ޙައްޖުގެ އަޅުކަން ފަރުޟުކުރެއްވުން
"ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. أبراهيم ގެފާނު ހުންނެވި ތަން (އޭގެ ތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرم ފުޅަށް) ވަދެއްޖެ މީހާއީ، أمان ކަން ލިބިގެންވާ މީހަކު ކަމުގައި ވެއެވެ. އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصد ކޮށްގެން ދިއުމީ، (އެބަހީ: حج ވުމަކީ) ﷲ އަށް ޓަކައި މީސްތަކުންގެ މައްޗަށް އޮތް واجب އެކެވެ".
آل عمران: 97
އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުން ކަމުގައިވާ ޙައްޖު ފަރުޟަކަށް ވީ ހިޖުރައިން ނުވަ ވަނަ އަހަރު އެވެ. ކީރިތި قرآن ގެ سورة آل عمران ގެ 97 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (فِيهِ آيَاتٌ بَيِّنَاتٌ مَّقَامُ إِبْرَاهِيمَ ۖ وَمَن دَخَلَهُ كَانَ آمِنًا ۗ وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ ﴿٩٧﴾)1 * آل عمران: 97) މާނައީ: "ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. أبراهيم ގެފާނު ހުންނެވި ތަން (އޭގެ ތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرم ފުޅަށް) ވަދެއްޖެ މީހާއީ، أمان ކަން ލިބިގެންވާ މީހަކު ކަމުގައި ވެއެވެ. އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصد ކޮށްގެން ދިއުމީ، (އެބަހީ: حج ވުމަކީ) ﷲ އަށް ޓަކައި މީސްތަކުންގެ މައްޗަށް އޮތް واجب އެކެވެ. (އެކަމާ މެދު) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ، އެންމެހާ عالم ތަކާ ނުލައްވައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ".
الله تعالى ގެ މި އަމުރުފުޅު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނަށް އަންގަވައިދެއްވި އެވެ. އެކަލޭގެފާނު ބޭނުންފުޅުވީ، ޛުލްޤައިދާ މަހުގެ ނިމޭކޮޅުގައި ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށެވެ. އެހެން ނަމަވެސް، މުޝްރިކުން އޮރިޔާމުން ތިބެގެން طواف ކުރަމުންދާ ކަމުގެ ޚަބަރު ލިބިވަޑައިގަތުމުން، އެ މީހުން އެ ޙާލަތުގައި ތިއްބާ އެ މީހުންނާ އެކުގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދެކެވަޑައެއް ނުގަތެވެ. ޙައްޖުގެ މަނާސިކުތައް އުނގަންނައި ދެއްވުމަށް ޓަކައި، އަމީރުލް ޙައްޖުގެ ގޮތުގައި އެކަލޭގެފާނު ޢައްޔަންކުރެއްވީ أبوبكر (رضي الله عنه) އެވެ.
