ލޮބުވެތި ރަސޫލާ

حِلْيَةُ السَّعَادَة

"رَسُوْلُ اللهِ ﷺ ގެ ސފަފުޅުތަކާއި، حلية (‏ބޭރުފުށުން ފެނނަ ގޮތާއި ބައްޓން)‏ އާ ބެހޭގޮތުން އަހަރެން ޒިޔާރަތްކުރި ކޮންމެ ފައްޅިއެއްގެ ފާދިރީ އާ އަހަރެން ސުވާލުކޮށް، އެއިން ކޮންމެ ކަމެއް ހިތުދަސްކުރީމެވެ. އަހަރެން މަދީނާ އަށް އެނބުރި އައިސް ގެ އަރިހުގައި އެ ކަންތައްތައް ކިޔައިދިނީމެވެ. އެކަލޭގެފާނު ހުންނެވީ އެކަމާ ހިތްހަމަޖެހިވަޑައިގެންނެވެ ".
مُغيرَة بن شُعبَة (‏رضي الله عنه)‏

رَسُوْلُ اللهِ ﷺ ބޭރުފުށުން ފެންނަ ގޮތަށް ކިޔާ ނަމަކީ، حِلْيَةُ السَّعَادَة އެވެ.

އިސްލާމީ ޢިލްމުވެރިން ވަރަށް ސާފުކޮށް، رَسُوْلُ اللهِ ﷺ ގެ ފެންނަން ހުރި ގުނަވަންތަކާއި، އެކަލޭގެފާނުގެ ބައްޓަމާއި، އެކަލޭގެފާނުގެ ސިފަތަކާއި، އެކަލޭގެފާނުގެ ރިވެތި އާދަތަކާއި، އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ތަފްޞީލުކޮށް ހެއްކާއި، ލިޔުންތަކާ އެކު ސިފަކޮށް ވަނީ ލިޔެފައެވެ. މި މަޢުލޫމާތު އެއްކުރެވިފައިވަނީ، رَسُوْلُ اللهِ ﷺ حديث ކުރެއްވި ބަސްފުޅުތައް ކަމުގައިވާ حديث الشّريف އިންނާއި، އަޞްޙާބު ބޭކަލުން ގެނެސްދެއްވި ބަސްތަކުންނެވެ. އެ މަޢުލޫމާތުތައް ހިމެނޭ ފޮތްތަކަށް ކިޔަނީ ސިޔަރަތު ފޮތްތަކެވެ. رَسُوْلُ اللهِ ﷺ ގެ حِلْيَةُ السَّعَادَة އޮޅުންފިލުވައިދޭ އެތަކެއް ހާސް ސިޔަރަތު ފޮތްތަކުގެ ތެރެއިން، އެންމެ މަޝްހޫރު ފޮތްތަކަކީ، الإمام التِّرْمِذِي ގެ "شَمائلُ النُّيُوَّة" އާއި، قاضي عياض ގެ "الشِّفَاء" އާއި الإِمَام البَيهَقِيْ އާއި، أَبُو نُعَيمُ الإِسفَهَانِيْ ގެ "دَلَائِلُ النُّبُوِّة" އާއި،

الإِمَام القَسطَلَانِي ގެ "مَوَاهِبُ اللَّدُنيا" އެވެ.

رَسُوْلُ اللهِ ﷺ ގެ حديثފުޅުތަކާއި، އަޞްޙާބުންގެ ފަރާތުން ރިވާވެގެންވަނީ رَسُوْلُ اللهِ ﷺ ގެ حِلْيَةُ السَّعَادَة ސިފަކުރެވިފައިވަނީ، އަންނަނިވި ގޮތަށެވެ.:

"فَخرُ الكَائِنَات ﷺ ގެ ބަރަކާތްތެރި މޫނުފުޅާއި، އެކަލޭގެފާނުގެ ހުރިހާ ގުނަވަނަކާއި، ބަރަކާތް ލެއްވިގެންވާ އެކަލޭގެފާނުގެ އަޑުފުޅު، ހުރިހާ މީސްތަކުންގެ މޫނުތަކާއި، ގުނަވަންތަކާއި، އަޑުތަކަށް ވުރެ މާ ރީއްޗެވެ.

އެކަލޭގެފާނުގެ މޫނުފުޅުގެ ބައްޓަން ހުރީ ވަށްކޮށެވެ. އަދި އެކަލޭގެފާނު އުފަލުން ހުންނަވާ އިރު، އެކަލޭގެފާނުގެ މޫނުފުޅު ހނަދު ފަދައިން ވިދައެވެ.1 އެކަލޭގެފާނު އުފަލުން ހުންނަވާ އިރު، އެކަން އެކަލޭގެފާނުގެ ނިތްކުރިފުޅުން އެކަން ސާފުކޮށް އެނގޭނެ އެވެ.

رَسُوْلُ اللهِ ﷺ ދުވާލު ލޮލަށް ފެނިވަޑައިގަންނަވާ ގޮތަށް ރޭގަނޑު ވެސް ހަމަ އެގޮތަށް ފެނިވަޑައިގަތެވެ. ކުރިމަތިން ފެނިވަޑައިގަންނަވާ ގޮތަށް އެކަލޭގެފާށް ފަހަތްޕުޅުން ވެސް ފެނިވަޑައިގަންނަވައެވެ. އެކަލޭގެފާނު އެއް ފަރާތަކަށް ނުވަތަ ފަހަތަށް ބައްލަވާ އިރު، އެކަލޭގެފާނުގެ މުޅި ހަށިކޮޅު އަނބުރާލައްވާފައި ބައްލަވައެވެ. އުޑަށް ވުރެ ގިނައިން ބިންމައްޗަށް ބައްލަވައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅު ބޮޑެވެފައި، ދެ ބުމަފުޅު ދިގެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅުގައި ކުޑަ ރަތްކަމެއް ހުރެފައި، ދެ ލޯފުޅުގެ ކަޅިރަވަ ކަޅެވެ. ރޭގަނޑު އެކަލޭގެފާނުގެ ދެ ލޯފުޅުގައި އަނދުން އެޅުއްވި އެވެ.

فَخرُ السّلام ﷺ ގެ ނިތްކުރި ފުޅަލެވެ. އެކަލޭގެފާނުގެ ބުމަފުޅު ތުނިވެފައި މެދުން ނުގުޅެއެވެ. އެކަލޭގެފާނު ކޯފާއިސްކުރެއްވުމުން، އެކަލޭގެފާނުގެ ދެ ބުމަފުޅު ދޭތެރޭގައިވާ ނާރު ފުއްޕައެވެ.

އެކަލޭގެފާނުގެ ބަރަކާތްތެރި ނޭފަތް ވަރަށް ރީތިވެފައި މެދުން ކުޑަކޮށް ހުއްލިފައި ވެއެވެ.
އެކަލޭގެފާނުގެ ބަރަކާތްތެރި ބޯކޮޅު ބޮޑެވެ.

އެކަލޭގެފާނުގެ ބަރަކާތްތެރި އަނގަފުޅު ކުޑައެއް ނޫނެވެ. އެކަލޭގެފާނުގެ ބަރަކާތެރި ދަތްޕުޅު ހުދުވެފައި މެދުގައިވާ ދެ ދެތްޕުޅުގެ ދެމެދު ދުރުކަމެއް ހުރެއެވެ. އެކަލޭގެފާނު ވާހަކަފުޅުދެއްކެވުމުން، ފެނިގެންދަނީ އެކަލޭގެފާނުގެ ދަތްޕުޅުގެ ދެމެދުން ނޫރު (‏އަލިކަން)‏ ނުކުމެގެން އަންނަ ހެނެވެ. الله تعالى ގެ އަޅުންގެ ތެރެއިން، އެކަލޭގެފާނަށް ވުރެ ބަލާޣާތްތެރި އަދި ފޮނިކޮށް ވާހަކަދައްކާ މީހަކު ފެނިފައެއް ނުވެއެވެ.

"އަހަރެން رسول الله ﷺ އަށް ދިހަ އަހަރު ވަންދެން ޚިދުމަތްކުރީމެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅު ފަށުވިއަށް ވުރެ މަޑެވެ".
أنس بن مالك

