ލޮބުވެތި ރަސޫލާ

ޙިޞާރުކުރުން

(‏يَا أَيُّهَا النَّبِيُّ حَسْبُكَ اللَّهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ ‎﴿٦٤﴾)‏ * މާނައީ: "އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް ﷲ ފުދެއެވެ. އަދި مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހަކަށް ވެސް މެއެވެ".
الأنفال: 64

ޙިޞާރުކުރުމުގެ ފެށުން

بعثة އަށް 7 ވަނަ އަށް ވީ އަހަރު.... މުޝްރިކުން މެދުކެނޑުމެއް ނެތި ދިޔައީ އިސްލާމް ދީން މީސްތަކުންގެ ހިތްތަކުގައި ބިންވަޅު ނެގި ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ. އެއާއެކު ވެސް، މުސްލިމުން ގެ ޢަދަދު ދިޔައީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. މުސްލިމުންނަށް ދެމުންދިޔަ އަނިޔާތަކުގެ ސަބަބުން، މުސްލިމުން ތެދުމަގުން ކައްސައެއް ނުލެވުނެވެ؛ އެކަމަކު ނަތީ ނުކުތީ އިދިކޮޅަށެވެ. އެ އަނިޔާތަކުގެ ސަބަބުން މުސްލިމުން އެކަކު އަނެކަކަށް އަޅާލުން ދިޔައީ އިތުރުވަމުންނެވެ. އެއްވެސް މުސްލިމަކު އެ މީހުންގެ ދީނުން ބޭރެއް ނުވި އެވެ؛ رَسُوْلُ اللهِ ﷺ އަށް ޓަކައި ޖާނުން ޤުރުބާން ވުމަށް އެ މުސްލިމުން ޖެހިލުމެއް ނުވި އެވެ. މައްކާ އިން ބޭރުގެ ޤަބީލާތަކަށް މި ޚަބަރު ލިބުމާ އެކު، އެ މީހުން އިސްލާމް ދީނަށް އޮތް ޝައުޤުވެރިކަން އިތުރުވެއްޖެ އެވެ. އިސްލާމް ދީނުގެ ނޫރު ދުރު ހިސާބުތަކަށް ފޯރަން ފަށައިފި އެވެ. އެ މީހުން ޙަބަޝް ކަރަޔަށް ފޮނުވި ދެ މަންދޫބުން ކުރަން ދިޔަ ކަންތައް ނުވެ، އަދި އޭގެ އިތުރަށް ނަޖާޝީ އިސްލާމްވެ މުސްލިމުންނަށް ޙިމާޔަތްދީ، ހެޔޮކޮށް ކަންތައް ކުރި ޚަބަރު މައްކާގެ މުޝްރިކުންނަށް އެނގުމުން އެބައިމީހުން ވަރަށް ރުޅިގަދަވެއްޖެ އެވެ. މިކަމުގެ ބަދަލުހިފައި، އިސްލާމް ދީން ފޮހެލުމަށް ޓަކައި، އެ މީހުން އެއްވެ، ތިރީގައިވާ ނުބައި ނިންމުން ނިންމި އެވެ:

"ކޮންމެ ތާކު ހުންނެވިޔަސް، ކޮންމެ ތާކުން ފެނުނަސް، ޔަޤީނުން ވެސް محمّدގެފާނު ޖެހޭނީ ޤަތުލުކުރާށެވެ"!
ކާފަރުން މިކަން ކުރުމަށް ހުވަޔަކަށް ފަހު ހުވައެއް ކޮށްފި އެވެ.

މުޝްރިކުން މި ނިންމުން ނިންމިކަން އެނގިގެން أبو طالبގެފާނު ވަރަށް ބޮޑަށް ކޯފާވެއްޖެ އެވެ. އެކަލޭގެފާނުގެ ކޮއްކޮގެ ދަރިކަލުންގެ ފުރާނަޔަށް އޮތް ނުރައްކަލާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެއްޖެ އެވެ އެއާއެކު، އެކަލޭގެފާނުގެ ޤަބީލާގެ މީހުން އެއްކުރައްވައި، ޤުރައިޝުންގެ މުޝްރިކުންގެ ކިބައިން رَسُوْلُ اللهِ ﷺ ސަލާމަތްކުރުމަށް އަމުރުކުރައްވައިފި އެވެ. ތިމާގެކަމުގެ ފޯރީގައި، މި އަމުރު ތަންފީޒުކުރުމަށް ހާޝިމްގެ ދަރިން އެއްބައިވެއްޖެ އެވެ. އެއާއެކު، ކީރިތ ރަސޫލާ އާއި، އެކަލޭގެފާނަށް އީމާންވި އަޞްޙާބު ބޭކަލުން، އަބޫ ޠާލިބގެފާނުގެ އަވަށްޓެރި ހިސާބު ގައި މައްކާގެ އުތުރުން ކަޢުބަތުﷲ ގެފުޅާ 3 ކިލޯ މީޓަރު ދުރުގައި ވާ ޝިޢުބު އަބޫ ޠާލިބަށް ވަޑައިގަތުމަށް ދަޢުވަތު ދީފި އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އެއްކުރައްވައި ޝިޢުބު ގައި ދިރިއުޅުއްވަން ފަށްޓަވައިފި އެވެ. ހާޝިމް ފިރިހެން ދަރިންގެ ތެރެއިން رَسُوْلُ اللهِ ﷺ އަށް ޙިމާޔަތް ދިނުމާ ދެކޮޅުހެދީ أبو لهب އެކަންޏެވެ. އޭނާ ޝިޢުބަކަށް ނުދިޔައެވެ. އެހެންކަމުން أبو لهب ހިމެނޭ ގޮތަށް، މުޝްރިކުން އެއްބައިވެ، رَسُوْلُ اللهِ ﷺ އަވަހާރަކޮށްލާނެ ދަނޑިވަޅަކަށް ބަލަބަލާ ތިބެފޫއެވެ.1

رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން أبو طالب ގެފާނުގެ އަވަށްޓެރި ހިސާބުގަނޑަށް އެއްވެ ތިއްބެވި ތަން މުޝްރިކުންނަށް ފެނުމުން، އެ މީހުން އަނެއްކާ ވެސް އެއްވެއްޖެ އެވެ. ދެން އޭގެ ފަހުން އެ މީހުން ނިންމީ ތިރީގައިވާ ގޮތަށެވެ:

"އަވަހާރަކޮށްލުމަށް ޓަކައި، محمّد ގެފާނު ޤުރައިޝް ވަންހަ އާ ޙަވާލުނުކުރެވޭހާ ހިނދަކު، ހާޝިމްގެ ދަރިކޮޅުން އެއްވެސް އަންހެން ކުއްޖަކާ މީހަކު ނީންނާނެ އެވެ! އަދި އެ މީހުން އިންނަން ވެސް އަންހެން ކުއްޖަކު ނުލިބޭނެ އެވެ! އެ މީހުންނަށް އެއްވެސް އެއްޗެއް ނުވިއްކޭނެ އެވެ! އެ މީހުން އަތުން އެއްވެސް އެއްޗެއް ނުވެސް ގަނެވޭނެ އެވެ! އެއްވެސް މީހަކު އެ މީހުންނާ ބައްދަލުކޮށް ނުވަތަ ވާހަކަދައްކައެއް ނުހަދާނެ އެވެ. އެއްވެސް މީހަކު އެ މީހުންގެ ގެތަކަށާއި، އުޅޭ ހިސާބުގަނޑަށް ނުވަންނާނެ އެވެ! އެ މީހުންގެ ފަރާތުން ޞުލްޙަ އަށް އެދި ހުށަހެޅުމުން ޤަބޫލެއް ނުކުރެވޭނެ އެވެ! އެ މީހުންނަށް އެއްވެސް ގޮތަކަށް ހަމްދަރުދީއެއް ނުވެވޭނެ އެވެ"!

