން ފަށާނަމޭ، ކިތަންމެ އުނދަގޫ ވިޔަސް.
ذوالجلال އަށޭ އަހަރެމެން އިތުބާރުކުރަނީ،
ހިތްތިރިކަމާ އެކު ސިފަކުރަން އަހަރެމެން ފަށާނަމޭ،
މުޅި އުއްމަތް ވެސް އެ ކަމަށް އެއްބަހޭ،
فخر السّلام ވީ ރަތް އަދި ހުދަށޭ.
އެއީ، ސާފު ހުދުކުލައޭ، އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅޭ،
އަދި ފިނިފެންމަލެއް ފަދައިން ކޮންމެވެސް ވަރަކަށް ރަތް ކުލަ ހުއްޓޭ.
އެކަލޭގެފާނުގެ މޫނުފުޅު ގައި ހުރި ދާ، އިތާމުތްތަކެއް ފަދައޭ،
އިތުރަށް ރިވެތިކުރެއްވިއޭ، ރިވެތި ޖައުހަރޭ.
އެ ނިޢުމަތުގެ ފައްވާރާ ދާހިއްލާ އިރު،
ނޫރުގެ ކަނޑު ގައި ރާޅުބާނި ހެދޭހެންނޭ.
އެ ބޭކަލުން އަބަދުވެސް ފެނިގެންދިޔައީ، އަނދުނާ އެއްކޮށޭ،
ރިވެތިކަމުން ހިތްތައް ދަމައިގަންނާނެ އޭ.
އެ ބޭކަލުންގެ ހުދުކަން ވަރަށް ހުދޭ،
އެކަލޭގެފާނުގެ އެ ކަމަށް ތާއީދުކުރެއްވީ އާޔަތަކުންނޭ.
އެ މީހުންގެ ކަޅުކަން ކުޑައެއް ނޫނޭ،
އެކަލޭގެފާނަށް ދުރާއި ގާތް އެވަރޭ.
އެކަލޭގެފާނުގެ ދެ ލޯފުޅު ބޮޑުވެފައި ރީއްޗޭ،
އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅުން ނޫރު ބަބުޅައޭ.
مًصطَفَى ގެ ލޮލުގެ ފެނުމުގެ ވަރުގަދަކަން،
ދުވާލާއި ރޭގަނޑު ވެސް ވަރުގަދައޭ.
އެކަލޭގެފާނު ތަނަކަށް ބައްލަވާލައްވަން ބޭނުންފުޅުވި ނަމަ،
އެކަލޭގެފާނުގެ ޠާހިރު ހަށިކޮޅު ވެސް އެނބުރެއޭ.
އެކަލޭގެފާނުގެ ހަށިކޮޅު ބޯކޮޅަށް ތަބާވެއޭ،
މިކަން ކުރެއްވުން އެކަލޭގެފާނު ދޫކޮށެއް ނުލައްވައޭ،
ރަސޫލާގެ ހަށިކޮޅެއް ހުއްޓަސް،
އެކަލޭގެފާނު ވީ މާއްދީވީ ރޫޙެއް ފަދައޭ.
ރަސޫލާ ރިވެތިވެފައި ލޯތްބޭ،
حق تعالى އެކަލޭގެފާނު ދެކެ ވަރަށް ލޯބިވިއޭ.
مالك އާއި أبو هالة އެއްބަސްވީ ހިނދު،
އެކަލޭގެފާނުގެ ބުމަފުޅު ވީ، ހުޅެވިހަނދު ފަދައިން ހުޅުވިގެންނޭ.
އެކަލޭގެފާނުގެ ދެ ބުމަފުޅު ދޭތެރެވަނީ ސާފު ހުދުކުލައޭ.
ރިހި ފަދައިން ފެނެއޭ، އެތަން ވަރަށް އަކިގަދައޭ،
އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅު ހުރީ ކޮންމެވެސް ވަރަކަށް ވަށްބުރަށޭ،
ވަރަށް އުޖާލާ ހަނގަނޑަކާ އެކު، ދެފުށް ފެންނަ ފަދައޭ.
އެކަލޭގެފާނުގެ ބަރަކާތްތެރި ކަޅު ދެ ބުމައިގެ ދޭތެރޭގައި،
މުޅި ކައުނުގެ ޤިބްލަ ވިއޭ.