أبو بكر އަދި علي (رضي الله عنهما) ޙައްޖަށް ވަޑައިގަތުން
އެ އަހަރު، أبوبكر (رضي الله عنه) ގެ ކޮމާންޑް ކަމުގެ ދަށުން، ތިން ސަތޭކަ މީހުންގެ ޤާފިލާއެއްގެ ގޮތުގައި އަޞްޙާބު ބޭކަލުން މައްކާ އަށް ވަޑައިގަތެވެ. އެއާއެކު، سورة البقرة ގެ ފުރަތަމަ އާޔަތްތައް ބާވައިލެއްވި އެވެ. އެ އާޔަތްތަކުގައި މުޢާހަދާ އާ ބެހޭ ބައެއް ޤަވާޢިދުތައް ބަޔާންކުރައްވާފައި ވެއެވެ. މި ޤަވާޢިދުތައް އިޢުލާންކުރެއްވުމަށް ޓަކައި، މައްކާ އަށް علي (رضي الله عنه) ފޮނުއްވި އެވެ.2
އެ ދުވަސްވަރު ޢަރަބީންގެ ތެރޭގައި ޢާއްމު އާދަކާދައެއްގެ ދަށުން، މުޢާހަދާއެއް ކުރެވި އޭގެ ފަހުން އެ މުޢާހަދާއާ ޚިލާފުވެއްޖެ ނަމަ، އެ މުޢާހަދާކުރި ކީހާ ނުވަތަ އޭނާ ޢައްޔަންކުރާ އޭނާގެ ތިމާގެ މީހަކު އެކަން އިޢުލާންކުރާނެ އެވެ. رَسُوْلُ اللهِ ﷺ އެ ކަމަށް ޓަކައި ޙައްޖުގެ ވަފުދަށް ފަހު މައްކާ އަށް ފޮނުއްވީ علي (رضي الله عنه) އެވެ. عليގެފާނު އެ ޤާފިލާ އާ ހަމަކުރައްވައި، މައްކާ އަށް ވެންނެވީ އެކީގައެވެ.3
أبوبكر (رضي الله عنه) ޚުޠުބާއެއް ދެއްވައި، ޙައްޖުގެ އަޅުކަން އޮޅުންފިލުއްވައި ދެއްވި އެވެ. އަޞްޙާބު ބޭކަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވީ، އުނގަންނަވައި ދެއްވި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޙައްޖުގެ އަޅުކަން އަދާކުރެވެމުން ދިޔަ އިރު، علي (رضي الله عنه) މިނާ ގައި ވާ ޖަމްރަތުލް ޢަޤަބާ ނަމަކަށް ކިޔޭ ތަނެއް ގައި ހުންނަވައި، ޚުޠުބާއެއް ދެއްވި އެވެ. عليގެފާނުގެ ޚުޠުބާ ފެއްޓެވީ އަންނަނިވި ފަދައިންނެވެ.:
"އޭ މީސްތަކުންނޭވެ! އަހަރެން ތިޔަބައި މީހުންގެ ގާތަށް ފޮނުއްވީ رَسُوْلُ اللهِ ﷺ އެވެ". އެއާ އެކު ގެ ފުރަތަމަ އާޔަތްތައް ތިލާވާކުރެއްވި އެވެ. އޭގެ ފަހުން އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަށް އެންގިފައިވަނީ ތިޔަބައި މީހުންނަށް ހަތަރު ކަމެއް އެންގުމަށެވެ". އެ ހަތަރޔ އައިޓަމްތަކަކީ:
މުސްލިމަކަށް ނުވާ މީހަކު ސުވަރުގެ ނުވަންނާނެ އެވެ.
މި އަހަރަށް ފަހު، كعبة އަށް މުޝްރިކަކަށް ނުދެވޭނެ އެވެ.
އެއްވެސް މީހަކު كعبة ވަށައިގެން އޮރިޔާމުން ހުރެ طواف ކޮށްގެން ނުވާނެ އެވެ. (އެ ދުވަސްވަރު މުޝްރިކުން كعبة ވަށައިގެން طواف ކުރަނީ އޮރިޔާމުން ތިބެ އެވެ.)
رَسُوْلُ اللهِ ﷺ އާ އެކު މުޢާހަދާއެއް ހަދާފައިވާ ފަރާތަކަށް އެ މުޢާހަދާ ޞައްޙަވާނީ މުއްދަތު ހަމަވަންދެނެވެ. މި މުޢާހަދާތައް ހަދާފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް ލިބިފައިވަނީ ހަތަރު މަސް ދުވަހެވެ. އޭގެ ފަހުން، އެއްވެސް މުޝްރިކަކަށް، ސަލާމަތާއި، ޙިމާޔަތުގެ އެއްވެސް ގެރެންޓީއެއް ނޯންނާނެ އެވެ.
"އަނިޔާ ލިބޭ މީހާގެ ބަދު ދުޢާ އާ މެދު ދަންނާށެވެ. މަޡްލޫމުގެ ދުޢާ އާ الله تعالى އާ ދެމެދު ފަރުދާއެއް ނުވެއެވެ".