فَخرُ العالم ﷺ އަށް ސާޅީސް އަހަރުވުމުން،
ރަސޫލުކަމުގެ ތާޖު އެކަލޭގެފާނުގެ ބޯކޮޅުގައި އެޅުވުނޭ.
އިރުއިރުކޮޅާ، އޭ ލޯބިވާއޭ، ގޮވާ އަޑު އިވެއޭ،
ތިމަން ރަސްކަލާނގެ ތިބާ އަކީ ދުނިޔޭގެ ރަޙްމަތް ކަމުގައި ލެއްވީމޭ.
އާޔަތަކަށް ފަހު އާޔަތަކުން ކީރިތި ޤުރްއާން ބާވައިލެއްވި އޭ،
ތަފާތު ގިނަ މުޢުޖިޒާތްތައް ފާޅުވިއޭ.
ސާފުތާހިރު އިންސާނާ އަކީ އެއްކޮށް ނޫރޭ،
ހަމަކަށަވަރުން އެކަލޭގެފާނު ހުރިހާ ގުނަވަނެއް ގައި މުޢުޖިޒާތް ވިއޭ.
އެންމެ ފުރަތަމަ، އެ ބަރަކާތްތެރި ހަށިކޮޅުގެ ހިޔަނި،
ބިން މައްޗަށް އެއްގޮތަކަށް ވެސް ނޭޅެއޭ.
އެއީ ނޫރޭ، ބޯކޮޅުން ފެށިގެން ފައިތިލަޕުޅާ ހަމަޔަށް،
އެކަން ސާފޭ، އެހެނީ ނޫރުގައި ހިޔަންޏެއް ނުހުރެއޭ.
ހަމައެހެންމެ، އެކަލޭގެފާނުގެ ބަރަކާތްތެރި ބޯކޮޅުގެ މަތިން،
އަބަދު ވެސް ވިލާގަނޑުގަނޑުން އެކަލޭގެފާނަށް ހިޔާދެއޭ.
އެކަލޭގެފާނު ވަޑައިގެންނެވި ކޮންމެ ތާކަށް އެ ވިލާތައް އެކަލޭގެފާނާ އެކު ދެއޭ،
އެ ވިލާތައް އަބަދު ވެސް އެކަލޭގެފާނުގެ މަތީގައި ހުރެއޭ.
އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅުގައިވާ މުޢުޖިޒާތް،
ވާ ގޮތް އަހަރެން ބުނެދޭނަމޭ.
އެކަލޭގެފާނަށް ކުރިމަތި ފެންނަ ގޮތަށް،
ފަހަތް ވެސް އެކަލޭގެފާނަށް ފެނިވަޑައިގަތޭ.
އެ ބަރަކާތްތެރި ނޭފަތްޕުޅާ ބެހޭގޮތުން އަޑުއަހާށޭ،
އަދި އެއާ ބެހޭ ހުރިހާ މުޢުޖިޒާތެއް އަޑުއަހާށޭ.
ވަޙީއާއިގެން جبريل الأمين ފައިބާ ވަޑައިގަތުމުން،
އެކަލޭގެފާނު އުޑުން ނައްޓާލައްވާ ވަގުތު.
އެކަލޭގެފާނަށް جبريل ގެ ސެންޓު ވަސް ދުވައޭ،
ވަޙީއާއިގެން ވަޑައިގަންނަވައިފި ކަން އެނގިވަޑައިގަތޭ.
އެކަލޭގެފާނުގެ ހަނދު ތުންފަތްތައް ފަދައިން ޙަރަކާތްކުރައްވާ ނަމަ،
އިރުގެ ވަށްބުރު އުޑުގައި ޙަރަކާތްކުރެއޭ.

އެކަލޭގެފާނުގެ ބަރަކާތްތެރި حديث ބަސްފުޅު ދޭހަވާން ފަސޭހަ އެވެ؛ އެ ބަސްފުޅުތަކުން ހިތްތަކާއި، ރޫޙުތައް އެއަށް ދަމައިގަނެއެވެ. އެކަލޭގެފާނު حديث ކުރެއްވުމުން، އެކަލޭގެފާނު ބަސްފުޅުތައް އިތާމުތއްތަކެއް ފަދައިން އެތުރިގެން ދެއެވެ. މީހަކު އެކަލޭގެފާނުގެ ބަސްފުޅުތައް ގުނަން ބޭނުންވި ނަމަ، އެ ބަސްފުޅުތައް ގުނުމަކީ ކުރެވިދާނެ ކަމެކެވެ. ބައެއް ފަހަރު، އެ حديث ކުރައްވާ ބަސްފުޅެއް، ރަނގަޅަށް ދޭހަވެގެން ދިއުމަށް ޓަކައި ތިން ފަހަރު ތަކުރާރު ކުރެއްވި އެވެ. (‏ސުވަރުގޭގައި އެންމެން ވެސް ވާހަކަދައްކާނީ محمّد ﷺ حديثފުޅުކުރެއްވި ގޮތަށެވެ.)‏ އެކަލޭގެފާނު ބަރަކާތްތެރި އަޑު އެހެން މީހަކުގެ އަޑު ނުފޯރާހާ ދުރު ރާސްތާތަކަށް ފޯރައެވެ.

އަޅުގަނޑުމެންގެ ސައްޔިދު فَخرُ السّلام ﷺ އަށް ލބިވަޑައިގެންވީ ހިނިތުންވެފައި ހުރި މޫނުކޮޅެކެވެ. އެކަލޭގެފާނުގެ ހުނުމަކީ، ހިނިވަރުނަކުރެއްވުމެވެ. އަދި އެކަލޭގެފާނު ހިނިވަރުނަކުރައްވާ އިރު، އެކަލޭގެފާނުގެ ކުރިމަތީ ދަތްޕުޅުތައް ފެނެއެވެ. އެކަލޭގެފާނު ހިނިވަރުނަކުރައްވާ އިރު، އެކަލޭގެފާނުގެ ނޫރުން ފާރު ދިއްލިގެން އެވެ. އެކަލޭގެފާނުގެ ކީރތިކުރެއްވުން، އެކަލޭގެފާނުގެ ހިނިތުންވުން ފަދައިން އަޑެއް ނުހުރެއެވެ. އެކަލޭގެފާނު އަޑު ބާރުކޮށް ހީނުހައްދަވާ އިރު، އޑު ބާރުކޮށް ކީރިތި ވެސް ނުކުރައްވައެވެ. އެކަމަކު، އެކަލޭގެފާނު ހިތާމަވެރިކޮށް ހުންނަވާ އިރު، އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅުން ކަރުނަ އޮހިގެން ގޮސް، އެކަލޭގެފާނުގެ މޭފުޅުގެ އަޑު އިވިގެން ދެއެވެ. އެކަލޭގެފާނު ކީރތިކުރެއްވީ، އެކަލޭގެފާނަށް ކީރިތި ޤުރްއާންގެ އަޑު އިވިވަޑައިގަތުމުންނާއި، ބައެއް ފަހަރު ނަމާދު ކުރެއްވި އިރު، އެކަލެގެފާނު އުއްމަތުގެ ފާފަތަކާ މެދު ވިސްނިވިޑައިގެންނާއި، الله تعالى ދެކެ އަންނަ ބިރެއްގެ ސަބަބުނަނެވެ.

فَخرُ العالم ﷺ ގެ ބަރަކާތްތެރި އިނގިލިފުޅުތައް ބޮޑުވެފައި، އަތްޕުޅު ގައި މަސްޖަހާފައި ހުރެއެވެ. އެކަލޭގެފާނުގެ އަތްތިލަ ފުޅަލެވެ. އެކަލޭގެފާނުގެ މުޅި ހަށިގަނޑުން ދުވާ ވަސް ގޮމަކަސްތޫރި އަށް ވުރެ މީރު ވަސް ދުވައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅު މަޑުވެފައި ބާރުގަދަ އެވެ.

أنس بن مالك ވިދާޅުވި އެވެ. 'އަހަރެން رَسُوْلُ اللهِ ﷺ އަށް ދިހަ އަހަރު ވަންދެން ޚިދުމަތްކުރީމެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅު ފަށުވިއަށް ވުރެ މަޑެވެ'.

އެކަލޭގެފާނުގެ ބަރަކާތްތެރި ހަން ކޮމަކަސްތޫރި އާއި މާމަލަށް ވުރެ މީރު ވަސް ދުވައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅާއި، ދެފައިކޮޅާއި، އިނގިލިފުޅުތައް ދިގެވެ. އެކަލޭގެފާނުގެ ފައިގެ ބޮޑުވައި އިނގިލި ފުޅަލެވެ. އެކަލޭގެފާނުގެ ފައިތިލައިގެ ފުންނާނު އެހާ އުހެއް ނޫނެވެ. އަދި އެކަލޭގެފާނުގެ މޭފުޅާއި ބަނޑުކޮޅު ހުރީ ދިމާވާ ގޮތަށެވެ. އެކަލޭގެފާނުގެ ކޮނޑުގެ ކަށިތައް ބޮޑެވެފައި، މޭފުޅު ފުޅަލެވެ. رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ހިތްޕުޅަކީ نظرة الإله (‏الله تعالى ބައްލަވާ ވޮޑިގަންނަވާ ތަން)‏ އެވެ.

رَسُوْلُ اللهِ ﷺ އަކީ އެހާ ދިގު އެހާ ކުރު ބޭފުޅެއް ވެސް ނޫނެވެ. ދިގު މީހަކު އެކަލޭގެފާނުގެ އަރިހަށް ގޮސްފި ނަމަ، އެކަލޭގެފާނު ފެންނާނީ އެ މީހާ އަށް ވުރެ ދިގުކޮށެވެ. އެކަލޭގެފާނު އިށީންނެވުމުން، އެކަލޭގެފާނާ އެކު އިށީނދެގެން ތިބޭ އެންމެންނަށް ވުރެ އެކަލޭގެފާނުގެ ބަރަކާތްތެރި ކޮނޑުފުޅު އުސްވާނެއެވެ.