އެކަލޭގެފާނުގެ ބަރަކާތްތެރި ނޭފަތްޕުޅު މޫނާ އަޅާބަލާއިރު،
ފެންނަނީ މެދުން ކުޑަކޮށް އުސްކޮށޭ.
އެހާ ސާފުތާހިރުވެފައި، އެހާ ރީތިވެފައި އޮމާނޭ،
އެއްވެސް މީހެއްގެ ބާރުން ބޭރުގައި، މާނަކުރެވުނޭ.
އެކަލޭގެފާނުގެ ދަތްޕިލާ ދޭތެރެ ކުޑަކޮށް ދުރޭ؛
އެ ދަތްޕިލާޕުޅު ވިދާލީ އިތާމުތްތަކެއް ފަދައިންނޭ.
އެކަލޭގެފާނުގެ ކުރިމަތީ ދަތްޕިލާޕުޅު ފެންނަ ކޮންމެ ފަހަރަކު،
މުޅި އެތަނުގެ ވަށައިގެން އަލިކަން ފެތުރެއޭ.
އެކަލޭގެފާނު ހިނިވަރުނަކުރައްވާ ކޮންމެ ފަހަރަކު، ދެ ދުނިޔޭގެ ސައްޔިދު،
ހުރިހާ ޢާލަމްތަކެއް ގައި ދިރިތިބި އަދި މަރުވެފައިވާ އެންމެންގެ ރަސޫލާއޭ؛
އެކަލޭގެފާނުގެ ކުރިމަތީ ދަތްޕިލާފުޅު ފެނުމުން ވަރަށް ރީއްޗޭ،
ގިނި ހިލަތަކެއް ފަދައިން ވަރަށް އޮމާނޭ.
إبن عبّاس ވިދާޅުވިއޭ، ހުދާގެ ލޯބިވާއޭ،
ހީހަދާ ވަރަށް ވުރެ މާތްކަން ބޮޑޭ.
އިސްލާމްދީނުގެ އެ ރަމްޒު ވަރަށް މާތްކަން ބޮޑޭ،
ބުނެވޭގޮތުގައި، އެކަލޭގެފާނު ބާރަށް ހިނިވަރުނަ ނުކުރައްވައޭ.
رَسُوْلُ اللهِ ﷺ ވަރަށް ލަދުވެތިވެފައި އަދަބުވެރިއޭ،
އެކަލޭގެފާނު ވަށައިގެން ހޯއްދަވާ ނަހައްދަވައޭ.
ވަށްކޮށޭ އެކަލޭގެފާނުގެ މޫނުފުޅު ހަނދު ފަދައިން،
އެކަލޭގެފާނަކީ، مَولَى ރިފްލެކްޓްވި ލޯގަނޑެކޭ
އެކަލޭގެފާނުގެ މޫނުފުޅު އަލިކަމުން،
އެކަލޭގެފާނުގެ މޫނުފުޅަށް ބެލުމަކީ ލޯ ތަރަތަރަލައޭ.
ހިތްތަކަށް ނަބިއްޔާގެ ޖާޒުބީކަން ބޮޑު މިންވަރީ،
އެކަލޭގެފާނު ދެކެ ލޯބިވާ އެއް ލައްކަ ޞަހާބީން ވިއޭ.
ހުވަފެނުގައި އެއް ފަހަރު އެކަލޭގެފާނު ދުށް މީހުން،
ބުނޫއޭ، ދުނިޔޭގައި މި ނޫން ހިތްހަމަޖެހުމެއް ނެތޭ.
އެކަލޭގެފާނުގެ ކޯތާފަތްޕުޅު ރީއްޗޭ، ރަނގަޅަށް ދަންނާށޭ،
ހުރީ މަސްޖަހާފައެއް ނޫނޭ، މީސްތަކުން ބުނެއޭ.
އެކަލޭގެފާނު جنابُ الحقّ ލޯތްބާއެކު ޚަލްޤުކުރެއްވިއޭ،
ދޮން މޫނެކޭ އަދި ފުޅާ ނިތްކުރިއެކޭ.
ކޮންމެ ވަގުތަކު ވެސް، އެކަލޭގެފާނުގެ ކަރުފުޅުގެ ނޫރު ބަބުޅާނެއޭ،
އެކަލޭގެފާނުގެ އިސްތަށިފުޅުގެ ތެރެއިން ދޯއްޖެއްގެ މަޞްދަރު ފަދައިންނޭ.