ކަރުދާސް ގަނޑެއް ގައި منصور بن عكرمة ނަމަކަށް ކިޔުނު މުޝްރިކަކު ލިޔެފައި ހުރި މި ނިންމުންތައް އެ މީހުން ހުރީ ސީލުއަޅުވާފައެވެ. އެގޮތަށް އެ ކަރުދާސްގަނޑު އެންމެމެންނަށް ފެންނަ ގޮތަށް ގެފުޅުގެ ފާރުގައި އެލުވާފައި ބެހެއްޓި އެވެ.

މި ޚަބަރު رَسُوْلُ اللهِ ﷺ އާ ހަމަ އަށް ފޯރުމުން، ވަރަށް ބޮޑަށް ހިތާމަކުރައްވައި ދުޢާ ދެންނެވި އެވެ. އެކަލޭގެފާނުގެ ދުޢާ ވަގުތުން އިޖާބަކުރައްވައި، މަގުގެއްލިފައިވާ މަންޞުރުގެ ދެ އަތް ވަގުތުން ވާވެއްޖެ އެވެ. މުޝްރިކުން އެ ކަމާ ޙައިރާންވެފައި ތިބެގެން ބުނޫއެވެ. "ނިކަން ބަލާބަލާށެވެ! ހާޝިމްގެ ދަރިންނަށް އަހަރެމެން ދިން އަނިޔާގެ ބަދަލުގައި، މަންޞޫރުގެ ދެ އަތް ބޭނުންނުކުރެވޭ ގޮތްވެ؛ އޭނާ އަށް މުޞީބާތެއް ކުރިމަތިވެއްޖެ އެވެ". އެބައި މީހުންގެ ހަމަ ބިމަށް ތިރިވެ ޙިއްސުތައް ހަމަޔަކަށް އެޅުމުގެ ބަދަލުގައި، އެ މީހުންގެ އަނިޔާވެރިކަން އަދި އިހުނަށް ވުރެ ވެސް ބޮޑުވެއްޖެ އެވެ. އެގޮތުން ޝިބާ އަށް ދެވެން އޮންނަ މަގުތަކުގައި އެމީހުން ގާޑުން ބޭތިއްބި އެވެ. އެ ހިސާބަށް ކާނާ އާއި ހެދުން އެތެރެވުން ހުއްޓުވި އެވެ. މުދާ ވިއްކުމަށް މައްކާ އަށް އައި މީހުން ކައިރީ ގައި އެމީހުން ބުނަމުން ދިޔައީ، ޝިބާ އަށް ނުދިއުމަށާއި، އެމީހުންގެ މުދާތައް އެ ސަރަޙައްދަށް ނުގެންދިއުމަށާއި، އަދި ކުރަން ޖެހިއްޖެނަމަ އެ މުދާތައް އެ މީހުން ބޮޑު އަގުގައި ގަންނާނެ ކަމަށެވެ. އެގޮތުން، އެމީހުން ހީކޮށްގެން ތިބީ، ޝިބާ ގައި ތިބި އެންމެން ބަނޑަށް މަރުވާނެ ކަމަށެވެ. ނުވަތަ ހާޝިމްގެ ދަރިން ދެރަވެގެން رَسُوْلُ اللهِ ﷺ އެ މީހުންނާ ޙަވާލުކުރާނެ ކަމަށެވެ. މި ޙާލަތު ކޮންމެ އަހަރަކު ވެސް ގެފުޅަށް ޒިޔާރަތްކުރާ މޫސުން އަންނަން ދެން ކުރިޔަށް ދިޔައެވެ.

އާދަކާދަ ނިޔާކުރާގޮތުން، އެ މުއްދަތުގެ ތެރޭގައި އެއްވެސް ލެއެއް އޮހޮރުވާލެވިގެން ނުވާނެ އެވެ. މި ސަބަބަށް ޓަކައި، ހާޝިމްގެ ދަރިން މިނިވަންކަމާ އެކު މައްކާ އަށް ގޮސް އަހަރަކަށް ވާ ވަރަށް ބޭނުންވާ ތަކެތި ގަތެވެ. އެއިން އެކަކު ވެސް ވިޔަފާރިވެރިއެއްގެ ގާތަށް މުދާ ގަންނަން އަތުވެއްޖެ ނަމަ، އަބޫ ޖަހުލާއި، أبو لهب ވަގުތުން އެމީހަކާ ހަމައަށް ގޮސް، ބުނާނެތެވެ. "އޭ ވިޔަފާރިވެރިޔާ އެވެ، محمّد ގެފާނުގެ ޞަޙާބީންނަށް ކަލޭމެންގެ ތަކެތީގެ އަގުތައް ވަރަށް ބޮޑުކުރާށެވެ. އޭރުން އެ މީހުންގެ އެއްވެސް މީހަކަށް އަގުބޮޑުކަމުން އެއްޗެއް ނުގަނެވޭނެ އެވެ. މި ސަބަބަށް ޓަކައި، ކަލޭމެންގެ މުދާތައް ނުވިކޭ ކަމުގައި ވާ ނަމަ، އެ ހުރިހާ މުދަލެއް ގަންނަން ވެސް އަހަރެމެން ތައްޔާރެވެ". އޭގެ ފަހުން އެ ވިޔަފާރިވެރިން މުދާތަކަށް މުސްލިމުންނަށް ވިއްކުމުގައި އަގުބޮޑުކުރުމުގެ ސަބަބުން، މުސްލިމުން އެއިން މުދަލެއް ނުގަނެ އެނބުރި ދަނީ އެވެ.....

މި ސަބަބަށް ޓަކައި، رَسُوْلُ اللهِ ﷺ އާއި، خديجة ގެފާނާއި، أبو بكر ގެފާނުގެ ހުރިހާ މުދަލެއް ހޭދަކުރައްވައި؛ ބަނޑުހައިވެގެން ރޮމުންދިޔަ ކުޑަކުދިންނަށް ތަސައްލީއެއް ދެއްވޭ ތޯ މަސައްކަތް ކުރެއްވި އެވެ. އެ ކުދިންނަށް ކާންދޭން ޖެހުނީ، ގަސްގަހުގެ ތޮށްޓާއި، ވިނަ މުލާއި، ޖަނަވާރުގެ ހިކި ހަން ފަދަ ތަކެއްޗެވެ. ބަފައިންނާއި މައިން ތިބީ ދެރަނިކަމެތިވެ، ހަދާނެގޮތް ހުސްވެފައެވެ. رَسُوْلُ اللهِ ﷺ އާއި އަޞްހާބު ބޭކަލުން، ހައިހޫނުކަމުން ގޮސް ބަނޑު ގައި ހިލަ އައްސެވި އެވެ. އެއް މުޝްރިކަކު ކުލުނު ޖެހިގެން ސިއްރުން އެއްޗެއް ގެނެސްދިނަސް، ދެން ތިބު މުޝްރިކުން އެ މީހަކުގެ ގައިގައި ތަޅައި ޖެއްސުންކޮށް ހެދިއެވެ. ކުރުކޮށް ބުނާ ނަމަ، އައުމާއި ދިއުން ހުއްޓި، މުސްލިމުން ތިބީ ވަރަށް ދަތި ޙާލަތެއްގައެވެ.