حديث الشّريف
އެ ދުވަހުގެ ފަހުން، އެއްވެސް މުޝްރިކަކު كعبة އަށް ނާދެއެވެ. އަދި އެއްވެސް މީހަކު كعبة ވަށައިގެން އޮރިޔާމުން ޠަވާފެއް ވެސް ނުކުރެއެވެ. މި މައްސަލަތައް އިޢުލާންކުރުމަށް ފަހު، ގިނަ މުޝްރިކުން އިސްލާމް ވެއްޖެ އެވެ. ޙައްޖުގެ އަޅުކަން އަދާކޮށް ނިންމެވުމަށް ފަހު، أبوبكر އާއި (رضي الله عنه) އާއި، علي (رضي الله عنه) އާއި، އެ ދެ ބޭކަލުންނާ އެކު ތިއްބެވި ޞަހާބީން އެނބުރި މަދީނާ އަށް ވަޑައިގެންފި އެވެ.4
خالد بن وليد (رضي الله عنه) ގެ ޔަމަނުގެ ޣަޒްވާ
ހިޖުރައިން ދިހަ ވަނަ އަހަރު، رَسُوْلُ اللهِ ﷺ، ހަތަރު ސަތޭކަ މުޖާހިދުންނާ އެކު، خالد بن وليد (رضي الله عنه) ރަބީޢުލް އައްވަލް މަހު ޔަމަންގެ ކައިރީގައިވާ ބަނީ حارث بن كعب އަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވަން ފޮނުއްވި އެވެ. رَسُوْلُ اللهِ ﷺ ގެ މި އެންގެވުމާ އެކު، خالد بن وليد (رضي الله عنه) ޖެހިޖެހިގެން ތިން ދުވަސް ވަންދެން މި ޤަބީލާ އަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވި އެވެ. އެ މީހުން މި ދަޢުވަތު ޤަބޫލުކޮށް އިސްލާމް ވެއްޖެ އެވެ.
އިރުގެ ފައްވާރާ އިން، ފިނި އަދި ހޫނު ފެން ފައިބާނެ އޭ،
ތިބާގެ މަޤްބަރާ މަރާމާތުކުރާ ޢިމާރާކުރާ މީހާ ފެން ބޭނުންވެއްޖެ ނަމަ.
ނަރަކަ ދެކެ ބިރުގަތުން، އަހަރެންގެ ހިތަށް އަލިފާން ފަތުރައިފި އޭ،
އަހަންނަށް އުއްމީދެއް ވެއޭ އެ ހިތަށް، ތިބާގެ ރަޙްމަތުގެ ވިލާގަނޑުން ފެން އޮއްސާނެ ކަމަށް.
ތިބާގެ މަދަހައިގެ ނަސީބުން، ފުރޫލީ ލަފްޒުތައް ބަދަލުވީ ޖަވާހިރަށޭ،
އޭޕްރީލް ވިލާގަނޑުގެ އޮހޭ ފެންތިކިން އުފެދޭ މުތް ފަދައޭ.
ޤިޔާމަތް ދުވަހު، ހަނދުމަ ނެތުމުގެ ނިދިން ހޭލެވި ލޯތައް ހުޅުވޭ އިރު،
އަދި، ތިބާ އަށް އެދިއެދި ތިބުމުގެ ސަބަބުން، ކަރުނަ އޮއްސާލިއޭ.
އަޅުގަނޑުގެ އުއްމީދަކީ، ޤިޔާމްތް ދުވަހު، އަޅުގަނޑު މަޙްރޫމެއް ނުވާނެ އޭ،
އެހެނީ ތިބާގެ މޫނުފުޅު ދެކޭހިތްވާ މީހަކަށް، ތިބާގެ ލޯބީގެ ފައްވާރާއިން ފެން ދޭނެއޭ.