އެކަލޭގެފާނުގެ ބަރަކާތްތެރި ތުނބުޅިފުޅުން، ނުރަ އިސްތަށި،
ސަތާރަ އަށް ވުރެ ގިނައެއް ނޫނޭ.
ތުބުޅިފުޅު ބުޅިއެއް އަދި އެހާ ދިގެއް ނޫނޭ؛
އެކަލޭގެފާނުގެ އެހެން ގުނަވަންތައް ފަދައިން ރިވެތި ބައްޓަމެކަށޭ.
رسول الآفاق ގެ ކަރުފުޅު ވަރަށް ސާފޭ،
ކުލައިގައި، ވަރަށް ދޮން އަދި ވަރަށް ސާފޭ،
ރިވެތި އަޚްލާޤުގެ އަޞްޙާބުންގެ ތެރެއިން ގިނަ ބޭކަލުން ހާމަކުރެއްވިއޭ،
އެކަލޭގެފާނުގެ ބަނޑުފުޅާއި މޭފުޅު އެއް ހަމައޭ.
އެކަލޭގެފާނުގެ ބަރަކާތްތެރި މޭފުޅު ހުޅުވޭ ނަމަ،
ޢިލްމުގެ ޚަޒާނާ އިން އިލާހީ ޙަމާސް95 ބަބުޅާނެއޭ.
އިލާހީ ލޯބި ވާ މޭފުޅެއް ގައި،
ކޮންމެ ޙާލެއް ގައި ވެސް އެހެން ގޮތެއް ނުވާނެއޭ.
އެކަލޭގެފާނުގެ ބަރަކާތްތެރި މޭފުޅު ފުޅާވިއޭ؛
އެ މޭފުޅުން علم الللادنيا ފެތުރުނޭ.
އެ މަތިވެރި މޭފުޅު ދޮންވެފައި ދެފުށްފެނެއޭ.
ފެނުނު މީހުން ހީކުރީ އެއީ ހަނދުގެ ދަނޑުގޮވާންކުރުން ކަމަށޭ.
އަބަދަށް ދެމިހުރުމަށް ފުން ލޯތްބެކޭ،
އެ ފައްކާ މަޚްލޫޤަށް އަލިފާން ރޯކޮށްފިއޭ.
އެންމެންނަށް ވެސް އެނގެއޭ، ޒުވާން އަދި މުސްކުޅިޔަސް،
ކައުނުގެ ސައްޔިދުގެ ކޮނޑު ކަށިގަނޑު އެއްވަރޭ.
އެކަލޭގެފާނުގެ ބުރަކަށިކޮޅުގެ މެދު ގައި ކޮންމެވެސް ވަރަކަށް މަސްޖަހާފައޭ؛
އެކަލޭގެފާނަކީ ދީލަތި އަދި ހައިބަތްތެރި ބޭކަލެކޭ.
އެކަލޭގެފާނުގެ ރިހި ހަންގަނޑު ވަރަށް ބޮޑަށް ހިތްގައިމޭ؛
އެ ހަމުގައިވާ ބޮޑު ތަތްގަނޑެއްގައި ވަނީ އެކަލޭގެފާނަކީ ރަސޫލާއޭ.
ރަސޫލުކަނުގެ ވަނީ އެކަލޭގެފާނުގެ ބުރަކަށިކޮޅުގައޭ،
އެ ތައްގަނޑު ވަނީ އެކަލޭގެފާނުގެ ކަނާތާ ވީ ފަޅީގައޭ.
އެކަން އެނގޭ މީހުން،
ރަސޫލުކަމުގެ ސިއްކައަކީ ރިވެތި ބޮޑު ލަފެއްކަމަށް ބުނޫއޭ.
ކުލައަކީ ކަޅާއި، ހިޔަނީގައި ރީނދޫކުލަޔަކަށް ދާ،
ދަރަޖައިގައި ކޮތަރު ބިހެއްގެ ބޮޑުމިނޭ.
ބޯޑަރ ލައިނެއް ގޮތަށް ވަށައިގެން ރޮނގެއް ލާފައޭ،
ވަށް ރޮގެއްގައި ކުދި އިސްތަށިތަކުންނޭ.