އިންތިހާއަށް ރަޙުމެއް ނެތުމާއެކު، މުޝްރިކުން އިންތިޒާރުކޮށްގެން ތިބީ ހާޝިމްގެ ދަރިންނަށް ހަމަ ވިސްނި، أبو طالب ގެފާނު، رَسُوْلُ اللهِ ﷺ އެ މީހުންނާ ޙަވާލުކުރުމެވެ. މުޝްރިކުން ހީކުރި ގޮތާ ޚިލާފަށް، أبو طالب ގެފާނުގެ އަވަށްޓެރި ހިސާބު ގައި ތިބި މުސްލިމުން ދިޔައީ رَسُوْلُ اللهِ ﷺ ޙިމާޔަތްކުރަމުންނެވެ. އެކަލޭގެފާނަށް ލިބިދާނެ އަނިޔާއަކުން ޙިމާޔަތްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. رَسُوْلُ اللهِ ﷺ އަވަހާރަކޮށްލަފާނެތީ އެކަމުގެ ސަލާމަތަކަށް، އެކަލޭގެފާނު ނިދިއަވަހާރަފުޅުލެއްޕެވި ތާނގައި ގާޑުން أبو طالب ގެފާނު ގާޑުން ބައިތިއްބަވައި އެކަލޭގެފާނުގެ ގެކޮޅު ގައި އަމާންކަމާ އެކު ނިދިއަވަހާރަލެއްޕެވި ކަން ޔަޤީންކުރެއްވި އެވެ. الله تعالى ގެ އަމުރުމަޢުރޫފު ހިންގަވައި، އިސްލާމް ދީން ފެތުރުއްވުމުގައި رَسُوْلُ اللهِ ﷺ އެންމެ ސިކުންތެއް ވެސް ނަންގަވާ ނުލައްވައެވެ. އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ މީސްތަކުންނަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވައި އެ މީހުން ނަރަކައިން މިންޖުކޮށްދެއްވުމަށް ޓަކައެވެ. އެކަލޭގެފާނަށް އީމާން ނުވި ޤުރައިޝުންގެ މުޝްރިކުންނަށް ބަނޑުހައިހޫނު ކަމަކީ ކޮބައިކަން ވިސްނައިދެއްވުމަށް ޓަކައި، އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ދުޢާއެއް ދެންނެވި އެވެ. "މާތް ﷲ އެވެ! މި މީސްތަކުން މައްޗަށް، ޔޫސުފުގެފާނުގެ ދުވަސްވަރު ކުރިމަތިވި ބަނޑަށް ޖެހުމާ އެއްގޮތަށް މި ބައި މީހުންގެ މައްޗަށް ހަތް އަހަރު ވަންދެން ބަނޑޫހައިހޫނު ކަމުގެ ޢަޒާބު ފޮނުއްވައިފާދޭވެ"!

"މާތް ﷲ އެވެ! މި މީސްތަކުން މައްޗަށް، ޔޫސުފުގެފާނުގެ ދުވަސްވަރު ކުރިމަތިވި ބަނޑަށް ޖެހުމާ އެއްގޮތަށް މި ބައި މީހުންގެ މައްޗަށް ހަތް އަހަރު ވަންދެން ބަނޑޫހައިހޫނު ކަމުގެ ޢަޒާބު ފޮނުއްވައިފާދޭވެ".
حديث الشّريف

އޭގެ ފަހުން އައި ދުވަސްތަކުގައި، އުޑުން އެންމެ ވާރޭ ތިއްކެއް ވެސް ނުފައިބައެވެ. ބިންގަނޑަށް ވެސް ވަރަށް ފެން ބޭނުންވެފައި ވިއެވެ. ބިންމަތިން ފެހި ގަހެއް ފެނުމަކީ މުސްތަޙީލު ކަމަކަށް އޮތީ ވެފައެވެ. ޤުރައިޝް ވަންހައިގެ މުޝްރިކުން ތިބީ ޙައިރާންވެ އަންތަރީސްވެފައެވެ. އެ މީހުން ބަނޑަށް މަރުވުމުން ސަލާމަތްވުމަށް ޓަކައި، ޖަނަވާރުތަކުގެ މުޅަ މަހާއި، ވަސްނުބައި އޫރު ހަން ކާ އުޅުނެވެ. އެ މީހުންގެ ކުޑަކުދިން ވެސް ބަނޑުހައިވެގެން ކުކުރެން ފަށައިފި އެވެ. އޭގެ ގިނަ ބަޔަކު ބަނޑަށް މަރުވި އެވެ. ބަނޑުހައިހޫނު ކަމުގެ ސަބަބުން، އެ މީހުން އުޑަް ބެލުމުން އެ މީހުންނަށް ފެންނަނީ ކޮންމެ ދިމާލަކުން ދުމެވެ. އެމީހުން ޙިއްސުތަކަށް އެނބުރި ރުޖޫޢަވެ، އެ މީހުން ދިން އަނިޔާގެ ބޮޑުކަން ރޭކާލާން ފަށައިފި އެވެ. އެ މީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް أبو سُفيان ފޮނުވައިފި އެވެ. أبو سُفيان އައިސް ހުވައެއް ކޮށްފި އެވެ. އަދި ބުންޏެވެ. "އޭ محمّد ގެފާނެވެ! ކަލޭގެފާނު حديث ކުރައްވަނީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ކަލޭގެފާނު ފޮނުއްވުނު ކަމަށެވެ؛ ކަލޭގެފާނު އަހަރެމެންނަށް އަމުރުކުރައްވަނީ ﷲ އަށް އީމާންވެ، ގާތްތިމާގެ މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށެވެ. އެހެންނަމަވެސް، ކަލޭގެފާނުގެ ޤައުމުގެ މީހުން ހަނަފަސްކަމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން އެދަނީ މަރުވަމުންނެވެ. އަހަރެމެންގެ ކިބައިން މި މުޞީބާތް ނެންގެވުމަށް ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަށް ދުޢާ ދަންނަވާ ދެއްވާށެވެ. ކަލޭގެފާނު މި ގޮތަށް ދުޢާކޮށްދެއްވައިފި ނަމަ، އަހަރެމެން އެންމެން އިމާންވާހުށީމުއެވެ".

އެހެންކަމުން، އެ މީހުންގެ އަނިޔާވެރިކަން އެއް ފަރާތްކޮށްފައި، އެ މީހުންނަށް އުނދަގޫތަކާ ދިމާވެ رَسُوْلُ اللهِ ﷺ އަށް އާދޭސް ދަންނަވަން ފަށައިފި އެވެ. އެ މީހުން ކޮށްފައިވާ ކަންތައްތައް رَسُوْلُ اللهِ ﷺ އެ މީހުންނަށް ހަނދުމަކޮށެއް ނުދެއްވައެވެ؛ އެ މީހުން އީމާންވާނެ ކަމަށް ވި ވަޢުދާ ގުޅިގެން رَسُوْلُ اللهِ ﷺ ދެ އަތް މައްޗަށް ނަންގަވައި މާތް ﷲ އަށް ދުޢާ ދެންނެވި އެވެ. އެކަލާނގެ ލޮބުވެތި ޙަބީބުގެ ދުޢާ އެކަލާނގެ އިޖާބަކުރައްވައި، މައްކާ އަށް ގިނަގުނައިން ވާރޭ ވެއްސެވި އެވެ. ބިންދަނޑު އޮތީ ފެނުން ތެމިފައެވެ. އަދި ގަސްތައް ފަޅައި ހެދެން ފަށައިފި އެވެ. މުޝްރިކުން ބަނޑުހައިހޫނުކަމުން ސަލާމަތްކުރެވުނަސް، އެ މީހުންގެ ވަޢުދުގެ މަތިން ހަނދާންނެތި، ކާފަރުކަން މަތީ ދެމިތިބެއްޖެ އެވެ.