އެކަލޭގެފާނުގެ ބޯކޮޅާއި، ތުނބުޅިފުޅުގެ އިސްތަށި އެހާ ބޮޑަކަށް ބުޅިއެއް ނޫނެވެ. އަދި އެހާ ފަނެއް ވެސް ނޫނެވެ. އެކަމަކު ޠަބީޢިގޮތުން ރާޅުކޮށެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ދިގެވެ. އިސްތަށިގަނޑުގެ ކައިރިން ބައެއް ކުރިމައްޗަށް ލައްވައި، ފަހުން އިސްތަށިގަނޑު ދެ ބައިކޮށްލެއްވި އެވެ. ބައެއް ފަހަރު، އިސްތަށިގަނޑު ދިގުކޮށްލައްވައި، އަދި ބައެއް ފަހަރު ބޯ ކޮށާލައްވައި އިސްތަށިގަނޑު ކުރުކޮށްލައްވައެވެ. އެކަލޭގެފާނުގެ އިސްތަށިގަނޑާއި، ތުނބުޅި ޑައިނުކުރައްވައެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި އިރު، އެކަލޭގެފާނުގެ ބޮލުގެ އިސްތަށިގަނޑާއި، ތުނބުޅީ ގައި ހުރި ނުރައިގެ ޢަދަދު ވިއްސަށް ވުރެ މަދެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި މަތިމަސް ކުރުކޮށްލައްވައެވެ. އެކަލޭގެފާނުގެ މަތިމަހުގެ ދިގުމިނާއި، ބައްޓަން ހުރީ އެކަލޭގެފާނުގެ ބުމައިގެ ދިގުމިނާ އެއް ވަރަށެވެ. އެކަލޭގެފާނަށް ޚާއްޞަ ބޯކޮށާ މީހުން ތިއްބެވެ.

رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި އަބަދު ވެސް އެކަލޭގެފާނުގެ މިސްވާކާއި، އެކަލޭގެފާނުގެ ފުނާކޮޅު އޮވެއެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ބޮލުގެ އިސްތަށިފުޅާއި ތުނބުޅީ ގައި ފުނާ އަޅުއްވާ އިރު، ލޯގަނޑަށް ބައްލަވައެވެ.

رَسُوْلُ اللهِ ﷺ ހިންގަވަނީ ބާރަށް، އެކަލޭގެފާނުގެ ކުރިމައްޗަށް ބިމަށް ބައްލަވަމުންނެވެ. އަދި އެކަލޭގެފާނު ތަނެއް ފަހަނައަޅައި ވަޑައިގަތުމުން އެތަނަކުން ދުވާ މީރު ވަހުން އެކަން ދެނެގަނެވެއެވެ.

رَسُوْلُ اللهِ ﷺ އަކީ ޢަރަތްބެކެވެ. އެހެންކަމުން، އެކަލޭގެފާނަކީ، ދޮން ރަތް ކުލައިގެ ވަރަށް ރީތި، އުޖާލާ، ލޮބުވެތި ބޭކަލެކެވެ.
މީހަކު رَسُوْلُ اللهِ ﷺ އަކީ ކަޅު ބޭކަލެކޭ ބުނެފި ނަމަ އެ މީހަކު ކާފަރުވާނެ އެވެ.

"عَرَبْ" މި ބަހުގެ ލުޣަވީ މާނައަކީ، "ރިވެތި" އެވެ. މިސާލަކަށް ދަންނަވާ ނަމަ، "لِسَانُ العَرَبِ" ގެ މާނަ އަކީ "ރިވެތި ބަސް" އެވެ. ޖިއޮގްރަފީގެ ގޮތުން "عَرَبْ" މި ބަހުގެ އިޞްތިލާޙީ މާނަ އަކީ، ޢަރަބި ޕެނިންސޫލާ ގައި ވިހައި ތަރުބިއްޔަތުވެފައިވާ، އެ މާޙައުލާއި، ޖައްވާއި، ފެނާއި، ކާނާ އާ އެކު ބޮޑުވެފައިވާ، އެ ކަރައިގެ މީހުންގެ ލެއިން އައިސްފައިވާ މީހާ އެވެ. އަނަޓޯލިޔާގެ ދަރިފަސްކޮޅަށް ކިޔަނީ ތުރުކީންނެވެ. ބަލްގޭރިޔާ ގައި އުފަންވެ ބޮޑުވި މީހުންނަށް ކިޔަނީ ބަލްގޭރިޔާ މީހުންނެވެ. އަދި ޖަރމަނީ ގައި އުފަންވެ ބޮޑުވި މީހުންނަށް ކިޔަނީ ޖަރުމަނު މީހުންނެވެ. ހަމައެއާއެކު، رَسُوْلُ اللهِ ﷺ އަކީ ޢަރަތްބެކެވެ. އެހެނީ، އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، އެރޭބިއަން ޕެނިންސިއުލާ ގައެވެ. ޢަރަބިންނަކީ، ދޮން ކުލައެއް ހުންނަ ބައެކެވެ. ޚާއްޞަކޮށް، ގެ ޢާއިލާ އަކީ، ދޮން، ރީތި ބައެކެވެ. އަދި ކީއްތޯއެވެ! އެކަލޭގެފާނު ކާބަފައިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ إبراهيم (‏عليه السّلام)‏ އަކީ ހަމުގެ ކުލަ ދޮން ބޭކަލެކެވެ. އަދި އީމާންވީ މީހެއް ކަމަށްވާ ތާރޫޙުގެ ދަރިކަލުންނެވެ. އެއީ ވެސް ހަމުގެ ކުލް ދޮން، ބަޞަރާގެ މީހުންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ. ކާފަރެއް ކަމުގައިވާ އާޒަރު އަކީ إبراهيمގެފާނުގެ ބައްޕައެއް ނޫނެވެ؛ އޭނާ އަކީ ބޮޑުބޭބެ އަދި ދޮން ބައްޕާ އެވެ.

رَسُوْلُ اللهِ ﷺ ގެ ބައްޕާފުޅު عبد الله ގެ މަޝްހޫރުކަން މިޞްރާ ހަމަޔަށް ވެސް ފޯރި އެވެ. އަދި ހަމަ އެއާއެކު، އެކަލޭގެފާނުގެ ނިތްކުރިފުޅު ގައި ވާ ނޫރުގެ ސަބަބުން، އެކަލޭގެފާނާ ކައިވެނިކުރުމަށް ދުއިސައްތަ އަންހެންކުދިން މައްކާ އަށް ދިޔައެވެ. އެހެން ނަމަވެސް، محمّد (‏صلّى الله عليه و سلّم)‏ ގެ ނޫރު ލައްވާލީ އާމިނަތުގެފާނުގެ ފަޅިއަށެވެ.

އެކަލޭގެފާނުގެ ބޮޑުބޭބެ عبّاس އަދި عبّاس ގެ ދަރިފުޅު ޢަބްދުﷲ އަށް އެކަލޭގެފާނުގެ ދޮންކަން ލިބިފައިވި އެވެ. ހަމައެއާއެކު، ދުނިޔެ ޤިޔާމަތްވުމާ ހަމަޔަށް رَسُوْلُ اللهِ ﷺ ގެ ދަރިފަސްކޮޅު ރިވެތިވެފައި ދޮންވާނެ އެވެ.

رَسُوْلُ اللهِ ﷺ ގެ އަޞްޙާބުން ވެސް ދޮންވެފައި ރިވެތި އެވެ. عُثمان (‏رضي الله عنه)‏ އަކީ ދޮން އަދި ބްލޮންޑް އިސްތަށިގަނޑެއްގެ ވެރިއެކެވެ. ބީޒަންޓައިން އެމްޕަޔަ ހެރަކްލިޔަސް ގެ ސަރުކާރަށް ފޮނުއްވި އެމްބެސެޑަރ دحية الكلبي އަކީ ވަރަށް ވެސް ރިވެތި ބޭކަލެކެވެ. އަދި އޭނާ މަގުމަތީގައި ހިންގަވާފައި ވަޑައިގެންނެވި އިރު، އޭނާގެ މޫނު ދުށުމަށް ޓަކައި ބީޒަންޓައިން އަންހެން ކުދިން އަވަސް އަވަހަށް މަގުތަކަށް ނުކުމެ އުޅުނެވެ. جبريل (‏عليه السّلام)‏ ގިނަ ފަހަރަށް دحية الكلبي ގެ ސިފައިގައި ވަޑައިގެންނެވި އެވެ.

މިޞްރާއި، ދިމިޝްޤާއި، އެފްރިކާ އާއި، ސިސިލީ އާއި، ސްޕެއިންގެ ރަށްވެހިންނަކީ ޢަރަބީންނެއް ނޫނެވެ. އެކަމަކު، ދުނިޔެ އަށް އިސްލާމް ދީން ފެތުރުމަށް ޓަކައި ޢެރޭބިއަން ޕެނިންސިއުލާ އިން މި ތަންތަނަށް ޢަރަބިން ދިއުމުގެ ސަބަބުން މި ރަށްތަކުގައި ވެސް ޢަރަބިން އެބަ އުޅެ އެވެ. ހަމަ އެއާއެކު، އަނަޠޫލިޔާ އާއި، އިންޑިޔާ އާއި، އެހެން ޤައުމުތަކުގައި ވެސް ޢަރަބިން އެބަ ތިއްބެވެ. އެކަމަކު، މިއަދު އެ ޤައުމުތަކުގައި ތިބީ ޢަރަބީންނޭ ބުނުމަކީ ތެދު ވާހަކައަކަށް ނުވާނެ އެވެ.