އެންމެ ޝަރަފުވެރި ނަސަބުންކަން އެނގޭ މީހުން،
ބުނިގޮތުގައި މަތިވެރިވެރި ނަބިއްޔާގެ ބިޔަ ހަށިކޮޅެއްގެ ވެރިއެކޭ.
އެކަލޭގެފާނުގެ ކޮންމެ ކަށިކޮޅެއް ބޮޑުވެފައި ވަރުގަދައޭ،
ބައްޓަނާއި، އުފެދުމުގައި ވެސް ރީއްޗޭ.
އެކަލޭގެފާނުގެ ކޮންމެ ގުނަވަނެއްގައި ބަރަކާތްވެއޭ،
އުފެދުމުގައި ބައްޓަން ރިވެތި، އަދި މަސްހަރުކޮށޭ.
رَسُوْلُ اللهِ ﷺ ގެ ހުރިހާ ބަރަކާތްތެރި ގުނަވަނެއް ވެސް،
قرآن ގެ އާޔަތްތައް ހާ ރީއްޗޭ.
އެ ރިވެތި މަޚްލޫޤުގެ އަތްތިލަފުޅުތައް،
ފުޅާ، ސާފު، ރިވެތި އަދި ލޯތްބޭ.
އެކަލޭގެފާނުގެ ދެ އަތްތިލަޕުޅު އަދި ފައިތިލައިގެ އިޑިން ވެސް އެހާ ލޯއްބޭ،
ތާޒާ ފިނިފެންމަލެއް ފަދައިން، މީރުވަސްދުވާ އަދި ރީއްޗޭ.
ތަޖްރިބާކާރުން ހާމަކުރި ފަދައިން، އެހާ ރީއްޗޭ،
މުޢުޖިޒާތުގެ އަދި ބަރަކާތުގެ އެ ދެއަތްތިލަފުޅޭ.
މީހަކަށް މަރުޙަބާ ކިޔުއްވާ ކޮންމެ ފަހަރަކު،
ކޮންމެ މީހަކަށް ވެސް އެކަލޭގެފާނުގެ ފޮނިފޮނި ހިނިވަރުނަކުރެއްވުމުން ތަސައްލީދެއޭ.
ޙާދިސާގެ ދެ ދުވަސް ފަހުން،
އެތަކެއް މަހޭ ވެސް ބުނެވިދާނެއޭ،
އެއްވެފައި ތިބި މީހުންގެ ތެރޭގައި، އެ ނަސީބުގަދަ މީހާ،
އެނގޭނީ އެކަލޭގެފާނުގެ މީރު ވަހުންނޭ.
އެކަލޭގެފާނުގެ ސާފު ހަން ދޮންވެފައި އިސްތަށި ނެތޭ،
އެހާ އުނިކަމެއް ނެތް ރިވެތިކަމަށް ތަޢުރީފުކުރާނީ ކޮން ލަފްޒުތަކެއް ހޭ!
ލޮބުވެތި ރަސޫލާ އަބަދު އަދި ދާއިމަށް ފެނުމަށްޓަކައި،
އެ ބަރަކާތްތެރި ރިވެތި ހަށިކޮޅަށް ވަނީ ނަޒަރު ހުއްޓިގެންނޭ.
އެ ނާޒުކު ހަންގަނޑު އެހާ ފުރިހަމައޭ،
ޚާލިޤު އެކަލާނގެ ޚަލްޢުކުރެއްވުން ފާޅުކުރެއްވިއޭ.
އެކަލޭގެފާނުގެ ބަނޑާއި މޭފުޅުގައި އިސްތަށްޓެއް ނެތޭ،
ރިހި ތަށްޓެއް ފަދައިން ސާފު ދޮންކަމޭ.
ހަމައެކަނި މެދުމޭމަތިފުޅުގެ ތިރިއަށޭ،
ހިމާ ދިމާލަށް ހުރި އިސްތަށީގެ ރޮނގެކޭ.
މި ކަޅު ރޮނގު އެކަލޭގެފާނުގެ ހަށިކޮޅު ގައި ފެންނަނީ ވަރަށް ބަރަކާތޭ،
ހަނދުގެ ވަށައގެންވާ އަލިކަން ހާ ސާފޭ.
ބަރަކާތްތެރި ގުނަވަންތައް މުޅި ޢުމުރުގައި ދެމިހުރީ،
ޒުވާން ޢުމުރުގައި ހުރި ގޮތަށޭ.