ކީރިތި قرآن ގެ سورة الدّخان ގެ 9 ވަނަ އާޔަތުން ފެށިގެން 24 ވަނަ އާޔަތާ ހަމައަށް މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (‏بَلْ هُمْ فِي شَكٍّ يَلْعَبُونَ ‎﴿٩﴾‏ فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُّبِينٍ ‎﴿١٠﴾‏ يَغْشَى النَّاسَ ۖ هَٰذَا عَذَابٌ أَلِيمٌ ‎﴿١١﴾‏ رَّبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ ‎﴿١٢﴾‏ أَنَّىٰ لَهُمُ الذِّكْرَىٰ وَقَدْ جَاءَهُمْ رَسُولٌ مُّبِينٌ ‎﴿١٣﴾‏ ثُمَّ تَوَلَّوْا عَنْهُ وَقَالُوا مُعَلَّمٌ مَّجْنُونٌ ‎﴿١٤﴾‏ إِنَّا كَاشِفُو الْعَذَابِ قَلِيلًا ۚ إِنَّكُمْ عَائِدُونَ ‎﴿١٥﴾‏ يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرَىٰ إِنَّا مُنتَقِمُونَ ‎﴿١٦﴾‏ ۞ وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَاءَهُمْ رَسُولٌ كَرِيمٌ ‎﴿١٧﴾‏ أَنْ أَدُّوا إِلَيَّ عِبَادَ اللَّهِ ۖ إِنِّي لَكُمْ رَسُولٌ أَمِينٌ ‎﴿١٨﴾ وَأَن لَّا تَعْلُوا عَلَى اللَّهِ ۖ إِنِّي آتِيكُم بِسُلْطَانٍ مُّبِينٍ ‎﴿١٩﴾‏ وَإِنِّي عُذْتُ بِرَبِّي وَرَبِّكُمْ أَن تَرْجُمُونِ ‎﴿٢٠﴾‏ وَإِن لَّمْ تُؤْمِنُوا لِي فَاعْتَزِلُونِ ‎﴿٢١﴾‏ فَدَعَا رَبَّهُ أَنَّ هَٰؤُلَاءِ قَوْمٌ مُّجْرِمُونَ ‎﴿٢٢﴾‏ فَأَسْرِ بِعِبَادِي لَيْلًا إِنَّكُم مُّتَّبَعُونَ ‎﴿٢٣﴾‏ وَاتْرُكِ الْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ ‎﴿٢٤﴾)‏ * الدّخان: 9-24)‏2 މާނައީ: "އަދި ކިއެއްތަ! އެއުރެން شك ކަމެއްގައި ކުޅެކުޅެ ތިބެއެވެ، (‏9)‏ ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް إنتظار ކުރާށެވެ! (‏10)‏ އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (‏އަދި އެއުރެން ބުނާނެތެވެ.)‏ މިއީ ވޭންދެނިވި عذاب އެކެވެ. (‏11)‏ އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން ފިއްލަވާނދޭވެ! ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ. (‏12)‏ އެއުރެން نصيحة ލިބިގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟ އެއުރެންގެ ގާތަށް ބަޔާންވެގެންވާ رسول އަކު ވަނީ ވަޑައިގެންފި އެވެ. (‏13)‏ ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދިނޫއެވެ. އަދި އެއުރެން ބުނޫއެވެ. އެކަލޭގެފާނީ، އުނގަންނައިދެވިފައިވާ މޮޔައެކެވެ. (‏14)‏ ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ކުޑަ ހިނދުކޮޅަކަށް عذاب ފިއްލަވާހުށީމެވެ. ހަމަކަށަވަރުން، ތިޔަބައި މީހުންނީ، (‏كافر ކަމަށް)‏ އެނބުރި އަންނާނޭ ބަޔެކެވެ. (‏15)‏ ބޮޑުވެގެންވާ، ގަދަފަދަ ހިއްޕެވުމަކުން ތިމަންރަސްކަލާނގެ ހިއްޕަވާ ދުވަސް ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (‏އެއުރެންގެ ކިބައިން އެ ދުވަހުން)‏ ބަދަލުހިއްޕަވާހުށީމެވެ. (‏16)‏ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން فرعون ގެ قوم ގެ މީހުން إمتحان ކުރެއްވީމެވެ. އަދި އުއުރެންގެ ގާތަށް މާތްވެގެންވާ رسول އަކު ވަޑައިގަތެވެ. (‏17)‏ (‏ވިދާޅުވަމުންނެވެ.)‏ އޭ ﷲ ގެ އަޅުތަކުންނޭވެ! ތިޔބައި މީހުން ތިމަންކަލޭގެފާނަށް تبع ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި އަމާނާތްތެރި رسول އަކީމެވެ. (‏18)‏ އަދި (‏ވިދާޅުވަމުންނެވެ.)‏ ތިޔަބައިމީހުން ﷲ ގެ މައްޗަށް ބޮޑާވެނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައި މީހުންގެ ގާތަށް ބަޔާންވެގެންވާ دليل އެއް ގެންނަވާހުށީމެވެ. (‏19)‏ ތިޔަބައި މީހުން ތިމަން ކަލޭގެފާނު رجم ކުރުމުން ސަލާމަތްކުރެއްވުން އެދި ތިމަންގެ ވެރި، އަދި ތިޔަބައި މީހުންގެ ވެސް ވެރިރަސްކަލާނގެ حضرة ން، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ. (‏20)‏ އަދި ތިޔަބައި މީހުން ތިމަންކަލޭގެފާނަށް إيمان ނުވި ނަމަ، ފަހެ، ތިޔަބައި މީހުން ތިމަންކަލޭގެފާނާ ވަކިވާށެވެ! (‏21)‏ ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އަށް އެކަލޭގެފާނު دعاء ކުރައްވައި ވިދާޅުވި އެވެ. މިބައިމީހުންނީ ކުށްވެރިވެގެންވާ ބަޔެކެވެ. (‏22)‏ (‏އެކަލާނގެ وحي ކުރެއްވި އެވެ.)‏ ފަހެ، ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން ރޭގަނޑެއް ގައި ކަލޭގެފާނު ހިންގަވައި ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައި މީހުންގެ ފަހަތުން (‏فرعون އާއި، އޭނާގެ لشكر)‏ އަންނާނެތެވެ. (‏23)‏ އަދި ކަނޑު އެ އޮތް ގޮތަށް (‏އެބަހީ: އެ ކަނޑު އިރުއްވެވި ގޮތަށް)‏ ހިމޭންކަމާ އެކު ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން، އެއުރެންނީ ކުރައްވާނޭ އެކެވެ". (‏24)‏

ޙިޞާރުކުރުން ހުއްޓާލުން

"އަހަރެމެން އީމާންވާނަން" މިހެން ބުނެ މުޝްރިކުން ވީ ވަޢުދު ނުފުއްދައި، އަނެއްކާ ވެސް އަނިޔާދޭން ފަށައިފި އެވެ. އެއް ދުވަހަކު، الله تعالى رَسُوْلُ اللهِ ﷺ ވަހީގެ ޒަރީޢާ އިން އަންގަވަނީ "ގެފުޅުގައި އެލުވާފައިވަ ލިޔުމުގައި އެކަލާނގެ ކަތުރުފަނި އަޅުއްވައި، އޭގައި ލިޔެފައި އޮތް الله تعالى ނޫން އެހެން ހުރިހާ ލިޔުމެއް ކައި ހުސްކޮށްފައވާ ކަމަށެވެ". رَسُوْلُ اللهِ ﷺ أبو طالب ގެފާނަށް حديث ކުރެއްވި އެވެ. "ބޮޑުބޭބެ އެވެ! ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ الله تعالى ވަނީ ޤުރައިޝުންގެ ލިޔުމުގައި ކަތުރުފަނި އަޅުއްވާފައެވެ. الله تعالى ގެ ނަންފުޅު ފިޔަވައި، އަނިޔާކުރުމާއި، ތިމާގެ ކަމުގެ ގުޅުން ކަނޑާލުމާއި، ބަދުބަސްތައް ފަދަ ބަސްތައް ވަނީ ކައިހުސްކޮށްފައެވެ".

"ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެކަން އެނެގި ތޯ" أبو طالب ގެފާނު ސުވާލުކުރެއްވުމުން. ކީރިތި ރަސޫލާ حديث ކުރެއްވީ "އާނއެކޭ" އެވެ. ދެން أبو طالب ގެފާނު ވިދާޅުވި އެވެ. "ކަލޭގެފާނު حديث ކުރައްވަނީ ހަމައެކަނި ތެދުކަމަށް އަހުރެން ހެކިވަމެވެ". ދެން ވަގުތުން ހެދުން ތުރުކުރައްވައި، ގެފުޅަށް ވަޑައިގެންފި އެވެ. މުޝްރިކުންގެ ބޮޑުން އެތާ ގައި އޭރު ތިއްބެވެ. أبو طالب ގެފާނު ވަޑައިގަންނަވާ ތަން އެ މީހުންނަށް ފެނުމުން، އެ މީހުން ބުނޫއެވެ. "ހީވަނީ އެކަލޭގެފާނު އެ ވަޑައިގަންނަވަނީ محمّد ގެފާނު ޙަވާލުކުރާށެވެ"! أبو طالب ގެފާނު އެ ތަނަށް ވަޑައިގެން ވިދާޅުވި އެވެ. "އެ ޤުރައިޝުންގެ މުޖްތަމަޢުގެ މީހުންނޭވެ! އަމީން ކަމުގައިވާ ދުވަހަކު ވެސް އިތުރުފުޅު ނަހައްދަވާ އަހަރެގެ ކޮއްކޮގެ ދަރިކަލުން އަހަރެން ގާތު حديث ކުރައްވާފައިވަނީ، މިހެން ލިޔެވިފައިވާ ލިޔުން ފިޔަވައި، ކަލޭމެން ލިޔުނު ލިޔުމުގެ ހުރިހާ ތަނެއް ކަތުރުފަންޏެއް ކައިފާ ވާ ކަމަށެވެ. ކަލޭމެން ލިޔުނު ލިޔުން ގެނެސް ބަލަމާ ހިނގާށެވެ! އެކަލޭގެފާނު އެ ވިދާޅުވަނީ ތެދު ކަމުގައު ވާ ނަމަ، އަހަރެމެން އެންމެން މަރުވަންދެން އެކަލޭގެފާނު ޙިމާޔަތްކުރާނެ ކަމަށް އަހަރެން ހުވާކޮށްފައި ބުނަމެވެ! މިހާރު، ކަލޭމެންގެ ތި އަނިޔާވެރިކަމާއި، ނުބައި އަޚްލާޤު ދޫކޮށްލަން އެބަޖެހެއެވެ......".

މުޝްރިކުން އެ ލިޔުން ގެފުޅުގެ ފާރުން ނައްޓާލާފައި ގެނެސްދިނެވެ. "ތީތި ކިޔާ"! أبو طالب ގެފާނު ވިދާޅުވުމުން، އޭގެ ތެރެއިން އެކަކު އެ ގަނޑު ހުޅުވާލި އިރު ފެނުނީ "بسمك اللّهم" ފިޔަވައި ހުރިހާ ލިޔުމެއް ފޮހެވިފައިވާ ތަނެވެ.3 މުޝްރިކުންނަށް ބުނާނެ އެއްޗެއް، ކުރާނެ ކަމެއް ވެސް ނޭނގުނެވެ. އޭގެ ފަހުން މުޝްރިކުން މުސްލިމުންނާ ދެކޮޅަށް ކޮށްފައިވާ ޙިޞާރު އުވާލައިފި އެވެ. އޭރު، އެ ޙިޞާރުގެ ސަބަބުން ހަނދާންނައްތާނުލެވޭނެ ފަދަ ހިތްދަތިކަމާއި ވޭން މެދުނުކެނޑި 3 އަހަރު ވަންދެން ވަނީ ލިބިފައެވެ. އެހެން ނަމަވެސް، އެ މީހުންގެ ޢަދާވާތްތެރިކަން ކުޑަ ތަންކޮޅެއް ވެސް ކުޑައެއް ނުވިއެވެ؛ އެކަމަކު ވީ ހައްތާ އިތުރެވެ. އިސްލާމް ދީން ފެތުރުން ހުއްޓުވުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް ވަނީ އަޅާފައެވެ. އެ މީހުންގެ އެ ހުރިހާ މަސައްކަތާ އެކު ވެސް، އިސްލާމް ދީން ދިޔައީ ބާރު ދުވެލީގައި ފެތުރެމުންނެވެ؛ ލޮބުވެތި ކީރިތި ތރަސޫލާ ގެންދެވީ، ޖާހިލީ ޒަމާނުގެ އަނދިރިކަމުން ނޭވާ ހާސްވެފައި ތިބި މީހުން ސަލާމަތްކޮށްދެއްވައި، ތެދުވެރި ނިޢުމަތްތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ނިޢުމަތް ލިބުނު މީހުން الله تعالى އަށް ޝުކުރު ދެންނެވި އެވެ. އަދި މުޝްރިކުން ދެމުންދިޔަ އަނިޔާތަކާއި، ބަދު ބަސްތަކުން ނާ އުއްމީދުވެގެނެއް ނުދިޔަ އެވެ. رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތްތަކާއި، މި ދީނުގައި ތިބި މުސްލިމުންގެ ކެތްތެރިކަން ފެނިފައި، އިސްލާމް ދީނުގެ ނޫރުން ގިނަ ހިތްތައް ވަނީ އުޖާލާވެފައެވެ.

"ބޮޑުބޭބެ އެވެ! ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ الله تعالى ވަނީ ޤުރައިޝުންގެ ލިޔުމުގައި ކަތުރުފަނި އަޅުއްވާފައެވެ. الله تعالى ގެ ނަންފުޅު ފިޔަވައި، އަނިޔާކުރުމާއި، ތިމާގެ ކަމުގެ ގުޅުން ކަނޑާލުމާއި، ބަދުބަސްތައް ފަދަ ބަސްތައް ވަނީ ކައިހުސްކޮށްފައެވެ".
حديث الشريف