މިޞްރު މީހުންގެ ހަމުގެ ކުލަ އަކީ ކަޅު ކުލަ އެވެ. އިތިއޯޕިޔާ (‏ޙަބަޝް)‏ ގެ މީހުންނަކީ ކަޅު ބައެކެވެ. އެ މީހުންނަށް ކިޔެނީ އިތިއޯޕިޔާ މީހުންނެވެ. ޒަންޒިބާރު މީހުންނަށް ކިޔެނީ ޒަންޖީންނެވެ. އެއީ ވެސް ކަޅު ބައެކެވެ. رَسُوْلُ اللهِ ﷺ ގެ ތިމާގެ މީހުންނާއި ދަރިފަސްކޮޅަށް ލޯބިކޮށް އިޙްތިރާމްކުރުމަކީ، އަޅުކަމެކެވެ. ކޮންމެ މުސްލިމަކު ވެސް އެ ބޭފުޅުން ދެކެ ލޯބި ވެއެވެ. ޒިޔާރަތްކުރާ މީހުންގެ ގޮތުގައި އަނަޠޫލިޔާ އަށް އައިސް އުޅުނު ކަޅު މީހުން، އިޙްތިރާމާއި، އޯގާތެރިކަން ލިބިގަތުމަށް ޓަކައި، އެ މީހުން ތަޢާރަފުވީ ޢަރަބިންގެ ގޮތުގައެވެ. އަދި މަޢުޞޫމް އަނަޠޫލިޔާގެ މުސްލިމުން އެ މީހުންގެ ވާހަކަ ޤަބޫލުކޮށް އެ މީހުން ދެކެ ލޯބި ވިއެވެ. އެހެނީ، މި ލޯބީ ގައި ކަޅެއް ދޮނެއް ނެތެވެ. ކަޅު މުސްލިމަކީ، ދޮން ކާފަރަކަށް ވުރެ އެތައް ގުނައެއް މަތިވެރި އަދި މާ އަގުހުރި، އަދި މާ ބޮޑަށް ލޯބި ލިބިފައިވާ މީހެކެވެ. ކަޅު މީހަކަށް ވުމަކުން، އެ މީހެއް އީމާންކަން ކުޑައެއް ނުވެއެވެ. رَسُوْلُ اللهِ ﷺ ނުހަނު ބޮޑަށް ލޯބިވެވަޑައިގެންނެވި بلال الحَبَشي އާއި، أُسامَة (‏رضي الله عنهما)‏ އަކީ ކަޅު ބޭފުޅުންނެވެ. އެމީހެއް ނުބައިނުލަފާ ކަން އެންމެންނަށް ވެސް އެނގިގެންވާ ކާފަރެއް ކަމުގައިވާ أيو حهل އަކީ، ދޮން މީހެކެވެ. މީހެއްގެ ވަރުގަދަކަން އަގުކުރައްވަނީ، އެ މީހެއްގެ އީމާންކަމާއި، ތަޤްވާ (‏ الله تعالى ދެކެ ބިރުން ޙަރާމް ކަންތައްތަކުން ދުރުވުން)‏ އިންނެވެ. އޭނާގެ ކުލއަކުނެއް ނޫނެވެ. އެހެން ނަމަވެސް، ކަޅު މީހުން އެ މީހުންނަކީ ޢަރަބީންގެ ގޮތުގައި ތަޢާރަފުވުމުން، އެކަމުގެ ފައިދާ ލިބުނީ އިސްލާމް ދީނުގެ ޢަދުއްވުންނަށާއި، ޔަހޫދީންނަށެވެ. އަނެއްކޮޅުން، އެ މީހުން ކަޅު މީހުން ސިފަކުރީ ދަށްފެންވަރުގެ އަދި ފަކުރު ބައެއްގެ ގޮތުގައެވެ. އެ މީހުން ކަޅު މީހުން ބޭނުންކުރީ އަޅުންގެ ގޮތުގައެވެ. އަނެއް ކޮޅުން، ކަޅު ބުޅަލާއި ކުއްތާ އަށް "އަރަބި"ންނޭ ގޮވާ، ނޫސްތަކާއި، މަޖައްލާތަކުގައި ހުންނަ ކަޅު މީހުންގެ ފޮޓޯތަކާއި، ކާޓޫނުތަކަށް ކަޅު މީހުންނޭ ކިޔާ ގޮވާހަދައިގެން، އެ މީހުން ޒުވާނުންނަށް ޢަރަބިން ކަޅު މީހުންގެ ގޮތުގައި ތަޢާރަފުކޮށް، رَسُوْلُ اللهِ ﷺ ގެ ދަރިފަސްކޮޅުގެ މުސްލިމުން އެކަހެރިކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ.

ހުރިހާ ރިވެތި އަޚްލާޤީ ސިފަތަކެއް رَسُوْلُ اللهِ ﷺ ގެ ކިބަފުޅު ގައި ޖަމާވެގެންވިއެވެ. އެކަލޭގެފާނުގެ ރިވެތި އަޚްލާޤީ ސިފަތައް ދެއްވީ الله تعالى އެވެ؛ އެއީ ފަހުން އެކަލޭގެފާނުގެ މަސައްކަތުން ހޯއްދެވި ސިފަތަކެއް ނޫނެވެ.

"ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން، ތިމަންކަލޭގެފާނު ދެކެ އެންމެ ލޯބިވާ މީހުންނަކީ، ތިމަންކަލޭގެފާނު ސުވރުގެ ވަޑައިގަތުމަށް ފަހު، ތިމަންކަލޭގެފާނު ދެކެލުމަށް އެ މީހުން ޢާއިލާތަކާއި، މުދާތައް ޤުރްބާންކުރާ މީހުންނެވެ".
حديث الشّريف

رَسُوْلُ اللهِ ﷺ އެއްވެސް މުސްލިމަކަށް އޭނާގެ ނަން ގަންނަވާ ލަޢުނަތްލައްވާފައެއް އަދި އެކަލޭގެފާނުގެ އަތްޕުޅުން އެއްވެސް މީހެއްގެ ގައިގާ ޖައްސަވާފައެއް ނެތެވެ. އެކަލޭގެފާނު ބަދަލުހިއްޕެވީ މާތް ﷲ އަށް ޓަކައެވެ؛ އެކަލޭގެފާނު އެއްވެސް މީހެއްގެ ކިބައިން އެކަލޭގެފާނުގެ އަމިއްލަފުޅު ބޭނުމަކަށް ޓަކައި ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނުގެ ތިމާގެ މީހުންނާއި، އަޞްޙާބުންނާއި، ނޯކަރުންނާ އެކަލޭގެފާނު މުޢާމަލާތްކުރެއްވީ ހެޔޮކޮށް މަޑުމައިތިރިކަމާ އެކުގައެވެ. އެކަލޭގެފާނުގެ ގެކޮޅު ގައި އެކަލޭގެފާނު އުޅުއްވީ ވަރަށް މަޑުމައިރިތިކަމާއި، ލޯތްބާ އެކުގައެވެ. އެކަލޭގެފާނު ބަލި މީހުންނަށް ޒިޔާރަތްކުރައްވައި، ޖަނާޒާތަކަށް ވަޑައިގެންނެވި އެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ މަސައްކަތުގައި އެކަލޭގެފާނު އެހީތެރިކަން ދެއްވައި، އެ މީހުންގެ ދަރިން ނަންގަވާ ހައްދަވައެވެ. އެކަމަކު، ހިތްޕުޅު އެ ކަންކަމުގައި މަޝްޣޫލުވެގެނެއް ނޫޅުއްވައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ރޫޙު ވީ މަލާއިކަތުންގެ ޢާލަމުގައެވެ.

ކުއްލިއަކަށް رَسُوْلُ اللهِ ﷺ ފެންނަ މީހަކަށް ބިރުވެރިކަމުގެ އިޙްސާސެއް ކުރެވޭނެ އެވެ. އެކަލޭގެފާނު މަޑުމަތިތރި ނޫން ނަމަ، އެކަލޭގެފާނުގެ ނަބީކަމުގެ ދަރަޖައިގެ ސަބަބުން، އެއްވެސް މީހަކަށް އެކަލޭގެފާނުގެ އަރިހުގައި އިށީނދެގެން އިނުމުގެ ކުޅަދާނަކަމެއް، ނުވަތަ އެކަލޭގެފާނުގެ ބަސްފުޅުތަކަށް އަޑުއެހުމުގެ ކުޅަދާނަކަމެއް ނުލިބޭނެ އެވެ. އެހެން ނަމަވެސް، އެކަލޭގެފާނުގެ ތަވާޟުޢުވެރިކަމުން، އެކަލޭގެފާނުގެ ދެލޯފުޅުން އެއްވެސް މީހެއްގެ މޫނަކަށް ނުބައްލަވައެވެ.