ފުޒޫލީ
ހިޖުރައިން ދިހަ ވަނަ އަހަރު ހިނގި މުހިއްމު ޙާދިސާތައް
ހިޖުރައިން ދިހަ ވަނަ އަހަރު، މުޅި ޢަރަބި ކަރައިގައި އިސްލާމް ދީން ފެތުރިއްޖެ އެވެ.
މި އަހަރު، ނުވަ ވަނަ އަހަރެކޭ އެއްފަދައިން، ޢަރަބި ކަރައިގެ އެކި ކަންކޮޅުތަކުން ބައިބަޔަށް މީހުން މަދީނާ އަށް އައިސް، އިސްލާމްވެ ނިމުމެއް ނެތް ދަރުމަ ހޯދުމަށް އެކަކު އަނެކަކާ ވާދަކުރަމުންދިޔަ އެވެ.
މުސްލިމުންނާ ދެކޮޅުހަދާނެ ބާރެއް ޢަރަބި ކަރައިން ހުސްވެ، އިސްލާމް ދީން ހުރިހާ ހިސާބެއް ގައި ހިނގަމުންދިޔައީ އިސްލާމް ދީނުގެ ބާރެވެ. އިސްލާމް ނުވެ ތިބީ ހަމައެކަނި، ބައެއް ޔަހޫދީ އަދި މަސީޙީ ޤަބީލާތަކެވެ.
މި އަހަރު، رَسُوْلُ اللهِ ﷺ ނަޖްރާންގެ ކްރިސްޓިއަނުންނަށް އިސްލާމް ދީނަށް ދަޢުވަތުދެއްވައި ސިޓީއެއް ފޮނުއްވި އެވެ. އެ މީހުން ހެދި ގޮތަކީ، ސާދަ މީހަކު ޢައްޔަންކޮށް، رَسُوْلُ اللهِ ﷺ ގެ ސުލޫކު ބެލުމަށް ޓަކައި މަދީނާ އަށް ފޮނުވީ އެވެ. ދުވަސްގަނޑަކަށް ފަހު، އެ ވަފުދުން ޞުލްޙައިގެ މުޢާހަދާއެއް ހެދި އެވެ. އެ މީހުންގެ ބައެއް މީހުން އަމިއްލަ އަށް ފެނި ވިސްނިގެން އިސްލާމް ވެއްޖެ އެވެ.
އެ އަހަރު، ޔަމަނުގެ ގަވަރނަރ ބާޒާން ނިޔާވެއްޖެ އެވެ. އޭނާގެ މަރުގެ ޚަބަރު رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތުމުން، އޭނާގެ ޤައުމު ބައި ބަޔަކަށް ބައްސަވައި، އެއް ބައި އޭނާގެ ފިރިހެން ދަރި ޝަހަރު އަށް އަދި އެހެން ބައެއް أبو موسى الأشعري އަށް، އަދި އެހެން ބައެއް يعلي بن أُميّة އަށް، އަދި އެހެން ބައެއް مُعاذ بن جبل އަށް ދެއްވި އެވެ.
މި އަހަރު، އިސްލާމް ދީން ފެތުރިފައިވާ ހުރިހާ ސިޓީތަކަކަށް ގަވަރނަރުން ފޮނުއްވި އެވެ. އެގޮތުން، ތިން ސަތޭކަ މީހުންނާ އެކު علي (رضي الله عنه) ފޮނުއްވުނީ އިސްލާމް ދީނަށް ދަޢުވަތު ދެއްވުމަށް ޓަކައި، ޔަމަނުގެ މުދްލަޖު ވަންހަ އަށެވެ. އެ މީހުން ފުރަތަމަ ދެކޮޅުހަދައި، މުސްލިމު ސިފައިންނާ ދިމާލަށް ދުނި އުކި އެވެ. ވަގުތުން އެ މީހުންނަށް ރައްދު ދެވުނެވެ. އޭގެ ތެރެއިން ވިހި މީހުން މަރުވި އެވެ. ގިނަ މީހުން ވިއްސިވިހާލިވީ އެވެ. علي (رضي الله عنه) ހެއްދި ގޮތަކީ، ޢަރަބިން އެ މީހުންގެ ޢަދާވާތްތެރިން ފަސްފަހަތުން ދިއުން ހުއްޓުވުމެވެ. އެކަލޭގެފާނު އެ މީހުންނަށް ނަސޭޙަތް ދެއްވައި އެ މީހުންނަށް އަނެއްކާ ވެސް އިސްލާމް ދީނަށް ދަޢުވަތު ދެއްވި އެވެ. އެ މީހުން އެ ދަޢުވަތު ޤަބޫލުކޮށް، އިސްލާމް ވެއްޖެ އެވެ. علي (رضي الله عنه) އަދި އެހެން ޞަޙާބީން ވަގުތުން މަދީނާ އަށް އެނބުރި ރުޖޫޢަވެ ވަޑައިގެންފައި، މައްކާ ގައި ހުންނެވި رَسُوْلُ اللهِ ﷺ އާ ހަމައަށް ދިޔަ އެވެ.