ހަނދު ދެ ފަޅި ކުރެއްވުން

رَسُوْلُ اللهِ ﷺ އަށް ދެވުނު ދެވުނު އެންމެ މަތިވެރި އެއް މުޢުޖިޒާތަކީ، ހަނދު ދެފަޅިކުރެއްވުމެވެ. އަބޫ ޖަހުލާއި، وليد ބިން މުޣީރާ ހިމެނޭ ހެން މުޝްރިކުންގެ ގްރޫޕަކުން رَسُوْلُ اللهِ ﷺ އަށް ދެންނެވީ "ކަލޭގެފާނަކީ ޙަޤީޤަތުގައި ވެސް ރަސޫލެއް ނަމަ، ހަނދު ދެފަޅުކުރައްވަބައްލަވާށެވެ؛ އެއްބައި ފެންނަންވާނީ ޤުޢައިޤިޢާން ފަރުބަދައިގެ މަތިންނެވެ. އަދި އަނެއް ފަޅި ފެންނަންވާނީ އަބޫ ޤުބައިސް ފަރުބަދައިގެ މަތިންނެވެ!" رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ތިކަން ކުރާނަމެވެ. ކަލޭމެން އީމާންވާނަން ހެއްޔެވެ"؟ އެމީހުން ބުންޏެވެ. "އާދޭހެވެ އަހަރެމެން އީމާންވާނަމުއެވެ". އެމީހުން ބުނޫއެވެ. "އާދޭހެވެ! އަހަރެމެން އީމާންވާނަމުއެވެ". ހަނދު ދެފަޅުކޮށްދެއްވުމަށް ދަންނަވާ رَسُوْلُ اللهِ ﷺ الله تعالى އަށް ދުޢާ ދެންނެވި އެވެ. ވަގުތުން جبريل (‏عليه السّلام)‏ رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ. "محمّد ގެފާނެވެ! މުޢުޖިޒާތް މި ރޭ ބެލުމަށް މައްކާގެ އަހުލުވެރިންނަށް ވިދާޅުވާށެވެ"! رَسُوْلُ اللهِ ﷺ އިޢުލާންކުރެއްވީ އެ މަހުގެ 14 ވަނަ ވިލޭރޭ ނުވަތަ ހަނދު އެންމެ އަލިކޮށް ހުންނަ ރޭ، ހަނދު ދެފަޅިވާނެ ކަމަށާއި، އެކަމުން ފިލާވަޅެއް ލިބިގަތުމަށް ބޭނުންވާ މީހުން އެ މަންޒަރު ބެލުމަށެވެ. އެ ރޭ رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި އިނގިލިފުޅުން އިޝާރާތްކުރެއްވުމުން ހަނދު ދެފޅިވެއްޖެ އެވެ. އެއް ބައި ފެންނަނީ އަބޫ ޤުބައިސް ފަރުބަދައިގެ މަތރިންނެވެ. އަނެއް ބައި ފެންނަނީ ޤުޢައިޤިޢާން ފަރުބަދައިގެ މަތިންނެވެ. ދެން އަނެއްކާ ވެސް އެ ދެ ބައި ޖައްވު ތެރޭގައި އެކުވެއްޖެ އެވެ.

رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ أبو سلامة بن عبدالأسد އާއި، أرقم بن أبي الأرقم އެވެ! ހެކިވާށެވެ"! ދެން އެކަލޭގެފާނާ އެކު އެ ވަގުތު ތިއްބވި އެހެން އަޞްޙާބު ބޭކަލުންނަށް ވެސް حديثކުރެއްވީ "ހެކިވާށެވެ"، މިހެންނެވެ. މުޝްރިކުންނަށް އެހެން މުޢުޖިޒާތެއް ވެސް އެ މީހުންގެ ހަމަ ލޮލުން ފެނުނީއެވެ. އެހެން ނަމަވެސް، އެ މީހުންގެ ވީ ވަޢުދު ފުއްދައި އިސްލާމެއް ނުވި އެވެ. އަދި ކީއްތޯއެވެ! އެހެން މީހުން އިސްލާމްވުމުން ދުރުކުރުވުމަށް ޓަކައި އެމީހުން ބުނޫއެވެ. "މި ކަންތައް މިއީ، محمّد ގެފާނު އަހަރެމެންގެ މައްޗަށް ހެއްދެވި ސިޙުރު ނޫން އެހެން އެއްޗަކަށް ނުވާނެ އެވެ. އެކަމަކު، އެކަލޭގެފާނުގެ އެ ޖާދޫގައި އެންމެން ނުޖެއްސޭނެ އެވެ! އެހެން ރަށްތަކުން އަންނަ މީހުން ކައިރީ އަހަމާ ހިނގާށެވެ. އެ މީހުންނަށް ވެސް މި ޙާދިސާ ފެނުނު ތޯ އަހަމާ ހިންގާށެވެ. އެ މީހުންނަށް ވެސް ފެނުނު ކަމުގައި ވާ ނަމަ، محمّد ގެފާނުގެ ރަސޫލުކަމަކީ ތެދެކެވެ. އެހެން ނޫން ނަމަ، އެއީ ސިޙުރެވެ". މައްކާ އަށް ޒިޔާރަތްކުރަމުންދިޔަ މީހުން ކައިރިން އެ މީހުން އެހިއެވެ؛ އެހެން ސަރަޙައްދުތަކަށް މީހުން ފޮނުވައިގެން ވެސް އެ ސުވާލުކުރި އެވެ. ހުރިހާ ހިސާބަކުން ވެސް އިވުނީ އެއް ވާހަކައެކެވެ. "އާނއެކެވެ. އެ ރޭ ހަނދު ދެ ފަޅި ވީ ތަން އަހަރެމެންނަށް ފެނުނެވެ". މި ވާހަކަ އެ މީހުން އަނެއްކާ ވެސް ޤަބޫލެއްނުކުރި އެވެ. މި ވާޙަކަ ޤަބޫލުކުރާ މީހުންގެ ވެރިޔަކަށް ހުރީ أبو جهل އެވެ. މީހުންގެ ވިސްނުން ފަސާދަކުރުމަށް ޓަކައި أبو جهل ބުނަމުންދިޔަ އެވެ. "أبو طالب ގެފާނުގެ ޔަތީމު ކުއްޖާގެ ސިޙުރު މިހާރު އެވަނީ ޖައްވާ ހަމަޔަށް ފޯރާފައެވެ".4 އެއީ، މީހުންނަށް އީމާންކަމުގެ ނިޢުމަތް ފޯރިޔަ ނުދިނުމަށް ޓަކައެވެ. މިކަމާ ވިދިގެން سورة القمر ގެ 1 ވަނަ އާޔަތުން 8 ވަނަ އާޔަތާ ހަމަޔަށް ބާވައިލެއްވި އެވެ:

(‏اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ ‎﴿١﴾‏ وَإِن يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ ‎﴿٢﴾‏ وَكَذَّبُوا وَاتَّبَعُوا أَهْوَاءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ ‎﴿٣﴾)‏ * القمر: 1-3)‏ މާނައީ: "قيامة ވުމުގެ ވަގުތު ކައިރިވެއްޖެ އެވެ. އަދި ހަނދު އިރިއްޖެ އެވެ. (‏1)‏ އަދި އެއުރެންނަށް ހެތްކެއް ފެންނަނީ ނަމަ، އެއުރެން ފުރަގަސްދެއެވެ. އަދި ބުނެއެވެ. މިއީ، ދެމިހުންނަނިވި ޖާދޫއެވެ. (‏2)‏ އަދި އެއުރެން (‏حق ބަސްފުޅު)‏ ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން ވޫއެވެ. ކޮންމެ ކަމަކީ ނިމުމަކަށް ގޮސް ހަމަޖެހޭނެ ކަމެކެވެ". (‏3)‏