އަޅުގަނޑުމެންގެ ސައްޔިދު فَخرُ السّلام ﷺ ވީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ބޭފުޅާ އަށެވެ. އެކަލޭގެފާނުގެ އަރިހުން މީހަކު ކަމަކަށް އެދިއްޖެ ނަމަ، އެއްގޮތަކަށް ވެސް "ނޫނެކޭ" حديث ކުރައްވާފައެއް ނުވެއެވެ. މީހަކު އެދުނު އެއްޗެއް އެކަލޭގެފާނުގެ އަތްޕުޅުގައި ވާ ނަމަ، އެކަލޭގެފާނު އެ އެއްޗެއް ދެއްވައެވެ؛ އެ އެއްޗެއް އެކަލޭގެފާނުގެ އަތްޕުޅުގައި ނެތް ނަމަ، އެކަލޭގެފާނު ޖަވާބެއް ނުދެއްވައެވެ. އެކަލޭގެފާނު ވަރަށް ގިނަ ހެޔޮ ކަންތައްތައް ކޮށްދެއްވާފައިވާ މިންވަރަކީ، ރޯމަން އެމްޕަޔަރުންނާއި، ފާރިސީ ޝާހުންނާއި، އެހެން އެއްވެސް ޙާކިމަކަށް އެކަލޭގެފާނު ކޮށްދެއްވު ވަރަކަށް ހެޔޮ ކަންތައްތަކެއް ކޮށްފައެއް ނެތެވެ. އެކަމަކު، އުނދަގޫތަކާ އެކު އުޅުއްވުމަށް އެކަލޭގެފާނު ގަޔާވެވަޑައިގެންނެވި އެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުން ހުރި ގޮތުން ފަރިއްކުޅުއްވުމަށާއި، ފެން ހިއްޕެވުމަށް އެކަލޭގެފާނު ހަނދުމަފުޅު ނުހުރެއެވެ. "ކާނެ އެއްޗެއް ގެނޭ"، ނުވަތަ "މިވެނި ކެއުމެއް ކައްކާ"ށޭ ޙަދީޘެއް ނުކުރައްވައެވެ. އެކަލޭގެފާނު ފަރިއްކުޅުއްވަނީ، އެ މީހުން އެކަލޭގެފާނު ފަރިއްކުޅުއްވާނެ އެއްޗެއް ގެނެސްފި ނަމައެވެ. އަދި އެ މީހުން އެކަލޭގެފާނަށް އެރުވި ކޮންމެ މޭވާއެއް ވެސް ޤަބޫލުކުރެއްވި އެވެ. ބައެއް ފަހަރު، އެކަލޭގެފާނު އެތަކެއް މަހެއް ވަންދެން ވަރަށް މަދު އެތިކޮޅެއް ފަރިއްކުޅުއްވި އިރު، ބަނޑުހައިހޫނު ކަމާ ގަޔާވި އެވެ. އަދި ބައެއް ފަހަރު އެކަލޭގެފާނު ގިނައިން ފަރިއްކުޅުއްވި އެވެ. ކެއުން ނިމުމުން އެކަލޭގެފާނު ފެން ނުހިއްޕަވައެވެ. އެކަލޭގެފާނު ފެން ހިއްޕެވީ އިށީނދެވަޑައިގެން ހުންނާފައެވެ.2 އެކަލޭގެފާނު އެހެން މީހުންނާ އެކު ފަރިއްކުޅުއްވި އިރު، އެންމެން ކާ ނިމުމުން އެކަލޭގެފާނު ކެއުން ނިންމަވާލައްވައެވެ.3 އެކަލޭގެފާނު އެންމެންގެ ފަރާތުން ދޭ ހަދިޔާ ޤަބޫލުކުރެއްވި އެވެ. އެކަލޭގެފާނަށް ހަދިޔާ ދޭ ކޮންމެ މީހަކަށް އެކަލޭގެފާނު އޭގެ ބަދަލުގައި އޭގެ އެތަކެއް ގުނައެއް ދެއްވަނެއެވެ.

ތަފާތު އެކި ހެދުން ތުރުކުރެއްވުމަކީ އެކަލޭގެފާނުގެ އާދައެވެ. ބޭރު ޤައުމުތަކުން އެމްބެސެޑަރުން އައުމުން، އެކަލޭގެފާނު އަގުހުރި ރިވެތި ހެދުން ތުރުކުރައްވައި، އެކަލޭގެފާނުގެ ރިވެތި މޫނުފުޅު ދައްކަވައެވެ. އެކަލޭގެފާނު ޢަޤީޤު އެހުގެ ރިހި އަނގޮޓިއެއް ތުރުކުރައްވައި، ސިއްކައެއްގެ ގޮތުގައި އެ އަނގޮޓި ބޭނުންކުރެއްވި އެވެ. އެކަލޭގެފާނުގެ އަނގޮޓީ ގައި ލިޔެވިފައި އޮތީ "مُحَمَّدٌ رَسُولُ الله" އެވެ.

އެކަލޭގެފާނުގެ އެނދު ވަނީ ލެދަރުން ތައްޔާރުކޮށް، ކަދުރު ރުކުގެ ފައިބަރ އަޅާފައެވެ. ބައެއް ފަހަރު، އެކަލޭގެފާނުގެ އޮށޯންނަވަނީ އެނދުކޮޅުގަ އެވެ. ބައެއް ފަހަރު، އޮށޯންނަވަނީ، ބިންމަތީގައި ފަތުރާފައި އޮންނަ ލެދަރުގަނޑެއްގެ މަތީގައެވެ. އަދި ބައެއް ފަހަރު، މެޓެއްގެ މަތީގައި ނުވަތަ ހިކި ފަސްގަނޑު މަތީގައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި އަތްތިލަޕުޅު އެކަލޭގެފާނުގެ ކަނާތު ކޯތާފަތްޕުޅުގައި އަޅުއްވައިގެން ކަނާތް ފަރާތަށް އޮށޯންނަވައެވެ.4

رَسُوْلُ اللهِ ﷺ ޒަކާތް ޤަބޫލެއް ނުކުރައްވައެވެ. އަދި ރޯ ފިޔާ ނުވަތަ ލޮނުމެދު ފަރީނުކުޅައްވައެވެ. އަދި އެކަލޭގެފާނު ޅެން ނުކިޔުއްވައެވެ.

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ދެ ލޯފުޅު އަވަހާރަފުޅުލައްޕަވައެވެ. އެކަމަކު، އެކަލޭގެފާނުގެ ބަރަކާތްތެރި ހިތްޕުޅު އަވަހާރަފުޅު ނުލައްޕަވައެވެ. އެކަލޭގެފާނު އަވަހާރަފުޅުލައްޕަނީ ބަނޑުހައިކަން މަތީގައެވެ. އަދި ނިދިން ހޭލައްވަނީ ބަނޑުފުރިފައިވާ ޙާލުގައެވެ. އެކަލޭގެފާނު އެއްގޮތަކަށް ވެސް އާފުރައްވާ ނޫޅުއްވައެވެ.

އެކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅު އުޖާލާވެފައި، ބިންމައްޗަށް ހިޔަންޏެއް ނާޅުއްވައެވެ. އެކަލޭގެފާނުގެ ހެދުންކޮޅުގައި ސޫފާސޫފި ނުޖައްސައެވެ. އަދި މަދިރިއާއި އެހެން ފަނިފަކުސަ އެކަލޭގެފާނުގެ ބަރަކާތްތެރި ލޭފޮދު ނުބޮއެވެ.

رَسُوْلُ اللهِ ﷺ އަކީ، އާދަޔާޚިލާފަށް ބަލާޣާތްތެރި ވާހަކަދެއްކުންތެރިއެކެވެ. އެކަލޭގެފާނުގެ ވާހަކަފުޅު ފައްޓަވާނެ ހިސާބާއި ނިންމަވާނެ ހިސާބާއި، ބޭނުންކުރައްވާނެ ލަފްޒުތައް އެކަލޭގެފާނަށް ބަރާބަރަށް އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނު ވާހަކަދައްކަވާ ގޮތުން، އެކަލޭގެފާނުގެ ބަސްފުޅުތައް ސާފުވެފައި، އާދަޔާޚިލާފަށް ބަލާޣާތްތެރިވެފައި، ދޫފަސޭހަ އެވެ. މާނައިގެ ޞައްޙަކަން އެކަލޭގެފާނުގެ ބަސްފުޅުތަކުގައި އަބަދު ވެސް ސާފުކޮށް އެނގެންއޮވެއެވެ. އަދި އެކަލޭގެފާނުގެ ޝުޢުރުފާޅުކުރެއްވުމުގެ ބާރު އާދަޔާޚިލާފަށް ގަދަވުމުގެ ސަބަބުން، ވާހަކަދެއްކެވުމުގައި އެކަލޭގެފާނު ވަރުބަލިފުޅުވެ ނުވަތަ އުނދުލަކަށް ވެފައެއް ނެތެވެ.

އެކަލޭގެފާނަކީ މާތް ﷲ ގެ ރަސޫލާ ކަމަށް الله تعالى އެންގެވުމުން، ޝައިޠާނުންނަށް އުޑަށް އަރައި ޚަބަރު ނުހޯދެއެވެ. އަދި ފާލުބަލާ މީހުންނަށް ކުރިޔަށް ވާންއޮތް ކަންތައްތައް ބުނެއެއް ނުދެވެއެވެ. رَسُوْلُ اللهِ ﷺ މިހާރު ދިރިހުންނެވީ، އަހަރެމެންނަށް ވިސްނައިނުގަނެވޭ ފަދަ ދިރިހުރުމެއްގައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅަކީ، އެއްގޮތަކަށް ވެސް ކުންޏެއް ނުވާނެ އެވެ. އެކަލޭގެފާނުގެ ކަށްވަޅު ގައި މަލާއިކަތަކު ހުންނަވާފައި، އެކަލޭގެފާނުގެ އުއްމަތުން އެކަލޭގެފާނުގެ މައްޗަށް ކިޔަވާ ޞަލަވާތުގެ ޚަބަރު ދެއްވައެވެ. އެކަލޭގެފާނުގެ މިންބަރާއި، އެކަލޭގެފާނުގެ ބަރަކާތްތެރި މަޤްބަރާ އާ ދެމެދު ވަނީ الرَّوضَةُ المُطَهَّرَة އެވެ. މި ތަނަކީ، ސުވަރުގޭގެ ބާގީޗާތަކުގެ ތެރެއިން ބަގީޗާއެކެވެ. އެކަލޭގެފާނުގެ މަޤްބަރާ އަށް ޒިޔާރަތްކުރުމަކީ، އެންމެ މަތިވެރި އަދި އެންމެ އަގުހުރި އަޅުކަންތަކުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެކެވެ.

