ތަޢާރަފު
محمّد ﷺ އަކީ، އިންސާނިއްޔަތުގެ ސައްޔިދެވެ.
الإمام الرّبّاني (مكتوبات: ޢަދަދު 1، ސިޓީ 44)
އަހަރެމެން ޙަމްދުކުރަނީ ދިރުންލެއްވި ހުރިހާ އެއްޗެއް ޚަލްޤުކުރައްވައި، ކޮންމެ ހިނދުކޮޅެއް ގައި ހުރިހާ އެއްޗެއް ވުޖޫދު ގައި ލައްވައި، އެ ހުރިހާ މަޚްލޫޤުން ބިރުގަތުމާއި، ބިރުވެރިކަމުން ރައްކާތެރިކޮށްދެއްވާ الله تعالى އަށެވެ.
ހުރިހާ ޞަލަވާތާއި، ސަލާމް ވަނީ އެކަލާނގެ ރަސޫލާ محمّد رَسُوْلُ اللهِ ﷺ އަށެވެ. އެކަލޭގެފާނީ ހުރިހާ ގޮތަކުން ބަލާ އިރު ވެސް، ހުރިހާ އިންސާނުންގެ ތެރެއިން އަދި ޢިލްމާއި، ޙިކްމަތާއި، ރިވެތި އަޚްލާޤު ފަތުރުއްވާ އެކަލޭގެފާނުގެ އާލުން (ޢާއިލާ) ގެ ތެރެއިން ވެސް އެންމެ ރިވެތި އަދި އެންމެ މަތިވެރި އިންސާނާ އެވެ. އެކަލޭގެފާނުގެ އަޞްޙާބުން1 (رضي الله عنهم) އަދި އެ ބޭކަލުންނަށް ލޯބިވެ ތަބަޢަވީ މީސްތަކުންގެ ގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށި އެވެ. އެބޭކަލުންނީ، ނަފްސުތަކަށް ޝިފާދެއްވާ އެކަލޭގެފާނުގެ ރިވެތި މޫނުފުޅު ފެނުމާއި، އެކަލޭގެފާނުގެ އަގުހުރި ބަސްފުޅުތައް އަޑުއިވުމުގެ ސަބަބުން، މީސްތަކުން ތެރެއިން އެންމެ އަގުހުރި މީހުންނެވެ.
ދުނިޔޭގައިވާ ހުރިހާ މީސްތަކުންގެ މައްޗަށް އޯގާވަންތަ الله تعالى އެ މީހުންނަށް ފައިދާހުރި ކަންތައްތައް ޚަލްޤުކުރައްވާ ފޮނުއްވައެވެ. އާޚިރަތުގައި، ނަރަކަ އަށް ދާންތިބި މީސްތަކުން ނަށް އެމީހުންގެ ފާފަތައް އެކަލާނގެ2 ފުއްސަވާދެއްވާނެ އެވެ. އަކީ، نبي3 ގެ އެކެވެ. އަދި رسول4 ރަސޫލެކެވެ. އަދި حبيب އެކެވެ. އެކަލޭގެފާނީ އިންސާނިއްޔަތުގެ ސައްޔިދެވެ. މިފަދަ ބަރަކާތްތެރި ރަސޫލަކަށް އީމާންވެ، އެކަލޭގެފާނަށް ތަބަޢަވީ މީހުންނަކީ، ހަމަ ޔަޤީނުން ވެސް އެންމެ މަތިވެރި އުއްމަތެވެ.
އަހަރެމެންގެ މައްޗަށް جَنابُ الحق (މާތް ﷲ) އޯގާވަންތަ ވަޑައިގެން، އެކަލާނގެ އެންމެ މަތިވެރި ނިޢުމަތް ކަމުގައިވާ، އެކަލޭގެފާނުގެ (رَسُوْلُ اللهِ ﷺ) އުއްމަތުގެ5 މީހަކަށް ވުން އަހަރެމެންނަށް ލިބިގަނެވޭނެ ގޮތް ހަމަޖައްސަވާ ދެއްވި އެވެ. އެކަލޭގެފާނު އަހަރެމެންނަށް ސާފުކަމާ އެކު އަންގަވާދެއްވާފައިވަނީ، އަހަރެމެން އެކަލޭގެފާނަށް ބޯލަނބައި، ތަބަޢަވުމެވެ. މި މަތިވެރި ނިޢުމަތަށް ޓަކައި، އަހަރެމެންނަށް އަހަރެމެންގެ رَبُّ އަށް އެކަށީގެންވާ ތަޢުރީފެއް ނުކުރެވޭނެ އެވެ.