މި އަހަރު، ނުވަ ވަނަ އަހަރެކޭ ވެސް އެއްގޮތަށް، މެދުކެނޑުމެއް ނެތި މަނދޫބުން އަންނަމުންދިޔަ އެވެ. އޭގެ ތެރެއިން އެކަކީ، غامد ގެ މަންދޫބެވެ. އަނެކަކީ، ބަނީ ޙަނީފާ ގެ މަންދޫބެވެ. އެ މީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް އިސްލާމް ވެއްޖެ އެވެ.
ނަޖާޝީގެ ދައްތަގެ ފިރިހެން ދަރި فيروز އައިސް އިސްލާމް ވެއްޖެ އެވެ. ޢަބްދުލް ޤައިސް ގެ ވަފުދެއް ވެސް އައިސް އިސްލާމް ވެއްޖެ އެވެ.
އެ އަހަރު، رَسُوْلُ اللهِ ﷺ ގެ ފިރިހެން ދަރިކަލުން إبراهيم، ޢުމުރުން ދޮޅު އަހަރު ގައި އަވަހާރަވެއްޖެ އެވެ. ގެ ލޯބިވާ ފިރިހެން ދަރިފުޅު ނިޔާވުމުން، އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅު ކަރުނައިން ތެމިއްޖެ އެވެ. إبراهيم ގެފާނު ފަސްދާނު ލެވުނީ عُثمان بن مزعون އާ ޖެހިގެން البقيع ޤަބުރުސްތާނުގަ އެވެ. އަމިއްލަ ޤަބުރަށް ފެން ޖަހާލެވުނު ފުރަތަމަ މީހަކީ އޭނާ އެވެ.5
ޢަރަބި ކަރައިގައި އިސްލާމް ދީން ފެތުރުނު ގޮތް
ތިބާގެ އުއްމަތް ޙާލުގައިޖެހިއްޖެއޭ، އަޅުގަނޑުމެންގެ ފާފަތައް ފުއްސަވާދެއްވާށޭ،
ތިބާގެ އަތާ ދެކޮޅުނަހަދައި، ޝައުޤުވެރިކަމުގެ އަލިފާނުން އަޅުގަނޑުމެން އަންދަވާލައްވާށޭ،
އޯގާތެރިކަން ދައްކަވާށޭ، ތިބާ ދެކޭހިތުން އަޅުގަނޑުމެން އަންދަވާނުލައްވާށޭ،
ކުރުކޮށް ދަންނަވާނަމަ، ތިބާގެ ކުށްވެރި އަޅާ ގަދަކޮށް ދޫކޮށްނުލައްވާށޭ.
ތިބާ އަކީ އަޙްމަދު އަދި މަޙްމޫދު އަދި މުޙައްމަދޭ، އަޅުގަނޑުގެ ސައްޔިދޭ،
ތިބާ އަކީ، الله تعالى ޔަޤީންކޮށްދެއްވާފައިވާ ސުލްޠާނޭ، އަޅުގަނޑުގެ ސައްޔިދޭ.