އަޞްޙާބުންގެ ތެރެއިން ކަމުވޮށިގެންވާ ބޭކަލުން ގެ رَسُوْلُ اللهِ ﷺ ރިވެތިކަން އަންނަނިވި ގޮތަށް ސިފަކުރައްވާފައި ވެއެވެ.:

أبُوهُرَيرَة ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ އަށް ވުރެ ރިވެތި މީހަކު އަހަރެން ނުދެކެމެވެ. ހީވަނީ އިރު އޭގެ އެންމެ އަލިގަދަ ކަމުގައި އެކަލޭގެފާނުގެ މޫނުފުޅަށް އަލިކޮށްލާފައިވާ ހެންނެވެ. އެކަލޭގެފާނު ހިނިވަރުނަ ކުރެއްވުމުން، އެކަލޭގެފާނުގެ ބަރަކާތްތެރި ދަތްޕުޅުން ފާރުތައް އަލިކޮށްދެއެވެ".

إبن أبي هالة ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ ގެ ބަރަކާތަތެރި މޫނުފުޅު، ހުޅެވި ހަނދު ފަދައެވެ".

علي (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "ކުއްލިއަކަށް رَسُوْلُ اللهِ ﷺ ފެނުނު މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދޭނެ އެވެ. އެކަލޭގެފާނާ ވާހަކަދައްކައި، އެކަލޭގެފާނު ދަސްވުމުން، ވަގުތުން އެކަލޭގެފާނާ ގަޔާވެ ލޯބިވެވޭނެ އެވެ".

جابر بن سمرة ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅު އަހަރެންގެ މޫނު މަތީގައި ބޭއްވެވި އެވެ. އެކަލޭގެފާނުގެ އަތްޕުޅުން، ދެންމެ އަތަރުވިއްކާ މީހެއްގެ ދަބަހުން އަތް ނެންގެވި ހެން، މީރު ވަހެއް ދުވައެވެ. رَسُوْلُ اللهِ ﷺ އެހެން މީހަކާ مُصَافَحَة (‏އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އަތާ އަތް ޖޯޑުކޮށް ސަލާންކުރުން)‏ ކުރެވުމަށް ގެ އަތްޕުޅު އެހެން މީހެއްގެ އަތުގައި ބީހިއްޖެ ނަމަ، އެ މީރު ވަސް އެ މީހެއްގެ އަތުން އެ ދުވަހު ފިލައިގެންނުދާނެ އެވެ".5

عائشة (‏رضي الله عنها)‏ ވިދާޅުވެފައި ވެއެވެ. "ކުޑަކުއްޖެއްގެ އަތުގައި ބީލިލައްވައިފި ނަމަ، އެ ކުއްޖާ އެހެން ކުދިންގެ މެދުގައި އެ މީރު ވަހުން އެ ކުއްޖާ ވަގުތުން ދެނެގަނެވޭނެ އެވެ".6

އެއް ދުވަހަކު، رَسُوْلُ اللهِ ﷺ އޮންނެވީ އެކަލޭގެފާނުގެ ގެކޮޅު ގައި ނިދިކުރައްވާށެވެ. أنس بن مالك ގެ މަންމާފުޅު أُمُّ سُلَيم ދުރުވެއްޖެ އެވެ. ނިދިއަވަހާރަފުޅު ލެއްޕެވި އިރު، ދާތިކިތިކި رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި މޫނުފުޅު ގައި ފެންނަން ހުއްޓެވެ. رَسُوْلُ اللهِ ﷺ ގެ ދާތިކިތައް ނަންނަގަވަން أُمَُّ سُلَيم ފައްޓަވައިފި އެވެ. ނިދިން ހޭލައްވައި އެ ކަމަނާ އެހެން ހައްދަވަނީ ކީއްވެގެން ތޯ رَسُوْلُ اللهِ ﷺ އެއްސެވުމުން، رَسُوْلُ اللهِ ﷺ ގެ ކިރުމައިކަމަނާ أُمَُّ سُلَيم ދެންނެވި އެވެ. "އަޅުގަނޑުމެން އެ ތިކިތައް އެއްކުރަނީ އަތަރަށެވެ. ކަލޭގެފާނުގެ ދަލަކީ އެންމެ މީރު ވަސް ދުވާ ސެންޓެވެ".7

أبُوهُرَيرَة ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ އަށް ވުރެ އަވަހަށް ހިނގާ މީހަކު އަހަރެން ނުދެކެމެވެ. އެއީ ބިންގަނޑު އެކަލޭގެފާނާ ހަމަޔަށް އެބުރެމުން އަންނަ ފަދައެވެ. އެކަލޭގެފާނާ އެކު އަހަރެމެން ހިނގާފައި ދާ އިރު، އަހަރެމެންގެ ބާރު އަހަރެމެން ބޭނުންކޮށް، އަހަރެމެންނަށް ނެރެވުނު ހިތްވަރެއް ލާންޖެހެއެވެ".

"ކުޑަކުއްޖެއްގެ އަތުގައި ބީހިލައްވައިފި ނަމަ، އެ ކުއްޖާ އެހެން ކުދިންގެ މެދުގައި އެ މީރު ވަހުން އެ ކުއްޖާ ވަގުތުން ދެނެގަނެވޭނެ އެވެ".
عائشة (‏رضي الله عنها)‏

رَسُوْلُ اللهِ ﷺ ގެ ރިވެތިކަން

رَسُوْلُ اللهِ ﷺ ގެ ވާރިޘުން ކަމުގައިވާ ظاهِر (‏ފާޅުވެފައިވާ)‏ އަދި باطِن (‏ވަންހަނާވެފައިވާ)‏ ޢިލްމު ގައި އަރާތިއްބެވި 'عُلَماءُ الرَّاسِخِين' އޭ ކިޔުނު އިސްލާމީ ބޮޑެތި ޢިލްމުވެރިންނަށް އެކަލޭގެފާނުގެ ހުރިހާ ރިވެތި ކަމެއް ފެނި ތިއްބެވީ އެކަލޭގެފާނަށް ލޯބިޖެހިފައި އެވެ. أبوبكر الصّدّيق (‏رضي الله عنه)‏ އަކީ އެ ބޭކަލުންގެ ތެރެއިން އެންމެ ފުރަތަމަ ބޭފުޅާ އެވެ. رَسُوْلُ اللهِ ﷺ ގެ ނޫރު ފެނި އެކަލޭގެފާނުގެ މަތިވެރިކަމާއި، ރިވެތިކަމާއި، މަތީ ދަރަޖަ ވިސްނި، އެކަލޭގެފާނު ދެކެ ލޯބިޖެހި، އެހެން އެއްވެސް މީހަކަށް އެކަލޭގެފާނާ އެއްވަރު ނުވެވޭ ވަރަށް ލޯބިޖެހުނެވެ. أبوبكر (‏رضي الله عنه)‏ އަށް ކޮންމެ ވަގުތެއް ގައި އަދި އެކަލޭގެފާނު ބެއްލެވި ކޮންމެ ތަނަކުން رَسُوْلُ اللهِ ﷺ ފެނިވަޑައިގަތެވެ. އެކަލޭގެފާނު މިޙާލަތު ސިފަކުރައްވައި ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ބެލި ކޮންމެ ތާކުން އަޅުގަނޑަށް ކަލޭގެފާނު ފެނެއެވެ"! އަދި އެހެން ވަގުތެއް ގައި أبوبكر ގެފާނު ވިދާޅުވި އެވެ. "އަޅުގަނޑުގެ ހުރިހާ ރަނގަޅު ޢަމަލެއް ކަލޭގެފާނުގެ ކުށަކާ ބަދަލުކޮށްފާނަމެވެ". رَسُوْلُ اللهِ ﷺ ގެ ރިވެތިކަން ފެނިފައިވާ މަދު މީހުންގެ ތެރެއިން އެއް ބޭފުޅަކީ، عائشة (‏رضي الله عنه)‏ އެވެ. އެ ކަމަނާ އަކީ ޢިލްމުވެރިއެކެވެ. مُجتهدة އެކެވެ. އަދި އަދީބާއެކެވެ؛ އެކަމަނާ އަކީ ބުއްދިވެރި އަދި ވިސްނުން ތޫނު ބޭކަނބަލެކެވެ. އެ ކަމަނާ ވާހަކަދެއްކެވީ ބަލާޣާތްތެރިކަމާއި، ސާފުކަމާ އެކުގައެވެ. ކީރިތި قرآن ގެ މާނަ އާއި، ޙަލާލާއި ޙަރާމާއި، ޢަރަބި ޅެންވެރިކަމާއި، ޙިސާބު ވެސް ޢިލްމު އެކަމަނާ އަށް އެނގިވަޑައިގަތެވެ. އަށް ތަޢުރީފުކުރާ ޅެންތައް އެކަމަނާ އަތްޕުޅުގައި ހުއްޓެވެ. އަންނަނިވި ދެ ބައިތަކީ، عائشة (‏رضي الله عنها)‏ ހެއްދެވި ދެ ބައިތެވެ.:

ولو سمعوا أهل مصر أوصاف خدّه،
لما بذلوا في سوم يوسف من نقد
و صحب زليخا لو رأين جبينه
لآثرن بالقطع القلوب على الأيدي

ތަރުޖަމާ:

މިޞްރު މީހުންނަށް އެކަލޭގެފާނުގެ ކޯތާފަތުގެ ރިވެތިކަމުގެ އަޑުއެހި ނަމަ،
އެބައިމީހުން يوسف (‏عليه السّلام)‏ އަށް ބާގެއިންކުރުމަށް އެއްވެސް ފައިސާއެއް ނުދިނީހޭ.
(‏އެކަލޭގެފާނުގެ ކޯތާފަތް ދުށުމަށް ޓަކައި އެ މީހުންގެ ހުރިހާ މުދަލެއް ރައްކާކުރީހެވެ.)‏
ޒުލައިޚާއާ ބެހޭގޮތުން ގޯސްކޮށް ވާހަކަދެއްކި އަންހެންމީހާ އަށް އެކަލޭގެފާނުގެ އަލިގަދަ ނިތްކުރި ފެނުނު ނަމައޭ،
އެބައިމީހުންގެ އަތްތަކުގެ ބަދަލުގައި ހިތް ކެނޑިހެވެ.