އެހެން އެއްވެސް އެއްޗެއް ޚަލްޤުކުރެއްވުމުގެ ކުރިން الله تعالى ވަނީ رَسُوْلُ اللهِ ﷺ ގެ ނޫރު ޚަލްޤުކުރައްވާފަ އެވެ. ކީރިތި قرآن ގެ سورة الأنبياء ގެ 107 ވަނަ އާޔަތްތަކުގައި ބާވައިލައްވާފައި ވެއެވެ. (وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ﴿١٠٧﴾) * الأنبياء : 107) މާނައީ: "އަދި عالم ތަކަށް رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ". އަދި قُدسي6 ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ކަލޭގެފާނަށް ޓަކައި މެނުވީ، ތިމަން ރަސްކަލާނގެ ކައުނު ޚަލްޤުނުކުރެއްވީމުހެވެ".
އީމާން ކަމުގެ ޙަޤީޤީ ޝަރުޠަކީ، "الحب في الله والبغض في الله" އެވެ. އޭގެ މާނަ އަކީ، الله تعالى ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް ލޯބިވެ، އެކަލާނގެ ޢަދުއްވުންނަށް ނަފްރަތުކުރުމެވެ. މާތް ﷲ އަށް ޓަކައި ލޯބިވެގެން މެނުވީ، އަދި މާތް ﷲ އަށް ޓަކައި ނަފްރަތުކޮށްގެން މެނުވީ އެއްވެސް އަޅުކަމެއް ޤަބޫލުނުކުރައްވާނެ އެވެ. އެހެންކަމުން، ޢާލަމްތަކުގެ ސައްޔިދު ދެކެ ލޯބިވުމަކީ ފަރްޟެކެވެ. އަދި އަހަރެމެންނަށް އަމުރުކުރެއްވިގެން ވަނީ، އެކަލޭގެފާނު ދެކެ އަހަރެމެން ވާ ލޯބި، އަހަރެމެންގެ ހިތްތަކުގައި ހަރުލައްވައި، އެކަލޭގެފާނުގެ ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަށެވެ. މި ލޯބި ދެމިއޮތުމަށް ޓަކައި، ގެ ޙަޔާތްޕުޅު ސިފަކޮށްދޭ ފޮތްތައް އެތަކެއް ޤަރުނެއް ވަންދެން ލިޔެވި، އަދި އަދަށް ދާނދެން ދަނީ ލިޔެވެމުންނެވެ. ތެދުތެދަށް ދަންނަވާ ނަމަ، އެކަލޭގެފާނުގެ ނަންފުޅުން ދަނީ ބަރަކާތް ލިބިގަންނަމުނެވެ. މި ނިޢުމަތް ލިބިގަނެ، އެކަލޭގެފާނުގެ ލޯބިން އަހަރެމެންގެ ހިތްތައް ޣަރަޤުކޮށްލުމަށް ޓަކައި، އަޅުގަނޑުމެން އިރުޝާދުދެނީ، رَسُوْلُ اللهِ ﷺ ގެ ސީރަތު ކިޔުމަށެވެ. މި ފޮތް ލިޔެވިފައިވަނީ، أهل السُّنَّة ގެ ޢިލްމުވެރިންގެ ފޮތްތައް ފުންކޮށް ދިރާސާކޮށްގެންނެވެ. އަޅަމެން الله تعالى ގެ ޙަޟްރަތުން އެދި ދަންނަވަނީ، މި ކަމުގައި ބައިވެރިވީ އެންމެންނަށް އެކަލާނގެ ރުއްސެވުން ދެއްވުމަށެވެ.
އަޅަމެން الله تعالى ގެ ޙަޟްރަތުން އެދި ދަންނަވަނީ، އަޅަމެންގެ ނަބިއްޔާގެ ލޯބިން އަޅަމެންގެ ހިތްތައް ފުރުއްވާދެއްވައި، أهل السُّنَّة ގެ ޢިލްމުވެރިން އިރުޝާދުދެއްވި މަގުގައި ސާބިތުކޮށްދެއްވުމަށެވެ! آمين.
ޑރ. އަންވަރު އޯރެން