ވަގުތު ފާއިތުވީހެން ރަސޫލާ ޢުމުރުފުޅުން ދުވަސްވީ ޠަބީޢީ ގޮތަށޭ،
ނިރެއް ފަދައިން، އެހެން ނަމަވެސް، ޖިސްމާނީގޮތުން އެކަލޭގެފާނު އާވިއޭ.
ކައުނުގެ ސައްޔިދު ވީ ކަމަށް ނުބަލާށޭ،
ފަލަކަމުގައި އާދައިގެ ސައިޒަށް ވުރެ ބޮޑު ކަމަށް.
އެކަލޭގެފާނު ހިކި ނުވަތަ މަސްޖަހާފައެއް ވެސް ނޫނޭ،
މެދުމިނުގެ އަދި ވަރަށް ހައިބަތްތެރިއޭ،
މިކަން ރަގަނޅަށް އެނގޭ މީހުން ބުންޏޭ،
މާ ހިއްކެއް ވެސް ނޫނޭ ނުވަތަ އެވްރެޖަށް ވުރެ މަތި ނޫނީ ފަލައެއް ނޫނޭ.
ޚާލިޤު އެ ރިވެތި ހަށިގަނޑު ޚަލްޤުކުރެއްވިއޭ،
އިލާހީ އިންޞާފާއި ހަމަހަމަކަމުގައޭ.
އެކަލޭގެފާނުގެ ސާފު ހަމުގައި ބަރާބަރުކަން ހުއްޓޭ،
އެކަލޭގެފާނުގެ މުޅި ހަށިކޮޅު ގައި ބެބުޅުން ވިއޭ.
ޞިދްރާގެ ސައްޔިދަކީ މެދުމިނުގެ ސައިޒެއްގެ ހަށިކޮޅުގެ ވެރިއެކޭ،
އެކަލޭގެފާނާ އެކުގައޭ ދުނިޔޭގެ ޞުލްޙަވެރި ނިޒާމް ޙާޞިލުކުރީ.
އެކަލޭގެފާނުގެ މުޢުޖިޒާތްތަކާއި، ޢަޖާއިބުތައް ފެނުނު މީހުން،
ބުނިގޮތުގައި އެކަލޭގެފާނަށް ތަޢުރީފުކުރުމަކީ، އެމީހުންނަށް ނުކުރެވޭ ވަރުގެ ކަމެކޭ.
އެ ފަދަ ފިނިފެން މަލެއް ފަދަ ރިވެތިކަން އަހަރެމެންނަށް ނުފެނެއޭ،
އިސްކޮޅާއި، އަޚްލާޤާއި، ސިފަތަކުގައި އެހާ ލޯތްބޭ.
ނަބިއްޔާގެ އިސްކޮޅު މެދުމިނުގެ މެދުމިނޭ؛ އެކަމަކު،
އިސްކޮޅުން ދިގު މީހަކު އެކަލޭގެފާނާ އެކު ހިނގާފައިދާ އިރު،
އެ މީހަކު ކިތަންމެ ދިގުވި ނަމަވެސް،
އެތަނުން ދިގުކޮށް ދައްކާނީ ރަސޫލާއޭ.
އެ ޖަވާހިރު، އެ ދިގު މީހާއާ އަޅާބަލާއިރު،
އަތްތިލަހާ ވަރަށް ދިގުވާނޭ.
އެކަލޭގެފާނު ހިންގަވާފައި ވަޑައިގަންވާ ކޮންމެ ފަހަރަކު، ހައިބަތްތެރިއޭ،
ހިންގަވާ ބާރުމިނުގައި އަވަހޭ.
އެކަލޭގެފާނު ހިންގަވާ އިރު، އެކަލޭގެފާނުގެ އާދަފުޅަކީ ބުނަމާ ހިނގާށޭ،
ކުޑަކޮށް ކުރިޔަށް ގުދުވެގެންނޭ.
ބުނަމާ، ތިރިޔަށް ހިންގަވާފައި ދާ ގޮތަށޭ،
ކުޑަކޮށް ކުރިޔަށް ލެނގިލައްވާނޭ.
އެކަލޭގެފާނުގެ ޝަރަފާއި، ޝަޚްޞިއްޔަތުގައި އެކަލޭގެފާނުގެ މަތިވެރިކަމުން،
إبراهيمފާނުގެ ރޫޙު، އެ މާތްކަމާ މެދު ފަޚްރުވެރިވިއޭ.