(‏وَلَقَدْ جَاءَهُم مِّنَ الْأَنبَاءِ مَا فِيهِ مُزْدَجَرٌ ‎﴿٤﴾‏ حِكْمَةٌ بَالِغَةٌ ۖ فَمَا تُغْنِ النُّذُرُ ‎﴿٥﴾‏ فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ الدَّاعِ إِلَىٰ شَيْءٍ نُّكُرٍ ‎﴿٦﴾ خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ ‎﴿٧﴾‏ مُّهْطِعِينَ إِلَى الدَّاعِ ۖ يَقُولُ الْكَافِرُونَ هَٰذَا يَوْمٌ عَسِرٌ ‎﴿٨﴾‏ ۞)‏ * القمر: 4-8)‏5 މާނައީ: "ހަމަކަށަވަރުން، خبر ތަކުގެ ތެރެއިން އެ ކަންކަމުގައި عبرة ހިމެނިގެންވާ خبر ތައް އެއުރެންގެ ގާތަށް އައެވެ. (‏4)‏ (‏މިއީ)‏ ފުރިހަމަވެގެންވާ حكمة އެކެވެ. ފަހެ، إنذار ތައް (‏އެއުރެންނަކަށް އެއްވެސް ކަމެއް)‏ ފުއްދައެއް ނުދެއެވެ. (‏5)‏ ފަހެ، ނުރުހެވޭ ކަމަކަށް ގޮވާ މީހާ ގޮވާ ދުވަހު، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! (‏6)‏ އެއުރެންގެ ލޯތައް ތިރިވެ، ނިކަމެތިވެގެންވާ حال، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ. (‏7)‏ ގޮވާ ފަރާތަށް (‏ދިޔުމަށް)‏ އަވަސްގެނަންނަ حال ގައެވެ. كافر މި މީހުން ބުނާނެތެވެ. މިއީ، ދަތި އުނދަގޫ ދުވަހެކެވެ". (‏8)‏

މާތް ﷲ ތިބާ އަށް ވެސް ހިދާޔަތް ދެއްވާދޭވެ!

މުސްލިމުންގެ މައްޗަށް މުޝްރިކުން 3 އަހަރުގެ މުއްދަތަށް ކަނޑައެޅި ޙިޞާރަށް ފަހު، رَسُوْلُ اللهِ ﷺ ގެ އަރިހަށް ނަޖްރާން ގެ ބަޔަކު އަތުވެއްޖެ އެވެ. އެ ގްރޫޕު ގައި ގާތްގަޑަކަށް ވިއްސަކަށް މީހުން ތިއްބެވެ. ޙަބަޝް ކަރަޔަށް ހިޖުރަކުރި މީހުންގެ ފަރާތުން އެ މީހުންނަށް ވަނީ އިސްލާމް ދީނުގެ ވާހަކަ އަޑުއިވިފައެވެ. އެ މީހުން މައްކާ އަށް އައީ، އިސްލާމް ދީނާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، رَسُوْلُ اللهِ ﷺ ގެ ފައިންޕުޅު ދުށުމަށެވެ. އެ މީހުންނަށް رَسُوْلُ اللهِ ﷺ އާ ބައްދަލުވީ ކަޢުބަތުﷲ ގެފުޅު ކައިރިންނެވެ. އެ މީހުން ވަރަށް ގިނަ ސުވާލުކުރި އެވެ. އަދި އެމީހުން އުއްމީދުކުރި ވަރަށް ވުރެ ފުރިހަމަ ރިވެތި ޖަވާބިތަކެއް ލިބިގެންދިޔައެވެ. ޤުރައިޝް ވަންހައިގެ މުޝްރިކުން ދިޔައީ މި މަންޒަރު ބަލަމުންނެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި رَسُوْلُ اللهِ ﷺ، ކީރިތި قرآن ގެ ބައެއް އާޔަތްތައް އެ މީހުންނަށް އިއްވަވައިދެއްވި އެވެ. އެ މީހުންނަށް ވަރަށް ފުން އަސަރެއް ކޮށް ލޮލުން ކަރުނަ އައުން ކޮންޓްރޯލެއް ނުކުރެވުނެވެ. ދެން، رَسُوْلُ اللهِ ﷺ ދަޢުވަތު ދެއްވުމާ އެކު ވަރަށް ޖޯޝުގައި ޝަހާދުގެ ދެކަލިމަ ކިޔުމަށް ފަހު އުފަލާ އެކު އިސްލާމް ވެއްޖެ އެވެ. އެމީހުންގެ ޤައުމަށް އެނބުރި ދިއުމުގެ އިޒުނަ އަށް އެމީހުން އެދި ދެންނެވުމުން، أبو جهل އެމީހުންގެ ކައިރި އަށް އައިސް އެމީހުންނަށް ހުތުރު އެއްޗެހި ގޮވަމުން ބުނެފިއެވެ. "ކަލޭމެން ހާ ގަމާރު ބަޔެއް އަދި އަހަރެމެންނަކަށް ނުފެނެއެވެ. އެކަލޭގެފާނާއެކު އިށީނދެ ތިބުމަށް ފަހު، ކަލޭމެން، ކަލޭމެންގެ ދީން ދޫކޮށްލައި، އެކަލޭގެފާނު ވިދާޅުވިހާ އެއްޗެއް ޤަބޫލުކޮށްލީއެވެ". ދާދި ދެންމެ ޞަޙާބީންނަށް ވި މި ބޭކަލުން ވިދާޅުވި އެވެ. "ކަލެ އަށް ވެސް الله تعالى ހިދާޔަތު ދެއްވާނެ ކަމަށް އަހަރެމެން އުއްމީދުކުރަމެވެ. ރައްދުގައި ކަލޭ ތީ ކީ ހުތުރު އެއްޗެހި ކިޔައި ތި ޖާހިލު ޢަމަލުތައް އަހަރަމެން ނުކުރާނަމެވެ. އަހަރެމެން ކަލޭމެންގެ އެއްވެސް ޙައްޤަކަށް އަރައެއް ނުގަންނަމެވެ. އެހެން ނަމަވެސް ދަންނާށެވެ! އަހަރެމެންނަށް މި ލިބުނު މަތިވެރި ނިޢުމަތް ދޫކޮށްލާކަށް އަހަރެމެން ބޭނުމެއް ނޫނެވެ. އަދި ކަލޭމެން ކަހަލަ މަދު ޖާހިލު ބަޔަކު ގެ ބަހަށް އަހަރެމެން މި ދީން ދޫކޮށެއް ނުލާނަމެވެ.6

މި ޙާދިސާ ވިދިގެން سورة القصص ގެ 52 ވަނަ އާޔަތުން 55 ވަނަ އާޔަތާ ހަމަޔަށް الله تعالى ބާވައިލެއްވި އެވެ: (‏الَّذِينَ آتَيْنَاهُمُ الْكِتَابَ مِن قَبْلِهِ هُم بِهِ يُؤْمِنُونَ ‎﴿٥٢﴾‏ وَإِذَا يُتْلَىٰ عَلَيْهِمْ قَالُوا آمَنَّا بِهِ إِنَّهُ الْحَقُّ مِن رَّبِّنَا إِنَّا كُنَّا مِن قَبْلِهِ مُسْلِمِينَ ‎﴿٥٣﴾‏ أُولَٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ‎﴿٥٤﴾‏ وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ ‎﴿٥٥﴾)‏ * القصص: 52-55)‏7 މާނައީ: "މީގެ ކުރިން ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުން (‏އެބަހީ: توراة އާއި إنجيل ގެ أهل ވެރިން ކުރެ إسلام ވި މީހުން)‏ އެ ފޮތަށް (‏އެބަހީ: قرآن އަށް)‏ إيمان ވެއެވެ. (‏52)‏ އަދި އެއުރެންނަށް އެ ފޮތް ކިޔަވައިދެވޭ ހިނދު އެއުރެން ބުނެތެވެ. ތިމަންމެން އެ ފޮތަށް إيمان ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެއީ ތިމަންމެންގެ ވެރިރަސްކަލާގެ حضرة ން އައި حق ތެދެވެ. ހަމަކަށަވަރުން، ތިމަންމެން މީގެ ކުރީގައި ވެސް مسلم ން ކަމުގައި ވީމު އެވެ. (‏53)‏ އެއުރެންނީ، ކެތްތެރިވި ކަމަށް ޓަކައި، އެއިރެންނަށް ދެ ފަހަރަށް ދަރުމަ ދެއްވާނޭ މީހުންނެވެ. އަދި އެއުރެން ހެއު ކަންތައް މެދުވެރިކޮށް ނުބައިކަންތައް دفاع ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ. (‏54)‏ އަދި އެއުރެންނަށް ބޭކާރު ވާހަކަ އިވޭ ހިނދު، އެއުރެން އެއިން އެއްކިބާވެގަނެތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް، ތިމަންމެންގެ عمل ތަކެވެ. އަދި ތިޔަބައި މީހުންނަށް ތިޔަބައި މީހުންގެ عمل ތަކެވެ. ތިމަންމެންނާ ތިޔަބައި މީހުންނާ ވަތްކެވެ. (‏އެހެނީ)‏ ތިމަންމެން جاهل ންނާ އެކު އުޅުމަކަށް ނޭދެމު އެވެ". (‏55)‏