عائشة (‏رضي الله عنها)‏ ރިވާކުރައްވާފައި ވެއެވެ. "އެއް ދުވަހަކު، رَسُوْلُ اللهِ ﷺ އުޅުއްވީ އެކަލޭގެފާނުގެ ބަރަކާތްތެރި ފައިވާނުގެ ނާޑުވާ އެޅުއްވުމުގައެވެ. އަދި އަހަރެން އުޅުނީ ވާހަކައެއް ކިޔައިދިނުމުގައެވެ. އަހަރެން އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅަށް ބަލައިލީމެވެ. އެކަލޭގެފާނުގެ އުޖާލާ ނިތްކުރިން ދާތިކިތައް ފައިބަމުންދިޔަ އެވެ. އެ ދާތިކިން މުޅި ތަނަށް އަލިކަން ފަތުރަމުންދިޔައީ، އަހަރެން ލޯ ތަރަތަލަ ލައްވަމުންނެވެ. އަހަރެން ހުރީ ޙައިރާންވެފައެވެ. އެކަލޭގެފާނު އަހަންނަށް ބައްލަވާފައި حديث ކުރެއްވި އެވެ. 'ކަމަނާ އަށް ވީ ކިހިނެއް ހެއްޔެވެ؟ ތިބާ ފެންނަނީ ޙައިރާންވެ އަންތަރީސްވެފައި ހުރި ތަނެވެ'؟ އަހަރެން ދެންނެވީމެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅުގެ ނޫރުގެ އުޖާލާކަމާއި، ކަލޭގެފާނުގެ ނިތްކުރިން ފައިބަމުންދާ ދާތިކިތަކުން ފަތުރަމުންދާ އަލިކަން ފެނިފައި، އަޅުގަނޑުގެ ޚިޔާލު އެއަށް ގެއްލުނީ އެވެ'. رَسُوْلُ اللهِ ﷺ ކޮޅަށް ތެދުވެވަޑަޑައިގަންނަވާފައި އަހަރެން ގާތަށް ވަޑައިގަތެވެ. އެކަލޭގެފާނު އަޅުގަނޑުގެ ދެ ލޮލުގެ ދޭތެރޭގައި ބޮސްދެއްވާފައި حديث ކުރެއްވި އެވެ. 'އޭ عائشة އެވެ! الله تعالى ތިބާ އަށް ހެޔޮ ގޮތްތައް މެދުވެރިކުރައްވާށި އެވެ! ކަމަނާ ތިމަންކަލޭގެފާނަށް ދޭ އުފާވެރިކަމާ އެއްވަރަށް ތިމަންކަލޭގެފާނަށް ކަމަނާ އަށް އުފާވެރިކަން ނުދެވެއެވެ'". އެހެން ގޮތަކަށް ބުނާ ނަމަ، އެކަލޭގެފާނު حديث ކުރެއްވީ، "ކަމަނާ ތިމަންކަލޭގެފާނަށް ދޭ އުފާވެރިކަން، ތިމަންކަލޭގެފާނު ކަމަނާ އަށް ދެއްވާ އުފާވެރިކަމަށް ވުރެ ބޮޑެވެ". އެކަލޭގެފާނު عائشةގެފާނުގެ ދެލޮލުގެ ދެމެދު ބޮސްދެއްވީ، އެ ކަމަނާ އަށް އަޖްރާއި ޝަރަފުވެރިކަން ދެއްވުމަށެވެ. އެހެނީ، عائشةގެފާނު ވަނީ رَسُوْلُ اللهِ ﷺ ދެކެ ލޯބިވެ، އެކަލޭގެފާނުގެ ރިވެތިކަން ރަނގަޅަށް ފެނިފައެވެ.

ޅެމުގެ ޞަދުރެއް:
ރިވެތިކަން ފެނުމުން އަހަރެން އަހަރެންގެ ލޮލަށް ތަހުނިޔާ ކިޔަމޭ!
ޅެން ބައިތެއް:
ރިވެތިކަމަށް ބެލުމުގެ އެ ދެ ލޯ ކިހާ ރަނގަޅުހޭ.
އެކަލޭގެފާނުގެ ލޯބިން އެނދުމުގައި އެ ހޮތް ކިހާ ނަސީބު ރަނގަޅު ހޭ!

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ހަށިކޮޅަށް ޖަމާވެފައިވާ ރިވެތިކަމުން ދައްކުވައިދެނީ، އެހެން އެއްވެސް މީހެއްގެ ހަށިގަނޑަށް ޖަމާވެފައިނުވާ ފަދަ އެތެރޭގެ ރިވެތިކަމެވެ.

حضرة الإمام القرطبي އަންނަނިވި ފަދައިން ރިވާކުރައްވާފައި ވެއެވެ. "رَسُوْلُ اللهِ ﷺ ގެ ރިވެތިކަން ފުރިހަމައަށް ނުފެނެއެވެ. އެކަލޭގެފާނުގެ އަޞްލު ރިވެތިކަން ފެނިއްޖެ ނަމަ، އެކަލޭގެފާނާ ދިމާލަށް ބެލުމުގެ ކުޅަދާނަކަން أصحاب الكرام އަށް ނުލިބޭނެ އެވެ. އެކަލޭގެފާނުގެ އަޞްލު ރިވެތިކަން އެކަލޭގެފާނު ދެއްކެވި ނަމަ، އެއްވެސް މީހަކަށް އެކަލޭގެފާނާ ދިމާލަށް ބެލުމުން ތަޙައްމަލުނުކުކރެވުނީހެވެ".

يُوسُف (‏عليه السّلام)‏ މީސްތަކުންގެ މެދުގައި ފާޅުވެ ވަޑައިގަތީ، އެކަލޭގެފާނު ކިބައިގައިވާ ބޭރުފުށުގެ ރިވެތިކަމާ އެކުގައެވެ. މީސްތަކުންގެ މެދުގައި ފާޅުވެވަޑައިގަތީ، އެކަލޭގެފާނުގެ އެތެރެފުށުގެ ރިވެތިކަމާ އެކުގައެވެ. يُوسُف (‏عليه السّلام)‏ ގެ ރިވެތިކަން ފެނުމުން، އަންހެންވެރިން އެބައިމީހުންގެ އަތްތައް ބުރިކޮށްލިއެވެ. رَسُوْلُ اللهِ ﷺ ގެ އެތެރެފުށުގެ ރިވެތިކަމާ އެކު، ޒުންނާރުތައް ކަނޑާލެވި، ބުދުތައް މުގުރައިގެންގޮސް، ކުފުރުގެ ވިލާތައް ވިއްސިވިހާލިވެގެންދިޔަ އެވެ.

އަޞްޙާބު ބޭކަލުން رَسُوْلُ اللهِ ﷺ ގެ އަރިހުން ސުވާލުކުރެއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ބޮޑަށް ރީތީ ކަލޭގެފާނު ތޯ އޭ، ނޫނީ يُوسُف (‏عليه السّلام)‏ ތޯ އެވެ"؟ ޖަވާބު ގައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ އަޚް يُوسُف ތިމަންކަލޭގެފާނަށް ވުރެ ރީއްޗެވެ. އަދި ތިމަންކަލޭގެފާނު يُوسُف އަށް ވުރެ ލޯތްބެވެ. އެކަލޭގެފާނުގެ ފެންނަންހުރި ރިވެތިކަން ތިމަންކަލޭގެފާނުގެ ފެންނަން ހުރި ރިވެތިކަމަށް ވުރެ ރީއްޗެވެ".

رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވެއެވެ. "الله تعالى ފޮނުއްވި ކޮންމެ ނަބިއްޔަކަށް ރިވެތި މޫނަކާއި، ރިވެތި އަޑެއް ލިބިފައި ވެއެވެ. ތިޔަބައި މީހުންގެ ނަބިއްޔާ އަކީ، އެ ބޭކަލުންގެ ތެރެއިން އެންމެ ރިވެތި މޫނުގެ ވެރި އަދި އެންމެ ރިވެތި އަޑުގެ ވެރިޔާއެވެ".