هُدَى މީހަކު ދެކެ ލޯބިވާ ނަމަ، ހަމަކަށަވަރުން،
އޭނާގެ ހުރިހާ ގުނަވަނެއް ރީތި ކަމުގައި ފުރިހަމަވާނޭ.
ﷲ ގެ ރަސޫލާ މަޑުން ހިންގަވަފައި ވަޑައިގަންނަވާ އިރު،
މީހަކު އެކަލޭގެފާނާ ކުއްލިއަކަށް ކުރިމަތިލައިފި ނަމަ.
އެ މީހަކަށް ބިރުވެރިކަން ވެރިވާނޭ،
އެމީހަކަށް ރަސޫލާގެ އިސްކޮޅު ފެންނާނީ އެހެންނޭ.
މީހަކު ރަސޫލާ އާ މެދުކެނޑުމެއްނެތި ވާހަކަދައްކަފި ނަމަ،
އަދި ތަޤްވާވެރިކަމާ އެކު އެކަލޭގެފާނުގެ ލޯބި އަޑުފުޅު އަހައިފި ނަމަ،
އެކަލޭގެފާނުގެ ބަސްފުޅުތަކުގެ ރިވެތިކަމުން އެ މީހަކަށް ވަރަށް އަސަރުކުރާނޭ،
އެގޮތަށް ޤަބޫލުވެވިއްޖެ ނަމަ، އެ މީހަކު ވާނީ ރަސޫލާގެ އަޅަކަށޭ.
އަބަދީ ޚާލިޤު އެކަލޭގެފާނު ޚަލްޤުކުރައްވާފައިވަނީ އެހާ ރީތިކޮށޭ،
އަޚްލާޤީ ސިފަތަކުގައި އެފަދަ ދެވަނައެއް ނުވެއޭ.
މާތް ﷲ ގެ ރަސޫލާއޭ! ކަލޭގެފާނަށް މަދަޙަކުރުމަށް އަޅުގަނޑު ނުކުޅަދާނައޭ،
އަޅުގަނޑުމެން އެންމެން ހެއްދެވުނީ ކަލޭގެފާނަށް ތަކައޭ.
ވަފާތެރި ޤައުމުގެ ޝާހުއޭ،
އަޅުގަނޑުގެ ޙަޔާތާއި، ހުރިހާ އެއްޗެއް ކަލޭގެފާނަށް ޤުރްބާންކުރަން ބޭނުމޭ!

حُسين ޙިލްމީ އިސިކް

(‏قَدَّسَ اللهُ تَعَالَى سِرَّ العَزِيْز)‏

مَكَّةُ المُكَرَّمَة ގެ ކުރީގެ ތަޞްވީރެއް

أهل السُّنّة ގެ قصيدة

ތިބާ އަށް ފުރަތަމަ ބޭނުންވަނީ، أهلُ السُّنَّة ގެ ޢަޤީދާއޭ،
ހަތްދިހަ ތިން މަޒްހަބު ވެއޭ، އެކަމަކު ދެން ހުރި މަޒްހަބުތައް ދާނީ ނަރަކައަށޭ.
ހުރިހާ މުސްލިމުންނަކީ ސުންނީންނޭ. އަދި އެ މީހުންގެ ވެރިޔަކީ އޭ،
އީމާންކަމުގައި އެ މީހުންނަށް ތަބަޢަވާ މީހުންނަށް ސުވަރުގެ ވަނީ ވަޢުދުކުރެވިގެންނޭ.
ފުރަތަމަ، ތިބާގެ ޢަޤީދާ ވަރުގަދަކޮށް، އިސްލާމް ދީނުގައި ބާރަށް ހިފަހައްޓާށޭ!
އިސްލާމް ދީނުގެ ފަސް ފަރުޟު އަދާކޮށް، ޙަރާމްކުރެއްވި ކަންތައްތަކުން ދުރުވާށެވެ!
ތިބާ ފާފައެއް ކޮށްފި ނަމަ، ވަގުތުން ތައުބާވާށޭ!
އިސްލާމްދީނާ ޚިލާފުވާ ކޮންމެ މީހަކު އެއް ދުވަހަކުން އެކަމާ ދެރަވާނޭ!