"މީގެ ކުރިން ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުން (‏އެބަހީ: توراة އާއި إنجيل ގެ أهل ވެރިން ކުރެ إسلام ވި މީހުން)‏ އެ ފޮތަށް (‏އެބަހީ: قرآن އަށް)‏ إيمان ވެއެވެ. (‏52)‏ އަދި އެއުރެންނަށް އެ ފޮތް ކިޔަވައިދެވޭ ހިނދު އެއުރެން ބުނެތެވެ. ތިމަންމެން އެ ފޮތަށް إيمان ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެއީ ތިމަންމެންގެ ވެރިރަސްކަލާގެ حضرة ން އައި حق ތެދެވެ. ހަމަކަށަވަރުން، ތިމަންމެން މީގެ ކުރީގައި ވެސް مسلم ން ކަމުގައި ވީމު އެވެ". (‏53)‏
القصص: 52-53

ޤަޞީދާ

8

ޖަންނަތުލް މުއައްލާ

އޭ މަގޭ ދެލޮލާއެވެ! އަހަރެންގެ ހިތުގައިވާ އަލިފާންގަނޑަށް ފެން ނާޅާށޭ،
އެހެނީ މިހާ ވަރުގަދަ އަލިފާންގަނޑެއް ފެނަކުން ނުނިއްވޭނޭ.
ދައުރުވާ އުޑުތަކަކީ ފެނުގެ ކުލަކަން އަހަންނަކަށް ނޭނގެއޭ،
ނުވަތަ ދައުރުވާ އުޑުތައް ވަނީ އަހަރެންގެ ލޮލުގެ ފެނުގައި ފޮރުވިފައޭ.
ތިބާގެ ކަނޑީގެ ހިތްއުފާވެރިކަމުން އަހަރެންގެ ހިތް ކަފައިގެން ދިއުމުން ޙައިރާނެއްނުވެއޭ.
އެހެނީ ކެފިގެން ދިޔައީ ބިންމަތީގައި ފެން ދައުރުވާ ތަނުގައޭ.
އަހަރެންގެ ޒަޚަމްވެފައިވާ ހިތް ތިބާގެ ދުނިދަނޑީގެ މުށްގަނޑުގެ9 ވާހަކަދައްކަނީ ބިރާއެކުއޭ،
ޒަޚަމްވެފައިވާ މީހަކު ފަދައިން ބަލައިގެން ފެންބޮއޭ.
ބަގީޗާ ހައްދާ މީހާ ފިނިފެންމަލުގެ ބަގީޗާގައި ފެންބޮޑުކުރާށޭ، ކަންބޮޑުނުވާށޭ،
ތިބާގެ މޫނުހާ ރީތި ފިނިފެންމަލެއް ނެތޭ، އޭނާ ކިތަންމެ ވަރަކަށް ފެންދިނަސް އޭ.
އެއްވެސް ލިޔުންތެރިޔަކަށް ތިބާގެ އާޓެއް ފަދަ މޫނު ނަކަލެއް ނުކުރެވޭނޭ،
ތޫނު ގަލަމެއް ހެން ފޯކަސްކުރިޔަސް، އޭނާ ވަނީ ކަޅު ފެނުން ކަނުވެފައޭ.
ތިބާގެ ކޯތާފަށް ހަނދާންކުރަމުން އަހަރެން އެއްތެލުން އަޅާލާ އެތިފަހަރުތައް ތެތްވިޔަދޭށޭ،
ފިނިފެންމަލުގެ އުއްމީދުގައި، ކަށްޓަށް ފެންދެވޭ ނަމަ އެއީ ބޭކާރުވުމެއް ނޫނޭ.
ހިތާމައިގެ ދުވަހުގައި، ތިބާގެ ކަޑިއެއް ފަދަ ބެލުން އަހަރެންގެ ހިތުން ނުގެންދާށޭ،
އެހެނީ، ކަޅުފޮއި ރޭތަކުގައި ބަލިމީހާ އަށް ޒިޔާރަތްކޮށް ފެންދިނުމަކީ އިޙްސާނެކޭ.
އޭ ހިތާ އޭ! އޭނާގެ ދުނިދަނޑީގެ މުށްގަނޑަށް އެދި ވަކިވުމުގެ ހުން ތިރިކުރާށޭ،
އަހަރެން އަތުގައި ފެން ނެތޭ؛ މި ހިތުގައި އެންމެ ފަހަރަކު ފެނަށް ޖެހުނީއޭ.
ސޫފީއަކު ކައުސަރު ބޭނުންވާ ފަދައިން ތިބާގެ ތުންފަތަށް އެދެމޭ،
އާނއެކޭ، މަސްތުނުވާ މީހާއަށް ފެން މީރުވާ ފަދައިން މަސްތުވެފައިވާ މީހާ ރާ ބޭނުންވެއޭ.
އަބަދުވެސް ތިބާގެ ސުވަރުގެއެއް ކަހަލަ އަވަށްގަނޑަށް ފެން ދެމެއޭ،
ސައިޕްރެސް ގަހާ ވައްތަރު ގަހަކަށް ލޯބިޖެހި ހިތްގައިމު ހިނގުމަކުން ފެން އާދެއޭ.
އެ އަވަށްގަނޑަށް ފެންދިއުން ހުއްޓުވުމަށް އަހަރެން ވެއްޔަށް ވާންއެބަޖެހެއޭ،
އެ ފެން އެ ހިސާބަށް ދިޔަދެވޭކަށް ނެތޭ އެހެނީ އެއީ އަހަރެންގެ ވާދަވެރިޔާއޭ، ފެނޭ.
އޭ ރައްޓެހިންނޭ! އޭނާގެ އަތުގައި ބޮސްދޭހިތުން އަހަރެން މަރުވެއްޖެ ނަމަ،
އަހަރެންގެ ވެލިން ޖަގެއް ހަދައި އެއިން ލޮބުވެތި ފެންދޭށޭ.

ޚަދީޖާ (‏رضي الله عنها)‏ ގެ ޤަބުރު ވެސް ހިމެނޭ ގޮތަށް ގިނަ ޞަޙާބީންގެ މަހާނަތައް ހުރި ޤަބުރުސްތާން.

މިއަދު، މި މަހާނަތައް ފެންނާކަށެއް ނެތެވެ. ހިތާމައަކީ، މި ހުރިހާ ރިވެތި ތާރީޚީ އާސާރުތައް ވައްހާބީ ސަރުކާރުން ނައްތާލާފައިވާ ކަމެވެ.

"އޭ ފަރުބަދަޔާ އެވެ! ތިމަންކަލޭގެފާނަށް ދިމާވި ގޮތަށް ތި ފަރުބަދަޔަށް ދިމާވި ނަމަހީ، އެ ކަންތައް ނުއުފުއްލުނީހެވެ؛ ނުއުފުއްލިގެން ވެއްޓުނީހެވެ".
حديث الشريف