"ތިމަންކަލޭގެފާނުގެ އަޚް يُوسُف ތިމަންކަލޭގެފާނަށް ވުރެ ރީއްޗެވެ. އަދި ތިމަންކަލޭގެފާނު يُوسُف އަށް ވުރެ ލޯތްބެވެ. އެކަލޭގެފާނުގެ ފެންނަންހުރި ރިވެތިކަން ތިމަންކަލޭގެފާނުގެ ފެންނަން ހުރި ރިވެތިކަމަށް ވުރެ ރީއްޗެވެ".
حديث الشّريف

ކޮންމެވެސް މީހަކު رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ޤިޔާމަތް ދުވަސް އަންނާނީ ކޮން އިރަކުން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ އޭނާ ކައިރިން އެއްސެވި އެވެ. "ޤިޔާމަތް ދުވަހަށް ޓަކައި ތިބާ ތައްޔާރުވީ ކިހިނެއް ހެއްޔެވެ"؟ އޭނާ ޖަވާބު ދިނެވެ. "އާދޭހެވެ. އަޅުގަނޑު ޤިޔާމަތް ދުވަހަށް ތައްޔާރުވީ ގިނަގިނައިން ނަމާދުކޮށް، ރޯދަހިފައި، ނުވަތަ ޒަކާތްދީގެނެއް ނޫނެވެ، އެކަމަކު، އަޅުގަނޑު الله تعالى އާއި އެކަލާގެ ރަސޫލާ ﷺ ދެކެ ލޯބިވަމެވެ". އެއާއެކު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ މީހަކު ވާނީ އެމީހަކު ލޯބިވާ މީހުންނާ އެކުގައެވެ".8

رَسُوْلُ اللهِ ﷺ ދެކެ ލޯބިވުމަކީ ހުރިހާ މުސްލިމުންގެ މައްޗަށް فرض عين (‏ކޮންމެ މީހެއްގެ މައްޗަށް ލާޒިމު)‏ އެކެވެ.

މީހެއްގެ ހިތުގައި رَسُوْلُ اللهِ ﷺ އަށް ލޯބިޖެހިއްޖެ ނަމަ، އިސްލާމް ދީނުގައިވާ ގޮތަށް އުޅުމަށާއި، އީމާންކަމާއި، އިސްލާމްކަމުގެ އުފަލާއި، އަރާމު ޙާޞިލުކުރުމަށް ވަރަށް ފަސޭހަވާނެ އެވެ. އޭގެ ސަބަބުން ދެ ދުނިޔޭގެ ސައްޔިދަށް ފުރިހަމަ ބޯލެނބުން މެދުވެރިކުރައްވައެވެ. މި ލޯބީގެ ސަބަބުން، الله تعالى އެކަލާނގެ ޙަބީބު އަށް ދެއްވި ނިމުމެއް ނެތް އަދި ސިފަނުކުރެވޭ ފަދަ ނިޢުމަތްތަކާއި، ބަރަކާތްތައް ލިބުމުގެ ޝަރަފުވެރިކަން ލިބޭނެ އެވެ. ޅަ އަދި ދުވަސްވީ ހުރިހާ މުސްލިމުންނަށް، ސީދާ رَسُوْلُ اللهِ ﷺ އަށް ލޯބިވުމަށް މަގުދައްކާ أهل السُّنّة ގެ ޢިލްމުވެރިންނާއި، އެ ބޭކަލުންގެ ފޮތްތަކަކީ، މި ނިޢުމަތްތަކުގެ ހެއްކެވެ.

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ނަންފުޅު ކިޔާ ނުވަތަ އަޑުއިވޭ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، އެ މީހަކު رَسُوْلُ اللهِ ﷺ ގެ ޙާޒިރުގައި ވީ ފަދައިން ހަމަހިމޭންކަމުގެ ޙާލަތުގައި ވުމަށާއި، ހިތާއި ހަށިގަނޑުން ހިތްތިރިވުމަށާއި، ތަޤްވާވެރިވުމަށެވެ.

ވާރިދުވެފައިވާ رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ބަސްފުޅު ނުވަތަ ޢަމަލެއް މީހަކަށް އަޑުއިވުމުން، އެކަލޭގެފާނަށް ޞަލަވާތް ކިޔުމަކީ، އެކަލޭގެފާނަށް ކުރެވޭ އިހްތިރާމެކެވެ. ދަށު ދަރަޖައިގެ މީހުން ސިފަކުރުމަށް ބޭނުންކުރާ ފަދަ ބަސްތައް ބޭނުންނުކުރުމަކީ ވެސް އެކަލޭގެފާނަށް ކުރެވޭ އިޙްތިރާމެކެވެ.

މިސާލަކަށް، رَسُوْلُ اللهِ ﷺ އަކީ، ފަޤީރެއް ނުވަތަ ބަކަރިހުއިހައްޕާ މީހެކޭ ނުކިޔެއެވެ. މީހަކަށް "އަހަރެމެންގެ ރަސޫލާ މިވެނި މިވެނި ކަންތައްތަކަކާ ގަޔާވި އޭ" މިހެން ބުނާ އަޑު އިވުމުން، "އެހެންނަމަވެސް، އަހަރެން އެކަންތައްތަކާ ގަޔާއެއް ނުވޭ" މިހެން ނުބުނުމަކީ، އެކަލޭގެފާނަށް ކުރާ އިޙްތިރާމެއްގެ ސަބަބުން ކުރެވޭ ކަމެކެވެ. އޭގެ މާނައަކީ، رَسُوْلُ اللهِ ﷺ "އެއްޗަކަށް ލެނގިގެން ހުރެ ތިމަންކަލޭގެފާނު ފަރީނުކުޅުއްވަން"9މިހެން ކުރެއްވި حديث ގެ އަޑުއިވުމުން، "އެއްޗަކަށް ލެނގެން ހުރެ އަހަރެން ކަން" މިހެން ނުބުނެ، އަދި އެއްޗަކަށް ލެނގިގެން ހުރެ ނުކެއުމެވެ. މި ގޮތަށް ޢަމަލުކުރުން ހިމެނެނީ، رَسُوْلُ اللهِ ﷺ އަށް އިޙްތިރާމްކުރުމުގެ ތެރޭގައެވެ. އެއީ މާ ބޮޑު ކަމަކަށް ނުހެދުމުގެ ނިޔަތުގައި އެ ގޮތަށް ޢަމަލުނުކުރުމުން ކުފުރަށް ދޮރު ހުޅުވިގެން ދެއެވެ.

ހަމަ އެއާއެކު، ކީރިތި قرآن އާއި، حديث ފޮތްތަކުގެ މަތީގައި އެހެން ފޮތްތައް ނުވަތަ ގޭތެރޭގައި ހިފާގެންގުޅޭ ތަކެތި ނުބެހެއްޓުމަކީ ވެސް الله تعالى އާއި އެކަލާނގެ ރަސޫލާ ﷺ އަށް އިޙްތިރާމްކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި قرآن އާއި، حديث ފޮތްތަކުގައި ހުންނަ ހިރަފުސް ފޮޅާ ހެދުމާއި، الله تعالى ގެ އިސްމުފުޅާއި، رَسُوْلُ اللهِ ﷺ ގެ ނަންފުޅު ލިޔެވިފައިވާ ކަރުދާސްކޮޅެއް އެއްލާނުލުމަކީ، الله تعالى އާއި އެކަލާނގެ ރަސޫލާ ﷺ އަށް އިޙްތިރާމްކުރުމެވެ.

އެފަދަ ކަރުދާސްކޮޅުތައް ވިދާލައިގެން ނުވާނެ އެވެ. އިސްލާމީ އަކުރުތައް ހުންނަ ކަރުދާސްތަކަށް ބޮޑަށް އިޙްތިރާމްކުރަންވާނެ އެވެ. ގެ އިސްމުފުޅާއި، ކިރިތި قرآن ގެ އާޔަތްތައް ކިޔެވިފައިވާ ފޮތްތަކާއި، ކަރުދާސްތައް ބާވެގެން ވީދިފައި ވާ ނަމަ، ސާފު ފޮތިގަނޑަކުން އޮޅާލާފައި ބިމުގައި ވަޅުލައި، ނުވަތަ އޭގައި ހުރި ލިޔުންތައް ފެނުން ދޮވެލައި، ނުވަތަ އެތަކެތި އަންދާލަންވާނެ އެވެ. އެތަކެތި އަންދާލުމަށް ފަހު، އޭގެ އަޅިތައް ވަޅުލާނީ އެވެ. ފެނުން ދޮވުމަށް ވުރެ އަންދާލުން މާ ރަނގަޅެވެ. އެހެނީ، ދޮންނަން ބޭނުންކުރާ ފެނުގެ މައްޗަށް ފައިން އެރިދާނެތީ އެވެ.

رَسُوْلُ اللهِ ﷺ ގެ ޙަރަމް ކަމުގައިވާ مدينة المُنورة އަށް މުޤައްދަސްކަމާއި އިޙްތިރާމްކުރުމާއި، އެ ތަނުގައި ޙަރާމް ކަންތައް ކުރުމުން (‏ނުވަތަ ފާފަކުރުމުން)‏ ދުރުވުމާއި، مدينة المُنورة ގެ މީހުންނަށް އޯގާތެރިކަން ދެއްކުމަކީ ވެސް އަށް އިޙްތިރާމްކުރުން ކަމަށް ބެލެވެއެވެ.

އަހަރެން ވުޖޫދުވުމުގެ ސިޔާދަތަކީ ތިބާއޭ،
އަހަރެންގެ ލޭނާރުތަކުގައިވާ ދިރުމަކީ ތިބާއޭ،
ސަޒާއީ އޭނާގެ ހުރިހާ މިލްކިއްޔާތެއް ހަލާކުކޮށްލައިފިއޭ،
ވުޖޫދުގައިވާ ހުރިހާ ތަކެއްޗެއް އައިސްފައިވަނީ ތިބާގެ އޯގާތެރިކަމުންނޭ.

حسن ސަޒާއީ