މުލްޙިދަކު ދައްކާ ވާހަކަ ޤަބޫނުކުރާށޭ، ނޫން ނަމަ، ތިބާގެ ނިމުން އަންނާނީ ހިތިކޮށޭ!
ފޮނި ބަސްތަކާ މެދު ވިސްނާށޭ، ނޫންނަމަ، އެބައިމީހުން ތިބާ ކާރިޘާއަކަށް ލޯބިޖައްސާނެއޭ!
މުނާފިޤުން ދަނީ އިތުރުވަމުންނޭ؛ ފެންނަފެނުމުގައި މަލާއިކަތުންނޭ، ޙަޤީޤަތުގައި ހަރުފަތަކެކޭ!
ތިބާ މަޅިޖެއްސުމަށް ޓަކައި، ތިބާގެ އެކުވެރިންނަށް އެ މީހުން ވާނޭ، ފެންނަފެނުމުގައި ރަނގަޅު.
ކޮންމެ މީހަކަށް ވެސް އޭނާ ހުރީ ރަނގަޅަށް ކަމަށާއި، އެހެން މީހުން ގޯސްކަމަށް ދަޢުވާކުރެވިދާނޭ،
ރަނގަޅީ ކާކުކަން ނިންމާނެ މިންގަނޑަކީ އިސްލާމް ދީނޭ!
އިސްލާމް ދީން ޤަބޫލުނުކުރާ މީހަކީ، ހަމަޔާ ޚިލާފު މީހެކޭ؛
ތާރީޚު ރަނގަޅަށް ދަންނަ މީހަކު ނަމަ މިވާހަކަ ޔަޤީންކޮށްދޭނޭ.
ބަލި މީހަކު ޑޮކްޓަރަށް ދައްކަން ދަނީ ކިއްވެގެންގޭ؟
އެހެނީ އެއްވެސް މީހަކު މަރުވާކަށް ބޭނުމެއް ނުވެއޭ، ދިރިހުރުން ހުރިހާ އެއްޗަކަށް ވުރެ ފޮންޏޭ.
އަބަދަށް ދިރިއުޅެން ބޭނުންނުވާ ކަމަށް ދަޢުވާކުރާނީ ކާކުހޭ ދުނިޔޭގައި؟
މަރުވުމުގެ މާނައަކީ ވުޖޫދުނުވުމެއް ނޫނޭ، ކަށްވަޅުގެ ޙަޔާތް ޤަބޫލުކުރާށޭ!
ސުވަރުގެ އަބަދީއޭ، އަދި ނަރަކަ ވެސް، قرآن ގައި ބަޔާންވެގެންވެއޭ،
އަބަދީ ބަލާއިން ރައްކާތެރިވާށޭ، ހަމައެކަނި ޝައްކަކަށް ވާނަމަ،
އެކަމަކު ބައެއް މީހުން މިކަން ޤަބޫލުނުކުރެއޭ؛ ވާލެއް އަލިކަމާ ދުރުވެއޭ، އަދި ކާޅު
ކުނި ފުނިތަކަށް ގަޔާވެއޭ. ފިނިފެންމާ ހޯދަނީ ފިލޮމިލް އޭ.
ޝައްކެއް ނެތޭ، ހަވާ ނަފްސަށް ހެއްލޭ މީހާ އަށް އިސްލާމް ދީން ކަމުނުދާނެއޭ،
މި ދެ ކަންތައް އެއްނުވާނެއޭ؛ ހެވާއި ނުބަޔަކީ އިދިކޮޅު ދޭއްޗޭ!
މުސްލިމުން ޙައްޤުތަކަށް ރިޢާޔަތްކުރެއޭ އަދި ހުރިހާ މަޚްލޫޤުންނަށް އޯގާތެރިއޭ؛
ކާފަރުން، ހަރުފަތައް ފަދައިން އެހެން މީހުންނަށް ހާނީއްކަކުރުމަށް ގަޔާވެއޭ.
އާހ، އަޅާގެ رَبُّ އޭ، އާހ! އަޅަމެން ދިރިއުޅެނީ ވަރަށް އުނދަގޫ ޒަމާނެއްގައޭ؛
ވަރަށް މަދު ބަޔެކޭ ނަމާދުކުރަނީ، ދީނީ މަޢްރިފާ ވަނީ ހަނދާންނެތުމުގެ ތެރެއަށް ޣަރަޤުވެފައޭ.